އަބަދަށް އެކުގައި 27
*ޒިވްޔަންއާ އާނިޝް މިރެއަށް ތައްޔާރީތައްވީ ހިލްޔާންވެސް ބައިވެރި ކޮއްގެންނެވެ. ހިލްޔަންވެސް ހުރީ ނިކަން ފޯރިޔާއެކު މިކަމަށް ވަރަށް ޝައުގުވެރި ވެގެންނެވެ.*
އެރޭ ޔައީޝާ އިނީ ހަނާމެން ގޭގައެވެ. ޒިވްޔަންއާ އާނިޝްގެ އިތުރުން ޕޮލިހުން ކުޑަ މަޝްވަރާއެއްގައި ތިއްބެވެ. ހިލްޔާންއަށް އަދި އަށާރަ އަހަރުން ފުރިފައި ނުވާތީ ހިލްޔާން ގެންދިޔުން ރަނގަޅު ނޫން ކަމަށް ޕޮލިސްމީހާ ބުނުމުން ހިލްޔާން ހުުރީ ތުން ދަމާފައެވެ.
“އަޅެ އެމީހުންނަށް ނޭނގެނީތަ މަ ވެސް ބޮޑު ވެގެން ވާނީ އެކަހަލަ ޕޮލިހަކައްކަން..އަހަރަމެންނަށް ވެސް ދަސް ވަނީ އެކަހަލަ ކަންކަމުގައި ބައިވެރި ކުރީމައެއްނު. މިހާރުވެސް އެމީހުންނަށްވުރެ މަ މާ ޕްރޯ ވާނެ މިކަހަލަ ކަންކަމަށް” ހިލްޔާން ދެއްކި ވާހަކަ ތަކުން ޔައިޝާއާ ހަނާ އިނީ ހީހީ ހަލާކުވެފައެވެ.
އުލްޔާން އެތަނަށް ދިޔުމަށް ގަޑި ކިޔާފައިވަނީ އެރޭ ދިހައެއް ޖަހާއިރު ހަމަ އެ ފަޅުގެއިންނެވެ. ޒިވްޔަންމެން އިންތިޒާރު ކުރަމުން ދިޔައީ ދިހައެއް ޖަހާނެ އިރަކަށެވެ.
“ދަރިފުޅާ…ކހިނެއް ވެގެންތަ ތިއުޅެނީ..މަންމަ ކައިރީބުނީމައެއްނު އިނގޭނީ..މަންމައަށް އިނގޭ ދަރިފުޅު ބަލިކަން.. އެކަމު ކީއްވެތަ ޑޮކްޓަރަށް ދައްކަން ދާން އެއްބަސް ނުވަނީ..ކީއްވެތަ މިހާރު ގެއިން ނުނުކުންނަނީ” ކައިޒަންގެ މަންމަ އޭނާގ ދަރިފުޅުގެ އުޅުމާ މެދު ކަންބޮޑުވުން ފާޅު ކުރިއެވެ. ހަގީގަތުގައިވެސް ކައިޒަންގެ އުޅުމަށް އައި ބަދަލުން އޭނާ ހުންނަނީ ނުތަނަވަސް ވެފައެވެ.
“ޒިވް…ބަލައިގެން އުޅެއްޗެ..ޒިވްއަށް ކަމެއް ވެއްޖެއްޔާ ޔައީ ވަރަށް ދެރަވާނެ” ޒިވްޔަން ނުކުނަން އުުޅުމުން ޔައިޝާ ޒިވްޔަންގެ އަތުގައި ހިފަމުން ބުނެލިއެވެ.އެވަގުތު ހަނާއާ އާނިޝް ހޭން ފެށުމުން ޔައިޝާ ހަނާއަށް ލޯ އަޅާލިއެވެ. ހަނާ އިން ތަނުން ތެދުވެގެން އައިސް އާނިޝްގެ އަތުގައި ހިފިއެވެ. އަދި ޔައިޝާ ބުނިހެން ވަރަށް ރާގުލާފައި ބަލައިގެން އުޅުމަށް އެދުނެވެ. ހަނާ ޖެއްސި ވައްތަރުން ޒިވްޔަންއާ އެާ ހުރި ޕޮލިސް މީހާައަށް ވެސް ނުހީ ނުހުރެވުނެވެ.
