Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނީ 6

Nadhoo
Nadhoo Level 1
July 6, 2023 6 Mins Read
3 Comments

ރާގިނީ ދަރިފުޅާ ކިހިނެތްވީތަ؟ ހަސީނާ ސުވާލުކުރީ ވަދެގެން އައި ރާގިނީ އާއެވެ. ދައްތާ ގިއްނީ މަޝްރޫމް ޕިއްޒާ ކައިގެން  އެލާޖިކްވީ…..ދަރިފުޅު ކީއްކުރަން ކެއީ އަވިނާޝް ޖެއްސުން ކުރިޔަސް ބުނެލިނަމަ އެލާޖިކް ވެޔޭ….އަވިނާޝް ބުނެގެން ތަ ކެއީ؟ އާން ހަސިނާ ޖަވާބުނދިނެވެ. ދައްތާ އަހަރެން ގިއްނީ ރޫމް އާއި ހަމައަށް ގެސްގޮސް ދޭނަން… އޯކޭ ދޭ ދަރިފުޅާ…..ގިއްނީ ދެން ނުވިސްނާ ނިދާލާ އިނގޭ…… ކޮޓަރިއަށް ވަދެގެން އައި އަވިނާޝް ފެނިފައި ޔާނާއަށް ގޮތްމުށް ކަވާލެވުނެވެ. އަދި އޭނާއާއި ދިމަލަށް ބުނެލިއެވެ އޭ މިސްޓަރ… ގިއްނީ އަށް ދެން ކަމެއް ވެއްޖެއިއްޔާ ނިމުނީ….. ޔާނޫ…ޕްލީޒް…. ރާގިނީ އަށް ބުނެލެވުނެވެ…. ގިއްނީ….ތިހާ ލޯބި ވަނީ މިކަހަލަ މީހެއްދެކެ މީނާ ޖެއސުމެއް ކޮށްލާއިރަށް ކޮންމެ އެއްޗެއްވެސް ތި ކަނީ މަރުވިޔަސް ހެޔޮ ދޯ؟ މީކީ ގިއްނީގެ  ލޯބި ހައްގުވާވަރުގެ މީހެއް ނޫން.. މީނާ އަކަށް ނޭންގޭ ލިބިފައިވަނީ ކިހާ އަގުބޮޑު ޖަވާހިރެއްކަން….ހިންގާދާން ވަރިވެގެން ރާހުލް އަދިވެސް ވަރަށް ލޯބިވޭ ގިއްނީ ދެކެ…ޕްލީޒް ތި ދިރުއުޅުން ހަލާކު ނުކޮށްބަލަ އަބަދު މަޖާކޮށް އުފަލުން އުޅުނު ގިއްނީ ކޮބާ؟ ހިތާމަކޮށް ކޮށް މީހާ ތި ހަލާކުވަނީ ޔާނާއަށް ވެސް ރޮވުނުނެވެ. ގިއްނީ ދެކެ ލޯބިވާ މީހުން ދެރަވެޔޭ ތިހާލުގައި އުޅޭތީ އާދޭސްކޮށްފައި ބުނަން ހިންގާ ދާން…..ނޫން ޔާނޫ މީ އަހަރެން ކުރި ކުށުގެ ޝަޒާ…….. ވާއު…..ގިއްނީ ކުރި ކުށަކީ ކޮބާ؟ ލޯބިވުންތަ؟ ޔާނޫ މަށެއްނު އަވިނާޝްއަށް މަޖްބޫރު ކުރީ އަހަންނާ ކައިވެނި ކުރަން….ނޫން ގިއްނީ މަޖްބޫރެއް ނުކުރޭ! އެންމެ ފަހަރަކު ދޯ ބުނެލީ އޭނާގެ ވެސް އެދުމެއް ހުރީމަ ލާރި ބޭނުންވީމަ ކައިވެނި ކުރީ….. ހުއްޓާލާ ޔާނޫ….. އަވިނާޝްއާއި ދިމާލަށް އެއްޗިހި ނުކިޔާ…އޯކޭ މަ މިދަނީ ގުޅާތި ކަމެއް ވެއްޖެއިއްޔާ…ރާގިނީ ބޯ ޖަހާލިއެވެ. ރާގިނީ އަވީގެ ބަދަލުގައި އަވިނާޝްއޭ ކިޔުމުން އަޑު އަހަން އަވިނާޝްއަށް އުދަގޫވެގެން ދިޔައީ ކީއްވެކަމެއް އަވިނާޝް އަކަށްވެސް ނޭގުނެވެ.

