Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (20)

lamhus Level 910 Stories100 Login500 Login100 Stories100 Comments
October 14, 2022 3 Mins Read
0 Comments

ޝައިނާ މަޑުމަޑުން ޚަދީޖާގެ އެޕާޓުމަންޓާ ގާތްވަމުންދިިޔައެވެ.އެއާއެކު ދޮރުގައި ތަޅާއަޑުވެސް ދިޔައީ ސާފުކޮށް އިވެމުންނެވެ.ޚަދީޖާގެ އެޕާޓުމަންޓަށް އެރެވުމާއެކު ދޮރާ ދިމާލަށް ޝައިނާ ބަލައިލިއެވެ.ހިމަރޮގެއް ވަރަށް ހުޅުވިފައިވާ އެދޮރާ ދިމާލަށް ބަލަން ޝައިނާއަށް ހުރެވުނެެވެ.ދޮރު ހުޅުވިފައި ހުރުމުން، އެތަނަށް ދާންވީބާއޭ ނުވަތަ އެނބުރި އޭނާ ދިރިއުޅޭ އެޕާޓުމަންޓަށް ފައިބަންވީބާވައޭ ހިތަށްއަރާ ހާލުގައެވެ. އިވެމުންދިޔަ އަޑު ކުއްލިއަކަށް ހުއްޓުނެވެ.ނަމަވެސް އިވުނުއަޑުގެ ހަގީގަތް ބަލަން ޝައިނާ ބޭނުންވިއެވެ.ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ހުޅުވިފައިވާ ދޮރާ ދިމާލަށް ޝައިނާ ދިޔައެވެ.އަދި ދޮރުމަތީގައި ހުރެ ސަލާންގޮވާލިއެވެ.އެއްފަހަރެވެ.ދެފަަހަރަށްވެސް މެއެވެ.ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ޝައިނާއަކަށް ނުވިއެވެ.އެހެންކަމުން ތިންވަނަ ފަހަރަށް ތަންކޮޅެއް ބާރަށް ޝައިނާ ސަލާމް ގޮވާލިއެވެ.ޝައިނާ ސަލާމް ގޮވާލިއަޑު ކޮޓަރިދޮރު ބުޑުގައި އިށީންދެގެން އިން ޚަދީޖާގެ ކަންފަތުގައި ޖެހުނެވެ.އެއާއެކު ޚަދީޖާ ދޮރުގައި އަނެއްކާވެސް ތަޅަން ފެށިއެވެ.

ދޮރުގައި ތަޅަމުންދިޔަ އަޑު ކުއްލިއަކަށް ހުއްޓުމަށްފަހު، އަނެއްކާވެސް އެއަޑު ޝައިނާއަށް އިވެންފެށުމުން، މަޑުމަޑުން ހުޅުވިފައިވާ ދޮރުގައި ހިފާ އެތެރެއަށް ޝައިނާ ކޮއްޕާލިއެެވެ.އެއާއެކު ދޮރު ބޮޑަށް ހުޅުވި މުޅި ސިޓިންރޫމުތެރެ ޝައިނާއަށް ފެނިގެންދިޔައެވެ.ވަގުތު ކޮޅަކު މުޅިތަނަށް ބަލަންހުރެލުމަށްފަހު، އެތަނަށް ޝައިނާ ވަނެވެ.ބިންމަތީގައި ސަމުސަލާ، އުލާ ވަޅީގެ އިތުރުން، ތަށި ތެލިފަދަ ބަދިގޭގެ ސާމާނުތަކުގެ އިތުރުން އެހެންވެސް ސާމާނުތައް ބިންމައްޗަށް ވެރިފައި ވާތަން ޝައިނާއަށް ފެނިގެންދިޔައެވެ.އެތަކެތި ވެރިފައި ހުރިގޮތުން އެއީ އުކާފައި ހުރި އެއްޗެހިތަކެއްކަން، އެތަކެތި ޓައިލްސް މަތީގައި ހުރިގޮތުން ޝައިނާއަށް ޔަގީންވިއެވެ.އެވަގުތު އޭނާގެ ބޮލަށް އެކިއެކި ސުވާލުތައް ވަންނަން ފެށިއެވެ. ” މިތަކެތި މިތަނުގައި މިހުރީ  ކީއްވެބާ؟….މިތަނަށް އަސްލު ކިހިނެއްވީބާ؟” މިފަދަ އެތަކެއް ސުވާލުތަކެއްގައި ވިސްނަންހުރި ޝައިނާއަށް،  ދޮރުގައި ތަޅާއަޑު އިވެމުންދާތީ އަޑު އަންނަ ދިމާލަށް ބަލައިލެވުނެވެ

