*”އާނިޝްބޭ ކީއްވީ.. ހިނނގާބަ އަހަރަމެން ގެއަށް” ހިލްޔާން ބުނެލީ މަޑުމައިތިރި ގޮތަކަށެވެ.
“ހަނާގެ ވާހަކަ މަ ކަ އިރީ ނުދައްކާ.. އޭނަ ކައިޒަން އާ އެކު ދޫކޮއްލާ.. ނެތިން އެދޭތެރެއަށް ވަންނާކަށް”އާނިޝް އަށް ބުނެވުނީ އެހިސާބަށެވެ.
ޒިވްޔަން އަށް ކައިޒަންގެ ނަން އަޑު އިވުނު ހިނދު ރުޅިގަނޑު ފަޅައިން ނުދިޔައީ ކިރިޔާއެވެ.*
“ދޮންބޭ…ތި ކިޔޭ އެއްޗެއް އިންގޭތަ…ރުޅި މަޑު ކޮއްފަ ފުރަތަމަ ވީ ގޮތް ބަލާބަލަ” ލާރާ ބެލީ އާނިޝް ހަމަޔަކަށް އެޅުވޭތޯއެވެ.
“އަހަރަމެންނާ އެކު ހިނގާބަލަދާން”ހިލްޔާން ބުނެލިއެވެ.
“ކޮންތާކަށް” އާނިޝް އަހާލީ އަަސަރެއް ނެތް ގޮތަކަށެވެ.
“އަހަަރމެން ގެއަށް”
“ނުދާނަން.. ހުސްނާއްތަ އަހަންނަށް ތިގެއަށް ވަނުން މަނާ ކުރި ދުވަހުން ފެށިގެން ވަދެފައެއް ނޯންނާނެ.. އަދި އަމުދުން މިހާރު ނުވަންނާނަން” އާނިޗް ބުނެލިއެވެ.
“ހުސްނާއްތަ ބުނެގެން” ލާރަ ބުނެލިއެވެ. އާނިޗް ދިޔައީ ސިހިގެންނެވެ. މި މިހުން ިކުރަނީ ކޮން ފަދަ ސަމަސާއެއް ބާއެވެ؟ އެކަމު އާނިޝް މިފަދަ ހާލެއްގައި އިންދާ އެމީހުން އެފަދަ ސަމާސާއެއް ކޮއްފާނެ ބާއެވެ؟
“ކީކޭ ކިޔަން ތިއުޅެނީ” އާނިޝް ވާނުވާ އޮޅުން ފިލުވަން ބޭނުން ވާ ފަދަ ގޮތަކަށް ބުނެލިއެވެ.
“ހުިހާ ކަމެއްވެސް އިނގޭނެ..ދެބަލ މޯނު ދޮވެލައިން ރީތި ވެލަން” ޒިވްޔން ބުނެލިއެވެ.
އާނިޝް ފާހާނާއަށް ވަނުމުން ލާރާ އުޅުނީ އެތަން ކުދަކޮށް ރރަމަތަ ކޮއްލާށެވެ. ލާާރާއާ އެކު ހިލްޔަންވެސް އެ މަސައްކަތުގައި ބައިވެރިވުމުން ޒިވްޔަން ހީލަހީލަ އިނެވެ.
އާނިޝް ފާަހާނާއިން ނުކުތީ ފެންވަރާ ތަޒާ ވެލައިގެންނެވެ. އޭރު އޮއްސިފައިވި މޫނަށްވެސް ވަނީީ ކޮންމެސް ވަރެއްގެ އުޖާލާ ކަމެއް ވެރިވެފައެވެ.
“ތެންކްޔޫ” ލާޔާައާ ހިލްޔާން އަށް ބަލައިލަމުން ބުނެލިއެވެ، އޭރު ކޮޓަރި ވަނީ ކުނިކަހާ ރީތި ކޮއްލާފައެވެ.
އިއްޔެއިން ސުރެ ޒިވްޔަން ފޯން ނުނގތީ ޔައިޝާ ހުރީ ވަރަށް ކަނބޮޑު ވެފައެވެ. ސްކޫލުގައި ބިޒީ ކަމުން ހަނަމެން ގެއަށް ދާނެ ވަގުތެއް ނޯވެއެވެ. އިތުރު ހަރަކާތްތަށް ފަށައިގެން އުޅޭތި ޔައިޝާއަށް އަބަދު ޖެހެނީ ކުދިނ ޕްރެކްޓިސް ކުރުމުގއި އުޅޭށެވެ.
“ޔައީ… ކޮން ދުނިޔެ އެއްގަ..” ކައިރީގައި އިށީންނަމުން އެ ސްކޫލުގެ ޓީޗަރެއް ކަމަށްވާ ޝަންޔާ ސުވާލު ކޮއްލިއެވެ.
