Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދަށްއެކުގައި 31

sunflower girlll Level 210 Stories100 Login
September 3, 2022 5 Mins Read
1 Comment

ވާހަކަ ލަސްވީ ކަމައްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަސް މާފަސް އެދެން.. ވާހަކަ ލަސް ވުމުގެ ސަބަބުން .މި ބައި މި ގެނެސް ދިނީ 30 ވަނަ ޕާޓް ގެ އެއްބަޔާއި އެކީގައެވެ.

ހުރިހާކިޔުން ތެރިނަށްވެސް ކަމުދާނެ ކަމަސް އުއްމީދު ކުރަން

ސްޓާފްރޫމް ގައި އިން ޔައިޝާއަށް ވިސްނެމުން ދިޔައީ ޒިވްޔަން ދެއްކި ވާހަކަތަކާ ދޭތެރޭގައެވެ. ހަނާއަށް ހަނާގެ ބައްޕައ  ބައްދަލްވީއެވެ. ޔައިޝާއަށް ވިސްނެމުން ދިޔައެވެ. އުމުރުން 20 އަހަރު ވީ އިރު ޔައިޝާއަަށް އޭނާގެ ބައްޕަ ލޮލަށް ފެނިފާ ނުވެއެވެ. އޭނާވެސް ބައްޕަ ދެކިލުމަށް ބޭނުންވެއެވެ.

“ޔައީ..އެސޮރުގެ ބައްޕަމެން ވަޑައިގެންފިދޯ؟؟” ޔައިޝާ  ކައިރީގަ އިށީންނަމުން މަލާމާތުގެ ޒާތަކަށް އެ ސްކޫލްގެ ޓީޗަރެއް ކަމަށްވާ ޔަންހާ ބުނެލިއެވެ.

“ކޮން ސޮރެއްތަ؟؟” ޔައިޝާ ވަރަށް ނޫން ކަމަށް ހަދާލަމުން ބުނެލިއެވެ.

“އަދި ވަރަށް ނުވާ ކަމަށް ހަދާނެ..އިންނަން ތިއުޅޭ ސޮރެއްނު.:” ޔަންހާ ޔައިޝާއަށް ޖެއްސުން ކޮއްލިއެވެ.

“އެއީ ވަރަށް މުއްސަނދި ބައެކޭ ދޯ..ދެން އަހަރަމެން މިހެން އުޅޭ އިރު ޔައީ އުޅޭނީ ބޮޑު ގަނޑުވަރެއްގެ މަހާރާނީ އަކަށްތާ ދޯ” އެމީހުންގެ ވާހަކަ އަޑު އަހަން އިން އެހެން ޓީޗަރެއް ބުނެލިއެވެ.

“އަހަރެން އެބަ އުޅެންތަ ރާނީކަން ނުލިބިގެން.. މާލެއަކީ ކުޑަކޮން ވެސް އުޅޭ  ހިތް ވާ ތަނެއް ނޫން..ކިޔަވަން ގޮސްވެސް ނާދެވިގެން ކިހާވަރަކަށް އުޅުނީ.. އަސްލު މިހެން ރަށުގަ އުޅެން މާ ހިތްހަމަ ޖެހެޔޭ” ޔައިޝާ ބުނެލިއެވެ.

“ސާބަހޭ ޔައީ..ނަސީބު އައިސް އަތުގަ ހިފީމަވެސް ކޮންފާޑަކަށްތަ ޔައީ ތިއުޅެނީ” ޔަންހާ ހޭން ފަށަމުން ބުނެލިއެވެ.

“އަހާ…ޔުސްރާ  ބޮނޑިބަތް ގެނެސް އެއްނު މިހުރީ” ކާމޭޒު މަތީ ހުރި  ބޮނޑިބަތް ތަށީގެ މަތިނަގަމުން ހުސްނާ ބުނެލިއެވެ.

