Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (18)

lamhus Level 910 Stories100 Login500 Login100 Stories100 Comments
October 10, 2022 3 Mins Read
1 Comment

،އާނިމުމެން ބަލައިލީ އަންހެން މުވައްޒަފުގެ ފަހަތުގައި ތިބި މީހުންނާ ދިމާލަށެވެެ.ފަސް ފިރިހެނުން ތިބިއިރު، ހަތް ވަރަކަށް ޒުވާން އަންހެނުންވެސް ތިއްބެވެ.އާނިމުމެންގެ އިތުރުން އައިސްތިބި އެންމެން ، ފަހަރަކު މީހަކު ތައާރަފް ވެލިއެވެ. “ކޮބާ ޗޭންޖިން ރޫމް…ހަމަ ކުރިންވެސް ދާ ރޫމަށްތަ ދާންވީ؟…ޑާންސް ކުރަން ލާން އަންނައުނުތައްވެސް ހިފައިގެން މިއައީ؟”  އެއްބަޔަކު އަނެއްބަޔަކާ ތައާރަފް ވެލުމަށްފަހު، ނަށާ ގުރޫޕުން މީހަކު އަހާލިއެވެ.އެއިން ކޮންމެ އަންހެނެއްގެ ކޮނޑުގައި ފުދޭވަަރަކަށް ބޮޑު އަތްދަބަހެއް އޮތުމުން، އޭގައިވަނީ އެމީހުން ނަށަންލާ އަންނައުނުތައްކަން އާނިމުމެނަށް އެނގުނެވެ.  “ޔާ ހަމަކުރިންވެސް ދާ ރޫމަށް ދާންވީ..މި ސައިޑްގަ އިންނާނ…ޔޫގައިސް ކެން ޗޭންޖު އެންޑް ރެޑީ  ފޯ ޑާންސް”  އަންހެން މުވައްޒަފު އެމީހުންނަށް ކޮޓަރި އިންނަ ފަޅި ދައްކާލަމުން ބުނެލިއެވެ. ‘ވީ ނޯ”   އެހެންބުނެ އެއަންހެނުންތައް މިސްރާބުޖެހީ ޒިނޭކުރުމަށް ހާއްސަކޮށްފައިވާ ނާސިގެއާ ދިމާލަށެވެ

އަންހެން ނަށާ ގުރޫޕް ނެށުމަށް ތައްޔާރުވާން ދިޔައިރު، ލަވަކިޔާ ގުރޫޕު ސްޓޭޖުމައްޗަށް އެރިއެވެ.އަދި ސްޓޭޖުމަތީގައި ހުރި ލަވަކިޔަން ބޭނުންކުރާ އާލާތްތައް ޓެސްޓުކުރަން އުޅުނެވެ. އެންމެންތައް ތައްޔާރުވެ ނިމެންދެން މަޖާކުރަން ކެތްމަދުވެފައި އާނިމުމެންި ތިއްބެެވެ.ވިހިވަރަކަށް މިނެޓް ހިނގިފަހުން، ނަށާ ގުރޫޕު ތައްޔާރުވެގެން ނިކުތެވެ.އެންމެންވެސް ތިބީ އެއްވައްތަރެއްގެ ހެދުންއަޅާ މޭކަޕްވެ ނަލަހެދިގެންނެވެ.އެމީހުން ފެނުމާއެކު ހައްމާދުގެ އިތުރުން އިކުރާމްވެސްް އެމީހުންނާ ދިމާލަށް ކަޅިޖަހާނުލާ ބަލަން ހުއްޓެވެ. ” ވަރަށް ރީތި ދޯ އެމަންޖެމެން..ކީއްވެ އެމީހުންނާ ދިމާލަށް ހައްމާދުމެން ބަލާހެން ނުބަލަނީ؟” ހައްމާދުމެނާ ޚިލާފަށް އާނިމް އެއަންހެނުންތަކާ ދިމާލަށް އެވަރަށް ނުބަލާތީ ޝަހާ އަހާލިއެވެ.އާނިމު ބުނާއެއްޗެއް ބަލައިލުމުގެ ނިޔަތުގައެވެ. “ރީއްޗަސް އަހަރެންގެ ބޭބީހާ ރީއްޗެއްނުވާނެ އެކަކުވެސް…އަހަރެންގެ ތިލޯބިވާ ހުއްޓާ އެހެންމީހަކަށް ބަލަންވީ ކީއްކުރަން؟” ޝަހާ ގާތްކޮށްލަމުން އާނިމް ބުނެލިއެވެ

