Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނީ 4

Nadhoo
Nadhoo Level 1
July 1, 2023 6 Mins Read
2 Comments

ހެނދުނު އޮފީހަށް އައިތަނާހެން ރާގިނީގެ ކެބިން އަށް ވަދެގެން އައީ ރާގިނީގެ ހިތުގެ ރަސްގެފާނެވެ. މޭމް.. އަ…އަޅު……އަޅުގަނޑު މޭމްގެ ޝަރުތާއި ގަބޫލު…… އަސްލުވެސް ރާގިނީ އަށް އުފަލުން ގޮސް ރޮވުނެވެ. ޕާރޓީ ބާއްވަން ބެނުންތަ؟ ކޮން ކުލަޔަކުންތަ ހެދުންލާން ބޭނުމީ؟ މޭމް އަށް ފެންނަ ގޮތެއް…..ކިހާވަރެއް ބޭނުން ވަނީ އެމައުންޓް ފޮނުވާލަބަލަ…..ރާގިނީ މާލާމަތް ނުކުރުމުންނާއި އުޅުނު ގޮތުން  އަވިނާޝް ވަރަށް ހައިރާންވިއެވެ. ނަމަވެސް އިތުރު އެއްޗެކޭނުބުނެ ނުކުމެގެން ހިގައްޖެއެވެ. ރާގިނީ އަށް އުފަލުން އުޅެވޭ ނޫޅެވޭ ގޮތެއް ވެސް ނޭގޭ ކަހަލަ އެވެ. އަވަސް އަވަހަށް ފޯނު ނަގާ ޔާނާ އަށް އެހަބަރު ދިނެވެ.

އަދި ބައްޕައަށްވެސް މެސެޖް ކޮށްލިއެވެ. ރަމީޒު މެސެޖް ބަލާލުމުން އޭނާގެ ދަރިފުޅުގެ ލޯބި ހާސިލްކުރެވޭތީ އުފާވެސް ވިއެވެ. ނަމަވެސް އެދަރިފުޅު އުފަލުގައި ނޫޅޭނެކަން ޔަގީންވާތީ ވަރަށް ދެރަވެސްވިއެވެ. ނަމަވެސް ދަރިފުޅުގެ ނިންމުމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ނިންމިއެވެ. އެދުވަހު ހަވީރު ގޮސް އަވިނާޝްގެ މައިންބަފައިންނާއިވެސް ބައްދަލުކުރިއެވެ. ނަމަވެސް އެމީހުންގެ މޫނުމަތިވެސް އުފާވެރިކަމެއް ފެނިގެން ނުދިޔައެވެ. އެކަމާ ރަމީޒު ވަރަށް ދެރަވެސްވިއެވެ. ބައްޕާ އަޅުގަނޑު ބޭނުމެއް ނުވޭ ބޮޑު ޕާރޓީއެއް ބާއްވާކަށް އެކަމަކު ވެސް ބައްޕަ ބޭނުމިއްޔާ އަޅުގަނޑު ގަބޫލު ބައްޕަ އަޅުގަނޑުގެ ކައިވެންޏާއި ގުޅިގެން ބައްޕަ އުއްމީދުތަކެއް ކޮށްފައި ވާނޭކަން ޔަގީން އެހެން ވީމާ ބައްޕަ ބޭނުން ގޮތަކަށް ކުރިޔަށް ގެންދޭ އަޅުގަނޑު އަވީ އާއި އަޅުގަނޑުގެ ކައިވެނީގެ ހެދުން ކަންތަކާ އުޅޭނަމެވެ….އޯކޭ ދަރިފުޅާ….ރާގިނީ ރޫމަށް ވަދެ އަވިނާޝް އަށް ގުޅާލިއެވެ. އަދި ކޮންމެވެސް މަޝްހޫރު ޑިޒައިނާއެއްގެ ބޮޓީކްއަށް އައުމަށް ބުނެލިއެވެ.

