Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލޯބިވެވުނީ 8

Lilac Level 1
April 29, 2023 7 Mins Read
9 Comments

“ތޭންކްސް ގައިޒް. އިޓް މީންސް އަލޮޓް.” ހަގީގަތުގައިވެސް އާކިން ހުރީ ވަރަށް އުފާވެފައެވެ. “ޔައި އެޑެއް ނުކުރަންތަ؟” ޔައިލީ އެ ގްރޫޕުގައި ނެތުމުން އަލާން ސުވާލުކުރިއެވެ. “ބޮޑު ސޭކު. ޔައި ލާނެތަ މި ގްރޫޕަށް. ޔައި އަށޭ އާކިން ޕްރޮޕޯޒް ކުރަން އެ އުޅެނީ. އެކަންތަށް ސަކްސެސް ވީމަ ޔައި އެޑް ކުރާނީ.” އައިރާ ހުރީ އަލާންގެ ސޭކުކަމާހެދި ބޯގޮވާވަރުވެފައެވެ. ދެން ފެށުނީ ޕްލޭން ކުރާށެވެ. އެންމެންވެސް ހިތްހަމަޖެހޭ ވަރުވީމަ އެރެއަށް ނިންމާލިއެވެ.

♡އަށްވަނަ ބައި♡

އެރޭ އާކިންއަކަށް އެއްގޮތަކަށްވެސް ނުނިދުނެވެ. ވެފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ. އެގޮތަށް އެއްކޮޅުން އަނެއްކޮޅަށް ފުރޮޅިލަފުރޮޅިލާ އޮއްވާ ނިދުނީ ކިހާ އިރަކުކަމެއްވެސް ނޭނގެއެވެ.

އޭގެ އަނެއްދުވަހު އާކިންއަށް ހޭލެވުނީ ފުޅާ ހިނިތުންވުމަކާ އެކުއެވެ. އެހެން ދުވަސްދުވަހާ ހިލާފަށް އާކިން އަވަހަށް ތެދުވެ ރީތިވެ ސައި ބޮއެގެން ނިކުތީ ގޭގެ ޓެރަހަށެވެ. އާކިން މާއަވަހަށް ތެދުވުމުން އައިނީ ވަރަށް ސުވާލުކުރިއެވެ. އެހެންނޫނީ އެއީ ގަޑި ޖެހުނަސް ތެދުވަން އުޅޭ މީހެއްނޫނެވެ. އެކަމާ ރިއާޝާވެސް ސުވާލުކުރިއެވެ. ނަމަވެސް އާކިން ހުރީ އެ ސުވާލުތަކަށް ޖަވާބު ދެވޭނެވަރަށްވުރެ މާ އުފާވެފައެވެ. އާކިން އެދުވަހު ގަޑިޖެހެން ދިހަ މިނެޓަށް އޮއްވާ ސްކޫލަށް ދިޔައެވެ. އޭރު އެތާ މަދުންނަމަވެސް ކުދިން ފެނެއެވެ. ނަމަވެސް އާކިން ހިތް އެދޭ ފަރާތެއް އަދި ނާދެއެވެ. އެހެން އެތާ ބޭރުގަ މަޑުކޮށްގެން ހުއްޓާ އަލާން ދުވަމުން އައިސް އާކިންގެ ކޮނޑުގައި އެލިގަތެވެ. “ހާދަ އަވަހަކަށް މިއަދު އައިސް ތިއުޅެނީ. ކޮންކަމެއް ލައިގަތީ؟ ޔައިލީ ފެނޭތޯ؟ ހިއެއްނުވެ އަދި އެހާ އަވަހަށް އަންނާނެހެން. ޑަމްބޯ ބުނީ މިއަދު ތަންކޮޅެއް ލަސްވެދާނޭ ޔައިލީއާ އެއްކޮށް އަންނަންވީމަ. އެކަމަކު ބުނީ ގަޑި ޖެހުނީމު ކުރިން އަންނާނަމޭ. އާނ ދެން އިއްޔެ ވީހެނެއް ނުވާނެ ދޯ ހުރިހާ ދުވަހަކުވެސް.” އަލާން ހިނިގަނޑަކާއެކު ބުންޏެވެ. އިއްޔެ ޔައިލީމެން ގަޑިޖެހިގެން އައީމަ ރާޖޭޝް ސަރ ކީ އެއްޗެހި ހަނދާންވެ އާކިންއަށްވެސް ހެވުނެވެ. ނަމަވެސް ޔައިލީއަކީ ދުވަހަކުވެސް ތަނަކަށް ދިޔަޔަސް ގަޑިޖެހޭ ކުއްޖެއްނޫންކަމުން އާކިން ކަންބޮޑުވިއެވެ. އެ ހިޔާލުގައި ހުއްޓާ އަލާން ވަރަށް ބާރަކަށް ޑަމްބޯ އޭ ކިޔާ ގޮވިއެވެ. އެނބުރި ފަހަތަށް ބަލާލިއިރު އައިރާ ދީމާ އަދި ޔައިލީ އެމީހުނާ އަރާ ހަމަވަނީއެވެ. ނަމަވެސް ޔައިލީ އާކިން ފެންނަ ކަމަށްވެސް ނުހެދިއެވެ. އެމީހުން ހުރަސްކޮށް ޔައިލީ ކްލާހަށް ދިޔައެވެ. އެކަމާ އާކިން ދެރަވިއެެވެެ. “އަޅާނުލާ. މިރެއެއްނު އަސްލު ކުޅި ފެށޭނީ.” އާކިންއަށް އައި ބަދަލު ފެނި އައިރާ އަވަސްއަވަހަށް ބުންޏެވެ.