“ޔުސްރާ  ވަރަށް މީރުކޮށް ބޮނޑިބަތް ކައްކާނެ..އެހެންވެ އަހަރެން މިއަަދަށް ބޮނޑިބަތް ކޮޅެއް ކައްކާލަދޭށޭ ބުނީމަ” ހުސްނާ ބުނެލިއެވެ.

އަތް މަތިއަވަސް ކޮށް ކާން ހަދާލާފައި އަވަހަށް ޒާހިދުމެންނަށް ކާން ހެދިއެވެ.

“ދަނީ އިނގޭ.” އާނިޝް ނުކުންނަން ހިނގައި ގަންނަމުން ބުނެލިއެވެ.

” ނޫނޭ..ކައިގެން  ދާނީ” ހުސްނާ ކެއުމަށް ގޮވިއެވެ.

“އަޅުގަނޑު ގެއަށް ގޮސް ކާނީ” އާނިޝް ލަދުން ހުރެ ބުރެ ވާހަކަ ދެއްކިއެވެ.

“އާނިޝްބޭ.. މާ ގިނަ އަކުން މިކަހަލަ ފުރުސަތެއް ނުއެއް ލިބޭނެ..ހާދަ ނުވިސްނެޔޭ ދޯ” ހިލްޔާން ސްކޫލަށް ދާން ނުކުންނަމުން އާނިޝްއަށް ބުނެލިއެވެ.

“ހިލްޔާން އަނގަގަދަ ނުކޮށް ސްކޫލަށް ދޭ..އެއޮއް ގަޑިޖެހި ބޮޑުވީ” ހުސްނާ ހިލްޔާން ފޮނުވާލަމުން ބަދިގެއަށް ދިޔައެވެ.

އާނިޝް ދާން ނުކުތެވެ..” އަޅެ މަންމަ އެހެން ބުނީމަވެސް  ހަމަ ދަނީތަ. އާދެބަލަ ކައިގެން ދިޔަސް ލަހެއް ނުވާނެޔޭ” ހަނާ އާނިޝްގެ އަތުގައި ހިފައިގެން ހަނާ ބަދިގެއާ ދިމާ އަށް ފިޔައެވެ.

“ޒިވްޔަން ބައްޕަ ކައިރީ ބުނީމެންނު ކުއްޖެއްގެ ވާހަކަ..އޭނައާ ވެސް ބައްދަލް ކޮއްދޭން ވާނެ އެންނު.” ޒާހިިދު ކާން އިށީންނަމުން ބުނެލިއެވެ.

“އަޅެ ބައްޕާ..އަދި ރަށަށް އައި ފަހުން ފަސް ގަޑި އިރު ހަމަ ނުވޭ.. މިހާރު ފެށީ” ޒިވްޔަން އެހެން ބުނުމުން އެންމެން ހޭން ފެށިއެވެ.

“ހުސްނާ..އަހަރެން ބޭނުން ހުސްނާ ބުނި އަވައްޓެރިންނާ ބައްދަލް  ކޮއްލަން.. އެމީހުންނަށް ޝުކުރުއަދާ ކުރާން ގޮތެއްވެސް އަހަންނަކަށް ނޭނގޭ.” އާމިރު މިހެން ބުނެ ނިމުމާއެކު ހަނާއާ އާނިޝް އެކު އެކީގައި މަޑު މަޑުން ހޭން ފެށިއެވެ.

“ކިހިނެތްވީ ” އާމިރު އަހާލިއެވެ.

“ޒާހިދުބެއާ ބައްޕައާ ތި ދައްކަނީ އެއް ބައެއްގެ ވާހަކަ.. އެގޭ ކުއްޖެކޭ ޔައީ އަކީ.. މަންމަ އެބުނާ އަވައްޓެރިންނަކީ ޔައީގެ މަންމައާ އަކުރަމްބެއާ” ހަނާ ބުނެުމުން އެންމެން އެކުއެކީ ހޭން ފެށިއެވެ،

“އެހެން ކިހިނެތް ދޯ އަހަރަމެންނަށް އިނގޭނީ..މިހާރުވެސް އިނގިއްޖެ ޒިވްޔަން ހޯދީ ރަނގަޅު ކުއްޖެއްކަން” ޒާހިދު އެހެން ބުނުމުން ޒިވްޔަން ރަކި ވާ ގޮތް ވިއެވެ.

