Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (17)

lamhus Level 910 Stories100 Login500 Login100 Stories100 Comments
October 9, 2022 3 Mins Read
0 Comments

އެޕޮއިންޓުމަންޓު ހައްދާލުމަށްފަހު، ޝަހާ އެނބުރި އޭނާގެ ކޮޓަރިއަށް އައެވެ. “ކޮބާ ޕޭކުރެވިއްޖެތަ؟” ޝަހާ އައުމުން އާނިމް އަހާލިއެވެ. “ހާނ…އިރުއޮއްސި ހައެއްޖަހާއިރަށް ހެއްދީ…މަސާޖުކޮށްދެނީ ފިލިޕީންސްގެ ތެރަޕިސްޓެއް” އާނިމަށް ޝަހާ ބުނެލިއެވެ. “ސޯ އައި ކެން ގޯ ދޯ؟…މަސާޖުނުކުރިއަސް ބަލަން އިނދެވިދާނެއެއްނު” އާނިމް ބުނެލިއެވެ.އާނިމްގެ އެބަހަަށް ޝަހާ ވަގުތުން އިންކާރުކުރިއެވެ. “ނޯ….ބޭބީ ނަޔަސް އޯކޭއޭ ޝަހާ ހަމަ މަސާޖުކޮށްލާފަ އަންނާނީ” ޝަހާ ބުނެލިއެވެ. ޝަހާ އާނިމް ގެންދަން ބޭނުންނުވާތީ އޭނާވެސް ކޮންމެހެން އެތަނަށް ވަންނާކަށް ބޭނުމެއްނުވިއެވެ.އެޕޮއިންޓްމަންޓު ހެއްދުނު ވާހަކަ އިކުރާމަށް އަންގަން ޝަހާ ހުރީ ވަރަށް ކެތްމަދުވެފައެވެ.އެޕޮއިންޓުމަންޓު ހައްދަން ކައުންޓަރު ކައިރީގައި ހުރެގެންވެސް ޝަހާ އެތައް ފަހަރަކު އިކުރާމަށް ގުޅިއެވެ.ނަމަވެސް ޝަހާގެ ކޯލަށް އިކުރާމް ޖަވާބެއްނުދިނެވެ.އިކުރާމަށް އެޚަބަރު ދޭނެ ގޮތެއް ވިސްނަން ޝަހާ އިންދާ އާނިމް ފާހަނައަށްވަނެވެ.ދަނޑިވަޅު ބަލާފައި ޝަހާ އަނެއްކާވެސް އިކުރާމަށް ގުޅާލީ، އޭނާގެ ކޯލަށް އިކުރާމް ޖަވާބުދޭތޯ ހިތާހިތުން ބުނާ ހާލުގައެވެ

 

