*” ޔާ ޔޫ ބޯތް އާރ ރައިޓް…. ގާރލްސް ގޯ ބްރޭކް ސަމް ހާރޓްސް… ވެލް އެކްސެޕްޓް ފޯރ ޝިފް ” ހައިޒަލް މިހެން ބުނުމާއެކު ޖެނީ އުނަގަނޑުގައި ދެއަތް ވިއްދާ ލިއެވެ. އަދި ބުނެލިއެވެ.” ކީއްވެ ޝިފާ އަށް ތިހެން ތި ބުނީ ؟ ” ހައިޒަލް އާއި ދިމާއަށް ލޯ ކުޑަކޮށް ގެން އިނދެ އަހާލުމުން ހައިޒަލް ބުނެލިއެވެ.” އެއީ މަންޖެ އާ އައި އަށްވުރެ ކުޑަ ވީމާ ” ހައިޒަލް ޝިފާ އާއި ދިމާއަށް އެއް ލޯ މަރާލަމުން ބުނެލިއެވެ. އެއާއެކު އިވިގެން ދިޔައީ ޖެނީ އާއި އައިލީން ކުސްތަޅަން ފެށިއަޑެވެ. *
” އޯކޭ އިނަފް ދެން ހުއްޓާލާ ތި ދެމީހުން…. ހައިޒަލް ވެސް ” ކުއްލިއަކަށް އިވިގެން ދިޔަ ޝިފާ ގެ އަޑާއެކު އެންމެން ހަމަ ހިމޭން ވިއެވެ.” ލެޓްސް ގޯ! ” ޝިފާ އައިލީން އައްށާއި ޖެނީ އައް ބަލައިލަމުން ބުނެލިއެވެ. އެއާއެކު ޖެނީ އާއި އައިލީން އެއް އަޑަކުން” ޔެސް މޭމް ” މިހެން ބުނެލިއެވެ.” އަމް ހޭއި ގާރލްސް… އަހަރުން ވެސް ގޮވައިގެން ދާނ ވީނު ” ޙުސާން ލައިގެން ހުރި އައިސް ބްލޫ ޖިންސު ޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ.
ޙުސާން ހުރީ އައިސް ބްލޫ ކުލައިގެ ސްކިނީ އަކާއި ހުދު ކުލައިގެ އަތް ކުރު ޓީޝާޓް އެއް ލައިގެންނެވެ. އިސްތަށިގަނޑު އެއްފަރާތަކަށް ސްޓައިލް ކޮއްފަ ހުރި އިރު މޫނުމަތިން ތާޒާކަން ފެންނަމުން ދިޔައެވެ. އަމާން ހުރީ ކަޅުކުލައިގެ ސްކިނީ އަކާއި ޖަންގަލް ގްރީން ކުލައިގެ ޓީޝާޓު ގެ މަތިން ގްރޭ ކުލައިގެ އަތް ދިގު ޖެކެޓް އެއް ލައިގެން ނެވެ. އިސްތަށިގަނޑުގައި އެއްވެސް ތަރުތީބެއް ނެތް އިރު މޫނުމަތިން ފެންނަމުން ދިޔައީ ތާޒާ ކަމެވެ. ދެން ހުރީ ހައިޒަލް އެވެ. ހައިޒަލް ހުރީ ކަޅުކުލައިގެ ސްކިނީ އަކާއި އަކާއި ބިސް ކުލައިގެ އަތްދިގު ހުޑީ އެއް ލައިގެން ނެވެ. އިސްތަށިގަނޑު ނިއްކުރި މައްޗަށް ވައްޓާލަފަ އޮތް އިރު ހައިޒަލް ގެ މޫނު މަތިން ފެންނަނީ ތާޒާކަމެވެ. 3 ފިރިހެނުން ވެސް ހީވަނީ ހަމަ ދެންމެ ފެންވަރައިގެން ނިކުތް ހެނެވެ.