ދިހައެއް ޖެހުމުން ޒިވްޔަން އެގޭ ތެރެއަށް ވަނެވެ. އަނދިރި ކަމުން ތަނެއް ނުފެންނާތީ ފޯނުގެ ފްލޭޝް ދިއްލާލިތަނާ އެންމެ ފުރަތަމަވެސް ފެނުނީ ކައިރީގައި ލޯ އަޅައިން ހުރި އުލްޔާނެވެ. ޒިވްޔަން ސިހިގެން ދިޔުމުން އުލްޔާން ނުލަފާ ހނިގަނޑެއް ޖަހާލިއެވެ.
“ތިހާ ފިނޑި މީހުން ތިއުޅެނީ އަދިވެސް މީހުން ބަސްޓް ކުރަން..” އުލްޔަން ބުނެލީ މަލާމާަތުގެ ރާގަކަށެވެ.
“އިނގިދާނެތާ ދޯ ފިނޑި މީހެއް” ޒިވްޔނ ވެސް ލޯ އަޅާލަމުން ބުނެލިއެވެ. ނަމަވެސް ހަގީގަތުގައި އުލްޔާަންގެ ފަރާތުން އައިސް ދާނެ ހަމަލާ އަކަށް ޒިވްޔަން ހުުރީ ސިހިސިހި އެވެ. ޒިވްޔަން އަކީ އަންހެން ކުއްޖަކުހެން ބިރު ގަންނަ މީހެއް ކަމަށް ހުދު ޒިވްޔަންވެސް ގަބޫލުކުރެއެވެ.
“އޭ…ކައެ ކައިރީ ބުނީ ލާރި ގެންނަން… ކޮބާއެ..ހުސްްއަތާ އެއްނު ތިއައީ..ކައެ ތިއުޅެނީ އެ ނުދީ ބަޗަންތަ..ލާހިކެއް ނޫން..މިވަގުތު ލާރި ނުދީފިއްޔާ ކަލޭ މަރާލުން އޮތީ …ނޫނީ ކައެ ކުރި މަތީ ޔައިޝާވެސް…” އުލްޔާން ބޮޑު ހިނިގަނޑެއް ޖަހާލިއެވެ. އެދޭތެރެއަށް ޔައިޝާގެ ނަން ގެނައުމުން ޒިވްޔަން ނުހަނު ހިތްހަމަ ނުޖެހުނެވެ.
އުލްޔާަންގެ ފުރަތަމަ ހަމަލާ އައީ ޒިވްޔަންގެ މޫނު މައްޗަށެވެ. އެވަގުތު އޭނާ ހުރީ ރަނގަޅަށް ނޫން ކަން ޒިވްޔަންއަށް އިނގުނީ ދެން ދައްކަން ފެށި ވާހަކަ ތަކުންނެވެ. މޮޔައެކޭ ތަފާތެއް ނެތެވެ. އެއްފަހަރު މަޑު މަޑުން ވާހަކަ ދައްކަފައި ދެން ހަޅޭއް ލަވައި ގަންނައިރު ހީވާނީ ތަން ފަޅާލާ ހެންނެވެ. އުލްޔާން އެހާލުގައި ހުރެގެން އޭނާގެ ރޭވުންތައް ކިޔައިދެމުން ދިޔައެވެ. ކަމާ ނުވެސް ގުޅުން ހުރި ވާހަކަ ތަކެވެ. އެންމެ ފަހުން ވީ ގޮތެއް ނޭނގި އެރަށު ގޮނޑުދޮށުގައި މަރުވެފައި އޮތް ކުާ ކުއްޖާ މަރާލީވެސް އެމީހުން ކަމަށް ބުނެލިއެވެ. ޒިވްޔަން ވާހަކަތައް އަޑު އަހަން ހުއްޓާ ކުއްލި އަކަށް އެ ޕްލިސް މީހާ ހަޅޭއް ލަވައިގަތެވެ.
