Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަަދުވެރިޔާ (14)

lamhus Level 910 Stories100 Login500 Login100 Stories100 Comments
October 4, 2022 3 Mins Read
0 Comments

އަދި އެބަހުރި ތިބޭފުޅުންނަށް ދައްކާލަންޖެހޭ ތަންތަން”  އެންމެންވެސް ފުރިޖުން ދަޅު ލިބުމުން، ދަޅު ކަނޑާލުމަށްފަހު ބޯން ފެށި ވަގުތު އަންހެންކުއްޖާ ބުނެލިއެވެ

ކޮރިޑޯގެ އެއްފަޅީގައި އިން ކޮޓަރީއެއްގެ ދޮރާ ދިމާލަށް އަންހެންކުއްޖާ ގޮސް ހުއްޓުނެވެ.އެދޮރުގައި އެހެންދޮރުތައް ފަދައިން ނަންބަރެއް ޖަހާފައި ނެތުމުން، އެންމެންވެސް ތިބީ އަންހެންކުއްޖާ ދައްކަން އުޅޭތަން ބަލަން ކެތްމަދުވެފައެވެ.    “މީ ސްޕާގެ ޚިދުމަތްދޭ ކޮޓަރި…ސްޕާެ ޚިދުމަތް ބޭނުންނަމަ ޖެހޭނީ ވަކިން ރެޖިސްޓާ ވެލަން…އަޅުގަނޑުމެންގެ ތެރަޕިސްޓުންގެ ތެރެއިން އެބޭފުޅަކު ބޭނުން ތެރަޕިސްޓެއް ޗޫސްކުރުމުގެ އިޚްތިޔާރު ކޮންމެ ބޭފުޅަކަށްވެސް ލިބިގެންވޭ”  ސްޕާ ކޮޓަރި ދައްކާލަމުން އަންހެންކުއްޖާ ބުނެލިއެވެ. “ވާވް މަސާޖެއް ކޮށްލަންވީދޯ”   އިކުރާމް ބުނެލިއެވެ.

ކިހިނެއް ރެޖިސްޓާރ ވާން ހަދަންޖެހޭނީ؟” އާނިމް އަހާލިއެވެ.  “ކޮޓަރިތަކުގަ އިންނާނެ ކައުންޓަރާ ގުޅާލެވޭ ގޮތަށް ފޯނެއް ބަހައްޓާފަ..ފޯނު ބަހައްޓާފަ ހުރި ދިމާ ފާރުގަ ހުންނާނެ ކައުންޓަރާ ގުޅޭނެ ނަންބަރުތައް…ފޯނުންވެސް ހަމަޖެއްސެވޭނެ…އެކަމަކު ފޯނުން ނަމަ ޖެހޭނީ ޓްރާންސްފާރ ކޮށްލަން…ނޫނީ ކައުންޓަރަށް ދުރުވެލައިގެންވެސް އެޕޮއިންޓްމެންޓު ހައްދާލެވޭނެ…އަޅުގަނޑުމެންގެ ތެރަޕިސްޓުން ވޯކު ކުރާ ޓައިމުތަކުން  ތިބޭފުޅުން ބޭނުންވާ ޓައިމަކަށް ތެރަޕިސްޓުންު ހަމަޖެހެވޭނެ”  އަންހެންކުއްޖާ ކިޔައިދިނެވެ