އަޑުއަންނަމުންދަނީ ކޮޓަރިއަކުންކަން އެނގުމުން، އެދިމާލަށް ޝައިނާ އަވަހަށް ހިނގައިގަތެވެ. ކޮޓަރީގެ ދޮރުމައްޗަށް ހުއްޓިލުމަށްފަހު ޝައިނާ ސަލާމްގޮވާލިއެވެ.އަދި އޭނާ އެތަނަށްވަނީ ދޮރެއްގައި މާ ގަދައަށް ތަޅާއަޑު އިވޭތީ ވެގެންއުޅޭގޮތް ބަލާލަން ކަމުގައި ބުނެލިއެވެ.ޝައިނާ ވާހަކަދައްކަމުންދިޔަ އަޑުއަހަން އިން ޚަދީޖާ އޭނާ ސަލާމަތްކޮށްދިނުމަށް އެދުނެވެ.ބަލިއަޑަކުން އަންހެނަކު ސަލާމަތްކޮށްދޭށޭ ބުނިއަޑު ޝައިނާއަށް އިވުނެވެ.އެއާއެކު އެއީ ޚަދީޖާގެ އަޑުކަން ޝައިނާއަށް ވަގުތުން އެނގުނެވެ. ” ސަލާމަތްކޮށްދީ މިކޮޓަރިތެރެއިން އަހަރެން ސަލާތަްކޮށްދީ” ޚަދީޖާ ބުނިއަޑު ޝައިނާއަށް އިވުނެވެ.

ޚަދީޖާގެ ކޮޓަރި ދޮރާ ދިމާލަށް ޝައިނާ ބަލައިލިއެވެ.ބޭރުން ތަޅުލާފައިވާ އެދޮރުގެ ތަޅުގައި ތަޅުދަނޑިފައްޗެއް ޖަހާފައި އިންތަން ފެނުނެެވެ.އެއާއެކު އަތުގައިވާ ކޮތަޅުތައް މޭޒުމަތީގައި ބަހައްޓާލުމަށްފަހު، ޝައިނާ ތަޅުދަނޑީގައި ހިފާ އަނބުރާލުމަށްފހު، އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ.ދޮރުހުޅުވުމާއެކު، ބިންމަތީގައި ވަރުދެރަވެފައި އިން ޚަދީޖާ ޝައިނާއަށް ފެނުނެެވެ.ލޯކައިރި ވަޅުވަދެ އޭނާއިން  ނިކަމެތި ހާލު ފެނުމުން ޝައިނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ

ދައްތާ ކިހިނެއްވެފަ ތިއިނީ؟” ޚަދީޖާ ފެނުމާއެކު އޭނާ ކައިރިއަށް ދަމުން ޝައިނާ އަހާލިއެވެ. “ފެންފޮދަކާ ކާއެއްޗެއްދީ” ޝައިނާގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޚަދީޖާ ބުނެލިއެވެ. ޚަދީޖާގެ އެބަސްތަކުން އޭނާ އެއިނީ ވަރަށް ބަނޑުހައިވެފައިކަން ޝައިނާއަށް އެނގުނެވެ.އެެހެންކަމުން ޚަދީޖާގެ ގައިގައި ހިފަހައްޓާލައިގެން އޭނާ ސިޓިންރޫމުތެރެއަށް ޝައިނާ ނެރުނެވެ.އަދި ސޯފާގައި ޚަދީޖާ ބޭންދުމަށްފަހު، ވިޔަފާރިކުރި ކޮތަޅުތަކާ ދިމާލަށް ދިޔައެވެ.ކޮތަޅު ހާވާލުމަށްފަހު، އޭގެން ފުލް ކުރީމް ކުޑަ ކިރުޕެކަޓެއްގެ އިތުރުން ހެދިކާ ކޮތަޅެއް ނަގާފައި ޚަދީޖާއަތަށް ޝައިނާ ދިއްކޮށްލިއެވެ.އެތަކެތި ދިނުމާއެކު ޚަދީޖާ ވަގުތުން އެތަކެތީގައި ހިފުމަށްފަހު، ކާންފެށިއެވެ.އަވަސް އަވަހަށް ކަމުންދިޔަ ޚަދީޖާއަށް ބަލަންހުރެވުނު ޝައިނާއަށް، ޚަދީޖާ ބަނޑުހައިވެފައިވާ މިންވަރު ދޭހަވެގެންދިޔައެވެ.

