Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބިވެވުނީ 9

Lilac Level 1
May 2, 2023 8 Mins Read
9 Comments

ވަކިހިސާބަކަށް ދެވުނުތަނާ އައިރާއާ ދީމާ ހުއްޓުމުން ޔައިލީވެސް ހުއްޓުނެވެ. “ގައިޒް! ލޯ ހުޅުވަނީ އޭ. ހެލޯ!” ޔައިލީ މަޑުމަޑުން ގޮވާގޮވާ އެކެއްވެސް އަނގައިކުން ނުބުންޏެވެ. އެކަމަކު އަދިވެސް ހުރީ ޔައިލީގެ އަތުގައި ހިފައިގެންނެވެ. އެއްވެސް މީހަކު އެއްޗެކޭ ނުބުނެ ގިނައިރުވަން ފެށުމުން ޔައިލީ ލޯހުޅުވާލިއެވެ. އެއާއެކު ފެނުނު މަންޒަރުން އިންތިހާ ދެރައާއެކު ޔައިލީއައީ ރުޅިއެވެ.

♡ނުވަވަނަ ބައި♡

“ބްރޯ.. ތި ބުރިގަނޑު ތާކު ޖައްސާލަބަ ނިކަން. ޔައިލީމެން އެ އަންނަނީއޭ…. ދެން ނުޖެހޭނޭ އިންތިޒާރުކުރާކަށް.” އާކިން ހިތްހަމަޖައްސާލުމަށް އަލާން ބުނެލިގޮތުން ޒިލާލްއަށް ހެވުނެވެ. “މަ ކިނެއްތަ ތާކު އިށީންނާނީ؟؟ ޔައި ނޫނެކޭ ބުނެފިއްޔާ މަށަކަށް ކެތެއްނުވާނެ!” އާކިންއަށް އޭނަގެ ޝަކުވާތައް ބަނޑުންކޮށްލެވުނެވެ. “ޖަސްޓް ޗިލް މޭން. އިރާދަކުރެއްވިއްޔާ ޔައިލީ ވިލް ސޭ ޔެސް. ޖަސްޓް ޕޯ ޔުއަރ ހާޓް އައުޓް.” ޒިލާލް އައިސް އާކިންގެ ދެކޮނޑުގައި ހިފަމުން ބުނެލިއެވެ. ނަމަވެސް އަލާންވެސް ޒިލާލްވެސް ތިބީ ވާނެ ގޮތަކާމެދު ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައެވެ. “އެބައިން އައިޑިއާއެއް!!!” އާކިން ކުއްލިއަކަށް އެހެން ބުނުމުން ދެމީހުންވެސް ކުޑަކޮށް ސިހުނެވެ. “ލާން ވެބަ ޔައިއަށް! މަ ކުޑަ ޕްރެކްޓިސްއެއް ކޮށްލަން.” އާކިން ހަމަޖެހިލާފައި ބުންޏެވެ. “ވަޓް!!! ނޯ ވޭ ޑޫޑް. މަށަކަށް ނުވާނެ ތިކަމެއް.” އަލާން ދެކޮޅުހެދިއެވެ. އެއާއެކު އާކިން ޒިލާލްއަށް ބަލާލިއެވެ. “އައިމް އައުޓް!” ޒިލާލްވެސް އަވަސްއަވަހަށް ދެއަތް މައްޗަށް ނަގާލައި ބުންޏެވެ. ލާނޫ ޕްލީޒް!!! އެންމެ ފަހަރަކު. ޕްލީޒް! ޕްލީޒް! ޕްލީޒް!” އާކިން ކުޑަކުއްޖެއްހެން އާދޭސްކުރަންފެށުމުން އެންމެފަހުން އަލާން އެއްބަސްވިއެވެ. އެއާއެކު އާކިން އުފަލުން އަލާން ކުރިމަތީ އެއްފައިމައްޗަށް ތިރިވިއެވެ. ދުރުގައި ޒިލާލްހުރީ އެދެމީހުންގެ ކުޅިގަނޑު ބަލަން ހެވިފައެވެ.

“ޔައި. އައި ލަވް ޔޫ ސޯ މަޗް. އައި ޑޯންޓް ނޯ ވެން އައި ސްޓާޓެޑް ލަވިން ޔޫ. އެކަމަކު އަހަންނަށް ޔައި ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ. ޔައި. ވިލް ޔޫ ބީ މައި ގަރލްފްރެންޑް؟” އާކިން ވަރަށް ވެލާފައި އަލާންއަށް ބަލަންހުރެ އެހުރިހާ އެއްޗެއް ކީއިރު އަލާން ހުރީ މޫނު ކުނިކޮށްގެންނެވެ. “ކަޓް ކަޓް ކަޓް. ދެޓްސް އިޓް؟ ތިހެން އެކަނި ބުނަނީ؟ މިއޮއްހާއިރު ފަރިތަކުރި އެއްޗަކީ ތީ؟ މަ މިއީ ޔައިލީނަމަ ވަގުތުން އިންކާރު ކުރާނަން.” އަލާން ހުރީ އާކިންގެ އެ ޕްރޮޕޯޒަލުން ފޫހިވެފައެވެ. “ދެން މަ ކީކޭ ކިޔަންވީ؟ މަ ބޭނުން ޔައިގެ ހާރޓް މެލްޓުކޮށްލަން.” އާކިން ހާސްވެފައި އެ ހުރިގޮތަށްހުރެ ބުންޏެވެ. “އީޒީ. ޖަސްޓް ސޭ ވަޓްސް އޮން ޔުއަ މައިންޑް. ޔައިލީ އާ ރައްޓެހިވާން ބޭނުމީ ކީއްވެކަން. ދެން ޔައިލީ ދެކެ ލޯބިވާކަން ވަރަށް ސާފުކޮށް ފީލިންއާއެކު ބުންނަވީ. އޭރުން ޔަގީން ޔައިލީ ދެކޮޅެއް ނުހަދާނެ.” ޒިލާލް އާކިންގެ ކޮނޑަށް އަތްވައްޓާލަމުން ބުންޏެވެ. “އަދި އެއްފަހަރު ޓްރައިކޮށްލަބަ. އަލާން.. ބެކް ޓު ޕޮޒިޝަން.” ހެވިފައިވާހާލު ޒިލާލް އަލާން ގާތު ކުރިން ހުރިގޮތަށް ހުރުމަށް ބުންޏެެވެ.

