Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި-14

Amee_sher Level 110 Stories
May 13, 2022 2 Mins Read
0 Comments

ޖެހިގެން އައި ދުވަހެވެ. އަހަރެމެން އެންމެން ސުކޫލަށް ދިއުމަށް ނިންމީ އެއްކޮށެވެ. އާއެކެވެ. އިއްޔެ އެއްކޮށް އުލުނު ކުދިންތަކާ އެކުގައެވެ. ކުދިންތައް ތިބީ އެންމެން އެއްކޮށް ނޫނީ ނަތީޖާ ނުބެލުމަށް ނިޔަތް ގަނެގެން ކަހަލައެވެ. އާއެކެވ. އެކަކު ވެސް އެ ގަނޑެއް ނުބަލައެވެ. ނަމަވެސް އެންމެންނަށް ނަތީޖާ ލިބުމުން ގުނުމަށްފަހު އެންމެންގެ ގަނޑު ބަލައިލިއެވެ. އެއްބަޔަކު އުފަލުން ނަށަނީއެވެ. އަނެއް ބަޔަކު ބަސް ހުއްޓިފަ ޖެހި ބުދެއް ފަދައިން ހުއްޓުން އަރާފަ ހުރިއެވެ. ދެން ތބި މީހުން އަޑުން އަޑު ނަގާފަ ރޮނީއެވެ. އަހަރެންގެ ނަތީޖާ ފެނިފައި އަހަރެންނަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ލަމްއަށް ވެސް އަހަރެންގެ ނަތީޖާ ފެނުމުން ވީ ހަމަ އެވަރެވެ. އާށޯޙު ވެފައި ހުރެވުނީ ބުނާނެ އެއްޗެއް ވެސް ކަންތައް ކުރާނެ ގޮތެއް ވެސް ނޭނގިފައެވެ. ނަތީޖާ ކިތަންމެހައި ވެސް ރަނގަޅެވެ. އެންމެ މަތިން މާކުސް ލިބުނުކުދިންގެ ތެރޭގައި އަހަރެން ހިމެނެއެވެ.

އެންމެންގެ ފަރާތުން މަރުޙަބާގެ ތަހުނިޔާ އޮހެމުން ދިޔައީ އިންތިހާއަށެވެ. އަހަރެންގެ އުންމީދުތައް ފުރިހަމަ ވަމުން ދަނީ ކިތަންމެހާ ވެސް ރަނގަޅަށެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. އަވަހަށް ރަށަށް ދިއުމަށް ހިތް އެދެން ފެށިއެވެ. ވާނީ ވެސް އެހެންތާއެވެ. އާޢިލާ މީހުންނަށް ދިމާނުވާތާ މިހާރު ކިތަންމެ ދުހެކެވެ. ސިކުންތު، މިނިޓަށް، މިނިޓުން ގަޑިއިރަށެވެ. މިހެން ގޮސް އެތަކެއް އަހަރުތަކެއް ފާއިތުވެގެން ގޮއްސިއެވެ. އެހެން ހިތަށް އެރުމުން ވެސް ރަށަށް ދިއުމަށް އެދެވޭ މިންވަރު އިތުރު ވެގެން ދެއެވެ.

ކުދިންތައް ތައްޔާރުވަމުން ދަނީ ރަށަށް ދިއުމަށްޓަކައެވެ. ކިޔެވުމުގައި ދިމާވި އާއެކުވެރީންގެ ފޯނު ނަންބަރު އެކަކު އަނެއްކަކަށް ހިއްސާ ކުރަމުން ދިޔައެވެ. ހަމައެހެންމެ އަހަރެނާއި ލަމްގެ ފޯނު ނަންބަރު ހިއްސާކުރީމެވެ. އަހަރެންގެ ދަތުރު މާދަމާ އޮތްކަމަށް ބުނެ ވައިބަރުން ޓިކެޓު އޮފީހުން މެސެޖު ކުރިއެވެ. އަހަރެން ނިންމީ އެންމެންނަށް ސަރޕްރައިޒެއް ދޭށެވެ. އަނީމް ވެސް އަހަރެންގެ އުފަން ރަށުގައި މިދުވަސް ކޮޅު އުޅޭ ކަމަށް ބުންޏެވެ.

