ރާނީ 7
ދަންވަރު 12 ޖެހިއިރު ގޭގެ ބެލް މާވަރަކަށް އަޅާތީވެ. އެންމެނަށް ހޭލެވުނެވެ ނިކުމެގެން އައިސް ދޮރު ކައިރީގައި ތިއްބެވެ. ހަސިނާ ގޮސް ދޮރުހުޅުވާލިއެވެ. ދޮރުހުޅުވާލުމާ އެކު ޕާރޓީ ޕޮޕާއެއް ޕޮޕް ކުރުމަށް ފަހު ޔާނާ އާއި ރާހުލް ހެޕީބަރތްޑޭ ގިއްނީ އޭ ކިޔާ ހަޅޭލަވައިގަތެވެ. ގޭ އެންމެނަށް ލިބުނީ ހައިރާންކަމެކެވެ. އެއްވެސް މީހަކަށް ރާގިނިގެ އުފަންދުވަސް ކަމެއް ނޭގެއެވެ. ދަރިފުޅުގެ އުފަންދުވަސްތަ ނުވެސް ބުނަމެއްނު؟ ހަސީނާ އަހާލީ ދެރަވެފައެވެ. މަންމާ އަހަރެމެންނަށް ދޮންބެދައްތަ އަހަރެމެން ދެކެ ލޯބިވާވަރަށް ދޮންބެދައްތަދެކެ ލޯބިނުވެވެނީ އިޝާނީ ބުނެލީ ދެރަވެފައެވެ. މިހާރުވެސް ގޭ އެންމެންގެ އުފަންދުވަސް ހަންދާން ހުންނާނެ. ސޮރީ އެންމެން އެއްފަހަރާ ބުންޏެވެ. ދެން އިމޯޝަނަލް ނުވެ ހިންގާ ކޭކު ފަޅަން ދެން ގޭކުދިން މާދަން ސަޕްރައިޒެއްދީ ޔާނާ ބުނެލިއެވެ….. އަވިނާޝް އަށް ކަޅިޖަހާނުލާ ބެލެނީ ރާގިނީއަށެވެ. ކޭކު ފަޅާ ނިމުމުން ގޭ އެންމެން ނިދަން ވަނެވެ. ޔާނާ އާއި ރާހުލް އަދި ރާގިނީ ބޭރު ސޯފާގއި މަޑުކޮށްލިއެވެ. ޔާނާމެން ނުދާތީވެ އަވިނާޝް ގޮސް ދުރުގައި އެ މީހުންނަށް ނުފެންނަހެން އެމީހުންގެ ވާހަކަ އަޑު އަހަން މަޑުކޮށްލިއެވެ. ގިއްނީ ކިހާދުވަހަކު ތިހެން އުޅެން ގަސްތު ތި ކުރަނީ؟ އަވިނާޝްގެ ހިތް ނުވާނެ ބަދަލެއް.. އަބަދު ތިހެން ނުވެއް އުޅެވޭނެ މިހާރު އަހަރެއްވަނީ އެއްވެސް ބަދަލެއް އައިތަ؟ އަހަރެން ވެސް މިހާރު ހިތަށް އަރާ ތިހެން….އެކަމަކުވެސް އަދިވެސް އަހަރެން ވަރަށް ލޯބިވޭ…އަދިވެސް އެ ލޯބި އޮތީ އެންމެ ތާޒާކަން މަތީ…..އަބަދުވެސް އިންތިޒާރުކުރެވޭ ލޯބިން އަގައިން ބުނެލާނެ ދުވަހަކަށް…ބައެއް ފަހަރު ހިތަށް އަރާ މިހުރިހާ ކަމަކުން ފިލަންވިއޭ….އަވިނާޝް މަތިން ހަނދާން ނައްތާލަން ވީއޭ….އަހަރެންނަކަށް ނޭންގޭ… ދާން ވީކަން ނޭންގޭ ވަރަށް ކެތްވެސް ކުރެވިއްޖެ….މިހާރު ހަމަ ގައިމުވެސް އިނގޭނެ ދޯ އަހަރެންނަކީ ފިރިހެނުންގެ އެނދު ފަޅުފިލުވައިދޭ މީހެއް ނޫންކަން އެހެން ބުނެވުނު އިރު ރާގިނީގެ އަޑު ކުރެހިގެން ދިޔައެވެ. އަދި މަންމަމެންނަކަށް ނުވެސް އިނގޭނެ އަހަރެމެންގެ ގުޅުން ރަގަޅު ނުވާކަމެއް…އެހެން ބުނެވުނު އިރު ރާގިނީއަށް ރޮވުނެވެ….