Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

މައާފު އެދެމޭ…(ފަސްވަނަ ބައި)

AHAREN Level 110 Stories
January 21, 2023 2 Mins Read
0 Comments

ލަދުވެތި، ނިޔަނެތި އަންހެން ކުއްޖެއްގެ ސިފަ އެންމެ ފުރަތަމަ ދުވަހު ވެސް ސުމާގެ ކިބައިން އޭނާއަށް ފާހަގަވިއެވެ. މަޑު މަޑުން އޭނާގެ ތުންފަތުގައި ކުޅެފައިވި ހިނިތުންވުން ފޭދިގެން ދިޔައެވެ. ސުމާގެ ހަނދާންތައް އެހިތް ވަށައިލުމުންނެވެ. ހުރިތަނަށް މީހާ ތިރިވިއިރު ދެއަތުގެ ތެރޭގައި އޭނާގެ ދުނިޔޭ ހިފަހައްޓައިލެވިފައިވެއެވެ. ދެލޮލުން ކަރުނަ ދޭދޭ ހާލު އޭނާ އެދަރިފުޅު މެޔާއިލައި ބޮނޑިކޮށްލިއެވެ.

މަރައިލި ދެލޮލާއެކު މާޒީގެ މަންޒަރުތައް ސިކުނޑި ވަށައިލާކަށް ވަގުތު ކޮޅެއް ވެސް ނުނެގިއެވެ. އެއްވެސް ވަރަކަށް ދެކޮޅު ހެދުމަށް ނެތި މާހިން އެމަންޒަރުތަކަށް ފުރުސަތު ދެމުން ރަނގަޅަށް ހަމަޖެހިލިއެވެ.

_________________________

މާހިންއަކީ ނާޝިދުއާއި މައުމޫނާއަށް ލިބުނު ތިން ދަރިންގެ ތެރެއިން އެންމެ ދޮށްޓަށް ހުންނަ ކުއްޖާއެވެ. އޭނާއަކީ ބަސްމަދު ކިޔަމަންތެރި ކުއްޖެކެވެ. މަދަރުސާ ނިންމާލި އިރު މައިންބަފައިން ފަޚުރުވެރިވާފަދަ ނަތީޖާއެއް އޮތެވެ. ދުވަހަކު ވެސް އޭނާ އަންހެން ކުއްޖަކާއި ރައްޓެހިވެފައެއް ނުވެއެވެ. ރައްޓެހިވާން ކުދިން ނާހަނީކީ ނޫނެވެ. އެފަދަ ކަމެއް ކުރުމުގެ ޝައުގުވެރިކަން ނެތީއެވެ.

އުމުރުން އަށާރަ އަހަރުގައި މާހިންގެ މައިންބަފައިން އޭނާ މާލެ ފޮނުވައިލުމަށް ނިންމީ އޭނާއަށް އިތުރު ތަޢުލީމު ހާސިލްކޮށް ވަޒީފާއަކަށް ދިޔުމުގެ ފުރުސަތު ދިނުމަށެވެ. މައިންބަފައިންނަށް އަންވަރާއި ކިޔުމަށްފަހު މާހިން މާލެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ހީވެސް ނުކުރާ ފަދަ ބޮޑެތި ބަދަލުތަކެކެވެ.

