ފެންވަރައި ނަމާދުކޮށް ނިމުނު ތަނާހެން އަމާންއަށް ވަރުބަލިކަން އިޙްސާސް ކުރެވުނެވެ. އެހެންކަމުން ކުޑަކޮށް އަރާމު ކޮއްލުމުގެ ނިޔަތުގައި އަމާން އެނދުގައި އޮށޯއްވެލިއެވެ. އިސާހިތަކުން އަމާންއަށް ނިދުނީ ނިދަން ބޭނުން ނުވެފައި ވަނިކޮއްށެވެ. ހުވަފެނީ ޢާލަމަށް އާދެވުމާއެކު އަމާން ވަށައިގެން ބަލައިލިއެވެ. ކުރިމަތީގައި ދެބުރިއަށް ނަގާފައިހުރި ގެއެއް ފެނުނެވެ. އެ ގެއާއި ދިމާއަށް އަމާންއަށް ހިނގައިގަނެވުނީ އެވެސް އިޙްތިޔާރަކާ ނުލައެވެ. ގޭ ދޮރުހުޅުވައި އެތެރެއަށް ވަތް ތަނާހެން ކުޑަ އަންހެން ކުއްޖަކު އައިސް އަމާންގެ ފަޔުގައި އޮޅުލައިގަތެވެ. ” ޑެޑީ ގެއަށް އައީ ތަ…މަންމީ ބަލަ ޑެޑީ ގެއަށް އައިސްފި” އެހެނިހެން ކުއްޖާ ލޯބީގެ ތަކަށް އަމާންއަށް ބަލައިލަމުން ބަދިގެއާއި ދިމާއަށް އެނބުރިލަމުން ބުނެލިއެވެ. ” އަނާ ދެންމެ އަނާގެ ޑެޑީ އެ ދިޔައީ ކިހިނެއް އެހާ އަވަހަށް އަންނާނީ” ބަދިގެއިން ނިކުމެގެން އައި ޖެނީ ފެނި އަމާން ގަނޑުވާ ކަހަލައެވެ. ބުރުގާއެއް ނާޅާ ހުރިއިރު އެ ދޮން ކަނދުރާ ހާމައަށް ފެންނަން އޮތެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން އިސްނަގާ ބަލައިލީ ތަނާހެން އަމާން ފެނުމުން ހިނިތުންވެލިއެވެ. ” އާން ހާދަ އަވަހަކަށް ތި އައީ؟…އައިސްކްރީމް ގިނައިން ތަ ؟” ޖެނީ އެހެން ބުނުމާއެކު އަމާން އަތަށް ބަލައިލިއެވެ. އެގެއަށް ވަތް އިރު އަތުގައި ނެތް ކޮތަޅެއް މިހާރު އަތުގައި އެބައޮތެވެ. އަމާން އެ ކޮތަޅު އަނާއަށް ދިނުމާއެކު އަނާ އުފަލުން ބުނެލިއެވެ. ” ޔޭއި ޔޭއި ކޮއްކިގެ ވެނީލާ އައިސްކްރީމް” ލޯބި ގޮތަކަށް އެހެން ބުނުމަށް ފަހު އަނާ ބަދިގެއާއި ދިމާއަށް ދުއްވައިގަތެވެ. އަމާން އަދިވެސް ހުރީ ޖެނީގެ މޫނަށް ބަލަންށެވެ. ” އާން ކީއްވެ އެހާ ވަރަށް ތި ބަލަނީ ؟.. އަނެއްކާ އަހަރެންގެ މޫނުގަ ކޭކް ފްލާވަރ ހޭކިފަ އެބަ ހުރިތަ ؟” ޖެނީ މޫނުގައި އަތް ކާތާލަމުން ބުނެލިއެވެ. އިޙްތިޔާރުން ބޭރުގައި އަމާންއަށް ޖެނީ އާއި ދިމާއަށް ހިނގައިގަނެވުނެވެ. ޖެނީގެ މެދުހަށީގައި އަތް ވަށާލަމުން އިތުރަށް ކައިރި ވެލިއެވެ. އަދި އެ މަޑު ފިޔާތޮށިކުލައިގެ ތުންފަތަށް ބޮސް ދެވުނެވެ.
