Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

އެދުވަހު ލޯބިން 13

Star Fire Level 310 Stories
August 22, 2022 5 Mins Read
0 Comments

ރޭގަނޑު ގެ ކެއުން ނިންމާލުމަށްފަހު ކޮޓަރިއަށް ވަތް ޖެނީ އަވަސްވެގަތީ އެންމެ ފަހުން ސްކޫލް އިން ދިން ފިލާވަޅު މުތޯލިޔާ ކުރުމައްށެވެ. 1 ގަޑީރު ފޮތްކިޔުމުގައި ހޭދަ ކުރުމަށްފަހު ޖެނީ ތުވާލި ހިފައިގެން ފާހަނަ އަށް ވަނީ ނިދުމުގެ ކުރިން ގައި ދޮވެލުމަށްޓަކާއެވެ. އެހާ ގިނައިރު ފާހާނާގައި ހޭދަ ނުކޮށް ޖެނީ އަވަހަށް ފާހާނާއިން ނިކުތެވެ. އަދި އަލަމާރި ތެރެއިން އޮރެންޖް ކުލައިގެ ” ލީ ފޭބިޔުލެސަ” ޖަހާފައި އިން އަތް ކުރު ޓީޝާޓް އަކާއި ހަރުވާޅެއް ނެގިއެވެ. އަދި އަވަސްއަވަހަށް އެ އަންނައުނުލިއެވެ. އަވަހަށް ގޮސް އެނދައް އަރާ އޮށީންނަމުން ދެލޯ މަރާލީ އަވަހަށް ނިދޭނެ ކަމުގެ އުންމީދާއެކުގައެވެ. 

 

ދެފަރާތަށް މާގިނައިން ފުރޮޅެވޭ ރެއެއްކަން ޖެނީއަށް އެނގެއެވެ. އެހެންވަނީ އޭނާގެ ލޮލަށް ނިދިނައިސްގެންނެވެ. ހިތާ ސިކުނޑި މަސައްކަތްކުރަމުންދަނީ ހުއްޓުމެއްނެތިއެވެ. އެކިއެކި ޚިޔާލުތައް އޭނާގެ ސިކުނޑި ނިދިޔަނުދީ ހިފާއްޓަމުން ދަނީއެވެ. ހިތަށްވެރިވާ ބައެއްކަހަލަ އިޙްސާސްތަކުން ކުއްލިކުއްލިއަށް ޖެނީގެ ދެލޯ ބޮޑުކޮށްލެވެނީއެވެ. ވީއިރު ނިދާނީ ކިހިނެއްހެއްޔެވެ. މީހާ ވަރުބަލިވެގެން ކަހަލަ ގޮތަކަށް އެނދުން ތެދުވެ އިށީނުމާއެކު ފުންނޭވާއެއް ޖެނީލިއެވެ. 

 

**** **** **** **** ****

” އަހަރެން ވަރަށް ލޯބިވޭ ޝިފޫ ދެކެ…ވަރަށް ވަރަށް ވަރަށް ބޮޑަށް ލޯބިވޭ ” ޝިފާއަށް ގުޅައިގެން ވާހަކަ ދައްކަމުން ދިޔަ ހައިޒަލް އިޝްޤީގޮތަކަށް ބުނެލިއެވެ. އެއާއެކު އަނެއްކޮޅުން ޝިފާ ވާހަކަދެއްކި އަޑުއިވުނެވެ.” އަހަރެން މާބޮޑަށް ލޯބިވޭ…ދުވަހަކުވެސް ހައި އާ ވަކިވާކަށް ބޭނުމެއް ނޫން ” ޖަޒުބާތީގޮތަކަށް އެހެން ބުނެލިއިރު ހަމައެކަނި އެއަޑުންވެސް ޝިފާ ހައިޒަލްދެކެ ވާލޯބި ހާމަވެގެން ދެއެވެ. 

