” އެނގޭތަ ދުއާގެ ބޯއިފްރެންޑްވެސް އެއީ ޑޮކްޓަރެއް… ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާނީ.. މިވަގުތު ހުރީ އެހެން ރަށެއްގައި.. ޑރ ލޫކަން އޭނާއަށް ކިޔާނީ.. ” ތާރާގެ ފަހު ޖުމްލައާއެކު ރާނީ ހުއްޓުން އެރިއެވެ. ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ރާނީ ހުއްޓުމުން ތާރާ ބަލައިލިއެވެ. ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. ” ތިބުނީ ދުއާގެ ބޯއި ފްރެންޑަށް ކިޔަނީ ލޫކަންއޭ ތަ؟ ” އިތުރަށް ޔަގީންކޮށްލުމުގެ ގޮތުން ރާނީ އަހައިލިއެވެ. ” ހްމްމް ލޫކަން.. […]
” ހްމްމް އޯކޭ ބައި.. ލަވް ޔޫ..” ދުއާ ހިނިތުންވަމުން ބުންޏެވެ. ” ބައި.. ޓޭކް ކެއަރ..” އެހެން ބުނުމަށްފަހު ލޫކަން ފޯނު ބޭއްވިއެވެ. ފޯނު ބޭއްވިއިރު ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ދުއާގެ މޫނުމަތިން ފެންނަން ހުއްޓެވެ. ލޫކަން ކިޔަވަން ބޭރަށް ގޮސްފައި އައި ފަހުން އޭނާއަށް ބަދަލުތަކެއް އައިސްފައި ހުރިކަން ދުއާއަށް ފާހަގަ ކުރެވެއެވެ. އޭގެ ކުރިން ލުއި ގޮތަކަށް ގައިގައި ބައްދާލުމާއި ލޯބިވާ ވާހަކަ ބުނުމަކީ ލޫކަން އަށް އުނދަގޫ ކަމެއް ނޫނެވެ. އެހެނަސް […]
އެއަށްފަހު ކުޑަދޮރު ކައިރިއަށް ގޮސް ދަމާފައިވާ ދޮރުފޮތި އެއްފަރާތް ކޮށްލިއެވެ. ދޮރު ހުޅުވައިލުމަށްފަހު ތިރިއަށް ބަލައިލިއިރު ފެންނަނީ މާލޭގެ ހަލަބޮލި މަގެކެވެ. ދޮރުގައި ޓަކި ދިން އަޑުއިވުމާއެކު ރާނީގޮސް ދޮރު ހުޅުވައިލިއެވެ. ފޮށި ހިފައިގެން ހުރި ޖަވާދު އެތެރެއަށް ވަދެ ފޮށި ބެހެއްޓިއެވެ. ” ސައި ހެދިފަ ހުރީ.. ހިނގާ އިހަށް ސައިބޯން ދާން..” ނިކުތުމުގެ ކުރިން ޖަވާދު އެދުނެވެ. ރާނީވެސް ބޯޖަހައިލުމަށްފަހު ޖަވާދާއެކު ކޮޓަރިން ނިކުތެވެ. ********** އިރުއެރުމާއެކު ޔާނިޝް ރަފާއާ ބައްދަލު ކުރިއެވެ. ކަންތައްވީ […]
” ނޭނގޭ ދޯ.. އޭނަ އަހަރެންނަށް ވަރަށް ކެއާރ ކުރާކަން އެނގޭ.. ހިތް އޮތްގޮތް ބުނާކަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭ…” ހިޔާލަކަށް ގެއްލިފައި އިނދެ ރަފާ ބުންޏެވެ. އެމަންޒަރު ފެނި ސާރާ އަށް ހީނލެވުނެވެ. ***************** ފެންވަރައިގެން ނިކުތް ނީޒާ ފާރުގައިވާ ގަޑިއަށް ބަލައިލިއެވެ. ދިހައެއް ޖެހިއިރުވެސް ހާރޫން ގެއަށް ނާންނާތީވެ ފޯނު ނަގާ ހާރޫނަށް ގުޅައިލިއެވެ. ” ކޮންއިރަކުތަ ގެއަށް އަންނަނީ… ލަސްވިއްޔާ ހާރުންގެ މަންމަ ހުރިހާ ސުވާލެއް ކުރިމަތި ކުރާނީ އަހަރެންނަށް.. ޔަގީންތަ އޮފީހުގައިކަން […]
” އަހަރެން މިއަންނަނީ ލޫކް…. ހޯދަން ވަރަށް އުނދަގޫވާނެކަން އެނގޭ.. އެކަމަކު ފަރުވާލެއް ނެތް.. ލޫކް ހޯދަން ކޮންމެ ފަދަ މަސައްކަތެއް ކުރަން ޖެހުނަސް އަހަރެން މިހިރީ ތައްޔާރަށް.. ” އެފޮޓޮއަށް ބަލަހައްޓައިގެން އިނދެ ރާނީ އޭނާގެ އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔައިލިއެވެ. ފްލައިޓުން ފޭބުމާއެކު ރާނީ ހަށިފުރާ ނޭވައެއް ލިއެވެ. އަމިއްލަ ވަޒަނަށް އާދެވިއްޖެކަމުގެ އިހުސާސް ކުރެވުމާއެކު ތުންފަތަށް ވެރިވީ ތަފާތު ހިނިތުންވުމެކެވެ. ހަތަރު ފަރާތަށް ނަޒަރު ހިންގައިލެވުނު ހިނދު އެދެލޯ ވިދައިގަތީ ލިބިފައިވާ އުފަލެއްގެ […]
