Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދުވަހު ލޯބިން 17

Star Fire Level 310 Stories
August 29, 2022 5 Mins Read
0 Comments

*އެތައް އިރެއް ގެ މަސައްކަތަށް ފަހު ޖެނީއަށް އަތުގައި އައްސާފައި އޮތް ވާގަނޑު މުހެވުނެވެ. އެހެންކަމުން ފަސޭހަ ކަމާއެކު ފަޔުގައި އައްސާފައި ހުރި ވާގަނޑު މޮހެލަމުން ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި އެ ކޮޓަރި ގަނޑުގައި ކުޑަދޮރެއް ހުރިތޯ ބެލިއެވެ. ކުޑަދޮރެއް ނެތް ކަމުގައި ވިޔަސް ފެންލައިޓް އެއް ހުއްޓެވެ. އެހެންކަމުން ޖެނީ އަވަހަށް ކޮޓަރީ ދޮރުގައި ތަޅުކަމުން އެއްފަރާތެއްގައި ހުރި މޭޒު އުނދަގޫކަމާއެކު ފެންލައިޓް ކައިރިއަށް ގެންދިޔައެވެ. *

 

ކޮޓަރީކަނެއްގަ ހުރި ގޮނޑި ގެނެސް މޭޒު މައްޗަށް އަރުވަމުން ޖެނީ ފޯނުނަގާ ޙުސާންއަށް މެސެޖް ކޮއްލިއެވެ. ” ޙުސާންބެ އަހަރެން މިހުރީ ފާޑެއްގެ ކޮޓަރިއެއްގަ ހީވާގޮތުން މީ ވަލުތެރޭގައި ހުރި ގެގަނޑު ހެން… އަހަރެން މިތަނަށް ގެނައީ ހައިޒޫމް އާއި ރައިލީ އަދި ރިޔާދާ އެމީހުން އެ އުޅެނީ އަހަރެން މަރާލަން… އަހަރެން ހުރި ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރި ތެރެއިން އިވޭ އެހެން އަންހެން ކުއްޖެއްގެ ރޯ އަޑު ވެސް… މި ގެގަނޑުގަ އެބަ އުޅޭ އެހެން ބައެއް ވެސް ” މިހެން ލިޔެ ޙުސާންއަށް  މެސެޖް ފޮނުވައިލުމުން ޖެނީ އެގޮނޑި މައްޗަށް އެރިއެވެ. އަދި އެ ފެންލައިޓް ތަނޑު ހުޅުވަމުން ބޭރަށް ފުންމާލިއެވެ. ބިންމައްޗަށް ވެއްޓުނު ޖެނީގެ ހަށިގަނޑަށް އެތަކެއް އަނިޔާއެއް ކޮއްފައި ވުމުން ތެދުވިއެވެ. ނަމަވެސް އަނގައިން އެންމެ އަޑެއްވެސް ބޭރެއް ނުކުރެއެވެ. ކުއްލިއަކަށް ޖެނީ ހުއްޓުން އެރީ ރައިލީ އާއި ހައިޒޫމްގެ އަޑުއިވުމުންނެވެ. ” އިނގޭ އެއްނު ދޯ މީގެ 1 އަހަރު ކުރިން ހައިޒަލްގެ ބޮލުގައި ކުއްޖަކު ރަހީނު ކުރި ކަމުގެ ތުހުމަތު އެޅުވުނުކަން” ހައިޒޫމް މިހެން ބުނި އަޑު އިވުމާއެކު ޖެނީ އަވަހަށް ފޯނުނަގާ ރިކޯޑިންއަށް  ޖައްސާލިއެވެ. ހައިޒޫމް