ޔާނާ ދިޔަތަނާ ހެން ހަސީނާ ޖޫސް ތައްޓަކާއި ފެންފުޅިއެއް ހިފައިގެން އައިސްވެނެވެ. ދަރިފުޅާ ދެން ނިދާލާ އަދިވެސް ތި ހުންނަނީ ސޯފާގައި… އެއީ……..އެއީ.. ޔާނޫ އާއި ވަހަކަ ދައްކާލަން ހުރެވުނީ….މިޖޫސްތަށި ބޮއެގެން ނިދާލާ ދައްތަ ދެން ދަނީ ދަރިފުޅާ އަވިނާޝް އެމަންޖެއަށް ބަލައްޗޭ….ހަސީނާ ނުކުމެގެން ދިޔުމުން ރާގިނީ ފާހާނާއަށް ވަދެ ހެދުން ބަދަލު ކޮށްގެން އައިސް ނިދަން އޮށޯތެވެ. އަވިނާޝް އެއީ އެތާހުރި މީހެއް ކަމެއްވެސް ރާގިނީ އަށް ނޭންގެ ކަހަލަ…އިރުކޮޅަކު ހުރުމަށްފަހު އަވިނާޝްވެސް އޮށޯތެވެ. ނަމަވެސް ނުވެއް ނިދައެވެ ދަންވަރު ރާގިނީއަށް ހޭލެވުނީ ބަނޑުގައި އަނެއްކާވެސް ރިއްސަންފެށުމުންނެވެ ރާގިނީ ތެދުވެ ފާހާނާއަށް ވަދެ ހޮޑުލާއަޑުވެސް އަވިނާޝްއަށް އިވެމުން ދިޔައެވެ. ނަމަވެސް އެދުން ނުވެސް ތެދުވެއެވެ. ފާހާނާއިން އައިސް ރާގިނީ ފޯނު ނަގާ ޔާނާއަށް ގުޅާލިއެވެ….