އޭނާައަށް ވީގޮތަވެސް ނޭނގުނެވެ. އުލްޔާންގެ ކުރިމައްޗަށް ހުއްޓުމަށްފަހު ބިންމައްޗައް ތިރި ވިއެވެ. އަދި ކަންފަތުގައި އަތް އަޅާ ރޯން ފެށިއެވެ.
ޒިވްޔަން ހުރީ ވާަނުވާ ނޭނގިފައެވެ. އޭނާއަށް އެވަރު ވާންވީ ކީއްވެ ހެއްޔެވެ. އުލްޔަން އެތަންވަޅު ދުއްވައި ގަންނަން އުޅެނިކޮށް އިތުރު ޕޮލިހުން އައިސް އުލްޔާން ހިފެހެއްޓިއެވެ. ޒިވްޔަންއަށް ހުރެވުނީ އެ ޕޮލިސް މީހާ ރޯ ތަން ބަލާށެވެ. ކުއްލިއަކަށް އެހެން ތިއްބާ އިތުރު ބަޔަކު އެތަނަށް ވަދެގަތެވެ.. ޒިވްޔަން ގެ ބޮލުގައި ދަަގަނޑު ގަނޑަކުން ޖެހުމަށް ފަހު އެމީހުން އެތާ ތިބި ޕޮލިހުނަށް ހަމަލަދޭން ފެށިއެވެ. އާނިޝްވެސް ވީ ވަރަކުން ހަމަލާ ތަކުން ރެކެން މަސައްކަތް ކުރިއެވެ. އިތުރު ޕޮލިހުން ގެނެސްގެން އެމީހުން ޕޮލިސްޓޭޝަނައް ގެންދިޔައެވެ.
“ޒިވް..ކިހިނެއް ވީ” ޒިވްޔަންއަށް އެއްވެސް މީހަކު ކިޔާ އެއްޗެއް ސާފެއްނުވެއެވެ. ނަމަވެސް ކައިރީ ހުރީ ޔައިޝާކަން އިނގުނު ހިނދު ޔައިޝާގެ އަތުގައި ހިފާލިއެވެ. އެއަށްފަހު އޭނާއަށް ވީގޮތެއް ނޭނގުނެވެ.
ހޭ އެރި އިރު ޒިވްޔަންގެ ގާތުގައި އާނިޝްއާ އޭނާގެ މަންމައަ ޔައިޝާއަދި ހަނާ އުޅެއެވެ. “ޒިވްޔަން ހާސް ނުވޭ.. ކައިޒަން ވެސް ޖަލައް ގެނެސްފި.. އެ އެންމެން ހައްޔަރު ކޮއްފި ،.. އެމީހުން އުޅޭ ގެއިން ވަަރަށް ބައިވަރު ޑްރަގްސް ފެނުން..ހިލްޔާން ގޮއްސި ހުސްނާއްތަވެސް ގޮވައިން އެތާ ކައިރިއަށް. ކާއިންވެސް އެބައިން ސްޓޭޝަންގަ.. ކައިޒަން މަންމަ ނުކުރޭ ގަބޫލެއް އޭނަ ކުރި ކަންކަމަށް. ވަރަށް އެއްޗިހި ކީ” އާަނިޝް އަވަސް އަވަހަށް ކިޔާލިއެވެ.
ޒިވްޔަންވެސް މަޑު މަޑުން އެމީހުންނާ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އޭނާގެ ބޮލުގައިވާ ރިހުން މަޑު ވާހެން ހިއެއް ނުވެއެވެ.