އިރުކޮޅެއްނުވެ ޒިލާލްވެސް އެތަނަށް އައެވެ. ޒިލާލް އައުމުން ދީމާއަށް ވީގޮތް ފެނި އާކިން އަލާން އަދި އައިރާއަށްވެސް ކުޑަކޮށް ހެވުނެވެ. “ކޮބާ؟؟ މިރޭ ދޯ އެކަންތައް އޮތީ؟” ޒިލާލް ބުންޏެވެ. “އާނ. މިއަދު ސްކޫލު ނިންމާފަ ވާނެ އަލާންއާ ޒިލާލްއާ ދެމީހުން މަށާއެކު ރީތި އަނގޮއްޓިއެއް ގަންނަން ދާން. މަ ބޭނުން ޕާފެކްޓް ޕްރޮލޯޒަލްއެއް.” އާކިން އަވަސްއަވަހަށް ސީރިއަސްވެލާފައި ބުންޏެވެ. “މަށަށް ހީވަނީ އާކިން އެހުރީ މިހާރުވެސް ކެތްތެރިކަން ކުޑަވެގެންހެން. އާނދެން އެހެންޏާ!!! އެހެރީ އުޅޭ ވައްތަރު. ތިހާ އަވަސް އަރުވާލައިގެން ނޫޅުނަސް ހެވޭ. ތިކަން ވާނެ އާކިންއަށް މިފަހަރު. އަހަރުންވެސް ހަމަ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދާނީ. އޯކޭ؟؟” އައިރާވެސް ހެމުން ބުންޏެވެ. ގަޑި ޖެހުމުން އެންމެން ކްލާހަށް ދިޔައެވެ.

އެދުވަހުގެ ގަޑިތައްދާލެއް އާކިންއަށް ވީ ލަހެވެ. އެކަމާ އާކިން އަލާންމެންގާތު ކުދިކިޔަމުން ދިޔައިރު އެމީހުން ތިބީ ބަނޑަށް ހީލަހީލައެވެ. ނަމަވެސް ޔައިލީ ހުރީ އާކިން އުޅޭ ވައްތަރުން ސުވާލު އުފެދިފައެވެ. އައިރާމެންވެސް މާ ވެލާފައި ހޭތީވެ އެމީހުން ކޮންމެވެސް ކަމެއް ސިއްރުކުރާކަން އެނގުނެވެ. ނަމަވެސް އަނގައިން ބަހެއްވެސް ބުނެނުލިތާނގައި އެދިމާ ބަލާވެސް ނުލިއެވެ. ފަހުން އެ ވާހަކަ ދައްކަންކަމަށް ހިތާއެވެ.

އެންމެ ފަހުގަޑީގެ ބެލް ޖެހީކަންނެ އާކިން ގޮނޑިން ތެދުވެ ދަބަސް ހިފައިގެން ނިކުމެގެން ދިޔައެވެ. އާކިން މާކުރިންވެސް ވަނީ ދަބަސް ޕެކްކޮށްފައެވެ. އެކަމާ އަލާންމެން މަޑުމަޑުން ދިމާކުރަމުން ދިޔައެވެ. އާކިންވެސް ފޮނިވެލާފައި ހިނިތުންވެލައެވެ. އާކިންގެ ފަސްފަހަތުން އަލާންއާ ޒިލާލްވެސް ދިޔައެވެ. ހެމުންނެވެ.