އޭނާގެ ވާހަކައާއިގެން ކުރިޔަށް ދިޔައެވެ. ” އެއީ އަހަރެން ކުރި ކަމެއް.. އަހަރެން އެކުއްޖާ ރަހީނު ކޮއްލާފަ މިގެއަށް ގެނައީ.. ދެން ހައިޒަލް ހިފައިގެން މިގެއަށް އައިސް ނިދާ ބޭސް އަޅާފަ ހުރި ކޯކު ފުޅިއެއްދިނީ… އެ ބުއިތާ މާކު ގިނައިރެއްނުވެ ހައިޒަލް ނިދީގެން ވެއްޓުނީ ހެހެހެހެ.. ދެން އަހަރެން ކުރި ކަމަކީ ހައިޒަލް ޓީށާޓް ބާލުވާފަ ގޮސް އެ އަންހެން ކުއްޖާ ގެ ކަރުދޮށަށް ހައިޒަލް ގެ މޫނު ކައިރި ކުރީ ދެން އެކުއްޖާ އިސްތަށިގަނޑު އެއްބައި ހައިޒަލްގެ ބޯ މައްޗަށް ލީ… އަސްލު އެކުއްޖާ މަރުވީއިރު އޮތީ ދެލޯ ހުޅުވައިގެން ދެން ބަލާ ބެލުމުން ހީވަނީ އެދެމީހުން އެކަން ކުރަން އުޅޭހެން… އަހަރެން އެދެމީހުން އެ ޕޯޒް އަށް ބާއްވާފައި ފޮޓޯ ނެގީ ހެހެހެހެ އެއްކޮޅުން މައްޔިތެއް އަނެއްކޮޅުން ނިދާފައި އޮތް ބަރުނެތް ހަށިގަނޑެއް ” ހައިޒޫމްގެ ވާހަކަ ނިމުނު އިރު ޖެނީ އަށް ހުރެވުނީ އަނގަމަތީގައި އަތްއަޅާގެންނެވެ. އަވަހަށް ރިކޯޑިން އޮފް ކޮއްލަމުން އެ ގެއާއި ދުރަށް ޖެނީ ދުއްވައިގަތެވެ. ހައިޒޫމްގެ ހިތުގައި އިންސާނިއްޔަތުގެ ކުނޑިފަށެއް ވެސް ނެތް ހޭ ޖެނީގެ ހިތަށް އަރަމުން ދިޔައެވެ. ވީހާވެސް އެގެއާއި ދުރަށް އާދެވުމުން ޖެނީ ފޯނު ނެގިއެވެ. އަދި ފްލޭށްލައިޓް ދިއްލާ ލިއެވެ. ނަމަވެސް ޖެނީގެ ދުވުމަށް ހުއްޓުމެއް ނާދެއެވެ. ރަށުމީހުން ހުޅޭހިސަބާއި ކައިރިވަމުން ދިޔަވަރަކަށް ސަލާމަތް ވުމަށް ފެންނަމުން ދިޔަ މަގުދިޔައީ އިތުރަށް އަލިވަމުންނެވެ. މަގަށް ނިކުތް ތަނާހެން ދެ ފިރިހެނަކު އައިސް ޖެނީގެ ހަށިގަނޑުގައި ހިފުއްޓިއެވެ. އެހާ އަވަހަށް އެމީހުންގެ އަތްދަށު ވުމުން ޖެނީއަށް ރޮވޭގޮތްވިއެވެ. އެހެންކަމުން ގައިހުރި ބާރެއްލާފައި އެދެފިރިހެނުންގެ އަތުން ވީއްލިގަންނަމުން ޖެނީ ދުއްވައި ގަތެވެ. ހަށިގަނޑުގައި ވާ ހުރިހާ ބާރެއް ބޭނުންކުރަމުން ދިޔަ ޖެނީ ވާޅުވެއްޖެއެވެ. 24 ގަޑީރު ނުކައިނުބޮއި ހުރުމުން ވާނީ އެހެން ތާއެވެ. ނަމަވެސް ޖެނީ ހިތްވަރު އެލުވައެއް ނުލައެވެ. 

