Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދުވަހު ލޯބިން 14

Star Fire Level 310 Stories
August 24, 2022 6 Mins Read
0 Comments

ޖެޓީތެރޭގައި އޮތް ދޯންޏައް ސާމާނު އަރުވަމުން  ދިޔައިރު ހުރިހާ އަންހެންކުދިން ތިބީ އެއްފަރާތެއްގަ ފިރިހެންވެރިންނާއި ދިމާއަށް ކުދިކިޔަންށެވެ. ކުދިކިޔުމުގައި އެންމެ ފުރިހަމަގޮތު ބޭނުން ހިފަމުންދިޔައީ ޖެނީ އާއި އައިލީންއެވެ. ހުރިހާ ސާމާނެށް ދޯންޏައް އަރުވައި ނިމުމުން ފިރިހެންވެރިން ދޯންޏައް އެރިއެވެ. އަދި އަންހެންކުދިންތައް އެރުމަށް އެހީތެރިވެދިނެވެ. ދޯނީގައި ކަންކަން ހަމަޖައްސަމުގައި ހައިޒަލް އާއި ޙުސާން އުޅުނެވެ. އެހެންކަމުން އަންހެންކުދިން ދޯންޏައް އެރުމަށް އެހީތެރިވެދިނީ އަމާންއެވެ. ޝިފާ އާއި އައިލީން ދޯންޏައް އެރުވުމަށްފަހު ތަންކޮޅެއް ދުރުގަހުރި ޖެނީއަށް ގޮވައިލިއެވެ. “ޖެނީ އާދޭ ދޯންޏައް އަރަން !” 

 

ދާންނުދަން ހުރި ޖެނީ ސިއްސައިގެން ދިޔައީ އަމާން ގޮވާލި އަޑަށްށެވެ. އެހެންކަމުން އިތުރަށް ލަސްނުކޮށް އަމާންގެ އެހީތެރިކަމާއެކު ދޯންޏަށް އެރިއެވެ. ވަށްބުރައެއް ހަދައިގެން ދޯނި މެދުގައި އެންމެން އިށީނދެގެން ތިބިއިރު ދިޔައީ އެކިއެކި ވާހަކަ ދައްކަމުންނެވެ. ހަމަހިމޭންކަމާއެކު ތިބީ ހަމައެކަނި އަމާން އާއި ޖެނީއެވެ. އަމާންގެ ކަތިނަޒަރު ޖެނީއަށް އަމާޒުވަމުން ދިޔައިރު އެފަކީރު އިނީ ލަދުން ގޮސް އިސްނަގަން ވެސް ނުކެރިފައެވެ. 

 

“ގާއިސް ރަށަށް އާދެވިއްޖެ ” ވާހަކައިގަ ތިބި އެންމެންގެ ސަމާލުކަން ހޯދުމުގެ ގޮތުން ހައިޒަލް ބުނެލިއެވެ. އެންމެން ތިބިތަނުން ތެދުވަމުން އަވަސްވެގަތީ ދޯނިން ފޭބުމައްށެވެ. ރާޅުޖަހާ ފަށަށް ހުރިހާ އަންހެންކުދިން ފޭބުމާއެކު ފިރިހެންނުތައް އަވަސްވެގަތީ ގެނައި ސާމާނުތައް ދޯނިން ބޭލުމަށްށެވެ. ” ކޮންމެވެސް އެކަކު ދާނ ވީނު މި އަންހެނުންތައް ގޮވައިގެން ގެއަށް” ފަޅުރަށަށް ގިނަ މީހުން އޯވާނައިޓްއަށް އަންނާތީ އެރަށު ގެނގުޅޭ މީހާ ވަނީ އެ ރަށުގައި ގެއެއް ހަދާފައެވެ. އެގެއިން ފެންވެރުމައްށާއި ނިދުމުގެ އިތުރުން ކެއްކުމުގެ އިންތިޒާމުވެސް ވަނީ ކުރެވިފައެވެ. ” އަހަރެން ދާނަން” ދޯނީގައި ހުރި ހައިޒަލް އެހެން ބުނަމުން ބިންމައްޗަށް ފުންމާލިއެވެ. 