ހުވަފެނުގެ މީރުކަން ހޯދަމުން ދިޔަ އަމާންއަށް ކުއްލިއަކަށް ހޭލެވުނެވެ. ފެނުނު ހުވަފެނެއްގެ ސަބަބުން އަމާންއަށް އަނގަ މަތީގައި އަތް އަޅާލެވުނީ އިޙްތިޔާރުން ބޭރުގައެވެ. މި ފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ؟. މީގެން ޒަމާނަކުވެސް އެކަހަލަގެ ހުވަފެނެއް ދެކެފަ ނުވާ އަމާންއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އަމާންއަށް ސިފަވީ ހުވަފެނުގައި ޖެނީގެ މޫނު ހުރީ ގޮތެވެ. އެއާއެކު ދެފަރާތަށް ބޯ ހޫރުވާލަމުން ކޮލުގައި ދެއަތުން ޖަހާލިއެވެ. އަވަސްއަވަހަށް ގަޑި ބަލައިލީ އިރު ގަޑިން 8:30 ވީއެވެ. “ޝިޓް!” ގަޑިން ވީވަރު ފެނި އަމާން އަށް ބުނެވުނެވެ. އަވަހަށް ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ކާޔެން ކުލައިގެ ޓީޝާޓެއް ލަމުން މޫނު ދޮވެ ލިއެވެ. އަދި އަވަސްއަވަހަށް އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ.
**** **** **** **** ****
” ދެން ނުކެވޭނެ ބޮޑުދައިތާ…” ޖެނީ އަތުގައި ބައުލް އެއްހެން އޮތް ތަށި އެލްޒާ އާއި ދިމާއަށް ދިއްކޮލަމުން ބުނެލިއެވެ.” އަދި ތިއުޅެނީ ފްރުޓް ސެލެޑް ތަށި މެދަކާ ހަމައަށްވެސް ނުގޮސް ގެން.. ގެނޭ ބޮޑުދައިތަ އަތައް މިފަހަރު ޖެނީއަށް ކާން ދީފަ ނޫނީ ދުލެއް ނުކުރާނަން ” އެލްޒާ އެހެން ބުނަމުން ޖެނީގެ އަނގައަށް ސެލެޑް ލައްވައިދެން ފެށިއެވެ. އެހީ އަކަށް އެދޭ ގޮތަށް ޖެނީ ފަހަތުގައި ތިބި ޝިފާ އައިލީން އަދި ހައިޒަލްއަށް ބަލައިލިއެވެ. އެމީހުން ހިނިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ދިޔަވަރު ފެނި ޖެނީ ތުންދަމާލިއެވެ.” މި ނިމުނީ އެއްނު އެވަރުގެ ކަމެކޭ ” އެލްޒާ އެހެން ބުނުމާއެކު ހައިޒަލް ހިނިގަނޑު ފަޅައިގެން ދިޔައެވެ.” ހައިޒަލް މާ ވަރަކަށް ކީއްވެ ތި ހެނީ… ހައިޒަލްއަށް ނޭނގުނަސް މި އެލްޒާ އާންޓީ ހައިޒަލް ލާނެ ބޮކްސާ ގެނެސްދިނީމޭ މިފަހަރު ވެސް ” އެލްޒާ އެހެން ބުނުމާއެކު ހައިޒަލްގެ ހިނިގަނޑު އެއްކޮށް ހިނދިގެން ދިޔައިރު ޝިފާ އާއި އައިލީންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.” ތި ދެކުދިން ވެސް ހޭނެ ކަމެއްނެތް.. ޝިފާ އެންޑް އައިލީންއަށް ހުންނާނެ ލޭސް ޖަންގިޔާ އާއި ބްރާ ގެނެސްފަ ” އެލްޒާ އެހެން ބުނުމާއެކު އެދެ އަންހެންކުދިންގެ ހިނިގަނޑުވެސް އެއްކޮށް ހިނދިގެން ގޮސް ހައިޒަލް ހެން އިސްޖަހާލިއެވެ.
