Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ 1

ailessh Level 1
July 26, 2023 4 Mins Read
5 Comments

ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ހުދުކުލައާއި އަޅިކުލަ ކޮޓަރީގެ ހަތރެސްފާރުގައި ލެވިފައި ހުއްޓެވެ. ކަހާލެވިފައިވާ ދޮރުފޮތިގަނޑުން އިސްކޮޅާ އެއްވަރަށް ހުރި ލޯގަނޑު ކުރިމަތީ ހުރެ ތައްޔާރުވަމުން ދިޔަ ސާރާގެ މޫނު އަވީގެ ދޯދިތަކުން ވަނީ ދިއްލާލައިފައެވެ. އެކި ގޮތްގޮތަށް ހުއްޓި މޫނަށް އެކިވައްތަރު ޖައްސަމުން ދިޔައިރު ހިނިތުންވެލާއިރު ކޮލަށް އެ އެޅޭ އަޑި ކޮޅުގެ ސަބަބުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ.

“އަދިވެސް ނުނިމޭތަ؟” ތައްޔާރުވަމުން ދިޔަ ސާރާ ލަސްވަމުންދާތީ ސަމްރީން ގޮވަމުން އައިސް ކޮޓަރިތެރެއަށް ވަނެވެ.

މަޑު ފެހިކުލައިގެ ކުރުތާއަކާއެކު ހުދު ކުލައިގެ ބެލްސެއްގައި ސާރާ ފެންނަލެއް ކިތަންމެހާވެސް ފުރިހަމައެވެ. ފަހު ފަހަރަށް ލޯގަނޑު ކުރިމަތީ ހުއްޓިލައި ބޮޑީ މިސްޓް ފުޅި ސާރާގެ ގަޔަށް ޖަހާލިއެވެ.

“މިއަދު މީ ފުރަތަމަ ދުވަހޭ.! ގަޑި ޖެހޭކަށް ނުވާނެ.” ސާރާ ލަސްވަމުންދާތީ ސަމްރީން ހުއްޓުމެއްނެތި ޝަކުވާކުރަމުންދިޔައެވެ. ވާނީވެސް އެހެނެއް ނޫންހެއްޔެވެ؟

މިއަދުމީ ސާރާ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރަން ދާން ފުރަތަމަ ދުވަހެވެ.

“ދެން މަންމާ މި ނިމުނީ..!” ސަމްރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“މަންމަ މިއަދު ވަރަށް އުފާވެއްޖެ ދަރިފުޅު އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ކުރާތީވެ. އަދި ހާއްސަކޮށް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމީމަ.” ސަމްރީން ވާހަކަ ދެއްކީ ލޯބިން ފުރިގެންވީގޮތަކަށެވެ.

އެޔާއެކު ދެމައިން ކާމޭޒު ދޮށަށް ދިޔައެވެ. އޭރު ސާރިމް އާއި ސާނިދް ކާން ތިއްބެވެ.

ސާނިދް އަކީ ސަމްރީން އާއި ސާރިމްގެ ހަގު ދަރިއެވެ. ސާރާ ސާނިދް އަށްވުރެން ދެ އަހަރު ދޮށްޓެވެ.

“އަނހާ.. ދޮންތާ… ޔޫ ނޯ ވަޓް. ޔޫ ލުކް ލައިކް އަ މަންކީ.” އެއީ ސާނިދްގެ އާދައެވެ. ކޮންމެކަމެއްވެސް ހަދާނީ މަޖަލަކަށެވެ. ދުވަހަކުވެސް އެއްކަމެއްވެސް ރަނގަޅަކަށް ނުކުރާނެއެވެ. ސާރިމްގެ ބިޒްނަސްއާއި ގުޅުމުގެ ބަދަލުގައި ސާނިދް ވީ ފުލުހަކަށެވެ.

“މަންމާ އެ ފެށީ…” ސާރާ ވެސް އޭނާގެ އާންމު ރުންކުރު ފާޑަކަށް ބުނެލިއެވެ.

“ދެމީހުން ބޮޑުވާކަށް ނުވޭތަ؟” އެމަންޒަރު ބަލަން އިން ސާރިމް ހިނިތުންވެލަމުން ބުނެލިއެވެ.