 

ރަށުތެރެއަށް ދާން އޮންނަ މަގުން ހިނގަމުން ދިޔައިރު ހައިޒަލް ދިޔައީ އެރަށުގެ އެކި ވާހަކަ ދައްކަމުންނެވެ. ” އަދި އެނގޭތަ އެކޮޅުގަ އޮންނާނެ ވަރަށް ގިނަ ބޯކެޔޮ ގަސްތަކެއް.. އެގަސްތަކުގަ އޮންނަނީ އުނބުލި ވެޔޮ އަޅާފަ ވަރަށް ރީތި އެތަން އަނެހެން ބުނަންޏާ އެކަމަކު އެތަނުގަ ޖިންނި އުޅޭ” އަންހެންކުދިން ބިރުގަންނުވުމުގެ ނިޔަތުގައި ހައިޒަލް ޖިންނީގެ ވާހަކަ ފެށިއެވެ. ” ހޫމް ދެން ހެވޭ ޖިންނި ވާހަކަ ނުދެއްކިއަސް… މިތާކު ނެތް ހައިޒަލްގެ ތި ކޫސަނި ވާހަކަތައް އަޑު އަހާފަ ބިރުގަންނާނޭ މީހެއް” ފޫހިގޮތަކަށް އެހެން ބުނެލި ޖެނީ އާއި ދިމާއަށް ހައިޒަލް ލޯއަޅާލިއެވެ. “މީ އަހަރުމެން ތިބެން ޖެހޭ ގެ” ކުރިމަތީގައި ހުރި ގެއަށް އިޝާރާތް ކޮއްލަމުން ހައިޒަލް ބުނެލިއެވެ. 

 

“ވާވް ވަރަށް ރީތި މި ގެ ” ގޭތެރެއައް ވަތް އައިލީން ވަށާ ބަލައިލަމުން ބުނެލިއެވެ. އަދި ކޮޓަރިން ތަކާއި ދިމާއަށް ބަލައިލިއެވެ.” އެންމެ 3 ކޮޓަރި މުޅިޖުމްލަ މިގޭގަ ހުންނާނީ…ދެން ހުންނާނީ ދެ ފާހަނާ ” ގޭގައި ކޮޓަރިއާއި ފާހަނާ ހުރިތަން ކިޔައިދެމުން ދިޔަ ހައިޒަލް އެއްގޮތީ ހައުސިން އޭޖެންޓް އަކާއެވެ.” ހުރިހާ އަންހެންކުދިން އެއް ކޮޓަރީގަ…ދެން ފިރިހެނުން އަނެއްކޮޓަރީގަ “އެހެން ބުނުމަށް ފަހު އަންހެންކުދިން ކައިރީ ކަންކުރަންވީ ގޮތް ބުނެފަ ހައިޒަލް ގެއިން ނިކުމެގެން ދިޔައީ ޙުސާންމެންނަށް އެހީތެރި ވުމައްށެވެ. 

 

**** **** **** **** **** **** 

 ގަޑިން 12 ޖެހިއިރު ހުރިހާ ސާމާނެއް ހުރީ ގެއަށް ގެނުވިފައެވެ. އަންހެންކުދިން ގެ ޙަރަކާތްތައް އަވަސް ވެފައިވާއިރު އެކުދިން އަވަސްކުރަމުން ދިޔައީ މެންދުރު ނަމާދު ބަންގިގޮވުމުގެ ކުރިން މެންދުރަށް ކެއްކޭ ތޯއެވެ. ބަތް ކެއްކުމުގައި އުޅުނު ޖެނީއަށް މީހަކު ބަލާހެން ހީވާތީ ބެދިގޭ ދޮރާއި ދިމާއަށް ބަލައިލިއެވެ. ދޮރުކަނީގައި ލެގިލައިގެން ހުރި އަމާން ފެނި ޖެނީ ސިހުނެވެ. ނަމަވެސް އެކަން މޫނުމަތިން ނުދެއްކޭތޯ މަސައްކަތް ކުރަމުން ޖެނީ ބަތް ތެލި އަވަހަށް ކެއްކޭތޯ ބޭލިއެވެ. 

