ގެސްޓު ހައުސްއާ ހަމައަށް އާދެވުމުން، އާނިމްމެން އެތަނަށް ވަރަށް ރަނގަޅަށް ބަލައިލިއެެވެ.އެއީ ޒަމާނީ ފެންވަރަކަށް ހަދާފައިވާ ރީތި ތަނެކެވެ.. އެތަނުގެ ރީތިކަން ބޭރުން ބެލިއަސް ހާމަވެއެވެ.ދޮރުމަތީގައި ވަގުތުކޮޅަކު ތަނަށް ބަލަން ތިބެލުމަށްފަހު، އާނިމުމެން އެތެރެއަށް ވަނެވެ.އެތެރެއަށް ވަދެގެންދާ ވަރަކަށް ތަނުގެ ތަނަވަސްކަމާއި ރީތިކަން އާނިމުމެނަށް ފެންނަމުންދިޔައެވެ .
ކައުންޓަރާ އަރާ ހަމަވެލުމުން ހަތަރު ކޮޓަރި ހިފަން ރުފިޔާ ދައްކަން އާނިމްމެންް އުޅުނެވެ.ތަނަކީ ޚިދުމަތްތައްވެސް ފުރިހަމަ ތަނެއްކަމުން،އަގުތައްވެސް ހުރީ ފުދޭވަރަކަށް ބޮޑުކޮށެެވެ.އެންމެން ހިއްސާވެގެން ހަފްތާއަކަށް ވާވަރަށް ހަތަރު ކޮޓަރިއަށް ފައިސާ ދެއްކި ނަމަވެސް، ކުރީ ފަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުވެސް ބޮޑުބައި ދެއްކީ އާނިމެވެ.އެތަނަކީ އެމީހުންގެ ރަހުމަތްެތެރިއެއްގެ ތަނަކަށްވާތީ އެމީހުންނަށް ކޮންމެވެސް ވަރެއްގެ ޑިސްކައުންޓެއް ލިބުނެވެ
ކޮބާ މުޖޫ….އަހަރެމެންގެ ވާހަކަ ބުނިތަ؟…އޭނައަށް އިނގޭނެ އަހަރެމެން…ރަނގަޅުތަނެއް ހޯދެދޭން ބުނީމަ އޭނަ ރެކޮމެންޑު ކުރިތަނެއްމީ” އާނިމް ކައުންޓަރުގައި އިން ކުއްޖާއަށް ބުނެލިއެވެ. “ލައްބަ ބޮސް އަންގާފައިވަނީ ތިބޭފުޅުން އަންނަކަން…އެހެންވީމަ ސްޕެޝަލް ސައިޑުން ރޫމްސްތަކެއް ހުންނާނީ ތިބޭފުޅުންނަށް ހަމަޖައްސަވާފަ..ބޮސް މިވަގުތުވީ މާލެ ގޮއްސަ އާޖެންޓު ކަމެއް ދިމާވެގެންަ” އެތަނަށް އަންނަ މީހުންނަށް ޚިދުމަތްކޮށްދެން ކައުންޓަރުގައި ތިބި ދެ އަންހެންކުދިންގެ ތެރެއިން އެެއްކުއްޖަކު ބުނެލިއެވެ. އާނިމުމެން ފައިސާ ދެއްކުމުން، ތަޅުދަނޑި އެމީހުންނަށް ދޭން އެކުއްޖާ އުޅުނެވެ.ކައުންޓަރުގެ ބިއްދޮށުގައި ހުރި ފާރުގައި ބައިވަރު ތަޅުދަނޑިތައް ހަރުކޮށްފައި ހުރުމުން އެކުއްޖާ އެމީހުންނަށް ތަޅުދަނޑި ދޭނީ އެތަނުން ކަމަށް އާނިމްމެން ހީކުރިއެވެ.އެހެންކަމުން ފާރުގައި ހުރި ތަޅުދަނޑިތަކަށް އާނިމުގެ އިތުރުން ދެންތިބި މީހުންވެސް ބަލައިލިއެެވެ
އާނިމުމެން ބަލަން ތިއްބާ، ކައުންޓަރުގެ ވާތްފަޅީގައި ހުރި ތަޅުލާފައިވާ ކަބަޑުގެ ދޮރުގެ ތަޅުހުޅުވާލުމަށްފަހު، އަންހެންކުއްޖާ އޭގެތެރެއިން ލަކުނޑި ކުޑަ ފޮއްޓެއް ނެގިއެވެ.އޭތިވެސް ހުރީ ތަޅުލާފައި ކަމުން، އެފޮށިވެސް އެކުއްޖާ ހުޅުވާލިއެވެ.އެއާއެކު އޭގެތެރޭގައި ހުރި ތަޅުދަނޑިތައް އާނިމުމެނަށް ފެނިގެން ދިޔައެވެ.ފޮށިތެރެއިން ހާވާލުމަށްފަހު، ހަތަރު ތަޅުދަނޑިއެއްގެ އިތުރުން، ތަޅުދަނޑި ފައްޗެއްވެސް އަންހެންކުއްޖާ ނެގިއެވެ.އަދި އެފޮށި ކުރިން ހުރިތަނަށް ލުމަށްފަހު، އާނިމްމެން ގާތު އޭނާއާ އެކު އައުމަށް ބުނެ އަންހެންކުއްޖާ ހިނގައިގަތެވެ
