ގަޑިން 10 ޖެހީއެވެ. ޖެނީގެ ހަބަރެއް ނުވާތީ އައިލީން ހުރީ ކަންބޮޑުވެފައެވެ. އެތައްފަހަރަކު ފޯނު ކުރެވިއްޖެއެވެ. މެސެޖު ވެސް ކުރެވިއްޖެއެވެ. ނަމަވެސް ޖެނީ އެއިން އެކައްޗަކަށް ވެސް ޖަވާބެއް ނުދެއެވެ. ކޮޓަރީ މެދުގައި ދެފަރާތަށް ހިނގާލަހިނގާލަ ހުރި އައިލީން އެންމެފަހުން ހައިޒަލްއަށް ގުޅައިލިއެވެ. ” ޖެން އެބަ އުޅޭތަ ގޭގަ ؟” ހާސްވެފައި ހުރެ ސުވާލު ކުރުމާއެކު އައިލީންއަށް ލިބުނީ އެދެވޭ ކަހަލަ ޖަވާބެއް ނޫނެވެ. ” ނޫން ޖެން ދިޔައީ އައި މެންގެއަކައް ނު” އިތުރަށް ކަންބޮޑުވެފައި ހުރެ ޖެނީ އެގެއަށް ނާންނަ ވާހަކަ ބުނުމުން ހައިޒަލް ވެސް ހާސްވިއެވެ. ” މަޑުކުރޭ އަހަރެން ޝިފް ކައިރީ އަހާލާނަން” އައިލީން އަވަސް އަވަހަށް ޝިފާއަށް ގުޅައިލިއެވެ. އަދި ޖެނީ އާއި ދިމާވިތޯ ސުވާލު ކުރިއެވެ. ޝިފާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން އައިލީން ބިރުގަންނަން ފެށިއެވެ. އެހެންކަމުން އަވަހަށް ކޮޓަރިން ނިކުތެވެ.
” ދޮންބޭ!!.. ދޮންބޭ!!!!” ހާސްވެފައި ހުރެ އައިލީން އަމާންއަށް ގޮވަމުން ދިޔައެވެ. ” އައި ކިހިނެއް ވީ ؟” އައިލީންގެ އަޑު ޖެހުމާއެކު އަމާން ބަދިގެއިން ނިކުތެވެ. ހާސްވެފައި ހުރި އައިލީން ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން އަމާންއަށް ނަގައިގަނެވުނެވެ. ވެގެން އުޅޭގޮތް ކިޔާ ދިނުމާއެކު އަމާން ވެސް ހާސްވިއެވެ. ކުއްލިއަކަށް އައިލީންގެ ފޯނަށް ޝިފާ ގުޅުމުން އައިލީން ހިތައް އެރީ ޖެނީ ފެނުނު ކަމަށްށެވެ. ” އައި އަހަރެން މި އަންނަނީ ތި ގެއަށް” ޝިފާ އެހެން ބުނުމުން އައިލީންގެ ހިތައް ކުޑަ ފިނިކަމެއް ލިބުނެވެ. ” އެކަނި ނާންނާތި…ހައި އާ އެކު އާދޭ” ޝިފާ ވެސް ގެއްލިދާނެތީ އައިލީން އަވަހަށް ބުނެލިއެވެ.
ގަޑިން 12:00 ޖެހީއެވެ. ނަމަވެސް ޖެނީގެ އެއްވެސް ހަބަރެއް ނުލިބުނެވެ. ރޭގަނޑު ޖެނީ ގޮސްފާނެހެން ހީވާ ހުރިހާތަނެއް އަމާން އާއި ހައިޒަލް ބެލިއެވެ. ނަމަވެސް ޖެނީއެއް ނުފެނުނެވެ. އެހެންކަމުން ޖެނީ ގެއްލުނު ކަމުގެ ރިޕޯޓު ޕޮލިހުންނަށް ހުށައެޅިއެވެ. ޙުސާންއަށް މި ހަބަރު ލިބުމުން އިތުރަށް ހާސްވިއެވެ. މިހާރު ރަށުތެރޭގެ ހާލަތު ގޯހުން ގޯހައް ދާއިރު އޭނާގެ ކޮއްކޮ އެއްފަދަ ޖެނީ ގެއްލުމުން ހާސްނުވެ ނުދާނެއްނޫން ހެއްޔެވެ.