ތި އަގުހުރި ކަރުނަތައް ނުބާލަބަލަ އެކަހަލަ ރަހުމެތްނެތް މީހަކަށްޓަކާ ރާހުލް އަށް ބުނެލެވުނެވެ….ގިއްނީއަށް ވިޝްވެސް ކުރީއެއް ނޫން….ކޮންކަހަލަ މީހެއްބާ…..ޔާނާވެސް އިތުރުކޮށްލިއެވެ…އެމީހުންގެ ވާހަކަ އަޑު އަހަން ހުރި އަވިނާޝްއަށް ޔާނާ ދެކެ ރުޅި އާދެވުނެވެ ރާގިނީ ކައިރީ ދާށޭ ބުނީމައެވެ. ރާގިނީ އާއި ދުރުވުމުގެ ހިޔާލުން ހިތްދަތިވަނީ ކީއްވެގެންކަން އަވިނާޝްގެ މޮޔަ ސިކުނޑިއަކަށް ވިސްނެމުން ދިޔައެވެ އެންމެ ފަހުން އަވިނާޝް ރޫމަށް ގޮސް އެދުގައި އޮށޯތެވެ ނަމަވެސް ނުވެއް ނިދުނެވެ. އެހެން އޮއްވާ ރާގިނީ އައިސް ނިދަން އޮށޯތެވެ. އަވިނާޝްއަކަށް ނިދަން އުޅެއުޅެވެސް ނުނިދުނެވެ. ރާގިނީ އިރު އިރުކޮޅާ ތެދުވެ ފާހާނާއަށް ދާތީއެވެ. ރާގިނީ ފާހާނާއިން ނިކުމެ ފޯނު ނަގާ ޔާނާ އަށް ގުޅާލިއެވެ. ފޯނު ހުރީ ސްޕީކަރުގައެވެ. ޔާނޫ މަގޭ ހޮޓްވޯޓރ ބޭގް ޔާނޫ ކާރުގައި ގެނެސް ދީބަލަ…..މިގަޑީގަ ކީއްކުރަން؟ ޔާނާ އަހާލިއެވެ. އައި ގޮޓް ޕީރިއޮޑް އެންޑް ހޭވިން ޕެއިން އެންޑް ޕެއިނަކިލާރ ވެސް ހުސްވެފައި…އަޅެ އަސްލުވެސް….މަ ޑިއުޓީގަ މިހިރީވެސް…. އުދަގުލިއްޔާ އޯކޭ…. ކޮބާތަ މަންޖެގެ ފިރިކަލުން؟ އަވިނާޝް ނިދާފައި… ކީއްކުރަން އިނދެގެން އުޅޭ މީހެއްބާ؟ ޔާނޫ އޯކޭ ބާއްވަނީ ނިދޭތޯ ބަލާލާނަން…. މިވާ ލޯތްބެއް ހުވާ އޭނަ އެހެން ހަދާއިރުވެސް އޭނަޔާ ދިމާލަށް އެންމެބަހެއްވެސް ބުނާ އަޑު އަހަން ގިއްނީ އަކަށް ކެތެއްނުކުރެވޭ…..ޔޭސް އަހަރެން ހާދަ ލޯބިވެޔޭ އަވިނާޝްދެކެ….ރާގިނީ ގެ ވާހަކަތައް އަޑު އަހާފައި އަވިނާޝްއަށް ހިނިތުންވެވުނެވެ…..ގިއްނީ އޭނަވެސް އަހަރެންދެކެ އެހާލޯބިވާނެނަމަ…ވިރެން؟…..ނޮޓް ހިމް… ޔޫ ނޯ އެއްނު… އާން ކަމަނާގެ ހިތުގެ ރާޖާ ދޯ…ބުނެބަލަ ގޮސް ލޯބިވާވާހަކަ…..ބޮޑުވަރަކަށް ވެސް ނޫނޭ އެއްނުދޯ ބުނާނީ….. ތިޔޭ މައްސަލަޔަކީ ނޫނޭ ބުނެފާނެތީ…..ޔާނޫ އަދިވެސް މަށަށް ނަސޭހަތް ދޭތި މަގޭ އެހެންވެގެންނޭ ގަދަކަމުން ވިޔަސް މެރީ ކުރީ…..ވަރަށް އުފަލުގަ ވިއްޔާ ތި އުޅެނީ…ޔާނާ ބުނެލިއެވެ. ދެން އޯކޭ ބާއި ރާގިނީ އަވަހަށް ފޯނު ކަނޑާލިއެވެ.