އިކޫ ކޮންތާކުތަ ތިއުޅެނީ ؟…..ޝަހާ ހާދަވަރަކަށް ގުޅައިފީމޭ…..މަސާޖުކުރަން އެޕޮއިންޓުމަންޓު ހެއްދި ވާހަކަ ބުނަންވެގެންނޭ އެވަރަކަށް ގުޅީ….އިކޫއާ ޝަހާގެ ނަން ދީފަ އިންނާނީ ކައުންޓަރުގަ…ކައުންޓަރުގަ ހުރެގެން ވަރަށް ގުޅިން…ފޯނު ނުނެގީމަ ޝަހާ މިއައީ…ތިކޮޓަރިއަށް ވަންނަން އުޅެފަވެސް އާނިމަށް ފެނިދާނެހެން ހީވަތީ ހައްތަހާވެސް ނުވަދެ މިއައީ” އެކޮޅުން ފޯނު ނެގުމާއި އެކު ޝަހާ ވާހަކަދެއްކީ ވަރަށް ސިއްރުން އަވަސްއަވަހަށެވެ. “އަސްލުތަ؟…ސޮރީ ލޯބީ އެގަނޑީ އިކޫއަށް އޮތީ ނިދިފަ …ފޯނު ބަލާލިތަނާ ބޭބީ ތިގުޅީ…ދެން ބުނެބަލަ ކޮންކަހަލަ މަސާޖެއްތަ ނެގީ؟” އިކުރާމް އަހާލިއެވެ. “ފުލްބޮޑީ…ހައެއް ޖަހާއިރު އެޕޮއިންޓުމަންޓު ހައްދާފަ އިންނާނީ….ރެޑިވާތި ހައެއް ޖަހާއިރަށް”..ޝަހާ ބުނެލިއެވެ. “ގަދަ އިނގޭ ބޭބީ އިކޫ ބޭނުންވަނީވެސް ފުލްބޮޑީ..އޯކޭ ރެޑީވާނަން” އިކުރާމަށް އެހިސާބަށް ބުނެވުނުތަނާ ޝަހާ އަވަހަށް ފޯނު ކަނޑާލީ އާނިމް ފާހަނައިން ނިކުމެދާނެހެން ހީވާތީއެވެ.އެނދުގައި އިން ޝަހާ އަވަހަށް އިކުރާމްގެ ކޯލު އޭނާގެ ފޯނުން ފުހެލިއެވެ

ޝަހާތަ އެގުޅީ؟” އިކުރާމް ކައިރީގައި އެނދުަގައި އޮތް ހަފްޒާ އަހާލިއެވެ. “ހޫމް ޝަހާ….މަސާޖުކުރަން އެޕޮއިންޓުމަންޓު މަށަށް ހައްދައިދިން ވާހަކަ ބުނަންވެގެން” އިކުރާމް ބުނެލިއެވެ. “އެއްޗެއް އަހާލަންތަ؟….ޝަހާ އިކޫ ދެކެ ވަރަށް ލޯބިވާހެން ހީވަނީ…ސޯ ކީއްވެ އިކޫ އޭނައަށް ޗީޓް ތިކުރަނީ؟” ހަފްޒާ އޭނާގެ ހިތުގައިވާ ސުވާލުކޮށްލިއެެވެ. “ތިހެން ތިބުނީީ ހަފޫ  މިކޮޓަރީގަ އޮތް ވާހަކަނުބުނެ ނިދުނީއޭ ކިޔާ މަ ދޮގުހެދީމަތަ؟…މީ ޗީޓެއް ނޫން…ޝަހާވެސް އެއުޅެނީއެއްނު އާނިމާއެކު…ދެން މިހެން މަޖާނަގަން އަންނައިރު މިކަހަލަ ކަންކަންވެސް ކޮށްގެންދޯ މަޖާނެގުން ފުރިހަމަ ވާނީ…އަނެއްކޮޅުން ބަލާ ހައްމާދުއާ އާނިމް އެއުޅެނީ ސާވީސް ގަނޑިއިރު އަންހެނުން އެމީހުންގެ ފުލަށް ލައިގެން…އެގޮތަށް ބެލިއަސް މަ އެކަނިތާ މިހެން ވައިވެ އެކަނިވެފަ އިންނަން ޖެހޭނީ…އެހެންވެ މަ ހަފޫ ކައިރި ބުނީ މިދަތުރު އަންނަން…ހަފޫއާ އެކު އަދި މިހެން ކަމެއް ކޮށްލިއަސް އެއީ މާ ބޮޑުކަމެއް ނޫނެއްނު..އަނެއްކާ މީ އަހަރެމެން ދެމީހުންގެ ފުރަތަމަ ފަހަރެއްވެސް ނޫނެއްނު …އަނެއްކާ މަށަށް އިނގޭ އެއާނިމް ޝަހާ ދޫނުކުރާނެކަން…މަށަށް ޝަހާއާ ގާތްވެސް ނުވެވޭނެކަން ”   ވޮލެޓުން ފަސްސޭތަކަ ރުފިޔާ ނެގުމަށްފަހު ހަފްޒާއަށް ދިއްކޮށްލަމުން އިކުރާމް ބުނެލިއެވެ.ހަފްޒާ ރުފިޔާގައި ހިފުމުން އިކުރާމް ފެންވަރަން ފާހަނައަށް ވަނެވެ