ސްކޫލު ނިންމާފައި އެދުވަހުގެ މެންދުރުގެ ދިލަ އަވީގައި އާކިން އަލާން އަދި ޒިލާލްވެސް ދިޔައީ މާލޭގެ ހުރިހާ ގަހަނާ ވިއްކާ ފިހާރައެއް ހާވަމުންނެވެ. ނަމަވެސް އެއްވެސް ތަނަކުން އާކިން ހިތްހަމަޖެހޭވަރުގެ ރީތި އަނގޮއްޓިއެއް ނުފެނުނެވެ. އެންމެ ކުއަލިޓީކޮށް ވިއްކާ ފިހާރައިންވެސް އާކިންއަކަށް ރީތި އެއްޗެއް ފެނުނު ކަމަކަށް ނުވިއެވެ. ސްކޫލު ނިމިގެން އާކިން އަކްމަލް ގާތު އަނގޮއްޓިއެއް ގަނެދިނުމަށް އެދުމުން އަކްމަލްގެ ހިތުގައި ޝައްކުއުފެދުނެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކައެވެ. އާކިން ބޭނުންތަނަކުން ރީތި އަނގޮއްޓިއެއް ގަތުމަށް ބުނެ އަގު ބައްޕަގާތު ބުނުމަށްވެސް ބުންޏެވެ. އެންމެފަހުން އެތާގެ ސޭޓު އާކިންއަށް ވަރަށް ރީތިކޮށް ވައި އަކުރެއް ކަނޑާފައި އިން ރިހި އަނގޮއްޓިއެއް އާކިންއަށް ވިއްކިއެވެ. އޭގެ އަގު ވަރަށް ބޮޑެވެ. ނަމަވެސް އާކިންއަށް އެއީ އެއްވެސް ކަމެއް ނޫނެވެ. ސޭޓު ގާތުން އެކައުންޓް ނަންބަރު ހޯދާފައި ބައްޕައަށް އެ އެކައުންޓް ނަންބަރު ފޮނުވާލިއެވެ. އަދި ސޭޓުގާތު މިހާރު ޓްރާންސްފަރ ކޮށްދޭނެކަމަށް ބުނެ އެ އަނގޮއްޓި ގަނެގެން ދިޔައެވެ. ގެއަށް އައި މަގުމަތީގައިވެސް އާކިންއަށް މިރޭ ވާނެގޮތް ހިތަށް އަރުވާފައި ހަމަ ހެވެނީއެވެ. އެކަމާ އަލާންއާ ޒިލާލްހުންނަނީ އާކިންއާ ދިމާކޮށްލައެވެ. އެންމެންވެސް އެމީހެއްގެ ގެއަށް ދިޔައީ މިރެއަށް ތައްޔާރުވުމަށެވެ.

އާކިން ގެއަށްގޮސް އެންމެ ފުރަތަމަވެސް ބައްޕަގާތު އެދުނީ ބައްޕަގެ ހޮޓަލުން އާކިންގެ ޕްރައިވެޓް ބައި މިރެއަށް ހުސްކޮށްދޭށެވެ. ސުވާލުކުރަން ބޭނުންވިނަމަވެސް އެދެވޭ ޖަވާބެއް މިގަޑީ އާކިން ފަރާތުން ނުލިބޭނެކަން އެނގޭތީ އެކައްޗެކޭވެސް ނުބުނެ އެއްބަސްވިއެވެ. އެހާ އަވަހަށް ބައްޕަ އެއްބަސް ވުމުން އާކިންގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް ފަހުން ސުވާލުކުރަން ބަހައްޓާފައި މިރެއަށް އެއްޗެހިތަށް ތައްޔާރުކުރަން އަވަސްވެގަތެވެ.