“ޔައި!!” އަލާންގާތު އަނެއްކާ އެހެން ބުނަން އުޅުނު ވަގުތު އެއްލިކަޅިއަކުން ދުރުގައި ދެލޯބޮޑުކޮށްގެންތިބި ޔައިލީ، އައިރާ، އަދި ދީމާ ފެނުނެވެ. އާކިން ޔައިލީއަށް ގޮވުމުން އާކިން ބަލަންހުރިތަނަށް ބަލާލުމުން އެ ތިންމީހުން ފެނުނެވެ. އަދިވެސް އާކިންހުރީ އެހުރިގޮތަށް އެއްފައިމައްޗަށް ތިރިވެ އަލާންއާ ކުރިމަތިލައިގެންނެވެ. ކުއްލިއަކަށް އާކިން ތެދުވެ ސީދާވެލިއެވެ. އައިރާއާ ދީމާއަށް ހެވުނުއިރު ޔައިލީ އައީ ރުޅިއެވެ. ދީމާއާ އައިރާއަށް ބަލައިލީ ގަބޫލުނުކުރެވޭ ފަދައަކުންނެވެ. ޔައިލީ ރުޅިވެރިކަމާއެކު ބަލަން ފެށުމުން އެކުދިން ހުނުން ހުއްޓާލާފައި ތިރީ ތުންފަތުގައި ދަތްއެޅީ ޔައިލީ ހިތަށްއަރާނެ އެއްޗެއް ނޭނގޭތީއެވެ. “މީތަ ތިމީހުން ޔައި މިތަނަށް ގެންނަން ބޭނުންވި ސަބަބަކީ؟ އައި ކާންޓް ބިލީވް ޔޫ ގައިޒް!!! މިތަނަށް ޔައި ގެނައީ އޭނަގެ ނުބައިކަން ދައްކަން ކަމަށްވަންޏާ އައި ސޯ އިޓް. އޯކޭ؟ ހިތްހަމަޖެހޭ؟ ޔައި މި ދަނީ. އެންމެ ސިކުންތެއްވެސް ބޭނުމެއްނޫން އޭނަ ކުރިމަތީ ހުންނާކަށް.” ރުޅިއައިސްފައި ހުރިވަރުން ޔައިލީއަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގެއެވެ. އެއާއެކު އެތަނުން ދާން ފަހަތަށް އެނބުރުނުގަޑީ އާކިން ކޮށްލިކަމަކުން ޔައިލީ ހުއްޓުންއެރިއެވެ.

އާކިންއަށް ހުރެވުނީ ޔައިލީގެ ރުޅިވެރި ބަސްތަކުން ހިތް ފަޅައިގެންދާވަރުވެފައެވެ. ނަމަވެސް ޔައިލީދާން އުޅުމުން ފައިގައި ނެތް ބާރެއްލާފައި ދުވެފައިގޮސް ޔައިލީގައިގާ ފަހަތުން ބައްދާލިއެވެ. އަދި ޔައިލީގެ ކަނާތު ކޮނޑުގައި އާކިންގެ މޫނު ކުޑަކޮށް ފޮރުވާލިއެވެ. “ޔައި ޕްލީޒް! ތިހެން ނުބުނޭ. އެއީ ޔައި ހީކުރާ ކަހަލަކަމެއް ނޫނޭ. އެތަނުން އެއްކަމެއްވެސް. އެކަންތައް އެނގިހުރެ ޔައި އަހަންނަށް ތިހެން ނުހަދާ. އާދޭސްކޮށްފަ މިބުނީ.” އާކިން އެހުރިގޮތަށްހުރެ ބުނަމުންދިޔައެވެ. އެ އަޑުއަހަން ޔައިލީ އެހުރިގޮތަށް ގުޑައިވެސްނުލާ ހުއްޓެވެ. “ޔައިއާ ދުރުގަ ހުންނަން ބުންޏަސް އަހަންނަކަށް ތިކަމެއް ނުވާނެ. މިހާރުވެސް ވަރަށް ހިތްވަރުކޮށްގެން މިހުރީ ޔައިލީ އަހަންނާ ދިމަލަށް ތިކިޔާ އެއްޗެހިން. ރަޝާ ކުރިންވެސް އުޅުނީ އަހަންނާ އަޅައިގަނެގެން. ބަޓް ޔައި..” އެހާ ހިސާބަށް ބުނެފައި ޔައިލީގައިން ދޫކޮށްލާފައި ޔައިލީގެ ކޮނޑުގައި ހިފާ އާކިންއާ ދިމާލަށް އަނބުރާލިއެވެ. އޭރުވެސް ޔައިލީ ހަމަހުރިގޮތަށް ހުއްޓެވެ. އެއީ ލިބުނު ހިތްވަރެއް ކަމަށް ބަލައި އާކިން ކުރިއަށްދިޔައެވެ. “އައި ލަވް ޔޫ. އައި ހޭވް އޯލްވޭޒް ލަވްޑް ޔޫ. މާ ފަހުން އެކަން ރިއަލައިޒްވީ. މީ ދުވަހަކުވެސް އަންހެން ކުއްޖަކު ފެނިގެން ވީގޮތެންނޫން. އަހަރެން ކުރިން ގަބޫލެއް ނުކުރަން ހަގީގީ ލޯތްބަކީ އަސްލު އެއްޗެއްކަމަކަށް. އެކަމަކު ޔައި އެކަން މުޅިން ބަދަލުކޮށްލައިފި. އެންމެ ފުރަތަމަވެސް އަހަރެންގެ ހިތް ދެވުނު ކުއްޖަކީ ތީ. އައި ލަވް ޔޫ ޔައި. އައި ލަވް ޔޫ ސޯ މަޗް. ޔައި… ވިލް ޔޫ ބީ މައި ގަރލްފްރެންޑް؟… ޕްލީޒް ސޭ ޔެސް!” އެއްފައިމައްޗަށް ތިރިވަމުން އާކިން ޖީބުން އެއްކަލަ އަނގޮއްޓި ނަގައި ޔައިލީއަށް ދިއްކޮށްލިއެވެ.

ޔައިލީއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ދެލޮލުން އުފާވެރިކަމުގެ ކަރުނަ ހިލިފައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެ ކަންފަތް އެންމެ އަޑު އަހާލަން ބޭނުންވި ބަސްތައް އެ ހިތުގެ މިލްކުވެރިޔާ ބުނުމުން އުފާނުވާނީ ކާކު ހެއްޔެވެ؟ ވަރަށް ބާރަކަށް އާނއެކޭ ބުނެ ހަޅޭއްލަވަން ބޭނުންވިއެވެ. ނަމަވެސް ދުލަކުން އެއްވެސް ބަހެއް ނުނިކުތެވެ. ވެފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ. އާކިން ދެއްކި ހުރިހާ ވާހަކައެއް ޔައިލީއަށް ގަބޫލުކުރެވުނީ އާކިންގެ ލޮލުން ފެންނަން ހުރި ކަރުނައިގެ ސަބަބުންނެވެ. އިރުކޮޅެއްވަންދެން އެ އަނގޮއްޓިއަށް ބަލަންހުރެފައި ދެލޮލުން ކަރުނަ އަންނަ ހާލު އަމިއްލަ ނަފްސަށްވެސް ކިިރިޔާ އިވޭވަރަށް އާނއެކޭ ބުނެ ވާއަތް ދިއްކޮށްލިއެވެ. ނަމަވެސް އެއަޑު އާކިންއަށް ވަރަށް ސާފުކޮށް އިވުނެވެ. އާކިންގެ ލޮލަށް ބޮނޑިވެފައިހުރި އުފާވެރިކަމުގެ ކަރުނަތަށް އޮހޮރެންދޫކޮށްލާފައި ޔައިލީގެ އޮމާން އަތުގައި ހިފާ އެ އަނގޮއްޓި ޔައިލީގެ ކަށި އިނގިލީގައި އެޅުވިއެވެ. އަދި ތެދުވެ ދެމީހުންވެސް ކަރުނަތަށް ފޮހެލައި ރީތި މާނަފުން ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

ދުރުގައި އާކިންއާ ޔައިލީގެ ހަރަކާތްތަށް ބަލަން ކަންބޮޑުވެފައި ހުރި އެންމެންނަށް ހައިރާންކަމެއް ލިބުނީ އާކިން ވަރަށް އަސަރާއެކު ބުނި ބަސްތައް އަޑު އިވިފައެވެ. ގަޓު މިޒާޖެއް ހުރި ނަމަވެސް އެހާ ލޯބިން ޕްރޮޕޯޒްކުރީތީ އަލާންވެސް ހުރީ ހައިރާންވެފައެވެ. އައިރާއާ ދީމާގެ ލޮލުން ކަރުނަ އަންނަ ހާލު ދީމާ އެ ރީތި މަންޒަރު ފޯނުގައި ރައްކާކުރަމުން ދިޔައެވެ. ޒިލާލްވެސް އަލާންގެ ކޮނޑަށް އަތް ވައްޓާލާފައި ހުރީ އެކުވެރިޔާއަށްޓަކައި ވަރަށްވެސް އުފާވެފައެވެ. އިރުކޮޅަކު އެދެމީހުން ދެމީހުންނަށް ބަލާލާފައި އެ އެންމެނަށް ބަލާލާފައި އާކިން ޔައިލީގެ އުނަގަނޑުގައި ހިފާ ގަޔާ ކައިރިކޮށްލުމުން ޔައިލީ ވާތް އުފުލާލާފައި އަތުގެ ނުފުށް ދައްކާލީ އެ އަނގޮއްޓި ދައްކާލުމުގެ ބޭނުމުގައެވެ. އެއާއެކު އިވިގެންދިޔައީ އެންމެންގެ އަތްތިލަބަޑީގެ އަޑެވެ. “އޭތް! ދެން ހިނގާ އަވަހަށް ކޭކު ފަޅަން. އެ ފެނުނުފަހުން މަ ކުޅު ދިޔާވެއްޖެ.” އަލާން އާދައިގެމަތިން މަޖާ ރާގުގައި ބަނޑުގައި އަތް ހާކަލަމުން ބުންޏެވެ. “ސާބަހޭ ބޯކިބާގަނޑާ!! ތިހާ ކޭމާޓު ވާއްޗެއްނޫން. އެހެންނޫނަސް އެ ކޭކު އެއީ އެދެމީހުންގެ އެއްޗެއް. އެމީހުންގެ ޕާމިޝަން ލިބިގެން އަހަރުންނަށް އެއަށް އަތްވެސް ލެވޭނީ.” އައިރާ އަލާންގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުނީ އަލާން އެހާ ވަރަށް އެ ކޭކު ނުކެވިގެން އުޅޭތީއެވެ.

