Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

26 އަބަދަށް އެކުގައި

sunflower girlll Level 210 Stories100 Login
June 25, 2022 5 Mins Read
0 Comments

 

“ކިހިނެއް ގަބޫލު ކުރާނީ… އޭރު ކިރިޔާ ދިހައެއް ޖެހީ މިހާރު އެއޮއް ބާރަޖެހީ..ދެން އެއޮއް ހާއިރު ތިބުނީ ފޮނި އަނގަ ތަޅަން ތިބީއޭތަ..ޒިވްޔަން އަމިއްލައަށް ވިސްނާލަބަލަ..މިރަށު މީހުންނަނީ ކަމެއް ނުފެނިފަ ތިބޭ ބައެއް.. މިރޭ ޒިވްޔަން އުލްޔާން އާ އެކީ އެހެން މީހަަށް ފެނުން ނަމަ އަޅެ މަޑުން ހުންނާނެތަ.. އޭރުން ލަދު ގަންނަން ޖެހޭނީ ޒިވްޔަން..ހުތުރު ނަން ލިބޭނީ ޒިވްޔަންގެ ބައްޕައަށް.. ޒާހިިދުބެ އެއީ މަޝްހޫރު ވިޔަފާރި ވެރިއެއް.. ޒާހިދުބެ ވާނެ ދެރައަކަށް އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟؟” ހަނާ ވާހަކަ ހުއްޓާލީ އަޑު ބެދުމުންނެވެ.

ހަނާ ވިސްނާލި ގޮތުން ޒިވްޔަން ހުރީ ހައިރާން ވެފައެވެ. ދެން އޭނާ ހަނާއަށް ވިސްނައިދޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟*

“ހަނާ… ހަމަ ޖެހިބަލަ.. ވީ ގޮތް ކިޔައިދީފާނަމޭ..އަހަރެން ތިކަހަލަ ކަމެއް ނުކުރަނެކަން ހަނާއަށް އިނގެން ވާނެ ދޯ..” ޒިވްޔަން ވަހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ޒިވްޔަން އެންމެ ފަހުން ހަނާ އަށް އެތަނަށް ދިޔަ ސަބަބު ކިޔައިދިނެވެ. ހަނާ ހުރީ ހައިރާން ވެފައެވެ. ޒިވްޔަން އެ މަސައްކަތް ކުރަނީ ކައިޒަންއަށް ހައްގު އަދަބު ދިނުމަށެވެ. ހަނާއަށް އަދި އާނިޝްއަށް ވެސް އަންގާލުމެއް ނެތިއެވެ.

“ޒިވް… އެގޮތައް އެކަހަލަ ތާކުން އުލްޔާންމެން ކަހަލަ މީހަކާ މީޓް ކުރުން އެހާ އޯކޭ އެއް ނޫން. އެއީ ހަމަޔަކު ތިބޭ ބައެއްނޫން.. ކޮންމެ ކަމެއް ވެސް ކޮއްފާނެ… “ހަނާ ބުނެލިއެވެ.

” ހމމ…އިނގޭ..އެނޫން ތާކުން އޭނަ އޯކޭއެއް ނުވި..އެކަމު ދެން އެހެން ތާކުން. މި ކަންތައް ޕޮލިހުންނަށް ބަސްޓް ކޮއްލާފަ ހުއްޓާނީ”ޒިވްޔަން ހުރީވަރުގަދަ އަޒުމެއްގައެވެ.

ސްކޫލު ބަންދު ދުވަހެއް ކަމުން ޔައިޝާ ފަތިސް ނަމާދުކޮޮއްގެން ހުރީ އިރު އަރާ މަންޒަރު ބަލަން ދާން ގަސްދު ކޮއްގެންނެވެ. މިހާރު އިރުއަރާ މަންޒަރުވެސް ނުފެންނަތާ ވީ ޒަމާނެއް ވެސް ނޭނގެއެވެ.