އާކިން ބައްޕަގެ ދަށުން މަސައްކަތްކުރާ ބަޔަކުލައްވާ އެތަން ރީތިކުރިއެވެ. އާކިންއާ އެހެން އެންމެންވެސް އެމީހުންނަށް އެހީވަމުން ދިޔައެވެ. އެގޮތަށް މަސައްކަތް ކުރަން ތިއްބާ އިރުއޮއްސި އަނދިރިވެ މަޣްރިބް ނަމާދު ބަންގި ގޮވިއެވެ. އަވަހަށް މިސްކިތަށްގޮސް ނަމާދުކޮށްގެން އައިސް އަނެއްކާވެސް މަސައްކަތް ފެށިއެވެ. އިޝާއަށް ގޮވުމުގެ ކުރިން އެތަން އެއްކޮށް ތައްޔާރުކޮށް ނިމުނެވެ. މިސްކިތަށްގޮސް ނަމާދުކޮށްގެން އެންމެންދިޔައީ އާކިންމެންގެއަށެވެ. ގަޑި ކުޑަތަންވާވަރަކަށް އާކިންގެ ހިތްއަވަސް ވަމުން ދިޔައެވެ. އާކިން އުޅޭ ވައްތަރުން ހީވަނީ ކައިވެންޏެއް ކުރަން އުޅޭހެންނެވެ. ކައިރީގައި އާކިންގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަންހުރި އަލާންއާ ޒިލާލް ދެމީހުންނަށް ވައްކަޅިން ބަލާލާފައި އާކިން އާ ދިމާކުރުމުގައި އުޅުނެވެ. އަނެއްކޮޅުން އައިރާއާ ދީމާ އުޅުނީ ޔައިލީގެ ކަންކަން ހަމަޖެއްސޭތޯއެވެ. މިރެއަށް ތައްޔާރުވާން އެހާވަރަކަށް އެމީހުން ބުނުމުން ޔައިލީއަކަށް އިންކާރު ކުރާކަށް ނުކެރުނެވެ. ޔައިލީގެ ކޮޓަރީގެ އެތަންމިތާގައި ވަނީ މޭކަޕު ސާމާނުން ތޮއްޖެހިފައެވެ. އެނދުމަތީގައި ޔައިލީ އިންއިރު އެ ދެމީހުން އުޅޭގޮތުން ޔައިލިއަށް ހެވެމުން ދިޔައެވެ. ނަމަވެސް ވާންއުޅެނީ ކީއްބާއޭ ހިތާ އެކަމާވެސް ޔައިލީ ހުރީ ހިތްއަވަސްވެފައެވެ. އިރުކޮޅަކުން ކުޑަވަރެއްގެ ފޮށިގަނޑަކުން ވަރަށް ރީތި ހެދުމެއް ނެގިއެވެ. އެއީ ޔައިލީއަށް އެންމެ ރީތި ކުލަކަމަށްވާ ނޫކުލައިގެ ހެދުމެކެވެ. “ތީ ކާކު ދިން ކާކުގެ މާ ރީތި ހެދުމެއް؟؟” ޔައިލީއަށް އެ ހެދުން ވަރަށް ރީތިވިއެވެ. “މީ ކޮންމެސް މީހަކު ޔައިއަށްދިން ހެދުމެއް. ޔައި ޖެހޭނީ މިރޭ މީތި ލާން. ނޯ އަދަރ އޮޕްޝަންސް.” ޔައިލީއަތަށް އެ ހެދުން ދެމުން އައިރާ ބުންޏެވެ. “ބަޓް ފަރސްޓް… މޭކަޕް!!!” ދީމާ ޔައިލީއަތުން އެ ހެދުން އަތުލާފައި ބުނެލީ ރާގުލާފައެވެ. ދީމާ މޭކަޕުކޮށް ނިމެންދެން ޔައިލީ އަނގައިން ބަހެއްވެސް ނުބުނެއެެވެ.

މޭކަޕުކޮށް ނިމުމުން އައިރާ ޔައިލީއަށް އެ ހެދުން ދިއްކޮށްލިއެވެ. “އޯ ވާއޫ!!! ޔައީ!!!!! ޔޫ އާ ސޯ ސޯ ސޯ ޕްރިޓީ! މާޝާ ﷲ. އިރާއަށް ހަމަ ޔަގީން އާކި..” ޔައިލީ ހެދުން ލައިގެން ނިކުމެ ކަބަޑުގައި ހަރުކޮށްފައިހުރި އިސްކޮޅާ އެއްވަރު ލޯގަނޑުކައިރީ ހުއްޓުމުން އައިރާއަށް ބުނެވެން އުޅުނުއެތި ރޭކާލުމުން ދީމާ އަވަސްއަވަހަށް އައިރާގެ އަނގަމަތީ އަތްއެޅިއެވެ. ނަސީބަކުން ޔައިލީ ހުރީ ލޯގަނޑުން އަމިއްލަ ރީތިކަމަށް ގެއްލިހުސްވެފައެވެ. އެކަމާ އެދެމީހުންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. “ހްމް ކީކޭ؟” ދީމާ އައިރާގެ އަނގަމަތިން އަތްނެގިތަނާ ކުއްލިއަކަށް ޔައިލީ އެދެމީހުންނަށް ބަލާލާފައި ބުންޏެވެ. “ބުނީ ޔައި ވަރަށް ރީއްޗޭ މިރޭ.” ދީމާވެސް ނުވާކަމަށް ހަދާފައި ހަމަޖެހިލަމުން ބުންޏެވެ. “އަޅޭ!! ތޭންކްސް. އެކަމް އަސްލު ކީއްވެތަ އެހާ ވަރަކުން ޔައި ރީތިކުރަން މިއުޅެނީ؟ މާ ހާއްސަކަމެއް އޮތީތަ؟” ލޯގަނޑާ ދިމާލަށް އެނބުރެމުން ޔައިލީ ސުވާލުކުރިއެވެ. “އަނެއްހެން މާ ބޮޑުކަމެއް ނޫން. މިއުޅެނީ ޔައިއަށް ސަރޕްރައިޒެއް ދޭންކަމަށް.” އަނެއްކާވެސް ދީމާ ބުންޏެވެ. “އޯ. ކާންޓް ވެއިޓް ދެން!!” އެނދުމަތިގައި އޮތް އަޅިކުލައިގެ އޮފު ޝޯލް ނަގަމުން ބުންޏެވެ. އެންމެ ފަހަރަކުވެސް އެއީ އާކިންގެ ކަމެކޭ ހިތަކަށްވެސް ނާރައެވެ. ޔައިލީ އަމިއްލައަށް ޝޯލްއަޅަން އުޅުމުން އައިރާ އެ އަތުލާފައި ޔައިލީ ޑްރެސިންގ ޓޭބަލްގެ ގޮނޑީގައި ބޭންދިއެވެ. އަދި ޝޯލް އަޅައިދޭން ފެށިއެވެ.