“އާނިޝް.. ކީއްވެ އެ މީހާ އެހާ ވަރަށް ރޮއުނީ؟؟؟” ކުއްލިއަކަށް ޒިވްޔަން ހަނދާންވީ ޕޮލިސްމީހާ މަތިންނެވެ. އެހެންކަމުން އޭނާގެ ހިތުގައި އުފެދެމުން ދިޔަ ސުވާުލު ކޮއްލިއެވެ.
އާނިޝް އިސް ޖަހާލިއެވެ. “އެއީ އެނާގެ ހުރި ހަމަ އެކަނި ދަރިފުޅު” އާނިޝް ބުނެލިއެވެ.
“އޭނާ މަރާލީ އެމީހުން” އާނިޝް އެހެން ބުނެލި ހިނދު އާނިޝްގެ މަންމަވެސް ކޮޅައް ތެދުވަތެވެ، ވާނީީވެސްް އެހެންތާއެވެ. އެއީ އާނިޝްމެންވެސް ދުރުތާތިމާގެ މީހެކެވެ. ދާދިފަހުން 10 އަހަކުގެ ތާނީ މަރުވީ ވީނުވީ އެއް ނޭނގިއެވެ.
ހަނާއާ ޔައިޝާވެސް ހައިރާންވެފައި ތިއްބެވެ. އެމީހުން އެއީ އެފަދަ ބައެއް ކަމަށް ހިއެއް ނުކުރެއެވެ. އެންމެ ދެރަވީ އަމިއްލަ ރަށުގެ ބަޔަކަށް އެއްފަސްގަނޑެއްގެ ދަށުގައި ދިރި އުޅެމުންދާ ކުށެއްނެތް ކުޑަ ކުއްޖަކަށް އެވަރުގެ ކަމެއް ކުރަން ކެރުމުންނެވެ.
ދުވަސްތައް ފާއިތުވަމުުން ގޮސް ހަފްތާއެއް ވެއްޖެއެވެ. ކައިޒަންއާ އޭނާގެ އެކުވެރިންގެ މައްޗަށް ކުސަކަށްފަހު ކުށެއް ސަބިތު ވަމުން ދިޔައެވެ. މިކަމުގެ ސަބަބުން ޖަލުގައި ހުންނަ މުއްދަތުދިޔައީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.
އުލްޔާން ކުރި ކުށުގެ ސަޒާއެއްގެ ގޮތުން އުލްޔާންއަށް ހަދިޔާ އަކީ އޭނާގެ އުމުރުގެ ބާކީބައި ޖަލުގެ ތޭރިތަކުގެ ދަށުގައި ހޭދަކުރުމެވެ.
“ޒިވްޔަންގެ ބައްޕަ އެރޭ ގުޅާފައި ބުނަނީ މާދަމަ ދާންށޯ މިހާރު އޭގެ ފަހުން ކޮން ދުވަހެއް.” ހަނާ އުނދޯލީގައި އިށީންނަމުން ބުނެލިއެވެ. ކައިރީގައި ޒިވްޔަން އިނީ ފޯނެއްގައެވެ.
“ފުރަައިފިޔޯ..ބޭބެ ބުނީ އެހެން..އަހަރަމެން ކައިރީ ނުބުނެ އަންނަން ތޯއްޗެ” ޒިވްޔަން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
“ހަނާ ކޮޓަރި ސާފު ކޮއްލިންދޯ..” ހުސްނާ އަހާލިއެވެ.
“ލައްބަ…މިހާރު ޒާހިދުބެއާ ހެދި ތިންވަނަ ފަހަރަށް އެތަން މި ސާފު ކުރީ…އަޅެ އެކަހަލަ ކަންތައް ކުރަން ވާނެތަ؟؟” ހަނާ ބުނެލިއެވެ.
