*ޒިވްޔަން ފޯން ބޭއްވީ އެތައް ވާހަކައެއް ދެއްކުމަށް ފަހުގައެވެ. ޒާހިދު ފޯން ކަނޑާލުމުން ޖީބަށް ލާން އުޅެނިކޮށް ހަނދާންވި އެއްޗަކުން އަނެއްކާ ވެސް ފޯން ނަގާ ނަންބަރަކަށް ޑަޔަލް ކޮއްލިއެވެ. އެކޮޅުން ފޯން ނެގުމާއެކު އިވުނު އަޑުން ޒިވްޔަންގެ ހިތައް ގެނުވީ ނުތަނަވަސް ކަމެވެ.*
ޒިވްޔަން ވާހަކަ ދެއްކީ ނުހަނު ބިރުން ހުރެފައެވެ. ނަމަވެސް ޒިވްޔަންގެ ހިތުގައި މިކަން ކުރެވޭނެ ކަމުގެ އުއްމީދު އޮތެވެ.
ހަނާއާ އާނިޝް އެތައް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. އެތައް ދުވަހަކަށް ފަހުއެވެ. މިއަދު ހަނާގެ މަންމަ ވެސް އެކަން ހުއްޓުވާކަށް ނާންނާނެއެވެ. މިއަދު އާނިޝް އެގޭގައި އެއިނީ ހަނާގެ މަންމަގެ ރުހުމުގައެވެ.
ޒިވްޔަން ނުހަނު ބިރުން ހުރެފައިވެސް މިރޭ 9 އަކަށް އަންނަން ބުނީ ވަރަށް ހިތްވަރުންނެވެ. އޭނާއަށް ލިބިދާނެ ގެއްލުމަކަށް ނުވަތަ ވެދާނެ ގޮތަކަށް ވެސް ވިސްނާނުލައެވެ.
އިރުއޮއްސެމުން ދިޔަ ވަރަކަށް ޒިވްޔަންގެ ހިތުގައިވާ ނުތަނަވަސް ކަންވެސް އިތުރު ވަމުން ދިޔައެވެ. ނަމަވެސް ކެތްތެރި ކަމާއެކު އިންތިޒާރު ކުރަމުން ދިޔައީ 9 ޖަހާނެ އިރަކަށެވެ.
“ޒިވްޔަން..ތާކައް ދާންތަ ތިއުޅެނީ” ރީތިވެގެން ކޮޓަރިން ނުކުމެން ހަނާ ޒިވްޔަންއާ ސުވާލު ކޮއްލިއެވެ. ޖަވާބުގައި ޒިވްޔަން ހމމ އަކުން ފުއްދާލިއެވެ.
“އެކަމް ޔައީ ވެސް މިރޭ އުޅޭނީ ސްކޫލްގަ އެއްނު..” ހަނާ އަނެއްކާވެސް ބުނެލިއެވެ.
“އާނނ… މީ.. އަނެއް ބައްޕަ ބުނެގެން ކުޑަ ކަމަކު މިއުޅެނީ.. ” ޒިވްޔން ހާސް ވެފައި ހުރި ވަރުން ވާހަކަ ދެއްކުނީ ވެސް އަނގަ އޮޅި އޮޅިގެންނެވެ.
“ދޮންބޭ…. ކީއްވެގެންތަ ތިއުޅެނީ.. އަބަދު ކޮޓަރީގަ .. އަހަރުންނާއެކީ ނުވެސް ނުކުމެލާ..މަންމަ ވެސް އަބަދު އެހެން ކިޔަނީ..މިހާރު ކޮބާތަ އުލްޔާންބެ މެން… އެމީހުންނާ އެކީ ވެސް ނޫޅެމެންނު… އެކީއްވެޔޯ…ހަނާއްތަ މެން ގެއަށް ވެސް ނުދަމެންނު…ތިހެން ކޮޓަރީ އޮއްވާ ދެން ފެންނާނީ އާނިޝްބެ ހަނާއްތަ ގޮވައިން އުޅެނިކޮށް” ކާއިން ވާހަކަ ދެއްކީ ކައިޒަން އަބަދު ކޮޓަރީ އޮންނާތީއެވެ، އެދުވަހަށްފަހު ކައިޒަން ހުންނަނީ ނުހަނު ބިރުންނެވެ. އޭނާގެ ކަޅު ސަފްހާތައް ހުޅުވާ ލެވުން އެންމެ އިނގެން ބޭނުން ނުވާ މީހާގެ ކުރިމަތީގައެވެ. އެމީހުން އޭނާއާ މެދު މައްސަލަ ޖައްސާ އޭނާ ޖަލައް ގެންގޮސް ފާނެއެވެ. އަނެއްކޮޅުން ހުރީ އުލްޔާނެވެ. އޭނާއާ ދެބަސް ވުމަކީ އޭނާގެ ދިރިއުޅުން ބަރުބާދުވުމޭ ކައިޒަން އަބަދުވެސް ހިތައް އަރައެވެ. މިއަދު މިއޮތީ އެދުވަސް އައިސް ފައެވެ. އުލްޔާން އޭނާގެ ކަންތައް ފަޅާ އަރުވާލާނެއެވެ، މުޅި ރައްޔިތުންގެ ތެރޭގައި ފަޞީހަތް ކޮއްލާ އޭނާގެ ގަދަރު ވެއްޔާ މޮޑެލަފާނެއެވެ.
