ގޮތް ހުސްވެފައިވާ ހާލު ޚަދީޖާ މުޅިކޮޓަރިތެރެއަށް ވަށައިގެން ނަޒަރު ހިންގާލިއެވެ.އެހީއަކަށް އެދި މީހަކަށް ގުޅާލަން އަތުގައި ފޯނުވެސް ނެތުމާއިއެކު، މީހަކަށް ޚަދީޖާގެ އަޑު އިއްވޭނެގޮތަކާއި މެދު އޭނާ ވިސްނާލިއެވެ.އެ ކޮޓަރިއަކީ ވަށައިގެން ބެނދިފައިވާ ކޮޓަރިއެކެވެ.އެތާނގައި ބެލްކަންޏެއްވެސް ނެތްއިރު، ހަމައެކަނި ހުރީ ކޮޓަރީގެ ވައިބޭރު ކުރެވޭހެން ހަދާފައިވާ ކުޑަވަރެއްގެ ފެންލައިޓެއްވަރު ދެ ލޫވައްލީ ދެކުޑަ ދޮރުތަކެކެވެ.އެތަން އިންނަނީ ފާރުގެ ވަަރަށް މަތީގައިކަމުން އެއީ ޚަދީޖާގެ އަތް ފޯރާ ހިސާބުގައި ހުރި ތަނެއް ނޫނެވެ.އެކުޑަދޮރުތަކާ ދިމާލަށް ކަރުމައްޗަށް ނަގައިގެން ބަލަން ވަގުތުކޮޅަކު ހުރުމަށްފަހު، އެދިމާލަށް ޚަދީޖާ ދިޔައެވެ.އަދި ކޮޓަރި ފޮޅަން ގެންގުޅޭ ފިހިގަނޑުގެ ދަނޑިން ލެއްޕިފައިވާ ދޮރުގެ ބިއްލޫރި ލޫވައްތައް ހުޅުވާލަން އޭނާ މަސައްކަތްކުރިއެެވެ. ގިނަދުވަސްވުމުގެ ސަބަބުން، ދަގަނޑު ތަކުގައި ދަބަރުޖަހާފައި ވުމުން އެތަން ހުޅުވަން ޚަދީޖާއަށް ވަރަށް އުދަނގޫވިއެވެ.
އެތައް އިރެއްގެ މަސައްކަތަކަށް ފަހު އެދޮރު ކޮންމެވެސް ވަރަކަށް ހުޅުވުނެވެ.އެއާއެކު އެދިމާލުގައި ހުރެ އެހީއަށް އެދި މީހުންނަށް ޚަދީޖާ ގޮވަންފެށިއެވެ. “މީހެކޭ އަހަރެންނަށް އެހީވެދީ…އަހަރެން މިވަނީ މިކޮޓަރިތެރޭގަ ބަންދުވެފަ…މީހެކޭ އެހީވެދީ…ހެޔޮނުވާނެ އެހީވެދީ” އަޑުގެ ކޮޅަށް ހަޅޭއްލަވަމުން ޚަދީޖާ ދިޔައެވެ.އެގޮތުގައި ފަސްމިނެޓުވެ ޚަދީޖާ ވަރުބަލިވިއިރުވެސް އެއްވެސް މީހެއްގެ ހިލަމެއް އެތަނަށް ނުވިއެވެ.އެއްވެސް މީހަކު އޭނާއަށް އެހީވެދެން ނައުމުން، މީހަކަށް އޭނާލެވި ހަޅޭކުގެ އަޑު ނީވެނީކަން ޚަދީޖާއަށް އެނގުނެވެ.އެހެންކަމުން އެކަމާ ޚަދީޖާ މާޔޫސްވިއެވެ.ދެލޮލުން ކަރުނަތައް ފައިބަމުންދާ ހާލު އަނެއްކާވެސް ވަރުބަލި ފިލުވާލުމަށް އޭނާ އެނދުގައި އިށީނދެލިއެވެ.އަދި އަނެއްކާވެސް ފެންފުޅިން ފެންކޯވަރެއް ބޯލިއެވެ
*************
ބަނދަރާ ހަމައަށް އާނިމުމެނަށް ދެވުނުއިރު، ދެންތިބި މީހުން އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. “ކައޭމެން ހާދައިރެއްވެއްޖޭ” އާނިމުމެން އެމީހުންނާ އަރާހަމަވުމުން، އެތަނުގައި ހުރި އިކުރާމް ބުނެލިއެވެ. “އަހަރެމެނެއް ނޫން…މިހިރަ އާނިމާ ހެދި ލަސްވީ…އޭނަގެ މަންމަ ލޫޓުވަން ހަދައިގެން” ކާރު ޕާކަށްޖެހުމަށްފަހު، އެމީހުންގެ ގާތަށް ދިޔަ ހައްމާދު ބުނެލީ އިކުރާމް ބުނި އެތި އިވުމުންނެވެ. ހައްމާދު އެހެންބުނުމުން އިކުރާމާ ޝަހާގެ އިތުރުން ހަފްޒާވެސް އާނިމާ ދިމާލަށް ބަލައިލީ، ހައްމާދު ބުނިބަސް ފަހުމުނުވާ ހާލުގައެވެ. އެމީހުން އާނިމާ ދިމާލަށް ބަލައިލުމުން، ޖީބުގައިވާ ވޮލެޓުނަގާ އޭގައިވާ ފައިސާތަށް އެމީހުންނަށް އާނިމް ދައްކާލިއެވެ.އެއާއެކު އެތިންމީހުން ހައިރާންވެ އަނގަހުޅުވިގެން ދިޔައެވެ.އެމީހުން ހައިރާންވުމުން އާނިމް އެރުފިޔާތައް ހޯދިގޮަތް އެމީހުންނަށްވެސް ކިޔައިދިނެވެ.މިފަހަރުވެސް އާނިމް އެވާހަަކަތައް ކިޔައިދިނީ އޭނާ އެކުރިކަންތަކަށް ފަހުރުވެރިވާ ހާލުގައެވެ.
