*އިރުއޮއްސެން ކައިރިވުމުން އަތިރިފަރާތުގައި ލޯބީގެ މާފޮޅުއްވަން ތިބި ޝިފާ އާއި ހައިޒަލް ގެއާއި ދިމާއަށް ހިނގައިގަތެވެ. ދެމީހުން އަތުގުޅުވައިގެން ތިބިއިރު އެ ދެމެދުގައި ވާ ލޯބި ސާފުކޮއް ފެންނަމުން ދިޔައެވެ. ހައިޒަލްގެ ކޮންދުމަތީގައި ބޯ އަޅައިގެން އޮތް ޝިފާ ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ. އެއިރު ފުދޭވަރަކަށް ގެއާއި ކައިރި ވެއްޖެ އެވެ. *
” ކިހިނެއްވީ ޑާރލިން ؟… ކީއްވެ ތި ހުއްޓުނީ ” ޝިފާ ކުއްލިއަކަށް ހުއްޓުމުން ހައިޒަލް ސުވާލު ކޮއްލިއެވެ.” ހައި އައި ވޯންޓް އަ ހަގް ” ޝިފާ ތުން ފިއްތާލަމުން ބުނެލިއެވެ. ޝިފާގެ ލޯބިކަން ފެނި ހައިޒަލް ހިނިތުންވެލިއެވެ.” ބޭބީ ބޭނުންނަމަ ކިސް އެއްވެސް ދީފާނަން ” އެއް ލޯމަރާލަމުން ހައިޒަލް އެހެން ބުނެލީ ޝިފާ ލަދު ގަނވާލުމަށްޓަކައެވެ. އެކަން އެންމެ ފުރިހަމައަށް ގޮތުގައި ކާމިޔާބުވެސް ވިއެވެ. ޝިފާ ލަދުން ގޮސް އިސްޖަހާލިތަން ފެނި ހައިޒަލް ޝިފާ އާއި ގާތް ވެލިއެވެ. އަދި އެ ކުޑަ ހަށިގަނޑުގައި ލޯބިން ބާއްދާލިއެވެ.
**** **** **** **** ****
” އަމާންބެ ކީއްވެ މިއަދު މެންދުރު ބަދިގޭ ދޮރުމަތީގަ ހުރީ ؟ ” އަހަން ނާހަން ހުރެފައި ޖެނީ އެސުވާލު ކޮއްލިއެވެ. ޖަވާބުލިބުމުގެ ބަދަލުގައި ޖެނީ އަށް ވެސް ކުރިމަތި ލާންޖެހުނީ ސުވަލަކާއެވެ.” ޖެނީ ލޯބިވާ ކުއްޖާއަށް ކިޔަނީ ކޮންނަމެއް…. އިނގޭ އެލަންވޯލްކާ އޭ ބުންޏަސް އެއީ ދޮގެއްކަން ” އަމާންގެ ސުވާލާއެކު ޖެނީ ދެލޯ ބޮޑުވެގެން ދިޔައެވެ.” ހެހެހެހެ އަސްލު ނުހުރޭ ލޯބިވާ ކުއްޖެއް ” އެސުވާލު ޖަވާބުނުދީ ސަލާމަތްވުމަށްޓަކައި ސަމާސާރާގަކަށް ޖެނީ ބުނެލިއެވެ. ނަމަވެސް އަމާން ގަބޫލެއްނުކުރިއެވެ. އަމާންގެ ހިތް ބާރު ބާރަށް ތެޅުމުން ދިޔައީ ޖެނީ ބުނާނެ ނަމެއް ނޭނގޭތީއެވެ. އަމާން ކުރި ސުވާލަށް ޖަވާބުނުދިނުމަށްޓަކައި ޖެނީ އެތަކެއް ބަހަނާއެއް ދެއްކިއެވެ. އެހެންނަމަވެސް އަމާން ހުރީ ގޮތް ދޫކުރާފަދަ ގޮތަކަށް ނޫނެވެ. ” މިހާރު އިރުވެސް އޮއްސިއްޖެ ހިނގާ ދަމާ” އެންމެފަހުން ޖެނީ އޮއްސިގެން ދިޔަ އިރުފެނި ބުނެލިއެވެ. ” ރޭގަނޑު ވެގެން ގޮސް ދަންވަރު ވަގުތު ޖެހުނަސް މިތަނުން ދެވޭނީ ޖެނީ ލޯބިވާ ކުއްޖާގެ ނަން