Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

މައާފު އެދެމޭ…(ތިންވަނަ ބައި)

AHAREN Level 110 Stories
November 13, 2022 2 Mins Read
0 Comments

ދެލޮލުން ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަކާއެކު މާހިންގެ ދެތުންފަތުން ފޫއަޅުވާލީ އޭނާ އެމީހަކަށް ޓަކައި އެތަކެއް ކަރުނައެއް އޮހޮރަމުންދާ، އެހިތުގެ ހިތްހަމަޖެހުމާއި ގުޅިފައިވާ މީހާގެ ނަމެވެ.

**********

ތުއްތު ތުއްތު ސުހާ ނިންދެވުމަށް ޓަކައި އެ ކުއްޖާ އުރައިގެން މާހާ ދިޔައީ ކޮޓަރީގެ ދެކޮޅަށް ހިނގަމުންނެވެ. އޭރު އެ ތަނަވަސް ކޮޓަރީގެ ބެހެއްޓިފައި ހުރި ސޯފާ ގޮނޑިތަކުން ގޮނޑިއަކަށް ހަށިގަނޑު ދޫކޮށްލައިގެން މާހިން އޮތީ ދެލޯ މަރައިގެންނެވެ. ނިދާފައި ނޫންކަން ހެކިދެނީ އިރު އިރު ކޮޅާ އޭނާގެ ފައި ތަޅުވާލައި ތަޅުވާލުމުންނެވެ. ސުހާ އެނދުމަތީގައި ބޭއްވުމަށްފަހު މާހާ ކޮޓަރިން ނިކުންނަން ދިޔަ ކަމުގައި ވިޔަސް ހުއްޓިލިއެވެ. ބޭބެގެ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއާއެކު އޭނާ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

*******

ދެ ހަފްތާ ފަސް.

ގޭގެ ގޯތިތެރެ ކުނި ކަހަން އޮތް މައިމޫނާ ހިންދެމިލީ ދޮރުމަތިން ސަލާމް ގޮވައިލި އަޑު އިވިލުމުންނެވެ. މާކަ ބޮޑު ވިސްނުމެއް ނެތި އެނބުރިލި ނަމަވެސް މައިމޫނާއަށް ފެނުނު ސޫރައަކުން ހުއްޓުން އެރިއެވެ. އޭނާގެ ވުޖޫދު ވެސް ހުއްޓުމަކަށް އައި ފަދައެވެ. ދެ އަހަރު ދުވަސް ފަހުން ފެނުނު ނަމަވެސް އެއީ ކާކުކަން ވަކިކުރަން އޭނާއަށް އެނގިއްޖެއެވެ. ވަކިކުރަން ނޭނގެންވީ ސަބަބެއް ވެސް ނެތެވެ. އެކުގައި އުޅޭތާ މިއަދަށް ފަންސަވީސް އަހަރުވީއެވެ. ދެލޮލުން ފޭބި ކަރުނަތަކާއެކު މައިމޫނާ އިލޮށިފަތި ދޫކޮށްލުމަށްފަހު ނާޝިދުއާއި ދިމާއަށް އަޅައި އިތިކޮށް ދުއްވައިގަތެވެ. އެ ވަގުތު ސުހާ އުރައިގެން ނުކުތް މާހިލްއަށް އެމަންޒަރު ފެނުނެވެ. އޭނާގެ ދެލޯ ބޮޑުކޮށްލެވުނީ އެއްވެސް އިޚުތިޔާރެއް އޮވެގެނެއް ނޫނެވެ. ސުހާއަށް ވުރެން އެ މަންޒަރަށް އޭނާގެ ސަމާލުކަން ހުއްޓިއްޖެއެވެ. “ބައްޕަ…” މަޑުމަޑުން އޭނާގެ ދޫ ހަރަކާތްކޮށްލިއެވެ.

މިއަދު ވެސް ރަށުގެ ތުނޑީގައި ވަގުތުތައް ހޭދަކުރުމަށްފަހު މާހިން އެނބުރި އޭނާގެ ގެއަށް ދާން ހިނގައިގަތެވެ. ބޮޑު މަގަށް ނުކުމެވުމާއެކު އޭނާގެ ފަހަތުން މީހަކު އަންނަކަމުގެ ހިލަން ވެގެން ފަހަތް ބަލައިލިއެވެ. އޭރު އޭނާގެ އެކުވެރިއެއް ބާރަށް ދުވެފައި އަންނަނީއެވެ. “މާހިން…ވަރަށް ސަކަރާތް…މާހިލް ދެންމެ މަށަށް ގުޅާފަ އެބުނީ…” ޒިޔަމްގެ ދުލުން ދެން ނުކުތް ބަސްތަކާއެކު މާހިންގެ ދެބުމަ މަގުލަސްޖެހުނެވެ. އައި ރުޅިން އޭނާ ގެއާއި ދިމާލަށް ބަރުލައިފައި ހިނގައިގަތެވެ.