 

ޖެނީއަށް ނޭނގުނު ކަމުގައި ވިޔަސް އެމަންޒަރުވީ އަމާންއަށް ހިތްގައިމު މަންޒަރަކަށެވެ. ފާޑަކަށް އެއްމިޔަކަނިން ހިނިތުންވެލައިގެން ހުރެ އޭނާ ޖެނީއަށް ބަލަމުންދިޔައެވެ. ވަށް ދޮން މޫނާއި އާދަޔާއި ޚިލާފު ރީތި ތުންފަތެކެވެ. ކުލައެއް ނުޖައްސާ ހުއްޓެއްކަމަކު އެތުންފަތަށް ވެރިވެފައި ހުންނަ މަޑުމަޑު ފިޔާތޮށިކުލަ އަމާންއަށް ރީތިވިއެވެ. ނިތްކުރިމަތިން ޖެނީ އެއުޅެނީ ކިހާބުރަކޮށްކަން ހެކިކޮށްދިނުމުގެ ގޮތުން ދާތިކިތައް ވިދަމުންދިޔައެވެ. ދޭތެރެއަކުން އަތުގެ ނުފުށުން ނިތްކުރި ފޮހެލައެވެ. އަމާންގެ ގާތަށް ހިނިއައީ ޖެނީ އޭނާއަށް ނުބަލަން  މަސައްކަތްކުރާ ވަރު ފެނިފައެވެ. ކުޑަކޮށް އަޑުބޭރުވުމާއެކު އަމާން ހީލުމުން ޖެނީ ކެކިފައި ހުރި ބަތް ތެލި އުނދުންމަތިން ނެގިއެވެ. އަދި އަމާން އާއި ދިމާއަށް ލޯއަޅާލަމުން ބަދިގެއިން ނިކުމެގެން ދިޔައެވެ. އެހިންދު ކުރިއަށްވުރެވެސް ބޮޑަށް އަމާން ހޭންފެށިއެވެ. އަދި ބޮލުގައި އަތްފުނާ އަޅާލަމުން ދެފަރާތަށް ބޯހޫރާލިއެވެ. 

 

” ކޮން ކަމަކާ ތި ހެނީ ؟ ” ކުއްލިއަކަށް އަމާންގެ ފަހަތުން ހައިޒަލްގެ އަޑުއިވުނެވެ.” މީ…..މީ ކާއްޅެއް.. ބަދިގޭ ކުޑަދޮރު މަތިން ” ވަގުތުން އަމާންގެ މޫނުމަތިން ކުލަބަދަލުވެގެން ދިޔައެވެ. އޭނާ ހުރީ ޖެނީއަށް ބަލަންކަން ސިއްރުކުރީ ކީއްވެކަމެއް ހުދު އަމާން އަކަށްވެސް ނޭނގުނެވެ. އަވަސްފިޔަވަޅު ތަކެއްގައި ބަދިގެއިން ނިކުމެގެންދިޔަ އަމާންއަށް ބަލައިލަމުން ހައިޒަލް ބަދިގޭ ކުޑަދޮރާއި ދިމާއަށް ބަލައިލިއެވެ. އެއްވެސް އެއްޗެއް ނެތުމުން ކޮނޑުއަރުވަލަފައި ހައިޒަލް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. 

 

ހަށިގަނޑަށް ލިބިފައިވާ ލޮޑު ކަމާއެކު އެނދުމައްޗަށް ވެއްޓިގަންނަމުން ފުންނޭވައެއް ޖެނީ ލިއެވެ. މީހާރަކައް އައިސް މިވަނީ ކީއް ހެއްޔެވެ. ދުވަހަކުވެސް އިޙްސާސް ނުވާކަހަލަ ޖަޒުބާތު ތަކެއް އޮއިވަރެއްހެން ހިތުގެ ތެރޭގައި ދައުރުވަމުން ދެއެވެ. ހަމަ ހުރެލާފަ ކުއްލިއަކަށް ހިތުގެ ވިންދު އަވަސް ވެދާނެއެވެ. ނޫނީ އަތްފައި ފިނިވެދާނެއެވެ. މިހުރިހާ ކަމެއްވެސް ވަނީ އަމާން ފެނުމުންނެވެ. އެހެންކަމުން އަނެކާ މޮޔަވީހޭ ހިތައް އަރާ ފަހަރުވެސް މަދެއް ނޫނެވެ. ހިތް ބުނަނީ ލޯތްބެވެ. ނަމަވެސް ސިކުނޑި އެކަމާ ދެކޮޅު ހަދައެވެ. ގަބޫލުކުރަންވީ ހިތް ބުނާގޮތް ހެއްޔެވެ. ނޫނީ ސިކުނޑި ހެއްޔެވެ. 

