Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ވާތީ މަ ކައިރީގައި 6

Lana Level 110 Stories
May 3, 2022 4 Mins Read
0 Comments

ބޯދިއްކޮއްލާފަ ޒޯހާ ބަލާލީ ގާ ކޮޅު އެއްލީ ކާކުތޯ ބެލުމަށެވެ. ތިރީގައި ހުރެ ގާ އުކަމުން ދިޔައީ ޒޯހާގެ ހިތުގައި މިއަދު އެއްކޮށްހެން ރަސްކަން ކުރަމުން ދިޔަ ޒުވާނާއެވެ. ނޫޙު އެވެ. ހުދުކުލައިގެ އަތްދިގު ގަމީހުގެ އަތުކުރިވަނީ އޮޅާލެވިފައެވެ، ލައިގެންހުރި ނޫ ޖީންސްގައި އެތައް ދަރަޖައެއް ފިރިހެންވަންތަ ކަމަށް ދައްކައެވެ.

“ނޫޙު” ހައިރާންވެފައި ހުރެ ދެލޯ ބޮޑު ކޮއްލަމުން ޒޯހާ ބުނެލީ އަނގަ މަތީގައި އަތް އަޅާލާފައެވެ. ޒޯހާ ފެނުމުން ނޫޙު ހުރީ ހިނިތުންވެލައިގެންނެވެ. އަތުގައި ކިޔަން އޮތް ވާހަކަ ފޮތް ސޯފާމައްޗަށް ދޫކޮއްލުމަށްފަހު ޒޯހާ ހިނގައިގަތީ ލޯގަނޑު ކައިރިއަށެވެ. ދެތިން ފަހަރަށް އަތުން، ދޫކޮއްލެވިފައިވާ އިސްތަށިގަނޑު ރީތި ކޮށްލުމަށްފަހު ހިތްހަމަޖެހޭ ވަރުވުމުން ޒޯހާ ތިރިއަށް ފޭބިއެވެ.

“ނޫޙުއަށް ކިހިނެއް އިނގުނީ އެއީ ޒޯގެ ކޮޓަރިކަން؟”

“ޒޯހާ ދެ ރެއަކު ކުޑަދޮރުން ބޯދިއްކޮއްގެން ހުރިތަން ދުށިން އެހެންވެ” ހިނިތުން ވެލަމުން ލޯބިވެތިގޮތަކަށް ނޫޙު ބުނެލިއެވެ.

“އޯހ، މިތާގަތަ ހުންނާނީ؟ އާދޭ ކޮފީއެއް ބޯލަން” ޒޯހާ ބުނެލިއެވެ. ބޯ ޖަހާލަމުން ނޫޙު، ޒޯހާގެ ފަހަތުން އެގެއަށް ވަނެވެ.

ދެ ކޮފީ ތަށި ހެދުމަށްފަހު ޒޯހާގެ އެދުމަށް ނޫޙު މައްޗަށްއެރީ ޒޯހާގެ ކޮޓަރިއަށެވެ. ސޯފާގޮނޑި ކައިރީހުރި ކުޑަ ކޮފީމޭޒު މަތީގައި ތަށިތަށް ބެހެއްޓުމަށްފަހު ޒޯހާ އައިސް ނޫޙު ކައިރީގައި ސޯފާގޮނޑީގައި އިށީނދެލިއެވެ. ޒޯހާގެ ހަރަކާތްތައް މާ އަވަސް އަރުވާލައިފާ ހުރުމުން ނޫޙު ގާތަށް ހިނި އަންނަގޮތްވިއެވެ.

“ޒޯހާ ދުށުމަށް ވަރަށް ބޭނުންވެފަ މިހުންނަނީ” ނޫޙު ބުނެލިއެވެ.

“އިސް ޖަހާލަމުން ޒޯހާބުނެލިއެވެ. “އަހަރެންވެސް، ނޫޙު ދުށުމަށް ވަރަށް ބޭނުންވެފަ ހުރީ، ހިއެއް ނުކުރަން އަންނާނެކަމަށް”

“މިރޭގައި އެގަޑިއަށް ފަސްގަނޑަށް ޒޯ އަންނާނަންތަ؟” ނިތް އަރުވާލަމުން މަސްތުވީ ގޮތަކަށް ބަލާލަމުން ނޫޙު އަހާލިއެވެ.

“ހޫމް…… ދާނަން” ހިނިތުންވެލަމުން އިސް ޖަހާލަމުން ޒޯހާ ބުނެލިއެވެ. ޒޯހާ އެގޮތަށް ލަދުން އުޅޭތީ ނޫޙުއަށް، ޒޯހާ ނިކަން ލޮއެއްބެވެ. އެ ވަރުގަދަ އަތުގެ ހިމާޔަތަށް ގެނެސް ފޮރުވާލުމަށް ހިތް އެތައް ފަހަރަކު އެދެމުން ދިޔައެވެ.