މާގިނައިރުކުރާކަށް ނުޖެހުނެވެ. އައިރާގެ މޮޅު ހުނަރުން ވަރަށް އަވަހަށް ޝޯލްއަޅައި ނިމުނެވެ. އެކަމާ ޚުދު ޔައިލިއާ ދީމާވެސް ހުރީ ހައިރާންވެފައެވެ. “ވާއު އިރާ. އައިމް އިމްޕްރެސްޑް.” ޔައިލީ އަނެއްކާވެސް ލޯގަނޑު ބަލާލަމުން ބުންޏެވެ. “ތިމީހުން ރެޑީއެއް ނުވަންތަ؟” ޔައިލީ އަހައިލީ އެދެމީހުން އަދި ތައްޔާރު ނުވެ ތިބީމައެވެ. “ޔައި އެހަކަށް މަޑުކުރޭ ބޭރުގަ. އަހަރުން ރެޑީވެގެން ނުކުންނާނަން. އޭރަށް ގޮސް ބަސްއަހައިގެން ޓީވީ ބަލާލާ. އިނގޭ.” ޔައިލީއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އައިރާ ޔައިލީގެ ފޯނު ޔައިލީއަތަށް ދެމުން ޔައިލީ ކޮއްޕަމުން ކަހަލަގޮތަކަށް ކޮޓަރިން ނެރުނެވެ. އަދި އެހާ އަވަހަށް ދޮރުވެސް ލެއްޕިއެވެ. އެދެމީހުން އުޅޭ ވައްތަރުން ސުވާލުއުފެދިފައިހުރި ޔައިލީ ވިސްނުމެއްގައިހުރެ ސިޓިންރޫމަށް ދިޔައެވެ.

އައިރާ ފަހަތަށް އެނބުރެމުން ދީމާއަށް ބަލާލުމާއެކު ދެމީހުންނަށްވެސް ހެވެންފެށުނެވެ. “ގުޅާބަ އާކިންމެންނަށް. އެތާގެ ހާލަތު އެނގެންޖެހޭނެއްނު.” އައިރާ އަވަސްއަރުވާލާފައި ބުންޏެވެ. ލަސްކުރުމެއް ނެތި ދީމާ ފޯނު ނަގާފައި އަލާންއަށް ގުޅާލިއެވެ. އޭކުރިން އައިރާ ޔައިލީ ދިޔައީތޯ ޔަގީން ކޮށްލަން ކުޑަކޮށް ބޭރުބަލާލިއެވެ. “ހަލޯ. ކޮބާ؟ ތިތާގެ ކަންތައް ކިހިނެތް؟” އެކޮޅުން ފޯނުނެގުމާއެކު ދިމާ ފޯނު ސްޕީކަރަށް ލާފައި ބުންޏެވެ. “މިތާގެ ކަންތައް ދޯ. ކީކޭ ދެން ބުނާނީ. އެއްވެސް މީހަކަށް އާކިން ހިތްހަމަޖެހޭވަރަކަށް މަސައްކަތް ކުރެވުނު ކަމަކަށް ނުވި. މަށާ ޒިއްލުއާ ދެމީހުން މިއުޅެނީ އެސޮރު މައިތިރިކުރެވޭތޯ. މާ ބޮޑަށް ނާވަސްވަނީ ތޯއްޗެއް.” އަލާން ތެދުތެދަށް ކިޔައިދެމުން ދިޔައެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް އާކިން ހަޅޭއްލަވާއަޑު އިވެމުންދިޔައެވެ. “ޒިއްލު؟ އެއީ ކާކު؟” ދީމާ އަލާންގާތު އެހިއެވެ. “އޯ. އެއީ ޒިލާލްއެއްނު. މަށާ އާއްޓެއަ ދެމީހުން ކިޔަނީ ޒިއްލު. އޭނައަށްވެސް ވަރަށް ކަމުދިޔަ އެނަން. އެންޑް އާކިންއަށްވެސް އަހަރުން ކިޔަނީ އާއްޓެ. ކޫލް ދޯ.” އަލާން ފޮނިވެލާފައި ބުންޏެވެ. “އަހަަ ޝުއަރ.. ދެން އަލާންއަށް ކިޔަނީ ކީކޯ؟؟ ފޮނި ބޯކިބާ؟” އައިރާވެސް ޖެއްސުމަށް ބުންޏެވެ. “އެއީ ޑަމްބޯ ކިޔާ ނަމެއްނު. މަށަށް ކިޔާނީ ލާން. އޯކޭއެއްނު. ތިއެއްނޫނޭ… ކޮބާތަ ޔައިލީ؟؟ ރެޑީވެވިއްޖެތަ؟” އަލާން އެހިއެވެ. ޖަވާބަކަށް އަނއެކޭ ބުންޏެވެ. “ދެން ތިމީހުނޯ؟؟” އަލާން އަދިވެސް ހިތްފުރޭވަރު ނުވަނީ ކަންނޭނގެއެވެ. “އަހަރުން މިއުޅެނީ ރެޑީވާން. ރެޑީވެގެން ދާން ނިކުތީމަ މެސެޖުކޮށްލާނަން. އޯކޭ؟؟” ދީމާ ބުންޏެވެ. އަލާންވެސް އަވަސްކުރަންބުނެ ފޯނު ކަނޑާލިއެވެ. “ހަހް.. ލާން ޒިއްލު އެންޑް އާއްޓެ… ނޮޓް ބޭޑް.” އައިރާ ދީމާއަށް ބަލާލާފައި އެހެން ބުނުމުން ދީމާވެސް ހިނިތުންވެލިއެވެ. އަދި އަވަހަށް ތައްޔާރުވާން ފެށިއެވެ.