މިހާރު މިދަނީ ތިބޭފުޅުންގެ ކޮޓަރިތަކާއި ތަންތަން ދައްކާލަން” ދެބުރީގެ އެއިމާރާާތަށް އެރެވޭގޮތަށް ހުރި ސިޑިއާ ދިމާލަށް ހުއްޓިލުމަށްފަހު، އަންހެންކުއްޖާ ބުނެލިއެވެ.އަދި މަޑުމަޑުން ސިޑިން ތިރިއަށް ފައިބަން ފެށިއެވެ. “ކޮންތާކަށް ތިދަނީ؟…އަހަރެމެން މިތީ ގުރައުންޑު ފުލޯގައެއްނު…އަދި މިތަނަށްވުރެ ތިރީގަވެސް އިނދޭތަ ތަނެއް؟” ސިޑިން ތިރިއަށް ފައިބަން ފެށި ޒުވާނާއަށް އާނިމް ބުނެލިއެވެ. އެވަގުތު އޭނާ އާނިމާ ދިމާލަށް އެނބުރުމަށްފަހު ހިނިތުންވެލިއެވެ. “މީ މިތަނަށް އަންނަ ހާއްސަ ކަސްޓަމަރުންނަށް ހާއްސަ ސާރވިސް ދޭ ތަން…މިތަނާ މިތަނުގެ ސާވިސްެތައް ގާތްމީހުން ފިޔަވައި އިތުރު އެއްވެސް ބަޔަކަށް ނޭނގޭނެ….ސޯ ޔޫގައީސް އާ ވެރީ ލަކީ” ހިނިތުންވުމަކާއެކު އެޒުވާނާ ބުނެލިއެވެ. “އެހެންތަ؟…ތިޔަ ހާއްސަ ސާވިސް ބަލަން ވަރަށް ކެތްމަދުވެއްޖެ…ބިންގަރާހަކަށް އަނެއްކާ ނުވައްދައްޗެ ހާއްސަ ސާވިސްދޭން” އެޒުވާނާގެ ވާހަކަ އަޑުއަހަން ހުރުމަށްފަހު، ހައްމާދު ބުނެލީ ސަމާސާ ރާގަކަށެވެ.
ޒުވާނާއާ އެއްވަރަށް އާނިމުމެންވެސް މަޑުމަޑުން ތިރިއަށް ފޭބިއެވެ.ސިޑިން ފައިބަމުންގޮސް ތަޅުލާފައިވާ ދޮަރަކާ ހަމައަށް ހުއްޓިލުމަށްފަހު އެޒުވާނާ އެދޮރު ހުޅުވަން އުޅުނެވެ. “ތީ ތަ އެތަނަކީ؟….ދޮރުގަ މިއިންނަނީ ސްޓޯރޭޖް ރޫމެއްނު ޖަހާފަ” ދޮރުހުޅުވަން އުޅުނު ޒުވާނާއަށް އިކުރާމް ބުނެލިއެވެ. “ލައްބަ އެހެންޖަހާފަ އިނަސް އެތެރެފެނުނީމަ އިނގޭނެ…އެހެންޖަހާފަ އިންނަނީ ސޭފްޓީއަށް” ޒުވާނާ އެހެންބުނެ ދޮރުހުޅުވާލުމަށްފަހު އެތާނގައި ހަރުކޮށްފައިވާ ފަނޑު ރީނދޫ ބޮކި ޖައްސާލިއެވެ..އަދި އާނިމްމެނަށް ވަނުމަށް ތަން ދެއްކިއެވެ.އެންމެން އެތަނަށް ވަނުމުން ޒުވާނާ އަވަހަށް އެދޮރުޖަހާ ތަޅުލިއެވެ.އޭނާގެ ހަރަކާތްތަކުން ވަރަށް ސިއްރުން އުޅޭހެން އެމީހުންނަށް ފާހަގަވިއެވެ
ތަނުގެ ތެރެއަށް އާނިމުމެން ވަރަށް ރަނގަޅަށް ބަލައިލިއެވެ.ކޮރިޑޯއެއްހެން ހުރި އެތަނުގެ ދެފަރާތުގައި ދޮރުތަކެއް ހުއްޓެވެ.ކޮންމެ ދޮރެއްގައި ނަންބަރެއް ޖަހާފައި ހުރުމުން އެއީ ރޫމުތަކެއްކަން އެންމެނަށްވެސް އެނގުނެެވެ. “މިހުރީ ރޫމްތައް…ތަޅުދަނޑީގަ އިންނާނެ ރޫމު ނަންބަރުތައް ޖަހާފަ ” ކޮންމެ މީހަކަށް ތަޅުދަނޑިއެއް ދެމުން އަންހެންކުއްޖާ ބުނެލިއެެވެ.