ގިއްނީ ކިހިނެތްވީތަ؟ ޔާނޫ އަނެއްކާވެސް ރިއްސަން ފަށައިފި ހޮޑުވެސް ލެވިއްޖެ ހުންވެސް އެބަހުރި ކަން ނޭންގޭ…ދާންވީތަ ހޮސްޕިޓަލަށް ގެންދަން ކަރަން އިޒް ވިތް މީ…ނޫން އަދި ބަލަމާދޯ އާން ކޮބާތަ ގިއްނީގެ ލޯބިވާ ފިރިކަލުން.. އަވިނާޝް އޮތީ ނިދާފައި… އާން އޭނައަށް ނިދެނޭ ހަމަޖެހިގެން އޭނައަށް ކީއް ގިއްނީ އަށް ކެންމެ ކަމެއް ވިޔަސް އޭ….ގިއްނީ ބޭސް ކެއީ ކޮން އިރަތު؟ ނުކަން ބޭހެއް ހަނދާންނެތުނީ…. ސާބަސް ގިއްނީއަށް ހަމަ މިހާރު ބޭސް ކައެބަލަ… އޯކޭ އެންޑް ޖޫސް ކަހަލަ އެއްޗެއް އެބަހުރިތަ…އާން ދައްތަ އެބަހުރި ގެނެސްފައި….ޔުއާ މައިޓް އިޒް ސޯ ސްވީޓް…..އޯކޭ  އިތުރަށް އުދަގޫ ވަންޏާ ގުޅާތި ބޭސް ކައިގެން ޖޫސް ބޮއެގެން ރެސްޓް ކޮށްލާ….ރާގިނީ ވަރަށް ހާލުން ތެދުވެ ބޭސް ކައިގެން ޖޫސް ބޮއެގެން އޮށޮތެވެ. ރާގިނީ އުޅެމުންދިޔަ ގޮތް ބަލަން އަވިނާޝް އޮތެވެ ދެންމެ ފޯނުން ދެއްކި ވަހަކަވެސް ފޯނު ހުރީ ސްޕީކަރުގައި ކުމުން އަޑު އިވުނެވެ. އެކަމަކުވެސް ތެދުވެ ރާގިނިއަށް އެހީވާކަށް ހިތަށްވެސް ނާރައެވެ. ރާގިނީ އަނެއްކާވެސް ޔާނާއަށް ގުޅާލާފައި އޯކޭ ކަމަށް ބުނުލިއެވެ. ގައިގައި އަޅަމުން ދިޔަ ވޭން ކުޑަވެފައިވާތީ ރާގިނީއަށް ނިދުނެވެ