ޝިފާ އާއި ޖެނީ އަދި އައިލީން އެ ތިން މީހުނަށް ބަލަން ތިބުމަށް ފަހު ބުނެލިއެވެ. ” އޯކޭ” އަދި އެހެން ބުނުމަށް ފަހު ގެއިން ނިކުތެވެ. އައިލީން އާއި ޝިފާ އަދި ޖެނީ ކުރިއަށް ހިނގަމުން ދިޔައިރު މި 3 ކުދިންގެ މަންޒިލަކަށް ވީ ރަށު އަތިރިމަތީގައި އޮންނަ ޕާކް އެވެ. ފަހަތު ތިބި ތިން ފިރިހެންނުން ގެ ކަމަކަށް ވީ މި 3 އަންހެން ކުދިންގެ ފަހަތުން ދިޔުމެވެ. ތިން ކުދިން ގޮސް ޕާކް އަށް ވަތް އިރު ޕާކު ގައި އެކި އުމުރު ފުރާ ގެ މީހުން ހެލިފެލި އުޅެމުން ދިޔަ އެވެ. އައިލީން އާއި ޝިފާ އަދި ޖެނީ ގޮސް ހުއްޓުނީ އެއްފަރާތެއްގަ ހުރި ސްޓޯލް ކައިރީގަ އެވެ. ” ތިން ޖޫގޯ” ޝިފާ މިހެން ބުނުމާއެކު ޖޫގޯ ހަދަން އިން މީހާ ބޭނުން ވަނީ ކޮން ފްލޭވަރ އެއް ތޯ އަހާލިއެވެ. އެއާއެކު ޖެނީ އާއި އައިލީން ބޭނުން ވާ ފްލޭވަރ ބުނެލިއެވެ. ” ޗޮކްލެޓް” ” ބްލޫބެރީ” މިހެން ބުނުމުން ޝިފާ ވެސް ބޭނުންވާ ފްލޭވަރ ބުނެލިއެވެ. “ކޮފީ”
***** ***** ***** *****
ގޭގައި އިނދެ ފޫހިވެގެން ރިޔާދާ ނިކުތީ ހަވީރުގެ ފިންޏަށް ހިތްހަމަ ޖައްސާ ލުމަށް ށެވެ. މިއަދު މެންދުރު ވަގުތު މަގުމަތިން ފެނުނު އެއްކަލަ ޒުވާނާ އާއި އަންހެން ކުއްޖާ ތިބިގޮތުން ރިޔާދާ ގެ ހިތައް ވަނީ ފުން އަސަރު ތަކެއް ކޮށްފައެވެ.
” ކޮން ނަމެއް ތަ އެ އަންހެން ކުއްޖާ އަށް ކިޔަނީ…… އަމްމްމް…. ޖެ.. ޖެ.. ޖެނީ.. ޔެސް ޖެނީ ކިޔަނީ އޭނާއަށް ” ރިޔާދާ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. ” ހޫމް ކޮންތާކައް ތަ އަހަރެން ދަނީ ؟ ތުނޑިއަށް ތަ ނޫނީ ޕާކަށް ތަ ؟ ” ރިޔާދާ ވިސްނަމުން ދިޔައީ ދާނެ ތަނަކާއި މެދު އެވެ. ދާނެ މިސްރާބެއް ނެތި ރިޔާދާ ހިނގަމުން ހިނގަމުން ގޮސް އަތްމައްޗަށް އާދެވުނެވެ. ދާނެ އިތުރު ތަނެއް ނެތުމުން ރިޔާދާ ހިނގައިގަތީ ޕާކް އާއި ދިމާއަށް ށެވެ.
ޕާކް އަށް ވަންނަން އައި ރިޔާދާ އަށް ބެންޗު މަތީގައި އިށީނދެގެން ތިބި 3 ފިރިހެނުން ފެނުނެވެ. ދެފަރާތު ތިބި ދެ ފިރިހެނުންނަކީ ކޮން ބައެއް ކަން ނޭނގުނަސް މެދުގައި އިނީ ކާކުކަން ރިޔާދާ އަށް އެނގުނެވެ. ނަން ނޭނގުނެއް ކަމަކު އެއީ ރިޔާދާ ގެ ހިތުގައި ރަސްކަން ކުރަމުން ދިޔަ ރާޖާ އެވެ. އެހެން ކަމުން ރިޔާދާ އަވަސް ފިޔަވަޅު ތަކެއް ނަގަމުން ދިޔައީ އެ ޒުވާނާ އާއި ހަމައަށް ދެވޭތޯ އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ އެއްފަރާތުން އާއި އަންހެން ކުއްޖާ އޭނަ ގައިގަ ޖެހުމުން ނެވެ. އަބަދުހެން ހައި ހީލް އަށް އަރައިގެން އުޅޭ ރިޔާދާ އަށް މިފަހަރު ވެސް ހަށިގަނޑު ބެލެންސް ނުކުރެވިގެން ބިންމައްޗަށް ވެއްޓުނީ އެވެ.