 

ރޭގަނޑުގެ ހަމަހިމޭން ވަގުތު މިދެ ލޯބިވެރިން ދިޔައީ ފޯނުން ގުޅައިގެންއޮވެ ލޯބީގެ އެތަކެއް މަލެއް ފޮޅުވަމުންނެވެ. ލޮތްބަކީ ކިހާ ބާރުގަދަ އެއްޗެއްކަން ހައިޒަލްއަށް އިހުސާސް ކުރެވެނީ މިހާރުއެވެ. ޝިފާ ނުފެނި ދާކޮންމެ ސިކުންތަކީ ހައިޒަލްގެ ހިތަށް ވޭންލިބޭ ކަމެކެވެ. އަބަދުވެސް އެދެވެނީ ޝިފާގެ ގާތުގަ ހުރުމަށްށެވެ. ހަޔާތުގައި ލޯތްބަކީ ކޯއްޗެއްކަން މިއެނގުނީ ހައިޒަލްއަށް އަދި ކިރިޔާއެވެ. ހިތްއެދޭ ބައިވެރިޔާގެ ފަރާތުން ލޯބިލިބުމުން އެލިބޭ އުފާވެރިކަމަކީ ދުލުން ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. 

 

**** **** **** **** **** 

 

އެނދުގައި ދެފަރާތަށް ފުރޮޅިލާ އޮތް އަމާން އެންމެ ފަހުން ތެދުވެ އެނދުގައި އިށީންނިއެވެ. އަދި އެއްފަރާތެއްގައި އޮތް ފޯނުނަގާ ފިންގާޕްރިންޓް ޖަހަން ހާއްސަކުރެވިފަވާ ތަނުގަ ޝަހާދަތް އިނގިލި ޖައްސާލިއެވެ. އެއާއެކު ފޯނު ހުޅުވިގެން ދިޔައެވެ. އަވަސް ޙަރަކާތަކާއެކު އަމާން ވަނީ ގެލެރީއަށްށެވެ. އަލްބަމްސްތައް ހުރި ބައި ހާވަމުން ގޮސް އެންމެ ތިރީގައި “ޖެން” މިހެން ޖަހާފައިވާ ފޯލްޑާ ހުޅުވާލިއެވެ. އެއާއެކު ފެނިގެން ދިޔައީ އެކިދުވަސް މަތިން ވަގަށްނަގާފައި ހުރި ޖެނީގެ ތަސްވީރުތަކެވެ. ކޮންމެ ތަސްވީރަކުން ވެސް ފެންނަމުން ދިޔައީ އެއަންހެން ކުއްޖާގެ މައުޞޫމު ކަމާއި ލޯބިކަމެވެ. އެއިން ކޮންމެ ތަސްވީރެއް ބަލަމުންދިޔަ އަމާންގެ ހިތްވަނީ ކަފަކޮޅެއްހާ މަޑުވެފައެވެ. މޫނުމަތީގައި ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވާއިރު އަމާންގެ ހިތުގައި ޖެނީއަށް ހާއްސަމަޤާމެއް ދެވިފަވާކަން އެނގެއެވެ. ހުރިހާ ތަސްވީރެއް ބަލަމުން ގޮސް އެންމެ ފަހުން މިއަދު ހަވީރުނެގި ތަސްވީރައް ވަރަށް ރީއްޗަށް އަމާން ބަލާލިއެވެ. އެއާއެކު ޖެނީއަށްޓަކައި އަމާންގެ ހިތުގައި ލޯބިއުތުރި އަރައިގަތެވެ. ކުރަނީކީއް ހެއްޔެވެ. ވެވުނު ލޯބި ހިތުން ފޮހެލަން ބޭނުންވިއަސް އެކަންވަނީ ނާކާމިޔާބު ވެފައެވެ. ކޮއްކޮއެއްގެ ދަރަޖަ ދީގެން އުޅުނު އަންހެންކުއްޖާ ޙަޔާތުގެ ބައިވެރިއަކަށް ގެންނަން ބޭނުންވާނެ ކަމަށް އަމާން ދުވަހެއްގެ ކޮޅުންވެސް ހިތަށްނާރައެވެ. ހިތްހަމަޖެހޭ ވަރަށް ޖެނީގެ ތަސްވީރުތަކަށް ބޭލުމަށްފަހު އެނދުކައިރީގަ ހުރި ސައިޑްޓޭބަލް މަތީގައި ފޯނު ބޭއްވުމަށްފަހު ކާރިގައި އޮތް ބާލިސްގައި ބައްދަލަމުން ހުވަފެނީ ޢާލަމަށް ދަތުރުކުރަން އަމާން ފެށިއެވެ. 

