* “ހުސްނާ..އަހަރެން މިއޮއްހާ ވާހަކަ ކިޔައިދިން އިރުވެސް ހުސްނާ ހުސްނާގެ ވާހަކަތަކެއް ނުކިޔައިދެމެންނު” އާމިރު ހަމަޖެހިލަމުން ބުނެލިއެވެ.
“ތެދެކޭ މަންމާ.. މަންމަ ވާހަކަ ކިޔައިދީދެން.. އޭރުންނެންނު ދޮންތިގެ ލަވް ސްޓޯރީ ނިންމާފަ އަވަހަށް އަޅުގަނޑު ވާހަކަ ކިޔައިދެވޭނީ ” ހިލްޔާން އެހެން ބުނުމުން އެންމެން ހޭންފެށިއެވެ. *
“އަހަރެންގެ މާ ގިނަ ވާހަކަ އެއް ނެތް..އެކަމަކު ތި ވާހަކަތައް އަޑު އަހާފަ އަހަރެން ވަރަށް ވަރަށް ދެރަ ވެއްޖެ.. މުޅި ހަޔާތް ބަރުބާދުވީ އަހަރެންގެ ދެއަތުން” ހުސްނާގެ ލޮލުން ކަރުނަ ހިލުނެވެ. އާމިރު ހުސްނާއަށް ހިތްވަރު ދިނެވެ.
“އާމިރު އާަމިރުގެ ދަރިފުޅުު ހޯދަން ދިޔުމުން އަހަންނަށް ހީވީ އާމިރު ދެން ނާންނާނޭ.. އެ ކުއްޖާގެ މަންމައާ އަލުން އިނދެގެން ދިރިއުޅުމެއް ފަށާފާނޭ.. އެހެންވެ އަހަރެން ބޭނުން ނުވީ އާމިރުއާ އެކީ އުޅެން..އާމިރު ދައްކަމުން ދިޔަ ވާހަކަތައް އަޑު ނާހާ އަހަރެން ބޭނުންވީ އަހަރެންގެ އަމިއްލަ އިހްތިޔާރު އިސްކުރަން. ޤަބޫލުކުރަން އާމިރު ގާތުން އަހަރެން ވަރިވީ އަމިއްލައަށް ކަމަށް..އޭގެ ހިތިކަން މިއަދު އަހަންނަށް އިހުސާސްވޭ” ހުސްނާ އިސްދަށަށް ޖަހައިގެން އިނދެ ވާހަކަދެއްކިއެވެ.
“އާމިރު އަހަރެން ވަރިކުރިތާ ފަސް މަސް ނުވަނީސް އަހަރންގެ ބައްޕަމެން އަނެއްކާވެސް އަހަރެން އިންނަން ބޮޑު މުއްސަންޖަކު ހޯދީ… އަހަރެންގެ އުފަލަކަށް ނުވިސްނާ..އަހަރެން ބޭނުން ނުވީ އެކަންކުރަން..އެކަމަށް އިންކާރު ކުރުމުން ބައްޕަ އަހަންނަށް މަޖުބޫރު ކުރީ.. އެމީހާޔާ ނީނދެފިއްޔާ ބައްޕަގެ ހިޔާވަހި ކަމުގައި ނޫޅެވޭނެ ކަމަށް..އަހަރެން އެއްބަސްވީން.. ބައްޕަ ހީކުރީ އަހަންނަށް ނޫޅެވޭނެކަމަށް.. ދައްތައަކަށް ގުޅައިގެން މިރަށަށްއައީ.. މީ ދައްތަގެ ރަށް..ދައްތަގެ އެހީ ތެރިކަމާއެކު އަހަރަމެންނަށް ދިރިއުޅެން ފެށުނީ.. ” ހުސްނާ ކިޔައިދެމުން ދިޔަ އިރު އެއިރުގެ ހަނދާންތައް ހަނާ އަށްވެސް ސިފަ ވަމުން ދިޔައެވެ.