***************

ވަގުތުތައް ހިނގަމުން ގޮސް އިރުއޮއްސި ހައެއް ޖަހަން ތިން ވަރަކަށް މިނެޓް ވެފައި ވުމުން، ޝަހާ މަސާޖުކުރަން ސްޕާ ކޮޓަރިއަށް ދާން އޭނާ އުޅޭ ކޮޓަރިން ނިކުތެވެަ.އެވަގުތު އިކުރާމްވެސް ސްޕާ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ޝަޙާ ފެނުމާއެކު އިކުރާމް ހުއްޓިލިއެވެ. “ކޮބާ އާނިމް؟” ޝަހާ އޭނާއާ އަރާ ހަމަވުމުން، އިކުރާމް އަހާލިއެެވެ. “އެބައިން ޓީވީ އަޅުވައިގެން ފިލްމެއް ބަލަން” ޝަހާ ވާހަކަދެއްކީ ވަރަށް ސިއްރުންނެވެ.ދެމީހުންވެސް ވަރަށް ސިއްރުން ސްޕާ ކޮޓަރިއަށް ވަނެވެ.ސްޕާ ކޮޓަރީގަައި ފިލިޕީންސް ދެ ރެތަޕިސްޓުން ޝަހާމެންގެ އިންތިޒާރުގައި ތިއްބެވެ.ޝަހާއާ އިކުރާމް ވަނުމުން، އެމީހުންގެ ގައިގައި އޮޅަން ތުވާއެއްޔެއް އެދެތެރަފިސްޓުން ދިނެވެ.ތުވާލި ގައިގައި އޮޅާލުމަށްފަހު، ޝަހާއާ އިކުރާމް ދެެއެނދުގައި ބަންޑުން އޮށޯވެލުމާއެކު، ދެތެރަޕިސްޓުން އެމީހުންގެ މަސާޖުކުރަން ފެށިއެވެ.

މަސާޖުކޮށް އެއްގަނޑިއިރުވެ ހަމަވުމުން، އިކުރާމާ ޝަހާވެސް ސްޕާ ކޮޓަރިން ނިކުންނަން ހިނގައިގަތީ ތެރަފިސްޓުންގެ މަސާޖާ ދޭތެރޭ އެމީހުން ވަރަށް ހިތްހަމަޖެހޭ ވާހަކަ ބުނުމަށްފަހުގައެވެ. “އޯހް…ހާދަ އަރާމޭ…ހިތަށް އަރަނީ އެތާ އަދި އެއްގަނޑިއިރު އޮވެވުނު ނަމައޭ” ޝަހާ ދެކޮނޑު އުފުލާލާ ހަށިގަނޑަށް ގޮތެއް ހަދާލަމުން އިކުރާމަށް ބުނެލިއެވެ. “ދޯ ތީ މަވެސް ހިތަށްއަރާ އެތި” އިކުރާމް އޭނާގެ ކޮޓަރިއާ ދިމާލަށް ދަމުން ބުނެލިއެވެ