ކިހިނެތްވީ ނުނިދާ މިހާ ދަންވީއިރުވެސް ؟ އިރުކޮޅަކުން އަވިނާޝް އައިސް ސޯފާގައި އިށީނދެގެން އިން ރާގިނީގެ ކައިރިން އަހާލިއެވެ…. ބަނޑުގަ ރިއްސާތީ ނުނިދިގެން؟ ރާގިނީ ގެ އަޑު އައީ ވަރަށް މަޑުންނެވެ. ކޯޗެއްކެއީ؟ ސަބަބު އިނގޭ އިރުވެސް އަވިނާޝް އަހާލިއެވެ. ޕީރިއެޑް ޕެއިން ރާގިނީ އަށް ބުނެވުނީ ވަރަށް ލަދުން ހުރެއެވެ. އަވިނާޝް ނިކުމެގެން ދިޔައެވެ. އިރުކޮޅަކުން އައިސް ގޮވާލިއެވެ. ރާގިނީ މިއޮތީ ހޮޓްވޯޓަރ ބޭގް އެއް އެންޑް މި ކޮފީތަށި ބޯލައިގެން ނިދޭތޯ ބަލާ ކޮފީ އިން ތަދު ކުޑަކޮށްދޭނެ މާގިނައިން ޕެއިންކިލާރސް ކެއުން އެހާރަގަޅެއް ނޫން….ގޮސް އެދުގަ ނިދާލާ ޔޫވިލް ފީލް ބެޓާރ… ވަޓް؟ އަވިނާޝް ސޯފާގައި ނިދާނީ ކިހިނެތް؟ އަހަރެން ބުނެފިންތަ އަހަރެން ނިދާނީ ސޯފާގަ އޭ ރާގިނީގެ ބާލީހާއި ބްލޭންކެޓް ހިފައިގެން ގޮސް އަވިނާޝް އެދުމަތީ ބާއްވާލިއެވެ. އަވަހަށް އައިސް ނިދާ މިހާރު އެއޮއް 2 ޖަހަނީ އެދުގެ އެއްފަރާތުގައި އޮވެ އަވިނާޝް ނިދާލިއެވެ. ރާގިނީ ކޮފީތަށި ބޮއެގެން އައިސް އެދުގައި އޮށޯތެވެ. ނަމަވެސް މިރޭ އަވިނާޝް އާއި އެހާކައިރީގައި އޮންނަން ވީމާ އެފަކީރު ނިދޭނެ ބާ؟ އެހެން އޮވެ އެންމެ ފަހުން ރާގިނީ ނިދުނެވެ ރާގިނީއަށް ވުރެ ކުރިން ހެނދުނު ހޭލެވުނީ އަވިނާޝްއަށެވެ. އޭނާ ލޯ ހުޅުވާލުމައެކުވެސް ފުރަތަމަ ލޮލުގައި އަޅައިގަތީ ކިއިރީގައި ނިދާފައި އޮތް ރާގިނީއެވެ. ދޮން ރީތި މޫނެވެ. ފަން ފަން ދިގު އިސްތަށިގަނޑެވެ. މަޑު ފިޔާތޮށިކުލައިގެ ތުންފަތެވެ. ރާގިނީ ހަދަ ރީއްޗޭ ހާދަ ފުރިހަމައޭ އަވިނާޝްގެ ހިތަށް އެރިއެވެ. ފުރަތަމަ ފަހަރަށް އަވިނާޝް ރާގިނީއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަވިނާޝް ގެ އަތުގެ ތެރެއަށް ރާގިނީ ގެންނަން ބޭނުން ވިއެވެ. ލޯބިން ބައްދާލާ ރާގިނީގެ ތުންފަތުގައި ބޮސް ދޭން ބޭނުން ވިއެވެ…އަވިނާޝްގެ އިހްސާސްތަކާމެދު ހުދު އޭނަވެސް ހައިރާންވިއެވެ…ރާގިނީގެ މޫނަށް އެޅިފައިވާ އިސްތަށި ކޮޅު އަވިނާޝް އެއްފަރާތް ކޮށްލިއެވެ. ފޯނު ނެގުމަށް ފަހު ރާގިނީގެ އެތައް ފޮޓޯއެއް އަވިނާޝް ނެގިއެވެ. ރާގިނީ އަހަރެންނަށްވެސް މިހާރު ރާގިނީދެކެ ލޯބި ވެވިއްޖެހެން ހީވަނީ…..