 

****** ****** ****** ****** ****** 

 

ޖެނީގެ ފަރާތުން ލިބުނު މެސެޖް އާއެކު ޙުސާން އޭނާގެ ޓީމު ހިފައިގެން ވަލުތެރެއަށް ގޮސް އެގެހޯދައި އެމީހުން އަތުލައިގަތެވެ. ޖެނީ ބުނި ފަދައިން ރައިލީ އާއި ރިޔާދާ ގެ އިތުރުން ހައިޒޫމް ވެސް ހުއްޓެވެ. ޙުސާން ލަފާކުރި ގޮތަށް ނަހުލާ އާއި މިހާރު ގެއްލިގެން އުޅޭ އަންހެންކުއްޖާ ކަމަށްވާ ޝީޒާ ފެނުނީވެސް އެގޭ ތެރެއިންނެވެ. އެންމެން އަތުލައިގަތް އިރު ޙުސާންއަށް އަދިވެސް ހިތްހަމަޖެޖެހުމެއް ނުލިބެއެވެ. ޖެނީ ހުރިކަމުގެ ނިޝާނެއް އެގެއިން ފެންނަން ނެތްއިރު އަތުލައިގަތް އެންމެން ކައިރީ އެހުމުން ވެސް ބުނީ ޖެނީ ވީތަނެއް ނޭނގޭ ކަމަށްށެވެ. ޕޮލިސް ސްޓޭޝަން ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޙުސާން ސިއްސައިގެން ދިޔައީ ކުއްލިއަކަށް ޕޮލިސް ސްޓޭޝަނު ދޮރުހުޅުވާ ފައި އެތެރެއަށް ވަތް މީހާ ފެނިފައެވެ. ނިއްކުރިމަތި ފަޅައިގެން ގޮސްފަވާއިރު އެ ތަނުން ފައިބަމުން ދިޔަ ލޭތަށް ވަނީ މުޅި މޫނު ކަޅުކޮއްލަފައެވެ. އަތާއި ފައިގެ އެކި ތަންތަން ހަލާކުވެފަ ވާކަން އެނގެނީ މުޅި އަތްތިލަ އާއި ފައިތިލަ ގައި އެތަނުން ފައިބަމުން ދިޔަ ލޭރޮނގު ފައިބާފަ ހުރުމުންނެވެ. ” ޙުސާންބެ” އެއަންހެންކުއްޖާ އެހެން ބުނުމާއެކު ވެއްޓޭން ދިޔައެވެ. އެއާއެކު ޙުސާން ފަޔުގައި ހުރި ބާރެއް ލާފައި ގޮސް އެއަންހެން ކުއްޖާ ވެއްޓުނަނުދީ ހިފުއްޓިއެވެ. ” ކޯލް ދި އެމްބިޔުލެންސް!” ޖެނީގެ ހާލަތު ފެނި ޙުސާން ފަހަތުގައި ކަންބޮޑުވެފައި ތިބި ޕޮލިހުންނާއި ދިމާއަށް ހަޅޭލައްވައި ގަތެވެ. 

 

5 މިނެޓް ތެރެއިން އެމްބިޔުލެންސް ޕޮލިސް ސްޓޭޝަން ކުރިމައްޗަށް އައިސް ހުއްޓުމާއެކު ޙުސާންގެ އަތްދަނޑި މައްޗަށް ޖެނީ ނަގަމުން ގޮސް އެމްބިޔުލެންސްއަށް އަރަމުން އެތާގައި އޮތް ސްޓްރެޗާ ގައި ޖެނީ ބޭއްވިއެވެ. އެއާއެކު އޭގަ ތިބި ނުރުހުން ޖެނީގެ ވިންދު ބަލަން ފެށިއެވެ. ” ހެލޯ އާންޓް އެލް.. އަހަރެން މިދަނީ ޖެނީ ހިފައިގެން ހޮސްޕިޓަލްއަށް  އަލް މީޓް ޔޫ ދެޔާރ” ޙުސާން އެހެން ބުނަމުން ފޯނު ކަނޑާލިއެވެ. އަދި ޖެނީއަށް ބަލައިލިއެވެ. އެއްލި ކަޅިއަކުން ޙުސާންއަށް ޖެނީގެ އަތުތެގޭގައި އޮތް ފޯނު ފެނުނެވެ. އެހެންކަމުން ޖީބުގައި އޮތް ރުމާ ނެގިއެވެ. އަދި އެ ރުމާލުގެ އެހީތެރިކަމާއި އެކު ޖެނީގެ އަތުން ފޯނު ނެގިއެވެ. 

 

**** **** **** **** **** 

ހޮސްޕިޓަލްއަށް ވަދެގެން އައި އެލްޒާ އާއި ޝިފާ ، ހައިޒަލް ، އަމާންގެ އިތުރުން އައިލީން އަވަސްވެގަތީ އޮޕްރޭޝަން ތިއޭޓާއަށް ދިޔުމަށްށެވެ. އަމާން އެދިމާއަށް މަގުދައްކައިދެމުން ދިޔައިރު ދިޔައީ ހިތާއި ހިތުން ޖެނީ ރަނގަޅު ވާނެ ކަމަށް ދުޢާ ކުރަމުންނެވެ. އޮޕަރޭޝަން ތިއޭޓާ ކުރިމަތީގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޙުސާން ފެނި އެލްޒާ ޖެނީގެ ހާލަތާއި ބެހޭގޮތުން ސުވާލު ކުރިއެވެ. އެއާއެކު ޙުސާން ހުރިހާ ވާހަކައެއް އަލިފު ޔާ އަށް ކިޔައިދިނެވެ. ހައިޒަލްގެ ހިތުގައި ހައިޒޫމް އާއި މެދު ރުޅިވެރިކަން އުފެދިގެން ދާން އެންމެ ސިކުންތެއް ވެސް ނުނެގިއެވެ. 