ވޯޑް އެތެރެއަށް ވަދެގެން އައި އަމާންއަށް އިސްޖަހައިގެން ތިބި ހައިޒަލް އާއި ޝިފާ އަދި އައިލީން ފެނި ހިތުތެރޭގައި ސުވާލު އުފެދުނެވެ. އެހެންކަމުން ގޮސް ހައިޒަލް ކައިރީ ހުއްޓުނެވެ. ” އޭ ބްރޯ ކީއްވެ ހާދިމު ތަކެއްހެން އިސްޖަހައިގެން ތި ތިބީ ؟” އަމާންގެ އަޑު ޖެހުމާއެކު ހައިޒަލް ބުނެލިއެވެ. ” މީ ހުސް އެލް އަންޓް ގެ ހެޔޮފުޅުކަން” އެހެން ބުނަމުން ވީ ގޮތް ކިޔައިދިނެވެ. އެއާއެކު އަމާން ޕަކަ ޕަކަ ލާފައި ހޭންފެށިއެވެ. ” ހޫމް އަމާން މައި ބޯއި ހާދަ ވަރަކަށް ތި ހެނީ…” އެލްޒާ ފަހަތަށް އެނބުރިލަމުން އަމާން އާއި ދިމާއަށް ލޯކުޑަކޮއްލަމުން ބުނެލިއެވެ. އެއާއެކު އަމާން ވަގުތުން އަނގަމަތީގައި އަތްއަޅާލަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. ” ގުޑް ބޯއި…. ޖެނީ ބޮޑުދައިތަ އަންނާނަން ޑިސްޗާރޖް ގެ ކަންތައް ނިންމާލަފަ” އެލްޒާ އެހެން ބުނަމުން ވޯޑް އިން ނިކުމެގެން ދިޔައެވެ. ” ހާހް އާންޓް ވަރެއް ނެތް މީސިމީހުން ލަދު ގަންނުވާކަށް” ހައިޒަލް ދެފަރާތަށް ބޯ ހޫރުވާލަމުން ބުނެލިއެވެ.
**** **** **** **** **** ****
މެންދުރުގެ ވަގުތެއްގައި ޖެނީ ހޮސްޕިޓަލްއިން ޑިސްޗާރޖް ކުރެވުނެވެ. ގެއަށް އައި މަގުމަތީގައި އެލްޒާ ދިން ހަބަރަކުން އެންމެންގެ މޫނުމަތިން ވަނީ ކުލަ އޮއްސިފައެވެ. ޙާއްޞަކޮށް އަމާން އާއި ޖެނީއެވެ. ގެއަށް ގޮސް ސާމާނުތައް ޕެކް ކުރަން ފެށި ޖެނީއަށް އިރުއިރުކޮޅާ ފޯނަށް ބެލެނީ އަމާންގެ މެސެޖް އެއް އާދޭތޯއެވެ. ހުރިހާ އެއްޗެއް ޕެކް ކޮށް ނިމުމުން ލާން ނެގި މަޑު ނޫކުލައިގެ ވައްތިރި ހެދުމާއި އައިސް ބްލޫ ކުލައިގެ ސްކިނީ އަށް ބަލައިލަމުން ފުންނޭވައެއް ދޫކޮއްލިއެވެ. އަދި ފާހަނާއަށް ވަދެ ފެންވަރީލިއެވެ. ފެންވަރައިގެން ނިކުތް ޖެނީއަށް ފޯނު ސްކްރީން ދިއްލިގެން ދިޔަތަން ފެނުނެވެ. އެއާއެކު ތުވާލި އަކާއި ތުވާއްޔެއް ދޫކޮށްލާފައި ޖެނީ ގޮސް ފޯނުނަގާ ބަލައިލިއެވެ. ” ލެޓްސް މީޓް އަޕް 3:15 ގަ..އަހަރެން ދާނަން” އަމާންގެ ފަރާތުން ލިބުނު މެސެޖް ކިޔާލަމުން ޖެނީ އަވަހަށް ގަޑި ބަލައިލިއެވެ. ގަނޑުން 2:50 ކަމުން ޖެނީ އަވަހަށް ތައްޔާރުވާނ ފެށިއެވެ. ސްކިނީ އާއި ވައްތިރި ހެދުން ލައިނިމުމުން ޖެނީ އަވަހަށް ބޮލުގައި ހުދުކުލައިގެ ފްލޯރެލް ޝޯލް އެއް ޒަމާނީ ފެޝަނައް އަޅާލިއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާލަމުން ގަޔަށް ސެންޓް ބުރުވާލިއެވެ. ކޮޓަރީ ދޮރުގައި ޓަކި ދިންއަޑަށް ޖެނީ ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި އަމާން ފެނި ހިނިތުންވެލަމުން އެތެރެއަށް ވަންނަން ތަންދެއްކިއެވެ. އަމާން އެތެރެއަށް ވަނުމުން ޖެނީ ދޮރުލައްޕާލިއެވެ. ” އާން-” ޖެނީއަށް ބުނެވުނީ މިހިސަބަށްށެވެ. އަމާން އައިސް ޖެނީގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ބުނެލިއެވެ. ” އަލް މިސް ޔޫ ސޯ މަޗް” އެއަޑުން ވެސް އެހުރީ ވަރަށް ދެރަވެފަކަން ޖެނީއަށް އެނގުނެވެ. ” އަލް މިސް ޔޫ މޯރ” އަމާންގެ އަތުތެރެއަށް އިތުރަށް ވަންނަމުން ޖެނީ ބުނެލިއެވެ.
