ރާނީ 5
ހަމައެކަނި ރަތްކުލައިގެ ތުވާލިއެއް އަނދެލައިގެން ފާހާނާއިން ނިކުތް އަވިނާޝް ފެނިފައި ރާގިނީގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަވިނާޝް ރުޅި އައިސް ދާނެތީ ރާގިނީ އަވަސްއަވަހަށް ގޮސް ފާހާނާއަށް ވަނެވެ. އެނދުމަތީގައި އޮތް ހެދުން ފެނިފައި މަންމަގެ ކަމެއް ކަމަށް ހީކޮށް އެ ހެދުން އަވިނާޝްލިއެވެ.
އޮފީހަށްދާން ނިކުތް ޝާހިދަށް ފެނުނު މަންޒަރު އަވަހަށް ގޮސް ހަސީނާއަށް ވަރަށް ބާރަށް ގޮވާލިއެވެ. އޭނާ ހީކުރީ އޯށޮވެ އޮތީ ބަލިވެގެން ކަމަށެވެ. ކިހިނެތްވީ މާ ބާރަކަށް ތި ގޮވަނީ؟ ކަމެއް ނުވޭ ނުފެންނަ މަންޒަރެއްވިމާ ހީކުރީ ބަލިވީކަމަށް… ނޫނޭ ޝާހިދު މިއަދު އަހަންނަށް ބައިވެރިޔަކު ލިބިއްޖެއެވެ. ކީކޭ؟ ހަސީނާ އަހަރެން މިހާރު މާ މުސްކުޅިވީދޯ؟ ސާބަސް ޝާހިދުއަށް މިއަދު އަހަރެންނަކަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހުނޭ އެ ކީއްވެ؟ ނޯކަރަކު ލިބުނީތަ؟ ނޯކަރެއް ނޫން ޅީދަރިއެއް ލިބުނީ…….. ރާގިނީ؟ ހައިރާންވެފައި ޝާހިދުއަށް އަހާލެވުނެވެ. އާން ގޭތެރެ ފޮޅާސާފުކޮށް ނާސްތާވެސް ތައްޔާރު ކުރީ ރާގިނީ…..އެމަންޖެއަށް ކައްކަން އިންގޭތަ؟ އާން ބަދިގޭގައި އުޅުނުގޮތުން އެމަންޖެ ވަރަށް ފަރިތަކަން އެނގޭ….އަހަރެމެންނަށް ވިސްނެނީ ރަގަޅަށް ނޫން ކަމަށް ވެސް ވެދާނެ ދޯ؟ ނޭގޭނެ އެހާ އަވަހަށް މީހުންގެ ގޮތެއް.. ރާގިނީ ގޮވާބަލަ އަވިނާޝް އަށް ވެސް ސާބޯން ރާގިނީ އެތެރެއަށް ވަދެގެން ދިޔައެވެ. އަވީ ގެ މަންމަ ބުނީ ސާބޯން އަންނާށޭ…އަގައިންވެސް ނުބުނެ އަވިނާޝްނިކުމެގެން ދިޔައެވެ. ރަގިނީ އޮފީހަށް ދާން ދަބަސް ރެޑީކޮށްލުމަށްފަހު ބައްޕައަށް ގުޅާލިއެވެ.
މިއަދު ކުޅިމަސް ވަރަށް މީރު ކަމަށް އަވިނާޝް ބުނެލިއެވެ. އިޝާނީވެސް ބުނެލީ ވަރަށް ތަފާތު ކަމަށެވެ. މިއަދު ކުޅިމަސް ހެދީ މަންމަ އެއް ނޫނޭ އެހެންވީމާ ތަފާތުވާނެއެނު މިއަދު ހުރިހާ އެއްޗެއްވެސް ތައްޔާރު ކުރީ ރާގިނީ މަންމަ ހަމަ ރެސްޓު ކުރީ…ފެން ބޯން އިން އަވިނާޝް ރާގިނީ އާއި ދިމާލަށް ލޯއަޅާލާފައި އެތަނުން ނިކުމެގެން ހިންގައިގަތެވެ.