“އަހަރުމެން ބައްޕައަކަށްވުރެން ބޮޑެއް ނުވާނު ދޯ.” ސާރާ އަށް ދޯ ދެމުން ސާނިދް ބުނެލިއެވެ. ސާރާވެސް އެކަމާ އެއްބަސްވިއެވެ.

“އަވަހަށް ކައި ނިންމައިގެން ގަޑި ނުޖެހެނީސް ސްކޫލަށް ދެވޭތޯ ބަލައިބަލަ.” ސަމްރީން އެހެން ބުނީ ގަޑިއަށް އިޝާރަތް ކޮށްލަމުންނެވެ.

“ހިނގާ ދޮންތާ. އަހަރެން ޑްރޮޕް ކޮށްދޭނަން.” ސާނިދް ކާރުގެ ތަޅުދަނޑު ހިފައިގެން ސާރާއާއެކު ބޭރަށް ނިކުތެވެ.

*

މަޑު ދުވެއްޔަގައި ކާރު ދުއްވަމުން ގޮސް މަޑުކޮށްލީ ސާރާއަށް ވަޒީފާ ހަމަޖެހުނު ސްކޫލް ކުރިމަތީއެވެ.

“ހެއި މަންކީ. ގުޑް ލަކް.” ކާރު މަޑުކޮށްލަމުން ސާނިދް ބުނެލިއެވެ. ސާރާ އިތުރު އެއްޗެކޭ ނުބުނެ ކާރުން ފޭބީ ލަސްވާތީއެވެ.

ކްލާހަށް ގޮސްވަނެވުނީ ކިރިޔާއެވެ.ސްކޫލްގެ ބެލް ހީވީ ސާރާ ކްލާހަށް ގޮސްވަންނާނެވަގުތަކަށް އިންތިޒާރު ކުރަމުން ދިޔަހެންނެވެ. އެސެމްބްލީ ނިމި ފުރަތަމަ ގަޑީ ސާރާ ހުރިހާ ކުދިންނަށް ތައާރަފްވެލިއެވެ. އަލަށް ސްކޫލަށް ވަތްއިރުވެސް ޖެހުނީ ކްލާސް ޓީޗަރަކަށް ވާށެވެ.

“ސޯ. މައި ނޭމް އިޒް ސާރާ ސާރިމް މުހައްމަދު. އިޓްސް ޔުއަރ ޓާން ޓު ގިވްމީ އޭން އިންޓްރޮޑަކްޝަން. ސޯ ވިލް ސްޓާޓް ފްރޮމް ހިއަރ.” އެންމެ ފުރަތަމަ އިން ކަނަށް އިޝާރަތް ކޮށްލަމުން ސާރާ ބުނެލިއެވެ.

“ރާޔާ”

ހައިމާ.”

“އާކިން”

“އާދިން.”

އާދިންގެ ނަން ބުނުމާއެކު ކުލާހުގައި ތިބި ހުރިހާ ކުދިން ހޭން ފެށިއެވެ. މި މަންޒަރު ފެނި ސާރާ ހުރީ ހައިރާންވެފައެވެ. ގޮތަކަށް އެކުރެވެނީ ބުލީއެވެ. މިހާ ޅައުމުރުގައި އެކަހަލަ ކަންކަން ކުރުމަކީ އެހާ އެދެވިގެންވާ ކަމެއް ނޫނެވެ.

މުޅިތަން ހަމަހިމޭންވީ އާދިން ރޯންފަށައި ޑެސްކްގައި ބޯ ޖެހުމުންނެވެ. ސާރާއަށް ލިބުނު ކުއްލި ސިހުމާއެކު އާދިން އާއި ދިމާލަށް ދެވުނެވެ.

“އާދިން. އާދިން.” ބޯ ޖެހި ގޮތަށް އިތުރަށް އާދިން ބޯ ހިއްލާލަންވެސް ބޭނުން ނުވަނީ ކަންނޭނގެއެވެ. އަލަށް ސުކޫލާ ގުޅުނު ސާރާ އަށް ހަދާނެ ގޮތް ހުސްވިއެވެ. އެންމެ ފަހު ގޮތަކީ ހެލްތްރޫމަށް ގުޅުން ކަމަށް ބަލައި ހެލްތް ރޫމަށް ގުޅިއެވެ. އިރުކޮޅެއްފަހުން އާދިން އެ މީހުން އާދިން ގޮވައިގެން ދިޔައެވެ.