“ހެހެ.. މި ދެމީހުންގެ ޝޯ ބަލަންހުރެވިދާނެ ކިތަންމެ އިރަކުވެސް. ނުއެއް ނިމޭނެ ވިއްޔާ. ތިއެއް ނޫނޭ. އާކިން އެންޑް ޔައިލީ… އަވަސްކޮށް ޕޫލް ކައިރީ އޭނދަ މޭޒުގައިން ކޭކު ފަޅަން އާދޭ!! އަވަސް އަވަސް!! ވީޑިއޯ ޕޯސްކޮށްލާފައި ދީމާ އަލާންއަށް ފޯނު ދެމުން ޔައިލީގެ އަތުގައި ހިފާ ދަމަމުންކަހަލަ ގޮތަކަށް އެ މޭޒުކައިރަށް ގެންދެވުނެވެ. އަދި އަލާން ކައިރިން ފޯނު އަތުލައި އަނެއްކާވެސް ވީޑިއޯ ރެޒިއުމްކޮށްލިއެވެ. ފަހަތުން ޒިލާލްވެސް އާކިންގެ އަތުގައި ހިފާ ޔައިލީގާތަށް ގެންދިޔައެވެ. އެއާއެކު އެދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެހެން ގެއްލިފަ މާގިނައިރު ހުރުމުން ފޫހިވެގެން އަލާން އެދެމީހުންގެ މޫނުކުރިމަތީ އަތް ހުރަސްކޮށްލިއެވެ. އެއާއެކު ދެމީހުން ކުޑަކޮށް ސިހުމުން އަލާންއާ ދެންތިބި މީހުނަށްވެސް ހެވުނެވެ. “ކޮބާ ފަޅާކަށް ނުވޭ. ތިހެން ކަޅި ހަމަކޮށްގެން ހުއްޓަސް މި ބޭބީއެއް ނުފެޅޭނެ.” އަލާން މޭޒުގައި އިން ކޭކަށް އިނގިލި ދިއްކޮށްލަމުން ބުންޏެވެ. ޔައިލީ އިސްޖަހާލިގޮތުން ލަދުގަތީކަން ދޭހަވެއެވެ. އާކިންއަށް އެމަންޒަރު ވަރަށްވެސް ކަމުދިޔައެވެ. އަދި މޭޒުގައި އޮތް ވަޅި ނަގައި ކޭކާ ދިމާލަށް ދިއްކޮށްލުމުން ޔައިލީ އިސްއުފުލާ ބަލާލިއެވެ. އަދި ލަދުންހުރެވެސް އާކިންގެ އަތާއެކު އެ ވަޅީގައި ހިފިއެވެ. “ވޯވް. ކޮންގްރާ ޔޫ ޓޫ!!!” ކޭކު ފަޅާ ނިމުމުން އެންމެން އެއްފަހަރާ އަތް ޖަހާފައި އެ ޖޯޑަށް މަރުހަބާ ކިޔަމުން ދިޔައެވެ. އައިރާ ހުއްޓުމެއްނެތި ފޮޓޯނަގަމުން ދިޔައިރު އަލާންދިޔައީ އެ ފޮޓޯތަކަށް ފާޑުކިޔަމުންނެވެ. ދެން ފެެށުނީ ފޮޓޯޝޫޓެވެ.

އެ އެންމެންވެސް އާކިންއާ ޔައިލީލައްވާ އެކިގޮތްގޮތަށް ބެހެއްޓުވިއެވެ. އެދެމީހުންނަށް ނޭނގުމުން ދީމާއާ އައިރާ ދައްކުވައިވެސް ދިނެވެ. އެއްބައިފަހަރު އައިރާގޮސް ކުޅޭއެއްޗެއްހެން އެދެމީހުންގެ އަތާ ތަންތަން ގެންދާގޮތުން ބާކީތިބި މީހުން ހުންނަނީ ހީހީ ބިނދިފައެވެ. “ދެން ނަގާބަ ފޮޓޯއެއް ޔައިލީ އާއްޓެގެ ކޯޓު ބާލަނިކޮށް..” އަލާން ނުވާކަމަށް ހަދާފައި ހިޔާލެއް ދިނެވެ. އަލާން ކުރަން ބޭނުންވާކަންތައް ރޭކާލުމުން ޒިލާލް ލާނެތް ހުނުމަކާއެކު އަލާންއަށް ބަލާލިއެވެ. އެއާއެކު އާކިން ޔައިލީއާ ފުރަގަސް ދިނެވެ. ފަހަތުގައިހުރެ ޔައިލީ މަޑުމަޑުން އޭނަގެ އަތް ގެންދިޔައީ އާކިންގެ މޭމައްޗާ ހަމައަށެވެ. އެގޮތަށް އަތް އަޅުވާލުމުން އާކިންއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އިރުކޮޅަކު އެހެން ހުރެފައި އާކިންގެ ކޯޓު ބާލުވައިދޭން ފެށިއެވެ. އެތަން ފޮޓޯގައި ފެންނަނީ ވަރަށްވެސް ފުރިހަމަކޮށެވެ. މީގެއިތުރުން ބޫމަރޭންގެއްވެސް ނެގިއެވެ. އެއްބައި ފޮޓޯތަކުގައި ޔައިލީ ހުންނަނީ އޭނަގެ ދަތްދޮޅި އާކިންގެ ކޮނޑުގައި ޖައްސައިގެން އާކިންއަށް ބަލާށެވެ. އަރައިގެން ހުރި ކަށީގެ ސަބަބުން ޔައިލީ އިތުރަށް ދިގުކަމަށް ދައްކައެވެ. އާކިންހުންނަނީ ޔައިލީގެ މޫނުގައި މޫނު ޖައްސާލައިގެންނެވެ. އަނެއްބައި ފޮޓޯތަކުގައި ކޯޓު ގަޔާ ވަކިކުރާތަން ފެނިގެންދެއެވެ. އޭރުވެސް އާކިން މޫނު އަނބުރާލާފައި ޔައިލީއަށް ބަލަންހުއްޓެވެ. ޒިލާލް އެ ކޯޓު އަތުލާފައި ދުރުގައި ހުރި މޭޒެއްގައި ބެހެއްޓިއެވެ. އަދި ހެމުން ކަހަލަގޮތަކަށް އެތަނަށް އައެވެ. ނަމަވެސް އާކިންއާ ޔައިލީއަކަށް މިއިން އެއްވެސް ކަމެއް ނޭނގެއެވެ. އެނގޭނީވެސް ދެމީހުންގެ ނަޒަރު އެކަކު އަނެކަކާ ވަކިވެގެންތާއެވެ. ދީމާ އެތަން ސިއްރުން ވީޑިއޯ ކުރަމުންދިޔައެވެ.