އަންހެންކުއްޖާގެ ވާހަކަތައް އަޑުއަހަން ހުރުމަށްފަހު، އާނިމުމެން އަނެއްކާވެސް އެތަނުގެ އެތެރެއަށް ބަލައިލިއެވެ.ސްޕާ ޚިދުމަތްދޭ ތަނަކަށް ބޭނުންވާނެ ހުރިހާ ޢާލާތްތަކަކާއި ވަސީލަތްތަކެއް އެކޮޓަރިތެރެއިން ފެންނަން ހުއްޓެވެ. “މި ގެސްޓު ހައުސްއަށް އަންނަ ކޮންމެ މީހަކުވެސް ސްޕާގެ ޚިދުމަތް ހޯދަން ޖެހޭނީ މިތަނަށްތަ އަންނަން؟” އިކުރާމް އޭނާގެ ހިތުގައިވާ ސުވާލުކޮށްލިއެވެ. “ނޫނޭ ކޮންމެ ފުލޯއަކު އިންނާނެ ސްޕާ ޚިދުމަތްދޭގޮތަށް ރޫމްސްތައް ތައްޔާރުކޮށްފަ….މީ ކުރިންވެސް ބުނިހެން ސްޕެޝަލް ސައިޑުވީމަ މިތަން އިންނަކަމެއް އެއްވެސް ބަޔަކަށް ނޭނގޭނެ ގާތް މީހުން ފިޔަވައ ގިނަ މީހުން ހީކުރާނީ މިއީ ދޮރުގަ ޖަހާފަ އިންގޮތަށް ސްޓޯރޭޖުރޫމެއް ކަމަށްި….މިއިމާރާތުގެ ގުރައުންޑް އެންޑް ފަސްޓު ފުލޯގަ ހުންނާނީ ރޫމްސްތައް..އެކޮޓަރިތަކުންވެސް މިތަނުގެ ކޮޓަރިތަކުންަ ލިބޭ ހުރިހާ ޚިދުމަތްތަކެއްވެސްް ލިބޭނެ…ދެން ސެކަންޑް ފުލޯ އެއީ ރެސްޓޯރެންޓެއް މެންދަމު އެކެއް ޖަހަންދެން ރެސްޓޯރެންޓުގެ ޚިދުމަތް ދޭނެ…..މިތަން އަސްލު ސްޕެޝަލްވީ ސަބަބު ދައްކާލަން މިކޮޅަށް ދުރުވެލާ”  އެހެންބުނެ ކޮރިޑޯގެ އެންމެ ބިއްދޮށުގައި ހުރި ދޮރަކާ ދިމާލަށް އަންހެންކުއްޖާ ދިޔައެވެ. އެތަނުގެ ދޮރު އެހެން ދޮރުތަކަށްވުރެ ފުޅަލެވެ.އެދޮރުގައިވެސް ނަންބަރެއް ޖަހާފައި ނެތުމުން، މިފަހަރުވެސް އާނިމްމެން ތިބީ އެތަން ބަލަން ކެތްމަދުވެފައެވެ.

އަތުގައިވާ ތަޅުދަނޑި ފަތިން ތަޅުލައިފައިވާ އެދޮރު އަންހެންކުއްޖާ ހުޅުވާލިއެވެ.އެއާއެކު އެތާނގެ އެތެރެ އާނިމުމެނަށް ފެނިގެންދިޔައެވެ.ތަނަވަސް ބޮޑު އެތަން ހީވަނީ ހޯލެއް ހެނެވެ.މެދުގައި ސްޓޭޖެއް ހުރިއިރު، ސްޓޭޖުމަތީގައި ލައިވްކޮށް ލަވަކިޔޭނެގޮތަށް، މިއުޒިކުގެ ހުރިހާ އާލާތްތަކެއްގެ އިތުރުން ސްޕީކަރުތަކެއް ހުރިއިރު ސްޓޭޖާ ދިމާލުން ބޮޑު ހުސްޖާގައެއް ހުއްޓެވެ.އަދި އެހޯލުގެ އެއްފަޅީގައި ކެއުން ބުއިމުގެ ޚިދުމަތްދޭގޮތަށް ކުޑަ ކައުންޓަރެއް ހަދާފައިވާއިރު، ކައުންޓަރު ކައިރީގައި އިށީންދެވޭގޮތަށް ގޮނޑިތަކެއް ހުއްޓެވެ.އަދި އޭގެ އިތުރުންވެސް އެކައުންޓަރާ ދިމާލުގައި މޭޒުތަކަކާއި ގޮނޑިތަކެއް އަތުރާފައި ހުއްޓެވެ.ކައުންޓަރުގެ ބިއްދޮށުގައި ބިއްލޫރި ދޮރުތަކެއް ލާފައިހުރި ހަރުތަކެއް ހުރިއިރު، އެހަރުތަކުގައިވަނީ އެކި ވައްތަރުގެ ބަނގުރާ ފުޅިތަކާއި، އެނޫންވެސް ބޯންބޭނުންކުރާ އެކިކަހަލަ ބިއްލޫރި ޖޫސްފުޅިތަކުން ފުރާފައެވެ.އެތަނަށް ބަލައިލުމާއެކު އެއީ ބާއެއްކަން އެމީހުންނަށް ވަގުތުން އެނގުނެވެ.އެއާއެކު އެންމެންގެ މޫނުމަތިންވެސް ފެނިގެންދިޔައީ އުފާވެރިކަމެވެެ