“އެއީ ޒޯހާ ކުޅޭ އެއްޗެއްތަ؟” އެނދުމަތީގައި އޮތް ގިޓާ ދައްކާލަމުން ނޫޙު އަހާލިއެވެ.

“ހޫމް، ނޫޙުއަށް އިނގޭތަ ގިޓާ ކުޅެން؟” ނިކަން ބޮޑަށް ހިނިތުން ވެލަމުން ޒޯހާއަހާލިއެވެ.

“އަހަރުމެން ތެރޭގައިވެސް ގެންގުޅޭ އެއްޗެއް ތީ، އެކަމު ތިއަށް ވުރެން ތަފާތުކޮށް އޮންނާނީ” ނޫޙު ބުނެލިއެވެ. ޒޯހާ ގިޓާ ނަގައިގެން އައިސް ދެތިން ފަހަރަކު ކުޅެލިއެވެ.

“ޒޯ! ލަވައެއް ކިޔާލެވިދާނެތަ؟” ކުރިއަށް ވުރެން ކައިރިވެލަމުން ނޫޙު އަހާލިއެވެ. ނޫޙުގެ ނަޒަރު ތޫނު ކަމުން ޒޯހާ އިސްދަށަށް ޖަހާލީ ހަތަރުކަޅި ދިމާވާ ކޮންމެ ފަހަރަކު ހިތަށް ބަޔާންކޮއްދެން ނޭގޭ ގޮތް ތަކެއް ވަމުން ދާތީއެވެ.

ބޯޖަހާލަމުން ގިޓާ ރަނގަޅަށް ބެހެއްޓުމަށްފަހު ޒޯހާ ލަވައެއް ކިޔަންފެށިއެވެ.

********

“ވާތީ މަ ކައިރީގައި… ހުވަފެނުގައި ފެންނާތީ…”

“ރީތި، ރީތި މޫނާ ލޯ.. މިތުރާއޭ ނިދޭނޭހޭ…. މިތުރާއޭ ނިދޭނޭހޭ”

“ހީވޭ ކަލާ ވާހެން، ހީލާށޭ ބުނެލާހެން”

“ލޯބިން ތި ފިރުމާހެން، މިތުރާއޭ ނިދޭނޭހޭ…. މިތުރާއޭ ނިދޭނޭހޭ”

ދަތްދޮޅިގައި އަތްވިއްދާލައިގެން ނޫޙު އިނީ ޒޯހާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ މުޅި ހަޔާތުގައިވެސް އެފަދަ އަންހެން ކުއްޖަކާ ދިމައެއް ނުވެއެވެ. ޒޯހާ ކިޔަމުން ގެންދިޔަ ލަވަ ހީވީ ނޫޙުއަށް ރައްދު ކުރަމުން ދިޔަހެނެވެ. ލަވަ ކިޔަމުން ދިޔައިރު ޒޯހާގެ ދޫކޮއްލެވިފައިވާ އިސްތަށިކޮޅެއް ހީވަނީ ވަޔާ ސަމާސާ ކުރާހެނެވެ. ނޫޙުގެ ހިއްސުތަކާއި މުޅިން ކުޅެލައިފިއެވެ. އޭނާގެ ހިތާއި ފުރާނަ މުޅިން ޒޯހާގެ ނަމުގައި ލިޔެވި ނިމިއްޖެއެވެ.

ގިޓާ ކުޅެލުމައްފަހު ޒޯހާ އެދިއްކޮއްލީ ނޫޙުގެ އަތަށެވެ. ރަނގަޅަށް އަތަށް ގިޓާ ވަރުކޮށްލުމަށް ފަހުގައި ނޫޙޫ ލަވަ ކިޔަން ފެށިއެވެ.

“މޭގާ މަ ލިޔެލާނަމޭ، ލޯބިން ތިނަންހަމަ މިރޭ…”

“އާދޭ މަގޭ ލޯބިވާ، ދުރުގައި ދެނެއް ނުހުރެވޭ”

“ތީއޭ އުފަލަކީ މިހާރު، ނޭގޭ މަގޭ ހިތުގެ ހާލް”

“ނޭގޭހެ ރާނީތިއޭ، ދަންވަރުކުރާ ނުނިދި ޙިޔާލު”

“ޝާހީ އަދާއޭ، ތިޗާލު މޫނެކޭ”

“ޖާދޫގަރެއްހެން ހީވެކަލާ…..”

ފުން ނަޒަރަކުން ނޫޙު ގިޓާ ކުޅެމުން ސީދާ ބަލަން އިނީ ޒޯހާގެ ދެލޮލަށެވެ. ޒޯހާގެ ހިތް ހީވަނީ ނޫޙުގެ ބާރުގެ ދަށުގައި ވާހެނެވެ. ޒޯހާގެ ނިތްކުރިމަތީގައި ވަޔާ ސަމާސާ ކުރަމުން ދިޔަ އިސްތަށިކޮޅު ނޫޙު، އިސްނަގާ ކަންފަތުގައި އަޅުވާލިއެވެ. އެ ވަގުތުކޮޅަށް ހީވަނީ ދުނިޔެވެސް މަޑުޖެހިފައިވާ ހެންނެވެ. ނޭގިހުރެ ދެމީހުންނަށްވެސް ނޭވާ ނުލެވޭހާ ކައިރިއަށް އާދެވުނެވެ. ކުއްލިއަކަށް ޒޯހާގެ ފޯން ރިނގްވާން ފެށިއެވެ. ނުދަންނަ ނަމްބަރަކުން ގުޅާތީ  ކުޑައިރުކޮޅަކަށް ބަލަން ހުރެފައި ޒޯހާ ފޯން ނެގިއެވެ.

