Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

މާޒީ 2

ailessh Level 1
October 8, 2023 2 Mins Read
4 Comments

“އޯކޭ ސާރާ ބޭނުން ގޮތެއް” ހައިމާ ސާރާ އާއި އެއްބަސްވެލިއެވެ.

“ހަފްތާއެއް ނިމިގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. އާދިންއަށް ދިމާވާ ކަންކަން ސާރާއަށް އެތައް ގޮތަކުން އުދަނގޫކުރެއެވެ. މަޑުމަޑުން އިނުމާއި ކްލާސްކުދިން އާދިން އަށް ކުރާ މަލާމާތަކީ ސާރާއަށް އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންތަކެއް ނޫނެވެ.

**

“އެ އާދު އެހާވަރަށް ކިޔަންޏާ ސާރާއަށް އިންވައިޓް ކޮށްބަލަ ދޯ. ހަޔާ” އަނިލްގެ ގޮތްދޫ ނުކުރުމުގެ އާދަ އަނބުރައި އައި ކަހަލައެވެ. އާއެކެވެ. އަދަކީ އާދިންގެ 7 ވަނަ އުފަންދުވަސް ފާހަގަ ކުރެވޭ ދުވަހެވެ. އާދިން އެއްވެސް ރައްޓެސަކު އޭނާގެ އުފަންދުވަހުގެ ހަފްލާއިން ފެންނާކަށް ނޭދޭކަން އަނިލްއަށް އެނގެއެވެ. ފަހަކަށް އައިސް އާދިން ދައްކަނީ ސާރާގެ ވާހަކައެވެ. ސާރާ މިސް އެހީތެރިވާ ވާހަކައެވެ. އާދިންގެ ހުރުހާ ވާހަކަތަކެއް އަޑުއަހާ ވާހަކައެވެ.

“އާން. އާދިން ބުނެފިއްޔާ ދެން ކޮށްދީބަލަ.! ސާރާ އަންނާނީ އާދިން ކައިރިއަށޭ ދޯ ޒައިން.” ހަޔާ އަށް ޒައިންގެ ލާނެތް ގޮތް މިވީ ހަތް އަހަރު ތެރޭ ވަނީ ވާރުތަކޮށްފައެވެ.

އަނިލް އެއްޗެކޭ ނުބުނެ ކޮޓަރިއަށް ގޮސްވަނެވެ. އެނދުމަތީ އިށީނެލިއެވެ. ސައިޑް ޓޭބަލް މަތީ އިން ދުއާގެ ފޮޓޯ ފްރޭމްއަށް ބަލައިލިއެވެ.

އެ ހިތް އަދު ގޮވަނީ ދުއާއަށެވެ. އާދިންއަށް މަންމައެއްގެ ލޯބި ދީ އާއިލާ ފުރިހަމަ ކޮށްދިނުމަށެވެ.

“ދުއާ ކީއްވެ…! ކީއްވެ…؟ އަހަރެން އެންމެ ބޭނުންވި ދުވަހު….” އަނިލްގެ ލޮލުން ކަރުނަ ނިރާލިއެވެ. މިވީ ހަތް އަހަރު ދުވަހަކީ އަނިލް އަށް ފަސޭހަ ދުވަސްތަކެއް ނޫނެވެ. ކޮންމެ މިނެޓެއް އަނިލްއަށް ގަރުނެއް ކަހަލައެވެ. ހަޔާތުގައި ލިބުނި ލޯބި ބީވެގެން ދިޔައީއެވެ. ކުރީގެ ދިރިއުޅުމަށް އަނބުރާ ދިޔައީއެވެ. ފޮޓޯ ފްރޭމް ބެހެއްޓުމަށްފަހު އާދިންގެ ކްލާސް ގްރޫޕުން ސާރާގެ ނަަންބަރު ނެގިއެވެ.

ގުޅަން ނުގުޅަން އިނދެ ގުޅާލިއެވެ.

 

“ދޮންތާ…! މިއޮށް ގުޅަނީ…” ޓީވީ ބަލަން އިން ސާނިދުއަށް ފޯނު ރިންގުވާތަން ފެނުމުން ބުނެލިއެވެ.

“ކާކު”

“ނީނގެ ކޮންމެވެސް ނަންބަރެއް.” ސާރާ އެހެން ބުނުމުން ކުރަން ހުރި މަސައްކަތް ދޫކޮަށްލާފައި އައިސް އިށީނެވެ. އަދި ފޯނަށް ޖަވާބު ދިނެވެ.

“އައްސަލާމް އަލައިކުމް.” ސާރާ އަކީ ޓީޗަރަކަށް ވީތީ އިހްތިޔާރުކުރީ މާތް ގޮތެވެ.

“ވާލައިކުމުއްސަލާމް. މީ އާދިންގެ ބައްޕަ.” އެކޮޅުން ޖަވާބު ދިނެވެ.

“ކިހިނެއްތޯވީ.؟” ސާރާ އިނީ ސުވާލު މާކެއްގެ ތެރޭގައެވެ.

“އާދިންގެ ބާޓްޑޭ ޕާޓީ އަށް އިންވައިޓް ކުރަން. އާދިން ވަރަށް އިންސިސްޓް ކުރާތީ.. އާދެވޭނެތަ؟” އެކޮޅުން ބޭނުންވީ ސީދާ ޖަވާބެކެވެ. ސާރާ އާއެކޭ ބުނީ އާދިންގެ ބައްޕައާއި ބައްދަލު ކުރަން ބޭނުންވާތީއެވެ.