ބުނީމަ” އަމާން އެހެން ބުނުމުން ޖެނީވަށައިގެން ބަލާލިއެވެ. މުޅި ތަނަށް އަނދިރިކަން ފެތުރެމުން ދިޔައިރު އެއްވެސް އައްޔެއް ނެތެވެ. ބޮޑެތި ބިޔަ ގަސްތައް ފެންނަނީ ނާމާން ކޮށްށެވެ. ” އިޓްސް ޔޫ” ހިތަށް ވެރިވި ބިރުވެރިކަމާއެކު ޖެނީ ތެދު ހާމަ ކުރިއެވެ. “ދެން އަހަރެންގެ ސުވާލަށް ޖަވާބުދީ” ހަށަންބަންނަމުން ޖެނީ ބުނެލިއެވެ. ” އަހަރެން ޖަވާބު ނުދީ ފިއްޔާ” އަމާން ސަމާސާ ގޮތަކަށް ބުނެ ލުމުން ޖެނީ ތުންފިއްތާލިއެވެ. އަދި އެއްގަމަށް އަރަން ހިނގައިގަތެވެ. ފައިވާން ނުލާ ހުރުމުގެ ސަބަބުން ޖެނީގެ ފަޔަށް ދޮންވެލިގަނޑުގައި އޮތް ފުޅިތޮށި ކޮޅެއް ހެރުނެވެ. އަމާންގެ ކަންފަތުގައި ވޭނީ ” އާހް” އެއްގެ އަޑު ޖެހުމުން އެގަމާއި ދިމާއަށް ބަލައިލިއެވެ. ފަޔާއި ދިމާއަށް ތިރިވެގެން އޮތް ޖެނީ ފެނި އަމާން އަވަހަށް ޖެނީ ކައިރިއަށް ދިޔައެވެ. “އާރ ޔޫ އޯކޭ” ދައްފައިން ފައިބަމުން ދިޔަ ލޭތައް ފެނި އަމާން ހާސްވެފައި ހުރެ ބުނެލިއެވެ. ” ޔަހް އަމް ފައިން” ޖެނީ އެހެން ބުނަމުން އެއްފަރާތެއްގައި ހުރި ފައިވާން އަތަށް ނެގިއެވެ. އަދި މަގުމައްޗަށް ނިކުންނަން ހިނގައިގަތެވެ.
ކޮރު ޖަހަމުން ދިޔަ ޖެނީ ފެނި އަމާންގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. ހަރުހިނގުމެއްގައި ގޮސް ޖެނީ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. އަމާންގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައިރު ޖެނީ ހުރީ ވާނުވާ ނޭނގިފައެވެ. ” މީ އަމާންބެ އެހާ ހާސްވަން ޖެހޭ ކަމެއް ނޫން” ޖެނީ އެހެންބުނުމާއެކު އަމާން ބުނެލިއެވެ. ” ހާސް ވުމުން ކީއްތަ ވާނީ؟” އަނެއްކާވެސް ޖަވަބެއްގެ ބަދަލުގައި ސުވާލެއް ލިބުމުން ޖެނީ ހައިރާން ވިއެވެ. ” ކީއްވެ ؟” ޖެނީއަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. ” އައި ލަވް ޔޫ..ޔޫ ޑަމީ” އަމާން އެހެން ބުނެލުމާއެކު ޖެނީ ހީވީ އުދިއްސައިގަތް ހެންނެވެ. އުފަލުން ގޮސް އަމާން ގެ ކަރުގައި ބައްދައިގަތީ ” ހަމަ އަސްލުވެސް” ހޭ ބުނަމުންނެވެ. ގެއަށް އައި މަގުމަތީގައި ޖެނީ މަގުމައްޗަށް ފޯނު ފްލޭސްލައިޓް އިން އަލި ކުރަމުން ދިޔައިރު އަމާން އާއި އެތައް ވާހަކައެއް ދައްކަމުން ދިޔައެވެ.