 

**** **** **** **** **** **** 

” ބޭބީޑޯލް އަދިވެސް ނިދާކަށް ނުވޭތަ ؟……މިހާރު 12 ޖަހަން އެ އުޅެނީ ” އައިލީންއަށް ގުޅައިގެން ވާހަކަ ދައްކަމުން ދިޔަ ޙުސާން ގަޑިންވީ ވަރު ބުނެލިއެވެ. އެއާއެކު އެކޮޅުން އައިލީން އާފުރުނު އަޑު އިވިގެން ދިޔައެވެ. ނަމަވެސް އައިލީންގެ ޖަވާބަކަށްވީ” އަދި ނިދަން ދާކަށް ނުވޭ ” އެވެ. އައިލީން އޮންނާނީ މިހާރު ނިދިއައިސްގެންގޮސް މަރުވާވަރުވެފަކަން ޙުސާންއަށް އެނގެއެވެ. އެހެންކަމުން އަވަހަށް ފޯނުކޯލް ކުރުކޮއްލަމުން އައިލީން އަށް ރޭގަނޑުގެ ތަހުނިޔާ ކީއެވެ.” ގުޑްނައިޓް…ލަވް ޔޫ…ބާއި ” އައިލީން ނިދިއަޑަކުން އެހެން ބުނުމުން ޙުސާން އަވަހަށް ބުނެލިއެވެ.” ބާއި ” އަދި ފޯނު އެއްފަރާތެއްގައި ބާއްވަމުން ބާލީހުގައި ބޯއަޅާލިއެވެ. އެތައް ދުވަހަކަށްފަހު ހިތްހަމަޖެހުން ޙުސާންގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އައިލީންގެ ސޫރަ ސިފަވަމުން ޙުސާންއަށް ހީލެވުނެވެ. އަދި އަމިއްލަ ނަފްސާއި ވާހަކަދައްކަން ފެށިއެވެ.” އޯ ލީން އަހަރެންނަށް ކީއްތިކުރީ.. ކީއްވެ އަހަރެންގެ މިބަސްނާހާ ހިތާ ކުޅެލީ.. ލީން ކައިރީ ނުބުނިއެއް ކަމަކު އަހަރެން ލީން ދެކެ ހާދަ ލޯތްބެއް ވެއޭ…އެނގޭ ލީން ވަރަށް ބޭނުންވާނެކަން އަހަރެންގެ ދުލުން ލީން ދެކެ ލޯބިވާ ވާހަކަ ބުނާ އަޑުއަހަން ބަޓް އައި ނީޑް ސަމް ޓައިމް….އިރާދަ ކުރެއްވިއްޔާ އަހަރެން ލީންއަށް ވަރަށް އަވަހަށް ލޯބި ހުށަހަޅާނަން ” ޙުސާން ނުގުޑާ ނޭ އަޒުމަކާއެކު އަމިއްލަ ނަފްސަށް ބުނެލިއިރު އެމޫނުމަތިން ފެންނަމުން ދިޔައީ ޒުވާންކަމުގެ ޖޯށެވެ. އައު އަޒުމަކާއެކު ޙުސާން ނިދީގެ ފުންކަނޑަށް ފީނައިގަތީ ހިތްހަމަޖެހިގެން އޮވެއެވެ. 

 