***

ލޯގަނޑު ކުރިމަތީ ހުއްޓިލައި ފަހު ފަހަރަށް ސާރާގެ މޫނު ބަލައިލިއެވެ. ކަޅު ކުލައިގެ ކަކުލުން ތިރިއަށް އަރާ ގަމީހެއް ލުމަށްފަހު މަޑު ނޫކުލައިގެ ޖިންސެއް ގައި ސާރާ ފެންނަލެއް ފުރިހަމައެވެ. ފަހަތަށް ޖެހިފައިވާ ހުޅިއާއެކު މޫނަށް ވެއްޓިފައި އޮތް ދެތިން އިސްތަށިކޮޅުން ލުއި ލުއި މޭކަޕަކާއެކު ސާރާ ފެންނަލެއް ކިތަންމެ ހާވެސް ފުރިހަމައެވެ.

އެނދުމަތީ އޮތް ޕާރްސަލް ނަގައި ކޮޓަރިން ބޭރަށް ނިކުތެވެ.

“ދޮންތާ އަޅެ ކޮން ބިޓެއް ކައިރިއަށް.” ސާނިދުގެ ސަމާސާކުރުން ނުނިމޭނެއެވެ. އެވަގުތު ސާރާގެ ބައްޕަ ސާރިމް ހިނިތުންވެލަމުން ސާރާއަށް ބަލައިލިއެވެ.

“ސާބަހޭ. ހިނގާބަ ދެންވެސް.” ކުރިންވެސް ސާރާ ސާނިދު ކައިރީ އެހެން ބުނެފައި ވުމުން ސާނިދު ހުރީ ތައްޔާރަށެވެ.

 

“ދޮންތަ އާއެކީ ހިނގާބަލަ. ” ސާނިދު ސައިކަލު ޕާކް ކޮށްލުމަށްފަހު ސާރާގެ ފަހަތުން އެގެޔަށްވަނެވެ. ލިފްޓުން ސިކްސްތް ފޮލޯ ގައި މަޑު ކޮށްލުމުން އަނިލް އަށް ގުޅާލިއެވެ. އެވަގުތު އެ އެޕާޓްމެންޓްގެ ދޮރު ހުޅުވީ އަންހެން ކުއްޖެކެވެ.

 

“މިތަ ސާރާ އަކީ.” ސާރާ ފެނުމާއެކު ޒައިން ހީލަމުން ބުނެލިއެވެ. އޭރު އާދިން އާއެކު އަނިލް ފޮޓޯ އަކަށް ހުއްޓިގެން ހުއްޓެވެ. އަންޑަރ ވޯޓަރ ގެ ތީމަށް ތައްޔާރު ކުރެވިފައިވި އެ ހަފްލާ ފެންނަލެއް ކިތަންމެ ހާވެސް ފުރިހަމައެވެ.

“މިސް” ޖަވާބެއް ނުދެވެނީސް އަނިލްގެ އަތުން ނެއްޓިގެން ދުވަމުން ކަހަލަ ގޮތަކަށް އައިސް ސާރާގެ ގައިގާ އާދިން ބައްދާލިއެވެ.

“ހައި. ސާރާގެ ބްރޯތަ” ޒައިން އާއި ސާނިދު އެކުވެރިވާކަށް މާ ގިނައިރެއް ނުނެގިއެވެ.

އެތަން އަނިލް އަށް ފެނުމާއެކު ދުއާ ފެނުމުން އާދިން އުފާވާނެ ވަރު އަންދާޒާ ކޮށްލެވުނެވެ.

“ޔެސް އާދިން. ހިއަރ އިޒް ޔުއަރ ގިފްޓް” ސާރާވެސް އާދިންގެ ގައިގާ ބައްދާލަމުން އަތުގައި އޮތް ޕާރުސަލް ދިނެވެ. އެތާ ތިބި އެންމެނަށްވެސް އާދިން ސާރާ ގެންނަން ބޭނުންވި ސަބަބު އޮޅުން ފިލިއެވެ.

ް

“މިސް އާދިން އާއެކު ފޮޓޯ އަކަށް އާދެބަ.” ސާރާގެ އަތުގައި ހިފާގެން ފޮޓޯ ނެގުމަށް ހާއްސަ ކުރެވިފައި އިން ތަނަށް ސާރާ ގެންދިައެވެ.

“ބައްޕަ ވެސް އާދެބަ.” އެހެން ބުނުމާއެކު އަނިލް ފަސް ޖެހުނެވެ.

“ކޮބާ އާދިންގެ މަންމަ.” އެންމެންގެ މޫނުމަތީ ވި އުފާވެރިކަން އެ ވަގުތު ގެއްލިގެން ދިޔަ ކަހަލައެވެ.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 37

Next

ދިރުމެއްނެތް ދިރިއުޅުން 38

Next
October 8, 2023

ދިރުމެއްނެތް ދިރިއުޅުން 38

Previews
October 5, 2023

ދިރުމެއްނެތް ދިރިއުޅުން 37

4 Comments!

  1. vempire girl says:
    October 8, 2023 at 1:30 pm

    Maasha Allah.. mi bai ves varah reethi.. next part varah avahah kiyaalan libeyne kamah ummeedhu kuran..

  2. Lily says:
    October 8, 2023 at 3:04 pm

    Mihaaaru handhaan ves neh mi vahaka eh

  3. ailessh says:
    October 8, 2023 at 5:45 pm

    Hi guys..!!!! Sorryyy las veema, ekm thn week aku 1 ep submit kohdheynan 💋

  4. Ifoo says:
    October 11, 2023 at 9:14 pm

    Aww.. Vv reethi mi part vs Maasha Allah❤️😊.. Dhn ihna part dhigukoh genas dhahcey plxx

Comments are closed.

Next Episodeމާޒީ 3←


All Right Reserved!