ރާގިނީ އާދޭ ސާބޯން ބަސް އަހައިގެން ގޮސް އިށީނދެ ރާގިނީވެސް ސައިބޯން ފެށިއެވެ. ދައްތަވެސް އާދޭ އަޅުގަނޑަށް އެކަނި އިނދެކާން ވަރަށް އުނދަގޫ ވޭ….ހަސީނާވެސް ސައިބޯން ފެށިއެވެ. ރާގިނީ ސައި ބޮއެ ނިމިގެން ބަލާލިއިރު އަވިނާޝް އޮފީހަށް ވެސް ގޮސްފިއެވެ. އެކަމާ ރަގިނީ ވަރަށް ދެރަވިއެވެ. ނަމަވެސް އަވަހަށް ގެއައް ގުޅާފައި ސްކޫޓީ ފޮނުވާ ދިނުމަށް އެދުނެވެ. ރާގިނީ ކިހިނެތް ވީ ބެރުގައި ތިހިރީ އަވިނާޝް އަދިވެސް ނައަންނަނީތަ؟ ނޫން ދައްތާ އަވީ ގޮއްސި އޮފީހަށް….. ރާގިނީ ގޮވައިގެން ނުދިޔައީ ކީއްވެ ؟ ކާރުގަ ދާއިރު ދެވޭނެ ދޯ ގޮވައިގެން އޭ އޯކޭވާނެ ލަސްވާތީ ދިޔައީ ކަމަށްވާނީ ރާގިނީ ހަމަޖައްސާލިއެވެ. ސްކޫޓީ އައުމުން ރާގިނީ އޮފީހަށް ދިޔައެވެ. މެންދުރު ލަންޗް ގަޑީގަވެސް ގެއަށް ގޮސް ރާގިނީ ހަސީނާއަށް ބަދިގޭ މަސައްކަތުގައި އެހީވެފައި ގޮސް ނަމާދުކޮށް ލައިގެން ސޯފާގައި ޖައްސާލިއެވެ ރޭގަވެސް ނުނިދާ ހުރުމުގެ ސަބަބުން ރާގިނީއަށް ނިދުނެވެ. އޭނާއަށް ހެލެވުނީ އަވިނާޝް އޮފީސް ނިންމާލާފައި އައިސް ދޮރު ހުޅުވާލުމުންނެވެ. އޭރު ގަޑި ބަލާލިއިރު މައްރިބް ނަމާދު ވަގުތު ކައިރިވެފައިވާތީ އަވަހަށް ފާހާނާއަށް ވަދެ ވުޞޫ ކޮށްގެން އަސްރު ނަމާދު ކުރުމަށް އަވަސް ވެގަތެވެ. އަސްރު ނަމާދު ކޮށް ނިމުނު ތަނާހެން މައްރިބް ނަމާދުގެ ބަންގި ގޮވާލިއެވެ. ރާގިނީ އަނެއްކާ ނަމާދުކުރަން ފެށިއެވެ. ރާގިނީގެ ހަރަކާތް ތަކަށް ބަލަން އިން އަވިނާޝް ދޮރު ހުޅުވާލީ ހަސީނާ ރާގިނީއަށް ގޮވާތީއެވެ. ދޮރު ހުޅުވާލުމުން ނަމާދުކުރަން ހުރި ރާގިނީ ފެނުމުން ހަސީނާ ސޯފާގައި އިށިނެވެ. ދައްތާ ކިހިނެތް ވީތޯ؟ މެންދުރު ބަދިގޭގައި އުޅެފައި ނުވެސް ކައި ވިއްޔާ ތި އޮތީ އެހެން ވެ ހަވީރު ސައި ބޯން ގޮވާލަން މިއައީ…މެންދުރު ނަމާދުކޮށްލައިގެން ޖައްސާލީމާ ނިދުނީ ރޭގައިވެސް ނުނިދާހުރުމުގެ ސަބަބުން މާ ގިނައިރު ނިދުނީ……އަވީ ސާ ބޮއެފިންތަ؟ އަވިނާޝް ޖަވާބު ނުދިނުމުން ސައި ބޮއެގެން ކަމަށްބުނެ ހަސީނާ ޖަވާބު ދިނެވެ. ނަމާދު ކުރަން ލައިގެން ހުރި ހެދުން ބާލާފައި ރާގިނީ ހަސީނާގެ ފަހަތުން ބޭރާށް ދިޔައެވެ. އޭރު އަވިނާޝްގެ ކޮއްކޮ ފިލާވަޅު ހަދަން އިނެވެ.