” ކަމެއް ނުވެ..ހަމަ ވަރުބަލި ކަމުން ” ޔައިޝާ ހިނިތުން ވެލަމުން ވާހަކަ ދެއްކިއެވެ.
“އަން” ޔަންހާަ ދިއްކޮއްލީ ކާޑެކެވެ.
“މިޔޯ” ހައިރާން ކަމާ އެކު އޭގައި ހިފަމުން ޔައިޝާ ސުވާލު ކޮއްލިއެވެ.
“ވަޓް… ވެޑިން އޭ..އަދި އެވެސް އައިހަމްއާ.. އަންގަލުމެއް ވެސް ނެތޭދޯ.. ނުވެސް އިނގޭ ކަމެއް އަދި މީ” ޔައިޝާ ހުރީ ހަމަ ރަނގަޅަށްވެސް ހައިރާން ވެފައެވެ.
” ހމމ…އަދި މާ ގިނަ ދުވަހެއް ނުވޭ.. އެކަމް ދެމީހުންވެސް އެހ ގިނަ ދުވަހު ރައްޓެހި ވެގެން އުޅލެން ބޭނުން ނުވާތީ މިހެން މި ނިންމީ.. ދެން މިހރ އަނެއްހެން ހުރިހާ ކަމެއް ނިމުނީ.. ނެކްސްޓް މަންތްގަ މި ސްކޫލުން ކެނޑެން ފޯމް ލާނަން..” ޝަންޔާ ވާހަކަ ދެއްކިއެވެ.
“އެކަމަކު ދޯ… ޝަންޔާ ދިޔައީމް ވަރަށް ފޯހި ވނެ.. މިރަށު ދެމީހުންނޯ. ރަށުން ވަޒީފާ ލިބުނީމަވެސް މާލޭގަ ވިއްޔާ އުޅެން ތި ދަނީ.. ދެން އަދި އހަރމެންނަށް ސައި ދޭން ވެދާނެތީ އެތާ ޕާރޓީ ބާއްވަން..” ޔައިޝާ ރުޅި އަންނަހެން ހަދާލަމުނ ވާހކަ ދެއްކިއެވެ.
“ދެން ބުނެބ…ޔައީ އަދިވެސް ކައިވެނި ކުރާކަށް ނުވޭތަ،،، އަދި ވެސް ހަމަ ސްކޫލުގަ އުޅުންހެން ބަސް އަހައިން ފިރިހެން ކުއްޖަކާ ވާަހަކަ ވެސް ނުދައްްކާ ހުރީތަ،،ނޫނީ އަނެއްކާ ޕްރިންސިޕަލް އަބިކަނބަލުން ވަރި ކުރާނެ ދުވަހަކަށްތަ ތި އިންތިޒާރު ކުރަނީ” ޝަންޔާ ޔައިޝާޔާ ދިމާ ކުރަން ފެށިއެވެ
“ދެންްްނނނ….އައްޗީޑި…ޕްރިންސިޕަލް އާ އިންނަން ކާކުތަ އުޅެނީ..ޔައީވެސް މިހުންނަނީ ޝަންޔާ ހެދިހެން ހަދަން…ހުރެލާފަ އިންވައިޓް ކޮއްލާނަން އިނގޭ” ޔައިޝާ ބުނެލިއެވެ.
ސްކޫލްގެ އިންޓަވަލް ގަޑީގައި ޔައިޝާ މިސްރާބު ޖެހީ ހަނާމެން ގެއަ ދިމާއަށެވެ. ޒިވްޔަން ފޯން ނުނެގުމުން ޔައިޝާވަނީ މާޔޯސް ވެފައެވެެ.
ހަނާމެން ގެއަށް ވަން އިރު ބަޔަކު ވާހަކަ ދައްކަތީ ޔައިޝާ ކުޑަކޮށް މަޑު ޖެހުނެވެ.
“ލަދުވެސް ގަނޭ މާފަށް އެދެން ވެސް..އާނިޝް އާ މެދު ކަންތައް ކުރެވުނު ގޮތުން.. އެކަމް އެއީ ނޭނގުމެއްގެ ތެރޭގައި… މިއަދު ވަރަށް ދެރަވެސް ވެއްޖެ..” ހުސްނާ ދިޔައީ އާނިޝްގާތުން މާފަށް އެދުމުންނެވެ.