ނަށާ ގުރޫޕުވެސް ނެށުމަށް ތައްޔާރުވުމުން، އަންހެން މުވައްޒަފު ރަލާ އެހެނިހެން ކާބޯތަކެތި ޚިދުމަތްދޭ ކައުންޓަރާ  ދިމާލަށް ދިޔައެވެ.އަދި ކަބަޑެއް ހުޅުވާލުމަށްފަހު އޭގެތެރެއިން އޭޕްރަނެއް ނެގުމަށްފަހު، ގައިގައި އަޅާލިއެވެ. “އޯހް ތީތަ ސޯރްވް ކޮށްދޭ ބޭފުޅަކީ؟’ އަންހެން މުވައްޒަފުގެ ހަރަކާތްތައް ބަލަން ހުރި ހައްމާދު އަހާލިއެވެ.އެވަގުތު އަންހެން މުވައްޒަފު ހިނިތުންވެލުމަށްފަހު ބޯޖަހާލީ އާނ އެކޭ ބުނުމުގެ ގޮތުންނެވެ

ހުރިހާ މީހުންނަކާ ތަންވެސް ތައްޔާރުވެ ނިމުމުން، މުޅިތަން އަނދިރިކޮށްލިއެވެ.އެއާއެކު މުޅިއެތަން އެކިކުލަ ކުަލައިން ނިވި ދިއްލެއް ފެށިއެވެ..”ކޮބާ އެންމެ ރެޑީތަ؟” ލަވަކިޔާ މީހާ މައިކުން ގޮވާލިއެވެ.އެއާއެކު އާނިމުމެން އުފަލުން އާނ އެކޭ ބުނެލިއެވެ. ” ސޯ ފަށަނީ…1…2…3″ ލަވަކިޔާ މީހާ ތިނަކާ ހަމައަށް ގުނާ ނިމުނުތަނާ މިއުޒިކުގެ އަޑުން މުޅިތަން އެއް އަޑު ކޮށްލިއެވެ.ސްޕީކަރުތައް އޮން ކޮށްފައި ހުރުމުން، މުޅި އެނައިޓް ކުލަބްތެރެ ލަވަޔާ މިއުޒިކުގެ އަޑުން ގުގުމާލިއެވެ.ސްޓޭޖުމަތީގައި ފިރިހެން ގުރޫޕް ލަވަ ހުށަހަޅައިދެމުން ދިޔައިރު، އަންހެން ގުރޫޕް ދިޔައީ ލަވައާ އެއްވަރަށް ނަށަމުންނެވެ.އެމީހުންނާ އެއްވަރަށް އާނިމުމެންވެސް އެހަރަކާތުގައި ބައިވިރިއެވެ.ސްޓޭޖާ އިންވެގެން އޮތް ހުސް ޖާގައިގައި އާނިމުމެންވެސް ނަށާ ލަވަކިޔަމުން ދިޔައެވެ.ސްޓޭޖުމަތީގައި ތިބި ނަށާ ގުރޫޕްު ފަހަރަކު މީހަކު މަޑުމަޑުން ފައިބަމުން ދިޔައެވެ.އަދި އެމީހުން އާނިމްމެންނާ ދިމާލަށް ނަށަމުން އައެވެ.ަފަނަރަވަރަކަށް މިނެޓް ނެށުމަށްފަހު އާނިމް ހިނގައިގަތީ ޝަޙާއާ އެކު ކާއެއްޗެޙިގެ ޚިދުމަތްދޭ ކައުންޓަރާ ދިމާލަށެވެ.އެތަނަށް ގޮސް ކައުންޓަރު ކައިރީގައި ހުރި ގޮނޑިތަކުން ދެގޮނޑީގައި އިށީނދެލުމަށްފަހު، ދެތަށި ރަލަށް އެމީހުން އޯޑަރު ދިނެވެ

އޯޑަރު ލިބުމާއެކު އާނިމު އެބޯންފެށިއެވެ.އެއްތަށި ނިމުމުން ދެވަނަ ތައްޓަށްވެސް އޯޑަރުދިނެވެ.ނަށަމުން މަޖާނަގަމުންދިޔަ އިކުރާމަަށް ޝަހާއާ އާނިމް ރާބޯން ތިބިތަން ފެނުމުން، ޝަހާ ގާތު އައުމަށް ބުނެލިއެެވެ.ނަމަވެސް އަތުގެ އިޝާރާތުން މަޑުކުރުމަށް އިކުރާމް ގާތު ޝަހާ އެދުނެވެ.ރާބޮމުންދިޔަ އާނިމްގެ ބޮލަށް މަޑުމަޑުން ބަރުވަމުން ދިޔައެވެ. “ޝަހާ ކީއްވެ ނުބޮނީ؟’ އެއްތަށި އޯޑަރުކުރި ގޮތަށް އޭގައި އަތްނުލާ ޝަހާ އިން އިރު އާނިމް ދެތަށި ބޮއެ ތިންވަނަ ތައްޓައްވެސް އޯޑަރުދީފައިވާތީ އާނިމް އަހާލިއެވެ. :”މިބޮނީއެއްނު” އެހެންބުނެ ކުޑަ އެތިފޮދެއް ޝަހާ ތުނބުގައި ޖައްސާލިއެވެ.