ދެލޯބިވެރިން އެކުގައި އެތަކެއް ވަގުތެއް ހޭދަކުރިއެވެ. ” ޖެނީ ހިނގާ ދަމާ” ކޮޓަރީގައި ޓަކި ދެމުން އެލްޒާ ބުނެލި އަޑުއިވުނެވެ. އެއާއެކު އަމާންގެ މޫނުމަތި އެއްކޮށް ބަނަވެގެނަ ދިޔައެވެ. އެނދުމަތީގައި ޕެކްކޮއްފަ އޮތް ފޮށި ހިފަމުން ޖެނީ ކޮޓަރިން ނިކުތީ އަމާންގެ އަތުގައި ހިފަމުންމެވެ. ދެމީހުން އަތުގުޅުވާލަގެން ތިރިއަށް ފޭބިއިރު އެންމެން ވެސް ތިއްބެވެ. ” ގާއިސް އަހަރެން ދިޔުމުގެ ކުރިން ބޭނުން ވާހަކައެއް ބުނަން” އެންމެންގެ މޫނަށް ވަކިވަކިން ބަލައިލަމުން ޖެނީ ބުނެލިއެވެ. ” އަމް ޑޭޓިން އަމާން” ޖެނީ މިހެން ބުނުމާއެކު އެންމެންގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ނަމަވެސް ދެވަނަ ސިކުންތު އުފާވެރިކަން ފެނުނެވެ. ހުރިހާ އެކުވެރިން ޖެނީ އާއި އަމާންއަށް މަރުހަބާ ކިޔައި ނިމުމުން ހައިޒަލް ޝިފާ ކޮނޑުގައި ހިފާ ގާތްކޮއްލަމުން ބުނެލިއެވެ. “ވީ އާރ ޑޭޓިން ޓޫ” އެއާއެކު ޖެނީ ހައިޒަލް އާއި ޝިފާއަށް މަރުހަބާ ކީއެވެ.
**** **** **** **** ****
އެއާރޕޯޓްއަށް ވަދެގެން އައި ޓެކްސީއިން ޖެނީ އާއި އެލްޒާ ފޭބިއެވެ. ފަހަތުން އައި އަނެއް ކާރުން ހައިޒަލް ،ޝިފާ، އަމާން ،ޙުސާން އަދި އައިލީން ފޭބިއެވެ. ޗެކްއިން ވީތަނާހެން ބޯޑިންއަށް ގޮވައިލުމުން ޖެނީފަސްއެންބުރި ހުރިހާ ރަޙުމަތްތެރިންނައް ބަލައިލަމުން ހަނައަޅާލިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. ވަކިހިސާބަކަށް ގޮސްފައި ޖެނީ ފަހަތަށް އެނބުރުނެވެ. އަދި އަމާން އާއި ދިމާއަށް ދުވެފައި އައިސް އޮޅުލައިގަތެވެ. ” އައި ލަވް ޔޫ އޯލް ވޭސް” ވައިއަޑުން އަމާންގެ ކަންފަތު ކައިރީގަ މިހެން ބުނުމަށް ފަހު ޖެނީ އަމާން އާއި ދުރުވެލިއެވެ. އަދި ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލަމުން އެލްޒާ އާއެކު ފްލައިޓްއަށް އަރަން ދިޔައެވެ. ޖެނީ ދިޔަ ދިމާއަށް ބަލަން ހުރި އަމާން މަޑުމަޑުން ބުނެލިއެވެ. “ލަވް ޔޫ ޓޫ” އަދި ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލަމުން އެއާރޕޯޓްއިން ނިކުންނަން ދިޔައެވެ.