އަވިނާޝް ފޫހިވެފައި ހުރެވެސް ދިޔައެވެ. އަވިނާޝް އެތަނަށް ވަން އިރު ރާގިނީ އެތާ ވެޑިންޑްރެސްތައް ބަލަމުން ދިޔައެވެ. އަދި އަވިނާޝް ކައިރީވެސް ހެދުން ސެލެކްޓް ކޮށްލަން ބުނެލިއެވެ. އަވިނާޝް އައީ ކަރަން ގޮވައިގެން ކަމުން ހެދުން ޗޫސް ކުރީވެސް ކަރަން އެވެ. ރާގިނީ ހެދުމެއް ނަގާ ދައްކާލާފައި މީތީ ރީތި ތޯ އަވިނާޝް ކައިރީ އަހާލުމުންވެސް އަވީނާޝް އަށް ރީތިވާނީ ރެޑްކުލަ އެކަނި ކަމަށް ބުނެ ޖަވާބު ދިނީވެސް ކަރަން އެވެ. ރާގިނީ ތެންކިޔު ބުނެލުމުން…….ވެލަކަމް ފަހަރި އޭ ކަރަން ބުނެލުމުން ރާގިނީ ގެ މޫނު ރަތްވެގެން ދިޔައެވެ. ރާގިނީ އިޒް ވެރީ ބިޔުޓިފުލް އަދި މުއްސަނދިވިޔަސް އެހެން ރިޗް އަންހެންކުދިންގެ އެހުންނަ ފޮނި ކިބުރުވެރިގޮތެއް ނެތް އެ އުޅެނީވެސް ކުޑަ ކުޑަ ސްކޫޓީއެއްގަ ބޮޑެތި ކާރުތަކާ އެތައް ޑްރައިވަރުންނެއް ތިއްބަކަސް….ކަރަން ބުނެލުމުން އަވިނާޝް ފާޑަކަށް މޫނު ހަދާލާފައި ކަރަން އާއި ދިމާލަށް ބަލާލަމުން އަދި ކިރިޔާއޭ ތި ފެނުނީ އަދި ނެގޭނެ ހަގީގތެއް އެ ހުސް ޑްރާމާކަމަށް ބުނެލިއެވެ. މިވީހާތަނަށް އަވީނާޝް ދައްކާފަހުރި ވާހަކަތަކާ ފެންނަ މަންޒަރު ތަކުން ހިވަނީ ހަމަ ޝީއިޒް ވެރީ ގުޑްހެން ވެދާނެއެއް ނު ހަމަ އަވިނާޝް ކުށް ހީއެއްކުރެވުނީ ކަމަށްވެސް….އެއްފަހަރު ނަމަވެސް އެ މަންޖެ ކައިރީ އަހާބަލަ…. ސާބަސް އިންގޭ ކަލެޔަށް ތީ މަގޭ ބެސްޓްފްރެޑް ތަ؟  ހޭއީ ބޭބް އިވިގެން ދިޔަ އަޑުން ކަރަންގެ ލޭ ގެ ހިންގުން އަވަސްވިކަހަލަ ދޮރާދިމާލަށް ބަލާލިއިރު ހުރި ހަމަ އޭނާގެ ހިތުގެ މަލިކާ އެވެ. އެ އަންހެން ކުއްޖަކު ދުވެފައިގޮސް ރާގިނީގެ ގައިގާ ބައްދާލާފައި ވާހަކަ ދައްކަން ފެށިއެވެ. ޔާނާ އާއީ ރާގިނީ އެކުގައި؟ ކަރަން އަށް ބުނެވުނެވެ. އިރުކޮޅަކުން ހެދުން ސެލެކްޓް ކޮށްލާފަ ޔާނާ އާއި ރާގިނީވެސް އައިސް ކަރަން މެން ކައިރީ އިށީނެވެ. އަވީ މީ މަގޭ ބެސްޓްފްރެންޑް…… ޔާނާ……………. ކަރަން އަށް ބުނެލެވުނެވެ….ޔޫ ނޯ ހާރ… ޔެސް އައިއެމް ކަރަން ރާގިނީގެ އަވީގެ ބެސްޓް ބަޑީ ކަރަން އަމިއްލައަށް ތާއާރަފް ވިއެވެ. ޔާނާ މީ އަވީ  އަވީ މީ ޔާނާ ރާގިނީ ބުނެލިއެވެ. ޔާނާ ސަލާމް ކޮށްލަން އަތް ދިއްކޮށް ލުމުން ވެސް ސަލާމް ނުކޮށް ހެލޯ އޭ އެކަނި އަވިނާޝް ބުނެލިއެވެ. އިރުކޮޅަކުން ދަނީ ކަމަށް ބުނެ ޔާނާ އާއި ރާގިނީ ނިކުމެގެން ދިޔައެވެ. ނިކުމެގެން ދަމުން ޔާނާ ރާގިނީ  އާއި ސުވާލުކޮށްލިއެވެ ގިއްނީ ތި ކުރެވެނީ ރަގަޅުކަމެއްބާ؟ އާން ކިހިނެތް ވީ މިނޫން އިތުރު ގޮތެއް ނެތް މަށަކަށް އޭނަ ރުހިގެން ނަ އަންނާނެ މަގޭ ކައިރިޔަކަށް މަށަކަށް ނުހުރެވޭނެ އަވީ އެހެން މީހަކާއެއްކޮށް އުޅޭތަން ބަލާކަށް…މެރީ ކުރީމާ ފަހުން އޯކޭވާނެ….ރާގިނީ ބުނެލީ ވަރަށް ޔަގިންކަމާއެކު ކަމުން ޔާނާ ހުއްޓާލިއެވެ.