ނުދައްޗޭ މިގެއިން…އަވިނާޝް ވާހަކަ ދެއްކީ ނިދާފައި އޮތް ރާގިނީއާއެވެ އެހެން އޮތްވާ ރާގިނީއަށް ހޭލެވޭހެން ހީވުމުން އަވިނާޝް ނިދާކަމަށް ހަދާލިއެވެ. ރާގިނީ ތެދުވެ ގެން ގޮސް ފާހާނާއަށް ވަނެވެ. ފެންވަރާލައިގެން ނިކުމެ ލޯގަނޑު ކުރިމަތީހުރެ ރީތިވަމުން ދިޔައެވެ. ތިޔަލޯބިވާގެ ލޯތްބަށް އެދިގެން މިހިތް ރޮނީއޭ….އެލަވަ ކިޔަމުން އުޅެމުން ދިޔަ ގޮތުން އަވިނާޝްއަށް ހަމަ ބަލަން އޮވެވުނީއެވެ ރާގިނީގެ ކޮންމެ ހަރަކާތެއް އަވިނާޝްގެ ހިއްސުތައް ހޭލައްވަމުން ދިޔައެވެ. އިރުކޮޅަކުން އަވިނާޝް ތެދުވިއެވެ. ހާދަ އަހަކަށް މިއަދު ތި ހޭލީ؟ ރާގިނީ އަށް ބުނެވުނީ ޖަވާބެއް ލިބޭނެ ކަމުގެ އުއްމީދެއް އޮވެގެނެއް ނޫނެވެ. އާން ލަވަކިޔާއަޑަށް ހޭލެވުނީ… އައިމް ސޯ ސޮރީ… އިޓްސް އޯކޭ….ލަވަކިޔާލެއް ހަޑިއެއް ނޫނޭ….އަވިނާޝް ތެންކިޔު ރޭގަ ހެލްޕްވީމަ….ޔޫއަރ މޮސްޓް ވެލަކަމް…..ދެން ކޮންމެ ރެޔަކުވެސް ރާގިނީ ނިދަންވާނީ އެނދުގައި…..އަވިނާޝޤ ބުނި އެއްޗަކުން ރާގިނީގެ ދެ ލޯ ބޮޑުވެގެންދިޔައެވެ .ރާގިނީ މިއަދު އޮފީހަށް ދާނަންތަ ؟ ނުދާންވީތަ؟ ނޫނޭ ސޮއި ކުރަންޖެހޭ އެއްޗިހި ތަކެއް އެބަހުރި އެހެންވެ އަހާލީ…. ރިޔާޒް ގެ ޑޮކިޔުމެންޓްސް ދޯ؟ އާން އަވިނާޝް ބުނެލިއެވެ. ރާގިނީ މިހާރުވެސް ބަނޑުގައި ރިއްސާތަ؟ ޔެސް ކުޑަކޮށް ރިއްސާ މިދަނީ ބޭރަށް ކޮފީއެއް ބޯލަން… ޔޫ ވޯންޓް ކޮފީ؟ ޔާ ޕްލީޒް…އެހާ ރީތިކޮށް ވާހަކަދެއްކީމަ ރާގިނީ ވަރަށް އަޖާއިބު ވިއެވެ…ރާގިނީ ގޮސް ކޮފީ ހިފައިގެން އައިސް ބަހައްޓާފައި ބޭރަށް ދިޔައެވެ. ރާގިނީ ބޭރަށް ދިޔައިރު ހަސީނާ ޓީވީ ބަލަން އިނދެ މާވަރަކަށް ހޭތީވެ މަންމާ ކޯއްޗެއް ތަ ތި ބަލަނީ ރާގިނީ ސުވާލު ކުރިއެވެ. އާދެބަލަ ދަރިފުޅުވެސް ވަރަށް މަޖާއެއްޗެއް މީ އެހެންތަ ރާގިނީ ގޮސް ހަސީނާގެ ކައިރީ ހުރެ އޭނާގެ ކޮނޑުގައި ބޯއަޅާލިއެވެ. ދަރިފުޅު މިހާރު ބަޑުގައި ރިހުން ކިހިނެތް؟ މަންމަ ރޭގައި ކޮފީއެއް ދިނީމެއްނު އެ ބޯލީމާ ވަރަށް އަރާމުކޮށް ނިދާލެވުނު… ކޮފީ ދިނީ މަންމަ އެއް ނޫނޭ އަވިނާޝް ކޮފީ ހަދަން ހުއްޓާ މަންމަ ދުށިން އަހާލީމާ ބުނީ ދަރިފުޅު ބަނޑުގައި ރިއްސާތީއޭ …އޯހް… އަވިނާޝް ތަ ހެދީ…ހޫން…