**** **** **** ****
ލޯހުޅުވާލުމާއެކު ފެނިގެން ދިޔައީ އަނދިރިކަމެވެ. އެހެންކަމުން އަނދިރިކަމަށް ލޯހާނަން މަސައްކަތް ކުރަމުން ޖެނީ ކޮޅަށް ތެދުވަނަ އުޅުނެވެ. ނަމަވެސް އެކަން ކާމިޔާބުނުވީ ހަތަރެސްފައި ބަނދެފަ ހުރުމުންނެވެ. ” މީ ކޮންތަނެއް؟… އަހަރެން.. އަހަރެން ހުރީ މަގުމަތީގަ… ދެން… ފަހަތަށް އެނބުރުނު އިރަށް ފާޑެއްގެ އެއްޗަކުން ނޭފަތާއި އަނގަ މަތީގަ އެޅީ.. ދެން.. ދެން ވީ ކިހިނެއް ؟… އަހަރެންނަށް މިތަނަށް އާދެވުނީ ކޮންހެނެއް ؟… ކާކު އަހަރެން ބެންނީ ؟… މީ އަނެއްކާ މީހަކު ކުރާ ސަމާސާ އެއްތަ ؟ ” ބިރުގަނެފައި ހުރި ޖެނީ އަމިއްލަ ޟާމިރު އާއި އެތަކެއް ސުވާލެއް ކުރަމުން ދިޔައެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. ކުއްލިއަކަށް މުޅި ތަނަށް އަލިވެގެން ދިޔައީ އެތެރެއަށް ވަތް މީހާ އަތުގައި އޮތް އުއްބައްތިންނެވެ. ކަޅުކުލައިގެ ހުޑީ އެއް ލާފައި ހުރި އިރު ހުޑް ވަނީ ބޮލުގައި އަޅާފައެވެ. އަނގަމަތި ނިވާކުރުމުގެ ގޮތުން ކަޅުކުލައިގެ މަސްކެއް އަޅާފައި ވެއެވެ. ” ކާކު ތީ ؟ އަހަރެން މިތަނަށް ގެނައީ؟” އެއްވެސް ޖެހިލުމެއް ނެތި ޖެނީ އެމީހާއާއި ސުވާލު ކޮއްލިއެވެ. އެމީހާގެ ފަހަތުން އިތުރު ދެމީހަކު ވަތް އިރު އެދެމީހުން ވެސް ތިބީ ހަމަ އުއްބައްތި ހިފައިގެން ހުރި މީހާ ހެންނެވެ. ” މަންޖެ ބިރެއް ނުގަނޭތަ ތިހެން ސުވާލު ކުރާ އިރަކު ؟” އުއްބައްތިން ހިފައިގެން ހުރި މީހާ އެހެން ބުނަމުން ޖެނީ އާއި ކައިރި ވެލިއެވެ. ” ނުޖެހޭ ބިރުގަންނާކަށް.. ކަލޭ ތީ ކާކު ކަމަށް އަހަރެން ބިރުގަންނާކަށް؟” އެއަޑުން ވެސް ޖެނީ އެހުރީ ބިރަކުން ނޫންކަން އެ މީހާއަށް އެނގުނެވެ. އެހެންކަމުން ނުލަފާ ވައްތަރަކަށް ހެމުން ޖެނީ ލައިގެން ހުރި ގުޑީގެ އަތްކުރި އޮޅާލުމަށް ފަހު ޖެނީގެ އަތަށް އުއްބައްތިން އުއް އަޅަން ފެށިއެވެ. އެއާއެކު މުޅި ކޮޓަރީގައި ގުގުމާލީ ޖެނީގެ ވޭނީ ” އާހް” ގެ އަޑެވެ.
**** **** **** **** ****
އާ ދުވަހަކަށް އިރު އަރައިގެން ދިޔައިރު ޖެނީގެ އެއްވެސް ނިޝާނެއް ފެންނަން ނެތެވެ. އަމާން އާއި އައިލީން އާއި ޝިފާގެ އިތުރުން ހައިޒަލް ތިބީ ކަންބޮޑުވެފައެވެ. ޙުސާން ދިޔައީ ޖެނީ އާއި ގެއްލިފައިވާ އަދި އެހެން ކުއްޖަކު ހޯދުމަށް ކުރެވޭ އޮތް ހުރިހާ ކަމެއް ކުރަމުންނެވެ. ޖެނީގެ އާއިލާ މެންބަރަކަށް ހަމައެކަނި ހުރިމީހަކީ ޖެނީގެ ބައްޕަ ފަރާތު ބޮޑުދައިތަ ކަމުން އެ ހަބަރު ބޮޑުދައިތައަށް ދިނެވެ. އޮސްޓްރޭލިޔާ ގައި ހުރި ޖެނީގެ ބޮޑުދައިތަ އެ ހަބަރު ލިބުމާއެކު ވަގުތުން ރާއްޖެއަށް އައެވެ.