“ދައްތަ ވާޒީފާއަށް ދާ ގަޑީ އަހަންނަށް އެހީ ތެރިވާނީ އަވައްޓެރި ބައެއް.. މިހާރު އެމީހުން އުޅެނީ މިތަނާ ތަންކޮޅެއް ދުރުގަ.. އެއީ އަހަރެންގެ ދިރިއުޅުމުގައި އެންމެ އެހީތެރިވީ މީހުން..އެމީހުންގެ ވެސް ހުންނާނީ ހަނާއާ ދާދި އެއް އުމުރެއްގެ ކުއްޖެއް..ޔައިޝާ.. ކޮންމެ އެއްޗެއް އެމީހުންގެ ދަރިފުޅަށް ހޯދައިދޭ ފަދައިން އަހަރެންގެ ދެ ދަރިންނަށް ވެސް ހޯދައިދިން… ކައްކާ ކޮންމެ އެއްޗެއްގެ ރަހަ ފުރަތަމަ ލިބޭނީ އަހަމެންނަށް..އަހަރެންގެ ބައްޕަގެ އެއްވެސް އެހީތެރި ކަމަކާ ނުލާ އަހަރެން މި ދެދަރިން ބެލެހެއްޓީ.. އެކަމަކު އެ އާއިލާއާ ދައްތަގެ އެހީ އަހަންނަށް ފުރިހަމައަށް ލިބުން.” ހުސްނާ ވާހަކަ ދައްކަމުން ދިޔައެވެ. ހަނާއަށް ވެސް އެދުވަސްވަރު ވިސްނެމުން ދިޔައެވެ. ޔައިޝާ ގޮވައިން ފިހާރައަކަށް ދާއިރުވެސް އަބަދުވެސް ޔުސްެރާ ހަނާ ގެންދެއެވެ.
“އެދުވަސްވަރު ކުއްލިއަކަށް އައި ވަރުގަދަ ރޯގާއެއް.. އެންމެން ބަލިވީ.. ހަނާ އޮންނަނީ އަބަދު ހުން އައިސް … ދައްތަވެސް ކިރިޔާ ނޭވާ ލެވެނީ.. ޔައިޝާއާ އޭނަގެ ބައްޕަވެސް ބަލިވެ އުޅޭތީ އެމީހުންނަށްވެސް އެހާ އެހީ ވެދޭކަށް ނާދެވޭ..އަހަންނަށް ހަނާއަށް ބަލަމުން ދައްތައަށް ބަލަމުން ގޭގެ މަސައްކަތްތައް ކުރާނެ ގޮތެއް ނޭނގޭ.. ވަރަށް ހާލުގަ އުޅުނީ.. އެ ބަލީގަ ދައްތަ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއުކީ އަހަރެން އެކަނި ކޮއްލާފަ.. އެވަގުތުވެސް އަހަންނަށް އެހީވީ މިބުނާ އަވައްޓެރިން.. އެމީހުންގެ އެހީތެރި ކަމާއެކު މިރަށުގައި އޭރު ހުރި ހޮޓާއަށް ހެދިކާ ގެންގޮއްސިގެން ލާރި ހޯދިން..އޭގެ އިތުރުން ހުސް ވަގުތުތަކުގައި ފަހައިގެންވެސް ލާރި ހޯދިން.. އެލާރި ރައްކާ ކޮއްގެން ޒަމާނީ ފެންވަރަކަށް ގޭ ހެދިފަ މިހުރީ..އަހަރެން އަބަދުވެސް ބޭނުންވޭ ހަނާމެން ކިޔަވާ އުމުރަށް އެޅުމުގެ ކުރިން ރަނގަޅު މާހައުލެއް ދެކުދިންނަށް ހޯދައިދޭނެ. އިރާދަކުރެއްވިއްޔާ އަހަންނަށް އެ ހުވަފެނުގައި ކުލަ ޖެއްސުނު.. ” ހުސްނާ ހިނިތުން ވެލިއެވެ.
“އޯކޭ..ދެން ދޮންތިއާ ދޮންތިގެ އާނިޝްބެގެ ވާހަކަ” ހިލްޔާން ލާނެތް ފާޑަކަށް ބުނެލިއެވެ’ ހަނާ ލޯ އަޅާލިއެވެ.
“ނުކެރެންޔާ އެވާހަކަވެސް ބުނެލަބަލަދޯ.. މަ ކިޔައިދީފާނަން.. ދޮންތި މެރީ ކުރީ މިދިޔަ މަހު.” ހިލްޔާން ބުނލިއެވެ.
