ތި ލޯބި-15
އަހަރެން އެއަރޕޯޓަށް ދިއުމަށްފަހު ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމައިގެން އިންދާ ފުރަން ދިއުމަށް ގޮވަންފެށިއެވެ. އަހަރެން އަވަހަށް އަހަރެންގެ އެއްޗިހި ހިފައިގެން ފުލައިޓަށް އަރަން ދިޔައީމެވެ. ގިނަ އިރު ތަކެއް ނުވަނީސް ބަހުގެ އެހީގައި ފުލައިޓުގެ ދަތުރުވެރީން ފުލައިޓާ ހަމައަށް ގެންގޮސް ދިނެވެ. ބަހުން ފޭބުމަށްފަހު ފުލައިޓަށް އަރައިގެން އަހަރެމެންގެ ދަތުރު ފެށީމެވެ. އަހަރެންގެ ހަޔާތް އެކުއެކީ ބަދަލުވީކަމުގެ އިހުސާސް އަހަރެންނަށް ކުރެވެމުން ދިޔައެވެ.
އަންނަ މީހުންގެ ގިމަތައިން އަހަރެން ނިކުމެގެން އައި އިރު އާއިލާ އެކަކު ވެސް ނެތެެވެ. ވާނީ ވެސް އެހެން ތާ އެވެ. އަހަރެން އެކަކު ގާތު ވެސް އަންނަ ވާހަކަ އެއް ނުބުނަމެވެ. އަހަރެން ފެނުމުން އެމީހުންގެ މޫނު މަތިން އަރާ ފައިބާނެ ކުލަތައް ބަލައިލާ ހިތުން އަހަރެން ހުރީ ކެތްމަދުވެފައެވެ. އެއަރޕޯޓުން ނުކުމެގެން އަހަރެން ދިޔައީ ރަށަށް ދިއުމައްޓަކައި ކަނޑު މަތީ އުޅަނދަކާ ދިމާލަށެވެ. ނަސީބު ކިތަންމެހައި ވެސް ރަނގަޅެވެ. މިއަދު ރަށަށް ޖައްސާ ލާންޗެއް ފުރައެވެ. އަހަރެންނަށް ޓިކެޓެއް ވެސް ލިބުނެވެ. ވީ އުފަލެއްގެ ބޮޑު ކަމުން އަވަހަށް މުދާތައް ލާންޗަށް އެރުވީމެވެ. އަދި ސައި ބުއިމަށް އަހަރެން ރެސްޓޯރެންޓަކަށް ދިޔައީމެވެ. ސައި ބޮއެގެން ނިކުމެވުނު އިރު ފުރަން ދާކަށް މާ ގިނަ އިރުތަކެއް ނެތުމުން އަހަރެން ދެން ދިޔައީ ލާންޗަށް އެރުމަށްޓަކައި ބަނދަރު މައްޗަށެވެ.
ދަތުރު ފެށިއްޖެއެވެ. އަހަރެންގެ މަންޒިލަކީ މިހާރު އަހަރެންގެ އުފަން އެ ނަލަ ރީތި ރަށެވެ. މާގިނަ އިރުތަކެއް ނުވަނީސް ލާންޗު އެ ނަލަވި ސާފު އަހަރެންގެ ރަށަށް ބަނދަރު ކުރިއެވެ. އެއީ ހަވީރުގެ ވަގުތެވެ. އަހަރެން ލާންޗުން ފައިބަިގެން ހުރީ މުދާތައް ބާލަން ދެނެވެ. ރަށް ވަރަށް ވެސް ތަފާތެވެ. ހިތްގައިމެވެ. ހަމަ އެހައިމެ ފެހިކަން ވެސް ގަދަވެފަ ނަލަ ތާޒާ ވައި ގައިގާ ބީހިލާ އިރު އިޙުސާސު ބަޔާން ވެސް ކޮށްދޭން ނޭނގެއެވެ. މުދާތައް ބޭލުމުން އަހަރެންގެ ފޮށި ހިފައިގެން އަހަރެން ހިނގައިގަތީ އަހަރެންގެ ގެއަށެވެ. ކުޑައިރުގެ އެ ހަލަބޮލި މާހައުލަށެވެ.
ހިނގާލައިފާ ގެއާ ދިމާލަށް ދިޔައިރު ބޮލު ތެރޭގައި އެތަށް ހަނދާންތަކެއް އެނބުރެމުން ދިޔައެވެ. އެހެން ދަމުން ދަމުން އަހަރެންނަށް ހުއްޓެވުނީ އަހަރެންގެ ގޭ ދޮރުމަތީގައެވެ. އެ ވަގުތު ގޭ ދޮރާށި ކައިރީގައި ހުރި ޖޯލި ފަތީގައި އަހަރެންގެ މަންމާއި ކޮއްކޮއާއި ކުޑަ ދައްތަ އިނެވެ. ހަވީރުގެ އަރާމު ވަގުތުގައި ފިނި ކޮށްލުމަށެވެ. މަންމަ އަށް އަހަރެން ފެނުމުން ހީވީ ކަރަންޓު ޖެހުނު ހެނެވެ. މައީ އާއި ކުޑަ ދައްތަ އަށް ވެސް ވީ ހަމަ އެ ވަރެވެ. އެންމެން އެހެން ތިބުމުން އަހަރެންގެ ހިނި ގަނޑު ދިޔައީ ފަޅައިގެނެވެ. “އައިމް ބެކް” އަހަރެން ބުނެލީމެވެ. “އޯހޯ… ވެލްކަމް ވެލިކައި” މައީ އުފަލުން ބުނެލުމަށްފަހު ސަމާސާ ކޮށްލިއެވެ. އެންމެން ވެސް ހިނިތުން ވެލިއެވެ. އެ ހިނިތުން ވުމުގައި ހުރި އުފާވެރި ކަން ދޭހަ ވާކަށް އަހަރެންނަށް މާ ގިނަ އިރު ތަކެއް ނުނެގިއެވެ. އެންމެން އެކީ އެތެރެއަށް ގޮސް އެކި ވާހަަކަ ތައް ދެއްކީމެވެ. އެއަށްފަހު މާލަސް ވާތީ އަހަރެން ދިޔައީ އަރާމު ކޮށްލާށެވެ.
