އެކިއެކި ޚިޔާލުތަކުގައި ޚަދީޖާ އޮތެވެ.އެނދުަގައި ދެފަރާތަށް ފުރޮޅިލާ ފުރޮޅިލައެވެ.މެންދަމުވެގެން ގޮސް ފަތިސްވިއިރުވެސް ޚަދީޖާގެ ލޮލަކަށް ނިދިއަންނަ ގޮތެއް ނުވިއެވެ.ނުނިދިފައި އޮތް ޚަދީޖާ ގަނޑި ބަަލައިލިއެވެ.ފަތިސް ނަމާދަށް ބަންގި ގޮވަން ކައިރިވެފައި ވާތީ އޭނާ އެނދުން ތެދުވެ ފާޙަނައާ ދިމާލަށް މިސްރާބުޖެހިއެވެ.ބަންގި ގޮވުމުގެ ކުރިއަށް ފެންވަރާ ނަމާދަށް ތައްޔާރުވެލުމަށެވެ
***************
އޭ އާނިމް…. ޝަހާ ތެދުވޭ…” ހެނދުނު 10 ޖެހުމުން އިކުރާމް ފަހަރަކު މީހެއްގެ ދޮރުގައި ޓަކިޖަހަމުން ގޮސް އާނިމުމެން ކޮޓަރީގައިވެސް ޓަކިޖަހަމުން ގޮވަންފެށިއެވެ. “ސާބަސް އަދި ހެނދުނު 10 އެއް ޖެހީއެއްނު…..އަހަރެންމީ އެހާ އަވަހަށް ހިއްލާލާ މީހެއްވެސް ނޫން ގޭގަ އުޅޭއިރުވެސް” ނިދި ނުފިލާ ހާލު އެއްލޯ ހުޅުވައިގެން ހުރެ އާނިމް އޭނާގެ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ގަނޑިން ވަގުތު ބަލައިލުމަށްފަހު ބުނެލިއެވެ. “ނިދާނީ ގޭގަ މިތަނަށް މީހުން އަންނަނީ މަޖާނަގަން…ދެން ތެދުވަން އުޅޭ…އިއްޔެވެސް އެއްވެސްކަމެއް ނުކޮށް ނިދީއެއްނު…ދަތުރުގެ ފުރަތަމަ ދުވަހޭ ކިޔާފަ..” އިކުރާމް ބުނެލިއެވެ.އިކުރާމް އެހެންބުނުމުން އާނިމު ފެންވަރަން ފާހަނައަށް ވަނެވެ.އެވަގުތު ދެންތިބި މީހުންވެސް ހޭލައިގެން ފެންވަރަން އުޅުނެވެ
އާނިމު ފާހަނައަށް ފެންވަރަން ވަނުމުން، އިކުރާމް އާނިމުގެ ކޮޓަރިއަށް ވަނެވެ.އަދި އެނދުގައި އިން ޝަހާއާ ދިމާލަށް އޭނާ ހިނގައިގަތެވެ. “އިކޫ ކީއްތަތިކުރަނީ އާނިމަށް ފެނިދާނެ” އިކުރާމް ޝަހާ ގާތު އެނދުގައި އިށީނދެލުމަށްފަހު އޭނާގެ އަތުގައި ހިފާލުމުން، ޝަހާ ތެޅިގަނެފައި ބުނެލިއެވެ. “އަހަންނަށް ޝަހާއާ ދުރުގަ ހުންނަން ހާދަ އުދަނގުލޭ…އަދި ހާއްސަކޮށް އާނިމާ އެކު ތިހެން އެއްކޮޓަރިއެއްގަ ނިދާ ކަންތައް ކުރާއިރު ބުނެދޭން ނޭނގޭ އުދަނގުލެއް ވަނީ…ރޭގަ ހާދަ ވަރަކަށް މެސެޖުކުރީމޭ…އެންމެ މެސެޖަކަށްވެސް ޝަހާ ރިޕްލައިއެއް ނުކުރޭ” އިކުރާމް ޝަހާއަށް ބުނެލިއެވެ. “އާނިމް ކައިރި ހުއްޓާ ކިހިނެއްތަ ޝަހާއަށް އިކޫގެ މެސެޖުަތަކަށް ރިޕްލައިކުރާނީ…އެހެންނޫނަސް އަބަދުވެސް އިކޫ ކައިރި ޝަހާ ބުނަމެއްނު ޝަހާ އިކޫ ނޫން މީހަކުދެކެ ލޯތްބެއްނުވެޔޭ…އާނިމާ ގުޅުނީ އިކޫ ބުނެގެންނު…އޭނަ އަށް ހެސްކިޔާފަ ރުފިޔާ ލިބޭތީ އޭނަ ފެލަންވެގެންނު…އިކޫއަށް ހަނދާން ކޮށްދެން އަނެއްކާވެސް އާނިމު ޝަހާއަށްދޭ ހުރިހާ ރުފިޔާތަކެއް ޝަހާ ހަމަ އިކޫއަށްވެސް ދެމެއްނު….އާނިމަކީ އަންހެން ހިތި މީހަކަސް، ޝަހާއަށް އޭނަ ހުންނަނީ ވަރަށް ކެޓިފަ…ޝަހާ ބޭނުންވާ ކަމެއް އާނިމްގެ ފަރާތުންވޭ..އެއީ ވެސް އަހަރެމެންގެ ޕްލޭނަށް ލިބުނު ކިހާބޮޑު ފަސޭހައެއް…..” ޝަހާ ސިއްރުން އިކުރާމަށް ބުނެލިއެވެ “އެއީ އޭ އިކޫ އެންމެ ޖެހިލުންވާ ކަމަކީ…އާނިމަކީ ޝަހާގެ ކުރިން ގެންގުޅުނު އެއްވެސް އަންހެނަކާއެކު ހަފްތާއަކުވެސް އެކުގަ އުޅުނު މީހެއްނޫން…އެކަމަކު ޝަހާއާ އެކު އޭނަ ހާދަ ގިނަދުވަހު އެބައުޅެއޭ..އާނިމް ޝަހާދެކެ ވަރަށް ލޯބިވާހެން އަހަންނަށް ހީވަނީ…އޭނަ މީގެކުރިން ގެންގުޅުނު އެއްވެސް އަންހެނަކަށް ޝަހާއަށް ކުރާވަރަށް ޚަރަދުވެސް އޭނަ ނުކުރޭ އެކަމާ އިކޫ ވަރަށް ޖެހިލުންވޭ” އިކުރާމް އޭނާގެ ހިތުގައިވާ އެތި ބޭރުކޮށްލިއެވެ. “ޝަހާދެކެ ލޯބިވަނީ އާނިމެއްނު…ޝަހާއެއް ނުވެޔޭ އާނިމްދެކެ އެއްވެސް ވަރަކަށް ލޯތްބެއް ޔަގީންކޮށްބަލަ..އެހެންނޫންނަމަ ކީއްކުރަން ޝަހާ އިކޫއާއެކު އުޅެންވީކީ….އަނެއްކާ ކުރިންވެސް ބުނިންދޯ ޝަހާ އާނިމާއެކު ލޯބިން އުޅުނަސް އެއީ ހުސް ގޭމޭ…ދެންދޭ އާނިމް ނުނިކުންނަނީސް” ޝަހާ އެހެންބުނުމުން، ހިތާ ދެކޮޅަށްނަމަވެސް އިކުރާމް އެކޮޓަރިތެރެއިން ނިކުތެވެ