ގަދަ އިނގޭ ބޭބީ’ އާނިމްެގެ ގައިގައި ބައްދާލުމަށްފަހު، ޝަހާ އުފަލުން ބުނެލިއެވެ. ޝަހާ ބައްދާލުމުން އާނިމްވެސް ޝަހާގެ ގައިގައި ބައްދާލިއެވެ. “ބޭބީ ޝަހާ ގޮވައިގެން ޝޮފިންނަށް ދާނަންދޯ؟…މިދިޔަ މަހުގަ ދިޔަހެން މިމަހުވެސް ދާނަމޭ ބޭބީ ބުނީމެއްނު؟” ރުފިޔާތަކުން ފުރިބާރުވެފައިވާ އާނިމްގެ ވޮލެޓަށް ބަލައިލަމުން ޝަހާ ބުނެލީ ތުއިގޮތަކަށެވެ. “ޔަގީންތާ….ބޭބީ ނޫން ދެން ކާކަށްތަ އަހަރެން ޚަރަދުކުރަންވީ…ބޭބީ ބުނިއެއްޗެއް ގަނެދޭނަން” އާނިމް ބުނެލިއެވެ “ހޫމް ހިނގާދެން އަރަން ކަލޭމެން ރޮމޭންސްވާނީ ރަށަށް . ދެވުނީމަ” އާނިމާ ޝަހާއާ ދިމާލަށް ބަލަން ހުރުމަށްފަހު، އިކުރާމް ބުނެލިއެވެ . އިކުރާމް އެހެންބުނުމުން ޝަހާއާ އާނިމްގެ އިތުރުން ދެންތިބިމީހުންވެސް ހޭންފެށިއެވެ.
އަހަރެން ލޯންޗުފީ ދައްކާނީ އިނގޭ” ލޯންޗަށް އަރަމުން އާނިމް އެންމެނަށް ބުނެލިއެވެ. ” އާނ އާނިމްތާ ދައްކަދޭންވާނީވެސް…އަހަރެމެން އެންމެނަށްވުރެ ގިނަ ރުފިޔާ ލިބެނީ އާނިމަކަށްނު…އަހަރެެމެންގެ ނެތޭ ކުއްޔަށްދޭނެ އަމިއްލަ ގެއެއްހާ ހިސާބުވެސް..އަހަރެމެން މިއުޅެންޖެހެނީ ރޫމްތައް ކުއްޔަށް ނަގައިގެން…ނޫނީ މައިންބަފައިން ކުއްޔަށް ހިފައިގެން .އުޅޭ ތަންތަނުގަ” ނަދާ ބުނެލިއެވެ. ނަދާ އެހެންބުނުމުން އެންމެންވެސް އޭނާއާ އެއްބައިވެލިއެވެ