މަންމާ މިހާރު މަންމަ އަހަރެންދެކެ ލޯތްބެއްވެސް ނުވޭ……އަޅާވެސް ނުލާ..ފަހަތުން އިވުނީ އަވިނާޝް އަޑެވެ. އާރ ޔޫ ޖެލަސް ދޮންބޭ؟ އިޝާނީ ދިމާކޮށްލީ އަވިނާޝް އާއެވެ. އަވިނާޝް ގޮސް ހަސީނާގެ އަނެއް ފަރާތުގައި އިށީނދެ އުގުގައި ބޯއަޅާލައި ރާގިނީގެ މޫނަށް ބަލާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔަ ހިނދު ދެމީހުންގެ ހިތުގެ ހިންގުންވެސް އަވަސް ވެގެން ދިޔައެވެ.. މަންމާ ދޮންބެ ތެދު ކުރޭ…އިޝާނީ ކުސްތަޅާލިއެވެ….ނު ތެދުވާނަން އަވިނާޝް ދޫ ނެރެ ވައްތަރެއް ޖައްސާލިއެވެ…….އޯކޭ އޮވޭ…. މަންމާ ހީއެއް ނުވޭތަ މަގޭ އަސްލު ދޮންބެ އަތުވެއްޖެހެން…..އާން ދޯ ހަސީނާ ދޯ ދިނީ އިޝާނީއަށެވެ. އަވިނާޝް އަށް ބަލާލެވުނީ ރާގިނީގެ މޫނަށެވެ. ރާގިނީގެ ހިނިތުންވުން ފަޑުވެ ލޯފެންކަޅިވެގެން ދިޔަތަން ފެނި އަވިނާޝްގެ ހިތުގައި ރިއްސާލިއެވެ. މަންމަ ކޯޗެއް ހުރީ ސާބޯން؟ އަވިނާޝް އަހާލީ މައުލޫ ބަދަލު ކުރުމުގެ ގޮތުންނެވެ. ރިހާކުރާ ރޮށްޓާ ހިންގާ ސައި ބޯން.. އޮފީހަށް ދާން ރެޑިވެގެން ފުރަތަމަ ފަހަރަށް ރާގިނީ އަންނަން ދެން އަވިނާޝް މަޑުކޮށްލައިގެން ހުއްޓެވެ. ރާގިނީ ނިކުމެ ސްކޫޓީ އާއި ދިމާލަށް ހިންގައި ގަތުމުން އަވިނާޝް ގޮވާލިއެވެ. ރާގިނީ ހިންގާ އަހަންނާ އެކީ ކާރުގައި ދާން މިއަދު ވަރަށް ހޫނު ދުވަހެއްނު ދޯ؟ ފާއިތުވެގެން ދިޔަ އެއް އަހަރުތެރޭ މިއައްވުރެ ހޫނު ދުވަސްތައް އައި އަދި ވާރޭވެހި ފެން ބޮޑުވި ދުވަސްތައްވެސް އައި އެހުރިހާދުވަހަކުވެސް ދިޔައީ ސްކޫޓީގައި ވީމާ މިއަދުވެސް ދެވޭނެ ތެންކިޔު ފޯރ އާސްކިން……ރާގިނީ ދިޔުމުން އަވިނާޝް ވަރަށް ދެރަވިއެވެ. އޮފީހުގައި ހުރެ ރާގިނީގެ ކެބިން ކުރިމައްޗަށް ދެވުނު އަދަދެއްވެސް އަވިނާޝް އަކަށް ނޭގުނެވެ. ވާހަކަ ދައްކާލަންވެސް ބޭނުންވެއެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ.
