Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (19)

lamhus Level 910 Stories100 Login500 Login100 Stories100 Comments
October 12, 2022 2 Mins Read
0 Comments

އާނިމާއި އޭނާގެ އެކުވެރިން ބިރެއް ސަރަމެއް، ޚިޔާލެއް ފިކުރެއްނެތި، ރާބޮއެ މަސްތުވުމާއި ޒިނޭކުރުންފަދަ ބޮޑެތި މުންކަރާތްތަކަށް އަރައިގަންނަމުންދިޔައެވެ.ލަދުގެ ކަންފުޅެއްވެސް ނެތިއެވެ.އެއްފަހަރާ ދެމީހުންނާއި އެކުގައެެވެ.ނޫނީ ތިން ހަތަރުމީހުންނާވެސް އެކުގައެވެ.ތިން ދުވަސް ވަންދެން އެހެންމީހުންނެެކޭ އެއްފަދައިން އާނިމުވެސް އެފާހިޝް އަމަލުތަކުގައި އަވަދިނެތި އުޅެމުންދިޔައެވެ.ގޭގައި އޭނާގެ އުފަންމަންމަ ވަނީ ކޮޓަރިން ބޭރަށް ނުނިކުމެވޭނެގޮތަށް އެތެރެއިންް ތަޅުލާފައިކަމެއް އާނިމުގެ ހިޔާލަކަށް އެއްގޮތަކަށްވެސް ނާދެއެވެެް .މަންމަ އެއީ ީދުނިޔޭގައި ހުރި މީހެއް ހެންވެސް އާނިމަށް ހީނުވާ ފަދައެެވެ

*******************

އާނިމް އޭނާގެ ރަހުމަތްތެރިންނާއެކު މަޖާނަގަމުންދިޔައިރު، ޚަދީޖާ އިނީ އެބަންދުވެފައިވާ ކޮޓަރިތެރެިން ނިކުމެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.ތިން ދުވަސްވަންދެން އެއްގޮތަކަށްވެސް އެއްޗެއް ނުކައި ހުރުމުގެ ސަބަބުން، ޚަދީޖާގެ މުސްކުޅި ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ވަރުދެރަވެ ބަލިކަށި ވެފައެވެ.ގިނައިރު ކޮޅަށް ހުރެވޭނެހާވެސް އޭނާގެ ގައިގައި މިހާރަކު ނެތެވެ.އެހެންކަމުން ޚަދީޖާ މިހާރު ނަމާދުކުރަނީވެސް  އިށީނދެ އިނދެއެވެ.

އެނދުގެ އެއްފަޅިއެއްގައި އިށީންދެލައިގެން މޮޅިވެރިކަންމަތީ ޚަދީޖާ އިނީ ކޮޓަރީގެ ދޮރާ ދިމާލަށްބަލާށެވެ.އޭނާ މިހާރު އެންމެ ދެކެންބޭނުންވަނީ އެދޮރުންބޭރަށް އޭނާއަށް ނިކުމެވޭނެ ދުވަހެވެ.ހަމައެކަނި ފެންފޮދަކުން ފުއްދައިލައިގެން އިންނަން ޖެހުމުން މުޅިމީހާގެ ގައިން ވަރުދެރަވެ ބޯމައްޗަށް އެނބުރުން އަރަންއުޅޭހެން ޚަދީޖާއަށް އިހުސާސްވަމުންދިޔައެވެ.އެހެންކަމުން މަޑުމަޑުން ބޮލުގައި ދެފަހަރަކު ޚަދީޖާ އަތްއުނގުޅާލިއެވެ.އަދި އެނދުގެ އެއްފަޅީގައި އިން ފަސްލީޓަރުގެ ފެންފުޅިއާ ދިމާލަށް ބަލައިލިއެވެ.ފެން ބުއިމުގެ ސަބަބުން، އެފުޅީގައި މިހާރު ވަނީ ވަރަށް މަދު ފެންފޮދެކެވެ..ފުޅީގެ ފުލުގައި ހުރި ކުޑަ ފެންފޮދަށް ބަލަން އިން ޚަދީޖާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.އާނިމް އަންނާނެ ދުވަހެއްވެސް އޭނާއަށް ޔަގީންނުވާތީ އެތަނުން ނިކުމެވޭނީ ކޮންއިރަކު ކަމެއް ޚުދު އޭނާއަކަަށްވެސް ނޭނގެއެވެ.އެހަތަރު ފާރުއެތެރޭގައި އޭނާއަށް ހުރެވެނީ ބޯލާ ފެންފޮދުގެ ސަބަބުން ކަމުގައިވާއިރު، އެފެންފޮދުުވެސް ހުސްވެއްޖެނަމަ، އޭނާ ޖެހޭނީ ބަނޑުހައިހޫނުކަމުގެ އިތުރުން ކަރުހިއްކުމުގެ ތަހައްމަލުވެސް ކުރަންކަން ޚަދީޖާއަށް އެނގުނެވެ.ފެން ނުލިބި އަދި ކާނެ އެއްޗެއްވެސް ނުލިބިގެން މަރުވާކަށް ޚަދީޖާ ބޭނުމެއްނޫނެވެ.އެހެންކަމުން  އެތަނުން އޭނާ ސަލާމަތްކޮށްދެއްވާތޯއާއި، އޭނާއަށް ވޭނީ މަރެއް މިންވަރުނުކުރައްވާތޯވެސް ﷲގެ ހަޟްރަތުގައި ޚަދީޖާ ދުޢާކުރިއެވެ.
އެނދުގައި އިނުމަށްފަހު، މަޑުމަޑުން ތަންތަނުގައި އަތްޖައްސަމުން ޚަދީޖާ ދޮރާ ދިމާލަށް ދިޔައެވެ.އަދި އަނެއްކާވެސް އެހީއަށް އެދި މީހަކަށް އޭނާ ގޮވަންފެށިއެވެ.ގައިގައި ވަރުނެތުމުގެ ސަބަބުން މާބާރަކަށް ޚަދީޖާއަކަށް ހަޅޭކެއް ނުލެވެއެވެ.އެހެންނަމަވެސް އޭނާގެ ގައިގައި ނެތް ހިތްވަރު ނެރެގެންވެސް އޭނާ އެތާ އެތެރޭގައިވާކަން މީހަކަށް އަންގައިދޭން ޚަދީޖާ ބޭނުންވިއެވެ.ކުޑަވަގުތުކޮޅަކު ވަރުބަލި ފިލުވާލުމަށްފަހު ދޮރުގައި ދެއަތުން އޭނާ ތަޅަންފެށިއެވެ.