ފަތިސް ނަމާދުގެ ބަންގިޔާއެކު ތެދުވެ ފެންވަރާލައިގެން ރާގިނީ ނަމާދުކޮށްލިއެވެ އަދި ސޯޓު ކޮޅެއް ލައިގެން ބޭރަށް ދިޔައެވެ. ދައްތާ ރާގިނީ ހަސީނާއަށް ގޮވާލިއެވެ. ލައްބަ ؟ ޖަވާބު ދެމުން ބަލާލާފައި ކުޑަކޮށް މަޑުޖެހުނެވެ. ދައްތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ދައްތަ އެއްޗެއް ބުނަން އުޅޭހެން ހިވާތާ ދައްތައަށް ބުނެވޭނެ ކޮންމެ އެއްޗެވެސް އަޅުގަނޑު ގަބޫލުވެސް ކުރާނަން ހިގާބަލަ އިށީނަން ކޮފީ ހިފައިގެން.. ދަރިފުޅާ ރާގިނީ އަންހެން ކުދިންގެ ހަށިގަނޑަކީ ހަޒާނާއެއް ކަހަލަ އެއްޗެއް ނުވާނެ ހާމަކުރާކަށް ދަރިފުޅު ބެނުން ކޮންމެ އެއްޗެއް ކޮޓަރީގައި ލިޔަސް ބޭރުގައި ލައިގެން އުޅުމަކީ އެހާ ރީތި ކަމެއް ނޫން… މަންމަ ނުބުނަން ބުރުގާ އަޅާށެކޭ އެކަމަކު ޖީންސް ހަރުވާޅު އެއްޗިހިވެސް ލެވޭނެ. އޮފީހަށްވެސް ގަމިހާއެކު އޮފީސް ޕޭންޓްސް ލެވޭނެ. މިހާރު ތީ މީހެއްގެ އަންބެއް.. ގޯސްކޮށް ހީނުކުރާތި… ދައްތާ މިއަދު އަޅުގަނޑު ވަރަށް އުފާވެއްޖެ ތިހާ ލޯބިން ވިސްނާދިނީމާ އަޅުގަނޑު ގެ އުމުރުން އެންމެ 10 އަހަރުގައި ކެންސަރު ބަލިގައި މަންމަ ނިޔާވީ ދެން ބައްޕަ އެކަނި މާއެކަނި އަޅުގަނޑު ބަލަމުން ދިޔައީ ބައްޕަ އޮފީހަށް ދަމުން ޓްރެވެލަ ކުރަމުން ދިޔައީ ގިނަވަގުތު ގޭގައި އެކަނި އުޅެންޖެހުމުން ދިޔައީ ޓީވީ ބަލަމުން އޭގައިލާ ހެދުންތައް ރީތި ވުމުން ދިޔައީ އެހެންވެ އެ ހެދުންތައް ހޯދަން ބައްޕަ ކައިރީ ބުނެގެން އެއަކީ ގޯސްކަމެއްކަން ބުނެދޭނެ މަންމައެއް ނެތް؟ މިހާރުވެސް ހަނދާންވޭ ފުރަތަމަ ޕީރިއެޑްވި ދުވަސް ބައްޕައަށް އެވާހަކަ ދައްކަން ވަރަށް އުދަގޫވި އެންމެ ފަހުން ބައްޕަ ގެ އެކުވެރިއެއްގެ އަންހެނުން އައިސް ކިޔާދިނީ… ބޮޑުވަމުން އައިރު ގިނައިން އެކަނި އުޅުނީ އެހެންވެ ގޭތެރޭގެ ކަންތައްވެސް ދަސްވީ…….. ކިޔަވަން ބޭރުގައި ހުރި އިރުވެސް ފެންނަނީ މިކަހަލަ ހެދުން މީހުން ލާތަން އެހެންވެ ލާހިތް ވަނީ…… ބައްޕައަށް އަހަރެންގެ ހިތްހަމަޖެހުމަކަށްވާތި އެއްޗެއް ބުނަން ނުކެރެނީކަމަށްވެސް ވެދާނެ….މަންމަ ހުރި ނަމަ މިކަހަލަ ވާހަކަތައް ކިޔާދޭނެ ހެދުން އަޅަންވީ ގޮތާއި އުޅެން ވީ ގޮތް….. ދަރިފުޅުގެ މަންމަ ނެތަސް ދަރިފުޅުގެ ބައްޕަގެ ތަރުބިއްޔަތު ވަރަށް ފުރިހަމަ.. ބަރާބަރަށް ނަމާދު ކުރޭ… ބޮޑެތި މީހުންނަށް އިހްތިރާމްކުރޭ…..