ރާޅު  ބީއްސާަ ހިސާބުގައި ހުއްޓިލައިން ހުރި ޔައިޝާގެ  ތުންފަތް މަޓިގައި ރީތި ހިނިތުން ވުމެއް ދުވެލީަރު ބަލަން ވީ ހަނދާނަކުންނެވެ. އޭނާއަށް ސިފަ ވަމުން ދިޔައީ އެންމެ ފުރަތަމަ ޒިވްޔަން ފެނުނު ދުވަހެވެ. އެއީވެސް ހަމަ މިފަދައިން އިރު އަރާ މަންޒަރު ބަލަން  އައި ދުވަހެކެވެ.

ފުން ހިޔާލުގައި ހުރި ޔައިޝާއަށް ސިހުން ގެނުވީ މީހަކު އޭނާގެ ކަންފަތް ކައިރީ ވައި އަޑުން އެއްޗެކޭ ބުނެލިއަޑަށެވެ. ފަހަތް ބަލައިލިއިރު ހިނިތުންވުމެއް ހަދިޔާ ކޮއްގެން ހުރީ ޒިވްޔަންއެވެ. ކޮންމެއަކަސް ޔައިޝާގެ ނަސީބު ގަދަ ކަމުން މިއަދުގެ ހެނދުނު މިވީ ބާއްޖަވެރި ހެނދުނަކަށްތާއެވެ.

“ޔައީ..މިހާރު ހާދަ ރުޅިއޭ ދޯ” ޒިވްޔަން ޔައިޝާގެ ދޮންދޮން މޯނަށް ފުން ނަޒަރެއް ދެމުން ބުނެލިއެވެ.

“ނޫނޭ..ހަމަ ބިޒީ ކަމުން..އެއްވެސް ކަމެއް ކުރާނެ ވަގުތެއް ނުވޭ. ދިހައެއްގެ ކުދިނ އެކްސްޓްރާއަށް ދާވަރަށް ވުރެ ގިނައިން ސްކޫލްގަ އުޅެން އެބަ ޖެހޭ.. އެހެންވެ ހަބަރެްް ނުވެވެނީ..ސޮރީ”  ޔައިޝާ ހީވްނީ މި ސުވާަލުގެ ޖަވާަބު ހިތުދަސް ކޮއްލައިގެން ހުރި ހެންނެވެ.
“އޮހްް…ދެން ތި ބިޒީ ޝެޑިއުލްއިން މަށަށް ގުޅާލަން ހަމަ އެންމެ ސިކުންތެއްވެސް ނުލިބޭދޯ” ޒިވްޔަން  ދެރަ ވާކަމަށް ހަދާަަމުން ބުނެލިއެވެ.އެވަގުތު ޔައިޝާގެ ފަރާތުން ހީލުމެއް ފިޔަވާ އިތުރު ޖަވާބެއް ނުލިބުނެވެ.

“އެޔެއް ނޫނޭ. ކޮން ދުނިޔެއެއްގަ ..މަ  ގޮވާ ގޮވާ އަޑެއްނީވުން”ޒިވްޔަން ބުނެލިއެވެ.

“ހެހެ…ޒިވްޔަން އަށް އިނގޭތަ.. އެންމެ ފުރަތަމަ ޔައީއަށް ޒިވް ފެނުނީ އެހެރަ ފާލަން މަތިން” ޔައިޝާ އެމީހުންނާ މާ ދުރުނޫން ހިސާބެއްގައި އޮތް ފާލަމަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ. ޒިވްޔަން އެފާލަމަށް ބަލައިލަމުން ހޭން ފެށިއެެވެ.

“އެހެންތާ…ތިހެންވިއްޔާ ހިނގާބަ އެތަނަށް” ޒިވްޔަން ޔައިޝާގެ އަތުގައި ހިފަމުން އެދިމާލައް މިސްރާބު ޖެހިއެވެ.  ޔައިޝާ ކުއްލިއަކަށް އަތް ދަމައިގަތެވެ. ޒިވްޔން ހީކުރީ ޔައިޝާ ރުޅި އައީ ކަމަށެވެ.އެހެން ކަމުން އަވަސް އަވަހަށް މާފަށް އެދުނެވެ.

“”ޒިވް… މީހަކަށް ފެނިދާަނެންނު” ޔައިޝާ މައުސޫމް ގޮތަކަށް ބަލައިލަމުން ބުނެލިއެވެ. ޒިވްޔަން ފެށީ ހޭށެވެ.