ދެމީހުންގެ ލޮލަށް ގެއްލިފައިތިބި އާކިންއާ ޔައިލީއަކަށް އެތާގައި ވާކަމެއް ނޭނގެއެވެ. އާކިންއަށް ހުރެވުނީ ޔައިލީގެ އުނަގަނޑުގައި އެއްއަތް އަޅައިގެން އެ ބޮޑު ގަދަ މުށިކުލައިގެ ދެލޮލުން ފެންނަ މައުސޫމުކަމަށް ގެއްލި ހުސްވެފައެވެ. ހަމައެގޮތަށް ޔައިލީވެސް ހުރީ އާކިންގެ ކޮނޑުގައި ދެއަތް އަޅައިގެން އާކިންގެ ކަޅުކަންގަދަ ލޮލަށް ގެއްލިފައެވެ. ދުރުގައި ޝޯ ބަލަންތިބި އެންމެން އަނގަމަތީ އަތްއަޅައިގެން ހުރެ ހެނީއެވެ. އާކިން އެހުރިގޮތަށް ހުރެ މަޑުމަޑުން ޔައިލީއާ ގާތްވަމުންދިޔައީ އިތުރަށް ކެތްނުކުރެވިގެންނެވެ. އަދި ޔައިލީގެ ދަތްދޮޅީގައި ހިފާ މަޑުމަޑުން އުފުލާލިއެވެ. ޔައިލީވެސް އާކިންގެ ހިމަ ތުންފަތަށް ނަޒަރު ހިންގާލާފައި އަނެއްކާވެސް ކަޅިހަމަކޮށްލާފައި މަޑުމަޑުން ލޯމަރައިލީ ވާންއުޅޭގޮތް ހިތަށްއެރުމުންނެވެ. އާކިންވެސް ލޯމަރާލާފައި ޔައިލީގެ ތުންފަތާ ދިމާލަށް އާކިންގެ ތުންފަތް ގެންދަމުންދިޔައެވެ. ޖެހޭނުޖެހޭހާ ގާތަށް ދިޔުމުން ދެމީހުންގެ ހޫނު ނޭވާތައް މޫނަށް އެޅެމުންދިޔައިރު ހިތުގެ ތެޅުން ހަގުނަވެގެން ދިޔައެވެ. ދެމީހުންނަށްވެސް އެއަޑު އިވޭނެކަން ޔަގީނެވެ. އެހާވެސް ބާރެވެ. ޔައިލީވެސް އެވަގުތުގައި ކުރަމުން ދިޔައީ އެ އިހުސާސްވުމުން ވާނެ ގޮތުގެ ހިޔާލެެވެ. އެ ތުންފަތުގެ ފޮނިކަން އިހުސާސްވުމުން ވާނެގޮތެވެ. ނަމަވެސް ޔައިލީގެ ހިޔާލީ ފޮލާ ވަގުތީގޮތުން މެދުކެނޑިގެން ދިޔައީ އާކިންގެ ހަޅޭކާއެކު ފެނުގެ އަޑު އިވި ޔައިލީއަށް ފިނިކަން އިހުސާސްކުރެވުމުންނެވެ. ކުއްލިކަށް ލޯ ހުޅުވާލާފައި ބަލާލުމާއެކު ވީގޮތް ރޭކާލުމުން ޔައިލީއަށް އިޚްތިޔާރަކާނުލާ ހެވެންފެށުނެވެ.