މަންމާ މި ބިޒްނަސް އަޅުގަނޑަކަށް ނުކިޔެވޭނެ. ކިހިނެތްވީ ؟ ނޭންގޭ އެއްވެސް އެއްޗެއް ބޮލަކަށް ނުވަދޭ…. އިޝާން އަހަރެން ހެލްޕް ވެދެންތަ؟ ރާގިނީ އަހާލިއެވެ… ޑޫ ޔޫ ނޯ؟ ޔޭސް އޮފްކޯޒް ބިޒްނަސްއޭ އަހަރެންވެސް ކިޔެވީ އަދި މުޅިދުނިޔެއިން އެއްވަނަ ވެސް ހޯދިން…ރިއަލީ؟ ޔެސް އިޝާންގެ ކްލެޖްއިން ކިޔެވީ ވެސް ނުދެކެންތަ އޮފީހުގަ އިންނާނެ ފޮޓޯއެއްވެސް…. އޯކޭ ހެލްޕް މީ… ރާގިނީ ގޮސް ކިޔަވައިދޭން އިށީނެވެ. ރާގިނީ ބުނެދޭގޮތުން އިޝާން އަށް ވަރަށް ފަސޭހައިން ނަގައިގަނެވުނެވެ. އިޝާންއަށް ކުޑަކޮށް ބުނެލަދީފައި ރާގިނީ ގޮސް ކޮފީއެއް ބޯންފެށިއެވެ. އިރު އިރުކޮޅާ ރާގިނީގެ ލޮލުން ކަރުނަ އާދެއެވެ. ސިންކު ކައިރީގައި މަސްކޮށަން އިން ހަސީނާއަށް އެމަންޒަރު ވަރަށް ރީއްޗައް ފެނުނެވެ. ނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
ކައިވެންޏަށް 2 މަސް ވެގެން ދިޔައިރުވެސް ރާގިނީ އާއި އަވިނާޝްގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އާދައިގެމަތިން ރާގިނީ އޭނާގެ ގޮތުގައި އުޅެމުން ދިޔައެވެ. އަވިނާޝްގެ ހުރިހާކަމެއް ވަރަށް ފުރިހަމައަށް ކުރަމުން ދިޔައެވެ ނަމަވެސް އަވިނާޝް އަގައިންވެސް ބުނެލަނީ މަދު ފަހަރަކުއެވެ. ނަމަވެސް މިހާރު އެގޭ އެހެން މީހުން ރާގިނީ ދެކެ ވަރަށް ލޯބިވެއެވެ. ހަސީނާ އާއި ޝާހިދު ވެސް މިހާރު އަމިއްލަ ދަރިޔަކު ފަދައިން ލޯބިއެވެ. އިޝާން އާއި އިޝާނީ ވެސް މިހާރު އެމީހުންގެ ފަހަރި ދެކެ ވަރަށް ލޯބިއެވެ. ހަވީރު އޮފީސް ނިންމާފައި ގެއައް އައި އިރު ޝާހިދު އައީ ޕިއްޒާ ހިފައިގެންނެވެ. ހުރިހާ ކުދިންނަށް ވެސް ގޮވާލިއެވެ. އަވިނާޝްވެސް އެވަތުގު ގެއަށް ވަނުމުން ބައްޕަ ކައިރީ އިށީނެވެ. ރާގިނީ ގޮސް ތަށިތަށް ހިފައިގެން އައިސް ބެހެއްޓިއެވެ. ނަމަވެސް ކޯކްތައްޓެއް އެކަނި އަޅައިގެން ހުރީ އެވެ. ދަރިފުޅާ ރާގިނީ ޕިއްޒާ ނުކަންތަ؟ މަންމާ އަހަރެމެން ކަހަލަ މިހުން ކާއެއްޗިހި ނުކާނެ އެކަހަލަ ރާނީ މެންނެއް…. މިގެއަށް އައި ފަހުން މިގޭ މީހުން ކާ ކޮންމެ އެއްޗެއް އެ މަންޖެ އެކަނީ އެހެން ވީމާ ނުބުނެވޭނެ ތިހެނެއް…މަންމާ އެއީ އެހެން ގޮތެއް ނެތީމަ…ކަންދައްކަން ވެސް ޖެހޭނެއެއްނު… ރާގިނީ އަށް ގޮތް ހުސްވާންވީ ކީއްވެ އޭނަގެ ގެ އެހެރީ ގޮސް ކާންވީއެއްނު ދޯ ހަސީނާދެންވެސް ރާގިނީގެ ކޮޅަށް ބުރަވެލިއެވެ…. އެންމެ ފަހުން ރާގިނީ ޕިއްޒާ ފޮތިއެއް ނަގައި ކާލިއެވެ. އޭނާ ނުކާންވެގެން އުޅުނީ މަޝްރޫމް އަޅަފައި ހުރުމުން އެއަށް އެލާޖިކްވާތީއެވެ.އިރުކޮޅަކުން ރާގިނީ ބަނޑުގައި ރިއްސަން ފެށުމުން ގޮސް ކޮޓަރިއަށް ވަނެވެ. އިރު ކޮޅަކުން ހޮޑުވެސް ލެވެން ފެށުނެވެ. އަވިނާޝް ވަންއިރުވެސް ރާގިނީ ހޮޑުލާއަޑު އިވެއެވެ. އިރުކޮޅަކުން ނުކުމެ ޔާނާއަށް ގުޅާލަފައި ވަރަށް އަވަހަށް އައުމަށް އެދުނެވެ. ސޯފާ ކައިރިޔަށް ނުދެވިގެން އުޅެނިކޮށް ރާގިނީ ބޮލަށް އެބުރުން އަރައިގެން ބިންމައްޗަށް ވެއްޓުނެވެ. އަވިނާޝް ކައިރިވެލާފައި ރާގިނީއަށް ދެތިން ފަހަރަކު ގޮވާލިއެވެ.. އެވަގުތު ޔާނާ އައިސް ވަދެއްޖެ އެވެ. ގިއްނީ…. ގިއްނީ…. ދެންވެސް ބަލަން ނުހުރެ މަށަށް އެހީވެދީބަލަ ކާރަށް އަރުވަން…ޔާނާ ބުނެލީ އަވިނާޝް އާއި ދިމާލަށްށެވެ. އަވިނާޝް ރާގިނީ ނަގައިގެން ގޮސް ޔާނާގެ ކަރަށް އެރުވިއެވެ. އަވިނާޝް ދުއްވަން ވީއެއްނު އަހަރެން ހުންނާނަން ފަހަތުގައި ގިއްނީ ކައިރީގައި އަވިނާޝް ކާރަށް އަރާ ދުއްވާލިއެވެ. ސިޓީ ހޮސްޕިޓަލްއަށް އިނގޭ ޔާނާ ބުނެލިއެވެ. ކާރު ދުރުން ފެނުމާއެކު ހޮސްޕިޓަލްގެ މީހުން އެނދު ހިފައިގެން އައިސް ތިއްބެވެ. ރާގިނީ ބަލާލާފައި ޓެސްތައް ހަދަން ސާމްޕަލްތައް ހިފައިގެން ޑޮކްޓަރު ދިޔައެވެ ރާގިނީ މިހާރު ހޭ އަރައިފިއެވެ ނަމަވެސް އަދިވެސް ވަރަށް ވަރު ދެރައެވެ….