” އަހަރަމެން މީ ކުޑަ ކުދިން ތަ”ޒިވްޔަން އެހެން ބުނެލުމަށްފަހު  ހިނގައިގަތީ އެ ފާަލަމަށް އެރުމަށެވެ.  ޒިވްޔަންގެ ފަހަތުން މަޑު ހިނގުމެއްގައި ޔައިޝާވެސް އެރިއެވެ. ފާލަމުގެ ކޮޅުގައި  ގޮސް ޒިވްޔަން އޮށޯވަތެވެ. ކޮޅައް ހުރި ޔައިޝާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެންމެ ފަހުން ޔައިޝާވެސް ޒިވްޔަންގެ ގާތުގައި އިށީނެވެ.

“ދެމީހުން ދިޔައީ އެތައް ވާހަކަ ތަކެއް ހިއްސާ ކުރަމުންނެވެ. ކުޑަ އިރުގެ ދުވަސްތަކާ ފުރާަވަރުގެ އުމުރެވެ. ހަޔާތުގައި ދިމާވި އުފާވެރި ހަނދާންތަކާއި ކުރިމަތި ލާން ޖެހުނު ނާޒުކު ދަނޑިވަޅުތަކެވެ. ހަނދާނުން ފޮހެވިގެން ނުދާނެ ފޮނި ކާމިޔާބީތަކާއި ވެއްޓުނުން އަޑިގަނޑު ތަކެވެ. ޒިވްޔަންގެ ވާހަކަ އަޑު އެހުމަށް ފަހު  ޔައިޝާ އެންމެ އުފާވީ  ޒިވްޔަންގެ ހިތުގައި ރަނިކަން ކުރަން ލިބުނު ފުރަތަމަ ރާނީ އަކީ އެއީ ކަމުގައި ވެވުނީތީއެވެ. ހަމަ މި ބީދައިން ޒިވްޔަންގެ ހިތުގައި އުތުރި އަރަމުން  ދިޔައީ ޔައިޝާގެ ހަޔާތުގެ ފުރަތަމަ މެހެމާނަކި އެއީ ކަމުގައި ވެވުނީތީ އެކަމުގެ އުފަލެވެ. އޭނާގެ ފުރަތަމަ އަދި ހަމަ އެކަނި ވީ ލޯބި ހާސިލްވީ ކަމުގެ އުފަލެވެ.

ދެމީހުން އުފާވެރި ވާހަކަތަކެއްގައި ތިއްބާ ކުއްލި އަކަށް ފެށީ ވާރޭވެހޭޭށެވެ. އޮލަ ވާހަކައިގައި ތިބުން ވާރޭ ވެހެން ފެށި އިރު ވެސް ނޭނގުނީއެވެ.

“ޒިވް…އަދިވެސް ހުންނަނީތަ..އަވަހައް އާދެބަލަ” ޔައިޝާ އަވަސް އަވަހަށް ހިޔަލެއް ލިބޭތޯ ދުއްވައިގަންނަން އުޅުނެވެ. އެވަގުތު ޒިވްޔަން ޔައިޝާގެ އަތުގައި ހިފެހެއްޓިއެވެ.

“ނޫން..ނުދެވޭނެ… ޕްރޮމިސްއެއް ކޮއްފަ ނޫނީ” ޒިވްޔން ލާނެތް ހިނިތުންވުމަކާ އެކު ބުނެލިއެވެ.

“އަވަސް ..ބުުނޭ އަވަހަށް..މިއޮތް ގަނޑުވަނީ” ޔައިޝާ ހިކަރުވާަ ވަރުން ތުރު އަޅަމުން ދިޔަ ހާލު ބުނެލިއެވެ. އެވަރުން ވެސް ޒިވްޔަން އެ އަތުން ދޫކޮއްލާ ހިތް ނުވިއެވެ.

“ކިތަންމެ ބިޒީ ވިޔަސް ޖެހޭނެ ގުޅަން ކޮންމެ ދުވަހަކު” ޒިވްޔަން ބުނެލިއެވެ. ޔައިޝާ އާނ އެކޭ ބުނެލިއެވެ. ދެވޭތޯ އެވެ. ނަމަވެސް ޒިވްޔަން ދޯ ނުކުރުމުން އަނެއްކާވެސް ބަލައިލީ ދެން ކޮން ކަމެއް ހޭ އަހަ ފަދަ ގޮތަކަށެވެ.