އާނިޝް އަނގަ މަތީ އަތް އަޅާ ހޭން ފެށި އިރު ހަނާ ހުރީ ހިލްޔާން ދިމާއަށް އަނގަ ހަދައިގެންނެވެ. ނަމަވެސް އާމިރުގެ މޫނު މަތިން ފެނުނީ ހައިރާަން ކަމެވެ.
” ދަރިފުޅު ކައިވެނިވެސް ކުރީތަ..” އާމިރު މަޑުމައިތިރިކަމާއެކު އަހާލިއެވެ.
އެވަގުތު އެންމެސް ވަރަށް ބާރަށް ހޭން ފެށިއެވެ. ހަނާގެ ހޫނު ހަމަލާއައީ ހިލްޔާންގެ ބުރަކައްޓަށެވެ. ހަނާ އޭނަގެ ދިރިއުޅުމުގެ ވާހަތައް ފެށިއެވެ. \
މަންމަކައިރީ މީިހަކު ކީ އެއްޗިއްސުން އޮޅުމެއްގެ ތެރޭގައި ހުރެ ކަންތައް ކުރެވުނު ގޮތެވެ. ރަށުން ދިހައެއް ނިންމާ ހަނާއަ ހިލްޔާންގެ ކިޔެވުން މާލެ ބަދަލު ކުރި ވާހަކައެވެ. ކިޔަވާ ނިންމާ ރަށަށް އައުމުން އާނިޝްއާ އަނެއްކާ ދިމާވި ވާހަކައެވެ. ކައިޒަންެ ހަގީގަތެވެ. ދިރިއުޅުމާ ކުޅެލި މޮޅެތި ރޭވުންތަކެވެ. ޒިވްޔަންގެ އެހީތެރި ކަމާއެކު ހަނާ އާމިރުއަށް އޭނަގެ ހަޔާތް ކިޔާލަދިނެވެ. އާމިރު ހުރީ ވަރަށް ދެރަވެފައެވެ. އަމިއްލަ ދަރުފުޅަށް ހިތާމައެއްލިބެން އެކަކު ވެސް ނޭދޭނެއެވެ. ނަމަވެސް ހަނާގެ ވާހަކަ ނިންމާލީ ހިނިތުންވެ ހުރެއެވެ. އެކަމާ ހުދު އާމިރުވެސް އުފާ ވިއެވެ.
“އެހެންވީމާ އަވަހަށް ތި އާނިޝްއަކާވެސް ބައްދަލް ކޮއްލަން ވާނެއްނު.. ހަނާވާނެ ބައްޕައަށް ބައްދަލު ކޮއްދޭން އިނގޭ” އާމިރު ބުނެލިއެވެ.
އެވަގުތު އެތާ ތިބި އެންމެން ކުރިއަށް ވުރެ ބާރަށް ހޭން ފެށިއެވެ. ދޮރު ކައިރީގައި ހުރި އާަނިޝްއަށްވެސް ކިރިޔާ ހުރެވުން ކަމެވެ. އާމިރުއަށް ހުރީ ވާނުވާ ނޭނގިފައެވެ. މީހެއްގެ ވާހަކަ މި ދެއްކެނީ އެމީހާ ކުރިމަތީ ހުއްޓަކަމެއް އާމިރުއަށް ރެއަކާލީ ހުސްނާ ބުނުމުންނެވެ. އެވަގުތު އާމިރުވެސް ހިނިގަނޑެއް ޖަހާމުން ނޭނގޭނެއްނޫންހޭ ބުނެލިއެވެ.
” އިތުރު މީހަކު މިތާ ހުރި ކަމެއްވެސް ނޭނގުނު..ވާހަކައިގެ ތެރޭގަ ހުރީ..ކީއްވެ ކޮޅަށް ތިހުންނަނީ” އާނިޝް ކޮޅަށް ހުރުމުން ބުނެލިއެވެ. އެހެން ބުނުމުން އާނިޝްވެސް ގޮނޑިއެއްގައި އިށީންދެލިއެވެ.