“އާނ…ތިހާ ކަންނެއް ކުދިންނަށް އެކަހަލަ މަސައްކަތް ޖެއްސީމައެއްނު މުރާލި ވާނީ” ހުސްނާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
“ދަރިފުޅާ ޔައިޝާ.. ހަމަ އެމީހުން ލަފާތަނަށް ވެސް ނުދާންތަ ތިހުންނަނީ.. ” އަކުރަމު ގެއަށް ވަންނަމުން ޔައިޝާއަށް ބުނެލިއެވެ.
“އޭ ލެފީތަ؟؟ ޔައިޝާ ތިހުންނަނީ ނުވެސް ބުނެލާ.. އަދި ހުސްނާ ބުންޏޭ މެންދުރަށް ބޮނޑިބަތް ކައްކަންވެސް. މަ ކައްކާ ބޮނޑިބަތަކީ އެ ހުސްނާއަށް މާ ކަމުދާ އެއްޗެއް..ދާންވީ އެކަމާ އުޅޭށެންނު” ޔުސްރާ ހޭން ފަށަމުން ބަދިގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
“ބައްޕާ..ކޮންއިރަކުތަ އެމީހުން ލެފީ… ހަނާ ބުނި ދިހައެއް ޖަހާއިރުއޭ އަަންނަނީ.. ހަނާމެން އެތާަ ތިބިތަ” ޔައިޝާ ބުނެލިއެވެ.
“ނުދޭ އެކަކުވެސް.. ސިއްރުން އވަހަށް އައީ ކަމަށް ވާނީ..ދަރިފުޅާ ބައްޕަ އުފާވޭ ރަނގަޅު އާއިލާ އަކަށް ދަރިފުޅު ދާތީ.. އެއީ ބޮޑެތި މުއްސަނދިން ..އެކަމަކު އެންމެ ފުރަތަމަ ފެނިފަވެސް އެއީ ހިތްމޮޅު ބައެއް ނޯން ކަން އިނގޭ.. ލާފަ ހުރި އަންނައުނުންވެސް…” އަކުރަމު ވާހަކަ ދެއްކިއެވެ.
“ޝުކުރިއްޔާ.. ” ޔައިޝާ ހިނިތުން ވެލަމުން ބުނެލިއެވެ. ކުއްލިއަކަށް ޔައިޝާއަށް ފޯނެއް އައެވެ. ޒިވްޔަން ކަމަށް ބަލައިލި އިރު ގުޅަނީ ސްކޫލުންނެވެ. ޔައިޝާއަށް ފޯހި ކަމާއެކު ނޭވައެއް ބޭރު ކޮއްލެވުނެވެ. ބަންދު ދުވަހަކަސް ހަމަ ނޭވާއެއް ލެވެނީ އެއް ނޯން ވިއްޔާއެވެ. ކުޑަ ގޮތަކަށް ރީތިވެލައިގެން ޔައިޝާ ސްކޫލަށް މިސްރާބު ޖެހިއެވެ.
“އައްސަލާމު އަލައިކުމް” ސަލާމްގޮވާލިއަޑަށް ތިން މީހުންނަށް އެކުއެކީގައި ދޮރާއްޓާ ދިމާ ބަލައިލެވުނެވެ. ދޮރުކައިރީގައި ހުރިހާ ދަތެއް ފެނންނަ ވަރަށް ހީލައިގެން އެހުރީ ޒާހިދު އެވ.
“ބައްޕާ…ހާދަ ދޮގު ހަދައޭ” ޒިވްޔަން ކުޑަކުއްޖެއްހެން ގޮސް އޭނާގެ ބައްޕަ ކައިރީ ހުއްޓިލަމުން ޝަކުވާ ކުރިއެވެ. އަދި ކައިރީގައި ހުރި އޭނާގެ މަންމަ ގައިގައި ކުޑަކޮށް ބައްދާލިއެވެ.