**** **** **** **** **** ****
~~10 އަހަރު ފަސް~~
” ހައި އަވަހަށް ހިނގާބަލަ.. މިހާރު ފްލައިޓް ރަންވޭގަ ޖައްސާފާނެ.. ދެން އަވަސް ކޮއްބަލަ ” ޝިފާ ހައިޒަލް ލަސްކަމުން ބުނެލިއެވެ. މިއަދަކީ 10 އަހަރަށްފަހު ޖެނީ އޮސްޓްރޭލިޔާއިން ރާއްޖެ އަންނަ ދުވަހެވެ. އެހެންކަމުން ހުރިހާ އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ. ވޭތުވެ ދިޔަ 10 އަހަރުތެރޭގައި ރަޙުމަތްތެރިކަމުގެ ގުޅުން ހީނަރުވިޔަ ނުދީ ފޯނުން ގުޅައިގެންނާއި މެސެޖް ކޮއްގެން ރަޙުމަތްތެރިކަން ދިޔައީ ދަމަހައްޓަމުންނެވެ. “ހިނގާ ދަމާ” ހައިޒަލް ޖިންސު ޖީބުން ކާރު ތަޅުދަނޑި ނަގަމުން ބުނެލިއެވެ. އަދި ޝިފާގެ އަތުގައި ހިފައިގެން ނިކުތެވެ.
އެއާރޕޯޓްގެ ޕާކިންޒޯންގައި ކާރު ޕާކް ކުރުމަށްފަހު ހައިޒަލް އާއި ޝިފާ ކާރުން ނިކުތެވެ. ” ޔޫ ގާއިސް އާރ ލޭޓް” ފަހަތުން އިވިގެންދިޔަ އައިލީންގެ އަޑާއެކު ޝިފާ ހައިޒަލް އާއި ދިމާއަށް ލޯ ކުޑަކޮށްލިއެވެ. ” މީ ހުސް ހައި އާ ހެދި ވާ ކަންތަކޭ” ޝިފާ އެހެން ބުނަމުން ލައިގެންހުރި ސްކިނީ ޖީބުން 150 ރުފިޔާ ނެގިއެވެ. އަދި އައިލީން އަތަށްދިނެވެ. ޙުސާން ، އައިލީން ، ޝިފާ އަދި ހައިޒަލް އެއާރޕޯޓްއަށް ވަނުމަށް ފަހު ހޯދަން ފެށީ ޖެނީ ފެނޭތޯއެވެ. ” ކާކު ފެނޭތޯ ތި ބަލަނީ މާ ވަރަކަށް ؟” ފަހަތުން އިވިގެންދިޔަ އަޑާއެކު 4 މީހުން ފަހަތަށް އެނބުރި ބަލައިލިއެވެ. އަދި އެންމެ އެއް އަޑަކުން ” ޝިޓް” މިހެން ބުނެލިއެވެ. ޕީޗް ކުލައިގެ މަތިކޮޅެއް ލާފައި ވާއިރު އެ މަތިކޮޅު ވަނީ ބެގީ ކޮއްލަފައެވެ. ތިރިން ނޫކުލައިގެ ޖިންސް އެއްލާފައި ހުރިއިރު އަރާފައި ވަނީ ކްރީމް ކުލައިގެ އޭނކަލް ބޫޓަކައްށެވެ. ބޮލުގައި މެރޫން ކުލައިގެ ޝޯލް އެއް އަޅާފައި ވާއިރު ލޮލުގައި ކަޅު ކުލައިގެ އަވި އައިނެއް އޮތެވެ. ” ކޮބާ އަހަރެންނަށް ވީ 100 ރުފިޔާ” ހަށަންބަނދެލައިގެނަ ހުރެ އެހެން ބުނުމާއެކު އެންމެން ޖީބުން 100 ރުފިޔާ ނަގާފައި ދިނެވެ. އެއާއެކު އިވިގެން ދިޔައީ ” ޔޭ އައި ވޮން ދި ބެޓް…. ބީޓީޑަބްލިޔު އައި މިސްޑް ޔޫ އޯލް.. ކޮބާ އާން ؟” ޖެނީ މިހެން ބުނުމާއެކު