“ހިނގާ ވާރެޔާ ތެމެން” ޒިވްޔަން ބުނެލިއެވެ. ޔައިޝާ ވެސް ނުހަނު ބޭނުމެވެ. ނަމަވެސް މިޙާ ފިނީގައި އޭނައަށް ކެތްކުރުން ވާނީ ބަރުދާސްތު ކުރަން ދަތި ވޭނަކަށެވެ.އެހެން ނަމަވެސް ޔައިޝާ އާނ އެކޭ ބުނެލިއެވެ.

” އެދޮގެއްް.. ހަހަހަަ.. ޔައީ ބުނާ އެއްޗެއް ބަލައިލީ” ޒިވްޔަން އެހެން ބުނުމަށް ފަހު ޔައިޝާ ގޮވައިން އެއްގަމަށް ހިނގައިގަތެވެ. ދެމީހުން ވެސް ގެއަށް ދިޔައީ ވާރޭ ތުނި ކޮއްލީމައެވެ.

ފެންވަރައިގެން ނުކުމެން ޒިވްޔަންގެ ނަޒަރު ހުއްޓުނީ އެނދުމަތީގައި އޮތް ވައިބްރޭޓް ވަމުންދަ އޭނާގެ ފޯނާ ދިމާއަށެވެ. ޔައިޝާއޭ ހިތާ ނިކަން ފޮނި ވެލާފައި ގޮސް ފޯން ބަލައިލި އިރު އޭނާ ނުވެސް ދަންނަ ނަމްބަރެކެވެ. ނުނަގަން ހުރެފައި ވެސް ފޯން ނަގާ ހަލޯ އޭ ބުނެލިއެވެ.

“ކޮން ހަލޯ އެއްތަ.. މައެއަށް އެރޭ ކައެ ކީ އެއްޗެއް ނޭނގުނޭ..އިނގެއެއްނު އެރޭ މަ ހުރި ގޮތް…ފައްކާ އެތިކޮޅެއް ިބޭ ރޭ ރޭ އެކަހަލަ ވާހަކަ އަޑެއް ނޭހޭނެ ދޯ އުލްޔާން ވހަކަ ދެއްކިއެވެ،.

“މަބުނީ ކައިޒަންގެ ވާހަކަ”

“ހޫން.. އޭނަދޯ.. އާނ..ބަސްޓު ކޮއްލަން ހެއްކެއް ދޯ ބޭނުމީ..ވެދާނެ..ކަލެއަށް ވެދާނެ. މުއްސަނދި ގޮލަ އެކެންނު.. ކުދަ ރުފިޔާ ކޮޅެއް މަ ބޭނުން ވާނީ”އުލްޔާން ހުރީ ވަރަށް ތާއީދުގައެވެ.

“ކިހާވަރެއް ދޭނަން” އުލްޔާން އަހާލިއެވެ.

“ރުފިޔާގެ ވަހަކަ ނުދައްކާ.. ކން ކޮއް ނިންމާފަ އަދަދެއް ބުނެލާ” ޒިވްޔަން ވާހަކަ ދައްކަމުން ދިޔައި ވިސްނުން ތެރި ކަމާ އެކުގައެވެ. އެހެން ބުނެލުމާ އެކު އުލްޔާން ފޯން ކަނޑާލިއެވެ.

ވިހި ސިކުންތު ނުވަނީސް  ޒިވްޔަންގެ ފޯނަށް ފުލުފުލުން ނޮޓިފިކޭޝަން ތައް އަންނަަން ފެށިއެވެ. ފުރަތަމަ ފޮނުވީ ސްކްރީންޝްޓް ތަކެކެވެ.  އޭގަ ހުރީ ހުސް ޑްރަގްގެ ވާަހަކަ ތަކެއެވެ. އެއަށްފަހު ޒިވްޔަންއާ ސުވާލުކޮއްފައި އޮތީ އިތުރަށް ބޭނުންތޯއެވެ. ޖަވާބުގައި ޒިވްޔަން އަވަހަށސް އާނ އެކޭ ބުނެލިއެވެ.