ގިއްނީ އަށް ކިހިނެތްވީ ؟ ޔާނާ ސުވަލު ކުރީ އަވިނާޝް އާއެވެ. އަހަންނަކަށް ނެންގޭ އެހެން އުޅޭ މީހުންނަށް ވާނެ އެކަހަލަ ކަންތައް. ކިހިނެތް ތަ ގިއްނީ އުޅެނީ؟ ރާބޮމުން ފިރިހެނުންނާ އެއްކޮށް ރޭކުރަމުން……އަވިނާޝް ހުއްޓާލާ ޔާނާ ހަޅޭލަވައިގަތެވެ. ކިހިނެއްވީ ހަގީގަތް ހަޖަމް ނުކުރެވުނީ؟ ބުނަންތަ ރަގަޅު ވާހަކައެއް އަވިނާޝްއަށް ގިއްނީ ނޭގުނަސް އަހަނަށް ވަރަށް ރަގަޅަށް ގިއްނީ އިނގޭ ކުޑަ ކުޑަ އިރުން ފެށިގެން އިނގޭ ރާގިނީ ދުވަހަކުވެސް ޑްރިންކެއް ނުކުރޭ… ދުބާއީގަ ކިޔަވަން ހުރި އިރުވެސް އޭނާ ކްލަބްތަކަށް ގޮސްވެސް ބޯނީ އޮރެންޖު ޖޫސް ވެދާނެ ދޯ އެ ރޭ އެހެން މިހެއްގެ ޑްރިންކާއި ބަދަލު ވީ ކަމަށްވެސް…ހަގީގަތް ނޭންގި މީހުންގެ ބޮލުގައި ނުވާނެ ތިހާ އިލްޒާމު އަޅުވާކަށް….އުމުރުން އެވަރު ވެފައި ވިއިރު ދުވަހަކު ވެސް ބޯއިފްރެންޑެއް ވެސް ނުގެންގުޅޭ އަވިނާޝް އާއި ކައިރިވި ވަރަށް ވެސް އެހެން މީހަކާ ކައިރި ވެފައެއް ނުހުންނާނެ.
އަހަރެން ނުކުރާނަން ގަބޫލެއް…ބަލަ މަގޭ ލޮލުންނޭ ދުށީ…ވެއިޓް ރާގިނީ ބަނޑުބޮޑު ވީ ދޯ؟ އެހެންވެ ދޯ؟ މަށާ މަޖުބޫރުން ކައިވެނި އެކުރީ މަގޭ ބޮލުގަ އަޅުވަން އަވިނާޝްބުނި އެއްޗަކުން އެހާލުގައި އޮވެވެސް ނޫން… ނޫން….ކިޔާ ރާގިނީ އަށް ބާރަށް ރޮވުނެވެ. ރާގިނީގެ ކައިރިޔަށް ކައިރިޔަށް ގޮސް ޔާނާ ބައްދާލިއެވެ. އޭރު ޔާނާއަށް ރުޅި އައިސްގެން ހަލާކުވަނިއެވެ…. މި އޮތީ ރިޕޯޓް… ޑޮކްޓަރު ރާގިނީ ބަނޑުބޮޑު ވީ ދޯ؟ އަވިނާޝް އަހާލިއެވެ. ޑޮކްޓަރު އިސް ޖަހާލިއެވެ. ރާގިނީ ބަނޑު ބޮޑުވަނީ ފިރިހެނަކު އޭނާ ގައިގައި އަތްލައިގެން ދޯ މިއޮތީ ރި ޕޯރޓް ޝީއިޒް އަ ޕިޔޯ ވާރޖިން…. ޝިއިޒް އެލާޖިކް ޓު މަޝްރޫމްސް އެކަން އިގޭނޭ ރާގިނީއަށް ވެސް އެކަމަކު މިއަދު މަޝްރޫމް ޕިއްޒާ ކައިގެން އެހާލުގައި އެއޮތީ…