**** **** **** **** **** 

” ރިޔާދާ މީޓް ރައިލީ… އެންޑް ރައިލީ މީޓް ރިޔާދާ ” ހައިޒޫމް އޭނާގެ ގޭ ސިޓިންރޫމްގަ ހުރި ސޯފާގަ އިށީންނަމުން ރިޔާދާއަށްށާއި ރައިލީއަށް އެކަކު އަނެކަކު ތަޢާރަފް ކޮއްދިނެވެ. ރިޔާދާ އާއި ރައިލީ މިޒާތުގެ ގޮތުން ބަލާއިރު އެއްގޮތް ދެއަންހެން ކުދިން ކަމުން އެދެމެދުގައި އެކުވެރިކަން އުފެދެން މާގިނަ ވަގުތުތަކެއް ނުނެގިއެވެ. ރިޔާދާ ރައިލީއަށް ކިޔައިދެމުން ދިޔައީ މިއަދު އަމާން އާއި ޖެނީގެ ދެމެދުގައި ހިނގައި ދިޔަ ކަންތަކުގެ ވާހަކައެވެ. އެދެމީހުން އެކަކު އަނެއްކަކަށް ގެއްލިފަ ތިބި ގޮތް ސިފަކޮއްދެމުން ދިޔައިރު ރިޔަދާގެ ބުމަ ގޮއްޖެހެމުން ދިޔައިރު އަތްވަނީ މުއްކެވިފައެވެ. ރިޔާދާގެ ހިތުން އަމާންއަށް ދެވިފަވާ މަގާމު ކިޔައިދެމުން ދިޔައިރު އެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެއް ފަވަލެވިފައެވެ. 

 

ރިޔާދާގެ ވާހަކަ ނިމުމުން ދެން ފެށީ ރައިލީއެވެ. ކުޑައިރުއްސުރެ ހައިޒަލް އާއެކު ވުމަށް ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ހެދުމަށް އެތަކެއް މަސައްކަތެއް ކުރި ނަމަވެސް އެހުރިހާ މަސައްކަތެއް ދަނީ ފަނުފުލަށްށެވެ. ކުޑައިރުގައި އެއްކޮށް އުޅުނު އިރު އަބަދަށް އެކުގައި ވުމަށް ހައިޒަލް ރައިލީއަށް ވެފައިވާ ވައުދުގެ ވާހަކަވެސް ކިޔައިދިނެވެ. އަދި ހައިޒަލް އެހެންއަންހެން ކުދިންނާއި ވާހަކަ ދައްކާއިރު ރައިލީގެ ހިތައް ކުރާ އަސަރުތައް ކިޔައިދެމުން ދިޔައީ ވަރަށް ޑްރެމޭޓިކް ކޮއްށެވެ. ރިޔާދާ ” ރައިއަށް އަދި ހައިޒަލް ލިބޭނެ” އޭ ބުނެ ހިތްވަރުލާދެމުން ދިޔައިރު ރައިލީ އިނީ ވަރަށް ވެސް އުފަލުންނެވެ. 

 

ރައިލީގެ ވާހަކަ ނިމުމާ އެކު ދެން ފެށީ ހައިޒޫމްއެވެ. އުމުރުން 13 އަހަރުން ޖެނީދެކެ ވެވުނު ލޯބީގެ ވާހަކަ ދައްކަމުން ދިޔައިރު ހައިޒޫމްގެ އެދުންވެރިކަން ހަމަވުމުން ދިޔައެވެ. ލޯބީގެ ނަމުގައި ހައިޒޫމްގެ ބޭނުމަކަށްވީ ޖެނީ ހައިޒޫމްގެ އެދުންތައް ފުއްދައިދިނުމެވެ. ލޯބީގެ ނަމަށް ހުތުރު އަރުވަމުން ދިޔަ ހައިޒޫމްއަށް ޒިނޭކުރުމަކީ ކިހާ ބޮޑު ފާއްފަ އެއްކަން ހަމަނޭނގެނީހެއްޔެވެ. ނުވަތަ އެނގި ހުރެ ނޭނގޭކަމަށް ހެދޭނީހެއްޔެވެ. ހައިޒޫމް އަށް ވިސްނައިދިނުމުގެ ބަދަލުގައި ރައިލީ އާއި ރިޔާދާ ދިޔައީ ހައިޒޫމްއަށް ހިތްވަރު ލައިދެމުންނެވެ. އެކަމުގެ ސަބަބުން އެކުށެއް ނެތް އަންހެންކުއްޖާ ގެ މުޅި ހަޔާތް ބަރުބާދުވެގެން ދާނެކަމަށް ނޭނގި ހުރެ ރައިލީ އާއި ރިޔާދާ ދިޔައީ ހައިޒޫމްގެ ބޮލަށް ވަސްވާސް ލައިދެމުންނެވެ. 