ޑަކުޓަރަކަށް ވީ ކަމުގެ ސެޓިފިކެޓު އަހަރެންގެ އަތަށް އެރިއެވެ. ހުރިހާ ކަމެއް ނިމުމުން ރާއްޖެ އައުމަށް ޓިކެޓު ނެގޭތޫ އަހަރެން މަސައްކަތް ކުރީމެވެ. ނަސީބު ކަން ދިމާވި ގޮތުން މާދަމާ ރެއަކީ އަހަރެންނަށް ރާއްޖެ ދެވޭނެ ރެޔެވެ. ވީ އުފަލެއްގެ ބޮޑު ކަމުން އަހަރެންނަށް ބިމުގައި ފައިޖެހޭ ކަމަށް ވެސް ޝައްކުވިއެވެ. އަހަރެން ވަގުތުން ދަތުރަށް ތައްޔާރު ވެލީމެވެ. ފޮށި ތައްޔާރުކުރީމެވެ. ކެތްތެރިކަމެއް ނެތި އަހަރެންނަށް ތެޅި ފޮޅެވުނު ގޮތް ވެސް ނޭނގުނެވެ.

ރޭ އަޅުކަންތައް ނިންމުމަށްފަހު އަހަރެން ތައްޔާރު ވަމުން ދިޔައީމެވެ. ރާއްޖެއަށް މިރޭ 11 ޖަހާއިރު ފުރާ ފުލައިޓުން މިރޭ ރާއްޖެ އައުމަށްޓަކައެވެ. ތައްޔާރު ވާން ހުރެފައި ގަޑި ބަލައިލި އިރު 9 ޖެހީއެވެ. އަހަރެން އަވަސް އަވަހަށް ދިއުމަށް ނުކުތީމެވެ.

އަހަރެން އެއަރޕޯޓަށް ދިއުމަށްފަހު ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމައިގެން އިންދާ ފުރަން ދިއުމަށް ގޮވަންފެށިއެވެ. އަހަރެން އަވަހަށް އަހަރެންގެ އެއްޗިހި ހިފައިގެން ފުލައިޓަށް އަރަން ދިޔައީމެވެ. ގިނަ އިރު ތަކެއް ނުވަނީސް ބަހުގެ އެހީގައި ފުލައިޓުގެ ދަތުރުވެރީން ފުލައިޓާ ހަމައަށް ގެންގޮސް ދިނެވެ. ބަހުން ފޭބުމަށްފަހު ފުލައިޓަށް އަރައިގެން އަހަރެމެންގެ ދަތުރު ފެށީމެވެ. އަހަރެންގެ ހަޔާތް އެކުއެކީ ބަދަލުވީކަމުގެ އިހުސާސް އަހަރެންނަށް ކުރެވެމުން ދިޔައެވެ.

<ނުނިމޭ>

=ކިޔުންތެރީންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން. މިދިޔަ ދުވަސްކޮޅު ވަރަށް ބުރަ ވުމުގެ ސަބަބުން ވާހަކަ އަޕް ނުކުރެވުނީ. އިރާދަ ކުރެއްވިއްޔާ ހަމަ ވީ ވަރަކުން ވާހަކަ ކުރިއަށް ގެންދާނަން. މި ބައި ވެސް ކަމުދިޔަ ކަމަށް އުންމީދު ކުރަން=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Amee_sher

Level 110 Stories

Other Articles

....ލޯބިވާތީ
Previous

ލޯބިވާތީ…7

Next

އިތުބާރެއް ނުކުރާނަމޭ

Next
May 13, 2022

އިތުބާރެއް ނުކުރާނަމޭ

Previews
May 13, 2022

ލޯބިވާތީ…7

....ލޯބިވާތީ


All Right Reserved!