ބަނދަރުމަތީގައި މާހިން މަޑުކޮށްގެން ހުރީ އޭނާގެ ޒަމާންވީ އެކުވެރިޔާ ޒިޔަމް ޚަބަރެއް ވާނަމޭ ބުނެފައިވާތީ އެވެ. އަޅައިގެން ހުރީ ރޭބަން އައިނު ލޮލާއި ވަކިކޮށްލުމަށްފަހު ލައިގެން ހުރި ޑެނިމް ގަމީހުގެ ކަރަށް އެ ކޮއްޕާލިއެވެ. ޒިޔަމްއަށް ގުޅި ފަހުން ވެސް އެތައް އިރެއް ވެއްޖެއެވެ. ލައިގެން ހުރި ކަޅުކުލައިގެ ފަޓުލޫނުގެ ޖީބުން ފޯނު ނެގުމަށްފަހު އޭނާ ޒިޔަމްއަށް ގުޅައިލަމުން ކަންފަތުގައި ޖައްސައިލިއެވެ. އިރުކޮޅެއްފަހުން ޒިޔަމް އައިސް އޭނާގެ ކުރިމަތީގައި ސައިކަލުގައި މަޑުކޮށްލިއެވެ. އޭނާ ލައިގެން ހުރީ ގަމީހަށް ވެފައިވާ ގޮތުން މާހިންގެ ގާތަށް ހިނި އަންނަ ގޮތްވިއެވެ. “ތިއޯ؟..ތި ކޮންކަމެއް؟” އޭނާ އަހައިލިއެވެ. “މީ ދޯ؟..މީ މާލޭ އަންހެނުންގެ ފޮނިކަން” ބޯ ކަހައިލުމަށްފަހު ޒިޔަމް ބުނެލުމާއެކު މާހިން ހިނިގަނޑެއް ޖަހައިލުމަށްފަހު ޒިޔަމްގެ ސައިކަލު ފަހަތަށް އެރުމާއެކު އޭނާގެ މަންޒިލަށް ދިޔުމަށްޓަކައި ޒިޔަމް ދުއްވައިލިއެވެ.

*************

މާހިން ދިރިއުޅުމަށްޓަކައި އޭނާގެ މައިންބަފައިންވަނީ އެމީހުންގެ އެކުވެރިޔެއްގެ އެހީގައި އެއް ކޮޓަރީގެ އެޕަރޓްމަންޓެއް ކުއްޔަށް ހިފައިފައެވެ. ގެއަށް އައިސް ވަނުމަށްފަހު މާހިން އެންމެ ފުރަތަމަ ވެސް ބެލީ ދަތުރުގެ ވަރުބަލިކަން ފިލުވައިލުމަށްޓަކައި ނިދާލުމަށެވެ. އަސުރު ނަމާދަށް ތެދުވުމަށް ޓަކައި އެލާމް ކުރުމަށްފަހު އޭނާ އޮށޯވެލިއެވެ.

************

އަސުރު ނަމާދު ކޮށްގެން މިސްކިތުން ނުކުތް މާހިންގެ މިސްރާބު ހުރީ މިސްކިތާއި މާކަ ދުރު ނުން ހިސާބެއްގައި ހުރި “ސުޕަރމަރޓް” އަށް ވަނުމަށެވެ. ގެއަށް ބޭނުންވާ ދެތިން އެއްޗެއް ގަނެލުމުގެ ބޭނުމުގައެވެ. ފިހާރައަށް ވަނުމަށްފަހު މާހިން ހުރިހާ ދިމާލަކަށް ނަޒަރު ހިންގާލިއެވެ.