އާކިންއާ ޔައިލީ ހިސާބަށްވުރެ ކައިރިވާން ފެށުމުން އަލާންއާ ޒިލާލްއާ ދެމީހުންވެގެން މަޑުމަޑުން އެއްޗެކޭ ބުނެލުމުން އައިރާމެން ފާޑަކަށް ބަލާލުމާއެކު އެދެމީހުންނަށް އެއްލޯމަރައިލިއެވެ. އަދި މަޑުމަޑުން އާކިންއާ ކައިރިވާން ފެށިއެވެ. ދެމީހުންގެ ތުންފަތް ކިރިޔާ ނުޖެހި ހުއްޓާ ދެމީހުންވެގެން ބާރަކަށް އާކިން ޕޫލްތެރެއަށް ކޮއްޕާލިއެވެ. އެއާއެކު އާކިން ހަޅޭކަކާއެކު ޕޫލްތެރެއަށް ޖެހި ހުރިހާ ފެންތަކެއް ޔައިލީގަޔަށާ ކައިރީހުރި އަލާންއާ ޒިލާލްގެ ގަޔަށް ވިއްސިއެވެ. “ވަޓް ދަ ހެލް ގައިޒް!!!” އާކިން ބާރަކަށް ހަޅޭއްލެވިއެވެ. “އާއްޓެއަށް ހަމަވާ ސާބަސް އިނގޭ!! މިތާގަ އިތުރު ބައެއް ތިބިކަމެއް ނޭނގި އަދި އުޅުނެއްނު ތުންފަތުން ފޮނިބޮވޭތޯ… އަހަރުން އަދިވެސް އެބަ ތިބީމެ ބްރޯ!!! މަށަށް ހަމަ ޔަގީން މީނަ މަންމަ ކުރިމަތީވެސް މިކަހަލަ ކަންކަންކުރަން ފަހެއް ނުޖެހޭނެކަން!!” އާކިން މައްޗަށް އެރީކަންނެ އަލާން ދިމާ ކުރަންފެށިއެވެ. އާކިންގެ ކޯޓު ބާލުވާފައި ފޮޓޯނަގަންބުނީ މިހެންވެއެވެ. ދުރުގައި ވިޑިއޯކުރަންހުރި ދީމާއާ އައިރާވެސް ބާރަކަށް ހޭންފެށުމުން ޔައިލީއަށް ލަދުން އިސްޖަހާލެވުނެވެ. ލަދުގަތްކަން ނުދައްކަންވެގެން ކަންނޭނގެއެވެ. އާކިންއަށް މިތަންފެނުމުން އެއްމިޔަނަކުން ހިނިތުންވެލެވުނެވެ. “ހްމްމް.. ދެން މާ ރޯމިއޯ ޖޫލިއެޓް ވާނެކަމެއް ނެތް އިނގޭ!!” އަލާންއަށް ހަމަ އާކިންއާ ދިމާނުކޮށް ނުހުރެވެނީ ކަންނޭނގެއެވެ. ” ތިދެމީހުންވެސް އާދެބަ އެރެން. މަ އެކަންޏެއް މިތާކު ނުހުންނާނަން.” އާކިންގެ ތެމިފައިވާ ބޫޓު ބާލާފައި އެދުނީ އެދެމީހުންވެސް އާކިންއާއެކު ޕޫލަށް އެރޭށެވެ. “އާނ ދެން އާއްޓެ ބުނީމަ އެރެންތާ ވާނީ.. ދޯ ލާން..” ޒިލާލްވެސް އެއްބައިވެލާފައި ބުންޏެވެ. ދެމީހުންވެސް ލައިގެންހުރި ކޯޓު ބަލާފައި ގޮނޑިއެއްގައި އެލުވާލިއެވެ. އަދި ފޯނާ ގަޑިއާ އެއްޗެހި ތަނަކު ބަހައްޓާފައި ބޫޓުވެސް ބާލަފައި ފުންމާލަން އުޅުނުގަޑީ އައިރާއާ ޔައިލީ އެދެމީހުން ކޮއްޕާލިއެވެ. “ކޮބާ!!! އައި ގޮޓް މައި ރިވެންޖް!! އިން ޔުއަ ފޭސް!! ލަވް ޔޫ ބޭބީ!!!” އާކިން ހެވިފައިހުރެ އަލާންމެނާ ދިމާކޮށްލާފައި ޔައިލީއަށް ފްލައިން ކިސްއެއް ފޮނުވާލިއެވެ. ރައްދުގައި ޔައިލީވެސް ލަދުން ހުރެ ލަވް ޔު ޓޫ އޭ ބުނެލިއެވެ. އެއާއެކު އިވެންފެށީ އެންމެންގެ ހޯބޯ ލެއްވުމުގެ އަޑެވެ.

ތިން އަންހެން ކުދިން ޕޫލްތެރެއަށް ފައިލައިގެން ތިން ފިރިހެންވެރިން ސަކަރާތްޖަހާތަން ބަލަން ތިބީ ކޭކު ކަމުންނެވެ. އެހެން ހުރެފައި އިރުއިރުކޮޅާ އާކިން ޔައިލީގަޔަށް ފެންބުރުއްސަފާނެއެވެ. އަނެއްބައިފަހަރު ޔައިލީގެ ލޯބި ދޮން ފައިގާ ބޮސްދީފާނެއެވެ. އެކަމާ އެންމެން ދިމާކުރަމުން ދިޔައިރު ޔައިލީ ލަދުން މޫނު ރަތްވުންނޫން ކަމެއް ނުވެއެވެ. ބައެއްފަހަރު އެތަނުން ދުވެ ފިލާފާނަމޭވެސް ހިތަށްއަރައެވެ. އެހާވެސް ޔައިލީ ހުރީ ލަދުގެންފައެވެ. ނަމަވެސް ނުބުންޏަސް އާކިންގެ އެ އަމަލުތަކުން ޔައިލީއަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބެއެވެ. އަދިވެސް އެ ބީހުންތަކަށް ހިތް އެދެވެއެވެ. “އޭއި.. ދެން ދާކަށް ނުވޭތަ؟ މިހާރު ކިހާއިރެއް ތީތެރޭ ހުންނަތާ.. ފިންޏެއްވެސް ނުވޭތަ؟” ހިޔާލުތަކުން ޔައިލީއަށް ދުރަށްޖެހިލެވުނީ ދީމާ އެހެން ބުނުމުންނެވެ. “ނުވޭ ދާހިތެއް… އަދި ކުޑަ އިރުކޮޅަކަށް… ޕްލީޒް!!!!” އަލާން އާދޭސްކުރަންފެށީ ކުޑަކުއްޖެއް ހެންނެވެ. “ނޮޕް!! ދެން އެންމެ ސިކުންތަކުވެސް ތިތާ ހުންނާނެ ކަމެއް ނެތް… ބަލާބަ މިހާރު ތިމީހުންގެ ހަންގަނޑު ހުރިގޮތް… ބޯކިބާގަނޑު މަށާ ދިމާލަށް މުސްކުޅިއޭ ކިޔާފަ އެންމެފަހުން އަވަހަށް މުސްކުޅިވަނީ ހަމަ ތީނަ!!” އައިރާ ސީރިއަސްވާކަމަށް ހެދެމުން އަލާންގާތު ކިޔަންފެށީ މާގިނައިރު ޕޫލްތެރެގައި ހުރުމުން އަލާންމެންގެ ހަންގަނޑު ރޫޖެހިފައިހުރުމުންނެވެ. “އެއީ އެއްވެސް ކަމެއްނޫނެއްނު ދޯ؟ އެ ރަނގަޅުވާނެ މާދަން ވާއިރަށް… ޖަސްޓް ޗިލް ބްރޮ!!!” އަލާން ހުރީ އެންމެ ތަންފުކެއްވެސް ދޫކުރާ ގޮތަކަށްނޫނެވެ. “އައި އެމް ނޮޓް އަ ބޯއި.. އެފް ވައި ކޭ އައި!!” އައިރާވެސް ފޮނިވެލާފައި ބުނީ ހަށަންބަނދެލަމުންނެވެ. “އޭ އާން އޯކޭ… ތިކަންތަށް ދެން ނިންމާލާ.. އަހަރުން މި އެރީ ދެން.. އޯކޭ؟؟ ދެން ހިނގާ ގެއަށް ދަމާ..” އާކިންއާ ޒިލާލްއާ ދެމީހުން ޕޫލްއިން އަރަމުން ބުންޏެވެ. އޭރުވެސް އަލާން ގޮތްދޫނުކުރަންވެެން ޕޫލްގައި އިނެވެ. އާކިންއާ ޒިލާލްއާ ދެމީހުން އެތާހުންނަ ޗޭންޖިން ރޫމަށް ވަންނަން ދިޔުމުން އަލާންވެސް މަޑުނުކޮށް އެމީހުން ފަހަތުން ދިޔައެވެ.