ހަފަތާއެއް ފަހުން ވަރަށް ކުލަ ގަދަ ހަފްލާއަކާއެކު ރާގިނީ އާއި އަވިނާޝްގެ ކާވެނި ކުރެވުނެވެ. ކާވެނި އޮތީ ހޮޓެލެއްގައެވެ. ކައިވެނި ޕާރޓީގައި ގިނަ މަޝްހޫރު ފިލްމް ސްޓާރުން ސިޔާސީ މީހުން ވެސް ބައިވެރިވިއެވެ.  ރާގިނީ ފެންނަނީ ވަރަށް އުފާވެފައި ހުރިތަނެވެ ނަމަވެސް އަވިނާޝްގެ މޫނުމަތިން ފެންނަނީ ފޫހި ވެފައިވާ ވައްތަރެވެ. ރަތްކުލައިގެ ވެޑިންޑްރެސްގައި ރާގިނީ ހީވަނީ ޕަރީއެއް ހެންނެވެ. ހުދުކުލައިގެ ގަމީހާއި ކަޅު ސޫޓުގައި ރަތް ކުލައިގެ ޓައީ އަޅާފައި ހުރި އަވިނާޝް ވެސް ހީވަނީ ހަމަ ޝެހެޒާދާއެއްހެންނެވެ. ކަޕްލް ފޮޓޯ ޝޫޓް ކުރަމުން ދިޔައިރު އަވިނާޝް ހުރީ ނިމޭނެ އިންތިޒާރެއްގައެވެ. އަވިނާޝްގެ މައިންބަފައިންވެސް ތިބީ އެހާ އުފަލަކުންނެއް ނޫނެވެ. ކޮންގްރާ ގިއްނީ… އަހަރެމެން ދެން ދަނީ ޔާނާ އާއި ރާހުލް އައިސް ސަލާމް ކޮށްލިއެވެ. ރާހުލް އަކީ ވެސް ރާގިނީގެ ވަރަށް ގާތް ރައްޓެއްސެކެވެ. ރާހުލް ރާގިނީ ދެކެ އިންތިހާޔަށް ލޯބިވެސްވެއެވެ. ނަމަވެސް ރާގިނީ އަބަދުވެސް ބުނީ ރަހްމަތްތެރިކަން އެކަނިކަމަށް ބޭއްވޭނީ. ރާހުލްވެސް ރާގިނީގެ އުފަލުގައި އުފާވާން ނިންމީ އެހެން ވެގެންނެވެ.