ކުޑަވަގުތު ކޮޅެއް ދިޔައީ އާނިޝްއާ އާމިރު ވާހަކަ ދައްކާލުމަށެވެ.
“ހިލްޔާން ބުނީމެންނު ހިލްޔާން ވާހަކަ ކިޔައިދެންހޭ.. ދެން އަވަހަށް ފަށަގަ..މިއޮތީ ވަގުތު އައިސް” އާމިރު ބުނެލިއެވެ.
“އާން..މި ވިސްނާލީ..އަހަރެންނަކީ މި އާއިލާގަ ހުރި އެންމެ އުފާވެރި ، އެންމެ ނަސީބުގަދަ އަދި އެންމެ ތަފާތު މީހާ” ހިލްޔާން ސުރުހީ އަޅާލިއެވެ. އެންމެންވެސް ތިބީ ނުހަނު އަޑު އަހާ ހިތުންނެވެ. ހަނާ ލޯ އަޅައިން އިނީ އެއުޅެނީ އަނެއްކާވެސް ސޭކު ވާހަކައެއް ފަށަންކަން އިނގޭތީއެވެ. ހިލްޔާން ބޮޑުވާނީ ކޮން ދުވަހަކުން ބާއޭ އެވަގުތު ހަނާ ހިތަށް އެރިއެވެ..
” އެންމެންނާ އަހަރެން ތަފާތުވަނީ..”
“ހިލްޔާންގެ އަނގަ ގަދަ ކަމުންނާ ގަޅި ކަމުން” ހަނާ ޖުމްލަ ފުރިހަމަ ކޮއްލިއެވެ. އެވަގުތު އެންމެން ހޭން ފެށުމުން ހިލްޔާން ރުޅިގަދަ ވިއެވެ.
“އަޅެފަހެ އަނގަގަދަ މިހާ ފެނިއްޖެ އެއްނު. ދޮންތި އެއޮއްހާ ވާހަކައެއް ދެކި އިރު ޗުޕްވެސް ނުބުނެ މީނީ..އެކަމު އަހަންނަށް ވާހަކަ ނުފެނީސް އަނގަ ހާވައިގަނޭ..އަޅެ ދެންމެ ވެސް ދޮންތި ވާހަކަތައް ކީ އިރު ދޮންތި ކުޑަ އިރު އާނިޝްބެއަށް ފޮނުވި ސިޓީތައް ވާހަކަ ކީންތަ..ނުކިޔަމެންނު..ނޭނގޭތީކީ ނޫނޭ…އެއީ މަ އަނގަ މަޑުވީމަ.” ހިލަޔށން ލޯއަޅާލިއެވެ. ހުސްނާއާ އާމިރު ހޭން ފެށުމުން ހަނާ ރަކިވާ ގޮތް ވިއެވެ.
“އެއްދުވަހު ދޮންތަ ބުނަނީ މަ ނުކިޔަވަޔޯ..އެހެންވެ ދެން ކިޔެވި މީހާގެ ޓެސްޓްގެ މާރކްސްތައް ހޯދާލަން ފޮތްތައް ހާވަނިކޮށް ހީވީ ލޯބީގެ ދުނިޔެއަށް ވަދެވުނުހެން..ޔާރައްބީ އެވާހަކަ ފަށައިފިއްޔާ މަންމައާ ބައްޕަ ކީއްކުރަން ޒާހިދުބެމެންވެސް ޖެހޭނީ ކަންފަތް މަތީ އަތް އަަޅަށް.. މިހާރު ގްރޭޑް ފަހެއްގެ ކުދިންވެސް ނުލިޔާނެ އެ ފެންވަރުގެ ސިޓީ..އެދުވަހު ކިރިޔާ ހީހީ ހަލާކު ނުވީ..” އާނިޝް ފެށި ވާހަކަ އަކުން ހަނާ ހުރީ ލަދުން ހަލާކު ވެފައެވެ. އާނިޝްްވެސް އިސްދަށަށް ޖަހައިން އިނީ ލަދުންނެވެ، ހިލްޔަންވެސް މިކަހަލަ ވާހަކަތައް ފަށަން ވަނީ މިކަހަލަ ގަޑި ގަޑީ ހެއްޔެވެ.