އެކްސް އެންޑް އައި ހޮޓެލުން އެ ހަ ކުދިން ނިކުތީ އެންމެންގެ ހިތްތަށް ކަތިލާނެފަދަ ރީތި ހިނިތުންވުންތަކާއެކުއެވެ. އޭރު ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ނަމަވެސް އެކުދިން އެކަމާ މާ ބޮޑަށް އަޅާނުލީ އެކުދިންގެ މައިންބަފައިންނަށް އެކުދިން ވީތަން އިނގޭތީއެވެ. ކޮންމެ ކުއްޖެއްވެސް ގެއަށްދިޔައީ އެއްކަލަ ގްރޫޕަށް ވަންނާށޭ ބުނަމުންނެވެ. ނަމަވެސް ޔައިލީހުރީ ވާނުވާގައެވެ. އެކަން ބާކީތިބި މީހުންނަށް އެނގުމުން މިރޭ އެނގޭނެކަމަށް ބުންޏެވެ. އެހެންވެ ޔައިލީ އެހާ ބޮޑަށް އެކަމާ ނުވިއެވެ. އެހެން ނަމަވެސް ޔައިލީވެސް ގެއަށްވަނީ އެކަމާ ވިސްނަމުންނެވެ. ގެއަށްގޮސް އެއްޗެހި ބަދަލުކޮށްގެން ފޯނު ހިފައިގެން އޮށޯތެވެ. އަދި އޮންލައިންވެ ސްނެޕަށްވަދެ ބަލާލިއިރު އެއްކަލަ ގްރޫޕްއަށް ޔައިލީ އެޑްކޮށްފަ އިނެވެ. އެ ގްރޫޕްގެ ނަން ފެނުމުން ޔައިލީއަށްވެސްވީ އާކިންއަށް ވީފަދަ ގޮތެކެވެ. އެންމެން ޔައިލީއަށް ނޭނގޭގޮތަށް ކުރިކަމަކީ މީތާއެވެ. “ވަޓްސް ވިތް ދަ ނޭމް؟؟” ޔައިލީ ވަރަށް ނުވާކަމަށް ހަދާލާފައި މެސެޖުކުރުމުން އައިރާ ބޮޑު އަކުރުން އޯ ޝި* އޭ ބުންޏެވެ. “ޑަމްބޯ ކައިރީ ނަން ބަދަލުކޮށްލަށޭ ބުނީމަވެސް އެކަމެއް ނުވިދޯ؟؟ މީނަ ކައިރީ ނުވާނެ އެއްކަމަކު ކިޔައިގެންވެސް.” އަލާން އައިރާއަށް ބުންޏެވެ. “ހަނދާން ނެތުނިއްޔޭ!!” އެހެން ބުނެފައި އައިރާ ގްރޫޕްގެ ނަން ‘ފޮރެވާ ކްރައުޑް’ އަށް ބަދަލުކުރިއެވެ. “ޖަހާނެ ނަމެއް ނޭނގެންޏާ މަގޭ ކައިރީ ބުނެބަލަ.. ކޮންމެހެން ތަންތަކުން ފާޑުފަޑުގެ ނަންނަން ޖަހާނެކަމެއް ނެތް އިނގޭ ޑަމްބޯ!!” އަލާން އަދިވެސް ޝަކުވާކުރަނީއެވެ. “ލާންއަށް ކިއްތަވީ؟؟ މަށަށޭ އިނގެނީ މި ގްރޫޕްގަ ޖަހާނެ ނަން.. އެހެންނޫނަސް އައި ވޯންޓް ދިސް ގްރޫޕް ޓު ބީ ޓުގެދާ ފޮރެވާ.. އެހެންވެ އެ ނަން ޖެހީ! އޯކޭ؟؟” އައިރާ ވެސް ވަކި ދުލެއްނުކުރިއެވެ.

