Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދަށް އެކުގައި 28

sunflower girlll Level 210 Stories100 Login
July 5, 2022 5 Mins Read
0 Comments

 

*”އާމިރޫ” އާމިރު އެއް ދިމާ އަކަށް ގެއްލިފައި ހުރުމުން ޒާހިދު ބުނެލިއެވެ. ކުއްލިއަކަށް އާމިރުގެ ލޮލުން ކަރުނަ ހިލެން ފެށުނެވެ. އޭނާއަށް ކުރި މިވަނީ ކޮން ފަދަ ކަންކަމެއްހެއްޔެވެ؟

ހުސްނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިހާ ދުވަހަށްފަހު މިފަދަ ގޮތަކަށް އާމިރުއާ ބައްދަލު ވާނޭ ކަމަށް ހުސްނާ ހިތައްވެސް ނާރުވައެވެ. ކުޑަމިނުން އާމިރު ހުރީ ދުނިޔޭގައި ކަމެއްވެސް ނޭނގޭ ވިއްޔާއެވެ. ކުއްލިއަކަށް ހުސްނާގެ ބޮލަށް އެނބުރުން އެރިއެވެ.*

“މަންމާ.. ހަނާއަށް ހުސްނާއާ ދިމާއަށް ދުއްވައިގަނެވުނީ ކުއްލިއަކަށެވެ. ހުސްނާ ހޭނެތުމުގެ ސަބަބުން ހުުސްނާ އަވަހަށް ހޮސްޕިޓަލަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ،

ހުސްނާ ހޭ އެރީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނި ކޮށެވެ. އަނެއްކާވެސް ހުސްނާއަށް ސިފަ ވީ އާމިރު އެވެ. އޭނަގެ ހަޔާތެވެ. މާޒީގެ ސަފްހާ ތަކެވެ. ހަނާ އެއީ ކާކު ކަން ހަނދާން ނެތް އިރު ހިިލްޔާން ހަނދާން ހުންނާނީ ފަހެ ކިހިނަކުން ހެއްޔެވެ. އެއީ އެކުދިން އެހާ ކުޑަ އިރު ދޫކޮޮއްލާފަ ދިޔަ އެކުދިންގެ ބައްޕަކަން އަނގައިދޭނީ ހުސްނާަގެ ކޮން ދުލަކުން ހެއްޔެވެ.

“މަންމާ…މިހާރުރަނގަޅުތަ؟؟؟؟ މަންމައަށް ވީ ގޮތުން ޒާހިދުބެއާ ތާމިރާއްތަ ވެސް ހުރީ ވަގަށް ހާސްވެފަ… އާމިރުބެ އެކަކާވެސް ވާހަކަ އެއް ނުދައްކާ..ޒާހިދުބެ ވެސް ވަރަށް މަސަައްކަތް ކޮއްފި އާމިރުބެ އާ ވާހަކަ ދައްކަން. މަންމަ ދަންނަން ދޯ އާމިރުބެ ކުރިން.. ކާކުތަ އެއީ…ކިހިނެއްތަ މަންމައަށް އިނގެނީ..” ހަނާ ސުވާލު ކުރަން ފެށިއެެވެ. ހުސްނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަގީގަތައް އެއީ ކާކުކަން ހަނާއަށް ބުނެދޭންވީ ވަގުތު މިއޮތީ އައިހެވެ.

“ހަނާ… ހަނާ ކުޑައިރު އަބަދު ބުނަމެންނު ބައްޕަ ކައިރިއަށް ދާން ބޭނުމޭ..ހަަނާ….އަދިވެސް ބޭނުން ތަ” ހުސްނާއަށް ރޮވެން ފެށުނެވެ.

“މަންމާ…ތިބުނީ ކީކޭ..އާމިރުބެ އެއީ…” ހަނާއަށް ދެލޯ ބޮޑު ކޮއްލެވުނެވެ.