ހެލޯ ޑޮކްޓަރ ޔާނާ… ޓޭކް ކެޔާރ އޮފް ހާރ ފަހަރެއްގަ އަދި ހުންވެސް އަތުވެދާނެ ޑޮކްޓަރު ކީތް ޔާނާ ކައިރީ ބުނެލިއެވެ….އެންޑް ބޭސް އެއްކޮށް ކާންވާނެ އިނގޭ ރާގިނީ….. ކީތް ގޮސްލަމުން ރާގިނީއަށް ބުނެލިއެވެ….. ޔާނާ ކިހިނެތްވީތަ ގިއްނީއަށް؟ ސުވާލު ކުރީ އެތެރަށް ވަދެގެން އައި ރާހުލްއެވެ. ހޭއީ ރާހުލް ޔޫ ނޯ ހައުމަޗް ޝީ ލަވް މަޝްރޫމްސް…. އޯ ގިއްނީ ކީއްވެ އެކަހަލަ ކަންތައް ކުރަނީ….މަރުވާންތަ ބޭނުމީ؟ ސޮރީ……ދެން ނުކުރާނަން އިނގޭ……ރާހުލް ޑިއުޓީތަ ؟ ޔާނާ އަހާލިއެވެ. މި ނިމުނީ އޭ… ރާގިނީ އެޑްމިޓްކޮށްފައި އޮތް ވާހަކަ ކީތް ބުނީމަ މި އައީ… ސޯ ހިނގާބަލަ އަހަރެމެން ޑްރްޕްކޮށްދޭން ގިއްނީގެ ސަސުރާލްއަށް….ޔާނާ މަޑުމަޑުން ރަގިނީ ގޮވައިގެން ގޮސް ރާހުލްގެ ކާރަށް އެރިއެވެ.. އަވިނާޝްއާއި ދިމާލަށް ރާގިނީ ބަލާވެސްނުލިއެވެ.
އަވިނާޝްވެސް ރާގިނީމެން ކާރުގެ ފަހަތުން ކާރު ދުއްވަމުން ދިޔައެވެ. އަހަރެން ރާގިނީއަށް މަޖްބޫރު ނުކުރިނަމަ އޭނާ ނުކާނެ ދޯ އެ ޕިއްޒާއެއް…އިފް ޝީ އިޒް އަ ވާރޖިން އަހަރެންނަށް މިކުރެވެނީ ހުސް ކުށްހީތަ؟ އަވިނާޝް އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ އަސްލުވެސް އެރޭ ރާގިނީ އޯޑަރު ކުރީ އޮރެންޖް ޖޫސްއަށް ކަން އަވިނާޝް ހަނަދާންވީވެސް ދެނެވެ. އޯޑަރު ދިނީވެސް އަވިނާޝްގެ ކުރިމަތީގައެވެ…އޭގެ މާނަޔަކީ އަސްލުވެސް ރާގިނީ އަކީ އޭނާ ހިކުރާ ކަހަލަ ވިޔާނުދާ މީހެއް ނޫނޭތަ؟ އަހަރެންދެކެ ލޯބިވާތީ ބާ އެރޭވެސް މަށާ ކައިރިވީ އަދި ކައިވެނި ކުރަން އެއްބަސްވީމާ ޖެއްސުން ނުކޮށް އުފާވީވެސް އެހެންވީމަ ތަ…..އަވިނާޝްއަށް ފުރަތަމަ ފަހަރަށް ރާގިނީ އާއި މެދު ވިސްނާލެވުނެވެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