“ދޮންބޭ…. ކިހިނެއްތަ ވީ… މަށަށް ކިޔިދީބަލަ.. އެހެންޔާ ވެސް ކިޔަމެންނު..” ކައިޒަން އަނގައިން ނުބުނުމުން ކާއިން ބުނެލިއެވެ. ކައިޒަން ވަރަށް ހއްވަރު ކޮއްފައި ކާއިންއަށސް ހުރިހާ ވާހަކއެއް ކިޔައިދިނެވެ. ނަމަވެސް މިކަމުގއި ކާއިން އަށް ވެސް ވެވޭނެ އެހީއެއް ނެތެވެ..
ގަޑިން 9 ޖެހި އިރު ޒިވްޔަން ހުރީ އޭނާ ބުނި ތަނަށް އައިހެވެ. އެއީ ހަދަން ފާށާފައިވާ އިމާރާތެކެވެ. އިމާރާތުގެ ތެރޭގައި ވަނީީ ކަޅު އަނދިރި ކަމެވެ. ޒިވްޔަންގެ ފޯނުގެ ފްލެޝް ލައިޓް އިން އެޅޭ އައްޔެއް ފިޔަވާ އިތުރު އަލިކަމެއް އެތަކުނުވެއެވެ.
ހަނާ ބަލައިޅި ފޯން ވައިބްރޭޓް ވާން ފެށި އަޑަށެވެ. ގުޅަނީ ޒާހިދެވެ. ހަނާ ފޯން ނެގުމަށް ފަހު އެންމެ ފުރަތަމަވެސް ކޮއްލި ސުވާލަކީ ޒިވްޔަން ކޮބާަ ތޯއެވެ. ޒާހިދު ހީކުރީ ބޭބެގެ އޮޕަރޭަން ވަހަކަ ކުރިން ނުބުނުމުން ރުޅި އައިސް ހުރީ ކަމަށެވެ.
” ދިޔައީ ސީދާ ކޮންތާަކަށް ކަމެއް ނޭނގޭ… ބޭރަށް ގޮސްލަންށޭ ކިޔާފަ ދިޔައީ… ފޯން ޗާޖައް ޖަހާފަ ކަންނޭނގެވީ” ހަނާ ބުނެލިއެވެ. ޒިވްޔަން ހަނާގާތު ބުނެފައި ވަނީ ދަނީ އޭނާގެ ބައްޕަ ބުނެގެން ކަމަށެވެ. ނަމަވެސް ޒާހިދުވެސް އެގުޅީ ޒިވްޔަން ހޯދާށެވެ. އަނެއްކޮޅުން ޔައިޝާވެސް ނޫޅޭނެއެވެ. އެހެންވީމާ ޒިވްޔަން އަނެއްކާ އެދިޔައީ ކޮން ތަކަށް ބާއެވެ.
“ބޭބެ މިއުޅެނީ މާދަމާ ފުރަން” ޒާހިދު ބުނެލިއެވެ.
“ހމމ… ޒިވްޔަންވެސް ބުނި އަންނަން އުޅޭ ވާހަކަ… އެކަމް މާދަމާ އެކޭ ނުބުނެ” ހަނާ ބުނެލިއެެވެ.
“ހމމ… ޒިވްޔަން އަކަށް ނޭނގޭނެ މާދަމާ ކަމެއްދަނީ.. ޒިވްޔަން ކައިޜި ނުބުނާތި އިހައް” ޒާހިދު ވާހަކަ ދެއްކިއެވެ.
