ފާހިޝް އަމަލު ހިންގުމަށް ހާއްސަކޮށްފައިވާ ނާސިގޭގެ ހުރިހާ ސާމާނަކާއި ލާން ބޭނުންކުރާ އެކި ވައްތަރުގެ އަންނައުނުތައް އާނިމުމެނަށް އަންހެންކުއްޖާ ދައްކާލިއެވެ.
އެންޖޯއީ ކޮށްދޭ ބޭފުޅުންގެ ވަނަވަރާ ފޮޓޯތައް ބަލަން ބޭނުންވޭތޯ؟” މުޅިތަން ދައްކާ ނިމުމުން އާނިމުމެން ގާތު އަންހެންކުއްޖާ އެހިއެވެ. “އާނ ދެން ހުރިހާ ތަނެއް ދެއްކީމަ ތިމީހުންވެސް ވާނީ ބަލާލަން” އިކުރާމު ބުނެލިއެވެ. އިކުރާމް އެހެންބުނުމުން އަންހެންކުއްޖާ ހިނގައިގަތީ އެ ނައިޓް ކުލަބްއިން ނިކުންނާށެވެ.އެތަނުން ނިކުމެ ކޮރިޑޯގެ ވާތު ފަޅީގެ އެންމެ އެތެރެ ކޮޓަރިއަށް އަންހެންކުއްޖާ ވަނެވެ.އެދޮރަކީވެސް އެއްވެސް ނަންބަރެއް ޖަހާފަ ހުރި ދޮރެއް ނޫނެވެ
ތަޅަށް ތަޅުދަނޑި ޖެހުމަށްފަހު، އަންހެންކުއްޖާ އެތަނަށް ވަނުމުން އޭނާގެ ފަހަތުން އާނިމުމެންެވެސް ވަނެވެ. އޮފީހެއް ފަދައިން ހަދާފައިވާ އެކޮޓަރީގެ އޮފީސް މޭޒާ ދިމާލަށް އަންހެންކުއްޖާ ގޮސް، އޮފީސް މޭޒުގެ ދަމާ ވަތްގަނޑު ހުޅުވާލިއެވެ.އަދި އޭގައިވާ ފައިލެއް ނެގުމަށްފަހު، އާނިމުމެނަށް ދައްކާލިއެވެ.އެފައިލުގައި ވަނީ ހަށިވިއްކާ އަންހެން އަދި ފިރިހެން ދެޖިންސުގެ މީހުންެގެ ލިސްޓެކެވެެ.ހަރުފުރައިގެ މީހުންނާއި ޒުވާނުންގެ މައުލޫމާތެވެ.އެމީހުންގެ އުމުރާެއި ފޯނުނަންބަރުގެ އިތުރުން، އެމީހުން ހަށިވިއްކައިދޭ އަގުތައް ފަދަ މައުލޫމާތުތައް އެފައިލުގައި ވެއެވެ.
ތިބޭފުޅުން ބޭނުންނަަަމަ މި ލިސްޓުގައިވާ މީހުންގެ ފޮޓޯވެސް ދައްކާލެވޭނެ” އަންހެންކުއްޖާ އެހެންބުނުމުން ލިސްޓު ބަލައިލުމަށްފަހު، އޭގައި އިން އުމުރު 19 އަހަރުގެ އަންހެންކުއްޖެއްގެ ފޮޓޯ ދެއްކުމަށް އިކުރާމް އެދުނެވެ.އެވަގުތު ދަމާ ވަތްގަނޑު ހުޅުވާލުމަށްފަހު އޭގެތެރެއިން ފޯނެއް އަންެހެންކުއްޖާ ނެގިއެވެ.އަދި ފޯނު ހާވާލުމަށްފަހު، އިކުރާމު އެދުނު އަންހެންކުއްޖާގެ ފޮޓޯ ދައްކާލިއެވެ.އެގޮތަށް ދެތިން މީހެއްގެ ފޮޓޯ ބަލާލުމަށްފަހު، މީހަކު ބޭނުންނަމަ އަންގާނަން ކަމުގައި އާނިމުމެން ބުނެލިއެވެ.