ޕާޓީ ނިންމާފައި ދެމީހުންވެސް ދިޔައީ ކާރުގައި ރާގިނީގެ ގެއަށެވެ. ކާރު މަޑުކޮށްލުމުން ރާގިނީ ފައިބައިގެން ގޮސް މައްޗައް އެރިއެވެ. އަވިނާޝް ގޭތެރެއަށް ވަންނަން ބޭނުން ނުވެފައި ބޭރުގައި ހުރި ބެންޗެއް ގައި އިށީނެވެ. އެތާ މިހާރު ހުއްޓަސް ދެން އުޅެންޖެހޭނީ މި ބޮޑު ހަވޭލީގައި ރާގިނީ މޭމްގެ ދަށުގައިކަން އެތެރެއަށް ވަންނަން ޖެހޭކަން އޭނާ އަށް އޮޅިފައެއް ނެތެވެ.  ދަރިފުޅާ އަވިނާޝް ކައިރިން އިވިގެން ދިޔަ ރަމީޒުގެ އަޑުން  އަވިނާޝް ކޮޅަށް ތެދުވިއެވެ. ކީއްވެ ބޭރުގައި؟ މިހާރު ގިއްނީ ހުންނާނީ ދަރިފުޅުގެ އިންތިޒާރުގައި…. ކަމެއް ނުވޭ ހަމަ ހުރީ އަވިނާޝްގެ ޖަވާބު ވަރަށް ކުރެވެ…ބައްޕައަށް އިނގޭމީ އަވިނާޝް ބޭނުންވެގެން ކުރި ކައިވެންޏެއް ނޫންކަން މަޖްބޫރުވެގެން ކުރި ކަމެއްކަން ބައްޕަވެސް ބުނިން ގިއްނީ ކައިރީ ރަގަޅުކަމެއް ނޫނޭ އެކަމަކުވެސް އެދަރިފުޅުގެ ކަރުނައިގެ ކުރިމަތީގައި ބައްޕަ އަށް ޖެހުނީ ހަތިޔާރު ބަހައްޓަން ދެން ދޭ އަވަހަށް……އަވީ ބައްޕާ ފަހަތުން އިވިގެން ދިޔައަޑު ދެމީހުންވެސް ފަހަތަށް ބަލާލިއެވެ. ބޮޑު 3 ފޮށި ހިފައިގެން ތިބި 3 ނޯކަރުވެސް ކައިރީގައި ތިއްބެވެ. ގިއްނީ ތީ ކޮންކަމެއް؟ ބައްޕާ މިއަދު އަޅުގަނޑުގެ ކައިވެނި ކުރެވިއްޖެ ވީމާ ފިރިމީހާގެ ގެއައް ދާންޖެހޭނެ އެއްނު އެހެންވެ އަވަހަށް ޕެކްކޮށްގެން މިއައީ……ދަރިފުޅަށް އޮޅިފައެއް ނޯންނާނެ މި ކާވެނީގައި އަވިނާޝް އަދި އޭނާގެ އާއިލާވެސް އުފާނުވާކަން… އެކަމަކު ބައްޕާ އަޅުގަނޑު މީ މިހާރު އަވިނާޝްގެ ޒިންމާއެއް ވީމާ އޭނާގެ ގޭގައި އުޅޭނީ އޭނާ އުޅޭ ހާލެއްގައި އަޅުގަނޑު އެންމެންގެ ލޯބިވެސް ހޯދާނަން ޓްރަސްޓ މީ ބައްޕާ….ރާގިނީގެ ވާހަކަ އަޑު އަހާފައި ރަމީޒު ފެނަކަޅިވެގެނަ ދިޔައީ އުފަލުންނެވެ. ގިއްނީ ދަރިފުޅު ތީ ހަމަ ބެސްޓު އައި އެމް ޕްރައުޑް އޮފްޔޫ ހިތްވަރު ކުރާތި…..ބައްޕާ އަޅުގަނޑު ނެތަސް ބަރާބަރަށް ބަލާނަން ބައްޕަގެ ހާލު…. ދެބަފައިންގެ ވާހަކަ އަޑު އަހަން ހުރި އަވިނާޝް ހުރީ ކުޑަކޮށް ހައިރާންވެފަ ރާގިނީ އުޅޭގޮތުން ދެއްކުންތެރި ކަމޭވެސް ހިތަށް އަރައެވެ. އަވިނާޝްގެ ގޭގައި އުޅުމުން އޭނާ ބޭނުން ގޮތަކަށް ކަންތައްކުރެވޭނެތީ އުފާވެސްވިއެވެ. އަމިއްލައަށް ރާގިނީ އޭނާ ދޫކޮށް ދާވަރު ރަގިނީއަށް ކުރަން ހިތުގައި އަޒުމް ކަނޑައެޅިއެވެ.