ގޭ ސިޓިންރޫމްގަ ގަ ކަން ބޮޑުވެފައި ތިބި އެންމެގެ ސަމާލުކަން ހުއްޓުނީ ގެއަށް ވަދެގެން އައި އަމާން އާއި ޖެނީ ފެނިފައެވެ. އަމާންގެ އަތްދަނޑިމަތީގަ ޖެނީ އޮތުމުން އައިލ>ން ބޭނުންވީ ދިމާކޮއްލަންށެވެ. ނަމަވެސް ޖެނީގެ ފައިން ފައިބަމުން ދިޔަ ލޭތައް ފެނި އައިލީން އަވަސްވެގަތީ ފަސްޓްއެއިޑް ކިޓް ބަލާ ދިޔުމަށްށެވެ.
***** ***** ***** *****
ދަންވަރުގެ ވަގުތެކެވެ. ނިދާފައި އޮތް ހައިޒަލް އަށް ހޭލެވުނީ ފޯނު ރިންގްވާ އަޑުއިމުންނެވެ. ސްކްރީންއަށް އަރާފައި އިން ޝިފާގެ ނަން ފެނި ހައިޒަލް އަވަހަށް ފޯނު ނެގިއެވެ. ” ހޭއި ބޭބް ވަޓްސް އަޕް” ހައިޒަލް ސިއްރު ސިއްރުން އެހެން ބުނެލުމާއެކު ޝިފާ އެދުނީ ބޭރަށް އައުމަށްށެވެ. އެހެން ކަމުން ހައިޒަލް އޮންނަ ތާގައި ބާލިހެއް ބޭއްވުމަށްފަހު އޭގެ މަތީގައި ބެޑްށީޓް އަޅާލިއެވެ އަދި ވަގަށް ކޮޓަރިން ނިކުތެވެ. ” ހޭއި އާރ ޔޫ އޯކޭ ؟” ކޮޓަރިން ނިކުންނަމުން ހައިޒަލް ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝިފާ ކައިރީ އަހާލިއެވެ. ” ނޯ އައި ކޭންޓް ސްލީޕް” ޝިފާ އެހެން ބުނުމާއެކު ހައިޒަލް ބުނެލިއެވެ. ” ސޭމް ހިޔާރ… އިފްޔޫ ޑޯންޓް މައިޑް ވީ ކޭން ކަޑަލް” ހައިޒަލް ކޮނޑު އަރުވާލަމުން ބުނުމާއެކު ޝިފާ ބުނެލިއެވެ. ” އާރ ޔޫ ސީރިއަސް؟ ” އެއާއެކު އިވިގެން ދިޔައީ ހައިޒަލްގެ ލުވި ހުނުމުގެ އަޑެވެ. ” އިޓްސް ނޮޓް ލައިކް ވީ ހޭވް އެނީ ތިން ބެޓާ ޓު ޑޫ” ހައިޒަލް މިހެން ބުނެލުމާއެކު ޝިފާ އެކަމަށް އެއްބަސް ވެލިއެވެ. އަދި ގޮސް ކުރިމަތީގައި ހުރި ހުސް ކޮޓަރިއަށް ވަނެވެ.
**** **** **** **** ****
ގަޑިން މެންދަމު 1 ޖެހުމާއެކު އައިލީން މަޑުމަޑުން އެނދުން ތެދުވިއެވެ. އަދި ކޮޓަރިން ނިކުތެވެ. އެއިރު ޙުސާން ހުރީ އައިލީންގެ އިންތިޒާރުގައެވެ. ” ބޭބީޑޯލް ޔުއާރ ފައިނަލީ ހިޔާރ” ޙުސާން އެހެން ބުނަމުން އައިލީންގެ އަތުގައި ހިފިއެވެ. އަދި ބަދިގެއާއި ޖެހިގެން ހުރި ކާގެއަށް ވަނެވެ. ކާގޭ ގައި ތިބެ އެކިއެކި ވާހަކަ ދައްކަމުން ދިޔައިރު ލޯބީގެ ސަމާސާތައް ވެސް ކުރަމުން ދިޔައެވެ.