ދެން ފޮނުވީ ކޯލް ރިކޯރޑިންތަކެކެވެ. ފުރަތަމަ ރިކޯރޑިންގައި ހަނާގެ މަންމައަށް އާނިޝްގެ ވާހަކަ އަންގާނެގޮތެއް މަޝްވަރާ ކޮއްފައިވެއެވެ. އަދި ދެން އޮތް ރިކޯޑިންގައި ހަނާ ގޭ ބަންދު ކުރި ވާހަކަ ބުނެފައިވެއެވެ. ދެން އޮތީ އޭގެ ދުވަސް ކޮޅެއްފަހުގެ ރިކޯރޑިން އެކެވެ. އޭގައި ހުރީ އާނިޝް ގޭންގަށް ވެއްދުމަ ބެހޭ މަޝްވަރާ ތަކެވެ. އެއަޑު އިވިފައި ޒިވްޔަންގެ ދެލޮލުން ކަރުނަ ހިލުނެވެ. ލޯތްބެއްގެ ބާަރުގައި މީހެއްގެ ދިރިއުޅުމާ ކުޅެލުމަށް ކައިޒަންއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އާނިޝްގެ މަންމަމެންނަށް އޭނާ ޑްރަގް ބޭނުން ކުރާކަމަށް ބުނެ ދެއްކި ވާހަކަ ތަކަކީވެސް ދުރާލާ މޮޅެތި ރޭވުންތަކެއް ރޭވިގެން ކުރިއަށް ދިޔަ ކަންކަމެވެ. ތިން ވަނަ ރިކޯރޑިން އަޑު އަހަން ވާއިރަށް އުލްޔާން އެ ޑިލީޓް ކޮއްލިއެވެ. އަދި އެއީ ވަރަށް ބޮދު ވާހަކަ އެއް ކަމަށސް ވެސް ބުންޏެވެ.

ޒިވްޔަން އިތުރައް ފައިސާ ދޭން ބުނެގެން ވަރަށް ކިޔަކިޔައިގެން އެ ރިކޯރޑިންވެސް ހޯދިއެވެ. އޭގައި ވަނީ އަނިޝް މަާަލުމާ ބެހޭ ވާަހަކަތަކެވެ. މިއީ އާނިޝްް މަރާލަން މަސައްކަތް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެކި ގޮތް ގޮތުން މަސައްްކަތް ކޮއްފައި ވިޔަސް އާނިޝްއަށް ސަލާަމަތް ވެވެނީ އޭނާ ގެ ނަސީބުންނެވެ. ޒިވްޔަން އަވަހަށް އެ ހުރިހާ އެއްޗެއް ޕެންޑްރައިވް އަކަށް އެޅިއެވެ. އަދި އާނީޝްއަށް ގުޅާ ވަރަށް އަވަހަށް އޭނާގެ މަންމައާ އެކު އައުމަށް އެދުނެވެ.

“ދަރިފުޅު މިހާރު އިރު އަރަން ދާ ކޮންމެ ދުވަހަކު އާދެވެނި ތެމިގެންތަ.. އެންމެ ފަހުން ދިޔަ ދުވަހުވެސް ހަމަ ތިހެން..” ޔައިޝާ ކާން އިށީނުމުން ޔުސްރާ ހޭން ފަށަމުން ބުނެލިއެވެ.

“އެހެންވެސް ވާނޭ ދޯ ޔައީ..ކޮބާ އެއްކަލަ ސޮރު ކަންތައް ކިހިނެއް ދަނީ..އޭނަ މަންމަމެން އަންނަން އުޅޭ ވާހަކަ ހުސްނާ ބުނި.” އަކުރަމު ވާހަކަ ދެއްކިއެވެ. ޔުސްރާއާ އަކުރަމު ފަށަފަށައިގެން ޒިވްޔަންގެ ވާހަކަ ދައްކަން ފެށުމުން ޔައިޝާ އޭނާއަށސް ޒިވްޔަންގެ ގުޅުމުގެ ވާހަކަ އޭނާގެ މައިންބަފައިންނާ ހިއްސާ ކޮއްލިއެވެ. އެމީހުންވެސް މިކަމަށް އުފަލާއެކު އާނ ބަސް ބުނުމުން ޔައިޝާ ހުރީ ނުހަނު އުފަލުންނެވެ.