*****************

ގެއަށް ބޭނުންވާ ސާމާނުކޮޅެއް ގަނެލައިގެން ޝައިނާ ސިޑިންމައްޗަށް އަރަމުންދިޔައެވެ.ސިޑިން އަރަމުންދިޔަ ޝައިނާއަށް އާނިމު މަތިން ހަނދާންވިއެވެ.މިހާރު އާނިމް އެއްގޮތަކަށްވެސް ނުފެންނާތީއެވެ. ތިންދުވަސް ކުރިން އޭނާއަށް އާނިމް އުދަނގޫކުރިއިރު އާނިމްގެ ކޮނޑުގައި އަޅުވައިފައިވާ ދަބަސް ޝައިނާގެ ހަނދާނަށް އައެވެ.ުއެހެންކަމުން، އާނިމް ތަނަކަށް ފުރީބާއޭ ޝައިނާގެ ހިތަށް އެވަގުތު އެރިއެވެެ.ކޮންމެގޮތެއްވިއަސް، އާނިމްގެ އުދަނގުލާ ކުރިމަތިލާން ނުޖެހޭތީ ޝައިނާ ހިތްހަމަޖެހުނެވެ.މަޑު ހިނގުމުގައި ސިިޑިން އަރަމުންދިޔަ ޝައިނާއަށް ކުއްލިއަކަށް ޚަދީޖާގެ ހަނދާން އާވިއެވެ.ޝައިނާ ދިރިއުޅެނީ ޚަދީޖާގެ އެޕާޓުމަންޓާ އިންވެގެން އިންނަ ތިރީ އެޕާޓުމެންޓުގައި ކަމުން، އާންމުކޮށްެެ ކަހަލަ ގޮތަކަށް ކޮންމެދުވަހަކުވެސް އޭނާ ގެއަށް ވަންނަ ވަގުތުތަކުގައި ޚަދީޖާއާ ދިމާވެއެވެ. ނަމަވެސް މިހާރު ޚަދީޖާއާ ދިމާނުވާތާވެސް ތިންވަރަކަށް ދުވަސްވެފައިވުމުން، އޭނާވެސް އާނިމުއާއެކު ތަނަކަށް ފުރީބާއޭ ޝައިނާގެ ހިތަށްއެރިއެވެ.ޚަދީޖާވެސް އަދި އާނިމުވެސް އެއްފަހަރާ ގެއްލުމުން، އެދެމީހުންވާނީ އެއްތަނެއްގައި ކަމުގައި ޝައިނާ ނިންމިއެވެ.