**** **** **** **** **** ****
ނިދީގެ ފުންކަނޑެއްގައި އޮތް ޖެނީއަށް ހޭލެވުނީ ފޯނު ރިނގް ވާން ފެށިއާޑަށްށެވެ. ” ހެލޯ” ނިދިއަޑަކުން ބުނެލުމާއެކު އެކޮޅުން އިވިގެން ދިޔައީ އަމާންގެ އަޑެވެ. ” ސޮރީ ނިދާފަ އޮއްވާ ދޯ މީ ހޭލައްވާލެވުނީ” އަމާންގެ އަޑު ޖެހުމާއެކު ޖެނީގެ ނިދި އެއްކޮށް ފިލައިގެން ދިޔަ ކަހަލައެވެ. ” އޯކޭ ވާނެ” ޖެނީ އެހެން ބުނުމުން އަމާންގެ ހުނުމުގެ އަޑުއިވުނެވެ. ލޯބީގެ އެތަކެއް ވާހަކައެއް ފޯނުގެ ޒަރިއްޔާއިން ދައްކަމުންދިޔައިރު ދެހިތުގަވެސް ވަނީ ހިތްހަމަޖެހުމެވެ.
****** ****** ****** ******
އައު ދުވަހަކަށް އިރުއެރިއިރު އެންމެގެ މޫނުމަތިން ފެންނަމުން ދިޔައީ ނިދީގެ އަސަރެވެ. ހެނދުނުގެ ސަޔަށް އިންސާފުކުރަމުން ދިޔަ ޙުސާންގެ ފޯނު ރިނގްވިއެވެ. ” ހެލޯ؟” ކަންފަތުގައި ފޯނުޖަހަމުން ޙުސާން ގޮނޑިން ތެދުވިއެވެ. ” މޫދަށް އެރެން ދޯ ދާނީ ދެން” ޙުސާން އާއި ދިމާއަށް ބަލަންހުރި އައިލީން ސިއްސައިގެންދިޔައީ ޝިފާގެ އަޑު ޖެހުމުންނެވެ. ” ޔަހް ވަރަށް ރީތި މި ރަށު މޫދު” ޝިފާއަށް ތާއީދު ކުރުމުގެ ގޮތުން ޖެނީ ބުނެލިއެވެ. މޫދަށް ދިޔުމުގެ ވާހަކަ ދައްކަމުން ދިޔަ އެންމެންގެ މެދުގައި ތަފާތު ހިޔާލުތަށް ހިއްސާކުރެވެމުން ދިޔައެވެ.
” ބޭޑް ނިޔުސް ” ހާސްވެފަ ހުރެ ޙުސާން އައިސް އެހެން ބުނުމުން އެންމެންގެ ސަމާލުކަން ޙުސާންއަށް ހުއްޓުނެވެ.” އިނގޭ އެއްނު ދޯ ނަހުލާ…. އެކުއްޖާ ގެއްލުން ހެން އަނެއްކާ އިތުރު ދެކުދިން ގެއްލިއްޖެ… އެއްކުއްޖަކު ފެނިއްޖެ އެކަމަކު އެކުއްޖާ ވެސް އޮތީ ނަހުލާ އެކޭ އެއްފަދައިން މަރާލަފަ… އަހަރެން ޖެހިއްޖެ ޑިޔުޓީއަށް ނިކުންނަން ” ޙުސާން ވެގެން އުޅޭ ގޮތް ތަފްސީލުކޮށް ކިޔައިދިނުމާއެކު އެންމެން ހިޔާލުދިނީ މޫދަށް އެރުމަށްފަހު ރަށައް ދިޔުމަށްށެވެ.
**** **** **** **** ****
މޫދަށް ގޮސްފަ އައިއިރު ޙުސާން އާއި އަމާން ދޯންޏައް ސާމާނުތައް އެރުވުމުގައި އުޅުނެވެ އެހެންކަމުން އަވަހަށް ހިކިއެއްޗެހިން ލުމަށްފަހު ހުރިހާ އަންހެންކުދިން އަވަސްވެގަތީ ދޯންޏައް އެރުމަށްށެވެ. އެންމެން ވަރުބަލިވެފައި ތިބުމުން އެކުކުވެސް ހަލަނި އަރައިގެންނެއް ނޫޅެއެވެ. ދޯނީގެ އެކި ތަންތާގައި އަރާމުކުރުމުގައި ތިއްބެވެ. ރަށަށް އާދެވުމާއެކު ދޯނިން ފައިބަމުން އެމީހުކުގެ ގެއަށް އެމީހަކު ދާނ ހިނގައިގަތެވެ.