ޔައިޝާ އެތަނުން ދިޔައީ ޒިވްޔަންގެ ކޯލެއް އައުމުންނެވެ. ޒިވްޔަން އެދުނީ ވަރަށް އަވަހަށް ހަނާމެން ގެއަށް އައުމަށެވެ.

ޔައިޝާ އެގެއަށް ދިޔައިރު ހަނާއާ ހުސްނާގެ އިތުރުން އާނިޝްއާ އާނިޝްގެ މަންމަ އަދި ބައްޕަ ވެސް ތިއްބެވެ. ިވްޔަން ދިޔައީ އެމީހުންނަށް ވަކި ވަކިން ކޯލް ރިކޯރޑިންތައް ދައްކަމުންނެވެ. ޔައިޝާވެސް އެތާ ހަމަޖެހިލިއެވެ. އިރުކޮޅެއް ނުވަނީސް ހލްޔާންއާ ލާރާވެސް ސްކޫލް އިން އައިސް ވަނީ އެގެއަށެވެ.

ރިކޯރޑިންތައް އަޑުއަހާ ނިމުނު އިރު އާނިޝްއާ ހަނާ ތިބީ ގިިސްލެވޭ ހާލުގައެވެ. ހުސްނާގެ އިތުރުން އާނިޝްގެ މައިން ބަފައިންގެ ހަލަކީވެސް މިއެވެ.

“ދެން އަވަހަށް ސިފައިންނަށް އަނގަން ވީނު.. މިހެން ތިއްބާ އަނެއްކާ ކަންތައްތައް ގޯސް ވާނީ..” ހުސްނަ ބުނެލިއެވެ.

“ނޫން..އަދި ނުވޭ. ހަމަ އެކަނި މީގެން އުލްޔަން އެއް ނުބެދޭނެ. އޭނާ އެހުރިހ ކަމެއް ކޮއްފަ ވަކި ސަލާމަތެއް ނުވެވޭނެ..”ޒިވްޔަން ބުނެލިއެވެ.

“މިރެެއަށް ރެޑީ ވާން ވީނު..މަ ވެސް ދާަނަން ޒިވްޔަންއާ އެކީ..އުލްޔާންއަށް ފައިސާ ހަވަލު ކުރަން ދާއިރު” އާނިޝް ބުނެލިއެވެ. އަދި އާނިޝްގެ ރައްޓެހި ޕޮލިހަކާ ގުޅި މިރެއަށް ގިނަ ކަންތައްތަކެއް މަޝްވަރާ ކުރިއެވެ.

“އެހެންވީމަ މަ މިރޭ އެކްސްޓްރާ ކެންސަލް…ލާރާ ބުނޭ މިސް ކައިރީ މަ އެބައޮތޭ ހުން އައިސް” ހިލްޔާން ބުނެލިއެވެ.

“ލޮލް…ނަސީބަކުން މިސް ކައިރީ ދޮގު ހަދާކަށް ނުޖެހުން.. މިރޭ އެކްސްޓްރާ ނޯވެ.. ހުސްނާއްތާ..މި ހިލްޔާން ކްލާހުގަ ނިދަނީ.. އަޑެއް ވެސް ނާހާ” ލާރާ ހުސްނާ ކައިރީ ޝަކުވާ ކޮއްލ ކުޑަ ކުއްޖެއް ފަދައިންނެވެ.

ޒިވްޔަންއާ އާނިޝް މިރެއަށް ތައްޔާރީތައްވީ ހިލްޔާންވެސް ބައިވެރި ކޮއްގެންނެވެ. ހިލްޔަންވެސް ހުރީ ނިކަން ފޯރިޔާއެކު މިކަމަށް ވަރަށް ޝައުގުވެރި ވެގެންނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

sunflower girlll

Level 210 Stories100 Login

Other Articles

Previous

ލޯތްބައް އެދެމޭ 5

Next

ނުވާނަން ތަފާތެއް 4

Next
June 25, 2022

ނުވާނަން ތަފާތެއް 4

Previews
June 25, 2022

ލޯތްބައް އެދެމޭ 5



All Right Reserved!