“އެއްވެސް ކުއްޖެއް މީގެ ފަހުން އެކަހަލަ ކަމެއް ނުކުރައްޗޭ.! އެއީ ގޯސް ކަމެއްނު.” ސާރާ މަޑުމައިތިރި ކަމާއެކު ވިސްނައިދެވޭތޯ ބެލިއެވެ. އެދުވަހު އިތުރަކަށް އާދިން ކުލާހަކަށް ނާދެއެވެ.

ސާރާ މަސައްކަތަށް ދީފައިވާ ވަގުތު ހަމަވުމުން ގެޔަށް ދިޔައެވެ. އިތުރު ކަމެއް ކުރަން ނެތުމާއެކު ވެފައި ހުރި ވަރުބަލީގެ ސަބަބުންނެވެ.

“ސޯ ހައުވޯޒް ޔުއަރ ފަސްޓް ޑޭ.؟” ގެޔަށް ވަނުމާއެކު ސާރާއަށް ފެނުނީ ސޯފާ މަތީ ޓީވީ ބަލަން އިން ސާނިދްއެވެ.

“ގުޑް އައި ގެސް.” ސާރާ ރައްދުގައި އެހެން ބުނުމަށްފަހު ކޮޓަރިއަށް ވަނެ އެނދުމައްޗަށް ވެއްޓިގަތެވެ. ވަޒީފާ އަދާ ކުރުމަކީ ކިހާ ބުރަކަމެއްކަން އޭނާއަށް އިހްސާސް ކުރެވެމުން ދިޔައެވެ. އެހެނީ ސާރާ އަކީ އަބަދުވެސް ވަޒީފާ އަށް ގޮސް މަސައްކަތް ކުރަން ޖެހުމަކީ އުދަނގޫ ކަމެއް ނޫން ކަމަށް ބުނެ ބަހުސް ކުރާ މީހެކެވެ.

“ހިނގާ ބޭރަށް. އައި މީން ކެއުން އިންނާނެ ދޯ.!” އެނދުގައި އޮށޯވެލައިގެން އޮތް ސާރާ އަށް ސިހުމެއް ލިބުނީ ފޯނަށް އައި މެސެޖެއްގެ ސަބަބުންނެވެ. ކުޑަކޮށް ފޫހިވިނަމަވެސް ފޯނު ނަގައި ބަލައިލިއެވެ. ފަހުން މެސެޖް ކިޔުނު މޮޔަ ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިޔަސް ސާރާއަށް ދިއުން ނޫން ގޮތެއް ދެން އަދަކު ނޯންނާނެއެވެ. މެސެޖު ކުރި ފަރާތަކީ ހައިމާއެވެ. އޭނާ ބުނި ކަމެއް ނުކޮށްފިނަމަ މުޅި އުމުރު ދުވަހު ވެސް އެވާހަކަ ގޮވަފާނެއެވެ. ފޫހިވެފައިހުރެ މެސެޖަށް ރިޕްލައި ދިނުމަށް ފެންވަރައިގެން ހައިމާއާއެކު ބޭރަށް ދިއުމަށް ސާރާ ތައްޔާރުވެލިއެވެ.

ކަޅުކުލައިގެން ޓީޝާޓަކާއެކު ޖިންސެއްލިއެވެ. ސާރާ އަކީ އަބަދުވެސް އެކަހަލަ ހެދުންލާ އުޅޭ މީހެކެވެ. އުނަގަނޑާ ހަމައަށް އަރައި ފަން އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާލިއެވެ.