އައިރާއާ ދީމާ މާ ލަސްވާތީ އެންމެފަހުން ކޮޓަރިއަށް ދާން ތެދުވިގަޑީ އެދެމީހުން ބާރުބާރަކަށް ނިކުމެގެން އައެވެ. އެދެމީހުން ހުރީ ކުރީރޭގައި ލައިގެންހުރި ހެދުން ލައިގެންނެވެ. “ކީއްވެ ތިދެމީހުން ތިހެދުންލާފަ ޔައިއަށް މިހެދުން ލެއްވީ؟ ޔައިގެ އެހެދުންވެސް އޮތީ ދޮވެފައޭ.” ޔައިލީ ސުވާލުކުރީ ވިސްނުމެއްގައި ހުރެއެވެ. “ތިހެދުމަކީ ޔައިއަށް މާކުރިންވެސް މީހަކު ދޭން ބޭނުންވި ހެދުމެއް. އެއީ ކާކުކަން އިނގޭނެ މިރޭ.. ސޯ ނޯމޯ ކުއެސްޝަންސް.. ލެޓްސް ގޯ!!” ދީމާ ޔައިލީގެ އަތުގައި ހިފާ އަނެއްކާވެސް ސޯފާގައި ބައިންދާ ހުދުކުލައިގެ އުސް ކައްޓަކަށް އެރުވިއެވެ. އެދެމީހުންވެސް ރީތި ކައްޓަކަށް އަރައިގެން ޔައިލީގޮވައިގެން ހޮޓަލަށް ދާން ނިކުތެވެ. ދިޔަ މަގުމަތީގައި އައިރާ މިދަނީ ކަމުގައި ބުނެ އަލާންއަށް މެސެޖުކުރިއެވެ.

އަލާންގެ ފޯނަށް ސްނެޕް މެސެޖެއް އައުމުން އެބަލާލަންވެގެން ޖީބުން ފޯނުނަގައި ސްނެޕަށްވަދެ އެ މެސެޖު ފެނުނު ވަގުތަކީ އާކިންއަށްވެސް އެ މެސެޖު ފެނުނު ވަގުތެވެ. އާކިންއަށް ކުއްލިއަކަށް ވީގޮތެއް ނޭނގުނެވެ. އެއްތަނުން އަނެއްތަނަށް ގޮސް ހުރިހާ އެއްޗެހިތަށް ހުރީ ރަނގަޅަށްތޯ ބަލަންފެށިއެވެ.

އެއީ ބޮޑު ތަނެކެވެ. އެ ހޮޓަލަކީ އާކިންގެ ބައްޕައާއި އައިރާގެ އާއިލާ، ދީމާ އަދި އަލާންގެ އާއިލާގެވެސް ހިއްސާ އޮންނަ ރާއްޖޭގެ ނަން މަޝްހޫރު ‘އޭ އެކްސް އައި’ ހޮޓަލެވެ. (ހިޔާލީ ތަނެއް). މިނޫނަސް އެހެން ތަންތަންވެސް އާކިންގެ ބައްޕަގެއާއި އެ ހުރިހާ އެންމެންގެ މިލްކުގައިވެއެވެ. އެ އާއިލާތަށް އެހާ ގާތްކޮށް އުޅޭ ސަބަބަކީ މިއީއެވެ. ކޮންމެ މީހެއްވެސް ޔައިލީމެންނާ އެހީތެރިވަނީ އެއީ އެ އެންމެނަކީ ސްކޫލު ދައުރުން ފެށިގެންވެސް ޔައިލީމެންފަދަ ގާތް ރަހުމަތްތެރިންނަށްވީތީއެވެ. އަދިވެސް އެގުޅުންދަނީ ކުރިއަށްވުރެ ވަރުގަދަވެ ފުޅާވަމުންނެވެ. ދާދިފަހުން ޒިލާލްގެ އާއިލައިންވެސް ޕާޓްނާޝިޕެއްގައި އެ ކުންފުންޏާ ގުޅުނެވެ. މީގެ ސަބަބުން މަދު ދުވަސްތަކެއްގެ ތެރެގައި ދެ ކުންފުންޏަށްވެސް ބޮޑެތި ފައިދާތަކެއް ކުރަންފެށިއެވެ. އެއާއެކު އެކުވެރިކަމުގެ ގޮށްވެސްވަނީ ޖެހިފައެވެ.