އެހާ މަޑުމައިތިރި…. އެހެން މުއްސަނދިކުދިން އުޅޭހެން ދަންވަންދެން ޕާރޓީކުރާކަށް ނުދޭ……ފެންވެރިޔަސް ހުސް ނުވާވަރަށް ލާރި ހުރި އިރުވެސް އެހާ ސިންޕަލް ކޮށް އުޅެނީ އަމިއްލައަށް ސުކޫޓީ ދުއްވާފަ ގޭގައި ހުރި ކޮންމެ އެއްޗެއް ކާނެ…އެ ހެޔޮ މަޝްރޫމްވިޔަސް….. ދެމީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުމުން ހިނިގަނޑު ފަޅައިގެން ދިޔައެވެ….ތެންކިޔު ދައްތާ ތިޔަވަރު ތައުރީފެއްކުރީތީ….މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑު ދަސްކުރީތީ…ބައެއް މީހުންނަކަށް ނުކުރެވޭ ގަބޫލެއް…އަޅުގަނޑު ވަރަށް މިސްވޭ މަންމަމަތިން….މަންމަ ހުރިނަމަ މިއަދު މަންމަގެ އުގުގަ ބޯއަޅާލައިގެންއޮވެ ހުރިހާ ޝަކުވާއެއް ކުރެވޭނެ.. އެވަގުތު ރާގިނީގެ ދެލޯފުރިގެން ބަންޑުންވެގެން ކޯތަފަތް ތެންމަމުން ދިޔައެވެ. ހަސީނާ ރާގިނީ އޭނާގެ މެޔާލާއި ބޮނޑިކޮށްލިއެވެ. ދަރިފުޅާ ދެން ދުވަހަކުވެސް ނުބުނާތި ތީ މަންމަ ނެތް ކުއްޖެކޭ.. މިވެސް ހަމަ ދަރިފުޅުގެ މަންމަ އެއްނު ދޯ.. ދެން ނުވާނެ ދައްތަ ކިޔައިގެން މަންމަ ކިޔާނީ….އަސްލުވެސް ރާގިނީ އަށް އުފަލުން އަހާލެވުނެވެ. މިއަދު ނުދާނަން އޮފީހަކަށް ހިންގާ ބަލަ އަޅުގަނޑާއި އެއްކޮށް ޝޮޕިންކޮށްލަން ސްކޫޓީގަ ދާނީ ނިމިގެން އައިސް ކްރީމްވެސް ބޮއެގެން އަންނާނީ…..މަ މަ މަން މަން މަންމާ ދާނަންތަ؟ މަންމައޭ ނު ތި ކީ ސޯ ވިލް ގޯ؟ މަންމައަށް އިގިރޭސިން ވާހަކަދައްކަންވެސް އިނގެ ދޯ؟ ލައްބަ…ސޯ މެންދުރު ކައިގެން ދޯ ދާނީ؟ ކޮންތާކަށް އަހަރެން ނުލާ އެވަގުތު ކޮޓަރިން ނިކުތް އިޝާނީ ބުނެލިއެވެ.ޝޮޕިން އަށް މަންމައާއި އެކީ…. ހޯއި ހޯއި ދައްތަ މަންމައަށް ވެސް ބަދަލުވީ…. އިޝާނީ ރާގިނީ އާއި ދިމާކޮށްލިއެވެ. އަދި ގޮސް ވަރަށް ލޯބިން ރާގިނީ ގައިގާ ބައްދާލިއެވެ. އިޝްކޮ ދާނަންތަ އަހަރެމެންނާއެކީ؟ އާން ޕްލީޒް މަ ގެންދޭ….. ތިހާ ދެން ޑްރާމާ ބޮޑުނުވިޔަސް ގެންދާނަން ހިންގާ……ގިއްނީ ބާބީ ޔޫއަރ ދަ ބެސްޓް….. ޔޭސް ޝީއިޒް އެހެން ބުނެލީ ގޭތެރެއަށް ވަދެގެން އައި އީޝާން އެވެ. މަންމާ އަހަރެންގެ ރެޒަލްޓް ލިބިއްޖެ ކޭން އެނީ ވަން ގެސް…..؟؟ އުފާވެފައި ހުރިވަރުން ހީވަނީ ކުލާހުން އެއްވަނަހެން ލިބުނީ އިޝާނީ ބުނެލިއެވެ. ޔެސް ޔެސް އަސްލުވެސްތަ ދަރިފުޅާ؟ އާން މަންމާ އެކަމުން ކުލާހަކުން ނޫން މުޅި އިންޑިޔާއިން…. ވެސް އެއްވަނަ އިޝާން މަލޯތްރާ…އަސްލުވެސް؟ އެންމެނަށް އެއްކޮށް އަހާލެވުނެވެ. އެވަގުތު ރާގިނީއަށް ޔާނާ ގުޅާފައި ޓީވީ ބެލުމަށް އެދުނެވެ.. އޭރު ޓީވީ އިން ދައްކަމުން ދިޔައީ އީޝާންގެ ނަތީޖާގެ ވަހަކައެވެ. އެވަގުތަކީ ޝާހިދުވެސް އައިސްވަން ވަގުތެވެ. އެންމެންގެ ލޯ އުފަލުން ގޮސް ތެމުނެވެ. އެ ހުރިހާއިރު އެންމެންގެ ވާހަކަ ސިއްރުން އަޑު އަހަން ހުރި އަވިނާޝް އަކަށްވެސް ނުހުރެވުނެވެ. ދުވެފައި އައިސް އިޝާންގެ ގައިގަ ބައްދާލިއެވެ. ސޯ ޕްރައުޑް އޮފްޔޫ ދޮންބެގެ ރިކޯރޑް މުގުރާލީނު ތީ…. ބަޓް ސްޓިލް ސޯހެޕީ.. މައި ބްރަދާރް އިޒް ސޯ ސްމާޓް…..ނޯ ދޮންބެ… ދޮންބެއަށްވެސް އިނގޭނެ އަހަރެން އެހާ ކިޔަވަން މޮޅު ނޫންކަން މި ނަތީޖާ ލިބުމުގެ ފަހަތުގައިވަނީ އެހެން މީހެއްގެ ބުރަ މަސައްކަތް އެހެން މީހަކު އަހަންނަށް ކުރި އިތުބާރު… ކާކުބާ؟ ސްކޫލް ޓީޗާރ.. ނޯ ޝީއިޒް ޔޯ ވައިފް ދޮންބެ…އެހެން ބުނެލާފއި އިޝާން ގޮސް ރާގިނީގެ ކުރިމަތިގައި ހުއްޓުނެވެ. ދޮންބެ ދައްތާ ޔޫ އަރ ދަ ބެސްޓް…. އެހާ ރަގަޅަށް ކިޔަވަދިނީތީ؟ އެހާ ހިތްވަރު ދިނީތީ؟ ރޭ ގަނޑު ކިޔަވަން ހުންނަ ގަޑީގަ ކޮފީ ގެނެސް ދޭތީ….އަދި ބަރާބަރަށް ނަމާދު ކޮށްގެން އުޅުމަށް ބުނެ ދިތީނީ… ދޮންބެ ދައްތަ ބުނީ ދޮންބެ ދައްތަގެ ފޮޓޯ ހުރި މަގާމުގައި ކޮލެޖް ގެ އޮފީހުގައި އަހަރެންގެ ފޮޓޯ ބެހެއްޓޭތޯ މަސައްކަތް ކުރުމަށް އެކަމް އަހަރެންނަށް އިނގޭ އެމަގާމަށް ނުދެވޭނެކަން އެކަމް ދޮންބެ ދައްތަގެ ފޮޓޯ ކައިރީ ދެން ހުންނާނި އަހަރެންގެ ފޮޓޯ…ޔޫ ގޮޓް ފަސްޓް އިން ދަ ވޯލްޑް… އައި ގޮޓް ފްރޮމް މައި ކަންޓްރީ ތެންކިޔު ދޮންބެދައްތާ…..ޔޫއަރ މައި ބްރަދާރ ސޯނޯ ތެންކިޔު ރާގިނީ ބުނެލިއެވެ…މަންމައާއި ބައްޕަގެ ފަރާތުންވެސް ތެންކިޔު ޝާހިދުވެސް ބުނެލިއެވެ. ނޫން ބައްޕާ ޝުކުރު އަދާނުކުރޭ ބައްޕަ ކިޔުއްވަން ބޭނުމިއްޔާ އެހާ ދުރު ނުކުރޭ… ދެން އެހާ އިމޯޝަނަލް ނުވެބަލަ ގައިސް އިޝާނީ ބުނެލިއެވެ. މަންމާ މިއަދު މެންދުރު ހިނގާ ވަރަށް މީރުކޮށް ކައްކަން…ކޯއްޗެއް ކައްކާނީ؟ ރާގިނީގެ ސްޕެޝަލް  ބިރިޔާނީ ވަރަށް ދުވަސް ވެއްޖެ ކާހިތުން އުޅޭތާ އަވިނާޝްއަށް ބުނެވުނެވެ. ޕާސްތާ އިޝާން ބުނެލިއެވެ. އޯކޭ އިޝާން ޕާސްތާ ކައްކާނީ…ދެން ވަރަށް މީރު ފޮނިއެއްޗެއްވެސް ހަދާނަން..އަވިނާޝްގެ އަޑުވެސް ރާގިނީއަށް ނީވުނު ކަހަލައެވެ. ނޫން ދޮންބެދައްތާ ރޭގަވެސް ހޮސްޕިޓަލުގައި އޮވެފައެއްނު ތި އައީ….މިހާރު އޯކޭ އޭ…..ބޭސްކައިގެން ހަމަ ފިޓް އެން ބްރިންގް ޔޯ ފްރެންޑްސް ފޯލަންޗް…. އާފްޓާ ލަންޗް ވީ ވިލް ގޯ އައުޓް ފޯރ ޝޮޕިން އެންޑް އެންޖޯއިން..ކިހިނެތް ދާނީ؟ އައިކޭން ޑްރޮޕް އަވިނާޝް ބުނެލިއެވެ. އެވަގުތު ރާގިނީ ފޯނު ނަގާ ކޮންމެސް މީހަކަށް ގުޅާލިއެވެ. ރާމޫ އަޅުގަނޑުގެ ކާރު ފޮނުވާދީބަލަ 3 ޖަހާއިރަށް ގެއައް…. ސޯ މަންމާ ހިންގާ ސައި ބޮއެގެން ކައްކަން އުޅެމާ ދޯ؟ ދަރިފުޅާ އަވިނާޝް ދޭ އޮފިހަށް ދާން ރެޑިވެގެން އާދޭ މަންމަ ސައި ހަދާނަން….ރާގިނީ ކޭކެއް ވެސް އޯޑަރ ކުރިއެވެ. އަދި ކޮންގްރާ ޖަހާ ސިޓިން ރޫމް ޑޭކަރޭޓް ވެސް ކޮށްލިއެވެ. ރާގިނީ ބިރިޔާނީ ވެސް ކެއްކިއެވެ. އަޑު ނިވޭ ކަމަށް ހެދުނެއް ކަމަކު ފުރަތަމަ ފަހަރަށް ލޯބިވާ ފިރިމީހާ ރާގިނީގެ އަތުން ކެއްކި އެއްޗެއް ކާން އެދުނީތީ ވަރަށް އުފާވިއެވެ. އެހެންވެ ނުކައްކާ ނުހުރެވުނީއެވެ. މަސައްކަތް ނިންމާފަ ފެންވަރަން ރާގިނީ ދިޔަ ފަހުން އަވިނާޝްވެސް މެންދުރު ގެއައް އައިސް ހުއްޓެވެ. ކުޑަކޮށް ބޭރުގައި މަޑު ކޮށްލާފައި އަވިނާޝް ގޮސް ކޮޓަރިޔަށް ވަން ވަގުތު އެނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މޭމައްޗާ ހަމައަށް ތުވާލި އޮޅާލައިގެން ރާގިނީ ފާހަނާއިން ނިކުންނަނީއެވެ. ރާގިނީ ވެސް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ އެހުރިގޮތަށް ހުއްޓެވެ. އަވިނާޝްއަށް ވެސް ރަގިނީ އާއި ދިމާލަށް ބަލަން ހުރެވުނެވެ. އިރުކޮޅަކުން ރާގިނީ އަލަމާރީކައިރިޔަށް ގޮސް ހެދުމެއް ހިފައިގެން ގޮސް އަނެއްކާވެސް ފާހާނައަށް ވަނެވެ. އަވިނާޝްއަށް ރާގިނީ އާއި ދިމާލަށް ބަލަން ގުޑިލަންވެސް ނޭންގިފައި ހުރެވުނެވެ. ކާން ގޮސް މޭޒު ކައިރީ އިށީންދެ ބިރިޔާނި ފެނުމުން އަވިނާޝް ވަރަށް ހައިރާން ވިއެވެ. އަދި ވަރަށް އުފާވެސްވިއެވެ…ރާގިނީ އާއި ދިމާލަށް ބަލާލިއިރު ރާގިނީވެސް ބަލަން ހުރުމުން އަވިނާޝް ހީލއެވެ. ނަމަވެސް ރާގިނީ އަނެއްފަރާތައް އެބުރުނެވެ. އެންމެންވެސް މަޖާކޮށް ކައި ނިންމާލިއެވެ އަދި ކޭކުވެސް ފެޅިއެވެ. ކައި ނިމިގެން ރާގިނީ ދިޔައީ އަވިނާޝް ނޫން އެންމެން ގޮވައިގެން ޝޮޕިންއަށެވެ. އަވިނާޝްވެސް ދާހިތްވިއެވެ. ނަމަވެސް ރާގިނީ އަހާނުލުމުން ނުދިޔައީ އެވެ. މުޅި ފެމިލީއެއްކޮށް ޝޮޕިންކޮށް ފިލްމު ބަލާ މަޖާކޮށް ބޭރުން ކައިގެން ގެއައް އާދެވުނުއިރު ރޭގަނޑު 10 ޖަހައިފިއެވެ. ރާގިނީ ގަތީ  ކުރުތާ ޔާ ޖީންސް ދެން ތަންކޮޅެއް ނިވާކަން ބޮޑު ހެދުން ތަކެވެ. އަވިނާޝް އަށް ދޭން ސެންޓު ފުޅިއެއްވެސް ރާގިނީ ގަތެވެ. ނަމަވެސް ގެއައް އައިސް ދޭ ހިޔާލު ދޫކޮށްލީ ކުރިންވެސް ދިން އެއްވެސް ހަދިޔާއެއް ކަނޑާފައިވެސް ނުވާތީއެވެ. ފަހުން ޝާހިދުއަށް އެފުޅި ހަދިޔާކުރިވެސް އެހެންވެގެންނެވެ.