” ކޮބާ މި ސްޓޭޝަން ގެ އިންޗާރޖް ؟ ” ޕޮލިސް ސްޓޭޝަންއަށް ވަދެގެން އައި މެދު އުމުރުގެ އަންހެނެއް ފެނި އެންމެންގެ ނަޒަރު އެމީހާއަށް ހުއްޓުނެވެ. ލާފައި ވަނީ އަތްދިގު މަޑުބަށި ކުލައިގެޓީށާޓް އެކެވެ. އޭގެ މަތިން ބްރޭންޑެޑް ގަދުބަށި ކުލައިގެ ފަޔު ކަކުލާއި ހަމައަށް ދާ ބިޒްނަސް ކޯޓް އެއް ލައިގެން ހުރިއިރު ތިރީން ލާފައި ވަނީ ޑެނިމް ނޫކުލައިގެ ސްކިނީ އެކެވެ. ހައިހީލް އަކަށް އަރައިގެން ހުރިއިރު އަތުގައި ބްރޭންޑެޑް ހޭންޑްބޭގް އެއް އޮތެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާފައި ވާއިރު ކަނދުރާ އާއި ހަމައަށްދާ ސަލްވާބްލޫ ކުލައިގެ އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ދޫކުރެވިފައެވެ. ރޫޅާފަތި ހަށިގަނޑެއް ލިބިފައި ވާއިރު އެއީ މެދުއުމުރުގެ މީހެކޭ ނުވެސް ބުނާނެއެވެ. “ކޮބާ ހޭ މި ސްޓޭޝަން ގެ އިންޗާރޖް ؟ ” އެއަންހެން މީހާ އަނެއްކާވެސް ސުވާލު ތަކުރާރު ކޮއްލިއެވެ. މިފަހަރު އެ އަޑުގައި ވާ ހިތްހަމަ ނުޖެހުން ފެނި އެންމެން ވެސް ބިރުގަތެވެ. ސަބަބަކީ އެއަންހެން މީހާ ވަރަށް މުއްސަނދި ފާޑު ޖަހާތީއެވެ. ” އިންވެސްޓިގޭށަން ރޫމް ގަ އެބަ އުޅުއްވާ ” ޕޮލިހުންގެ ޔުނީފޯމް އަޅައިގެން ހުރި އަންހެން ކުއްޖަކު ބުނެލިއެވެ. އަދި އެއަންހެން މީހާއަށް ދާންވީ ދިމާ ދައްކައިދިނެވެ.
” ރަށު ފަޅުތެރެއަށް ވަންނަ ހުރާ ދޯންޏެއް ޗެކްކުރަން ވާނެ އެ ދޯނި ފަޅުން ނިކުތުމުން ކުރިން.. ރަށުގެ ހުރިހާ އޭރިޔާ ގަ ޕެޓްރޯލް ކުރަން ފަށާ މި ވަގުތުން ފެށިގެން.. ވީ ކޭންޓް ޓޭކް އެނީ ރިސްކް..-” އިންވެސްޓިގޭޓް ޓީމްއަށް ކަންކުރަންވީ ގޮތް ކިޔައިދެމުން ދިޔަ ޙުސާންއަށް ވާހަކަ މެދުކަނޑާލަން ޖެހުނީ އެތެރެއަށް ވަތް އަންހެން ކުއްޖާގެ ފަހަތުގައި ހުރި އަންހެންމީހާ ފެނިފައެވެ. ” އޯކޭ ގާއިސް ޔޫ އޯލް އާރ ޑިސްމިސްޑް.. މަސައްކަތް ވީހާވެސް އަވަހަކަށް ފަށާ.. ވީ ހޭވް 2 ލައިފްސް ޓު ސޭވް!!” ޙުސާން އެހެން ބުނުމާއެކު ހުރިހާ އެންމެން އެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ” އެލް އާންޓް ކޮންއިރަކު ތޯ އައީ؟” އަދަބު ވެރިކަމާއެކު ޙުސާން އެއަންހެން މީހާ އާއި ވާހަކަ ދައްކަމުން އިށީންނުމަށް އިޝާރަތް ކޮއްލިއެވެ. ” ޙުސާން އެލް އާންޓް މި އައީކީ އިށީންނާކަށް ނޫން.. އަމް ހިޔާރ ޓު ފައިންޑް މައި ނީސް” އެއަންހެން މީހާ އެހެން ބުނުމާއެކު ޙުސާން ފުން ނޭވާއެއް ދޫކޮއްލިއެވެ. ” އަޅުގަނޑުމެއްނަށް އަދި އެއްވެސް ކްލޫއެއް ނުލިބޭ…ޖެނީގެ އިތުރުން