ބްރޭކް ގަޑީގައި އަވިނާޝް ދިޔައީ ކަރަން އާއި މީޓް ކުރާށެވެ. މަށަށް ހީވަނީ މިހާރު އަވިނާޝްއަށް ވެސް ރާގިނީ އާއި ގަޔާވެވޭ ހެންނެވެ. މިފަހަރު އަވިނާޝް އެކަމަށް އިންކާރެއް ނުކުރިއެވެ. އަވިނާޝް އަށް ފޯނަށް ބަލަން ހުރެ ހެވުނެވެ. ކިހިނެތްވީ؟ ކޯއްޗެއްތި ބަލަނީ؟ ކަރަން ފޯނު ޖަހައިގަތެވެ. އަދި ބަލާލިއެވެ. ރާގިނީ ހެދުނު ނިދަން އޮއްވާ ނަގާފަހުރި ފޮޓޯއެކެވެ. އަދިވެސް ކަލޭ އެއްބަހެއް ނުވާނަން؟؟…ޔޫ ލައިކް ހާރ ރައިޓް… ނޯ؟ ދެން މި ޔޯ؟ އައި ލަވް ހާރ ފުރަތަމަފަހަރަށް އަވިނާޝް ކަރަންގެ ކުރިމަތީގައި އޭނާގެ ހިތުގެ ހާލު ބަޔާންކޮށް ދިނެވެ.. ވަޓް… ވާވް ބަޑީ….އައިއެމް ސޯ ހެޕީ…. އެކަމަކު ކަރަން އަދިވެސް ރާގިނީ އާ ވާހަކަ ދައްކާކައް ނުކެރެޔޭ…..އެހެންނޭ ވާނީ އެހާ ގަޓު ވީމާ މަ ކުރަންތަ މެސެޖެއް އައިލަވްޔޫ ޖަހާފަ…..ނޫން އަވިނާޝް އެޅިގަތެވެ. އަދި މެރީކުރި ފަހުން ދުވަހަކުވެސް އަހަރެން ރާގިނީއަކަށް ނުކުރަން މެސެޖެއް…އެހެން ވީމަ އޭ މި ބުނީ މަ ކުރަންހޭ މި ފޯނުން…..ގެނޭ ފޯނު ނޫނީ ޔާނާ ކައިރީ ބުނާނަން ޔޫ ލަވް ހާރ އޭ… ވަގުތުން ކަރަން ހިމޭންވިއެވެ. އޭ އަދި ހަނދާން ނެތިފައޭ ރޭގަ ޔާނާ ބުނީ ރާގިނީ ކައިރީ އޭނަ ލޯބިވާ ކުއްޖަކުގެ ވާހަކަ…. އާން ވިރެންއެއްނު… ނޫނޭ…ބުނީ އެސޮރުވެސް ތިހާ ލޯބިވާނެ ނަމައޭ ބުނީމަ ރާގިނީ އެހީ ވިރެން ހޭ؟ ބުނީމަ ބުނި ޔޫ ނޯ ނޫންހޭ….ބުނީމަ ދެން ރގިނީ އެހީ ކަމަނާގެ ހިތުގެ ރަސްގެފާނު ވާހަކަ ހެއްޔޭ؟ ބުނީމަ ޔާނާ ބުނި އާއެކޭ…އެހެންތަ ކާކުބާ އަނެއްކާ؟ ނަމެއް ނުކިޔާ ވިއްޔާ ކިހިނެތ އިނގޭނީވެސް ހިންގާދާން ބޮސް ބުނި މީޓިން އޮތް ވާހަކަ 2 ޖަހާއިރު…ދެން ތި ހިތުގެ ހާލު ބުނެދީބަލަ ރާގިނީ އަށް އެމަންޖެ ހާދަ އިންތިޒާރެއް ކޮށްފިއޭ… އޭއި އަދި މަ ހަނދާން ނެތިފައޭ މިއަދު މީ ރާގިނީގެ އުފަންދުވަސް …އިޝާންމެން އެބަ ޕްލޭންކުރޭ ސަޕްރައިޒްއެއް….އަންނައްޗޭ ޔާނާ ގޮވައިގެން…މަށަކަށް ނުކެރޭނެ އެ ޖިންނިއަށް އިންވައިޓް ކުރާކަށް…މަ ކުރާނަން ރާހުލް އަށް އިންވައިޓް… ގިފްޓެއް ގަނެފިންތަ؟ ކަރަން އަހާލިއެވެ… ޔެސް…..ކޯޗެއްގަތީ؟ ނުބުނާނަން… ހޫން… ހިނގާދާން…….