މަޖާ ނަގަމުންދިޔަ ނަދާ ގާތު އާނިމްގެ ގާތަށް ދިއުމަށް އިކުރާމް އެދުނެވެ..އިކުރާމް އެހެންބުނުމުން ނަދާ އާނިމް ގާތުގައި އިށީނދެލުމަށްފަހު ް އޭނާއާ ވާހަކަދައްކަންފެށިއެެވެ.އާނިމަށް ްްެެލޯހުޅުވެނީ ވަރަށް އުދަނގުލުން ނަމަވެސް ތަނުގައިވާ ކަންތައްތައް އަދި އޭނާއަށް އެނގެއެވެ. ވާހަކަދައްކަމުންދިޔަ ނަދާ މަޑުމަޑުން އާނިމްގެ ގައިގައި އަތްހާކަން ފެށިއެވެ.އެވަގުތު އާނިމް  އެކަންް ބޭނުންނުވާ ކަމަށް ނަދާ ގާތު ބުނެލިއެވެ. “ޝަހާ ހިތްހަމަ ނުޖެހިދާނެތީތަ؟…ޝަހާއަށް އޯކޭއޭ…ދެން މިހެން ބައެއްފަހަރު އެންޖޯއީ ކޮށްލިއަސް އޯކޭވާނެއޭ”  އާނިމްގެ ކިބައިން ސަލާމަތްވެ އިކުރާމްގެ ގާތަށް ދިއުމަށް ކެތްމަދުވެފައިވާ ޝަހާ،  އެމީހުންގެ ހަރަކާތްތައް ބަލަން އިނުމަށްފަހު އަވަހަށް ބުނެލިއެވެ.އެހެންނަމަވެސް އާނިމް އެކަމަށް ގަބޫލެއް ނުވިއެވެ.ޝަހާ ނޫން އިތުރު މީހަކު ބޭނުންނުވާ ކަމަށް އާނިމް ބުނަމުންދިޔައެވެ.އެތައް އިރަކު ނަދާގެ އިތުރުން ޝަހާވެސް އާދޭސްކުރިފަހުން، އާނިމް އެންމެފަހުން އެއްބަސްވިއެވެ..އެވަގުތު ޝަހާ ނަދާއަތަށް އެއްހާސް ރުފިޔާ ލައިދިނުމަށްފަހު، ވީހާވެސް ގިނަވަގުތެއް ވަންދެން އާނިމް ހިފަހައްޓާލަ ދިނުމަށް އޭނާ ގާތު ސިއްރުން ޝަހާ ބުނެލިއެވެަެ.އަދި އަންހެން މުވައްޒަފު ގާތު .ސިއްރުން ރޫމް ރެޑީތޯ ޝަހާ އަހާލިއެވެ.މިފަހަރުވެސް ބޮލުގެ އިޝާރާތުން އާނ އެކޭ އަންހެން މުވައްޒަފު ބުނެލިއެވެ.ނަދާއާ އާނިމް ޒިނޭކުރުމަށް ނާސިގެއާ ދިމާލަށް މިސްރާބުޖެހުމުން، އިކުރާމް އަވަހަށް ޝަހާގާތަށް އައެެވެ.އަދި ދެމީހުން އެކުގައި ރާބޮއެ މަޖާނަގަން ފެށިއެވެ.

މެންދަމު ބާރަ ގަނޑި ތިރީހުގައި ފެށި އެނައިޓް ކްލަބް ނިންމާލީ ދޭއް ޖެހިފަހުންނެވެ.ތިންދުވަހަށް ނައިޓް ކުލަބްގެ ޚިދުމަތް އާނިމްުމެން ބޭނުންވާތީ، މިއުޒިކު ގުރޫޕް އަދި ނަށާ ގުރޫޕް ތިންދުވަސް ވަންދެން އެތާ މަޑުކުރިއެވެ.ޖެހިގެން އޮތްރޭވެސް އެމީހުން ނައިޓްކުލަބްގައި މަޖާ ނެގިއެވެ.މިފަހަރު އާނިމް އޭނައާއެކު ނަދާގެ އިތުރުން ހަފްސާވެސް ޒިނޭގެ ކޮޓަރިއަށް ގެންދިޔައެވެ.އާނިމުގެ އިތުރުން އިކުރާމާ ެެދެންތިބި މީހުންވެސް ދިޔައީ އެފާފަަ ކުރަމުންނެވެ.ލަވަކިޔާ މީހުންނާއެކުގައެވެ.ނޫނީ ނަށާ ގުރޫޕާ އެކުގައެވެ.ތިންރޭ މަތިން އެނައިޓް ކުލަބްގައި އެމީހުން މަޖާނެގުމުގައި އުޅުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ތިޔަ ލޯބީގައި…20

Next

ބަދުނަސީބުގެ ހިޔަނި އެޅުމުން ޓްރެއިލަރ

Next
October 10, 2022

ބަދުނަސީބުގެ ހިޔަނި އެޅުމުން ޓްރެއިލަރ

Previews
October 9, 2022

ތިޔަ ލޯބީގައި…20

One Comment

  1. Aishath Limsha Aishath Limsha says:
    February 25, 2025 at 1:35 pm

    Masha Allah 😍

Comments are closed.

Next Episodeމަދަދުވެރިޔާ (19)←


All Right Reserved!