މަންމަގެ ނުރުހުމުގެ ބަސްތައް އެހުން ސާރާއަށް އަދު މަޖުބޫރުވާނެއެވެ. ހެދުން އެޅުނީ މަންމަ ހިތްހަމަ ޖެހޭގޮތްކަށް ނޫންވިއްޔާއެވެ. ސަމްރީން އަބަދުވެސް ބުރުގާ އަޅައި ގަޔަށްދޫ ހެދުންލައި އައުރަ ނިވާ ކުރުމަށް ސާރާއަށް ނަސޭހަތްތެރިވާނެއެވެ. އަންހެން ކުއްޖެއްގެ އަބުރާ އިއްޒަތުގެ ވާހަކަ ކިޔައިދޭނެއެވެ. މިއީ އުޅެން އޮތް ދުނިޔެ ނޫންކަން ބުނެދޭނެއެވެ. ނަމަވެސް މިހުރިހާ ވާހަކަތަކެއް ސާރާގެ ކަންފަތާ ހަމަޔަށް ނުފޯރާ ކަހަލައެވެ.

ސާރާ ދެކޭގޮތުގައި ހުރިހާވެސް އެއްޗަކީ ފެޝަނެވެ. ވެސްޓަރން ސްޓައިލެވެ. މާލޭގައި އުޅެ ބޮޑުވުމުން ސާރާއަށް ކަމުދާން ފެށީ އެމީހުންގެ ލައިފްސްޓައިލެވެ.

އެންމެ ފަހުން ނަމާދުކުރެވުނު ދުވަހެއް ހަނދާނެއް ނެތެވެ. ކުޑައިރު ސަމްރީން ސާރާއަށް ނަމާދު ކުރާނެ ގޮތުގެ ހުރިހާ އިލްމެއް އުނގަންނައިދިނެވެ. ނަމަވެސް ފަހަކަށް އައިސް ބޭރުތެރެއަށް ނިކުމެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތް ފެނި މަޑު މަޑުން ސާރާއަށް ވެސް ކައްޗަށް ފިޔަވަޅު އަޅަން ފެށުނީއެވެ. އޭނާގެ ރާސްތާ އޮޅި މިސްރާބު ނެތްމަގަކަށް ގެއްލުނީއެވެ.

ބޭރަށް ނިކުތްއިރު ގޭތެރޭގައި ހިލަމެއް ނެތުމުން ސާރާ އަށް ހިތާއި ހިތުން ޝުކުރުކޮށްލެވުނެވެ. ފޯނު ނަގައި ހައިމާއަށް ގުޅާލީ އަވަހަށް ބަލައި އަންނަން ބުނުމަށެވެ.

ހައިމާމެން ދިރިއުޅޭ ގެޔާއީ ސާރާމެން ގެ މާދުރެއް ނޫނެވެ. ވުމާއެކު ވަރަށް އަވަހަށް ހައިމާއަށް އާދެވުނެވެ.

“ހައު ވޯޒް ދަ ޑޭ ގާލް.” ހައިމާއަށް ސާރާ ފެނުމާއެކު އަހާލިއެވެ.

“ޓަފް އެނަފް.” ސާރާ ފޫހި ގޮތަކަށް ބުނެލިއެވެ.

“ޕިއްޒާ ކާހިތްވެގެން ހަމަ ގޭގަ ނޯވެވިގެން މި ސާރާ އަށް ގުޅީ…!” ހައިމާ ސުރުހީ ބަދަލުކޮށްލީ ސާރާގެ މޫޑް ރަނގަޅު ކޮށްލުމަށެވެ. އެވަގުތު ސާރާއަށްވެސް އޭނާ ހައިވެފައި ހުރި މިންވަރު އިހްސާސްވިއެވެ.

“ހިނގާ ހިނގާ ޕިއްޒާއެއްނު ދޯ.!” ސާރާ ވަރަށް އުފާވެލާފައި ހުރެ ހައިމާގެ ސައިކަލަށް އެރިއެވެ.

ޕިއްޒާ ހަޓުތެރެއަށް ވަނެގެން އައި ހައިމާއަށާއި ސާރާއަށް އެތާ ތިބި އެންމެންގެ ންޒަރު ހުއްޓުނެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ؟ ހައިމާ އަކީ ރާއްޖޭގައި ފާހަގަ ކޮށްލެވޭ ފިލްމްސްޓަރ އެކެވެ. މޮޅު ލަވަ ކިޔުންތެރިއެކެވެ. އެންމެންވެސް ދަންނަ ‘ހައްމި’ އެވެ.