އަދި އެހެންއަންހެންކުއްޖަކު ވެސްވަނީ ވީނުވިއެއްނޭނގި ގެއްލިފަ…ކިޑްނޭޕިންގެ ކޭސް އެއް… މީގެ ކުރިން ވެސް ވަނީ އަންހެންކުއްޖަކު ގެއްލިފަ އެކުއްޖާ ފެނުނީ މަރާލަފަ އޮއްވައި… ބޮޑަށް ސަސްޕެކްޓް ކުރެވޭނީ މިރަށު އުޅޭ ގޭނގު ބަޔަކު ކޮއްގެން އުޅޭ ކަމަކަށް… އެމީހުން އެކްޓިވް ނުވާތާ މިހާރު ހަފްތާއެއް ވަރު ވެދާނެ… އެ ގޭނގު މީހުން އޮފް ވީތަނާހެން ކިޑްނޭޕިންގެ ފަސްޓް ކޭސް ލިބުނީ ” ޙުސާން ރިޕޯޓް އެއް ހުށައަޅާހެން ކިޔައިދިނެވެ. އެއާއެކު އެއަންހެންމީހާ ކައިރީ ހުރި ގޮނޑީގައި އިށީންނިއެވެ. ޙުސާން ކިޔައިދިން ހުރިހާ ވާހަކައެއް އަޑުއެހުމަށް ފަހު ކޮޅަށް ހުންނާނެ ހިތްވަރު ވެސް ގެއްލުނު ކަހަލައެވެ.
***** ***** ***** *****
ފަޔާއި އަތުގެ އެކިތަންތަނުގައި އުއް އަޅާފައި ހުރިއިރު އެތަންތަނުން ދިލަ ނަގަމުން ދިޔައެވެ. ” ހޭއި ބޭބީ އަން އަވަހަށް މި ކާލާ” ކޮޓަރިއަށް ވަދެގެން އައި އެއްކަލަ މީހާ އަތުގައި އޮތް ބަތްޕާރުސަލް އެއް ދިއްކޮއްލަމުން ބުނެލިއެވެ. ” ނުޖެހޭ ކާކަށް… އަހަރެން މީ ނުދަންނަ މީހުން ދޭ އެއްޗެހި ކާހިތުން އުޅޭ މީހެއް ނޫން” އެމީހެއްގެ މޫނު ބަލާލަން ބޭނުން ވެފައި ހުރި ވަރުން ޖެނީ ބުނެލިއެވެ. ” އޯ ކަމްއޯން މަންޖޭ…އަހަރެން މީ މަންޖެ ނުދަންނަ މީހެއް ނޫން… މަންޖެއަށް ވަރަށް ރަނގަޅަށް އެނގޭނެ އަހަރެން މީ ކާކުކަން ” އެމީހާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ” އަހަރެންނަކަށް ނޭނގެ ތީ ކާކު ކަމެއް…. އެންޑް ޔާ އައި ރިމެމްބާ ތި މީހާ އެހީމެއްނު ދޯ އަހަރެން ބިރެއް ނުގަނޭހޭ… އެހެން އަހާ އިރު އަހަރެންނަށް ހީވަނީ ތި މީހާ ހެން އުޅެނީ ބިރުން “މަލާމާތުގެ ރާގަކަށް ޖެނީ ބުނެލިއެވެ.” ނުވިސްނުން ދޯ ހެހެހެހެ.. ތިކަހަލަ ބޯގަޅި މީހުންނަށް ވާނީ އެވަރު… ތިމީހާ ހުޑް އާއި މާސްކު އަޅައިގެން އުޅެނީ ބިރަކުންނު… އަހަރެންނަށް ތިމީހާގެ މުޑުދާރު މޫނު ފެނިދާނެތީ ” ޖެނީ އަނެއްކާވެސް އެ މީހާއަށް މަލާމާތް ކޮއްލިއެވެ. އެއާއެކު އެމީހާ އަތުގައި އޮތް ބަތްޕާރުސަލް ދުރަށް އެއްލާލަމުން ގޮސް ޖެނީގެ ކޯފިތާލިއެވެ.” ބޭނުންތަ އަހަރެންގެ މޫނު ބަލަން ” ރުޅިއަރާ ރަތްވެފައި ހުރެ އެމީހާ އެހެން ބުނަމުން ބޮލުގައި އަޅާފައި އޮތް ހުޑް ފަހަތަށް ވައްޓާލިއެވެ. އަދި އަނގަމަތީގައި އަޅާފައިވާ މާސްކު ނަގާ އެއްލާލިއެވެ.” ކިހިނެއްވީ އަހަރެންގެ މޫނު ފެނުނީމަ ބުނާނެ އެއްޗެއް ނޭނގުނީތަ ؟ ” އެމީހާ ދެލޯ ބޮޑުކޮއްގެން ހުރި ޖެނީ އާއި ދިމާއަށް ބުނެލިއެވެ.