“އަދި މި ނިމުނީކީ ނޫނޭ.. މަ ދިހަޔަކަށް ދިޔަ ތަނާ ދީފި ޕާސްޓްޕޭޕާ ތަކެއް.. ހަމަ ހީވީ އާނިޝްބެ ނަން ލިޔަން ދަސް ކޮއްފަހެން.. ކޮންމެ ގަނޑެއްގަ ތާރީހުހެން އާނިޝް ޖަހާފަ .. އެއްހަފްތާ އުޅުނިން އެ ނަންތައް ފޮހެން..ނޭނގެ ދިހަ ރަބަރު ހުސްނުވާކަމެއް” ހިލްޔާންގެ ވާހަކައިން އެކަކަށްވެސް ނުހީ ނުތިބެވުނެވެ.
” އެދޮގެއް ..ހިލްޔާން ދޮގު ހަދަނީ” ހަނާ ބުނެލިއެވެ.
“އެދޮގެއް..ނުހަދަން.. ދައްކަފާނަމޭ އެ ސިޓީތައް.. ހުންނާން ފޮރުވާފަ”” ހިލްޔަން އުޅުނީ އެ ބަލައި ދާށެވެ. އެވަގުތު ހަނާ ހިފެހެއްޓިއެވެ.
“ފޮނި ނުދައްކާ މަޑުން ހުންނަންވީ.. ލާރާގެ ވާހަކަ ފަށަނީމި..” ހަނާ އަމުރު ކޮއްލިއެވެ.
“ނޫނޭ.. ދޮންތި ނުބުނާތި..އެވާހަކަ މަ އަމިއްލައަށް ކިޔަންށޭ މިއުޅެނީ” ހިލްޔާން ފޮނިވެލާފައި ބުނެލިއެވެ.
“އެންމެ ފުރަތަމަ ދޮންތިއަކާ ހެދި މަންމަ ދޫކޮއްލާފަ މާލެ ދާން ޖެހުނީ.. ދެން ގޮސް ކިޔެވީ.. ފޫހިވެސްވީ އުފާވެސް ވީ..ދެން ދިހައެއް ނިންމާފަ އައީ ރަށަށް..އައި ގޮތައް ދާހިތެއް ނުވި..” ހިލްޔާން ހޭން ފެށިއެވެ.
“ބައްޕާަ..އެއީ ކީއްވެ ކަން އިނގޭތަ؟؟ އެއީ މި..” ހަނާ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
“އަޅެ ދެން ކިހާ ދެރަ ކަމެއް.. ކިޔަންށޭ މިއުޅެނީ..” ހިލަޔާން ލޯ އަޅާލިއެވެ،
“އެހެންމީހުންނާ އަހަރެން ތަފާަތުވަނީ އެހެން ކުދިން ިހައެއް ނިންމާފަ މާލެއަށް ކިޔަވަން ދަނީ.. އެކަމް އަހަރެން ތަފާތު ކޮއްލަން މިއައީ ދިހައެއް ނިންމާފަ ރަށައް ކިޔަވަން..” ހިލްޔާން ބުނެލިއެވެ.
“އެކަމް ހާދަ ހީވޭ ތީގެ އަޑީގަ އެހެން ސަބަބެއް ވާހެން..” ޒިވްޔަން ހޭން ފެށިއެވެ.
“އާން.. ލާރާ އެކޭތަ ކީ މިސޮރު” އާނިޝްވެސް ނޭނގޭ ކަމަށް ހަދާލަމުން ޒިވްޔަން އާ އެއްބައިވެލިއެވެ.
މެންދުރުފަހުގެ އެކްސްޓްރާއަށް ދާން ލާރާ ހިލްޔާންމެން ގެއަށް ވަނީ ހިލްޔާން ބަަލައެވެ.. އެވަގުތު ލާރާއަށް އާަނިޝް ލާރާގެ ނަން ކިޔާ އަޑު އިވުމުން ނިކަން ބާރަށް ގޮސް ދޮރު ހުޅުވާލިއެވެ. ލާރާ ހައިރާންވީ އެތާ ތިބި އޭނާ ނުވެސް ދަންނަ މޫނުތައް ފެނިފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