ހަވީރު ވުމުން ޒިވްޔަންއާ ޒާހިދު ދިޔައީ ޕްރިންސިޕަލްއާ ބައްދަލު ކުރާށެވެ. ހަނާ ބަދިގޭގައި މިރެއަށް ކޮންމެވެސް އެއްޗެއް ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅެއެވެ.

“ޒިވްޔަން..ޔައިޝާއަށް ގުޅަންވީނު މިރެއަށް އާދެވޭތޯ..އޭރުންނެންނުު އެއްޗެއް ކައްކާާލާ މިރއަް ތައްޔާރު ވާން އިނގޭނީ” ޒިވްޔަން ގެއަށް ވަނުމުން ހުސްނާ ބުނެލިއެވެ. ޒިވްޔަން އާނ އެކޭ ބުނެލަމުން އަނެއްކާވެސް ބޭރަށްް ނުކުތީ  ޔައިޝާއަށް ގުޅަމުންނެވެ.

“ޔައީ..މިރޭ އަންނާނަން ދޯ ބައްޕަމެންނާ މީޓް ކޮއްލަން،،ބައްޕަ އައިންސުރެ ޔައީގެ ވާހަކަ ދައްކަނީ” ޒިވްޔަންބުނެލިއެވެ.

“އަޅޭ..ވަރަށް ވަރަށް ބޮޑަށް ސޮރީ..ވަރަށް ދާހިތުން ހުރީ… އެކަމު ކީތް ކުރާނީ.. ޔަންހާގެ ވެޑިން މާދަމާ އޮންނާތީ އެންމެން ހިފަހައްޓައިގެން އެއުޅެނީ..ޔައީ ދާން ބުނީމަވެސް ދެން މިހެން ނުއެއް އުޅެވޭނެޔޯ ކިޔާފަ ދާކަށް އެއްބަހެއްނުވި.. ޔަންހާ ދާތީ ކުޑަ ކޮސް މިރޭ އެކަން ސެލެބްރޭޓް ކޮއްލަން މިއުޅެނީ ” ޔައިޝާ ވާހަކަ ދެއްކިއެވެ.

“އޮހް.. އޯކޭ..ދެން މާދަމާއަށް ހަދާނީ” ޒިވްޔަން ބުނެލިއެވެ.

“މިހާރުވެސް ބޮލުގަ ރިއްސާވަރުން ނުވެސް ހުރެވޭ،، މަންމަވެސް ފައި ގަ ރިއްސާތީ އުޅޭ ރެއެއް..މަންމަ ކައިރިއަށް ވެސް ނުދެވިގެން މިއުޅެނީ” ޔައިޝާ ބުނެލިއެވެ.

“އެހެންތަ..ޔައީ މަންމަ މިހާރު އޯކޭތަ؟” ޒިވްޔަން އަހާލިއެވެ.

“ބައްޕައަށް ދެންމެ ގުޅާލީމަ ބުނީ މިހާރު ނިދިފަ އޮއިތް ވާހަކަ..ފައިގަ ބޭސް ހޭކީމަ ކުޑަ ކޮށް ރަނގަޅޭބުނީ” ޔައިޝާ ބުނެލިއެވެ. އަދި އަވަހައް ޒިވްޔަން ކައިރީ ކަނޑާލުމަށް ބުނުމަށްފަހު ފޯން ބޭއްވީ  އެތާ އިން ޓީޗަރަކު ޕްރިންސިޕަލް އަންނަ ވާހަކަ ބުނުމުންނެވެ.   ޔައިޝާ އަވަހަށް ފޯން ފޮރުވުމަށަ ފަހު ފޮތްތައް ބަލަން ފެށިއެވެ.