 

އޮޕްރޭޝަން ތިއޭޓާއަށް ޖެނީ ވެއްދިތާ މިހާރު 30 މިނެޓް ވެދާނެއެވެ. އެހެން ކަމުން އެންމެން ވެސް ތިބީ ހާސްވެފައެވެ. ކުއްލިއަކަށް އޮޕަރޭޝަން ތިއޭޓާއިން ނިކުތް ޑޮކްޓަރ ފެނި އެންމެން ޑޮކްޓަރ ވަށާލިއެވެ. ” ހައު އިސް ޝީ ނައު ؟” އެލްޒާ ކެތްމަދުވެފައި ހުރެ އަހާލިއެވެ. ” ޝީ އިސް އައުޓް އޮފް ޑޭންޖާރ ނައު… އިޓްސް އަ ގުޑް ތިން ދެޓް ޝީ ވޯސް ބްރޯޓް ޓު ދަ ހޮސްޕިޓަލް ބިފޯ އިޓް ވޯސް ޓޫ ލޭޓް.. އަދަރްވައިސް ޝީ ކުޑް ހޭވް ޑައިޑް ޑިޔު ޓު ބްލަޑްލޮސް” ޑޮކްޓަރ އެހެން ބުނަމުން އެތަނުން ދިޔައެވެ. އެންމެންގެ ހިތްތަކަށް ފިނިވެގެން ދިޔައިރު އެންމެން ވެސް ތިބީ ޖެނީ ވޯޑް އަށް ބަދަލު ކުރާނެ އިރެއް ގެ އިންތިޒާރުގައެވެ. 

 

12:30 ކަންހާއިރު ޖެނީ ވޯޑް އަށް ބަދަލު ކުރެވުނެވެ. ނަމަވެސް ނިދާފައި އޮތް ޖެނީ ފެނުމުން އެންމެން ވެސް ނިންމީ މާދަމާ ޖެނީ އާއި ބައްދަލު ކުރުމަށްށެވެ. ޙުސާން ޖެނީ އަނބުރާ ވޯޑް އަށް ބަދަލު ކުރުމުން ދިޔައީ ޕޮލިސް ސްޓޭޝަން އަށްށެވެ. އަމާންގެ އެތަކެއް އާދޭސް ތަކަކާއެކު އެލްޒާ ، ހައިޒަލް ، ޝިފާ އަދި އައިލީން ގެއަށް ދިޔައީ ފަތިސް ނަމާދު ކޮއްގެން އަންނާނެ ކަމަށް ބުނަމުންނެވެ. މުޅި ވޯޑް ގައި ހަމަހިމޭންކަން ފެތުރުމާއެކު ފުންނިންޖެއްގައި ނިދާފަ އޮތް ޖެނީއަށް ބަލައިލިއެވެ. ނިތްކުރީގައި ބޮޑު ބެނޑޭޖް ގަނޑެއް އަޅާފައި ވާއިރު އަތުގެ އެކި ތަންތަނުގައި ވަނީ ބޭސް އަޅާފައެވެ. އެއްވެސް ޙަރަކާތެއް ނެތް ޖެނީގެ އަތުގައި ހިފަމުން އަމާން ޖެނީގެ މޫނަށް ބަލައިލިއެވެ. އެހެން އިރުކޮޅެއް ވަންދެން ބަލައިގެން ހުރުމަށްފަހު އަމާން ޖެނީގެ އަތަށް ބޮސް ދިނެވެ. 

 

މަޑުމަޑުން ލޯ ހުޅުވައިލީއިރު އަތުގައި މީހަކު ހިފައިގެން އޮތް ކަހަލަ އިހުސާސް އެއްކުރެވެމުން ދިޔައެވެ. އެހެންކަމުން ޖެނީ އަތާއި ދިމާއަށް ބަލައިލިއެވެ. އެނދުގައި ބޯއަޅައިގެން އޮތް އަމާން އޮތީ ނިދާފައެވެ. އެހެންނަމަވެސް ޖެނީގެ އަތަކުން ދުލެއް ނުކުރެއެވެ. އެހެންކަމުން ވައަތުން ޖެނީ އަމާންގެ ބޮލުގައި ފިރުމާލިއެވެ. އަދިވެސް ނިދީގެ އަސަރު ނުފިލާތީ ޖެނީއަށް ނިދެން އުޅުނެވެ. ނިދަން ބޭނުން ނުވިއަސް އެސްފިޔަތަށް ބަރުވަމުން ގޮސް އެއްކޮށް ލޯމެރުނެވެ. 