ހައިޒަލް ބުނެލިއެވެ. ” ސާބަސް އެންމެ ފުރަތަމަ ވެސް މަންޖެގެ ލޯބިވެރިޔާ ތަ ހޯދަން ވީ… އަހަރުން މީ އެއްވެސް ބައެއް ނޫން ދޯ ؟” ހައިޒަލް މިހެން ބުނުމާއެކު ޖެނީ ހީލިއެވެ. “ހިހިހިހިހި ނޯ ސީރިއަސްލީ ކޮބާ އާން؟” ޖެނީ އެހެން ބުނުމާއެކު އަމާން އަދިވެސް ހޮސްޕިޓަލް އިން ގެއަށް ނާންނަކަމަށް އައިލީން ބުނެލިއެވެ. ” ކޮންގްރާ އައިލީން އެންޑް ޙުސާންބެ” ކައިވެނި ކުރަން އުޅޭ ޙުސާންއަށްށާއި އައިލީންއަށް ބަލައިލަމުން ޖެނީ ބުނެލިއެވެ. ” ހިނގާ ދަމާ ދޯ ދެން އަހަރެން ވަރަށް ޓަޔަޑް” ޖެނީ އެހެން ބުނުމާއެކު އެންމެން ވެސް ބޭރަށް ނިކުންނަން ހިނގައިގަތެވެ.
**** **** **** **** **** ****
ގެއަށް ވަދެގެން އައި ޖެނީ ހުރީ ކުނިމޫނު ހަދައިގެންނެވެ. އެހެން ނުވާންވި ސަބަބެއް ނެތެއްނޫ ހެއްޔެވެ. އެންމެން ދެކެން ބޭނުންވީ މީހާ ނުފެނުމުން ޖެނީ ހުރީ ރުޅިއައިސް ދެރަވެފައެވެ. ” ބުނާނެ އެކަމަކު ލޯބި ވޭ… އެކަމް ދެންމެ ގުޅީމަ އެ ބުނީ ވާހަކައެއް ނުދެއްކޭނެ އޯ ވަރަށް ބިޒީ އޯ” ޖެނީ އަމާންއަށް ކުދިކިޔަމުން ގޮސް ކޮޓަރިއަށް ވަނެވެ.
ރޭގަނޑު 8 ޖަހާ ބޮޑުވީއިރުވެސް އަމާންގެ ހަބަރެއް ނުވުމުން ޖެނީގެ މުޅި ތަބީޢަތް ވަނީ ގޯސް ވެފައެވެ. ކުއްލިއަކަށް ގޭ ކަރަންޓް ކަނޑައިގެން ދިޔުމުން އެނދުމަތީގައި އޮތް ޖެނީ ތެދުވަމުން ބުރުގާއެޅިއެވެ. އަދި ފޯނުން ފްލޭށްލައިޓް ޖައްސާލަމުން ކޮޓަރިން ނެތެވެ. ” ހައި ؟.. ޝިފް؟..” ޖެނީ ހައިޒަލްއަށްށައީ ޝިފާއަށް ގޮވައިލިއެވެ. ނަމަވެސް ޖަވާބެއް ނުލިބުމުން ޗޮކެއް ކަނޑާލިއެވެ. ސިޓިންރޫމްއަށް ނިކުތް ޖެނީއަށް ކުޑަދޮރުން ބޭރުން ކުދިކުދި އަޅިކޮޅު ފެންނަމުން ދިޔައެވެ. އެހެންކަމުން ކުޑަދޮރާއި ކައިރިވެލަމުން ބޭރު ބަލައިލިއެވެ. ފެންނަމުން ދިޔަ ފޭރީ ލައިޓްސްތައް ފެނި ޖެނީ އަވަހަށް ސިޑިން ތިރިއަށް ފޭބިއެވެ އަދި ގެއިން ބޭރަށް ނިކުތެވެ. މުޅިތަނުގައު ހަރުކޮށްފަ ހުރި ފޭރީ ލައިޓްސްތައް ފެނި ޖެނީއަށް އަނގަ ހުޅުވައިލެވުނެވެ. ” ވާވް” ޖެނީ އެހެން ބުނަމުން މުޅި ތަނަށް ބަލައިލިއެވެ. މުޅި ގޯތި ތެރޭގައި ފޭރީ ލައިޓްސް ހަރުކޮށްފައި