އޮފީހުގައި ވާހަކަ ދެކެވުނީ ކޮންފަރެންސަކަށް ދުބާއީއަށް ދާންޖެހޭ ވާހަކަ އެވެ. ދާނެ މީހަކު ފަހުން އަންގާނެކަމަށް ބުނެ ނިންމާލިއެވެ. ރާގިނީ އެހެން ބުނި ފަހުން އަވިނާޝްއަށް ވިސްނެނީ އެ މީހުންގެ ދަތުރުގަ ކަންތައް ހިންގި ގޮތާ ބެހޭ ގޮތުންނެވެ. އެކަހަލަ ކަމެއް ވެއްޖެ ނަމަ އެހެން މީހަކު ރާގިނީ އާއި ކައިރިވާނެ ފުރުސަތު ގެއްލުވާ ނުލާނެތީ އަވިނާޝްގެ ހިތްރޮއްވާލިއެވެ. ނުދާށޭ ބުނަން އެތައްފަހަރަކު ހިތައް އެރިއެވެ. ނަމަވެސް ނުކެރުނެވެ. އެކަމަކުވެސް ނުފޮނުވާން ހިތުގައި އަޒުމް ކަނޑައެލިއެވެ. ރާގިނީ އަށް ވުރެ ކުރިން އޮފީސް ނިންމާލާފައި އަވިނާޝް ގެއައް ދިޔައެވެ. ގޮސް ފެންވަރާ ތައްޔާރު ވެލިއެވެ. ހުދު ކުލައިގެ ގަމިހަކާއި ކަޅު ސްކިނީގައި އަރާފައިވާ ބޫޓުގައި ވަރަށް ހޮޓްކަމަށް ދައްކައެވެ. ނުވާންވީ ކީއްވެގެން ހެއްޔެވެ. އެއީ ރާގިނީ އެނާއަށް ވެލަންޓައިންސްޑޭ ގައި ދިން ހަދިޔާއެކެވެ. މިހުރިހާ ދުވަހު ނުކަނޑާ ބާއްވާފައި ހަމަ ހިތް ބަދަލުވުމުން ކެނޑުއެވެ ނަމަވެސް ލާން ނުކެރިފައި ހުރީ ކަންތައްކުރެވުނުގޮތުންނެވެ. އެކަމަކު ރާގިނީގެ ބާރތްޑޭ ވީމަ ސަޕްރައިޒްކޮށްލުމުގެ ގޮތުން ލީއެވެ. އޮފީސް ނިންމާފައި ގެއައް އައިސް ވަން ރާގިނީ ދިޔައީ އެންމެން ހަޅޭލެވުމުން ސިއްސައިގެންނެވެ. ޔާނޫ ގަނޑާ ނުވެސް ބުނަމެއްނު… މީ އަހަރެންގެ ކަމެއް ނޫން ކަމަނާގެ ފެމެލީ މީހުން ދިން ސަޕްރައިޒެއް….ގޭތެރެއަށް ބަލާލި ރާގިނީގެ ލޮލުގައި އަވިނާޝް އަޅައިގަތެވެ ލައިގެން ހުރި ހެދުން ފެނުމުން ރާގިނީ ވަރަށް އުފާވިއެވެ….މަޑުމަޑުން އަވިނާޝްގެ ކައިރިޔަށް ގޮސް ހުއްޓުނެވެ…..އަވިނާޝް ޔޫ އާރ ލުކިން ވެރީ ހޮޓް ރާގިނީ އެންމެންގެ ތެރޭގައި އެހެން ބުނުމުން އަވިނާޝް ލަދުން މަރުވާ ވަރުވިއެވެ. ދޮންބެ ދައްތާ އަހަރެމެންވެސް އެބަތިބީމޭ….. ކުއްލިއަކަށް ރާގިނީއަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. ރާގިނީވެސް ލަދުން ހަލާކުވިއެވެ. އަވަހަށް ކޮޓަރިޔާ ދިމާލަށް ދުއްވައިގަތެވެ. ބާބީ ފްރެޝްވެލައިގެން އާދޭ….