އެއްވެސްވަރަކަށް އަޅާލުމެއް ނެތި ހައިމާ ގޮސް މޭޒެއްގެ ދޮށުގައި އިށީނެވެ. ފަހަތުން ސާރާވެސް އައިސް އިށީނެވެ.

ސާރާގެ ލޮލުގައި އަޅައިގަތީ ކުރިމަތީ އިން އާދިން އެވެ. އާދިން އާއެކު ދެ ފިރިހެނެއް އިން އިރު އެއްވެސް އަންހެނަކު އެތަނުން ފެންނާކަށް ނެތެވެ. އާދިން ފެނުމާއެކު މިއަދު ސްކޫލްގައި ހިނގާ ދިޔަކަންތަކުގެ ހަނދާންތައް ސާރާ ވަށާލިއެވެ. ފުރަތަމަ ފަހަރަށްވީ ކިހިނެއްކަމާމެދު ސުވާލު އުފެދެން ފެށިއެވެ. އޭނާ ތެދުވެގެން ދާންވެސް ހިތަށްއެރުވިއެވެ.

ނަމަވެސް ދެވަނަ ސިކުންތުގައި ފެނުނީ ޒުވާނެކެވެ. އާއެކެވެ. އެއީ ރާއްޖޭގައި މަޝްހޫރް ވިޔަފާރިވެރިއެކެވެ. ނަން ނޭނގުނު ކަމުގައިވިނަމަވެސް އޭނާގެ ގޮތް ކޮންމވެސް ވަރަކަށް ސާރާއަށް އިނގޭތީ ދާން ލަދުގަތީއެވެ.

“އޭ މަންޖެ މާ ވަރަކަށް އެދިމާ ތިބަލަނީ.؟ އެ ސޮރު ކައިރިތަ؟” އެ ޒުވާނާ އިން މޭޒަށް އިޝާރަތް ކޮށްލަމުން ހައިމާ ބުނެލިއެވެ.

“އުނހޫން. އާދިން ކައިރި. މިއަދު ކްލާހުން….” ސާރާ ވީ ގޮތް ހައިމާއަށް އޮޅުން ފިލުވައިދިނެވެ.

“އިން ދިސް ކޭސް. ޔޫ ނީޑް ޓުބީ ވެރީ ކެއަރފުލް. އަސްލު އޭނަގެ ޕޭރެންޓްސް އަށް އިނގެން ޖެހޭނެ ދޯ އެކަހަލަ ކަންކަން. އައި މީން ޔޫ ނީޑް ޓު ކޮންޓެކްޓް.” ހައިމާ ހީވީ ޑަކްޓަރެއް ހެންނެވެ.

“މިއަދު މީ ފަސްޓް ޑޭއޭ. އަދި ކުޑަކޮށް އެކަން ބަލައިލާފަ ގުޅާނީ..!” ސާރާ ވެސް ހައިމާއާއި ދެބަސްނުވެ ފަހުން ގުޅާނެކަމަށް ބުނެލިއެވެ.

ނުނިމޭ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ވިންދޭ ތީ މަގޭ -2

Next

ރާނީ 13

Next
July 26, 2023

ރާނީ 13

Previews
July 25, 2023

ވިންދޭ ތީ މަގޭ -2

5 Comments!

  1. ailessh says:
    July 26, 2023 at 2:21 pm

    Hi guys.! 3rd view in liyaa first story v m a mistake huredhaane. So let me knw inge mistake thah. Also would like to thank u all for the love ♡

  2. Uuuuuuu says:
    July 26, 2023 at 10:11 pm

    V Salhi!

  3. leesh says:
    July 27, 2023 at 7:01 pm

    vrh reethi keep it up

  4. itsuki says:
    August 5, 2023 at 1:44 pm

    Nice… keep it up dear.. waiting for the next part..

    1. ailessh says:
      August 8, 2023 at 7:39 pm

      Thnks

Comments are closed.

Next Episodeމާޒީ 2←


All Right Reserved!