“މަންމާ..ޔައީ މިރޭ ސްކޫލްގަ ޔޯ އުޅެން ޖެހޭނީ..އެހެންވެ ބުނެފިން ދެން މާދަމަ ރެއަށް ލަސް ކޮއްލަން.. ޔައީގެ މަންމަވެސް ކުޑަކޮށް ބަލިވެޔޭ ބުނި” ޒިވްޔަން ބުނެލިއެވެ.

 

ޔައިޝާ ގެއަށް އައި އިރު ނިދިއައިސްގެން ހަލާކު ވަނީ އެވެ. އޭރު ގަޑިން އެގާރަ ޖަހާަ ބޮޑުވެއްޖެއެވެ. ފެންވަރާ ތާޒާ ވެލައިގެން އައިސް އެނދުގައި އޮށޯވެލީ ނިދުމުގެ ބޭނުމުގައެވެ.  ނަމަވެސް ޒިވްޔަންގެ އަޑު ނާހާލާ ނިދާކަށް ޔައިޝާގެ ހިތް އެއްބަހެއް ނުވިއެވެ.

“ކިހިނެތްވީ؟” ޒިވްޔަންގެ ފުރަތަމަ ބަހާ އެކުވެސް  ޒިވްޔަން އޮތީ ނިދިއައިސް ކަން އިނގެއެވެ.

“މމ…ނިދަނީތަ؟” ޔައިޝާ އަހާލިއެވެ.

“އާނ ޖައްސާލީ މި..ޔައީ ފޯން ނުނެގީމަ” ޒިވްޔަން ބުނެލިއެވެ.

” އެގަޑީ ބިިޒީ ވީ…ސޮރީ.. ޔަންހާ ބުނި ޒިވް ގޮވައިންނޯ ދާން ޖެހޭނީ..ޒިވް ދާންވީނު މާދަން..ދެވޭނެތަ؟؟” ޔައިޝާ ނުކެރިފައި ހުރެ ވެސް އަހާލިއެވެ.

“”ޔަންހާ ވެޑިން ކާޑް ފޮނުވާފައިން..ވަރަށް ދުރުގަ އޮއިތް ރަށަކަށްތަ ؟”

“ނޫނޭ.. ޖެހިގެން އެއޮތް ރަށަށް.. މާދަމާ ހެނދުނު 8 ޖަހާައިރު ފުރަނީ ..އާނިޝްވެސް ދާންމޯ.. އާނިޝްގެ ފްރެންޑަކާ އިންނަން  އެއުޅެނީ” ޔައިޝާ ބުނެލިއެވެ.

“ޔާ ދެން ދާނީ ދޯ..ޔައީ ބުނީމަ ދާކަންނު ޖެހޭނީ.. ” ޒިވްޔަން ބުނެލިއެވެ.

“އަސްލުވެސް ދާނަން ދޯ..އެހެން ވީމަ ޔަން ކައިރީ ބުނަނީމި..”ޔައިޝާ އުފަލުން އެހެން ބުނެލުމަށް ފަހު ބާއްޖަވެރި ރޭނގަނޑަކަށް އެދެމުން ފޯން ކަނޑާލިއެވެ. އަދި ޔަންހާއަށް މެސެޖް ކޮއްލުމަށް ފަހު ޒިވްޔަން ދާނެ ވާަހަކަ ބުނެލިއެވެ.