ކޭކް ފަޅަން… ރާގިނީ އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އަވިނާޝް ވަރަށް ރުޅި އަންނާނެ ކަން ނޭންގޭ ރާގިނީއަށް ބުނެލެވުނެވެ. އެވަގުތު ރާގިނިއަށް އެދުމަތީގައި އޮތް ޕާރްސަލް ފެނުނެވެ. ކައިރިޔަށް ގޮސް ބަލާލިއިރު ޖަހާފައިނީ ރަގިނީ ފޯރޔޫ އެވެ. ރާގިނީ އެ ކަނޑަލިއެވެ. އޭގައި އޮތީ ރަތް ކުލައިގެ ވަރަށް ރީތި މެކްސީއަކާއި ކަޅު ކުލައިގެ ހީލްއެކެވެ. ރާގިނީ ފެންވަރައިގެނަ އަވަސް އަވަހަށް އެހެދުން ލިއެވެ ވަރަށް ހެޔޮވަރެވެ ހީވަނީ ހަމަ ރާގިނީއަށް ފަހާފައިވާ އެއްޗެއް ހެންނެވެ. ހީލްވެސް އެހާ ހެޔޮވަރެވެ. އިޝާން އާއި އިޝާނީ ހާދަ މޮޅޭ ރާގިނީ ގެ ހިތަށް އެރިއެވެ. ކުޑަކޮށް މޭކަޕްކޮށްލައިގެން ރާގިނީ ބޭރަށް ނިކުތެވެ. ވާވު ބާބީ ޔޫލުކް ޕްރެޓީ އެންޑް ލަވްލީ ޑްރެސް…އިޝާނީ ބުނެލީވަރަށް ހެވިފައެވެ. ޔޫގައިސް ހަމަ މޮޅީއޭ ހެދުން ސެލެކްޓް ކުރަން. ތީ އަހަރެމެންގެ ކަމެއް ނޫން…ތިހާ ހެޔޮވަރު ސައިޒުގަ ގަންނާކަށް ނޭގޭނެ އަހަރުމެންނަކަށް.. މޭބީ ދޮންބެގެ ސަޕްރައިޒެއް…ރިއަލީ ؟ ރާގިނީ އަށް އަހާލެވުނެވެ. ކޭކު ފެޅުމުން އެންމެން ވަކިން ފޮޓޯ ނެގިއެވެ. އެންމެ ފަހުން ފޮޓޯނަގަން ދިޔައީ އަވިނާޝް އެވެ. ގޮސް ކޭކު ކޮޅެއް ނަގާ ރާގިނީއަށް ލެއްވިއެވެ. ރާގިނީ އަށް ކޭކު ކޮޅު ލައްވަންވެސް ނުކެރުނެވެ އެންމެ ފަހުން އަވިނާޝް ގެ އަތުން ރާގިނީގެ އަތުގައި ހިފާ ކޭކު އަމިއްލައަށް ލެއްވިއެވެ. އަދި ޖީބުން ކުޑަ ކުޑަ ފޮއްޓެއް ނަގާ ހެޕީބާރތްޑޭ ކިޔާފައި ދިނެވެ. ކަރަން އެދެމީހުންގެ ކިޔުޓް މަންޒަރުތަށް ފޯނުގައި ރައްކާކުރަމުން ދިޔައެވެ. ކޭކު ފަޅާނިމިގެން އެންމެންވެސް ކާންފެށިއެވެ…ރާގިނީ ގޮސް އިށީނީ ޔާނާ ކައިރީގައެވެ. ގިއްނީ އަވިނާޝް ލުކް ލިޓްލް ޗޭންޖް ދޯ؟ ޔާނޫ އަށް ވެސް ފަހަގަކުރެވޭ ދޯ؟ އެންޑް ގިއްނީ ޔޫ ނޯ މިހުރިހާކަމެއް ކުރީ އޭނަ. ރިއަލީ؟ ހައު ޑޫޔޫ ނޯ؟ ކަރަން ބުނީ ކޭކުވެސް ގެނައީ މަށާ ކަރަން އާ؟ ކަރަން އެހި ޔުއާރ ފެވަރިޓް ކޭކު އަވިނާޝް ބުނެގެން… ޑިޑް ހީ އިންވައިޓެޑް ޔޫ އެންޑް ރާހުލް؟ ޔާ ކަރަން ފަސްޓް ކުރީ ބަޓް އަވިނާޝް ވެސް އެބައިން މެސެޖެއް ކޮށްފަ. އެހެންތަ؟ ދެން ދަނީ އިނގޭ މަގޭ މިރޭ ދަންވަރު ޑިޔުޓީ އެހެންވެ ކުޑަކޮށް ނިދާލަން ކަމަށް އޯކޭ….އެންމެން ދިޔުމުން ރާގިނީވެސް ކޮޓަރިއަށް ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

Vvv reethi Mi part vs.. Knirakun aneh part kiyaalan libeynee 😩
I think meega “” leema thankolheh faseeha vaane kiyaa iru get vaan
Btw love the story❤️❤️❤️
Mivaahaka kiyaalan libenii kn dhuvas thakeh tha??
Mi bai ves vrh rythii