އަހަރެންނަށް ހޭލެވުނީ ކޮޓަރީ ދޮރުގައި މީހަކު ޓަކި ޖަހާ އަޑަށެވެ. އަހަރެން އަރާާމުކޮށްލަން ޖައްސާލި ތަނާ ނިދުނީއެވެ. އަހަރެންނަށް ހޭލެވުނު އިރު ގަޑިން އިރު އޮއްސިގެން ގޮސް 8 ޖަހައިފިއެވެ. އަހަރެން ގޮސް ދޮރު ހުޅުވާލި އިރު ހުރީ މައީ އެވެ. “މަންޖެ ގާތު ކާން އަންނާށޭ ބުނަން މިއައީ… އާދޭ އެންމެން އެބައުޅޭ ކާން!” މައީ ބުނެލިއެވެ. އަހަރެން އާއެކޭ ބުނެ ތައްޔާރު ވެލައިގެން ކިޔަވަން ގޮސްފައި ހުރި އިރު ގަތް ތަރުކާރީ ކޮޅު ހިފައިގެން ކާގެއަށް ދިޔައީީމެވެ.
ކެއުމަށް ތައްޔާރު ކޮށްފައި ހުރީ ބަތާއި، ގަރުދިޔާއި، ފިހުނު މަސް އަދި އަހަރެން ގެންދިޔަ ތަރުކާރީން ތައްޔާރު ކޮށްފައިވާ ސެލެޑެކެވެ. ކައިގެން އަހަރެން ތަށީ ދޮވެލައިގެން ގޮސް ބޭރު ޖޯލީގައި އިށީނދެލީމެވެ. މާގިން އިރު ތަކެއް ނުވަނީސް މައީ ވެސް އައެވެ. ” ހިނގާލަން ދާނަން؟” އަހަރެން މައީ ގާތު އަހާލީމެވެ. މައީ ހިނިތުންވެލައިފާ ތެދުވިއެވެ. އަދި އަހަރެން ވެސްަ ދިއުމަށް ތެދުވެލީމެވެ.
“މައީ، ނައު އައި ކޭން ޓްރީޓް އަދާސް ޕްރޯ ކޮށް” އަހަރެން ގެ އެ ވާހަކަ ބުނި ފުރަތަމަ މީހަކަށް މައީ ހެދީމެވެ. ” އޯ ސީރިއަސްލީ… ވޯއ، ޕްރައުޑް އޮފް ޔޫ!” މައީ ވަރަށް އުފަލުން ބުނެލިއެވެ. އަދި އެއްވެސް މީހެއް ގާތު ނުބުނުމަށް އަހަރެން މައީ ގާތު އެދުމުން މައީ އުފަލުން އެއްބަސް ވެލިއެވެ. “އަނީމްބެ އަށް ވެސް އަދި ނޭނގޭނެ ތަ؟” މައީ އަހާލިއެވެ. އަހަރެން އާއެކޭ ބުނުމަށް ބޯޖަހާލީމެވެ. ރަށަށް އައިކަމެއް ވެސް ނޭނގޭނޭ ކަމަށް އަހަރެން މައީ ގާތު ބުނީމެވެ. މައީ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.
ހިނގަމުން ހިނގަމުން ދަނިކޮށް ދެ މީހުން ފެނުނެވެ. ފެންނަ ފެނުމަށް ވައްތަރުވަނީ ދެ ލޯބި ވެރީންނަށެވެ. އަހަރެންނަށް އުފާވެރި ހިނިތުން ވުމެއް މޫނުމައްޗަށް ގެނެވުނެވެ. އެ ދެ ލޯބި ވެރީން ފެނުމުންނެވެ. އެ ފިރިހެން މީހާއި އަންހެން މީހަ ދަންނަ ވައްތަރެއް ޖަހައެވެ. ކާކު ބާވައޭ އަހަރެންގެ ހިތަށް އެރުމުން އެ ކާކު ކަން އެނގެން ބޭނުން ވިއެވެ. އަހަރެންނަށް އެ ދެމީހުން އެނގުނެވެ. އަހަރެންނަށް ހުރެވުނު ތަން ވެސް ނޭނގުނެވެ.
<ނުނިމޭ>
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