ކާއެއްޗެހި ހުރި ހަރުތައް ބަލަމުން ދަނިކޮށް މާހިންގެ ނަޒަރު ހުއްޓުނީ އޭނާއަށް އެންމެ ކަމުދާ ޗޮކުލެޓުތަކަށެވެ. އެބަޔާން އަތްޖައްސާލުމުގެ ކުރިން އެ ޗޮކުލެޓު އެހެން މީހަކު ނެތިއެވެ. ކުއްލިއަކަށް މާހިންގެ ނަޒަރު އެ ކުއްޖާއަށް ހުއްޓުނެވެ. ކަކުލާއި ހަމައަށް އަރައި މަޑު ފިޔާތޮށި ކުލައެއްގެ ހެދުމެއްގައި ހުރި އެ އަންހެން ކުއްޖާގެ އަތަށް ހުއްޓުނެވެ. އެ އަންހެން ކުއްޖާ ވެސް އިރުކޮޅަކު ބަލަން ހުރުމަށްފަހު އޭނާގެ އަތުގައި އޮތް ޗޮކުލެޓު މާހިންއަށް ދިއްކޮށްލުމަށްފަހު ބޭނުންވޭ އަހައިލާ ފަދައިން އަނގައިން މަޑު މަޑު އަޑެއް ލައްވައިލިއެވެ. ނަމަވެސް ދެ ފަރާތަށް ބޯ ހޫރުވައިލުމަށްފަހު ހަމަ އެފަދަ ޗޮކުލެޓެއް ނެގުމަށްފަހު މާހިން އެ އަންހެން ކުއްޖާއާއި މެދު އަޅާނުލާ ކައުންޓަރާއި ދިމާލަށް މިސްރާބު ޖެހިއެވެ. “250 ރުފިޔާ” ޖެހިގެން ހުރި ކައުންޓަރުގައި އިން އަންހެން ކުއްޖާ ބުނެލި އަޑު އިވުނެވެ. މާހިން ގަތް ތަކެއްޗާއެކު ފިހާރައިން ނުކުންނަނީ އުޅުނު ނަމަވެސް އޭނާގެ ޙަރަކާތްތަކަށް ހުއްޓުމެއް އައީ ދެވަނަ ފަހަރަށް ވެސް އެ ކުއްޖާ އަދަދު ތަކުރާރުކޮށްފި އަޑަށެވެ. “250 ރުފިޔާ އިނގޭތޯ؟” ހާސްވެފައި ހުރި އަންހެން ކުއްޖާއާއި ދިމާލަށް ކައުންޓަރުގައި އިން މީހާ ބުނެލިއެވެ. މާހިންގެ ނަޒަރު ހުއްޓިފައި ހުރީ އަވަސް އަވަހަށް ދަބަސް ޖާގަން ހުރި އަންހެން ކުއްޖާއަށެވެ. މާޔޫސްކަމާއެކު އެ އަންހެން ކުއްޖާ އިސް އުފުލައި ކައި ބޯ ހޫރުވައިލި ތަންފެނިފައި މާހިން އެކައުންޓަކަށް ގޮސް ފައިސާ ދައްކައިދިނުމުގެ ހުއްދަ އަކަށް އެދުނެވެ. މަޑު މަޑުން އެ ކުއްޖާ އެހެން ބުނުމަށްފަހު އިސްޖަހައިލިއެވެ. ކައުންޓަރަށް ފައިސާ ދެއްކުމަށް ފަހު މާހިން ފިހާރައިން ނުކުތުމުން އެ އަންހެން ކުއްޖާ ވެސް މާހިންގެ ފަހަތުން ނުކުތެވެ. މާ ދުރަށް ދެވުނު ގެ ކުރިން އެ އަންހެން ކުއްޖާ މާހިންގެ ކޮނޑުގައި ކޮއްޓައިލިއެވެ.

މާހިން އެނބުރިލުމާއެކު އެ އަންހެން ކުއްޖާ އޭނާގެ އަތުން އިޝާރާތްތަކެއް ދައްކައިލިއެވެ. ވާނުވާގައި ހުރި މާހިންއަށް އެކިޔަނީ ކީކޭ ކަމެއް ނޭނގުނެވެ. އެންމެ ފަހުން އެ އަންހެން ކުއްޖާ އޭނާގެ އަތް ދަބަސް ތެރޭގައި އޮތް ކުޑަ ނޯޓު ފޮތަކާއި ގަލަމެއް ނެގުމަށްފަހު އޭގައި އެއްޗެއް ލިޔެފައި ދައްކައިލިއެވެ. “ޝުކުރިއްޔާ.. ކޮންމެވެސް ދުވަހަކުން ތި ކޮށްދިން ހެޔޮ ކަމުގެ ބަދަލު ދެވޭތޯ މަސައްކަތް ކުރާނަން…”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

AHAREN

Level 110 Stories

STORIES ARE JUST ANOTHER IMAGINARY WORLD FULL OF EMOTIONS. ✌️✌️ =AhArEn=

Other Articles

Previous

ތީ އޭ ހަނދަކީ 25

Next

އަހަރެން 1

Next
January 22, 2023

އަހަރެން 1

Previews
January 17, 2023

ތީ އޭ ހަނދަކީ 25



All Right Reserved!