އަވިނާޝް މެންގެ ދޮރުމައްޗަށްކާރު މަޑުކޮށްލިއިރު އެއްވެސް މީހަކު ފެންނާކަނެތެވެ. އަވިނާޝް ޓަކި ދިނުމުން ދޮރުހުޅުވާލީ އަވިނާޝްގެ މަންމަ އެވެ. މަންމާ އަޅުގަނޑުމެން އުޅެނީ މިގޭގައި އަވިނާޝް ބުނެލީ ވަރަށް މަޑުމަޑުންނެވެ. އަވިނާޝްގެ ދެ ކޮއްކޮއާއި ބައްޕަވެސް ސޯފާގައި ތިއްބެވެ އެކަކުވެސް އަގައިން ނުބުނެއެވެ. ދަރިފުޅާ ދެން ދޭ އެތެރެއަށް މަންމަމެން ވެސް މިދަނީ ނިދަން އެކަކުވެސް އަގައިން ނުބުނުމުން ރާގިނީ ވަރަށ ދެރަވިއެވެ. އަވިނާޝްގެ ފަހަތުން ހިންގަމުން ރާގިނީ ދިޔައެވެ. ގޭގެ ފަހަތުގައި އެހެން ރޫމްތަކަށް ވުރެ ތަންކޮޅެއް ދުރުގައި ހުރި ރޫމެއްގެ ދޮރު ހުޅުވާލާފައި އަވިނާޝް އެތެރެޔަށް ވެނެވެ. ކަމަނާ، ރާނީ ،މުނިޔާ މީ އަޅުގަނޑުގެ ރޫމަކީ ތި ރާނީގެ ފާހާއަށްވުރެން ވެސް ކުޑަ ވާނެ….ތިޔަ ރާނީ އަށް މިތާ އުޅެވޭނެހެން ހީއެއްނުވޭ…. ރާގިނީ އެތަނަށް ރަގަޅަށް ބަލާލިއެވެ. ރޫމުގެ މެދުގައި ޑަބަލްބެޑް އެއް ހުރި އިރު ކަނާއަތް ފަރާތުގައި ހެދުންލާ ކަބަޑް ހުއްޓެވެ ދެން ކުޑަކުޑަ އިސްތިރީމޭޒެއް ހުއްޓެވެ. ވާއަތް ފަރާތުގައި ޑްރެސިންގްޓޭބަލްއެއް ހުއްޓެވެ އަދި ފާހާނާއަށް ވަންނަ ދޮރުވެސް ހުރީ ވާއަތް ފަރާތުގައެވެ އެނދު ކުރިމާތީގައި ސޯފާއެއް ވެސް ހުއްޓެވެ.  ނޫން އަޅުގަނޑަށް އުޅެވޭނެ…. އޯކޭ ލެޓްސް ސީ އޭ ބުނެލަމުން އަވިނާޝް ކޯޓު ބާލާފައި އިސްތިރީމޭޒުމަތީ ބާއްވާލިއެވެ ޓައިވެސް ދޫކޮށްލިއެވެ. އަވިނާޝްގެ ހަރަކާތްތަކަށް ބަލަންހުރި ރާގިނީ މަޑުމަޑުން ގޮސް ފަހަތުން  އަވިނާޝްގެ މެދުހަށީގައި ބައްދާލިއެވެ. އެފަދަ އަމަލަކަށް ތައްޔާރުނުވެ ހުރި އަވިނާޝް ދިޔައީ ސިއްސައިގެންނެވެ އަދި ވަތުގުން ރާގިނީގެއައް ނައްޓުވާލާފައި  ރާގިނީ ކޮށްޕާލިއެވެ… އަދި ހަޅޭލަވައިގަތެވެ ހަބަރުދާރު!! މަށާ ކައިރިނުވާތި….ކިއްވެ؟ އަހަރެންމީ މިހާރު އަވީގެ ވައިފްއެއްނު….ތިކަން އިނގޭ އެކަމަކުތީ އަހަރެންގެ އަންހެނުނަށް،އަހަރެންގެ މަންމައާއި ބައްޕަގެ ޅީދަރިއަކަށް އަދި އަހަރެންގެ ކޮއްކޮމެންގެ ފަހަރިއަކަށް ވުމަށް ގާބިލު މީހެއް ނޫން. އެއަށްވުރެ ވިޔާނުދާ އަންހެނެއް..