” ސޮރީ ސޮރީ… އާރ ޔޫ އޯކޭ ؟ ” ޖެނީ އޭނަ ގައިގަ ޖެހި ބިންމައްޗަށް ވެއްޓުނު އަންހެން ކުއްޖާއާއި ދިމާއަށް ކަންބޮޑުވެފައި ހުރެ އަހާލިއެވެ. އެކުއްޖާގެ ބްލޯންޑް އިސްތަށިގަނޑު މޫނު މައްޗަށް އެޅިފައި އޮތުމުން މޫނު ފެންނަ ގޮތެއް ނުވިއެވެ.
ރިޔާދާ ބިންމަތީގައި އަތް ވައްދަމުން ކޮޅަށް ތެދުވިއެވެ. އަދި އެ އަންހެން ކުއްޖާއަށް ރައްދު ދޭނ އެކުއްޖާ އާއި ދިމާއަށް އެނބުރިލިއެވެ. އެއާއެކު އެއްވެސް އިޚްތިޔާރަކާ ނުލާ ރިޔާދާ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ޖެނީ!!” ރިޔާދާ އަށް ޖެނީ ގެ ނަން ކިޔާ ލެވުނީ ތަންކޮޅެއް ބާރަށްށެވެ.
” ޑޫ ޔޫ ނޯ މީ ؟” ޖެނީ ހައިރާން ކަމާއެކު އަހައިލީ ނުދަންނަ މީހަކަށް އޭނަގެ ނަން އެނގުމުން ނެވެ. ޖެނީ އެކޭ އެއްފަދައިން ޝިފާ ، އައިލީން ، އަމާން ، ޙުސާން އަދި ހައިޒަލް ވެސް ތިބީ ހައިރާން ވެފަ އެވެ. ޖެނީ އާއި އެ އަންހެން ކުއްޖާ އެކު އަނެކަކުގެ ކުރިމަތީގައި ތިބި އިރު ޝިފާ އާއި އައިލީން ތިބީ ޖެނީ ގެ ކަނާތް ފަޅީގަ އެވެ. އަދި އަނެއް 3 ފިރިހެނުން ތިބީ ވާތް ފަޅީގަ އެވެ.
“ދެރަވެއްޖެ ކަމެއް ދޯ މީ!!!!…. ހަމަ އަހަރެން ނޫނީ ނުފެނޭތަ އައިސް ޖެހިގަންނާކާށް ؟!!!…. އެނގޭތަ އަހަރެން މީ ކާކުކަން އޭނ ؟ ” ރިޔާދާ ރުޅި އައިސްގެން ޖެނީއާއި ދިމާއަށް ހަޅޭ ލައްވައި ގަތެވެ.” އަހަރެން ގަސްތުގަ އެއް ނޫން ޖެހުނީ ކީއެއް….. ތީ ބޭފުޅާވެސް ކުޑަކޮށް ބަލައިގެން އުޅުނު ނަމަ މިހެން ނުވީސް….އަމް ސޮރީ އަހަރެންނަށް ނުބަލާ ހިނގުނީ ތީ ” ޖެނީ އެ މައްސަލަ އިތުރަށް ބޮޑު ކުރަން ބޭނުން ނުވުމުން މާފައް އެދުނެވެ.” އަހަރެން މީ ރިޔާދާ…. އައި ޑޯންޓް ނީޑް ޔޯރ އެޕޯލެޖީ… ޖަސްޓް ސްޓޭ އައުޓް އޮފް މައި ވޭ…. ނޫނީ ރުފިޔާ ގެ ބާރުން ކުރޭ ކަންތައް ތައް އަރަން ކަލޭ އަށް ދައްކާލާނަން ” މިއަދު މެންދުރު ވަގުތުގައި ރިޔާދާ އަށް ފެނުނު މަންޒަރު ހަނދާން ވުމުން އިތުރަށް ރުޅި އާދެވުނެވެ.” އޯކޭ ފައިން ” ޖެނީ އައި ރޯލް ކޮއްލަމުން ފޫހި ވެފައި ވާ ގޮތަކަށް ބުނެލިއެވެ.