ހުރިހާ ތަނެއްވެސް ދައްކާ ނިމުމުން، އަންހެންކުއްޖާ އެނބުރި ކައުންޓަރަށް ދާން ނިކުންނަން އުޅެފައިވެސް ހުއްޓިލިއެވެްެ. “ތީ ބޮސްގެ އެކުވެރިން ތަކަކަށް ވާތީ ބޮސްއަށް ގެއްލުމެއް ނުދޭނެކަން އެނގޭ…އެކަމަކުވެސް އަޅުގަނޑު ބުނެލަން ބޭނުންވޭ…މިތަނުގެ އެއްވެސް ވާހަކައެއް އިތުބާރު ނުހިފޭ މީހުން ކައިރި ނުދެއްކުމަށް…އަދި މިތަނުން ބޭރަށް ދާން ޖެހުނަސް ހަނދާންކޮށް އަޅުގަނޑުމެނަށް އަންގާލަދެއްވާތި އޭރަށް މިތަން ތަޅުލަން އިނގޭނީ…ދެން ބޭރަށް ދާއިރުވެސް އަދި މިތަނަށް ވަންަނަ ވަގުތުތަކުގަވެސް ވަރަށް ބަަަލައިގެން އުޅުއްވައްޗެ މީހަކަށް ނުފެނި…މީ މިތަނަށް ޚިދުމަތް ހޯދަން އަންނަ ކޮންމެ ބޭފުޅަކު ގާތުގައިވެސް އަޅުގަނޑު ބުނެލާ އެއްޗަކަށްވާތީ ތިބޭފުޅުންގާތުގަވެސް ބުނެލީ” އަންހެންކުއްޖާ ބުނެލިއެވެ. “މަންޖެ ހާސްނުވޭ މިތަނުގެ ވާހަކައެއް އަހަރެމެންގެ އަނގައިން ބޭރެއްނުވާނެ” ހައްމާދު ބުނެލިއެވެއަންހެންކުއްޖާ ދިއުމުން، އާނިމާއި ދެންތިބިމީހުން އެމީހެއްގެ ކޮޓަރިއަށް ވަނެވެ.
ކާޑަށް ރުފިޔާ އަޅަން ދާންވީ…މަދެކުނިން މިގެސްޓުހައުސްއަށް އައިއިރު އޭޓީއެމެއް…އަބަދު ކާން އެއްޗެހި ގަންނަން ބޭރަށް ދާންވެއްޖިޔާ މީހުންގެ ލޮލުގަ އަޅާނީ…އާނ އެހެންޏަ ސްޓޯރޭޖު ރޫމެއްގަ އަހަރެެމެން އުޅޭހެންނު އެހެންމީހުންނަށް ހީވާނީ…ކާޑަށް ރުފިޔާ އެޅީމަ ބަނޑުހައިވިއަސް މިތާ އިން ފުރިޖުން ގަނެވޭނެއެއްނު” ކޮޓަރިއަށް ވަތް އާނިމް ސޯފާގައި އިށީންދެލަމުން ޝަހާއަށް ބުނެލިއެވެ.އާނިމްގެ އެބަހަށް ޝަހާވެސް ތާއީދުކުރިއެވެ. “އެކަމް ހުރިހާ ރުފިޔާ ކާޑަށް އެޅީމަ ކޭޝްކޮށް ތަނަކަށް ރުފިޔާ ދައްކަންޖެހިއްޖެޔާ އަނެއްކާ ޖެހޭނީ އޭޓީއެމަކަށްނު ރުފިޔާ ނަގަންދާކަށްނު” ޝަހާ ބުނެލިއެވެ. “ހުރިހާ ރުފިޔާއެއް ނޫނޭ އަޅާނީ ފުރިޖުން ކާއެއްޗެހި ގަނެގެން ކާން ބޭނުން ކުރެވޭ ވަރަށް ރުފިޔާ ކާޑަށް އަޅާނީ” އާނިމްު ބުނެލިއެވެ