 

” އައިލީންންން…” ފާހާނާއިން ފެންވަރާގެން ނިކުތް އައިލީންއަށް ގޮވައިލުމުން އެނދުމަތީގައި ޖެނީ އިށީންނިއެވެ. ” ހޫމްމްމްމްމް ކިހިނެއް ވީ” ޖެނީ އައިލީންގެ ނަމަށް ދަމާލާފައި ކީހެން އައިލީން ވެސް ޖަވާބުދިނެވެ. ” ލޯބި ވެވިއްޖެ ކަން އެނގޭނީ ކިހިނެއް ؟” އެވެސް ޖެހިލުމެއް ނެތި ކޮއްލި ސުވާލާ އެކު ކުރިމަތީގައި ހުރި އައިލީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ލޯބި ދޯ.. ހެހެހެހެ.. ލޯބި ވެވުމުން އަބަދުވެސް ބޭނުން ވާނީ ހިތް އެދޭ ބައިވެރިޔާ ފެންނަ ހިސާބެއްގަ ހުންނަން… ބައެއްފަހަރު ލޯބިވާ މީހާ ފެނުމުން ލަދުގަނެ ، ހިތްއަވަސްވެ ،އަތްފައި ފިނިވެގެން ދާނެ.. ގިނަފަހަރު އިޙްތިޔާރަކާ ނުލާ ލޯބިވާ މީހާގެ ހިޔާލުތަކުގައި އެތައް ގަޑީރެއްވަންދެން ފޫހި ކަމަކާ ނުލާ ހުރެވިދާނެ…ލޯބި އެއްފަހަރު ވެވިއްޖެ ނަމަ ވަރަށް އުނދަގޫ ވާނެ އެ ލޯބި ހިތުން ފޮހެލަން.. އިޓްސް އިމްޕޯސިބަލް….ކިހިނެއްވީ އަނެއްކާ މީހެއް ދެކެ ލޯބި ވެވުނީތަ ؟ ” އައިލީން ލޯބި ވެވިއްޖެ ކަން ދެނެގަންނާނެ ގޮތްތައް ކިޔައިދީ ނިމުމުން ޖެނީ އާ ސުވާލު ކޮއްލިއެވެ. ހިޔާލަކަށް ގެއްލިފަ އިން ޖެނީއަށް  ވިސްނުމަކާ ނުލައި އައިލީންގެ ސުވާލަށް ޖަވާބު ދެވުނެވެ.” އާނ.. ހީވަނީ “

 