“ހްމްމް… ދެން ހެވޭ!! ތިދެމީހުން ޝަކުވާކުރާނީ ފަހުން..” އާކިންއަށް ނުހުރެވިގެން އެންމެފަހުން މެސެޖުކުރިއެވެ. “އޭ ތިޔެއްނޫނޭ ލާންއާ ޒިއްލު ކޮންކަމެއް އޮތީ މާދަން؟؟” އާކިން ބުންޏެވެ. “ނެތޭ ކަމެއް.. އާއްޓެގެ ކެއުން.. ދޯ ޒިއްލު؟؟” އަލާން ރައްދުދިނެވެ. “އެބުނާހެން.. އާއްޓެ ވާނެ އަހަރުން ގޮވައިގެން އެމްބީއަށް ދާން.. އޯކޭ؟؟” ޒިލާލް އަލާންއާ އެއްބަސްވިއެވެ. “ފަހަރެއްގާ އިނގެ ދެވޭނީ.. މާދަން އެބަ ޖެހޭ ތަނަކަށް ޖައްސާލަން ދޯ ޔައި؟” އާކިން ޔައިލީއަށް ދޯ ދިނެވެ. “ކޮންތާކަށް ތިދެމީހުން ދާންތިއުޅެނީ؟؟ އަހަރުންވެސް ގޮވައިގެން ދޭބަ ދޯ ތި ދާ ތާކަށް” ދީމާ ބުންޏެވެ. އެހުރިހާ އިރަކު ޔައިލީ އެއްވެސް އެއްޗެކޭ ނުބުނެއެވެ. “އެނީވޭޒް.. ޒިލާލް ކޮންއިރަކު އަލާންމެނާ ފްރެންޑްވީ؟؟” ދީމާ ވަރަށް ނުވާ ކަމަށް ހަދާލާފައި އަހައިލިއެވެ. “އެ.. ދެން އެއްކަލަ ރޭ ލާން އައިސް ބުނީ އާއްޓެމެންގެ ބިޒްނެސްއާ ޖޮއިންކުރީމެއްނުން ހެއްޔޭ ކިޔާފަ.. ޖަސްޓް ސްޓާޓެދް ޓޯކިން އައި ގެސް.. ހެހެ!! ނޭނގެ ކީއްވެކަމެއް.. އެކަމް ދެން އަހަރުން ފެމެލީވެސް ކްލޯސް ވާނެތާ.. ދޯ ލާން؟؟” ޒިލާލް ތެދުތެދަށް ޖަވާބުދިނެވެ. އަދި އަލާންއަށް ދޯ ދިނެވެ. “ހެހެ.. ޔާ!! ދެން ޒިއްލުވެސް ތީ ހަމަ އަހަރުންގެ ބެސްޓީއެކޭ!! އަހަރުންގެ ބޯއިޒް ގޭންގަށް އިތުރު މެންބަރަކު އިތުރުވީއޭ.” އާކިން ބުންޏެވެ. “ސަލާން ތި ބޯއިޒް ގޭންގަކަށް!!” އެންމެފަހުން ޔައިލީވެސް އެއްޗެކޭ ބުންޏެވެ. “ވަޢަލައިކުމުއް ސަލާމް!!” ވޫޒީ އިމޯޖީއަކާއެކު އާކިން ރައްދުދިނެވެ. އެތައް އިރެއްވަންދެން ވާހަކަދައްކަން ތިބެފައި އެރެއަށް ނިންމާލީ ދަންވަރު ބާރަޖަހަން ކައިރިވެފަ ހުރުމާއެކު މާދަން ހެނދުނު ސްކޫލަށް ދާންޖެހޭތިއެވެ. އެންމެންވެސް ފޯނު ދުރަށްލާފައި ހިނިތުންވުންތަކާއެކު އޮށޯވެ ނިދީ ފުން ހުވަފެންތަކަށް ގެނބެމުންނެވެ.
ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilac

Level 1

Just a girl who is badly in love to read and write stories. Also, a girl who gets inspired by all sorts of ideas and willing to touch everyone's hearts with beautiful stories <3✨

Other Articles

Previous

ލޯތްބަކުންދިން-15

Next

ލޯތްބަކުންދިން-16

Next
May 4, 2023

ލޯތްބަކުންދިން-16

Previews
May 1, 2023

ލޯތްބަކުންދިން-15

9 Comments!

  1. Quinn Lilac says:
    May 2, 2023 at 8:18 am

    Salaam Dear readers!!! Alhuganduge unit test fesheythee 2 week ge muhdhathakah vhk liyumun medhukandaalaa vhk dhannavaalan!! Namaves… Test nimunyma vhk liyuntherikamaky cont kohfa, term test feshen kairivyma anekkaves brk eh nagaane vhk dhannavaalan!!! In sha Allah😊

    1. Person from your class says:
      May 2, 2023 at 12:49 pm

      Okay.. good luck to your test 🤞🏻….
      Nice story❤️

    2. Lily says:
      May 2, 2023 at 4:48 pm

      Wooowwwwww siiissssssss.. This Story is amazing.. Masha Allahh.. Keep going.. Btw How old are u?? Alhugandu men mihaaru unit test thah feshihje😭 It’s okay dear!! We can wait till the end of the tests.. Best of luck for the upcoming tests <33

  2. Fairy 💖 says:
    May 2, 2023 at 8:24 am

    Brooooooooooo
    OMG OMG OMG.. Vrh vrh reethi ingeyyyy.. Masha allah
    Hama speechless 💖
    Waiting..
    And goodluck testah

    1. Quinn Lilac says:
      May 2, 2023 at 8:26 am

      Alheyyy.. Thankiu ingey😊

  3. Laiii😍 says:
    May 3, 2023 at 7:34 pm

    Liyungandu rethi kohllaba😶🙏🏽

  4. We._.errm says:
    May 7, 2023 at 7:13 am

    Good luck on your test 🤞🤞🤞
    Will be waiting for the stry
    ☺️☺️☺️

  5. Sad says:
    May 14, 2023 at 8:05 pm

    Kohbaa tha aneh part

  6. Lily says:
    May 21, 2023 at 8:51 pm

    Sisssi Mihaaru 2 weeks vehje
    Unmydhu kuran vrh avahah kiyaalan libyne kamah

Comments are closed.

Next Episodeލޯބިވެވުނީ 10←


All Right Reserved!