ޖެހުނު ކޮންމެ ފިރިހެނެއްގެ އެނދު ފަޅުފިލުވައިދޭ މީހެއް…އަހަރެން ފަކުރުގަނޭ އުމުރު ހުސް ވިޔަސް އަހަރެން ދުވަހަކުވެސް ކަލެއާއި ދިމާލަށް ބަލާވެސް ނުލާނަން. މަޖްބޫރުން ކުރެވޭނީ ކާވެނި މަގޭ ލޯތްބެއް ދުވަހަކުވެސް ކަލެޔަކަށް ނުލިބޭނެ އަވިނާޝް އެހެން ބުނެލީ ރާގިނީ އާއި ދިމާލަށް އިނގިލި ދިއްކުރުމަށް ފަހު ކަމުން ރާގިނީއަށް ފަހަތައް ޖެހެވނެވެ. އަވިނާޝްގެ ވާހަކަ އަޑު އަހާފައި ރާގިނީއަށް ރޮވެން ފެށިއެވެ. އަވީ ތިހެން ނުބުނޭ އަހަރެންމީ ތި ހިކުރާކަހަލަ މިހެއް ނޫން އަހަރެން ދުވަހަކުވެސް…… ހުއްޓާލާ އަހަރެން ބެނުމެއް ނޫން އަޑު އަހާކަށް ގޮސް އެހެރަ ސޯފާއަށް އަރާ ނިދާ… ނުނިދެންޏާ ދޭ ކަމަނާގެ މެހެލް އަށް ނިދަން… ފާހާނާއަށް ވަދެ ފެންވަރާލައިގެން އައިސް ރާގިނީއާއި ދިމާލަށް ބަލާވެސްނުލާ އެނދަށް އަރާ އޮށޯވެލިއެވެ. ރާގިނީގެ ހިތުގައި ވަރަށް ޖެހުނެވެ ނަމަވެސް ފާހާނައަށް ވަދެ ފެންވަރައިގެން އައިސް ސޯފާގައި އޮށޯވެލި ނަމަވެސް ނިދިވަނީ ރާގިނީގެ ލޮލާ މާދުރަށް ގޮސްފައެވެ. ރާގިނީއަށް ގިސްލެވެމުން ދިޔައެވެ ނަމަވެސް ކޮންމެ ހާލެއްގާ ވިޔަސް ފިރިމީހާގެ ހުރިހާ ކަމެއް ކޮށްދޭން ފިރިމީހާގެ ލޯބި ލިބޭތޯ މަސައްކަތް ކުރަން ހިތުގައި އަޒުމް ކަނޑައެޅިއެވެ، އެހެން އޮއްވާ ފަތިސް ނަމާދަށް ބަންގި ގޮވާ އަޑުއިވުނެވެ. އަވިނާޝްގެ ގޭ ކައިރީގައި މިސްކިތެއް ހުރުމުން ވަރަށް ރީއްޗަށް ބަންގީގެ އަޑު އިވެއެވެ. ތެދުވެ ފާހާނާއަށް ވަދެ ވުޞޫ ކޮށްލައިގެން އައިސް ފޮށިތެރެއިން ދިގު ހެދުމަކާއި ނަމާދުކުރާތަކެތި ހިފައިގެން ގޮސް ނަމާދުކުރަން ފެށިއެވެ. ނަމާދުކޮށް ނިންމާލުމަށް ފަހު ނިދާފައި އޮތް ލޯބިވާ ފިރިމީހާއަށް ބަލާލިއެވެ. ނަމާދުކުރަން ގޮވާކަށް ވެސް ރާގިނީއަކަށް ނުކެރުނެވެ. އެހެންވެ ނަމާދުކުރަންލީ ހެދުން ބޭލުމަށް ފަހު ކުރު ސޯޓު ކޮޅަކާއި ޓޮޕްކޮޅެއް ލައިގެން ބޭރަށް ނިކުމެލީ ކޮފީއެއް ބޯލުމުގެ ނިޔަތުގައެވެ.