ކޮޓަރިއަށް ވަތް ޝިފާއަށް ތަންމިނަށް އަނގަ ހުޅުވައިގެން ޖެނީ އާއި ދިމާލަށް ބަލަން ހުރި އައިލީން ފެނުނެވެ. ދެން އިނީ ޖެނީ އެވެ. އެނދުމަތީގައި ދެފައި ވަށްކޮއްލައިގެން އިންއިރު ހީވަނީ ކޮންމެވެސް ކަމަކާ ވިސްނަން އިން ހެންނެވެ.” އައި ކިހިނެއްވެފަ  ތިހުރީ.. ތި އަނގަ ލައްޕަބަލަ ނޫނީ މެއްސެއް ވަދެދާނެ” ކަންބޮޑުވެފައި ހުރެ ޝިފާ ބުނެލިއެވެ. ” ޝިފްފްފް ބަލާބަލަ މި ޖެން ބުނި އެއްޗެއް… ހީވަނީ މީހެއް ދެކެ ލޯބި ވެވިއްޖެ ހެންނޯ….ޖެން އިސް އިން ލަވް.. އައި ތިންކް” ޝިފާގެ ދެއަތުގައި ހިފުއްޓަމުން އައިލީން އެއްނޭވައިން ވެގެން އުޅޭގޮތް ބުނެލިއެވެ. ޝިފާއަށް ވެސް ވީ އައިލީންއަށް ވީވަރެވެ. އަނގަ ހުޅުވައިގެން ޖެނީ އާއި ދިމާއަށް ބަލަން ހުރެވުނެވެ. ” ކާކު ދެކެ އޭ ލޯބި ވެވުނީ މަންޖެއަށް” ޖެނީ ކައިރީގައި އިށީންނަމުން އައިލީން ސުވާލުކޮއްލިއެވެ. ” އަ…ނޯ” ޖަވާބު ދޭން އުޅުނު ޖެނީއަށް ހަމަބިމަށް އާދެވުނު ކަހަލައެވެ. ކުރެވޭނެ އުޅުނީ ކިހާ ވަރެއްގެ ކަމެއްކަން އެނގުމުން ނިއްކުރިމަތީގައި އެއްއަތް އަޅާލިއިރު އަނެއްއަތް ވަނީ އުނަގަނޑުގައި ވިއްދަފައެވެ. ” އޯ.. ސޯ ޖެންގެ ލޯބިވާ ނަން ފެށޭނީ އޭ އަކުރަކުން ހޫމްމްމް އައިމަން ؟ އަލާން ؟ އަޔާން ؟ އަދްޔަން ؟ އަޙްނަފް ؟ އައިހަމް ؟… ބުނެބަލަ ބުނެބަލަ ކޮންނަމެއްތަ މަންޖެގެ ސޮރައް ކިޔަނީ؟” ލާނެތް ގޮތަކަށް ޖެނީ އާއި ދިމާއަށް ބަލަމުން އައިލީން ސުވާލުކޮއްލިއެވެ. ދެން އައިލީންގެ އަނގަ ދަށަކުން ސަލަމަތެއް ނުވެވޭނެ ކަން އެނގޭތީ ޖެނީ އަވަހަށް ތުވާލި ހިފައިގެން ފާހަނައަށް ވަންނަމުން ބުނެލިއެވެ. ” އެލަންވޯލްކާ” އަދި އަވަސްއަވަހަށް ފާހަނާ ދޮރުލެއްޕީއެވެ. 

 

މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު މުޅިތަނަށް ހަމަހިމޭކަން ފެތުރިފައެވެ. ނަމަވެސް ކެއުން ނިމުމާއެކު ހަމަހިމޭންކަން ވެސް ނިމިގެން ދިޔަކަހަލައެވެ. އެކި ވާހަކަ ދައްކަމުން ދިޔައިރު ޙުސާން އާއި އަމާން ވެސް ދޭތެރެއަކުން އެއްޗެއް ބުނެލައެވެ. މިއަދު މެންދުރު ގައި ހިނގާދިޔަ ކަންތައް ކިޔައިދެން ފެށުމުން އަމާން ޝައުގުވެރިކަމާއެކު އަޑުއަހަން އިނެވެ. ޖެނީގެ ވާހަކައަކަށް ވުމުންނެވެ. ކުއްލިއަކަށް ޝިފާ ޖެނީ ލޯބިވާ ކުއްޖާގެ ނަން ފެށޭނީ ” އޭ” އަކުރަކުންނޭ ބުނުމުން އަމާން ޖެނީ އާއި ދިމާއަށް ބަލައިލިއެވެ. ” ހަމަ އަސްލައްވެސް.. ދެން ބުނެބަލަ އެކުއްޖާގެ ނަމަކީ ކޮބާތަ؟” ޙުސާން ވެސް ޝައުގުވެރިކަމާއެކު އަހާލިއެވެ. ” އެލަންވޯލްކާ” ޝިފާގެ ޖަވާބާއެކު އަމާން ،ޙުސާން އަދި ހައިޒަލް އަށް އެއްފަހަރާ “ވަޓް ؟” އޭ ބުނެވުނެވެ. ” އެހެންނު ވަނީ މަންޖެ މާކު ގިނައިން އެލަންވޯލްކާ ގެ ރިމިކްސް ތަށް އަޑުއަހަނީ އޭ” ހައިޒަލް އެހެން ބުނުމާއެކު ޖެނީ ހިނިގަނޑެއް ޖަހާލިއެވެ. 