ވަގުތުކޮޅަކު ޚަދީޖާއަށް ބަލަންހުރެލުމަށްފހު، ޝައިނާ ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ.ތައްޓެއް ދޮވެލުމަށްފަހު، ފުރިޖުން ފެންފުލިއެއް ނަގާ ތައްޓައް ފެންފޮދެއް އަޅާލިއެވެ.އަދި ޚަދީޖާގެ ކުރިމަތީގައި އިން ކުޑަ މޭޒުމަތީގައި ފެންތަށި ގެނެސް ޝައިނާ ބެހެއްޓިއެވެ.ފެންތަށި ޝައިނާ ބެހެއްޓުމުންވެސް އޭނާއާ ދިމާލަށް ބަލައިނުލާ ޚަދީޖާ ކެއުމައިގެން ކުރިއަށް ދިޔައެވެ. ޚަދީޖާގެ ހާލާމެދު ޝައިނާ ވަރަށް ދެރަވިއެވެ.ވީކީއްތޯ އޮޅުންފިލުވަން ޝައިނާ ނުހަނު ބޭނުންވިއެވެ.ނަމަވެސް ޚަދީޖާ ބަނޑުހައިހޫނުކަން ފިލުވަންދެން ޝައިނާ މަޑުކުރިއެވެ

ހެދިކަލާ ކިރު ޕެކެޓްވެސް ޚަދީޖާ ހުސްކޮށްލިއެވެ.ކާއެއްޗެއް ކެވުމުން، ޚަދީޖާގެ ގައިގައި ވަރުޖެހެނުވެ. “ތީ މިބަޔާ ޖެހިގެން ތިރީ ބައިގަ އުޅޭ މަންޖެދޯ؟” ޚަދީޖާ އަހާލިއެެވެ. ޚަދީޖާގެ އެސުވާލަށް ޝައިނާ ބޯޖަހާލިއެވެ. “ދައްތަ ސަލާމަތްކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން…..ﷲ ތިކުއްޖާއަށް ރަހުމަތްލައްވާށި….އަދި ކޮއްކޮގެ ކާއެތިކޮޅު ހުސްކޮށްލެވުނީތީ މާފަށްއެދެން…ދައްތަ ވަރަށް ބޮޑަށް ބަނޑުހައިވެފަވީމަ އެހެންވީ….ދައްތައަތަކު ނެތް މިހާރު އެންމެ ފައިސާއެއްވެސް….ކޮއްކޮގެ ކުލިން މިތަކެއްޗަށް ކަނޑައިދޭނަން” ޚަދީޖާ ދެރަވެލާފައި ބުނެލިއެވެ. “ނޫނޭ އެއީ މައްސަލައެއްނޫން…އަޅުގަނޑު މިތަކެއްޗަށް ވާ ރުފިޔާއެއް ބޭނުމެއްނޫން…އަނެއްކާ ހެދިކާތީ އަޅުގަނޑު އަމިއްލައަށް ހަދާފަހުރި އެއްޗިސް…މީހަކަށްދޭން އަސްލު އުޅުނީ އެކަމަކު އެމީހާއާ ދިމާނުވީމަ ހިފައިގެން އައީ” ޝައިނާ ބުނެލިއެވެ