ބަދިގެއައް ގޮސް ވަންއިރު އަވިނާޝްގެ މަންމަ ހުރުމުން ކުޑަކޮށް ޖެހިލުން ވީނަމަވެސް ރާގިނީ އެތެރެއަށް ވަނެވެ. ރާގިނީ ކިހިނެތް ވީ ތޯ މާހެނދުނަކާ ހޭލައިގެން އެއްޗެއް ބެނުންވީތޯ؟ ދައްތަ ތިގޮތަށް މާތް ބަހުން ވާހަކަ ނުދައްކަ ފާނަންތަ އަޅުގަނޑަށް ވަރަށް އުދަގޫ ވޭ… އަޅުގަނޑަކީ މިހާރު ދައްތަގެ ދަރިއެއް ފަދަ ކުއްޖެއް… ހަމަ އާދައިގެ ބަހުން ވާހަކަ ދެއްކީމަ އޯކޭވާނެ. އާން މައްސަލައެއް ނެތް ހަސީނާ ބުނެލިއެވެ.. އަޅުގަނޑު ފަތިސްނަމާދު ކޮށްލައިގެ ދުވަހަކުވެސް ނުނިދަން އެހެން ވެ ކޮފީ އެއް ބޯލަން ކަމަށް މި އައީ… ދައްތަ މި ގަޑީގަ ކީއްތަ ކުރަނީ…ރާގިނީގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ހަސީނާވެސް ކޮށްލީ ސުވާލެކެވެ. ރާގިނީ ބަރާބަރަށް ނަމާދުކުރަންތަ؟ ލައްބަ ކުރަން… އަވީ ނަމާދެއް ނުކުރޭތަ؟ ދޭތެރެޔަކުން ކުރާނެ ބަރާބަރަކަށް ނުކުރޭ އަހަރެން މިއުޅެނީ ހެދުނުގެ ނާސްތާ ތައްޔާރު ކުރަންވެގެން…. ރާގިނީ ކޯޗެއް ހެދުނު ކަނީ…. އޯކޭވާނެ ކޮންމެއެއްޗެއްވެސް….. އަހަރެން ހެލްޕް ވެލިޔަސް އޯކޭތަ؟ އިނގޭތަ މިކަހަލަ ކަންތައް ކުރަން…. ހާ އިންގޭ ކުޅިމަސް ވެސް ހަދަން އިނގޭ، މަސްހުނި މޮޑެންވެސް، އަވީގެ ފެވަރިޓް ބިރިޔާނީވެސް…. އެކަމު ރޮށި ފިހާކަށް ނޭންގޭ….. ދައްތަ ދަސްކޮށްދޭނަންތަ؟ ބޭނުންތަ ދަސްކުރަން؟ ފުރަތަމަ ކޮފީ ބޯލާ އެހެރަ ކުޑަ ކަބަޑުގަ ހުންނާނެ ކޮފީގިރާ އެއްޗިހި… ރާގިނީ ފަރިތަކަމާ އެކު ކުޅިމަސް ހަދަމުން ދިޔައިރު މަސްހުނި މޮޑެން ތައްޔާރު ކުރަމުން ދިޔަ ހަސީނާއަށް ކަޅި ޖަހާނުލާ ބެލެނީ ހަމަ ރާގިނީ އަށެވެ. މިލިނަރެއްގެ ހުރި ހަމައެކަނި ދަރިއެއް މިހާ މުރާލި ގޮތަކަށް އުޅޭތީ އޭނާ ވަރަށް ހައިރާން ވެސް ވިއެވެ. ކުޅިމަސް ހަދާ ނިންމާލުމަށް ފަހު ރާގިނީ އައިސް ހަސީނާއަތުން އެއްޗިހި އަތުލައިގެން މަސްހުނި ވެސް މޮޑެލިއެވެ. އަދި ބިސް ކައްކަންވެސް އުދާލިއެވެ. ދައްތާ އަޅުގަނޑަށް ފުށް މޮޑެން ދަސްކޮށްދީ ބަލަ… ހަސީނާގެ އިރުޝާދުގެމަތިން ފުށް މޮޑެމުން ރާގިނީ ދިޔައެވެ. އެކަމަކު އުޅެ އުޅެވެސް ރޮށި ދެމޭކަމަކަށް ނުވިއެވެ. އެންމެ ފަހުން ހަސީނާ ރޮށި ދެމުމުން ރާގިނީ ރޮށި ފިހުނީއެވެ. ދައްތާ ދެން މިދަނީ އަވީ ހޭލަން ވާއިރަށް އޭނާގެ ހެދުމާއި އެއްޗިހި ރެޑީ ކޮށްލަން އިންގޭ….ރާގިނީ ދިޔުމުން ހަސީނާ ގޮސް ސޯފާގައި ކުޑަކޮށް ޖައްސާލިއެވެ. އަދި އޭނާގެ ހިތަށް އެރިއެވެ. މިހެން ހެނދުނު ގަޑީގައި މިހާ ފްރީވެގެން ޖައްސާލެވުނު ހަނދާނެއްވެސް އޭނާ ނެތެވެ. މިނޫނީ މެންދުރު ވާއިރު ހުންނަނީ ވަރުބަލިވެގެން ގޮސް ބުރާންތިވެފައެވެ.