“އާމިރުބެ އެއް ނޫން ..ދަރިފުޅުމެންގެ ބައްޕަ.” ހުސްނާ އިސްދަށައް  ޖަހާލިއެވެ. ހަނާ ހުރީ ހުއްޓުން އަރާފައެވެ. ހަދާނެ ގޮތެއް ވެސް ނޭނގިފައެވެެ. ހުދު އޭނާއަސް އުފާ ވާކަށްވެސް ނޭނގުނެވެ. ހުސްނާ އެހެން ބުންތަސް ހަނާ ހުރީ ގަބޫލު ކުރަން ދަތި ވެފައެވެ. އެންމެ ފަހުން އޭނާގެ އުމުރުން ފަސް އަހަރުގައެވެ. އެއީ މީގެ ތޭރަ އަހަރު ކުރިއެވެ.

“ހުސްނާ..މާ ބޮޑަށް ނުވިސްނާ.. ކޮންމެ ކަމެއްވެސް އެކަލާނގެ މެދުވެރި ކުރައްވާނީ އެންމެ ރަނގަޅަށް..އާމިރު އެހުންނަނީ ހުުސްނާގެ ކުރި މައްޗަށް އަރަން ނުކެރިފަ.. އޭނާ އަބަދުވެސް ހުސްނާމެން ވާހަކަ ދައްކާ.. އޭނަގެ ދަރިން މަތިން ހަނދާންކޮށް ހިތާމަ ކުރޭ..” އެތެރެއަށް ވަންނަމުން ތާމިރާ ބުނެލިއެވެ.

“މަންމާ…އަޅުގަނޑު އެބަ އަންނަން” ހަނާއަށް ރޮއެވެން ފެށުނެވެ. އެހެންކަމުން ހަނާ ހިނގައިގަތީ ގޮނޑުދޮށާ ދިމާއަށެވެ. އެކަހެރިވެލަނއ ބޭނުން ވީތީއެވެ.

ޒިވްޔަން އާނިޝްއަށް  ގުޅީ ހަނާ ވީ ތަނެއް ނޭނގިގެން ހޯދާތީއެވެ. ޔައިޝާމެން ގެއާ އެނޯންވެސް ހަނާ ދާނެހާ ތަނެއް ބެލި އިރު ވެސް ހަނާ ނުފެނުނެވެ. އެކަމާ ހުސްނާ އިނީ ވަރަށް ކަންބޮޑު ވެފައެވެ.

ޒިވްޔަން އަށް ކަން ހިނގައި ދިތަ ގޮތް އެނގުނު ހިނދު ވީ ގޮތްވެސް ނޭނގުނެވެ. އޭނާއަށް ކުޑަކޮށްވެސް ގަބޫލު ނުކުރެވުނެވެ. އާމިރުބެ އަބަދު ކިޔަމުން އައީ ހަނާމެންގެ ވާހަކަ ހެއްޔެވެ. އާމިރުގެ ވާހަކަ ހަނާ ކައިރީ ދެއްކި ދުވަހު ހަނާ އާމިރުގެ ދިރިއުޅުމާބެހޭ ގޮތުން ހަނާ ކުރި ސުވާލުތައް ޒިވްޔަން ހަންދާވިއެވެ.

ޔައިޝާގެ ބްރޭކް ގަޑީ ކެފޭއެއްގެ ތެރެއިން  ޒިވްޔަން ޔައިޝާއާ މި ވާހަކަ ހިއްސާ ކުރިއެވެ/ ޔައިޝާ ހުއްޓުން އެރިއެވެ. ގަބޯލުކުރަން ދަތި ވީއެވެ. ހަނާ ކުޑަ އިރުއްސުރެ އޭނަގެ ބައްޕަގެ ވަރަށް ގިނަ ވާހަކަ ޔައިޝާއާ ހިއްސާކުރިއެވެ. ޔައިޝާ އެވަގުތު ހަނާ ކައިރިއަށް ކިތަންމެ ދާން ބޭނުން ވި ކަމުގައި ވިޔަސް ޔައިޝާއަކަށް ދެވޭ ގޮތެއް ނުވިއެވެ.