.ވާ ގަދަ އިނގޭ…އެހެންވެ ދޯ މާ ސިއްރު ތަނެއްގަ މިތަން މިއިނީ  ހައްމާދު އުފަލުން ހުރެ އަންހެންކުއްޖާއަށް ބުނެލިއެވެ. “ލައްބަ ކުރިންވެސް ބުނިހެން ސޭފްޓީއަށްޓަކާ…..މިތާނގަ ލަވަކިޔޭނެ އަދި ލައިވް މިއުޒިކު ޝޯތަކުގެ ޚިދުމަތް ވެސް އަޅުގަނޑުމެން ދެން…މިތާނގެ ޚިދުމަތް އާންމުކޮށް ފަށަނީ މެންދަމު 12 އިން ފަތިހު ހަތަރަކަށް…ޕޯފަމެންސް ހުށަހަޅައިދޭން ބޭފުޅުން އަންނާނެ ތިބޭފުޅުން ބޭނުންވާ ވަގުތަކަށް މިތަނުގެ ޚިދުމަތްދޭ ގަނޑިތަކުން” އަންހެންކުއްޖާ ކިޔައިދިނެވެ.

މުޖޫ އެއީ ގަދަ ގޮލައެއް…އަހަރުން އޭނަ ކައިރިބުނީ އަހަރެމެން އެންޖޯއީކޮށް ފާޓީކުރަން ފަސޭހަތަނެއް ހޯދަދޭށޭ އެކަމަކު އޭނަ މިހޯދަދިނީ އެކަމުގެ ޚިދުމަތްދޭ ތަނެއް…ކަލޭމެން އެއްވެސް  މީހެއްގާތު މުޖޫ މިތަނުގެ ވާހަކަބުނިތަ؟” އާނިމް އަހާލިއެވެ “ނުބުނެޭެ ބުނިނަމަ މަ އަންނާނެތަެ ރާފުޅި ހިފައިގެން އެލިބޭކަން މިތަނުން އެނގެންޏާ” ހައްމާދު ބުނެލިއެވެ  “ތިވާނީ ސަޕްރައިޒެއް ދިނީކަމަށް….ސަޅި ސަޕްރައިޒަކަށް ވިޔަސް” އިކުރާމް ހަމަޖެލިލާފައި ބުނެލިއެވެ

މިތަނަކީ ސައުންޑް ޕުރޫފް ތަނަކަށްވެފައި މިތަން އިންނަގޮތުން، މިތަނުގަ ކިތަންމެ ގަދައަށް މިއުޒިކު ޖެހިއަސް މިގެސްޓްހައުސްގެ އެއްވެސް މީހަކަށް އަޑެއް ނީވޭނެ…ސޯ ލަވަޖަހައިގެން މީހަކަށް އުދަނގޫވެދާނެތީ ކަންބޮޑުވާކަށް ނުޖެހޭނެ…ސްޕާގެ ޚިދުމަތް ހޯދަން ވަކިން ޕޭކުރާގޮތަށް، ބާގެ ޚިދުމަތް ބޭނުންނަމަވެސް ޖެހޭނީ ވަކިން ޕޭކުރަން…ލައިވް މިއުޒިކު ކުޅެން މިއުޒިކު ބޭންޑެއް ބޭނުންނަމަ އެމީހުން ގެންނަންވެސް އެކްސްޓްރާ ޕޭމަންޓު އިންނާނެ…ދެން މިތާ އެންޖޯއީ ކުރާއިރު ތިބޭފުޅުން އެކަނިވެސް ކުރެވޭނެ…ނޫނީ ގިނަމީހުން ބޭނުންނަމަ ލައިވްޝޯ ޕޯފަމެންސް ކޮށްދޭ މީހުންގެ އިތުރުން މިތަން އެނގޭ އިތުބާރުކުރެވޭ މީހުންވެސް ގެނެވިދާނެ ތިބޭފުޅުން ބޭނުންވަންޏާ ” އަންހެންކުއްޖާ ބުނެލިއެވެ.