ރާނާފައި ހުރި ތިރިފާރުން މާހިން އަޅައިލި ފިޔަވަޅާއެކު ލޮލުގައި އަޅައިގަތީ ޖޯލީގައި މާހާއާއި ވާހާކަދައްކަން އިން އޭނާގެ މަންމައެވެ. މައިމޫނާއަށް މާހިން ފެނުމާއެކު ކައްޓެއް ޖެހި ފަދައިން ތެދުވެއްޖެއެވެ. މާނޭވާ ލަމުން ދިޔަ މާހިން ފެނުމާއެކު އޭނާ އެއައީ ދުވެފައި ކަން ބުނަން އެނގުނެވެ. މާހިންގެ ދެލޮލުން ފައުޅުވާން ހުރީ އަސަރަކުން ދެން އެ ގޭތެރޭގެ ހަމަޖެހުން އިރުކޮޅަކަށް ވެސް އޮންނާނެހެން އޭނާއަށް ހީ ނުވެއެވެ. ދެލޮލުން ފައުޅުވީ ކުރިއަށް ވާން އުޅޭހެން ހީވާ ކަމަށް ހިތުގައި އުފެދުނު ބިރުވެރިކަމެވެ. މަޑުމަޑުން ދެ ފަރާތަށް އޭނާ ބޯ ހަލުވާލީ އޭނާ ހިތަށް އަރާ ފަދައިން ކަންކަން ނުކުރުމަށް ޒުވާން ދަރިފުޅުގެ ގާތުން އެދޭ ފަދައިންނެވެ.

ގޭގެ ސޯފާގައި އިށީނދެލައިގެން ނާޝިދު އިނެވެ. އޭރު ވައަތް ފަރާތަށް ބެހެއްޓިފައިވާ ސޯފާގައި ކުޑަ ކުޑަ ސުހާއަށް ކުޅިވަރު ދައްކަން މާހިލް އޮތެވެ. އަމިއްލަ ބައްޕައަށް ވުރެން މާހިލްއާއެކު އެ ތުއްތު ދަރިފުޅު ހޭދަކުރާ ވަގުތު ގިނައެވެ. އޭނާއަށް ވަގުތު ދެނީ މާހިލް ވިއްޔާއެވެ.

މަޑުމަޑުން އުފުލާލި ދެއަތް މާހިލްއަށް ނާޝިދު ދިއްކޮށްލިއެވެ. އެ އިޝާރާތް ކުރަނީ ކޮން ކަމަކަށް ކަން އެ ޒުވާން ސިކުނޑި ދެނެގަތެވެ. ނަމަވެސް ޖެހިލުންވީ އެއީ މާހިންގެ ދަރިއެއް ވީމައެވެ. ކޮންމެ ގޮތެއްވިއަސް ހެވެއެވެ. އެއީ ނާޝިދު ކާފަ ދަރިއެވެ. އެ ތުއްތު ދަރިފުޅު އުރައިލުމުގެ ހައްޤު އޭނާގެ ވެސް އޮންނާނެތާއެވެ. ކޮންމެ މީހަކު ކޮންމެ ގޮތަކަށް ޤަބޫލު ކުރިޔަސް ބައްޕައަކީ ޤާތިލެއް ނޫންކަން އޭނާއަށް އިނގެއެވެ. މަޑު މަޑުން އެދެއަތުގެ ތެރެއަށް ސުހާ ލައިދިނެވެ. އެއާއެކު ކުޅިވަރުތަކަށް ގެއްލިގެން އިން ސުހާ ވަގުތުން ހިމޭންވިއެވެ. އޭނާގެ “ދޮންދޮ” ގެ އަތްތިލަ ނޫންކަން އެ ޅަ ކުއްޖާއަށް ވެސް އިހުސާސްވީ ކަހަލައެވެ.

މަންމަގެ މޫނަށް ބަލަންހުރި މާހިންއަށް ފާޑަކަށް ހީނލެވުނެވެ. އޭނާ އެންމެ ބޭނުންވި ދުވަހު އޭނާގެ ގާތުގައި މަންމަ ނުހުރެ މިހާރު ކޮން އާދޭހެއް ކުރާކަށް ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. މަޑުމަޑުން ކުރިއަށް އަޅައިލި ފިޔަވަޅުގެ މިސްރާބު ހުރީ ގޭތެރެއަށް ވަންނާށެވެ. ބޮޑު ކޮޓަރީގެ ސޯފާތަކާއި ހަމަވުމުން ފެނުނު މަންޒަރުން އޭނާގެ ލޭ ކެކިގެން ދިޔައެވެ. ދެއަތް މުއްކަވާލެވުނެވެ. ބާރު ބާރަށް އޭނާ ހިނގައިގަތީ ސޯފާތަކުގައި އޭނާގެ ދަރިފުޅު އުރާލައިގެން އިން އޭނާގެ ބައްޕައާއި ދިމާލަށެވެ. ދެން މާހިން ކުރި ކަމަކުން މުޅި އެއާއިލާއަށް ވެސް ސިހުންގެނުވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

AHAREN

Level 110 Stories

STORIES ARE JUST ANOTHER IMAGINARY WORLD FULL OF EMOTIONS. ✌️✌️ =AhArEn=

Other Articles

Previous

ލޮތްބަށްޓަކައި 5

Next

“މައާފު އެދެމޭ..” ގެ ކިޔުންތެރިންނަށް

Next
November 13, 2022

“މައާފު އެދެމޭ..” ގެ ކިޔުންތެރިންނަށް

Previews
November 12, 2022

ލޮތްބަށްޓަކައި 5



All Right Reserved!