ތި ލޯބި-16
ހިނގަމުން ހިނގަމުން ދަނިކޮށް ދެ މީހުން ފެނުނެވެ. ފެންނަ ފެނުމަށް ވައްތަރުވަނީ ދެ ލޯބިވެރީންނަށެވެ. އަހަރެންނަށް އުފާވެރި ހިނިތުންވުމެއް މޫނު މައްޗަށް ގެނެވުނެވެ. އެ ދެ ލޯބިވެރީން ފެނުމުންނެވެ. އެ ފިރިހެން މީހާއި އަންހެން މީހަ ދަންނަ ވައްތަރެއް ޖަހައެވެ. ކާކު ބާވައޭ އަހަރެންގެ ހިތަށް އެރުމުން އެ ކާކު ކަން އެނގެން އަހަރެން ބޭނުން ވިއެވެ. އަހަރެންނަށް އެ ދެމީހުން އެނގުނެވެ. އަހަރެންނަށް ހުރެވުނު ތަން ވެސް ނޭނގުނެވެ.
މައީ އަށް އެ ދެމީހުން ދެއްކުމުން މައީ އިސްދަށަށް ޖަހާލިއެވެ. އަހަރެންނަށް ގަބޫލު ނުކުރެވިގެން ދެވަނަ ފަހަރަށް އެ ދެމީހުންނާ ދިމާލަށް ބަލައިލެވުނެވެ. ނަމަވެސް އެ ތަނުގައި ތިބި މީހުނޮ ނޫން ބައެއް ފެންނާނެ ހެއްޔެވެ. އެއީ އަހަރެންގެ އަމިއްލަ ފުރާނައަށް ވުރެން ބޮޑަށް ލޯބިވި އަނީމެވެ. އަދި އެ ތަނުގައި އަނީމް ގާތު ދެން އެހުރީ އަހަރެންގެ އިސްކޫލު ދައުރުގެ ވަރަށް ގާތް އެކުވެރިއެކެވެ. އަހަރެން މައީއަށް ހިނިތުންް ވުމެއް ރައްދު ކޮށްލުމަށްފަހު ދިއުމަށް ބުނީމެވެ. އަހަރެން އެ ކަމަކަށް ޝައްކު ކުރަން ބޭނުމެއް ނުވިއެވެ. ފަހަރުގައި އެ ދެމީހުން އެ ތިބީ އެކަހަލަ ނިޔަތެއްގައި ނޫންކަމަށް ވެސް ވެދާނެވެ. އެހެންވެ ބޭކާރު ކަމެއްގައި އަހަރެން ކަރުނަ އަޅާ ރޮއެ އަހަރެމެން ދެމީހުން ވަކި ވާކަށް އަހަރެންގެ ހިތެއް ނޭދުނެވެ.
އަހަރެމެން ދެން މާ ގިނަ އިރުތަކެއް ނުކޮށް ދިޔައީ ގެއަށެވެ. ނަމަވެސް އަހަރެން ގޭގައި މަޑުނުކޮށް ދިޔައީ އަނީމް އުޅޭ ގެއަށެވެ. އަހަރެން ރަށަށް އައި އިރު ވެސް ވިސްނާފަ އޮތް ގޮތަށެވެ. އެ ގެއަށް ދިޔަ އިރު އަނީމް ފާޙާނާގައި ކަމަށް އޭނާގެ އެކުވެރިއެއް އަހަރެން ގާތު ބުންޏެވެ. އެހެންކަމުން އަހަރެން ނިންމީ އަނީމް ނުކުންނަން ދެން މަޑޫކޮށްލާށެވެ. “ޗައީ ގަނޑު ކޮން އިރަކު ރަށަށް ވައްޓާލީ” އޭނާގެ އެކުވެރިޔާ މަޖާ ވެލަމުން އަހަރެންނަަަށް ސުވާލު ކޮށްލިއެވެ. “މިއަދު ހަވީރަށް އާދެވުނީ… ބަލާ ވެސް ނުދަމެއްނު” އަހަރެން ޖަވާބު ދިމުނަށްފަހު މަޖަލަކަށް ބުނެލީމެވެ. “މަންޖެ ބުނެލިނަަމަ ތާ ދޯ” އޭނާގެ އެކުވެރިޔާ އެހެން ބުނެލުމުން އަހަރެން ހިނިތުން ވުމަކުން ފުއްދާލީމެވެ.
އެހެން ތިއްބާ އަނީމް އޭނާގެ އެކުވެރިޔާއާ ދިމަަލަށް “ކޮން މަންޖެ އަކަށް ތި ވާހަކަ ދައްކަނީ… ބޭބެ މޮޔަފުޅު ވީތޯ” އޭ ގޮވަމުން އަހިސްފައި އަހަރެން ފުނުމުން އަނީމަށް ހުއްޓުން އެރިއެވެ. އަހަރެންނަށް އެހާ ދުވަސް ފަހުން އަނީމް އެހާ ގާތުން ފެނުމުން ކުރިން ވެވުނު ލޯބި ދެގުނައަށް އިތުރު ވެގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އަހަރެން އަނީމް ގާތަށް ޖެހިލުމަށްފަހު ހުއްޓިލީމެވެ. އެ ވަގުތުު ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެ ދެލޮލުން އަހަރެންނަށް ޝަކުވާ ކުރަމުން ގެންދާ ކަހަލައެވެ. ލޯބީގެ ޝަކުވާއެވެ. އަހަރެން ނެތުމުން ކުރެވުނު އިހުސާސްތަކުގެ ވާހަކައެވެ. އަހަރެން ހިފަހައްޓާލައިގެން ހުރި ކަރުންތައް އަހަރެން ކޮލަށް ބޮސްދެމުން ގޮސް ޚޯމަތީގައި ކަރުނައިގެ ކޯރެއް ދެމުނެވެ. އަނީމް އަހަރެންގެ ކޯތާފަތް މަތީގައި ބީހިިލުަމަށްފަހު “ވަރަށް ހަނދާންވި” އޭ ބުނެ އަހަރެންގެ ގައިގައި އޮޅުލައި ގަތެވެ. އއަހަރެން ދެން ދިޔައީ އަނީމާ އެކީ ސައިކަލުގައި ބުރެއްޖަހާލާށެވެ.
އަނީމް ދުއްވަމުން ގޮސް ހުއްޓިލީ އެހެން ގެއެއް ކަިރިގައެވެ. ވަރަށް ރީތި ގެއެކެވެ. އެ ގޭ މަރާމާތުކޮށް ނިމުނީ ހަމަ ދެންމެ އޭ ހީވާހާ އަލެވެ. “އަނީމް.. މި ކޮން ގެއެއް؟ ކީއްވެ މިތަނަށް؟” އަހަރެން އަނީމަށް ސުވާލުކުރީމެވެ. އެ ސުވާލުގެ ޖަވާބަށް އަނީމްގެ ދުލުން ބޭރު ކުރި ލަފުޒުތަކުން އަހަރެންނަށް ހުއްޓުން އަރައިގެން ދިޔައެވެ.
<ނުނިމޭ>