*****************.
ލޯންޗުގެ ފީ ދެއްކުމަށްފަހު އާނިމް އިށީންނަންް ދިޔައިރު އޭނާގެ ރަހުމަތްތެރިން ތިބީ ސީޓުތަކުގައި އިށީންދެގެންނެވެެ .އެންމެނާ ދިމާލަށް ބަލައިލުމަށްފަހު، އާނިމް ގޮސް އިށީނދެލީ ޝަހާއާ ގާތުގައި ހުރި ހުސްތަނުގައެވެ. “އަޅެ މަބުނީ ދޮގެއް…އޭނައަށް ނީނދެވޭނެ ޝަހާއާ ދުރުގައެއް” އާނިމް އިށީނުމާ އެކު އޭނާއާ ދިމާލަށް ބަލަންހުރި، އިކުރާމްު ސަކަގޮތަކަށް ބުނެލިއެވެ. “ކަލޭ ޖޭވިއަސް ބޮޑުވަރު އިނގޭ…..އަހަރެންގެ ލޯބިވެރިޔާ ކައިރި އަަހަރެންނޫން ކާކުތަ އިންނާނީ؟” ޝަހާގެ ކޮނޑަށް އަތްވައްޓާލަމުން އާނިމްވެސް ބުނެލީ ސަމާސަވެރިގޮތަކަށެެވެ. “އަހަރެންނާ ރަފާ އަކީވެސް ލޯބިވެރިން…އެކަމަކު ކައޭ އުޅޭހެން މަނޫޅެން…ކައޭތީ ކުރިން އެަކަކާއެކު ހަފްތާއެއްވެސް ހިފަހައްޓާލާ މީހެއްނޫން…ޝަހާ އަނެއްކާ ކައެއަށް ކީއްކުރީބާ؟” ހައްމާދުް އާނިމާ ދިމާކުރުމުގެ ގޮތުން ބުނެލިއެވެ. “ނޭނގެ މިމަންޖެ ގާތު އަހާބަލަ” އާނިމް ބުނެލިއެވެ. އާނިމް އެހެންބުނުމުން ޝަހާ ތުއިގޮތަކަށް ހިނިތުންވެލިއެވެ
އިނގިދާނެ އެއްނު ދެންތިހުރި ލޯތްބެއް ރަށުގަ އެންޖޯއީ ކުރާ ގަނޑީގަ ދޯ ހަފްޒާ ނަދާ؟ ކައިރީގައި އިން ހަފްޒާއަށާ ނަދާއަށް ދޯ ދެމުން އިކުރާމް ބުނެލިއެވެ. “މިފަހަރުވެސް ހަފޫއާ ނަދާ އައިސްސަ އެތިބީީ އެންޖޯއީ ކުރަންދޯ” ހައްމާދު އަހާލިއެވެ. “އާނ…ހަފޫއާ ނަދާ ވަރަށް ސަޅިވާނެ އެންޖޯއީ ކުރަން….ގިނައިން ރުފިޔާ ދިން މީހަކަށް އޮތީ ނަސީބު…އަހަރެމެން ތެރޭ ހުރި އެނަސީބުވެރިއަކީ އާނިމެއްނު ދޯ ހަމްޓޭ” ހައްމާދަށް ދޯ ދެމުން އިކުރާމް ސަމާސަގޮތަކަށް ބުނެލިއެވެ. “އަހަރެންގެ ޝަހާ އަހަންނަށް ފުދޭ” އާނިމް ބުނެލީ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުންނެވެ
“ވަރުގަދަ ޝަހާއެއްނު އަހަންނަށް ޝަހާއެކޭ ރަފާއެކޭ އަދި ނަދާ އާ ހަފްޒާއެކޭ ވަނީ އެއްވަރު…އެއްވަރަކަށް ރޫފައާ އިސްކޮޅުތައްވެސް އެމީހުންގެ އެތިބެނީ…ހުރިހާ ކުދިންވެސް ހަމަ އެހާ ރީތީ” އިކުރާމް ބުނެލިއެވެ. “ރަނގަޅޭ އަހަރެންވެސް ނުބުނަމެއްނު ދެންތިބި ކުދިން ހަޑިއެކޭ…އެންމެންވެސް ރީއްޗޭ…އެކަމަކު އަަހަންނަށް އެންމެ ކަމުދާނީ އަހަރެންގެ މީހާއެއްނު ދޯ ބޭބީ؟” ޝަހާ ކައިރިކޮށްލަމުން އާނިމް ބުނެލިއެވެ.އެވަގުތު ޝަހާ ތުއިގޮތަކަށް ހޫމް ލައްވާލުމަށްފަހު، އިކުރާމާާ ދިމާލަށް ޒާތަކަށް ބަލައިލިއެވެ
***************
ވިހި ވަރަަކަށް މިނެޓުގެ ދަތުރަކަށްފަހު، ލޯންޗުގޮސް ރަށުގެ ބަނދަރަށް ލެފިއެވެ..ލޯންޗު ލެފުމާއެކު އޭގެން އެމީހުން ފައިބަން އަވަސްވެގަތެވެ.ރަށަކީ ރީތި ހިތްފަސޭހަ ރަށެއްކަމުން، އެތަނަކީ ދަތުރުދިއުމަށް ހާއްސަކޮށްފައި އޮންނަ ރަށެކެވެ.އާނިމްމެން ރަށަށް ފޭބިއިރުވެސް، ދެތިން ގުރޫޕެއް ދަތުރަކު އައިސް ތިއްބެވެ. “ވާވް ވަރަށް ސަޅިދޯ” ހުދު ދޮންެވެލިގަނޑާއި ސާފު ނޫކުލައިގެ މޫދު ފެނުމުން އާޝޯހުވެފައި ނަދާއަަށް ބުނެލެވުނެވެ.ތަނުގެ ސާފު ތާހިރުކަމުން، އެަރަށަކީ ވަރަށް ރީތިކޮށް ބަލަހައްޓަމުންދާ ތަނެއްކަން އެންމެނަށްވެސް އެނގުނެވެ. ވަގުތުކޮޅަކު ރަށާ ދިމާލަށް ބަލަން ތިބުމަށްފަހު، އެމީހުން ތިބޭނެ ތަނެއް ހިފަން، ރަށަށް އައިސް އުޅޭ ދަތުރުވެރިން އާންމުކޮށް ގޮސްއުޅޭ ގެސްޓުހައުސްސާ ދިމާލަށް އެމީހުން މިސްރާބުޖެހިއެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