ޖެނީ މޫނައް ޖެއްސި ވައްތަރު ފެނުމުން ރިޔާދާ ހީވީ އަލިފާން ފަރުބަދައެއް ގޮވައިގެން ދިޔަ ހެންނެވެ. އައި ރުޅީގައި ޖެނީ ގެ އަތުގައި އޮތް ފެންފުޅި ޖަހައިގަންނަމުން ބުނެލިއެވެ.” ޑޯންޓް ޝޯ މީ އެޓިޓިޔުޑް ޔޫ ސްޓުޕިޑް ބްރެޓް ” މިހެން ބުނަމުން ރިޔާދާ އަތުގައި އޮތް ފެންފުޅި މަތި ހުޅުވި އެވެ. އަދި ޖެނީ އާއި ދިމާއަށް ފެން ބުރުވާލި އެވެ. ބޭނުން ވި މަގުސަދަކީ ޖެނީ ގެ މޫނަށް ފެން ޖަހާ އެ އެންމެން ގެ ތެރޭގައި ފަޟީހަތް ކޮއްލުމަށް ށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ޖެނީގެ ކުރިމައްޗަށް އެއްކަލަ ޒުވާނާ އެރުމުން ނެވެ. ބުރުވާލި ފެންތަށް ގޮސް ޖެހުނީ އެ ޒުވާނާ ގެ ޖެކެޓު ގައެވެ.
” އާރ ޔޫ އޯލްރައިޓް ؟ ” އަމާން ގެ މަޑުމައިތިރި އަޑު އިވުމާއެކު ލޯމަރައިގެން އިން ޖެނީ ލޯ ހުޅުވާލިއެވެ. އަދި އަމާން ގެ މޫނަށް ބަލައިލިއެވެ. އަމާން ގެ މޫނަށް އެހާ ކައިރިން ފެނުމުން ޖެނީގެ ހިތް ހީވީ މޭ ފަޅާފައި ނިކުމެދާނެ ހެންނެވެ. އަނގައި އަޑު ނުނިކުތް ތާގަ ޖެނީ އަވަހަށް ބޯ ޖަހާލިއެވެ. ” އަމާން… ޑޫޑް އާރ ޔޫ އޯކޭ ؟” ޙުސާން މިހެން ބުނި އަޑަށް ޖެނީގެ މޫނަށް ގެއްލިފައި ހުރި އަމާން ދިޔައީ ސިއްސައިގެން ނެވެ. ” ޔަހް އަމް ފައިން” އަމާން ޙުސާން އާއި ދިމާއަށް ބަލައިލަމުން އަވަހަށް ބުނެލިއެވެ.
ރިޔާދާ ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އަމާން އެ ކުރި ކަމަކުން ހިތުގައި ކެތް ނުކުރެވޭ ވަރަށް ވޭން އަޅަމުން ދިޔައިރު އެ އާއި އެއްވަރަށް ޖެނީ ދެކެ ރުޅި ވެސް އަރަމުން ދިޔަ އެވެ. ހިތު ތެރޭގައި ޖެނީ އަށްޓަކައި ހަސަދަވެރިކަމުގެ ބޮޑު ހުޅަ އެއް ރޯވަމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. އެންމެންގެ ނަޒަރު އޭނަ އަށް ހުއްޓިފައި ހުރުމުން ރިޔާދާ ފޫހި ވިއެވެ. އެހެންކަމުން ޕަކުން ނިކުންނަން ހިނގައިގަތެވެ.
***** ***** ***** *****
އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު ހަނދައް ތަންދިނުމައްޓަކިއި އޮއްސެމުން ދިޔައެވެ. ފަޒާގެ ތެރެއަށް އަނދިރިކަމާއި ނާމާން ކަން ފެތުރެމުން ދިޔައިރު އަތިރި އާއި ރަށުގެ އެކި ކަންކޮޅު ތަކުގައި ތިބި މީހުންގެ މަންޒިލަކަށް ވީ އެމީހެއްގެ ގެއަށް ދިޔުމެވެ. މާކު ގިނަ އިރެއް ނުވެ މަޣްރިބް ނަމާދަށް ބަންގި ގޮވުމުން ފިރިހެން ވެރިން މިސްކިތައް ދާނ ހިނގައި ގަތެވެ. އެއިރު ރަށުތެރެއަށް ވަނީ ފުދޭވަރަކަށް އަނދިރި ވެފައެވެ.