“ޔައީ..ހިލްޔާން މިގަޑީގަވެސް ސްކޫލްގަތަ..”

“ނޫން.. މިހާރު އުޅޭނީ ޑްރާމާ ޕްރެކްޓިސްގަ.. ހިލްޔާން ފޮނުވާލަން ވީ ދޯ ގޮއްސަ..” ޔައިޝާ ބުނެލިއެވެ.

ޔައިޝާ ސްކޫލަށް ވަނުމަށްފަހު  ހިލްޔާން މަރުޒައް ފޮނުވާލިއެވެ.

އާނިޝް ޔައިޝާ ހޯދަން ހުރިހާ ތަނެއް ހޯދި އިރުވެސް ނުފެނުނެވެ. އޭނާ ހުރީ ނުހަނު ހާސް ވެފައެވެ. ހަނާ ދެރަވާނެ ވަރު އާނިޝްއަށް ވެސް އިނގެއެވެ. ނަމަވެސް އެހެން އެންމެންނާ ފިލަން ޖެހޭ ހެއްޔެވެ. ކުއްލި އަކަށް އާނިޝް ސައިކަލުހުއްޓުނެވެ. ނަސީބު ކަން ދިމާ ކުރި ގޮތުން ސައިކަލު ހުއްޓުނީ ޕެޓްރޯލް އަަޅާތަނަކާ ކަައިރިއަށެވެ. ޒިވްޔަން އެތަނަށް ސައިކަލު ދިފައި އެދިމާ އަތިރި މައްޗައް ފޭބީ ވެފައި ހުރި ހޫނެއްގެ ބޮޑު ކަމުންނެވެ.

“ހަނާ..” އާނިޝްއަށް މާދުރުން ހަނާ ފެނުނެވެ. އޭނާ އިނީ ދެކަކޫ ގަޔާ ކައިރިކޮށް ކަކުލުގައި ބޯ ޖައްސާލައިގެންނެވެ. އާނިޝް އަވަހަށް ހަނާގެ ކައިރިއަށް ދާން ދުއްވައިގަތެވެ.

“ހަނާ” އާނިޝް ހަނާގެ ގާތުގައި އިށީންނަމުން ގޮވާލިއެވެ.

ހަނާއަށް ބާރަށް ރޮއެވެން ފެށުނެވެ. އޭނާއަށް ވަމުން ދިޔަ ގޮތް ހުދު އޭނާއަށްވެސް ނޭނގެެވެ. އާނިޝް ހަނާ ގަޔާ ކައިރި ކޮއްލިއެވެ. ހަނާ ބޭނުން ވާވަރަށް ރޯލުމުގެ ފުރުސަތު ދިނުމަށެވެ.

“އަކުރަމޫ.. އެހެރީ ބޮނޑިބަތް ކޮޅު ތައްޓަކަށް އަޅާފަ..އެ ހުސްނާމެން ގެއަށް ގެންގޮސް ދީބަލަ.. ދާން ކަމަށް މިއުޅުނީ.. އެކަމު ކޮޅަށް ހުރެހުރެ ދެފައިގަ އެއްކޮށް އެބަ ރިއްސާ” ޔުސްރާ އަކުރަމު ގާތު ބުނެލިއެެވެ.

ޔުސްރާގެ އެދުމަށް އާނބަސް ދެމުން އަކުރަމު ހުސްނާމެން ގެއަށް ދިޔައެވެ. އަކުރަމުއަށް  އެގޭތެރެއިން މަރުހަބާކީ ފަޅުކަމެވެ. ގޭގައި އެއްވެސް މީހެއް ނެތުމުން އަކުރަމު ހައިރާން ވެސް ވިއެވެ. އެހެންކަމުން އެއްޗިހިތައް މޭޒު މަތީ ބެހެއްޓުމަށްފަހު     އަކުރަމު ގެއަށް ދިޔައެވެ.

ހުސްނާ ގެއަށް އައިސްވެސް އިނީ ފުން ހިޔާލެއްގައެވެ. އޭނާއަށް ވިސްނެނީއެވެ.