**** **** **** **** **** ****
” ހައި އަހަރެން ވަރަށް ހާސްއެބަވޭ.. ޖެން އަދިވެސް ނުފެނޭ.. އަނެއްކާ ނަހުލާ ހެން.. – ” އައިލީންއަށް ބުނެވުނީ އެހިސަބަށްށެވެ.” އައި ތިކަހަލަ އެއްޗެހިން ނުކިޔާ އިރާދަ ކުރެއްވިޔާ އަހަރުމެންނަށް ޖެން ފެންނާނެ ” ހައިޒަލް ހިތްވަރު ކުރަމުން އައިލީން ކައިރީ ބުނެލިއެވެ. ތެދަށް ބުނާ ނަމަ ހައިޒަލްގެ ހިތުގައި ވެސް ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ.” އާންޓް އެލް! ” ގޭ މައިދޮރުނަ ވަދެގެން އައި އެލްޒާ ފެނި ޝިފާއަށް ބުނެވުނެވެ.” ގާރލްސް ކަމް ޓު އާންޓީ ” އެލްޒާ ދެއަތް ފަތުރާލަމުން އައިލީންއަށްށައީ ޝިފާއަށް ބަލައިލިއެވެ. އެއާއެކު ފެނުނީ ދުވެފައި އައިސް އެދެކުދިނަ އެލްޒާ ގެ ހަށިގަނޑުގައި އޮޅުލައިގަތް ތަނެވެ.
***** ***** ***** ***** *****
” ހައިޒޫމް؟ ” ކުރިމަތީގައި ހެވިފަ ހުރި ހައިޒޫމް ފެނި ޖެނީއަށް ބުނެވުނެވެ. އެމީހާ ހައިޒޫމްއަށް ވެދާނެ ކަމަށް ޖެނީ ހުވަފެނުން ވެސް ނުވިސްނައެވެ.” ހޭއި ކީއްވެ ހުޑް އާއި މާސްކު ބޭލީ ؟ ” އެތެރެއަށް ވަދެގެން އައި އަންހެންކުއްޖާއަށް ހައިޒޫމްއަށް ބަލައިލަމުން ބުނެލިއެވެ. އެއާއެކު އިވިގެން ދިޔައީ ހައިޒޫމްގެ މަކަރުވެރި ހިނިގަނޑެވެ.” ހޫނު ވާތީ ” ހައިޒޫމް މިހެން ބުނުމުން އެއަންހެންކުއްޖާ ބުނެލިއެވެ.” އަސްލު ވެސް ވަރަށް ހޫނުވޭ މި މާސްކު ގަނޑާއި ހުޑް އަޅައިގެން އުޅެން ޖެހުމުން ” އެކުއްޖާ އެހެން ބުނަމުން މާސްކު ތިރިކޮށްލުމަށްފަހު ހުޑް ފަހަތަށް ވައްޓާލިއެވެ.” ރައިލީ ؟” ގަބޫލުުރަން ދަތި ގޮތަކަށް ރައިލީއަށް ބަލައިލަމުން ޖެނީ ބުނެލިއެވެ. ” ކިހިނެއް ވީ ހާދަ ހައިރަންވެފަ ؟… ހިހިހިހި ޖެނީ އަހަރެން ބުނީމެއްނު މީގެ 1 އަހަރު ކުރިން ހައިޒަލް އަހަރެންގެ މީހަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރާނަމޭ ހިހިހިހި” ރައިލީ އެހެން ބުނަމުން އައިސް ހައިޒޫމްގެ މަގަތުގައި ހުއްޓުނެވެ. ” ގާއިސް އިޓްސް ޓައިމް ފޯ ރޯޗަރް” އެތެރެއަށް ވަދެގެން އައި އަންހެނަކު ވިހަގަދަ ގޮތަކަށް ބުނުމާއެކު ޖެނީ ހައިޒޫމް އާއި ރައިލީގެ މޫނަށް