Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

އަބަދަށް އެކުގައި 30

sunflower girlll Level 210 Stories100 Login
July 21, 2022 3 Mins Read
0 Comments

*މެންދުރުފަހުގެ އެކްސްޓްރާއަށް ދާން ލާރާ ހިލްޔާންމެން ގެއަށް ވަނީ ހިލްޔާން ބަަލައެވެ. އެވަގުތު ލާރާއަށް އާަނިޝް ލާރާގެ ނަން ކިޔާ އަޑު އިވުމުން ނިކަން ބާރަށް ގޮސް ދޮރު ހުޅުވާލިއެވެ. ލާރާ ހައިރާންވީ އެތާ ތިބި އޭނާ ނުވެސް ދަންނަ މޫނުތައް ފެނިފައެވެ.*

ލާރާއަށް ދެލޯ ބޮޑު ކޮއްލަމުން އަނގަމަތީ އަތް އާލެވުނީ ގަން ލަދުންނެވެ. އެވަގުތު އެތާ ތިބިހާ މީހަކު ހޭން ފެށިއެވެ.
“ލާރާ..ހިލްޔާން އެއިނީ ނަމާދު ނުކޮށް، ފެންނުވަރާ އަދި ނުވެސް ކައި” ހަނާ އަވަސް އަވަހަށް ބުނެލިއެވެ.

“އެދޮގެއް..ސާބަސް..ދާން ރެޑީ ވެގެން މީނީ” ހިލްޔާން ޔުނީފޯމް ދައްކާލަމުން ބުނެލިއެވެ. ދޮގެއް ނޫނެވެ. އޭނާ އެވަގުތުވެސް ހުރީ ޔުނީފޯރމް ލައިގެންނެވެ. ލާރާ ހިލްޔާން ލަސް ވާނެ ކަން އިނގޭތީ ސްކޫލަށް ދިޔައެވެ.

ސްޓާފްރޫމް ގައި އިން ޔައިޝާއަށް ވިސްނެމުން ދިޔައީ ޒިވްޔަން ދެއްކި ވާހަކަތަކާ ދޭތެރޭގައެވެ. ހަނާއަށް ހަނާގެ ބައްޕައާ ބައްދަލްވީއެވެ. ޔައިޝާއަށް ވިސްނެމުން ދިޔައެވެ. އުމުރުން 20 އަހަރު ވީ އިރު ޔައިޝާއަަށް އޭނާގެ ބައްޕަ ލޮލަށް ފެނިފާ ނުވެއެވެ. އޭނާވެސް ބައްޕަ ދެކިލުމަށް ބޭނުންވެއެވެ.

“ޔައީ..އެސޮރުގެ ބައްޕަމެން ވަޑައިގެންފިދޯ؟؟” ޔައިޝާ  ކައިރީގަ އިށީންނަމުން މަލާމާތުގެ ޒާތަކަށް އެ ސްކޫލްގެ ޓީޗަރެއް ކަމަށްވާ ޔަންހާ ބުނެލިއެވެ.

“ކޮން ސޮރެއްތަ؟؟” ޔައިޝާ ވަރަށް ނޫން ކަމަށް ހަދާލަމުން ބުނެލިއެވެ.

“އަދި ވަރަށް ނުވާ ކަމަށް ހަދާނެ..އިންނަން ތިއުޅޭ ސޮރެއްނު.:” ޔަންހާ ޔައިޝާއަށް ޖެއްސުން ކޮއްލިއެވެ.

“އެއީ ވަރަށް މުއްސަނދި ބައެކޭ ދޯ..ދެން އަހަރަމެން މިހެން އުޅޭ އިރު ޔައީ އުޅޭނީ ބޮޑު ގަނޑުވަރެއްގެ މަހާރާނީ އަކަށްތާ ދޯ” އެމީހުންގެ ވާހަކަ އަޑު އަހަން އިން އެހެން ޓީޗަރެއް ބުނެލިއެވެ.

“އަހަރެން އެބަ އުޅެންތަ ރާނީކަން ނުލިބިގެން.. މާލެއަކީ ކުޑަކޮން ވެސް އުޅޭ  ހިތް ވާ ތަނެއް ނޫން..ކިޔަވަން ގޮސްވެސް ނާދެވިގެން ކިހާވަރަކަށް އުޅުނީ.. އަސްލު މިހެން ރަށުގަ އުޅެން މާ ހިތްހަމަ ޖެހެޔޭ” ޔައިޝާ ބުނެލިއެވެ.