އެންމެންވެސް ފެންވަރާ ތައްޔާރުވެގެން ސައިބޯން ރެސްޓޯރެންޓަށް ވަނެވެ…އާނިމުގެ ޚަރަދުަގައި ސައިބޮއެ އެމީހުން ނިންމާލުމަށްފަހު އެނބުރި ގެސްޓުހައުސްއާ ދިމާލަށް . އެންމެންވެސް މިސްރާބުޖެހިއެވެ. “އަދި މިރަށަށް އައިފަހުން މިރަށް ބަލައިވެސް ނުލެވޭ ހިނގާބަ ރަށުތެރެ ބަލައިލަން” ޝަހާ ހިނގަމުންދިޔަ އެންމެނަށް ބުނެލިއެވެ.ޝަހާގެ އެބަހަށް ގެސްޓުހައުސްއަށް ވަންނަންދިޔަ އެންމެންގެ މިސްރާބު އެހެންދިމާލަކަށް ބަދަލުކޮށްލިއެވެ.މަޑު ހިނގުމުގައި ރަށުތެރެ ބަލަމުން އެންމެންވެސް ދިިިޔައެވެ.އެރަށަކީ އާބާދީ މަދު ރަށެއްކަމުން، މަގުތަކުން މީހަކު ފެންނަނީ ހާލަކުން ފަހަރަކުއެވެ.މުޅި ރަށުގައިވެސް ވިޔަފާރިކުރެވޭ ގޮތަށް ހުރީ އާދައިގެ ދެތިން ފިހާރައެކެވެ.ކަންމިހެން އޮތަސް އެރަށަކީ ގުދުރަތީ ރީތިކަމުން މުއްސަނދި ރަށެކެވެ.ފަތުރުވެރިންގެ މެދުގައިވެސް އަދި ދަތުރުވެރިންގެ މެދުގައިވެސް އެރަށް އެހާ ހާއްސަވާ ސަބަބަކީ އެޔެވެ
**************
ހިނގަަމުންދިޔަ އެންމެންވެސްތިބީ ގިނަވަގުތު ހިނގުމުގެ ސަބަބުން ވަރުބަލިވެފައެވެ.އެހެންކަމުން އެމީހުން ތިބި ހިސާބާ މާދުރުނޫން ފިހާރައަކުން ކަރު ތެންމާލުމުގެ ގޮތުން ފިނި އެއްޗެއް ގަނެގެން އެންމެންވެސް މިސްރާބުޖެހީ ކައިރީގައި ހުރި ހޮޅުއަށްޓާ ދިމާލަށެެވެ.ހައްމާދުގެ ޚަރަދުގައި ގަތް ދަޅުތައް ކަނޑާލުމަށްފަހު، އެންމެންވެންވެސް އޭގެން ކޯވަރެއް ބޯލިއެވެ.އަދި ހޮޅުއަށީގައި ރަނގަޅަށް އިށީންދެލިއެވެ. “ނެތްތައް ފެގެއް؟” އިކުރާމް އެންމެނަށް އަހާލިއެެވެ.އެއާއެކު އާނިމް އޭނާ ލައިގެން ހުރި ސޯޓު ޖީބުން ސިނގިރޭޓު ފޮށްޓެއް ނެގުމަށްފަހު އިކުރާމަށް ދިއްކޮށްލިއެވެ.އެއާއެކު އެތާތިބި އެންމެންވެސް އެފޮށިން ސިނގިރޭޓެއް ނެގުމަށްފަހު ތުނބުގައި ޖައްސާލުމަށްފަހު ރޯކޮށްލިއެވެ