“ހުސްނާ” އާމިރު ހުސްނާގެ ގާތުގައި އިށީންނަމުން ގޮވާލިއެވެ.

“ހުސްނާ..އިނގޭ ރުޅިއައިސްފަކަން..އެކަމަކު އަހަރެން ދައްކާ ވާހަކަ އަޑު އަހާލަދީ.. އަހަރެން ހުސްނާ ދޫކޮށެއް ނުލަން .. އަހަރަމެންގެ  ދެދަރިންވެސް.. އަހަންނަށް މަޖުބޫރުވީ.. ހުސްނާއަށްވެސް އިނގޭނެ އަހަރަމެންގެ ކައިވެންޏަކީ ބައްޕަމެން ހަމަޖެއްސި ކައިވެންޏެއްކަން .. ބައްޕަމެން ބޭނުންވީ ބައްޕަމެންގެ ވިޔަފާރި ފުޅާކުރަން އަހަރެން ހުސްނާއާ ކައިވެނި ކުރަން. ބައްޕަމެންގެ އެދުމަށް އަހަރެން އެކަމަށް ގަބޫލުވީ ..އެކަމަކު އެފަހަރު ރާއްޖެ ތެރެއަށް ކުރި ދަތުރުގައި އަހަންނަށް މީހަކު ދެކެ ލޯބި ވެވުނީ.. އެއީ އަހަރންގެ ހަޔާތުގެ ފުރަތަމަ ލޯބި.. ނަމަވެސް އެއީ ނިކަމެތި ފަގީރަކަށްވުމުން ބައްޕަ ގަބޫލު ނުވީ. އެމީހުންނާ ދެކޮޅަށް ކައިވެނި ކުރުމުން އަހަރެންގެ މައިންބަފައިން އަހަންނަށް ދިރިއުޅުނަ ނުދިނީ..އަހަރެން އަހަރެން އެންމެ ލޯބިވީ މީހާޔާ ވަކިވީ މަޖުބޫރުވެގެން..ހިތާ ދެކޮޅަށް އޭނަ ދޫކޮއްލާފަ ދިޔައީ.. ” އާމިރުއަށް ރޮވެން ފެށުނެވެ. މިއީ ހުސްނާއަށް ކިތަންމެ ފަހަރަކު އާމިރު ކިޔައިދިން ވާހަކަ ތަކެވެ. ނަމަވެސް ހުސްނާގެ ހުންނަ މިޒާޖެއްގެ ސަބަބުން ކޮންމެ ފަހަރަކުވެސްް މި ވާހަކަތަކަށް ބީރު ކަންފަތެއް ދެވެނީއެވެ.

“މާލެ އައިސް ބައްޕަމެންގެ އެދުމަށް އަހަރެން ހުސްނާއާ އިނީ.. އަހަރެން އޭރު އުޅުން ހާލު އިނގޭނީ ހަމަ ހުސްނާއަށް.އެކަމުން އަރައިގަންނަން އަހަންނަށް އެހީތެރިވެދިން މީހަކީވެސް ތިއީ..އެކަން އަހަރެންއަބަދުވެސް ހަނދާން ކުރަން..ހުސްނާގެ އެހީ އާ އެކު އަހަންނަށް އަނެއްކާވެސް ދިރިއުޅެން ފެށުން.. އަހަންނަށް މީހެއްގެ ފަރާތުން އަހަރެންގެ އިތުރު ދަރިއެއް ހުންނަކަން އިނގުނީ ހުސްނާއަށް ހަނާއާ ހިލްޔާންވެސް ލިބުން ފަހުން..އެކަމަކު އެއީ އަހަރެންގެ ދަރިއެއް..އަހަންނަށް އޭނަގެ ކައިރިއަށް ދާން ޖެހޭނެ.. އަހަރެން އެ ވާހަކަ ހުސްނާއަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރިން.. އެކަމަކު ހުސްނާއަށް ގަބޫލް ނުކުރެވެނީ..ހުސްނާއަށް ހީވަނީ އަހަރެން ހުސްނާ ދޫކޮއްލަނީއޭ..ބައްޕަމެންވެސް އަހަރެން ދެކެ ރުޅި އައިސް އަހަރެން އާއިލާ އިން ބާކީ ކޮއްލީ..އެކަމާ ހިތާމަ ކޮށްކޮށް އަހަރެންގެ މަންމަ މަރުވީ.. އެވަގުތު އަހަރެންގެ ހުރި ހާލަތަށް ހަމްދަރުދީވާނެ މީހަކު ނެތުމުން އަހަރެން ނިންމީ މުޅި ރާއްޖެގައި އަތް ފުނާ އަޅައިގެން ވިޔަސް އަހަރެންްގެ ފުރަތަމަ ދަރިފުޅު ހޯދަން .. އަހަންނަށް އިނގޭ ކޮންމެ ހާލެއްގައި ވިޔަސް އެމީހުން އަހަރެން ބަލައިަންނާނެ ކަން..” އާމިރުއަށް ގިސްެލެވެން ފެށުނެވެ.