އެވަގުތު އާނިމް، އޭނާގެ އަތުގައިވާ 60 ނަންބަރުޖެހި ތަޅުދަނޑިއަށް ބަލައިލުމަށްފަހު، 60 ޖަހާފައިވާ ދޮރާ ދިމާލަށް ދިޔައެވެ.އަދި ތަޅަށް ތަޅުދަނޑި ޖެހުމަށްފަހު މަޑުމަޑުން އެދޮރުހުޅުވާލުމަށްފަހު މުޅި ކޮޓަރިތެރެއާ ފާހަނަ ބަލަންފެށިއެެވެ. އެތަނަކީ ފުދޭވަަރަކަށް ތަނަވަސްކޮށް ހަދާފައިވާ ކޮޓަރިއެކެވެ.އޭސީއާ ވައިފައިގެ އިތުރުން، ޓީވީވެސް ބެލޭނެގޮތަށް ކޭބަލް ހަރުކޮށް، ދޮންނަމެޝިނާއި، އިސްތިރިކުރެވޭނެ އިންތިޒާމުގެ އިތުރުން ހޫނުފެނާއި ފިނިފެނުގެ ޚިދުމަތްތައްވެސް އެކޮޓަރިތަކުން ލިބެއެވެ ހުރިހާ ހިދުމަތްތަކެއް ލިބެންހުރެމެ، ފަރުނީޗަރުތައްވެސް ފުރިހަމަވެފައިވުމުން، އާނިމުގެ އިތުރުން ދެންތިބި މީހުންވެސް ކޮޓަރިތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހުނެވެ
ޝަހާ އާ އާނިމް މިރޫމްގަ ތިބޭނީ” އާނިމް އޭނާއަށް ލިބުނު ކޮޓަރި ބަލާލުމަށްފަހު ބުނެލިއެވެ. “ވާވް ސޯފާއެއްވެސް އެބައިން ޖައްސާލެވޭގޮތަށް…ބެޑްރޫމްސެޓްވެސް އެެއްކޮށް ފުރިހަމަ ކޮށްލާފަ” ހައްމާދު އޭނާއަށް ލިބުނު ކޮޓަރި ބަލައިލަމުން ބުނެލިއެވެ. “ސޯ އާނިމާ ޝަހާއާ އެއްރޫމެއްގަ، އަހަންނާ ރަފާއާ އެއްރޫމެއްގަ، ދެން އިން ދެރޫމުން އެއްރޫމުގަ އިކޫ،…އަނެއްރޫމުގަ ނަދާއާ ހަފޫ އަށް ތިބެވޭނެއެއްނު” ހައްމާދު އެންމެނަށް ބުނެލިއެެވެ.ހައްމާދުގެ އެބަހަށް އެންމެވެސް ތާއީދުކުރިއެވެ
ރޫމްތައް ކަމުދިޔާމަ ވަރަށް ހެޕީވެއްޖެ…ދެން ތިބޭފުޅުން ލުއި އެއްޗެއްކާން ބޭނުންނަމަ މި ފުރިޖުން ނެގޭނެ…ކާޑު ޕޭމަންޓު އެކަނި އެކަމަަކު ފުރިޖުން އެކްސެޕްޓު ކުރާނީ” އާނިމުމެން ކޮޓަރިތައް ބަލައި ނިމުމުން، އެތަނުގެ މުވައްޒަފު އެމީހުންނަށް ކޮރިޑޯތެރޭގައި އިން ރުފިޔާ ދީގެން ކާއެއްޗެހި ނެގޭގޮތަށް އިން ފުރިޖު ދައްކާލިއެވެ. ފުރިޖު ފެނުމާއެކު އެމީހުން އެދިމާލަށް ދިޔައެވެ.އެކިވައްތަރުގެ ބޯ ދަޅުތަކާއި ފެންފުޅިތަކުގެ އިތުރުން، ހިކިސާމާނުތައް އެފުރިޖުގައި ފެންނަން ހުއްޓެވެ.ކޮންމެ އައިޓަމެއްގެ ތިރީގައި ހިސާބު ނަންބަރުތަކެއް ޖަހާފައި ވާއިރު، ކާދު ލެއްވޭގޮތަށާއި ފިތާ ފިތްތަކެއް ފުރިޖުގެ އެއްފަޅީގައި ހުއްޓެވެ.
ތި ފެނުމުން ބަނޑުހައިވެއްޖެ ހިނގާ ދަޅެއްބޯން” ނަދާ ބުނެލިއެވެ. “އަހަރެންގެ ކާޑުގަ ނުހުންނާނެ ރުފިޔާއެއް ކޭޝްކޮށް ހުރީ” އާނިމް ބުނެލިއެވެ. “އޯކޭ މަ ޕޭކޮށްފާނަން” ހައްމާދުއެހެންބުނެ އޭނާގެ ކާޑު ލައްވާލުމަށްފަހު، އެންމެނަށް ބޯނެ ދަޅެއް ގަނެދިނެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