“ސާބަހޭ ޔައީ..ނަސީބު އައިސް އަތުގަ ހިފީމަވެސް ކޮންފާޑަކަށްތަ ޔައީ ތިއުޅެނީ” ޔަންހާ ހޭން ފަށަމުން ބުނެލިއެވެ.

“އަހާ…ޔުސްރާ  ބޮނޑިބަތް ގެނެސް އެއްނު މިހުރީ” ކާމޭޒު މަތީ ހުރި  ބޮނޑިބަތް ތަށީގެ މަތިނަގަމުން ހުސްނާ ބުނެލިއެވެ.

“ޔުސްރާ  ވަރަށް މީރުކޮށް ބޮނޑިބަތް ކައްކާނެ..އެހެންވެ އަހަރެން މިއަަދަށް ބޮނޑިބަތް ކޮޅެއް ކައްކާލަދޭށޭ ބުނީމަ” ހުސްނާ ބުނެލިއެވެ.

އަތް މަތިއަވަސް ކޮށް ކާން ހަދާލާފައި އަވަހަށް ޒާހިދުމެންނަށް ކާން ހެދިއެވެ.

“ދަނީ އިނގޭ.” އާނިޝް ނުކުންނަން ހިނގައި ގަންނަމުން ބުނެލިއެވެ.

” ނޫނޭ..ކައިގެން  ދާނީ” ހުސްނާ ކެއުމަށް ގޮވިއެވެ.

“އަޅުގަނޑު ގެއަށް ގޮސް ކާނީ” އާނިޝް ލަދުން ހުރެ ބުރެ ވާހަކަ ދެއްކިއެވެ.

“އާނިޝްބޭ.. މާ ގިނަ އަކުން މިކަހަލަ ފުރުސަތެއް ނުއެއް ލިބޭނެ..ހާދަ ނުވިސްނެޔޭ ދޯ” ހިލްޔާން ސްކޫލަށް ދާން ނުކުންނަމުން އާނިޝްއަށް ބުނެލިއެވެ.

“ހިލްޔާން އަނގަގަދަ ނުކޮށް ސްކޫލަށް ދޭ..އެއޮއް ގަޑިޖެހި ބޮޑުވީ” ހުސްނާ ހިލްޔާން ފޮނުވާލަމުން ބަދިގެއަށް ދިޔައެވެ.

އާނިޝް ދާން ނުކުތެވެ..” އަޅެ މަންމަ އެހެން ބުނީމަވެސް  ހަމަ ދަނީތަ. އާދެބަލަ ކައިގެން ދިޔަސް ލަހެއް ނުވާނެޔޭ” ހަނާ އާނިޝްގެ އަތުގައި ހިފައިގެން ހަނާ ބަދިގެއާ ދިމާ އަށް ފިޔައެވެ.

“ޒިވްޔަން ބައްޕަ ކައިރީ ބުނީމެންނު ކުއްޖެއްގެ ވާހަކަ..އޭނައާ ވެސް ބައްދަލް ކޮއްދޭން ވާނެ އެންނު.” ޒާހިިދު ކާން އިށީންނަމުން ބުނެލިއެވެ.

“އަޅެ ބައްޕާ..އަދި ރަށަށް އައި ފަހުން ފަސް ގަޑި އިރު ހަމަ ނުވޭ.. މިހާރު ފެށީ” ޒިވްޔަން އެހެން ބުނުމުން އެންމެން ހޭން ފެށިއެވެ.

“ހުސްނާ..އަހަރެން ބޭނުން ހުސްނާ ބުނި އަވައްޓެރިންނާ ބައްދަލް  ކޮއްލަން.. އެމީހުންނަށް ޝުކުރުއަދާ ކުރާން ގޮތެއްވެސް އަހަންނަކަށް ނޭނގޭ.” އާމިރު މިހެން ބުނެ ނިމުމާއެކު ހަނާއާ އާނިޝް އެކު އެކީގައި މަޑު މަޑުން ހޭން ފެށިއެވެ.

“ކިހިނެތްވީ ” އާމިރު އަހާލިއެވެ.