**************
މެންދުރުވުމުން އާނިމްގެ ޚަރަދުގައި ގެސްޓުހައުސްގެ މަތީ ފުލޯގައި އިން ރެސްޓޯރަންޓަށް ކާންދާން އެންމެން އުޅުނެވެ. “ކައުންޓަރުގަ އިން ކުއްޖާއަށް އަންގަންޖެހޭނެ އެއްނު އަހަރެމެން ބޭރަށްދާ ވާހަކަ ….އޭނަ ބުންޏެއްނު ބޭރަށް ދަންޏާ ބުނައްޗޭ އޭނަ މިތަން ތަޅުލަން އަންނާނަމޭް…ތަޅުނުލާ ހުއްޓާ މިގެސްޓުހައުސްގަ އުޅޭމީހަކު ތަންތަން ބަލަމުން ހާވަމުންގޮސްު މިތަނަށްވެސް ވަދެދާނެ…އަހަރުން މިތާ ތިއްބާ މިތަން ބަސްޓުވެއްޖެނަމަ، އަހަރެމެން އެންމެން އުފުރާލާނެ” ހައްމާދު ބުނެލިއެވ. “އާން އަންހެންކުއްޖާއަށް ގުޅާ މަ އެބަޖެހޭ އަދި އޭޓިީއެމަށްވެސް ޖައްސާލަން…ތިމީހުން އަރާ ރެސްޓޯރެންޓަށް އަރާފަ އޯޑަރުދީ…މަ މި އަންނަނީ އޭޓީއެމަށް ގޮއްސަ…އެހެންނޫނީ ހަނދާން ނެތިދާނެ..އޭރަށް ޖެހޭނީ އަނެއްކާ ބޭރަށް ދާން…އަބަދު ބޭރަށް ނިކުތުންވެސް މާކަ ރަނގަޅެއްނުވާނެ…ސިއްރުން އުޅޭއިރު”އާނިމް އެހެންބުނެ އެތަނުން ނިކުންނަން ހިނގައިގަތެވެ
*************
އާނިމާ އޭނާގެ ރަހުމަތްތެރިން ދަތުރު މަޖާ ނަގަމުން ދިޔައިރު، ޚަދީޖާ ކޮޓަރިން ނުނިކުމެވިގެން އެކަމާ ކަރުނައަޅާ ހިތާމަކުރަމުންދިޔައެެވެ.ރޮއެރޮއެގޮސް ޚަދީޖާގެ ދެލޯ ދުޅަވެއްޖެއެވެ.އެހީއަށް އެދި މީހަކަށް ގޮވާ ގޮވާ ކަރަށްވެސް ތަދުވާން ފަށައިފިއެވެ.ނަމަވެސް އަދިވެސްއެތަނުން ނިކުމެވޭނެ އެއްވެސް ގޮތެއް އޭނާއަކަށް ނުވެއެވެެ.ހެނދުނުވެ ގޮސް މެންދުރު ވަގުތުވުމުން، މެންދުރު ނަމާދުކުރަން ވުޟޫކުރަން ފާޙަނައަށް ޚަދީޖާ ވަނެވެ.ފާހަނައަށް ވަތް ޚަދީޖާއަށް ފާހަނައިގައި އިން ފެންލައިޓު ފެނުމުން އަނެއްކާވެސް އެހީއަށް އެދި އޭނާ ހަޅޭއްލަވަންފެށިއެވެ.ނަމަވެސް މިފަހަރުވެސް ވީ ހަމަ އެހެންފަހަރުތަކެކޭ އެއްގޮތެވެ.އޭނާއަށް އެހީވެދޭނެ އެކަކުވެސް ނައެވެ…