“އަހަރެން ފުރަން އުޅުން ދުވަސް އަހަރެން އަދިވެސް ހަނދާން އެބަ ހުރި.. އަހަރެން ގެއަށް އައީ އަހަރެންގެ ދެދަރިން ދެކިލަން..އެކަމަކު ހުސްނާ އަހަރެން އެ ފުރުސަތުންވެސް މަހުރޫމް ކުރީ..އަހަރެން ދާން  އުޅުން ވަގުތު ހަނާ އައިސް އަހަރެންގެ ފައިގައި ބައްދައިގަނެގެން ނުދާށޭ ކިޔާ ރޯންވެސް ރޮއުން..ހުސްނާ އެދުވަހު ހަނާ ގޭ އެެތެރެއަށް ވެއްދީ ގަދަ ކަމުން..” އާމިރުއަށް އެ މަންޒަރު ލޯ ކުރިމައްޗަށް ސިފަ ވަމުން ދިޔައެވެ. ހުސްނާއަށް ގިސްލެވެން ފެށުނެވެ. އާނިޝް ހަނާ ގޮވައިން އައިސް ވާހަކަތައް އަޑުއަހަން ހުރީ ގޭ ދޮރުމަތީގައެވެ. ހިލްޔާންވެސް ސްކޫލުން އައި އިރު އިވުނު ވާހަކަތަކުން ހިރިލަން ނޭނގިފައި ހުއްޓެވެ.

“ބައްޕާ” ހިލްޔާން އާމިރުއަށް ގޮވާލިއެވެ. އަދި އާމިރުގެ ހަށިގަނޑުގައި އަތް ވަށާލީ އެތައް ދުވަހަކަށް ފަހު ބައްޕަގެ ލޯބި ލިބުނީއޭ ހިތައް އަރަމުންނެވެ. ހުސްނާއަށް ހިނިތުންވެ ލެވުނެވެ. އެކުދިން ބައްޕަ ލޯބިން މަހުރޫމް ކޮއްލެވުނީ ހަމަ ހުސްނާގެ ދެއަތުންނެވެ.

” ބައްޕާ…އަދިވެސް ޒިވްޔަންމެންމާ ދިމާވި ގޮތެއް ނުކިޔައިދެމެންނު..” ހިލްޔާން  އާމިރު އިން ސޯފާގެ އެއްފަރާތުގައި އިށީންނަމުން އަހާލިއެވެ.    ހަނާ އައިސް އާމިރުގެ އަނެއްފަރާތުގައި އޭނާގެ ބައްޕައަށް ބަލާަމުން އިށީނެވެ.