 

**** **** **** **** **** **** 

 

އާދުވަހަކަށް އިރު އެރިއިރު ޖެނީ އުޅުނީ ބަދިގޭގައި ރޮށިފިހުމުގައެވެ.ރޭގަ ރަނގަޅަށް ނުނިދުމުގެ ސަބަބުން ހަށިގަނޑު ލޮޑުކަން އިހުސާސްކުރެވެމުން ދިޔައެވެ. ނަމަވެސް އެއިންކަމަކަށް ސަމާލުކަމެއް ނުދީ ހެނދުނުގެ ސައި ތައްޔާރު ކުރަމުން ދިޔައެވެ.”އައިމިނަތު ޖެނީ ޖޯންސެން!!!!!” ސިޓިންރޫމްއިން އިވިގެންދިޔަ އައިލީންގެ އަޑާއެކު ހެންދުނުގެ ސައި މޭޒު މައްޗަށް އަރުވަންހުރި ޖެނީ ކާގެއިން ބޭރަށް ބޯދިއްކޮއްލިއެވެ. ” މަންޖެ ކޮންތާކަށްތަ ފޯނު ލައިގެން ތިއުޅެނީ؟!” ސިޓިންރޫމްގަ ހަށަންބަނދެގެން ހުރި އައިލީން ޖެނީ އާއި ސުވާލު ކޮއްލިއެވެ. އެއާއެކު އިވިގެންދިޔައީ ޖެނީގެ ހުނުމުގެ އަޑެވެ. ” ޖެން ދޮންބެމެން އެބަދައްކާ ކައިރި މިއޮއް ފަޅުރަށައް އޯވާނައިޓްއަށް ދާވާހަކަ.. 3 ދުވަހަށް.. ޙުސާންބެ އުޅެނީ 3 ދުވަހުގެ ލީވް އެއް ނަގައިގެން ދެން ދޮންބެވެސް ލީވް ނަގައިފި.. ޖެން ދާނަން ދޯ” އައިލީން އެއްނޭވައިން ވެގެން އުޅޭގޮތް ކިޔައިދިނުމުން ޖެނީވެސް ދާނެ ކަމަށް ބުނެލިއެވެ. ” އޯކޭ ސޯ 9 ޖަހާއިރު އާދޭ ޙުސާންބެ މެންގެއަށް.. ބާއި” އެހެން ބުނަމުން އައިލީން އަވަހަށް ގެއިން ނިކުމެގެން ދިޔައެވެ. ސައިހަދާ ނިމުމުން ޖެނީ އަވަސްވެގަތީ ސައިބުއިމަށްށެވެ. ގޭގައި ހައިޒަލް ނޫޅޭކަން އެނގުމުން ޖެނީ އަވަސްވެގަތީ ހެނދުނުގެ ސަޔަށް އިންސާފުކުރުމަށްށެވެ. 

 