ހެނދުނު ޒިވްޔަން އަށް ހޭލެވުނީ ޔައިޝާ ގުޅާ އަޑަށެވެ.  އަވަސް އަވަހަށް ތެދުވެ ފެންް ވަރަލައިގެން ރީތިވެލައިން ނުކުމެން އިރު އެންމެން ސައި ބޯން ތައްޔާރުވަނީއެވެ. ޒިވްޔަން  ޒާހިދު ކައިރީ ޒިވްޔަން ޖެހިގެން އޮތް ރަށަށް ކައިވެނި ޕާޓީ އަކަށް ދާ ވާހަަކަ ބުންޏެވެ.  އަދި ޔައިޝާގެ ވާހަކަ ކިޔައިދީފައި  ސައިބޮއެގެން ނުކުތެވެ. އޭރު އާނިޝް ސައިކަލުގައި ޒިވްޔަން ބަލައި އައިސް ހުއްޓެވެ.

ތިރީސް އެއްވަނަ ބައި

*ހެނދުނު ޒިވްޔަން އަށް ހޭލެވުނީ ޔައިޝާ ގުޅާ އަޑަށެވެ.  އަވަސް އަވަހަށް ތެދުވެ ފެންް ވަރަލައިގެން ރީތިވެލައިން ނުކުމެން އިރު އެންމެން ސައި ބޯން ތައްޔާރުވަނީއެވެ. ޒިވްޔަން  ޒާހިދު ކައިރީ ޒިވްޔަން ޖެހިގެން އޮތް ރަށަށް ކައިވެނި ޕާޓީ އަކަށް ދާ ވާހަަކަ ބުންޏެވެ.  އަދި ޔައިޝާގެ ވާހަކަ ކިޔައިދީފައި  ސައިބޮއެގެން ނުކުތެވެ. އޭރު އާނިޝް ސައިކަލުގައި ޒިވްޔަން ބަލައި އައިސް ހުއްޓެވެ.  *

ޔައިޝާ ދަތުރުމަތީގައި ޒިވްޔަން ޔައިޝާގެ މަިންބަފައިންނަށް ތައާރަފް ކޮއްދިނެވެ. ޒިވްޔަންވެސް އުފަލާއެކު އެ ވަގުތު ކޮޅު ޔައިޝާގެ މައިންބަފައިންނާއެކު ހޭދަކުރިއެވެ.

ރަށަށް ލެފުމާއެކު ޔުސްރާއާއި އަކުރަމް ދިޔައީ އެމީހުންގެ ރައްޓެއްސެއްގެ ގެއަށެވެ. ޔައިޝާމެން ދިޔައީ ޔަންހާ އާ އެކު ޔންހާމެން ގެއަށެވެ. ޕާޓީ ބާއްވަނީ ރަށުގެ ބަނދަރުގައި ކަމަށް ވުމުން މިހާރުވެސް މޭހުންތައް އެތަން ޒޭނަތްތެރި ކުރަން އުޅެއެވެ. ޒިވްޔަންއާ އާނިޝްވެސް ސައިބޮއެގެން މިސްރާބު  ޖެހީ އެމީހުންނާ ދިމާއަށެވެ.

ޔައިޝާ އުުޅުނީ އެންމެ ފަހުގެ ތައްޔާރީތައް ވާން ޔަންހާއަށް އެހީވާށެވެ. މެންދުރުން ފެށިގެން ޔަންހާ މޭކަޕް ކުރުމުގައި ޔައިޝާވެސް ބާއިވެރި ވިއެވެ. ޔަންހާއަށް ވެސް ކިރިޔާ ގަޑި އަށް ތައްޔާރުވެ ނިމުން ކަމެވެ. އޭރު އަދި މޭކަޕް ކުރަން އުޅުނު އެކަކު ވެސް ފެންނުވަރައެވެ. ޔަންހާ ނިމުމުން ޔަންހާ ފޮނުވާލާފައި މޭހުނތައް ދިޔުމުން ޔައިޝާވެސް ވަނީ އަވަހަށް ފެންވަރާށެވެ. ފެނވަރައިން ނުކުމެން އިރު ޔއިޝާގެ ފޯނަށް 30 މިސްޑްކޯލް އަިއސްްފައި އޮތެވެ.