“އެހެންވިއަސް ވަރަށް ބޮޑަށް ޝުކުރިއްޔާ…ހެދިކާތައް ވަރަށް މީރު….ކޮއްކޮ މިއަދު ދައްތަ ސަލާމަތް ނުކޮށްދިންަނަމަ ދެން އެކޮޓަރިތެރެއިން ފެންނާނީ ދައްތަގެ ފުރާނަ ނެތް މަސްގަނޑު ޚަދީޖާ އިސްދަށަށް ޖަހާލަމުން މޮޅިވެރިކަމާއެކު ބުނެލިއެވެ. “ކިހިނެއްތަ ވީ އަސްލު؟….ދައްތައަށް ކިޔައިދެވެންޏާ ކިޔައިދީ” ޝައިނާ އެދުނެވެ. “ދައްތަގެ ދަރި އާނިމް އެނގޭތަ؟” ޚަދީޖާ އަހާލިއެވެ. “އާނ އިނގޭ” ޝައިނާ ޖަވާބުގައި އެހެންބުނުމުން، އެދުވަހުގެ ހާދިޘާ  ޝައިނާއަށް ޚަދީޖާ ކިޔައިދިނެވެ. އާނިމް ރުފިޔާ ހޯދަން އައި ހިސާބުންނާ އޭނާ  ޚަދީޖާ އެކޮޓަރިތެރޭގައި ތަޅުލި ހިސާބަށެވެ.އަދި ތިން ދުވަސްވަންދެން ޚަދީޖާ އެކޮޓަރިތެރޭގައި އުޅުނުގޮތާއި، ސަލާމަތްކޮށްދިނުމަށް މީހުންނަށް ގޮވިވަރުވެސް ކިޔައިދިނެވެ. ޚަދީޖާގެ ވާހަކަތައް އަޑުއަަހަންއިން ޝައިނާގެ ދެލޯ ފެންކަޅިވެގެންދިޔައެވެ.އަދި ތިންދުވަސްކުރިން އާނިމް ހުރި އުފާވެރި ގޮތް އޭނާއަށް ސިފަވިއެވެ

އާނިމް ދަބަހެއް އަޅުވައިގެން ނިކުތްތަން އަޅުގަނޑު އެދުވަހު ދެކުނިން…ވަރަށް އުފާވެފަ އެކަމް އެދުވަހު އާނިމް ހުރީ” ޝައިނާ ބުނެލިއެވެ  “އާނިމަކީ ދައްތަ ވަރަށް ލޯބިން ގެންގުޅުނު ކުއްޖެއް…ދައްތަވެސް ބޭބެގެވެސް ހުރި ހަމައެކަނި ދަރިފުޅު…އަހަރެމެންގެ ލޮލުގެ ކޮއެ ފަދައިން ނުހަނު ލޯތްބާއި އަޅާލުން ދީގެން ބޮޑުކުރި ކުއްޖެއް…ކިޔަވައިދެވުނު އެންމެ މައްޗަކަށް އޭނައަށް ކިޔަވައިވެސް ދީފަ ހުންނާނީ..އާނިމަކީ ކިޔެވުމަށް ވަރަށް މޮޅުވެސް ކުއްޖެއް….އޭނަ ބޮޑުވަމުން އައިއިރު ދުވަހަކުވެސް އޭނައަށް މަދުވާނެ އެއްްވެސްކަމެއް ނޯންނާނެ…ދައްތައާ އާނިމުގެ ބައްޕަގެ އިތުރުން، އޭނަގެ މާމައާ ކާފަވެސް އެންމެ އިސްކަން ދިނީ އާނިމަށް” ޚަދީޖާ ދެރަވެލާފައި ކިޔައިދޭން ފެށިއެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ތިޔަ ލޯބީގައި… 22

Next

ޙާލަތު (ސާދަވަނަ ބައި)

Next
October 15, 2022

ޙާލަތު (ސާދަވަނަ ބައި)

Previews
October 13, 2022

ތިޔަ ލޯބީގައި… 22



All Right Reserved!