“ޒާހިދުބެއާ ބައްޕައާ ތި ދައްކަނީ އެއް ބައެއްގެ ވާހަކަ.. އެގޭ ކުއްޖެކޭ ޔައީ އަކީ.. މަންމަ އެބުނާ އަވައްޓެރިންނަކީ ޔައީގެ މަންމައާ އަކުރަމްބެއާ” ހަނާ ބުނެުމުން އެންމެން އެކުއެކީ ހޭން ފެށިއެވެ،

“އެހެން ކިހިނެތް ދޯ އަހަރަމެންނަށް އިނގޭނީ..މިހާރުވެސް އިނގިއްޖެ ޒިވްޔަން ހޯދީ ރަނގަޅު ކުއްޖެއްކަން” ޒާހިދު އެހެން ބުނުމުން ޒިވްޔަން ރަކި ވާ ގޮތް ވިއެވެ.

ހަވީރު ވުމުން ޒިވްޔަންއާ ޒާހިދު ދިޔައީ ޕްރިންސިޕަލްއާ ބައްދަލު ކުރާށެވެ. ހަނާ ބަދިގޭގައި މިރެއަށް ކޮންމެވެސް އެއްޗެއް ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅެއެވެ.

“ޒިވްޔަން..ޔައިޝާއަށް ގުޅަންވީނު މިރެއަށް އާދެވޭތޯ..އޭރުންނެންނުު އެއްޗެއް ކައްކާާލާ މިރއަް ތައްޔާރު ވާން އިނގޭނީ” ޒިވްޔަން ގެއަށް ވަނުމުން ހުސްނާ ބުނެލިއެވެ. ޒިވްޔަން އާނ އެކޭ ބުނެލަމުން އަނެއްކާވެސް ބޭރަށްް ނުކުތީ  ޔައިޝާއަށް ގުޅަމުންނެވެ.

“ޔައީ..މިރޭ އަންނާނަން ދޯ ބައްޕަމެންނާ މީޓް ކޮއްލަން،،ބައްޕަ އައިންސުރެ ޔައީގެ ވާހަކަ ދައްކަނީ” ޒިވްޔަންބުނެލިއެވެ.

“އަޅޭ..ވަރަށް ވަރަށް ބޮޑަށް ސޮރީ..ވަރަށް ދާހިތުން ހުރީ… އެކަމު ކީތް ކުރާނީ.. ޔަންހާގެ ވެޑިން މާދަމާ އޮންނާތީ އެންމެން ހިފަހައްޓައިގެން އެއުޅެނީ..ޔައީ ދާން ބުނީމަވެސް ދެން މިހެން ނުއެއް އުޅެވޭނެޔޯ ކިޔާފަ ދާކަށް އެއްބަހެއްނުވި.. ޔަންހާ ދާތީ ކުޑަ ކޮސް މިރޭ އެކަން ސެލެބްރޭޓް ކޮއްލަން މިއުޅެނީ ” ޔައިޝާ ވާހަކަ ދެއްކިއެވެ.

“އޮހް.. އޯކޭ..ދެން މާދަމާއަށް ހަދާނީ” ޒިވްޔަން ބުނެލިއެވެ.

“މިހާރުވެސް ބޮލުގަ ރިއްސާވަރުން ނުވެސް ހުރެވޭ،، މަންމަވެސް ފައި ގަ ރިއްސާތީ އުޅޭ ރެއެއް..މަންމަ ކައިރިއަށް ވެސް ނުދެވިގެން މިއުޅެނީ” ޔައިޝާ ބުނެލިއެވެ.

“އެހެންތަ..ޔައީ މަންމަ މިހާރު އޯކޭތަ؟” ޒިވްޔަން އަހާލިއެވެ.

“ބައްޕައަށް ދެންމެ ގުޅާލީމަ ބުނީ މިހާރު ނިދިފަ އޮއިތް ވާހަކަ..ފައިގަ ބޭސް ހޭކީމަ ކުޑަ ކޮށް ރަނގަޅޭބުނީ” ޔައިޝާ ބުނެލިއެވެ. އަދި އަވަހައް ޒިވްޔަން ކައިރީ ކަނޑާލުމަށް ބުނުމަށްފަހު ފޯން ބޭއްވީ  އެތާ އިން ޓީޗަރަކު ޕްރިންސިޕަލް އަންނަ ވާހަކަ ބުނުމުންނެވެ.   ޔައިޝާ އަވަހަށް ފޯން ފޮރުވުމަށަ ފަހު ފޮތްތައް ބަލަން ފެށިއެވެ.

“މަންމާ..ޔައީ މިރޭ ސްކޫލްގަ ޔޯ އުޅެން ޖެހޭނީ..އެހެންވެ ބުނެފިން ދެން މާދަމަ ރެއަށް ލަސް ކޮއްލަން.. ޔައީގެ މަންމަވެސް ކުޑަކޮށް ބަލިވެޔޭ ބުނި” ޒިވްޔަްނ ބުނެލިއެވެ.