 

އަވިނާޝްއަށް ހޭލެވިގެން ތެދުވިއިރު ރާގިނީ ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ފާހާނާއަށް ވަންނަން ތެދުވެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ބިންމަތީގައި އަތުރާލެވިފައިވާ މުސައްލައެވެ. ރާގިނީ ނަމާދު ވެސް ކުރޭތަ؟ އަވިނާޝް ބުނެލެވުނެވެ.

 

ރާގިނީ ދިޔައިރު އަވިނާޝް ފާހާނާއި ހުރުމުން ރާގިނީ އަވިނާޝްގެ ހެދުން އަދި ރާގިނީގެ ހެދުންވެސް އިސްތިރިކޮށްލއެވެ. އެނދު ތަންމަތިވެސް ރީތިކޮށްލިއެވެ. އެއަށްފަހު ކުޑަދޮރުކައިރިގައި މަޑުކޮށްލިއެވެ. ފާހާނާގެ ދޮރު ހުޅުވުނު އަޑަށް ރާގިނީއަށް ބަލާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ބޭއިންސާފުވެރި ތުހުމަތު

Next

ކުލަ 13

Next
July 2, 2023

ކުލަ 13

Previews
June 30, 2023

ބޭއިންސާފުވެރި ތުހުމަތު

2 Comments!

  1. ... says:
    July 4, 2023 at 6:05 am

    Is this story done?

    1. Anonymous says:
      July 4, 2023 at 9:53 am

      will submit part 5 today

Comments are closed.

Next Episodeރާނީ 5←


All Right Reserved!