“ހާދަ ރީއްޗޭ މިރަށް..މަގުތައް ގިނަ ކަމުން މިގެއަށް އަންނަން ވެސް ނޭނގޭ.. ޒާހިދުއަށް އިނގޭނޭ ކިޔައިގެން އަހަރަމެންނަށް މުޅި ރަށުގައި ހިނގަން ޖައްސައިފި” ޒިވްޔަންގެ މަންމަ ތާމިރާ އައިސް ހުސްނާގެ ގާތުގައި އިށީންނަމުން ބުނެލިއެވެ. ހުސްނާ ހީކުރިވަރަށް ވުރެ ޒިވްޔަންގެ މައިންބަފައިން ވީ ރަނގަޅު ބަޔަކަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން އެއްފަރާތް ކޮށް ހިތްތިރިކަމުގެ ނަމޫނާ ބަަޔަކަށެވެ.
“ޒިވްޔަން ބުނި އަދި އެހެން ބޭބެ އެއްގެ ވާހަކަ..ނާންނަނީތަ”” ހުސްނާ ބުނެލިއެވެ.
“އެވަނީ މިތާ ކައިރީ ހުރި ފިހާރައަށް.. އަންނާނެ އިރުކޮޅަކުން..” ޒާހިދު ބުނެލިއެވެ.
“ޒާހިދުބޭ…ޒާހިދުބެ އަކާ ހެދި ހަނާގެ ގުދު ބިންދައިގެން ދާ ވަރަށް ކޮޓަރި ސާފު ކޮއްފިން.. އަބަދު އަބަދު މާދަމާ އޭ ވިއްޔާ ކިޔަނީ” ހަނާ ޒާހިދު ކައިރީ ބުނެލިއެވެ.
“”ޢާނ.. އެހެންވެ ދަމުން ހަނާ ގޮވައިން މާލެ ގޮސް ޑޮކްޓަރަށް ދައްކަން ނަންބަރެއް ނަގާފައޭދޯ މިއަައީ” ޒާހިދު ހޭން ފަށަމުން ބުނެލިއެވެ.
“އައްސަލާމް އަލައިކުމް” ކުއްލިއަކަށް މީހަކު ސަލާމް ގޮވާލުމުން ހަނާ ބަލައިލިއެވެ. ދޮރުމަތީގައި ހުރީ މެދުމިނުގެ އިސްކޮޅެއް ހުރި މީހެކެވެ. ގާތްގަނޑަކަށް ޒާހިދުއާ އެއް އުމުރެކެވެ. ލައިގެން ހުރީ ހަމަ އާދައިގެ މީހަކު ލާ ފަދަ ހެދުމެކެވެ.
“ހަނާ މީ ބޭބެ..އާމިރުބޭ..އަންނަގަ އިށިންނަން” ޒިވްޔަން އުނދޯލިން ތެދުވަންނަމުން ބުނެލިއެވެ.
“އާމިރޫ” އާމިރު އެއް ދިމާ އަކަށް ގެއްލިފައި ހުރުމުން ޒާހިދު ބުނެލިއެވެ. ކުއްލިއަކަށް އާމިރުގެ ލޮލުން ކަރުނަ ހިލެން ފެށުނެވެ. އޭނާއަށް ކުރި މިވަނީ ކޮން ފަދަ ކަންކަމެއްހެއްޔެވެ؟
ހުސްނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިހާ ދުވަހަށްފަހު މިފަދަ ގޮތަކަށް އާމިރުއާ ބައްދަލު ވާނޭ ކަމަށް ހުސްނާ ހިތައްވެސް ނާރުވައެވެ. ކުޑަމިނުން އާމިރު ހުރީ ދުނިޔޭގައި ކަމެއްވެސް ނޭނގޭ ވިއްޔާއެވެ. ކުއްލިއަކަށް ހުސްނާގެ ބޮލަށް އެނބުރުން އެރިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Sunflower girluuuuu haadha curious kohlaafa ey thi ninmaaly……alheyyy maadhan nxt part up kohdhehchey pls ?…..aamiru aky yaii ge dad dhw…..finally kaizan mn vx jalah ?…..btw mi part vx hama ???
hae hae.. maasha Allah 🙂