 

**** **** **** **** **** 

އަސުރަށް ފައެވެ. ގަޑިން 4 ޖެހީއެވެ. ” އޯކޭ ސޯ އެންމެން ރެޑީ ތަ މިރަށް އެކްސްޕްލޯ ކޮއްލަން ދާން ؟” ހައިޒަލްގެ އަޑު މުޅި ސިޓިންރޫމްގަ ގުގުމަމުން ދިޔައިރު އެއަޑުގައި ވާ ޖޯށު އެންމެންނަށް ވެސް ފާހަގަ ކުރެވުނެވެ. ” ޑަމީ އަހަރުން ބޭނުން ވަނީ ވަކިވަކި ދާނ” އައިލީން އެހެން ބުނުމާއެކު ޝިފާ ވެސް އެކަމަށް ބާރު ދިނެވެ. ”  އޯކޭ ފައިން އެހެން ވިއްޔާ ޖެހޭނީ ޕެޔާ އަޕް ވާން… ސިންސް އަންހެން ކުދިން އަލަށް ވެސް މި ރަށަށް ނާންނާތީ އަހަރެންނާއެކު ޕެޔާ ވާންޖެހޭނީ” ހައިޒަލް މިހެން ބުނުމާއެކު އެންމެން އެކަކު އަނެކަކަށް ބަލައިލިއެވެ. ” އަހަރެން ދާނަން ޙުސާންބެ އާއެކު.. ކުޑަ ވާހަކައެއް ވެސް ދައްކާލަން ޖެހިފަ އެބައޮތް” އިސްވެ އައިލީން އެހެން ބުނުމުން އެއްވެސް މީހަކު ސުވާލެއް ނުކުރެއެވެ. ” އޯކޭ ސޯ ޙުސާންބެ އާއި އައި ދަންޏާ ޝިފް ދާނީ މަށާއެކު ދޯ” ހައިޒަލް ޝިފާއަށް ބަލައިލަމުން ބުނެލިއެވެ. އެއާއެކު ޝިފާ ބޯޖަހާލިއެވެ. ބާކީ ތިބީ އަމާން އާއި ޖެނީއެވެ. ދެމީހުން އެކުގައި ދާން ޖެހުމުން ދެމީހުން ވެސް ދިޔައީ ހިތުތެރެއިން ނަށަމުންނެވެ. 

 

ޙުސާން އާއި އައިލީން ރަށުގެ ފުއްޓަރު ފަރާތް ބަލަން ދިޔައިރު ޝިފާ އާއި ހައިޒަލް ދިޔައީ އަތިރިމައްޗައްށެވެ. އެހެންކަމުން އަމާން އާއި ޖެނީ ނިންމީ ރަށުގެ ބިއްދޮއް ފަރާތް ބަލާލަން ދިޔުމަށްށެވެ. ” ސޯ ޖެނީ ކިހިނެއްތަ މިހާރު…ކިޔެވުން ކޮންހެނެއް ދަނީ” ވަގުތުގެ ބޭނުން ހިފުމުގެ ގޮތުން އަމާން ޖެނީ އާއި ވާހަކަ ދައްކަން ފެށިއެވެ. ” ހަމަ ރަނގަޅު… ކިޔެވުން ވެސް ހަމަ ރަނގަޅު ދެން” ޖެނީގެ ޖަވާބާއެކު އަމާން ހިނިތުންވެލިއެވެ. އެކި ވާހަކަ ދައްކަމުން ގޮސް ގޮނޑުދޮށާއި ހަމައަށް އާދެވުނެވެ. އިތުރު ތަނަކަށް ދިޔުމުގެ ބަދަލުގައި ދެމީހުން ވެސް ދޮންވެލިގަނޑު މަތީގައި އިށީންނިއެވެ. 