**** **** **** **** **** ****
ދަބަސް އެނދުމައްޗަށް އެއްލަމުން ތުވާލި ހިފައިގެން ފާހަނައަށް ވަންނަން ޖެނީ ހިނގައިގަތެވެ. ވެފައި ހުރި ވަރުބަލިކަމާއެކު ފާހަނައިން ފެންވަރާގެން ނިކުތް ޖެނީ މަޑުފެހި ކުލަ އާއި ހުދުކުލައިން ޑިޒައިން ކޮށްފައިވާ ބޮޑުހަރުވާޅެއް ލިއެވެ. މަތިން އަތްކުރު ގަދު ފެހިކުލައިގެ ޓީށާޓްއެއް ލަމުން އެނދުމައްޗަށް ވެއްޓިގަތެވެ. އެއާއެކު ހުވަފެނީ ޢާލަމަށް ދިޔުމުގެ ދަތުރު ޖެނީ ފެށިއެވެ.
ފޯނު ރިނގްވާ އަޑަށް ނިދިފައި އޮތް ޖެނީއަށް ހޭލެވުނެވެ. ” ހެލޯ” ކަންނެތް ގޮތަކަށް ތެދުވަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. ” ހޭއި އާދެބަލަ އަހަރުން ގެއަށް” އިވިގެން ދިޔަ އައިލީންގެ އަޑާއެކު ޖެނީ ހޫމް ލައްވާލިއެވެ. ” މިދަނީ” އެހެން ބުނަމުން ފޯނު ބެއްވިއެވެ. އަދި ގަޑި ބަލައިލިއެވެ. ގަޑިން 7:30 ކަން އެނގުމާއެކު އިސާހިތަކުން ޖެނީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެހެން ނުވާންވި ސަބަބެއް ނެތެއްނޫ ހެއްޔެވެ.ދުވަހަކުވެސް ވަރުބަލިވެގެން ނުނިދާ ވަރަށް މިއަދު ނިދިއްޖެވެ. އަވަސް ޙަރަކާތަކާއެކު ގޮސް ފާހާނާއަށް ވަދެ ވުޟޫ ކޮއްލަމުން ފާހާނާއިން ނިކުތެވެ. އަދި ލައިގެން ހުރި ޓީށާޓު ބާލަމުން ކަޅުކުލައިގެ ހުޑިއެއް ލިއެވެ. އެއަށްފަހު ނަމާދު ކުރަން ފެށިއެވެ. މަޣްރިބްނަމާދު ކޮއް ނިމުނު ތަނާހެން ޢިޝާ އަށް ބަންގިގޮވިއެވެ. އެހެންކަމުން ޢިޝާ ނަމާދު ވެސް ކޮއްލިއެވެ.
ނަމާދުކޮއް ނިމުމުން މުސައްލަ އޮޅާލުމަށްފަހު އަލަމާރިއަށް ލިއެވެ. އަދި ކަޅުކުލައިގެ ސްކިނީ އެއް ބޮޑުހަރުވާޅު ބޭލުމަށްފަހު ލިއެވެ. އިތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން މޫނުގައި ކުޑަ ފުއްކޮޅެއް ޖަހާލިއެވެ. އެއަށްފަހު ބުރުގާ އަޅަމުން ސްކިނީ ގެ ޖީބައް ފޯނު ލިއެވެ. މަގުމައްޗަށް ނިކުތް ޖެނީއަށް އެހެންޏާ ނުފެނޭ ކަމެއް ފެނުނެވެ. އަބަދު ހަލަނބޮލި ވެފައިވާ މަގުމަތީގަ ވަނީ މަރެއްފަދަ ހަމަހިމޭންކަމެއް ފެތުރިފައެވެ. ކުޑަކޮށް ޖެހިލުންވި ނަމަވެސް އައިލީންގެ ގެއާއި ދިމާއަށް ހިނގައިގަތެވެ. ފަހަތުން މީހަކު އަންނަ އިޙްސާސް ކުރެވެން ފަށައިފިއެވެ. އެމީހާ ކުރިއަށް ވުރެ ކައިރި ވެއްޖެއެވެ. ކުއްލިއަކަށް ފަހަތަށް އެނބުރުނު ޖެނީގެ އަނގައާއި ނޭފަތާ އެކު ހުދުކުލައިގެ ރުމާލެއް އެޅިއެވެ. އެއާއެކު ވީނުވިއެއް ނޭނގި ހަބަރުހުސްވެގެ ޖެނީ ބިންމައްޗަށް ވެއްޓުނެވެ.
★–ނުނިމޭ–★
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