ޚަދީޖާ ވުޟޫކޮށްލައިގެން ނިކުމެ ނަމާދުކޮށްލިއެވެ.އެތަނުން އޭނާ ސަލާމަތްކޮށްދެއްވާތޯ ﷲ ގެ ހަޟްރަތުގައި ދުޢާ ކުރިއެވެ.މެންދުރު ނަމާދުކޮށް ނިމި އެނދުގައި ޚަދީޖާ ޖައްސާލިއެެވެ.މިގަނޑިއަކީ އޭނާ އާންމުކޮށް މެންދުރަށް ކާ ވަގުތުކަމުން ބަނޑުހައިވާ ކަމުގެ އިހުސާސް ޚަދީޖާއަށް ކުރެވެންފެށިއެވެ.ނަމަވެސް ބަނޑުހައިވިއަސް ކާނެ އެއްވެސް އެއްޗެއް އެކޮޓަރިތެރެއަކު ނެތެވެ.އެހެންކަމުން ބަނޑުހައިހޫނުކަން ގަދައަށް އިހުސާސްކުރެވުމުން، ކޮޓަރިތެރޭގައި އިން ފެންފުޅިން ފެންފޮދެއް ބޯލިއެވެ.ބަނޑުހައިވާ ކޮންމެފަހަރަކު ފެންފޮދެއް ބޯލައިގެން ކެތްތެރިކަމާއެކު ޚަދީޖާ އިނެވެ.އެގޮތުގައި ހަވީރުވެ އިރުއޮއްސުނެވެ.ޚަދީޖާ ވަނީ އިންތިހާއަށް ބަނޑުހައިވެފައެވެ.އެހެންނަމަވެސް ފެންފޮދަކުން ފުއްދައިލައިގެން ހުރުން ނޫންގޮތެއް އޭނާއަކަށް ނެތެެވެ.ކިތަންމެ ބަނޑުހައިވެ ވަރުބަލިވެފައި ވީނަމަވެސް ބަންގީގެ އަޑު އިވޭއިރަށް ޚަދީޖާ ނަމާދަށް އަވަސްވެގަނެއެވެ.އެހަތަރުފާރު އެތެރޭގައި ޚަދީޖާއަށް ލިބޭ ހަމައެކަނި ހިތްހަމަޖެހުމަކީ އެޔެެވެ.ނަމާދެވެ.ގުރުއާން ކިޔެވުމެވެ.ނޫނީ ޒިކުރުކުރުމެވެ.
************
ވަގުތުތައް ހިނގަމުންގޮސް ރޭގަނޑު އިޝާ ނަމާދަށްވެސް ގޮވައިފިއެވެ. ގައިން ވަރުދޫކުރާވަރުން، ފެންވަރައިލައިގެން ޚަދީޖާ ނިކުމެ ނަމާދުކުރިއެވެ.ކާނެ އެއްވެސް އެއްޗެއް ނެތުމާއެކު ނަމާދުކޮށް ނިމުނުގޮތަށް ޚަދީޖާ އަވަސްވެގަތީ ނިދޭތޯއެވެ.ހޭލާ ހުންނަން ވެއްޖެނަމަ ހައްތަަހާ ބަނޑުހައިހޫނުކަން ތަހައްމަލުަު ކުރަން ޖެހޭނެތީއެވެ. އެނދުގައި އޮށޯވެލި ޚަދީޖާއަށް ނިދަން އުޅެއުޅެ ނިދޭގޮތެއް ނުވިއެވެ.ބަނޑުހައިވެފައިވާ ވަރުންނާއި، އާނިމާ ދޭތެރޭ ވިސްނޭވަރުންނެވެ.އާނިމް އެންމެ ފުރަތަމަ ދުނިޔެއަށް އުފަންވި ދުވަހުން ފެށިގެން އެންމެ ފަހާޖެހެންދެން އާނިމް އުޅުނުގޮތްތަކުގެ ހަނދާން އޭނާއަށް ވާންފެށިއެވެ.އެއާއެކު އަނެއްކާވެސް ޚަދީޖާގެ ދެލޯ ކަރުނައިން ތެންމާލިއެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