 

**** **** **** **** **** **** 

 

” އަމާންބޭ.. އަމާންބޭ ” ނިދިފައި އޮތް އަމާންއަށް ހޭލެވުނީ ހައިޒަލްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ލޯއުނގުޅާލަމުން އެނދުން ބޯ ހިއްލާލި އަމާންއަށް ހައިޒަލް އާއި ޝިފާ ފެނުނެވެ.” ގަޑިން ކިހާވަރެއް ؟” އަމާން އެންމެ ފުރަތަމަ ވެސް ސުވަލުކޮއްލީ ގަޑިން ވީ ވަރަކާ މެދުއެވެ. ” 5:30 ވީ” ޝިފާ އެހެން ބުނުމުން އަމާން އެނދުގައި އޮތް ޖެނީއަށް ބަލައިލިއެވެ. އަދިވެސް ނިދާފައި އޮތް ޖެނީ ފެނުމުން އަމާން ކުޑަކޮށް ނުތަނަވަސް ވިއެވެ. ” ކޮބާ އައި އާއި އެލް އާންޓް ؟” އައިލީން އާއި އެލްޒާ ފެންނަން ނެތުމުން އަމާން ސުވާލުކޮއްލިއެވެ. “ޖެން ހޭލާން ވާއިރަށް ހުންނާނީ ބަނޑުހައި ވެފައެއްނު އެހެންވެ އެ ދެމީހުން އުޅޭ ޖެން ކާނެ އެއްޗެއް ތައްޔާރު ކުރަން… އަމަންބެ ދޭ ގެއަށް ދެން ނަމާދު ކޮއްލާ ފެންވަރާލަން ” ހައިޒަލް މިހެން ބުނުމާއެކު އަމާން ބޯ ޖަހާލަމުން ގޮނޑިން ތެދުވިއެވެ. އަދި ވޯޑް އިން ނިކުމެގެން ދިޔައެވެ. 

 

” ހައި އަހަރެން ބޭނުން ހުރިހާ ކަމެއް ހަމައަކަށް އެޅުމުން އެންމެން ކައިރީ ބުނަން ” ޝިފާ ހައިޒަލް އާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ. އެއާއެކު ހައިޒަލް ވެސް އެކަމާ އެއްބަސް ވެލިއެވެ.” ޔަހް އަހަރެންވެސް ބޭނުމެއް ނޫން ފިލައިގެން އުޅޭ ކަށް ދެން ” ހައިޒަލް ޝިފާގެ އަތުގައި ހިފަމުން ބުނެލިއެވެ.” ފިލައިގެންނޭ ؟ ” ކުއްލިއަކަށް އިވިގެން ދިޔަ ޖެނީގެ އަޑާއެކު ޝިފާ އާއި ހައިޒަލް އެއްފަހަރާ ޖެނީ އާއި ދިމާއަށް ބަލައިލިއެވެ. އެއިރު ޖެނީ އޮތީ ހޭލައެވެ.” ކޮން ކަމަކާ ފިލައިގެންނޭ ތަ ތި ކިޔަނީ؟ ” ޖެނީ އަނެއްކާވެސް ސުވާލު ކޮއްލިއެވެ. އެއާއެކު ދެން ފެނުނީ ޝިފާ ގޮސް އޮށޯވެގެން އޮތް ޖެނީގެ ހަށިގަނޑުގައި  ބައްދަލި ތަނެވެ.” އޯ މައި ގޯޑް.. އަމް ސޯ ހެޕީ ދެޓް ޔޯރ އޯކޭ ޖެން ” ޝިފާ އުފަލުން ހުރެ ބުނެލިއެވެ.” އަމް އޯކޭ ފޯރ ނައު.. މަށަށް ހީވަނީ ޝިފް މަގޭ ކަރުގައި ހިފާ މަރާލަން އުޅޭހެން ގާރލް އައި ކޭންޓް ބްރީދް ” އުނދަގޫ ގޮތަކަށް އެހެން ބުނުމުން ޝިފާ އަވަހަށް ޖެނީގެ ހަށިގަނޑުން ދޫކޮއްލިއެވެ. “ސޮރީ ސޮރީ .. އެކަމަކު އަމް ސޯ ހެޕީ” ޝިފާ އުފާވީ ވަރުން ގޮސް ކައިރީގައި ހުރި ހައިޒަލްގެ ހަށިގަނޑުގަ އޮޅުލައިގަތެވެ. 

 

★–ނުނިމޭ–★

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 18

Next

ނުފިލާނޭ މިހިތަކުން 3

Next
August 30, 2022

ނުފިލާނޭ މިހިތަކުން 3

Previews
August 29, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 18



All Right Reserved!