 

ޔައިޝާ ގެއަށް އައި އިރު ނިދިއައިސްގެން ހަލާކު ވަނީ އެވެ. އޭރު ގަޑިން އެގާރަ ޖަހާަ ބޮޑުވެއްޖެއެވެ. ފެންވަރާ ތާޒާ ވެލައިގެން އައިސް އެނދުގައި އޮށޯވެލީ ނިދުމުގެ ބޭނުމުގައެވެ.  ނަމަވެސް ޒިވްޔަންގެ އަޑު ނާހާލާ ނިދާކަށް ޔައިޝާގެ ހިތް އެއްބަހެއް ނުވިއެވެ.

“ކިހިނެތްވީ؟” ޒިވްޔަންގެ ފުރަތަމަ ބަހާ އެކުވެސް  ޒިވްޔަން އޮތީ ނިދިއައިސް ކަން އިނގެއެވެ.

“މމ…ނިދަނީތަ؟” ޔައިޝާ އަހާލިއެވެ.

“އާނ ޖައްސާލީ މި..ޔައީ ފޯން ނުނެގީމަ” ޒިވްޔަން ބުނެލިއެވެ.

” އެގަޑީ ބިިޒީ ވީ…ސޮރީ.. ޔަންހާ ބުނި ޒިވް ގޮވައިންނޯ ދާން ޖެހޭނީ..ޒިވް ދާންވީނު މާދަން..ދެވޭނެތަ؟؟” ޔައިޝާ ނުކެރިފައި ހުރެ ވެސް އަހާލިއެވެ.

“”ޔަންހާ ވެޑިން ކާޑް ފޮނުވާފައިން..ވަރަށް ދުރުގަ އޮއިތް ރަށަކަށްތަ ؟”

“ނޫނޭ.. ޖެހިގެން އެއޮތް ރަށަށް.. މާދަމާ ހެނދުނު 8 ޖަހާައިރު ފުރަނީ ..އާނިޝްވެސް ދާންމޯ.. އާނިޝްގެ ފްރެންޑަކާ އިންނަން  އެއުޅެނީ” ޔައިޝާ ބުނެލިއެވެ.

“ޔާ ދެން ދާނީ ދޯ..ޔައީ ބުނީމަ ދާކަންނު ޖެހޭނީ.. ” ޒިވްޔަން ބުނެލިއެވެ.

“އަސްލުވެސް ދާނަން ދޯ..އެހެން ވީމަ ޔަން ކައިރީ ބުނަނީމި..”ޔައިޝާ އުފަލުން އެހެން ބުނެލުމަށް ފަހު ބާއްޖަވެރި ރޭނގަނޑަކަށް އެދެމުން ފޯން ކަނޑާލިއެވެ. އަދި ޔަންހާއަށް މެސެޖް ކޮއްލުމަށް ފަހު ޒިވްޔަން ދާނެ ވާަހަކަ ބުނެލިއެވެ.

ހެނދުނު ޒިވްޔަން އަށް ހޭލެވުނީ ޔައިޝާ ގުޅާ އަޑަށެވެ.  އަވަސް އަވަހަށް ތެދުވެ ފެންް ވަރަލައިގެން ރީތިވެލައިން ނުކުމެން އިރު އެންމެން ސައި ބޯން ތައްޔާރުވަނީއެވެ. ޒިވްޔަން  ޒާހިދު ކައިރީ ޒިވްޔަން ޖެހިގެން އޮތް ރަށަށް ކައިވެނި ޕާޓީ އަކަށް ދާ ވާހަަކަ ބުންޏެވެ.  އަދި ޔައިޝާގެ ވާހަކަ ކިޔައިދީފައި  ސައިބޮއެގެން ނުކުތެވެ. އޭރު އާނިޝް ސައިކަލުގައި ޒިވްޔަން ބަލައި އައިސް ހުއްޓެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

sunflower girlll

Level 210 Stories100 Login

Other Articles

Previous

ވައުދޭ ވެވޭ މީ… 22

Next

ތީ އޭ ހަނދަކީ 14

Next
July 21, 2022

ތީ އޭ ހަނދަކީ 14

Previews
July 21, 2022

ވައުދޭ ވެވޭ މީ… 22



All Right Reserved!