“އަހަރެން އެ ދަރިފުޅު ހޯދަން އެރަށަށް ދިޔުމުން އެރަށުގެ މީހުން އަހަންނަށް މާލާމާތް ކޮށް ފޮނުވާލީ.. ރަށުގެ މީހަކު ބުނި ގޮތުގައި އަހަރެން ދިޔަ ފަހުން އެމީހުން އުޅުނީ ވަރަށް ހާލުގަ.. އެމީހާ ބުނި ގޮތުގައި އޭރު އޭނާ އުޅެނީ އެހެން މީހަކާ އިނދެގެން..އެހެން ރަށެއްގަ.. ދަރިފުޅުން ބަލައިލަންވެސް ދާން ބޭނުންވި.. އެކަމަކު އޭނާގެެ ދިރިއުޅުމަށް ހުރަހަކަށް ވާން ބޭނުން ނުވީ.. އިތުރު ގޮތެއް ނެތުމުން މާލެ ގޮސް ވަޒީފާއެއް ހޯދަން އުޅުމުގެ ތެރެއިން ޒާހިދުމެންނާ ދިމާވީ .. ޒާހިދުގެ ހެޔޮ ކަމުން  އަހަންނަށް މިއަދު މިހާ ހިސާބަށް އާަދެވިފަ މިހުރީ..އަހަރެންގެ ހާލަތު ޒާހިދުއަށް ކިޔައިދިނުމުން އަހަރެން އެގޭގައި ހުރުމަށް ފުރުސަތު ދިނީ އެއްވެސް އަގެއް ނުދީ..” އާމިރު އިތުރަށް ކިޔަިދިނެވ.

” އަހަރެން ހުސްނާމެން ހޯދަން ދިޔުމުން ހުސްނާގެ މައިންބަފައިންވެސް އަހަރެން ބޭރު ކޮއްލީ.. ހުސްނާ ހުސްނާގެ މައިންބަފައިންނާ ދުރަށް ދިޔައީ އަހަންނާހެދި ކަމަށް ބުނަމުން .. އެކަމަކު އަހަންނަށް އިނގުން ހުސްނާގެ މައިންބަފައިންނަށްވެސް އަދި އަހަރެންގެ މައިން ބަފައިންނަށްވެސް މުހިންމީ ލާރިކަން.. މުއްސަނދިކަންކަން.. ހުސްނާ ދިޔަ ތަނެއް އަހަންނަށް އެއްގޮތަކުންވެސް ނޭނގުނީ.. އަހަރެން މަސައްކަތް ކުރި ވަރު ޒާހިދުއަށް އިނގޭނެ..” ޒާހިދުއަށް ބަލައިލަމުން އާމިރު ބުނެލިއެވެ.

” ތެދެއް..އަހަންނަށް އޭރުވެސް ހުސްނާ އަކީ އާމިރުގެ އަންހެނުން ކަމެއް ނޭނގޭ.. ނޫން ނަމަ އެދުވަހުވެސް ހުސްނާއާ އާމިރު ބައްދަލު ވީސް..ކުޑަ މިނުން ހުސްނާގެ ފޮޓޯވެސް އަހަންނަށް ނުދައްކާ” ޒާހިދު ބުނެލިއެވެ.

“އޭރުންސުރެ އާމިރު އަބަދު ކަންކަމާ ވިސްނާ ހިތާމަ ކުރާނީ.. އާމިރު އޭރު އުޅުނީ ވަރަށް ހާލުގަ..” ޒާހިދު ވާހަކަ ދައްކަން ފެށިއެވެ.