އެތަނުގެ ވަކިން އޮންނަ އާކިންގެ ޕްރައިވެޓް ސްވިމިންގ އޭރިއާގައި އާކިންހުރީ ކަޅުކުލައިގެ ގަމީހަކާ ކަޅު ފަޓުލޫނެއް ލައިގެންނެވެ. އަލާންއާ ޒިލާލްހުރީ ހަމަ ކުރިންރޭ ޕާޓީގައި ލީ ހެދުން ލައިގެންނެވެ. އެތާގައި ބޮޑު ގެއެއްވަރުގެ ސްވިމިންގ ޕޫލެއް އިންއިރު އާކިން ހުރީ އެތަންމިތާ ފިނިފެންމާ ފިޔައިން ޖަރީކޮށްލާފައެވެ. ޕޫލްތެރޭގައިވެސް ފިޔަ ހުރިއިރު ބައެއް ތަންތާގައި އުއްބައްތިވެސް ހުއްޓެވެ. ޕޫލާ ތަންކޮޅެއް ދުރުގައި ބެހެއްޓިފައި ހުރި މޭޒެއްގައި ހިތެއްގެ ބައްޓަމަށް ޔައިލީގެ ފޭވަރިޓްކަމަށްވާ ޗޮކްލެޓް ކޭކެއް ބޭންދިފައި އިންއިރު އެ މޭޒުގައިވެސް ވަނީ ފިނިފެންމާ ފިޔަތަކެވެ. އެ ކޭކަށް މާ ބޮޑު ގޮތެއް ހަދާފައި ނެތްނަމަވެސް މެދުގައި ކަރސިވްކޮށް ރަތުން ‘އައި ލަވް ޔޫ’ ޖަހާފައި އިނެވެ. އަދި ކޭކުގެ ކަނެއްގައި އައިސިންއިން ރަތްކުލައިގެ ތިން ފިނިފެންމާ ޖެހިފައި އިނެވެ. އަދި ކޭކު ވަށައިގެން ވޭވްތަކެއްހެން އައިސިން ޖެހިފައިވެއެވެ. އެއަށް ބަލަން އާކިންއަށް ހުރެވުނީ ޔައިލީގެ ހިޔާލުގައެވެ.

އާކިން އުޅޭ ވައްތަރުން ޒިލާލްއާ އަލާންތިބީ ހީހީ ހަލާކުވާވަރުވެފައެވެ. ހުރިހާ އެއްޗެއް ހަމަވެ ހުރިހާ ކަމެއްކޮށްނިމުމުން އެންމެ ފަހު ކަމަކަށް އެދެމީހުން ކުރަންޖެހުނުކަމަކީ އާކިން ތަނަކު މައިތިރިކުރުމެވެ. އެވެސް ވީ ބޮޑު އިމްތިހާނަކަށެވެ. އެއް ސިކުންތުގައި ތަނަކު އިށީންދެފައި އަނެއް ސިކުންތު ފެންނާނީ ދެކޮޅަށް ހިނގާތަނެވެ. އަލާން އިރުކޮޅަކު އެތަން ބަލަން ހުއްޓާ އައިރާ މެސެޖުކުރިއެވެ. “އަދި ތަންކޮޅެއް ލަސްވެދާނެ.” އެހެން ޖަހާފައި އޮތެވެ. އެއާއެކު އަލާން ޒިލާލްއަށް އެ މެސެޖު ދައްކާލާފައި އާކިންއަށް ބަލާލިއެވެ. އަދި ދެފަރާތަކަށް ބޯ ހޫރުވަލިއެވެ.

 