ސައިބޯ ނިމުމުން ޖެނީ އަވަހަށް ދިޔައީ ކޮޓަރިއަށްށެވެ. ސައިޓޭބަލް މަތީގަ ޗާރްޖް އެއް ޖަހާފަ އޮތް ފޯނު ނަގަމުން އެނދުމަތީގައި ބޭއްވިއެވެ. އަދި އަވަހަށް އަލަމާރިން ކަޅުކުލައިގެ ދަބަހެއް ނަގާ ތިންދުވަހަށް ވާވަރަށް ހެދުން އެޅިއެވެ. އެއްފަހު ރީތިވާ ސާމާނުގެ އިތުރުން ފެންވަރަން ބޭނުންވާ ސަމާނުވެސް އެޅިއެވެ. އަލަމާރިތެރޭގައި އޮތް މިނީފަސްޓްއެއިޑް ކިޓް ފެނުމުން އެވެސް ދަބަހައް ލިއެވެ. އެންމެ ފަހުކަމަކަށް ސައިޑްޓޭބަލްގަ ހުރި ކަބަޑު ތެރެއިން ފުލް ޗާރްޖް ކޮއްފައި އޮތް ޕަވާބޭންކް ނެގިއެވެ. ހުރިހާއެއްޗެއް ޕެކްކޮއް ނިމުނު އިރު 8:30 ވަނީއެވެ. އެހެންކަމުން އަވަހަށް ފާހާނާއަށް ވަދެ ފެންވަރާލަގެން ނިކުމެ ކަޅުކުލައިގެ ގަޔަށްފިޓު ޓައިޓް އެއްލުމަށްފަހު ކަޅުކުލައިގެ ” ރޮކް މައި ވޯރްޑް” ޖަހާފައިން އަތްދިގު ޓީށާޓްއެއް ލިއެވެ. އަދި އަވަސްއަވަހަށް ފުނާއެޅުމަށްފަހު އިސްތަށިގަނޑުގައި ހުޅިއެއް ޖެހިއެވެ. ބޮލުގައި ކަންބުރުގައެއް އަޅަމުން ކޮނޑުގައި ދަބަސް އަޅުވާލިއެވެ. އަދި އަތަށް ކެމެރާ ނަގަމުން ކޮޓަރިން ނިކުތެވެ. އެއިރު ހައިޒަލް ވެސް ކޮޓަރިން ނިކުންނަނީއެވެ. ” ކޮން އިރަކު އައީ ؟” ހައިޒަލް ގެއަށް އައިކަމެއް ނޭނގިހުރެ ޖެނީ ސުވާލުކުރިއެވެ. ހައިޒަލްގެ ކޮނޑުގައި އޮތް ދަބަސްފެނި އެއައީ ޕެކް ކުރަންކަން އެނގުނެވެ. ” 8:30 ވެލިހާއިރު” ހައިޒަލް މިހެންބުނުމުން ޖެނީ ތިރިއަށް ފައިބަން ހިނގައިގަތެވެ. 

 

**** **** **** **** **** 

ޙުސާން މެންގެއަށް ވަދެގެން އައި ޖެނީއަށް ކުއްލިސިހުމެއް ލިބުނީ ” ޕޮއް” ކިޔާފަ ކުރިމައްޗަށް އެރި ޝިފާ ފެނުމުންނެވެ. ” ޝިފް ގަނޑާ ކިރިޔާއޭ ހާޓްއެޓޭކްއެއް ނުޖެހުނީ” ސިއްސައިގެން ދިޔަވަރުން މޭމަތީގައި އަތްއަޅާގެން ހުރެ ޖެނީ ބުނެލިއެވެ. ” އޯކޭ ގާރލްސް އިނަފް ޗިޓްޗެޓް ހިނގާ އަވަހަށް ދަމާ” ކޮޓަރިން ކޮނޑުގައި ދަބަހެއް އަޅުވައިގެން ނިކުތް ޙުސާން ބުނެލިއެވެ. އެއާއެކު އެއްވެސް އިޚްތިޔާރަކާނުލާ ޖެނީއަށް ވަށައިގެން ބަލާލެވުނެވެ. އެންމެ މީހެއް ފެނޭތޯއެވެ. ” ޖެން ކާކުތަ ތިހޯދަނީ؟” ފަހަތުން އިވިގެންދިޔަ އައިލީންގެ އަޑާއެކު ޖެނީ ދިޔައީ ސިއްސައިގެންނެވެ. “ނު.. ނުހޯދަން މީހެއް…އަޅެ ޝިފް އާއި އައި ތި އުޅެނީ އެއްބަހެއް ކިޔައިގެންތަ މިއަދު ؟” ޖެނީ އެހެން ބުނުމާއެކު ޝިފާ އާއި އައިލީން ކޮނޑު އަރުވާލިއެވެ. ” ދެން ހިނގާ ދަމާ” ޙުސާން އެހެން ބުނަމުން ބޭރަށް ނިކުތެވެ. އަދި އަތިރިއާއި ދިމާއަށް ހިނގައިގަތެވެ. 

 

★–ނުނިމޭ–★

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ޢަބްދުﷲގެ ޙަޔާތުން ދުވަހެއް (ދެވަނަ ބައި)

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 16

Next
August 22, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 16

Previews
August 21, 2022

ޢަބްދުﷲގެ ޙަޔާތުން ދުވަހެއް (ދެވަނަ ބައި)



All Right Reserved!