“ދައްތާ…އަހަރެންގެ ހިތުގައި ދައްތައަ މެދު އެއްވެސް ހިތްބުުރަ ަމެއް ނެް.. އަހަރެން އަބަދުވެސް ދައްތައަށް މާފް ކުރާނަން.. އެކަމް ކައިިޒަން އަސް އަހަރެން ދުވަހަކުވެސް ަފެއް ނުކުރާނަން..ކުޑަ އިރުއްސުރެ އެއީ އަހަރެން އެންމެ ނަފްރަތް ކުރާ މީހާަ…އެކް މީިހރު މާ ބޮޑަށްް ނަފްރަތް ކުރަން.. ޢޭނަ އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ކޮއްލައިފި. އެންމެން އަހަންނާ މެދު ދެކޭ ގޮތް ބަދަލް ކޮއްލައިފި” އާނިޝް ވާހަކަ ދެއްކީ އޭނާގެ މާޒީގެ ދުވަސް ތައް ހަނދާން ކުރަމުންނެވެ.
އޭރު ހަނާވެސް އިނީ ފެންކަޅި ވެފައެވެ. ޒިވްޔަންއާ ހިލްޔާަންވެސް ބަސް ހުއްޓިފައި ބަލަހައްޓައިގެން ތިއްބެވެ،
“ދެން އޮތީި އަހަރަމެންގެ ފަހަރު… ވަރަށް އަވަހައް ކައިޒަން އަށް މިކަމުގެ ސަޒާ ލިބޭނެ” ޒިވްޔަން ބުނެލިއވެ.
ޔައިޝާ ހުރީ އިވުނު ވާހަކަ ގަބޫލު ކުރަން ދަތި ވެފައެވެ. އޭނާއަށް ކުރިން ވެފއިވި ކަންކަން ހަނދާން ވާން ފެށި ކުއްލި އަކަސެވެ. ހނާ އުޅުނު ހާލެވެ. އާނިޝް ޔައިޝާގެ ގާތުން އެދުނު ކަންތައްޔކެވެ. ހަނާ ކައިރީ ކުރިާ އާދޭސް ތަކެވެ،
“ޔައިޝާ..” ހުސްނާ އަށް ޔައިޝާ ބޭރުގައި ހުއްޓާ ފެނުމުން ގޮވާލިއެވެ. ޔައިޝާގެ ނަން އިވުމުން ޒިވްޔަން ދިޔައީ ސިއްސައިގެންނެވެ.
“ކީއްވެ ބޭރަށް ނުވަދެ ތިހުންނަނީ” ހުސްނާ އަނެއްކާވެސް ސުވާލް ކޮއްލުއެވެ. “ކަމެއް ނުވެ” ޔައިޝާ މާ ބޮޑު ކަމަކަށް ނުހަދާ އެތެރެއަށް ވަނެވެ. ހަ ކުދިން ބޮޑު ވާހަކައިގައި ޖެހުމުން ހުސްނާވެސް ބަދިގެއަށް ދިޔައީ މެންދުރަށް ކައްކާށެވެ. އޭރު އޭނާގެ ހިތަށްވެސް ވަނީ ކޮންެމެސް ވަރެއްގެ ހަމަ ޖެހުމެއް ލިބިފައެވެ. ހަނާމެން މަޝްވަރާ ކުރަމުން ދިޔައީ ކައިޒަން ފަޅާ އަރުވާލާނެ ގޮތަކާ ދޭތެރޭގައެވެ.
“އާނިޝް…” އެންމެން ވާހަކަ ދައްކަ ދައްކަ ތިއްބާ ހަނާ ގޮވާލިއެެވެ. “ކިހިނެތް ވީ” އާނިޝް ބުނެލިއެވެ.
“ކޮންކަމަކާޔޯ ރުޅި އައިސް ހުރީީ” ހަނާ ސުވާލު ކޮއްލިއެވެ.
“ހަހަ … އެ ބަހައްޓާ .. ހަނާ ކައިރީ ނުކުންނާށޭ ކިޔާފަ ރޭގަ ނުކުތް ގަޑީ ފެނުނީ ކައިޒަން އާ އެއްކޮށް.. އެކަމާަ” އާނިޝް ކުރުގޮތަކަށް ކިޔައިދިނެވެ.
“އޮހްހް ނޯ…” ޔައިޝާ ގަޑިއަށް ބަލައިލަމުން ބުނެލިއެވެ.
“ކީއްވީ” އެންމެންނަށް ސުވާލު ކޮއްެލެވުނީ އެއްފަހަރާއެވެ. އޭރު އިންޓަވަލް ގަޑި ނިމި ކިތަންމެ އިރެއް ވެއްޖެއެވެ.
“އަން…މިއޮތީ ތަޅުދަނޑި..ދޭ ޔއި ލައިދެން… ލާރާމެން ގޭ ކައިރީ އެއިނީ ސައިކު” އާނިޝް ތަޅުދަނޑި ދެމުން ބުނެލިއެވެ. ޒިވްޔަން އަވަހަށް ބެލީ ޔައިޝާ ސްކޫލަށް ގެންދެވޭތޯއެވެ.