 

ކައިވެންޏަށް އަހަރެއްވާން ކައިރި ވީ އިރުވެސް އަވިނާޝް އާއި ރާގިނީގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ނަމަވެސް މިހާރަކު އަވިނާޝް އެއްޗިއްސެއް ނުކިޔައެވެ.ބައެއް ފަހަރު ވާހަކަވެސް ދައްކައެވެ. ރާގިނީވެސް މިހާރު މާ އަވިނާޝް ވެގެންނެއް ނޫޅޭއެވެ. ނަމަވެސް ރާގިނީގެ ހިތުގައިވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ މިހާރުވެސް ހަމަ އެހާ ލޯބިވެއެވެ. ރާގިނީއަށް އަވިނާޝް ނޫން ހުރިހާ އްއެޗެއް ލިބުނު ކަހަލަ މަންމަ އަކާއި ބައްޕައެއް ލޯބިވާ ދެ ކޮއްކޮ ވެސް ލިބިއްޖެއެވެ. ނަމަވެސް އޭނާގެ ދިރިއުޅުން ފުރިހަމަ ނުވާކަހަލަ އިހްސާސެއް ކުރެވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ވަކިވީ ލޯބިން 9

Next

ބޭއިންސާފުވެރި ތުހުމަތު – ލައިލަތުގެ ނަޒަރުން

Next
July 6, 2023

ބޭއިންސާފުވެރި ތުހުމަތު – ލައިލަތުގެ ނަޒަރުން

Previews
July 6, 2023

ވަކިވީ ލޯބިން 9

3 Comments!

  1. Ifoo says:
    July 7, 2023 at 1:58 am

    Vv reethi Mi part vs.. Knirakun aneh part kiyaalan libeynee.. 😩

    1. Nadhoo says:
      July 8, 2023 at 1:53 am

      Maadhan submit kuraanan

  2. 😉 says:
    July 7, 2023 at 7:09 pm

    Vaahaka vrh rythii♥️
    Kn iraku tha nxt part up vaanii!!

Comments are closed.

Next Episodeރާނީ 7←


All Right Reserved!