ބަލައިލިއެވެ. އެދެމީހުން އެކައްޗެއްވެސް ނުބުނެ އެ ކޮޓަރި ގަނޑުން ނިކުމެގެން ދިޔައެވެ. ” ވީ މީޓް އެގެއިން ޖެނީ.. ބުނީމެއްނު އަހަރެން ގެ މަގަށް ހުރަސް ނޭޅޭށޭ… ބަޓް ޔޫ ޑިޑިންޓް ލިސެން އެންމެ ފަހަުން އަމާން އާ ރައްޓެހިވެސް ވީ!!” އެއަންހެން މީހާ އެހެން ބުނަމުން އަތުގައި އޮތް ދަނޑިބުރިން ޖެނީގެ ފަޔުގައި ޖެހިއެވެ. މުޅި ކޮޓަރި ތެރޭގައި ވަނީ ޖެނީގެ ވޭނީ އަޑު ހަރުލަފައެވެ. ” ކާކު ތީ ؟ ކޮ.. ކޮންހެނެއް އެނގުނީ އަހަރެން އު..އުޅެނީ އަމާން އާއި ރައްޓެހިވެގެން ކަ..ކަމެއް ؟” ބިންމަތީގައި ކުރުގެޅިފައި އޮތް ޖެނީ އެއަންހެންމީހާ އާއި ދިމާއަށް ބަލައިލަމުން އަހާލިއެވެ. އެއާއެކު އެއަންހެންމީހާ ވިހަގަދަ ގޮތަކަށް ހޭންފެށިއެވެ. ” އަދިވެސް ނޭނގުނުތަ އަހަރެން މީ ކާކު ކަމެއް ؟ ހައްހައްހައްހައްހައްހާ… އަހަރެން މީ ރިޔާދާ… ކިހިނެއް އަހަރެންނަށް ނޭނގެން ވީ؟.އަހަރެން ޖެނީއަށް ސްޕައި ކުރިން ހައްހައްހައްހަ.. އެނގޭތަ މިހުރިހާ އެއްޗެއް މި ކިޔައިދީ ކަލޭ އަށް އެނގުމުން އެއްވެސް ފައިދާއެއް ނުކުރަނެތީ މިރޭ 1:00 ޖަހާލާކަން ހާއިރު ކަލޭގެ ތިހަށިގަނޑަކު ފުރާނަ އެއް ނޯންނާނެ ތީވެ ހައްހައްހައްހައްހައްހާ ” ރިޔާދާ އެހެން ބުނަމުން އެ ކޮޓަރިން ނިކުތެވެ. ކުރުގެޅިފައި އޮތް ޖެނީ އަވަހަށް ތެދުވެ އިށީންނަމު އަތުގައި ހުރި އައްސާފައި ހުރި ވާގަނޑު މުހެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެތައް އިރެއް ގެ މަސައްކަތަށް ފަހު ޖެނީއަށް އަތުގައި އައްސާފައި އޮތް ވާގަނޑު މުހެވުނެވެ. އެހެންކަމުން ފަސޭހަ ކަމާއެކު ފަޔުގައި އައްސާފައި ހުރި ވާގަނޑު މޮހެލަމުން ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި އެ ކޮޓަރި ގަނޑުގައި ކުޑަދޮރެއް ހުރިތޯ ބެލިއެވެ. ކުޑަދޮރެއް ނެތް ކަމުގައި ވިޔަސް ފެންލައިޓް އެއް ހުއްޓެވެ. އެހެންކަމުން ޖެނީ އަވަހަށް ކޮޓަރީ ދޮރުގައި ތަޅުކަމުން އެއްފަރާތެއްގައި ހުރި މޭޒު އުނދަގޫކަމާއެކު ފެންލައިޓް ކައިރިއަށް ގެންދިޔައެވެ.
★–ނުނިމޭ–★
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