ދަޅާއި ސިނގިރޭޓު ބޮއެ ނިމި، ވަރުބަލިވެސް ފިލައިފާ ވުމުން އެންމެންވެސް އެނބުރި ގެސްޓުހައުސްއާ ދިމާލަށް މިސްރާބުޖެހިއެވެ. ‘އަހަރެން ބޭނުންވަނީ މިއަދު ފުލްބޮޑީ މަސާޖެއް ކޮށްލަން” ހިނގަމުންދިޔަ ޝަޙާ ބުނެލިއެވެ. “އޯ އަހަރެންވެސް ވަރަށް ބޭނުންވޭ” ޝަހާގެ ވާހަކަތަކަށް އިކުރާމްވެސް ތާްއީދުކުރިއެވެ. “އޯކޭ ބޭބީ ބޭނުންގޮތެއް…އެޕޮއިންޓުމެންޓު ހައްދާ” އާނިމް ބުނެލިއެވެ. “ދެން ބޭބީ މަސާޖެއް ނުކުރާނަންތަ؟’ ޝަހާ އާނިމަށް ބުނެލިއެވެ. “އާނ…މިޙާރުވެސް ތިކަހަލަ ސްޕާތަކަށް ވަރަށް ވަދެވިފަ ވަނީ…ސޯ މިފަހަރު ނޯ ސްޕާ ފޮ މީ” އާނިމް ބުނެލިއެވެ
ކޮްޓަރިއަށް ވަތްގޮތަށް ޝަހާ ކޮޓަރީގައި އިން ފޯނުން ކައުންޓަރަށް ގުޅާލިއެވެ.އަދި ސްޕާގެ ޚިދުމަތްދޭ ގަނޑިތަކާ، އޭނާ ބޭނުންވާ މަސާޖުގެ އަގުތައް އަހާ އޮޅުންފިލުވިއެވެ. “ކިހިނެއްވީ؟” ފޯނު ބޭއްވުމަށްފަހު އާނިމް ގާތު ޝަހާ އެނދުގައި އިށީނުމުން އާނިމް އެހިއެވެ. ސްޕާގެ ޚިދުމަތްދެނީ މެންދުރު ދެއަކުން އިރުއޮއްސި 7ކަށް…ޝަހާ ބޭނުންވާ ފުލްބޮޑީގެ ޚިދުމަތްވެސް ދޭ ” އެކަމަކު…ވަރަށް އަގުބޮޑު” ޝަހާ ދެރަވާކަމަށް ހަދަމުން ބުނެލިއެވެ. “އިޓްސް އޯކޭ ބޭބީ ހެޕީވަންޏާ ކިތަންމެ އަގުބޮޑަށް އާނިމަށް އޯކޭ” އާނިމް ބުނެލިއެވެ. އާނިމް އެހެންބުނުމުން ޝަހާގެ ތުންފަތްމައްޗަށް ހިނިތުންވުން ވެރިވިއެވެ. “އެކަމް އައި ވޯންޓު ޑަބަލް ސޯވިސް..ސޯ ޑަބަލް ޕޭމަންޓު ބޭނުންވާނެ” ޝަހާ ބުނެލިއެވެ. “ކީއްކުރަން ޑަބަލް…އައި ޑޯންޓް ވޯންޓް އިނގޭ ކުރިންވެސް ބުނީމެއްނު” އާނިމް ބުނެލިއެވެ. “ނޯ ނޮްޓް ފޮ ޔޫ..އެއީ ދެން ހަމަ ޝަހާއަށޭ…ޕޭކުރެވޭނެތަ ނޫނީ ނުވާނެތަ؟” ޝަހާ ހިތްހަމަނުޖެހިއްޖެކަން އޭނާ ވާހަކަދެއްކިގޮތުން އާނިމަށް އިހުސާސްވިއެވެ.އެހެންކަމުން ޝަހާ ބޭނުންވާ ވަރަށް ފައިސާ އާނިމް އޭނާއަށް ދިނެވެ
ފައިސާ ލިބުމުން އެޕޮއިންޓުމަންޓު ހައްދަން ޝަހާ ކައުންޓަރާ ދިމާލަށް ދިޔައެވެ.އަދި މަސާޖުގެ ޚިދުމަތް ބޭނުންވާ މީހުންގެ ނަމުގައި އޭނާގެ ނަމާއި އިކުރާމްގެ ނަން ދިނެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