” ލައްބަ ބޭބޭ… ކޮންބައެއްތަ އަންނަނީ.. ދައްތަވެސް އާދޭތަ؟؟؟” ހަނާ ސވާލު ކއްލިއެވެ.
“ހމމ…ބޭބެއާ ދައްތައާ ދެން އަދި އުޅޭނެ މިގޭގަ ބޭބެއެއް،.. ޒިވްޔަން ނުކިޔާތަ؟؟؟ ދެން އެބޭބެވެސް ދާނެ އަހަރަމެންނާއެކު” ޒާހިދު ބުނެިއެވެ.
ފޯން ކަނޑާލުމުން ހަނާ ހިތައް އެރީ އެބޭބެގެ މަތިންނެވެ. އެބޭބެގެ ދިރިއުޅުން ކިޔައިދިން ފަހުން ހަނާއަށް އެކަމާ މެދު ވަރަށް ވިސްނެެއެވެ. ކޮންމެއަކަސް މިފަހަރު އެބޭބެއެއް ވެސް ފެންނާނެތާއެވެ.
ގަޑިން ނުވަގަޑި ބައިވި ބޮޑުވި އިރުވެސް އަންނަން ބުނި ފަރާތަކަށް ނާަދެވުނެވެ. ޒިވްޔަން އަށް ހީވީ އޭނާގެ އުއްމީދުތައް ފެނައް ދާހެންނެވެ، ކޮންމެ ގޮތެއް ވިޔަސް ޒިވްޔަން މިކަންތައް ކޮއްދޭން ބޭނުމެވެ.
ހިތާ ހިތުން އޭނާ އަށް ދިމާއަށް އެއްޗެހި ގޮވަން ފެށުނެވެ. މިހެން ހުއްޓާ ކުއްލި އަކަށް ޒިވްޔަން ސިއްސައިގެން ދިޔައީ ފަހަތުން ފިޔަވަޅު ތަކެއްގެ އަޑު އިވެން ފެށުމުންނެވެ. ޒިވްޔަންގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ.
“އުލްޔާންދޯ ކިޔަނީ” ޒިވްޔަން ބިރު ކަނޑުވާލާފައި ސުވާލު ކުރިއެވެ.
“ހޫން… މަމީ ކާކު ކަން އިނގެ އެއްނު..އެކަމަކު މަށަކަށް ނޭނގޭ ކައެ ތީ ކާކު ކަމެއް.. އަންނާށޭ ބުނީމަ މިއައީ.. މައެ ހީކުރީ އަދި އެތި ކޮޅެއް ދޭން ގޮލަޔަކު ގުޅީކަމަށް… އެކަމު ކައެ ފެނިފަ އިނގިއްޖެ ސޯލިހު ގޮލައެއް ކަން” އުލްޔާން އޭރުވެސް ހުރީ ހަމަޔަކު ނޫނެވެ.
“ތިއެއް ނޫނޭ… ކައިޒަން އާ އޮތީ ކޮން ގުޅުމެއް” ޒިވްޔަން މައުލޫ ހުޅުވާލިއެވެ.
“ހަހަހަ….ކައޭ ތީ ހަނާއާ އެކީ އުޅޭ ގޮލާ ދޯ..އާނ އިނގިއްޖެ..ހުސްނާ މެޑަމްއަށް ބަސްޓްވީ ދޯ.. ހަހަހަ މަށައް އިނގޭ ކައެމެން އެތާ ތިބި ކަން..އިނގި ގެންނޭ އެސޮރު ބަސްޓް ކޮއްލީ.. އޭ ހުސްނާ ވަރައް ނައްޓާފަތަ ހުރީ..އާނިޝްއަށް ސެޓު ވީ ދޯ؟؟ ހަހަހަ.. މައެ މޮޅެއް ނޫންތަ” އުލްޔާން އަށް ކިޔޭ ނުކިޔޭ ވެސް ނޭނގޭ ކަހަލަ އެވެ. އެއް ފަހަރު ރީއްޗައް ވާހަކަ ދައްކައިފިއްޔާ ދެން އިވޭނީ ބާރު ހިނިގަނޑެއް ޖަހާލާ އަޑެެވެ.