މީހުން ގިނަވިވަރަކަށް މަޖާވާނީ ” އަންހެންކުއްޖާގެ ވާހަކަތައް އަޑުއަހަން ހުރުމަށްފަހު އިކުރާމް ބުނެލިއެވެ. “ެއަދި އެބައިން އެއްތަން ދައްކާލަން”  އެހެންބުނެ ހޯލުގެ އެންމެ ބިއްދޮށު ފަޅިއާ ދިމާލަށް އަންހެންކުއްޖާ ދިޔައެވެ. ” މިފަހަރު އަނެއްކާ ކޮންތަނެއް ދައްކަން” ހައްމާދު އަހާލީ އަންހެންކުއްޖާގެ  ފަހަތަުން ދަމުންނެވެ .

މަޑު ހިނގުމެއްގައި ހިނގާލާފައި ގޮސް އަންހެންކުއްޖާ ހުއްޓުނީ ތަޅުލާފައިވާ ދޮރެއްގެ ކުރިމައްޗަށެވެ.އަތުގައިވާ ތަޅުދަނޑިފަތިން ތަޅުހުޅުވާލުމަށްފަހު އެދޮރު އެކުއްޖާ ހުޅުވާލިއެވެ. “މީ އެންޖޯއީ ކުރާ ކޮޓަރިއެއް…ބޭނުންވާ ހުރިހާ ސަމާނެއްގެ އިތުރުން އެބޭފުޅަކުު ލާން ބޭނުންވާ ކޮސްޓިއުމެއް މިތަނުން ލިބޭނެ…ހުރިހާ ކޮސްޓިއުމެއްވެސް ހުންނާނީ ދޮވެ ސާފުކޮށްފަ…މިކޮޓަރިތެރެއަށް ނީވޭނެ މިއުޒިކު އަޑެއް ބާރަށް ލަވަޖަހާފަ ހުއްޓަސް…ސޯ މިއުޒިކު އަޑާހެދި އުދަނގޫވާކަށް ނުޖެހޭނެ” ފާހިޝް އަމަލުކުރެވޭގޮތަށް ހާއްސަކޮށްފައިވާ އެކޮޓަރިތެރެ ދައްކާލަމުން އަންހެންކުއްޖާ ބުނެލިއެވެ. “ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ރޫމުގަވެސް އެންޖޯއީކުރެވޭނެކަން އިނގޭ..އެކަމަކު މިތަން ޚާއްސަވީ އެންޖޯއީ ކުރުމަށް ބޭނުންވާނެ ހުރިހާ ސާމާނެއް މިތަނުން ލިބެންހުރުމާއި އެންޖޯއީ ކޮށްދޭނެ މީހުންވެސް އަޅުގަނޑުމެންގެ ފަރާތުން ހަމަޖައްސައިދެވޭނެ އެމީހުންނަށް ޕޭކުރީމަ …އަދި ބުނެލަން ބޭނުންވޭ މިތަނުގެ ސާމާނު މިތަނުން ބޭރަކަށް ނުގެންދެވޭނެ” އަންހެންކުއްޖާ ކިޔައިދިނެެވެ.. އަންހެންކުއްޖާ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަންހުރި އާނިމުމެންގެ މޫނުމައްަޗަށް މިފަހަރުވެސް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހުޅުދާން ޓްރޭލާ

Next

ތީ އޭ ހަނދަކީ 22

Next
October 4, 2022

ތީ އޭ ހަނދަކީ 22

Previews
October 2, 2022

ހުޅުދާން ޓްރޭލާ



All Right Reserved!