********************

ވަގުތުތައް ހިނގަމުން ގޮސް ރޭގަނޑު އެގާރަޖެހީއެވެ.އާނިމާ އޭނާގެ ރަހުމަތްތެރިން ތިބީ ރޭގަނޑަށް ކާން ރެސްޓޯރެންޓުގައެވެ. “މިރޭ މީ ބޮޑުރެއެއްދޯ؟” އިކުރާމް ހެވިލާފައި އަހާލިއެވެ. “އާނ….މިއުޒިކު ބޭންޑުގެ އިތުރުން ނަށާ ގުރޫޕެއް ގެންނަންވެސް އެދިފަ އިންނާނީ” ޝަހާ ބުނެލިއެވެ. “ޕޭކުރީތަ މިހާރު؟” ޝަހާގެ ވާޙަކަ އަޑުއަހަން އިން ހައްމާދު އަހާލިއެވެ. “އާނ ޝަހާ އެކަން ކޮށްފި..އެމީހުންނަށް ދޭންޖެހޭ ރުފިޔާއެއްވެއްޖިޔާ  ކައުންޓަރާ ހަވާލުކޮށްފި ޝަހާ..އެތަނަށްވެސް ދައްކަންޖެހޭ އެއްޗެއްވެއްޖިޔާ އަހަރެން ބުނިން ޝަހާ ގާތު ދައްކަން” އާނިމް ބުނެލިއެވެ. ‘އޯ ގަދަ އިނގޭ…އާނިމު މީ ގަދަ ގޮލައެއް” އިކުރާމް އުފަލުން ބުނެލިއެވެ.ކައިނިމި ބިލަށް ފައިސާ ދެއްކުމަށްފަހު، އެންމެންވެސް އެނބުރި ކޮޓަރިތަކަށް ދިޔައެވެ.މިރޭމީ ނައިޓްކުލަބުގައި ޕާޓީކޮށް މަޖާނަގާ ރެއަށްވާތީ އެންމެންވެސް ތިބީ އެކަމަށް ކެތްމަދުވެފައެވެ

*******************

ވަގުތުތައް ހިނގަމުންގޮސް މެންދަމު ބާރަޖެހީއެވެ.ވަގުތަކީ ނައިޓްކުލަބް ހުޅުވާވަގުތު ކަމުން، ކައުންޓަރުގައި އިން އަންހެން މުވައްޒަފަކު، ތަޅުދަނޑިފަތި ހިފައިގެން އެތަން ހުޅުވަން އައެވެ. “ތިބޭފުޅުން މިތަން ހުޅުވަން މިރޭ ބޭނުންވާ ވާޙަކަބުނެފަ އޮތީމަ އަޅުގަނޑުމެން މިރޭ ތިބޭފުޅުން ރެސްޓޯރެންޓުގައި ހުރި ވަގުތު ހުންނާނީ ތައްޔާރުކޮށްދީފަ” އެހެންބުނެ ްއެއަންހެން މުވައްޒަފު އެތާނގެ ދޮރު ހުޅުވާލުމަށްފަހު ޑީޖޭ ލައިޓުތައް ޖައްސާލިއެވެ.އެއާއެކު އެކި ކުލަކުލައިން މުޅިތަން ނިވިދިއްލެން ފެށިއެވެ.އެމަންޒަރު ފެނުނުމުން އާނިމާ ދެންތިބި މީހުންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ

ނައިޓް ކުލަބް ހުޅުވުމާއެކު އަންހެންކުއްޖާ އެތާނގެ ތެރެއަށް ވަންނަން އުޅެފައިވެސް ކޯލެއް އައުމުން ނިކުތީ އާނިމުމެން ކައިރި އެތަނަށް ވަނުމަށް އެދިފައެވެ.އާނިމުމެން އެތަނަށް ވަތްތާ އިރުކޮޅެއްނުވެ، އަންހެން މުވައްޒަފު އައީ ފުދޭވަރަކަށް ގިނަމީހުންނާއި އެކުގަައެވެ.މިތިބީ ޑާންސް ގުރޫޕް އަދި މިއުޒިކު ޝޯދޭ ގުރޫފުތައް” އަންހެން މުވައްޒަފުގެ ފަހަތުގައި ތިބި މީހުން ދައްކާލަމުން އެންމެނަށް އަަންެހެން މުވައްޒަފު ބުނެލިއެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ވައުދޭ ވެވޭ މީ… 28

Next

ހުޅުދާން 1

Next
October 9, 2022

ހުޅުދާން 1

Previews
October 8, 2022

ވައުދޭ ވެވޭ މީ… 28



All Right Reserved!