ޝައިނާ އޭނާ ދިރިއުޅޭ އެޕާޓުމަންޓަށް އެރެވުމުން، ތަޅަށް ތަޅުދަނޑި ކޮށްޕާލިއެވެ.އެވަގުތު އަޑެއް އިވުނުހެން ޝައިނާއަށް ހީވިއެވެ.ވަގުތުކޮޅަކު ޝައިނާ ހިމޭންވެލިއެވެ.ނަމަވެސް ދެވަނަފަހަރަށް އެއަޑު ނީވުމުން އެއީ އޭނާއަށް ހީވި ހީވުމެއްކަމަށް ނިންމާ ދޮރުހުޅުވަން އަނެއްކާވެސް މަސައްކަތް ކޮށްލިއެވެ.ޝައިނާ ތަޅުދަނޑީގައި ހިފާ އަނބުރާލިތަނާ އަނެއްކާވެސް އޭނާއަށް އެއަޑު އިވުނެވެ.އެހެންކަމުން މިފަހަރުވެސް ޝައިނާ މަޑުވެލީ އެއީ އޭނާއަށް އަސްލުވެސް އިވޭ އަޑެއްތޯ ޔަގީންކުރުމުގެ ނިޔަތުގައެވެ.މިފަހަރު ޝައިނާއަށް އެއަޑު އިވުނެވެ.އެހެންކަމުން އެއީ ހަމަ އަސްލަށްވެސް އޭނާއަށް އިވޭ އަޑެއްކަން މިފަހަރު ޝައިނާއަށް ޔަގީންވިއެވެ

އިވެމުންދިޔަ އަޑަށް ވަރަށް ބޮޑަށް ސަމާލުކަންދީގެން ޝައިނާ ހުއްޓެވެ.އިވެމުންދަނީ މީހަކު ދޮރެއްގައި ތަޅާ ކަހަލަ އަޑެއްކަން ، އެއަޑު އަހަން ހުރި ޝައިނާއަށް ޔަގީންވިއެެވެ.އަޑު އަންނަނީ މަތިންކަމަށްވާއިރު، ޚަދީޖާގެ އެޕާޓުމަންޓު ނޫން އިތުރު އެޕާޓުމަންޓެއް މަތީގައި ނީންނާނެކަން ޝައިނާއަށް އެނގެއެެވެ.އެހެންކަމުން އެއަޑަކީ  ޚަދީޖާ ދިރިއުޅޭ އެޕާޓުމަންޓުން އަންނަ އަޑެއްކަން ޝައިނާއަށް ޔަގީންވިއެވެ.ވަގުތުކޮޅަކު އަޑާމެދު ޝައިނާ ވިސްނާލިއެވެ. “އަނެއްކާ ޚަދީޖާ ގޭގައި އުޅެނީބާ؟….ދެން ކީއްވެބާ ޚަދީޖާ ނުފެންނަނީ؟….އަނެއްކާ ގޭގައި އުޅޭނަމަ  އެވަރަކަށް ދޮރެއްގައި ތެޅުމުގެ ބޭނުމަކީ ކޮބައިބާ؟”  މިފަދަ އެތަކެއް ސުވާލުތަކެއް  ޝައިނާގެ ހިތަށްއަރާ ފައިބަމުންދިޔައެވެ.މާވަރަކަށް ދޮރުގައި ތަޅާއަޑު އިވޭތޯ ވެގެން އުޅެނީ ކީއްތޯ ބަލާލަން ދާން ޝައިނާގެ ހިތަށްއެރިއެވެ.އެހެންކަމުން ޚަދީޖާގެ އެޕާޓުމަންޓަށް އަރަން ޝައިނާ އުޅުނެވެ.ސިޑިން މައްޗަށް އަރަން ނެގި ފުރަތަމަ ފިޔަވަޅާއެކު ޝައިނާ މަޑުޖެހިލިއެވެ. “އަނެއްކާ މިކުރެވެނީ ރަނގަޅުކަމެއްބާ؟….އެތަނަށް ދާތަނުން ޚަދީޖާއާ ދިމާވެއްޖެނަމަ ބުނާނީ ކީކޭބާ؟'” މިފަދަ ސުވާލުތަކެއް ޝައިނާގެ ހިތަށްއެރުމުން އެތަނަށްދާން އޭނާ ކުޑަކޮށް ފަސްޖެހެވުނެވެ.ނަމަވެސް ދޮރެއްގައި މާ ވަރަކަށް ތަޅާއަޑު އިވެމުންދާތީ ، ކޮންމެގޮތެއްވިއަސް ވިީކީއްތޯ ބަލާލަން ދިއުމަށް ޝައިނާ ނިންމިއެވެ.ޚަދީޖާ ފެނިއްޖެނަމަ އޭނާ އެތާ މައްޗަށް އެރި ސަބަބު ތެދުވެރިކަމާއެކު ޚަދީޖާއަށް ކިޔައިދޭނީ ކަމަށްވެސް ނިންމައިގެންނެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ވައުދޭ ވެވޭ މި…29

Next

ތިޔަ ލޯބީގައި… 22

Next
October 13, 2022

ތިޔަ ލޯބީގައި… 22

Previews
October 12, 2022

ވައުދޭ ވެވޭ މި…29



All Right Reserved!