” އަހަރެން ދަނީ ރަޔަން.. ވަރަށް މިސްވާނެ.. އެކޮޅަށް ގޮސް ގުޅާނަން އިރާދަކުރެއްވިއްޔާ..” އަމިއްލަ ނަފްސަށް އިވޭ ވަރަށް ރާނީ ބުނެލިއެވެ. އެއަށްފަހު ގޮސް ގެއިން ނިކުމެ ދޮރު ލައްޕައިލިއެވެ. ************ ދުއާ އަށް ގެއަށް އާދެވުނި ރޭގަނޑު ވަރަށް ލަސްވެފައި ހުއްޓައެވެ. އެންމެ ފުރަތަމަވެސް ދުއާ ގޮސް ވަނީ ރިޒާ ބާއްވާފައި އޮންނަ ކޮޓަރިއަށެވެ. އެ ކޮޓަރިއެކޭ ކުޑަވަރެއްގެ ހޮސްޕިޓަލެކޭ އެއްގޮތެވެ. އެކި ދިމާލުން ފެންނަނީ މެޑިކަލް ސާމާނުތަކެވެ. ވެންޓިލޭޓަރުގެ އެހީގައި އޮތް ރިޒާގެ ބޮލުގައި […]
އެގޭގައި އެހުރިހާ ދުވަހު ހުރިއިރުވެސް ބަދަލުގައި އެއްވެސް އެއްޗެއް ދޭކަށް ރިޒާ ނުބުނެއެވެ. އެހެންނަމަވެސް އޭނާގެ ބަލި ހާލަތު ބޮޑުވާން ފެށުމުން ހަޔާތުގައި ފުރަތަމަ ފަހަރަށް ލޫކަން ކައިރީގައި ރިޒާ ކަމަކު ބުންޏެވެ. އެއީ ދުއާ އާ ކައިވެނިކުރުމެވެ. ލޫކަން އެކައިވެންޏަށް އެއްބަސްވީ ހިތްމަތީގައި ހިލަގަނޑެއް ބޭއްވުމަށްފަހުގައި ކަން އެނގެނީ ދުންޔާއަށް އެކަންޏެވެ. ދުއާވެސް ލޫކަންއާ ގަޔާވާކަން ލޫކަންއަށް އެނގުނީ އެހިސާބުންނެވެ. ދުއާގެ ހިތްހަލާކު ކޮށްލާނެ ހިތްވަރުވެސް ލޫކަންއަށް ނުލިބުނީއެވެ. ދުއާ އަކީ އެންމެ ކުޑައިރުއްސުރެން ފެށިގެންވެސް […]
” ދެން ބުނެބަލަ.. އަދިވެސް މެރީ ކުރާ ދުވަހެއް ހަމަނުޖައްސަންތަ؟ އައި ކާންޓް ވެއިޓް ޓުބީ އަ ބްރައިޑްސްމެއިޑް..” ހުވަފެނީ ގޮތަކަށް ތާރާ ބުންޏެވެ. އެހިނދު ދުއާ ހީނލިނަމަވެސް މޫނުމަތި މިލައިގެން ދިޔަތަން ތާރާ ދުއްޓެވެ. ” ލޫކް ހުރީ މާދަންވެސް މެރީ ކުރަން ތައްޔާރަށް.. އެކަމަކު ކާފަ އެޙާލުގައި އޮއްވައި އަހަރެން ކިހިނެއް މެރީ ކުރާނީ.. ކައިވެންޏަކީ އަންހެނެއްގެ ހަޔާތަށް އަންނަ އެންމެ އުފާވެރި އެއް ދުވަސް.. އެފަދަ ދުވަހެއްގައި އަހަރެން ބޭނުންވޭ ކާފަ އަހަރެން […]
ސާދަ ވިލޭރޭގެ ފުރިހަމަ ހަނދުން ދުނިޔެމައްޗަށް ވަނީ ތަފާތު ރީތި އަލިކަމެއް ވެރިވެފައެވެ. ކޮޓަރިން ބެލްކަންނަށް ނިކުމެވެން ހުންނަ ބޮޑު ދޮރު ދެފަރާތަށް ކަހައިލުމަށްފަހު ރާނީ ނިކުތެވެ. ބުރުހަމަ ހަނދަށް ނަޒަރު ދަތުރުކޮށްލުމާއެކު އޭނާގެ ތުނި ތުނި ދެތުންފަތަށް ވެރިވީ ހިތްތައް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ. ރެއިލިންގް ދެއަތް އަޅުވައިލުމަށްފަހު ފަސްވަނަ ބުރިން ތިރިއަށް ރާނީ ބަލައިލިއެވެ. އަބަދުވެސް ހަލަބޮލިވެފައި އޮންނަ މަގުމަތި މިރޭވެސް ވަނީ ހަލަބޮލިވެފައެވެ. ދުރުން ފެންނަމުން ދިޔައީ ދުބާއީގެ ޖުމެއިރާ ބީޗް ރެސިޑެންސްގެ […]