އައިރާމެން ޔައިލީ ގެންދާތަނަކާމެދު ޔައިލީހުރީ ހިތްއަވަސްވެފައެވެ. ކީއްވެކަމެއް ނޭނގެއެވެ. ނަމަވެސް ވަރަށް ބޮޑުކަމެއްވާން އުޅޭހެން ހީވަނީއެވެ. އިރުކޮޅަކު އެހެން ހިނގަމުންގޮސް ޔައިލީގޮވައިގެން ވަނީ އޭ އެކްސް އައި ހޮޓަލަށެވެ. އެތަނަށް މިގަޑީ ވަންނަންވީ ސަބަބެއް ވިސްނާ ވިސްނާ ޔައިލީއަކަށް ނޭނގުނެވެ. ނަމަވެސް ސުވާލުކުރާކަށް ނުކެރުނެވެ. އެހާވެސް ޔައިލީވަނީ ހިތްބިރުގެންފައެވެ. މަޑުމަޑުން އެދެމީހުން ފަހަތުން ޔައިލީ ގޮސްގޮސް ހުއްޓާ ވަކިހިސާބަކަށް ދެވުނުތަނާ އައިރާ އާ ދީމާ ހުއްޓިފައި ފަހަތަށް އެނބުރި ޔައިލީއަށް ފޮތިގަނޑެއް ދައްކާލިއެވެ. “މި ކޯންޗެއް؟؟” ޔައިލީ އެއަށްބަލަން ހުރެ ސުވާލުކުރިއެވެ. “ދައްކާ މި އަޅާނަން. މި އުޅެނީ ޔައިއަށް ސަޕްރައިޒް ދައްކަންވެގެން.” އައިރާ ޔައިލީއާ ކައިރިވަމުން ބުންޏެވެ. “އަމްމް… އޯކޭވާނެތަ ޔައި ލޯމަރާލައިގެން އެކަނި ހުއްޓަސް؟ އައި ސްވެއަރ.. ނުބަލާނަން.” ޔައިލީ މޫނަށް ގޮތެއް ހަދާލަމުން ބުނީ އެ އަޅާހިތްނުވުމުންނެވެ. “ފައިން… ބަޓް ނޯ ޕީކިން. ގޮޓް އިޓް.” ދީމާ އެހެން ބުނީ ޔައިލީއަށް އިންޒާރުދޭ ފަދައަކުންނެވެ. ޔައިލީ ލޯމެރުމުން އައިރާ ޔައިލީގެ ލޯކުރިމަތީގައި އަތް ހޫރުވާލާފައި ދެމީހުން ޔައިލީގެ ދެ އަތުގައި ހިފާ އާކިންމެން ހުރި ދިމާލަށް ގެންދަންފެށިއެވެ. ވަކިހިސާބަކަށް ދެވުނުތަނާ އައިރާއާ ދީމާ ހުއްޓުމުން ޔައިލީވެސް ހުއްޓުނެވެ. “ގައިޒް! ލޯ ހުޅުވަނީ އޭ… ހެލޯ!” ޔައިލީ މަޑުމަޑުން ގޮވާގޮވާ އެކެއްވެސް އަނގައިކުން ނުބުންޏެވެ. އެކަމަކު އަދިވެސް ހުރީ ޔައިލީގެ އަތުގައި ހިފައިގެންނެވެ. އެއްވެސް މީހަކު އެއްޗެކޭ ނުބުނެ ގިނައިރުވަން ފެށުމުން ޔައިލީ ލޯހުޅުވާލިއެވެ. އެއާއެކު ފެނުނު މަންޒަރުން އިންތިހާ ދެރައާއެކު ޔައިލީއައީ ރުޅިއެވެ.
ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilac

Level 1

Just a girl who is badly in love to read and write stories. Also, a girl who gets inspired by all sorts of ideas and willing to touch everyone's hearts with beautiful stories <3✨

Other Articles

Previous

ލޯތްބަކުންދިން-14

Next

ލޯތްބަކުންދިން-15

Next
May 1, 2023

ލޯތްބަކުންދިން-15

Previews
April 29, 2023

ލޯތްބަކުންދިން-14

9 Comments!

  1. Ukhthy says:
    April 30, 2023 at 4:19 pm

    Woww alheyy vrh reethi ❤️

    1. Quinn Lilac says:
      May 2, 2023 at 8:22 am

      Alheyy thank you very much😊

  2. Ariana Grande from South Korea🏳️‍🌈❌❗ says:
    May 1, 2023 at 11:38 pm

    Vrh salhi ingey..❤️ You keep going girl….
    Hey u ulheny schul ga thrr?? Just asking ingey 😉

    1. Quinn Lilac says:
      May 2, 2023 at 8:24 am

      Yh… I’m a ninth grader.. Anywayss thanks for ur support… 😊

  3. Girl from Hanimaadhoo says:
    May 1, 2023 at 11:58 pm

    Keehve she got angry
    😓😓
    So sad for aakin mn dhw.. their hard work though🤣

    1. Quinn Lilac says:
      May 2, 2023 at 8:25 am

      Maybe dhww😂😂

  4. Jythu in Naura's school tablet says:
    May 7, 2023 at 9:02 am

    V reethi Vaahaka eh ibsis keep the hardworking, never stop UR hardworking!!

  5. N says:
    May 7, 2023 at 9:55 am

    OK good…….

  6. 🌙👀 says:
    May 7, 2023 at 8:57 pm

    Vareh vareh reethi ingeyy…❤️🤞🏻

Comments are closed.

Next Episodeލޯބިވެވުނީ 9←


All Right Reserved!