 

**** **** **** **** **** **** 

 

އައިލީން ކޮނޑަށް އަރުވައިގެން ފުއްޓަރު ފަރާތަށް ނިކުތް ޙުސާން ފުންނޭވައެއް ދޫކޮއްލިއެވެ. އަދި އައިލީން ބިންމަތީގައި ބެހެއްޓިއެވެ. ވާނުވާނޭގި ހުރި އައިލީން ސުވާލެއްގެ ނަޒަރުން ޙުސާންއަށް ބަލައިލިއެވެ. އައިލީންއަށް ފަސްދީގެން ޙުސާންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ” އާރ ޔޫ އޯކޭ ؟” އައިލީގެ ސުވާލާއެކު ޙުސާން އައިލީން އާއި ދިމާއަށް އެނބުރުނެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. ” ނޯ އަމް ނޮޓް… ލީން އަށް އެނގޭތަ މިހާރަކަށް އައިސް އަހަރެންގެ ހިތަށް ވަރަށް ތަދުވޭ… ހީވަނީ އެއްބައި ބީވެގެން ގޮސްދާނެ ހެން” ޙުސާން އެހެން ބުނުމާއެކު އައިލީން ނުތަނަވަސްވާން ފެށިއެވެ. ” ވަޓް.. އާރ ޔޫ ސިކް.. ޑޮކްޓަރ އަށް ދައްކައިފިންތަ ؟” ކަންބޮޑުވެފައި ހުރެ އައިލީން ސުވާލު ކޮއްލިއެވެ. ” ލީން މީ ޑޮކްޓަރ ގެ ފަރުވާއިން ރަނގަޅުވާނެ ކަމެއްނޫން” އައިލީންގެ މޫނުގައި ދެއަތުން ހިފުއްޓާލަމުން ޙުސާން ބުނެލިއެވެ. ” އެހެން ވެއްޖިއްޔާ ދިވެހި ބޭސް ހަދާ މީހަކު ކައިރިއަށް ދާނ ވީނު” އައިލީން އަނެއްކާވެސް އެހެން ބުނުމުން ޙުސާން ހިނިތުންވެލިއެވެ. “މިހާރަކަށް އައިސް އަހަރެންގެ ހިތަށް ވަރަށް ތަދުވޭ އެއީ ލީން އާއި ދުރުގަ ހުންނަން ޖެހޭނީ … ހީވަނީ ލީން ކައިރީ އެވާހަކަ ނުބުނެއްޖެ ނަމަ ބީވެގެން ގޮސްދާނެ ހެން” އެހެން ބުނުމާއެކު އައިލީން ޙުސާނ އަތުގެ މުލަދަނޑީގައި ހިފިއެވެ. ” ބުނެބަލަ އިތުރަށް އަހަރެން ހާސް ނުކޮ-”  ” އައި ލަވް ޔޫ ލީން” އައިލީންގެ ވާހަކަ މެދުކަނޑާ ލަމުން ޙުސާން ލޯބި ހުށައެޅިއެވެ. ” ވިލް ޔޫ ބީ މައި ގާލް” ސީދާ އައިލީންގެ މޫނަށް ބަލައިގެން ހުރެ ޙުސާން ބުނެލިއެވެ. ” ޔެސް.. ޔެސް ޔެސް ޔެސް އަ ހަންޑްރެޑް ޓައިމްސް ޔެސް” އައިލީން އެހެން ބުނަމުން ޙުސާންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެއާއެކު ޙުސާން ވެސް އައިލީންގެ މެދުހަށީގައި އަތް ވަށާލިއެވެ. 

 

**** **** **** **** **** 

 

އިރުއޮއްސެން ކައިރިވުމުން އަތިރިފަރާތުގައި ލޯބީގެ މާފޮޅުއްވަން ތިބި ޝިފާ އާއި ހައިޒަލް ގެއާއި ދިމާއަށް ހިނގައިގަތެވެ. ދެމީހުން އަތުގުޅުވައިގެން ތިބިއިރު އެ ދެމެދުގައި ވާ ލޯބި ސާފުކޮއް ފެންނަމުން ދިޔައެވެ. ހައިޒަލްގެ ކޮންދުމަތީގައި ބޯ އަޅައިގެން އޮތް ޝިފާ ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ. އެއިރު ފުދޭވަރަކަށް ގެއާއި ކައިރި ވެއްޖެ އެވެ. 

 

★–ނުނިމޭ–★

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ނުފިލާނޭ މިހިތަކުން

Next

ލޯތްބައް އެދެމޭ 8

Next
August 24, 2022

ލޯތްބައް އެދެމޭ 8

Previews
August 24, 2022

ނުފިލާނޭ މިހިތަކުން



All Right Reserved!