“އާމިރު އަހަރަމެން ގެއަށް އައިއިރު ޒިވްޔަން ވަރަށް ކުޑަ ވާނެ.. ހުންނަނީ އެންމެ ދަރި އެއް ކަމަށް ވިޔަސް ތެދައް ބުނަންޏާ އަހަރަމެންނަށް އެންމެ ފުރިހަމައަށް ޒިވްޔަން އަށް އަޅާއެއް ނުލެވޭ.. ޒިވްޔަން އާ އެކު ހޭދަ ކުރާ ވަގުުތު މަދު ކަމުން ޒިވްޔަންވެސް އަބަދު އިންނާނީ ޓީވ ދަށުގަ..އެކަމަކު އާމިރު ޒިވްޔަންގެ ހަޔާތް ބަދަލު ކޮއްލަދިނީ.. އާމިރުގެ ހާލަތައް ވިސްނާ އަހަރެން އެދުވަސް ކޮޅލު އާމިރު ގޭގަ ބެހެއްޓީ ވަޒީފާއަށް ނުނެރެ.. އެދުވަސް ކޮޅު އާމިރު ޒިވްޔަންއަށް ކިޔަވައިދިނީ..އޭނައަށް އިނގޭ އެއްޗެހި ބުނެދީ މަސައްކަތްތައް ދަސްް ކޮއްދީ ބޭރަށް ދާން ފެށީ..އޭގެ ފަހުން އިރާދަ ކުރެއްވިއްޔާ ޒިވްޔަންވެސް ޓީވީއާ ދުރުވެ ކިޔަވަން ފެށީ.. ބޮޑު ވަމުން އައި އިރު ޒިވްޔަންއަށް ލިބުނު ކާމިޔާބީ ތަކުގެ އަސްލަކީ އާމިރު.. މިހާރުވެސް ޒިވްޔަން މައިންބަފައިން ދެކެ ލޯބިވާފަދައިން އާމިރުދެކެ ލޯބިވާނެ.. އާމިރުގެ ދަރިންނަށް ނުދެވުން ލޯބި އާމިރު ދިނީ އަހަރަމެންގެ ދަރިފުޅަށް…” ޒިވްޔަންގެ ބޮލުގައި ފިރުމާލަމުން ޒާހިދު ވާހަކަ ދެއްކިއެވެ.

“އާމިރު..ހުރިހާ ކަމެއް ވަނީ އަހަންނާހެދި..އަހަރެން މިއަދު ދެރަވޭ..އަހަރެންގެ ދަރިންނަށް މިހެން ކަންތައް ކުރެވުނީތީ..އަހަންނަށް މާަފް ކުރޭ” ހުސްނާ އާމިރުގެ ގާތުު މާފަށް އެދުނެވެ.

“ހުސްނާ ނުޖެހޭނެ އެކަމާ މާފަށް އެދޭކަށް..އަބަދުވެސް މާފް ކުރަން” އާމިރު ބުނެިއެވެ.

“ހުސްނާ…އަދިވެސް ވަގުތު ފާއިތެއް ނުވޭ… އުފަލުގައި އަހަރެންގެ ދަރިން ބޮޑު ކޮއްދިނީތީ އަހަރެން އުފާކުރަން..މިއަދުވެސް ހުސްނާ ބޭނުން ނަމަ އަހަރެން އަދިވެސް ހުސްނާއާ އެކު އުޅލެން ތައްޔާރު” އާމިރު ބުނެލިއެވެ. އެވަގުތު ހަނާއާ ހިލްޔާން އަވަހަށް ހުސްނާއަށް ބަލައިލީ އާނ އެކޭ ބުނާށޭ ބުނާ ފަދަ އަކުންނެވެ. ހުސްނާ ވެސް އަމިއްލަ ހާލަތައް ވިސްނާ އަަވަހަށް އެއްބަސް ވިއެވެ.

“ހުސްނާ..އަހަރެން މިއޮއްހާ ވާހަކަ ކިޔައިދިން އިރުވެސް ހުސްނާ ހުސްނާގެ ވާހަކަތަކެއް ނުކިޔައިދެމެންނު” އާމިރު ހަމަޖެހިލަމުން ބުނެލިއެވެ.

“ތެދެކޭ މަންމާ.. މަންމަ ވާހަކަ ކިޔައިދީދެން.. އޭރުންނެންނު ދޮންތިގެ ލަވް ސްޓޯރީ ނިންމާފަ އަވަހަށް އަޅުގަނޑު ވާހަކަ ކިޔައިދެވޭނީ ” ހިލްޔާން އެހެން ބުނުމުން އެންމެން ހޭންފެށިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

sunflower girlll

Level 210 Stories100 Login

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 4

Next

ގުރަހަ

Next
July 5, 2022

ގުރަހަ

Previews
July 3, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 4



All Right Reserved!