ވާއިރު ފިނިފެންމާ ފިޔަ ބިންމައްޗަށް އުކާފައި ހުއްޓެވެ. ” އައިމިނަތު ޖެނީ ޖޯންސެން” ފަހަތުން އިވުނު އަޑަކާއެކު ޖެނީ ފަހަތަށް އެނބުރި ބަލާލިއެވެ. ” އާން” ފަހަތުގައި ބޮޑު ރެޑްރޯސް ބުކޭއެއް ހިފައިގެން ހުރި އަމާން ފެނި ޖެނީއަށް ބުނެވުނެވެ. ބުކޭ ޖެނީއަށް ދެމުން އަމާން އެއްފައިމައްޗަށް ތިރިވެލިއެވެ. އަދި ޖެނީ އާއި ދިމާއަށް އަތް ދިއްކޮއްލަމުން ބުނެލިއެވެ. ” ވިލް ޔޫ މެރީ މީ” އޭ ބަސްތަށް އަޑު އިވި ޖެނީއަށް އަނގަމަތީގައި އަތްއަޅާލެވުނެވެ. ލޮލުން ކަރުނަ ނިރާލިއިރު ޖެނީ އަވަހަށް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ” ޖެން ކީއްވެ ތި ރޮނީ” އަމާން ޖެނީ ގެނެސް ކައިރިކޮއްލަމުން އަހާލިއެވެ. ” އުފަލުން” މިހެން ބުނަމުން ޖެނީ އަމާންގެ މޭމަތީގައި ބޯ އަޅާލިއެވެ. ” ކީއްވެ އަހަރެން ބަލާ ނައީ ؟… ހަނދާންނެތުނީ ދޯ އަހަރެންގެ މަތިން” ޖެނީ އެހެން އޮވެ ޝަކުވާކޮއްލިއެވެ. ” ހެހެހެހެ.. އަހަރެން ޖެން ބަލާ ދިޔަނަމަ މިހުރިހާ ކަމެއް ކުރާނީ ކާކު” އަމާން މުޅިތަނަށް ނަޒަރުހިންގާލަމުން ބުނެލިއެވެ. ” އާން ހަނދާންވޭތަ އެއްކަލަ ފަޅުރަށަށް ގޮސްފަ ވީ ގޮތް” ޖެނީ އަމާން އާއި ކުޑަކޮށް ދުރުވެ ލަމުން އަހާލިއެވެ. “ހޫމް” އަމާން ހޫމް ލައްވައިލުމުން ޖެނީ ބުނެލިއެވެ. ” އެދުވަހު ލޯބިން އާން ގެ އަތްދަނޑިމައްޗަށް ނެގީމެއްނު އަހަރެން.. އެގޮތަށް އަދި އެއްފަހަރު” ޖެނީ އެހެން ބުނުމުން އަމާން ހިނިތުންވެލިއެވެ. އަދި ޖެނީ އޭނަގެ އަތްދަނޑިމައްޗަށް ހިއްލާލަމުން ބުނެލިއެވެ. ” އޭރު ވެސް އެހާ ލޯބިވިން.. މިހާރުވެސް ވަން.. އަދި އިރާދަ ކުރެއްވިއްޔާ ކުރިޔަށް އޮތްތާގަވެސް ލޯބި ވާނަން” މިހެން ބުނަމުން އަމާން ވަށައިގެން އެނބުރިލިއެވެ. އެއާއެކު ޖެނީގެ މަޑުމަޑު ހީލިއެވެ.
★–ނިމުނީ–★
One Comment
Comments are closed.


Hey darl.. This was a great story.. I’ve seen improvements since the first part I must say I’m very impressed 😊.. I’m sure dear ge next story adhi miyah vure maa furihama vaane.. Amazing job dear.. Keep rocking girl! 🖤🖤🖤