“ދެން ޔައީ ބުނެގެން ނާންނާނަން އެއްވެސް ތާކަށް” ގެއިން ނުކުމެވުން ކަމެއް ނޭނގެ ކަންފަތުގައި ޖެހުނީ ޒިވްޔަންގެ އަޑެވެ. ޒިވްޔަން ހުރީ ޔައިޝާ ބަލާ އައިހެވެ.

“”މިއަދު އެއްކޮށް މަށައް ފެނިނުލާ،،އަދި ނުވިތާކަށް ޕާޓީ ނިމޭ އިރުވެސް އެތަނަށް ނުދެވޭ” ޒިވްޔަން ހުރީ ހިތްހަމަ ނުޖެހިފައެވެ،

ޕާޓީގެ  މާލަމުގައި އެންމެންވެސް ހޭދަކުރީ އުފާވެރި ވަގުތުތަކެވެ، ނެގި ކޮންެމެެ ފޮޓޯއަކީ އޭގައި އެތައް ހަނދާންތަކެއް އެުލެވިފައިވި ޕޮޓޯ އެކެވެ،

ޔައިޝާހުރި ޒިވްޔަން ނުފެނިގެން ރުލި އައިހެވެ.. ކުދި ކިޔަމުން ޔައިޝާ ޕާޓީއަށް ގެނެސް ޒިވްޔަން އެދިޔައީ ކޮންތާކަށް ބާއެވެ؟ އެހާ ވަރަށް ކިޔައިން ޒިވްޔަން މިތަނަށް ގެނައީ ޔައިޝާ އެކަނި ހުންނާކަށް ނޫނިއްޔާއެވެ.

ޔައިޝާ ފަހަތް ބާލާލީ ޒިވްޔަން ގޮވާލި އަޑަށެވެ.

“އަޅެ..ކޮންތާކަށްތަ ތިދުވަނީ.”ޔައިޝާ ނުރުހުން ވެފައި ބުނެލިއެވެ. ޒިވްޔަން ޖަހާލީ ހިނި ގަނޑެކެވެ. ޔައިޝާ އިތުރަށް ރުޅި އަރުވާ ލުމަށެވެ.

“ހާދަރީއްޗޭ..މާޝާ ﷲ..އެކަމު ހަމަ އެހާ ގިނަ އިރު ނަގަން ޖެހޭތަ ރީތިވާން..” ޒިވްޔަން ބެލީ ޔައިޝާ ރުޅި އެރުވޭ ތޯއެވެ.

“ކޮންތާކުންހޭ ތިއައީ..އަޑެއް ނީވޭތަ؟” ޔައިޝާ ލޯ އަޅާލަމުން ބުނެލިއެވެ.

“މިއައީ މަންމަމެންނާ އެކީ ފޮޓޯ އެއް ނަގަން ގޮސް” ޒިވްޔަން  ހޭން ފަށަމުން ބުނެލިއެވެ.

“އޭނ…ޒިވް މަންމަ އައީ؟؟” ޔައިޝާ ހައިރާންވެފައި ބުނެލިއެވެ.

“ދައްކަންތަ” ޒިވްޔަން ފޯނުނަގައި ދައްކާލީ ޔުސްރާއާ އަކުރަމު ޔަންހާ މެންނާ އެކީ ނަގާފައިވާ ފޮޓޯއެކެވެ. ފަހަތުގައި ޒިވްޔަންވެސް ޒާތަކަށް ހުއްތިލައިގެން ހުއްޓެވެ، ޔައިޝާއަށް ފޮޓޯ ގަނޑު ފެނުމުން ވަރަށް ބާރަށް ހޭން ފެށިއެވެ

“ޔައީ..ބައްޕަ ގުޅި.” ޔައިޝާއަށް ބަލާލަމުން ޒިވްޔަން ބުނެލިއެވެ.

“އަމްްމ.. މަންމަމެން ކައިރީ ބުނަންވީ ދޯ..މިރެއަށްތަ؟؟”ޔައިޝާ އަހާލިއެވެ.