“ހަލޯ” ކުއްލި އަކަށް ޒާހިދުގެ ފޯންއެއް އައުމުން ޒިވްޔަން ދިޔައީ ސިއްސައިގެންނެވެ، އޭނާގެ ބއްޕަ އަށް ފޯން ނުނަގައިގެން އުޅޭތާ ތިން ދުވަސް ވީ އެވެ. އަބަދު ފޯން ނިއްވަލާފައެވެ . ފޯން ނެގި ގޮތަށް ތުއްތު ކުއްޖެއް ފަދައިން ޒިވްޔަން ފެށީ ޝަކުވާ ކުރާށެވެ.
“ދަރިފުޅާ….އދިވެސްް ބޮޑެއް ނުވޭ ދޯ… އިރާދަ ކުރެއް ވިއްޔާ ވަރަށް އަވަހަށް ތި ކޮޅަށް ދަންނ.. ﷲ އިރާަދަ ފުޅާއެކު ބޭބެގެ ހާލުވެސް ރަނގަޅު.. އޮޕްރޭޝަން ކާމިޔާބު” ޒާހިދު ވަރަށް އުފާ ވެލާފައި ވާހަކަ ދެއްކިއެވެ.
“ވަޓް… ބައްޕާ..ކީކޭ ތި ކިޔަނީ.. ބައްޕަ މޮޔަ ވީ ތަ..ކޮން އޮޕްރޭޝަނެއް؟؟؟” ޒިވްޔަން ހުރީ ހަމަ ރަނގަޅަށް ވެސް ވާނުވާ ނޭނގިފައެވެ.
“ދަރިފުޅާ.. ބޭބެ އަކީ އަބަދުވެސް ހިތުގެ މައްސަލަ ހުންނަ މީހެއް… ދަރިފުޅަށް އިނގެ އެއްނު ވރަށް ކުދި ކުދި ކަންކަމާ ވެސް ބޭބެ އުޅެ އެއްނު ވަރަށް ދެރަ ވެގެން… އެއީ އެހެންވެ.. ބައްޕަ ބުންމެއްނު ދަރިފުު ކުޑަ އިރުވެސް ބޭބެ ދެރަ ވާ ގޮތައް އެއވެސް ކަމެއް ނުކުރާށޭ،..”ޒާހިދު ކިޔަމުން ދިޔައީ ޒިވްޔަން އަށް ނޭނގޭ ވާހަކަ ތަކެވެ.
” އެކަމް ދަރިފުޅު މިކަމާ ހާސް ނުވޭ..މިހާރު ރަނގަޅު.. ބޭބެ ބޭނުން ނުވީ ދަރިފުޅު މިކަމާ ބޯ ގޮއްވަން. އިނގޭ ބުނެފިއްޔާ އަންނާނެކަން…މާދަމާ މާލެއަށް ދަން ފުރަން.. ބޭބެ އަށް މިހަރު އޮތީ ނިދިފަ،، ދަރިފުޅު ފޯން ނުނެގީމަޔޯ އެދިޔައީ ވެސް ނިދަން” ޒާހިދު މިހެން ބުނުމުން ޒިވްޔަންއަށް ފޯން ބަލައި ލެވުނެވެ. އޭރު އެއީ ޒިވްޔަން ޔައިޝާ ލާން ދިޔަ ގަޑި ކަމުން ފޯން އަށް ގުޅި ކަމެއް ނޭނގުނީ އެވެ.
ޒިވްޔަން ފޯން ބޭއްވީ އެތައް ވާހަކައެއް ދެއްކުމަށް ފަހުގައެވެ. ޒާހިދު ފޯން ކަނޑާލުމުން ޖީބަށް ލާން އުޅެނިކޮށް ހަނދާންވި އެއްޗަކުން އަނެއްކާ ވެސް ފޯން ނަގާ ނަންބަރަކަށް ގުޅާލިއެެވެ . އެކޮޅުން ފޯން ނެގުމާއެކު އިވުނު އަޑުން ޒިވްޔަންގެ ހިތައް ގެނުވީ ނުތަނަވަސް ކަމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Masha Allah vrh rythi next part kon irakun
thank uu….nxt prt 27 ah up kureveythww balaanan in sha allah…mi dhuvas kolhu busy kamun up nukurevenyy
Issokay Sunflower girl busy dhuvas thah vx annaane exam thah feshengaa bxyyy vaane dhwwwwwww 27 ah inthixaaru gaa
yh…exam vx kiri vejje…n school ga ehn activities thakeh othyma maa busy vgn miulhenyyy
Good
Nice