ޖެނީ އައިސް ގެއަށް ވަންނަމުން ގޭ ދޮރު ލެއްޕި އެވެ. އަދި ސިޑިން މައްޗަށް އަރައިގެން ދިޔަ އެވެ. ކޮޓަރިއަށް ވަދެ ބޮލުގައި އަޅާފައިވާ ޝޯލް ގެ ޕިން ތައް ނައްޓަމުން ދިޔައިރު ޖެނީ އިނީ ހިޔާލަކައް ގެއްލިފައެވެ. އިރުކޮޅަކުން އެހެން އިނުމަށްފަހު ޖެނީ ދެފަރާތަށް ބޯ ހޫރުވާލިއެވެ. ހީވަނީ ހިޔާލީ ދުނިޔެއިން ގަދަކަމުން ބޭރަށް ނިކުތް ހެންނެވެ. ބޭކާރު ހިޔާލު ތަކުން ސަލާމަތް ވުމަށްޓަކައި ޖެނީ އަވަހަށް ފާހަނަ އަށް ވަދެ ވުޟޫ ކޮށްލައިގެން ނިކުމެ ނަމާދު ކޮއްލިއެވެ. މަޣްރިބް ނަމާދު ކުރިތާ މާ ގިނަ އިރެއް ނުވެ ޢިޝާނަމާދައް ބަންގި ގޮވި އެވެ. އެހެންކަމުން އަވަހަށް ޢިޝާ ނަމާދު ކޮއްލިއެވެ.
ނަމާދު ކޮއް ނިންމަފަ މުސައްލަ އޮޅާލުމަށް ފަހު އަލަމާރި ތެރެއަށް ލިއެވެ. އަދި އެތަށި ގަނޑުގައި ޖަހާފައި އިން ހުޅި ރީތި ކޮއްލަމުން ރީތިވާ މޭޒުމަތީ ގައި ބާއްވާފައި އޮތް ކަޅުކުލައިގެ ކަންބުރުގާ ނަގައި ބޮލުގައި އެޅި އެވެ. އަދި ކޮޓަރިން ނިކުތެވެ.
” ހޭ އަހަރެން މި އުޅެނީ ކާން…… ކާނަން ތަ ؟ ” ނަމާދު ކޮއްގެން އައި ހައިޒަލް ފެނި ޖެނީ ސުވާލު ކުރިއެވެ.” ޔަހް އަހަރެން ވަރަށް ބަނޑުހައި ” ބަންޑުގައި އަތް ކާތާލަމުން ހައިޒަލް މިހެން ބުނި އިރު މޫނުމަތިން ވެސް ބަނޑުހައި ވެފަ ހުރި ވައްތަރު ޖަހަމުން ދިޔައެވެ. ބަދިގެއަށް ވަތް ހައިޒަލް ގެ ކުޅު ދިޔާވީ މޭޒުމައްޗަށް އަރުވާފައި ހުރި ފްރައިޑް ރައިސް އާއި ކުކުޅު ތަށި ފެނިފައެވެ. ބިއްލޫރި ތައްޓަށް ކޯކު އަޅަން ހުރި ޖެނީ އަށް މި މަންޒަރު ފެނުމުން ހީލި އެވެ. ހައިޒަލް އަވަސް އަވަހަށް އައިސް ގޮނޑީގައި އިށީންނިއެވެ. އަދި ރޭގަނޑުގެ ކެއުމާ ގެން ކުރިއަށް ދާނ ފެށިއެވެ. ޖެނީ ވެސް އައިސް ހައިޒަލް އާއި ބައިވެރި ވަމުން ކާން ފެށިއެވެ. ރޭގަނޑު ގެ ކެއުން ކުރިއަށް ދިޔަ އިރު ހައިޒަލް އަދި ޖެނީ ކުރެ އެކަކު ވެސް ވާހަކަ އެއް ނުދައްކަ އެވެ. އެހެނީ ކާއިރު ގައި ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާތީ އެވެ.
★–ނުނިމޭ–★
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