ޒިވްޔަން އިތުރައް އެތާ މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ. ގިނަ އިރު ވީ ވަަރަކަށް އުލްޔާން ދިޔައީ ހަމައިން ނެއްޓެމުންނެވެ. އެހެންކަމުން ފަހުން ވާހަކަ ދައްކާނީ ކަމަށް ބަލާ ޒިވްޔަން އެތަނުން ނުކުމެވޭތޯ ބެލިއެވެ. އަދި އުލްޔާން މަގަށް ނެރުމަށް ފަހު އެތަނުން އަވަހައް ދެވޭތޯ ބެލިއެވެ. ޒިވްޔަން އެގަޑީ އުލްޔާންއާ އެކީ ފެނިއްޖެ ނަމަ އަރާނީ ރީތި އަޑެއް ނޫން ކަން ޒިވްޔަން އަށް އިނގެއެވެ.
“ޒިވްޔަން … ކޮންތާކުން؟؟؟” ގެއަށް ވަން އިރު ގަޑިން އެގާރަ ޖަހައިފިއެވެ. ހަނާ އިނީ ޒިވްޔަން ގެއަށް އައީމަ ނޫނީ ނުނިދާށެވެ.
“އައްދެ..ހަނާ ނުނިދަންތަ އަދި ވެސް.. ބުނީމެއްނު ބައްޕަ ބުނެގެންނޭވެސް”
“އެހެންނުވާނެ ޒިވްޔަން… ކޮންހާ ދޮގެއް.. ޒާހިދުބެ ގުޅިއޭ..ބުނޭ.. ކޮންތާކަށް ގޮއްސަ ތިއައީ.. ޒިވްޔަންގެ ރައްޓެްސެއް ވެސް ނޫޅެ އެއްނު މިރަށުގަ.. ” ހަނާ ހުރީ ޒިވްޔަންދެކެ ނުހަނު ރުޅި އައިހެވެ.
“އަހަރެން ހީ ވެސް ނުުކުރަން ޒިވްޔަން ތި މަގުން ގޮސްފާނެ އެކޭ ވެސް…ޒިވްޔަން ބައްޕަ ގުޅިމް ދިޔައީ އާނިޝްއާ އެކު ޒިވްޔން ހޯދަން..ޒިވްޔަން ވަނީ އެތާ ހުރި ފަޅު ގެއަކަންނު.. މައްސަލަ އަކީ އެތަނަށް ވަނުމެއްް ނޫން..އުލްޔން.. އުލްޔާންގެ ގޮތް ޒިވްޔަން އަށް ހަމަ ރަނގަޅަށްވެސް އިނގޭނެ… އަހަންނަށް ހުރިހާ ދެރަ އެއް ދިން މީހަކީ އެއީ..”ހަނާއަށް ރޮއެވެން ފެށުނެވެ.
“ހަނާ އަހަރެން އެތަނަށް ދިޔައީ އެކަހަލަ ކަމަކު ނޫނޭ” ޒިވްޔަން ބުނެލިއެވެ.
“ކިހިނެއް ގަބޫލު ކުރާނީ… އޭރު ކިރިޔާ ދިހައެއް ޖެހީ މިހާރު އެއޮއް ބާރަޖެހީ..ދެން އެއޮއް ހާއިރު ތިބުނީ ފޮނި އަނގަ ތަޅަން ތިބީއޭތަ..ޒިވްޔަން އަމިއްލައަށް ވިސްނާލަބަލަ..މިރަށު މީހުންނަނީ ކަމެއް ނުފެނިފަ ތިބޭ ބައެއް.. މިރޭ ޒިވްޔަން އުލްޔާން އާ އެކީ އެހެން މީހަަށް ފެނުން ނަމަ އަޅެ މަޑުން ހުންނާނެތަ.. އޭރުން ލަދު ގަންނަން ޖެހޭނީ ޒިވްޔަން..ހުތުރު ނަން ލިބޭނީ ޒިވްޔަންގެ ބައްޕައަށް.. ޒާހިިދުބެ އެއީ މަޝްހޫރު ވިޔަފާރި ވެރިއެއް.. ޒާހިދުބެ ވާނެ ދެރައަކަށް އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟؟” ހަނާ ވާހަކަ ހުއްޓާލީ އަޑު ބެދުމުންނެވެ.
ހަނާ ވިސްނާލި ގޮތުން ޒިވްޔަން ހުރީ ހައިރާން ވެފައެވެ. ދެން އޭނާ ހަނާއަށް ވިސްނައިދޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Maasha allah vrh salhi mi part vx❤❤❤❤nxt part thankolheh dhigu kohlahcheyy puliiiiiish??