ޒިވްޔަން އާނ އެކޭ ބުނުމުން ޔައީޝާ ދިޔައީ އޭނާގެ މަންމަމެން ކައިރީ ބުނާށެވެ.

ޔައިޝާމެންނަށް ރަށަށް ދެވުނީ އެރޭ 7 ޖެހި ފަހުންނެވެ.. ގެއަށް ގޮސް ޔުސްރާއާ އަކުރަމުވެސް ތައްޔާރުވީ ހުސްނާމެން ގެއަށް ދާށެވެ.

ޔައިޝާވެސް މުޅި އަލާމާރި ހާވާ ކަޅު އަބާޔާއަކާ އެކީ ކަނޑުކުލައެއްގެ ޝޯސްއެއްއަޅާ ރީތިވެލިއެވެ. 8 ބައި ވީތަނަ ތިން މައިން ހުސްނާމެންގެަށް ހިނގައިގަތެވެ. ޔައިޝާ ހުރީ ވަރަށް ހިތް އަވަސް ވެފައެވެ. އޭނާ ކޮންމެވެސް ކަމަކާ ހިތް ނުތަނަވަސް ވަނީއެވެ.

“އައްސަލާމްއަލައކުމް” ސަލާމް ގޮވީ އަކުރަމެވެ. ހުސްނާ ސަލާމް ބަލައިގަތުމުން އެތެރެއަށް ވަދެފައި ހުސްނާއާ ވާހަކަ ދައްކާލަން ޔުސްރާއާ އަކުރަމް މަޑު ޖެހިލިއެވެ. ޔައިޝާ އަވަހަށް ވަނީ އޭނާގެ ހިތް ދުށުމަށް އެދި ގޮވާ ޒިވްޔަންގެ ސޯރަ ފެނޭތޯއެވެ.

ގޭގެ ސިޓިން ރޫމަށް ވަން އައިޝާ ސިހުނީ އެތާ އިން ނުވެސް ދަންނަ މީހާ ޔުސްރާއޭ ކިޔާ ޔައިޝާއަށް ގޮވާ ލުމުންނެވެ. ޔައިޝާ ހުރީ ހައިރަން ވެފައެވެ.

އާމިރުގެ ހައިރާންކަން އިންތިހާއެވެ. އެނާގެ ދެލޯ ކުރިމަތިން އެ ފެންނަނީ ހުވަފެނެއް ބާއެވެ. އޭނާއަށް ދުނިޔެ މިއޮތި އޮޅިފައި ބާއެވެ. ނޫނީ އަލުން އަނބުރާ އޭނާގެ މާޒީއަށް ދިޔައީ ބާއެވެ.

ބޮޑު ވާހަކައިގާ ތިބެ ވަން ޔުސްރާއަށް ވެސް ވީ ހަމަ މިވަރެވެ، ކުރިމަތިން ފެންނަން އެހުރީ ކާކު ހެއްޔެވެ. ޔައިޝާ ބަލާލީ ވާނުވާ ނެނގޭ ހާލު ޔުސްރާއަށެވެ. ޔުސްރާގެ ޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދެއެވެ، އެ ދަރިފިޅު ކައިރި އެއީ އެނާގެ ބައްޕަ ކަމަސް ބުނެދޭނީި ކޮންދުލަކުން ހެއްޔެވެ؟

ނުނިމޭ

Share Article

Follow Me Written By

sunflower girlll

Level 210 Stories100 Login

Other Articles

Previous

ތީ އޭ ހަނދަކީ 20

Next

ޙާލަތު (އަށްވަނަ ބައި)

Next
September 3, 2022

ޙާލަތު (އަށްވަނަ ބައި)

Previews
September 3, 2022

ތީ އޭ ހަނދަކީ 20

One Comment

  1. Cutie girl says:
    August 31, 2024 at 11:20 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Yai and ziviyan v gulhey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Kobaa next part

Comments are closed.



All Right Reserved!