“ހެލޯ؟” ސުވާލު ރާގަކަށް ޒޯހާ ފޯނަށް ޖަވާބު ދިނެވެ.

“ނޭގުނުތަ ކާކުކަން؟ ޒައިން މީ. ޒޯއާ ވާހަކަ ދައްކާލާ ހިތުން” ނޫޙު ކައިރީގައި ޒޯހާ އިންދާ ޒައިން ގުޅުމުން ހިސާބަކަށް ޒޯހާ ހިތްހަމަ ނުޖެހޭގޮތް ވިއެވެ. ޒޯހާ ކައިރީގައި އިން ނޫޙުގެ ތަބީއަތް ބަދަލުވެލިހެން ޒޯހާއަށް ހީވިއެވެ. ނަމަވެސް ފޯނުއިން އަނެއްކޮޅުން ދައްކާ ވާހަކަ ނޫޙުއަށް އަޑުއިވޭނޭ އެއްވެސް ގޮތެއްނެތެވެ.

“މިގަޑީގަ ވަރަށް ބިޒީކޮށް މިއުޅެނީ.” ޒޯހާ ޖަވާބު ދިނެވެ.

“އާހ، އެންމެ ރަނގަޅު އެހެންވިއްޔާ. ސީ ޔޫ ޓުމޯރޯ” މަޑުމޮޅި ކަމާއިއެކު ޒައިން ބުނެލިއެވެ. ފޯނު ބޭއްވުމަށްފަހު ނޫޙުއަށް ޒޯހާ ހިނިތުން ވެލިއެވެ.

“އެއީ ސަނާގެ ބޭބެ، މާދަމާ ދަތުރުގެ ވާހަކަ ދައްކާލަން ކަންނޭގެ އެގުޅީ” ޒޯހާ ބުނެލިއެވެ. ނޫޙުގެ މޫނުމަތިން މަޑުމޮޅިކަން ފާޅުވާން ފެށުމުން ޒޯހާ ބޭނުންވީ މަޢުލޫ ބަދަލު ކޮށްލާށެވެ.

“އެނީވޭ، ނޫޙު ވަރަށް ރީތި ލަވަކިޔާލެއް” ނޫޙުއަށް ގެއްލިފައިހުރެ ޒޯހާ ބުނެލިއެވެ.

“ހެހެހެ ޝުކުރިއްޔާ ޒޯހާގެ ލަވަކިޔުން މާ ފުރިހަމަ… މިރޭގަ ފެންނާނެތަ ދެން؟” ކުރިއަށް ވުރެންވެސް ކައިރިވެލަމުން ނޫޙު އަޙާލިއެވެ. ހިތް އަވަސް ވެފައިވާ ޒޯހާ އަނގައިން އެންމެ ބަހެއްވެސް ނުބުނެވުނެވެ. ނޫޙު އެގޮތަށް ކައިރިވެލުމުން އެ ހަށިގަނޑުން ދުވާ މީރުވަހުން މަސްތުވާ ވަރުވެއެވެ. ހިނިތުން ވެލަމުން ޒޯހާ ބޯ ޖަހާލިއެވެ.

“އޯކޭ، މިރޭ އިޝާ ނަމާދަށްފަހު، އަހަރެން ޒޯގެ އިންތިޒާރުގަ ހުންނާނަން އެތާނގަ” ސޯފާގޮނޑިން ތެދުވެލަމުން ނޫޙު ބުނެލިއެވެ.

ނޫޙު ދާން އުޅޭތީ ނޫޙުގެ ފަހަތުން ޒޯހާ ނިކުތީ ބޭރަށެވެ. ދޮރުމަތީގައި ހުރެ ދެތިން ފަހަރަށް ހިނތުން ވެލަމުން ދެމީހުން ދެމީހުނަށްވެސް އަތުން ހަނާއަޅާލިއެވެ. ނޫޙު ދިޔުމުން ގޭގެ ދޮރު ލައްޕާލިގޮތަށް ދޮރުގައި ފުރަގަސް ލައްކޮއްލައިގެން ޒޯހާއިނީ ލޯ މަރާލައިގެން ހިނިތުންވެލައިގެންނެވެ. އޭނާގެ ހިތާއި ޖިސްމުގައިވެސް ވަނީ ނޫޙުއެވެ. މައިނޭވައެއް ލުމައްފަހު ޒޯހާ އަށް ބޯހޫރާލެވުނީ ކުރެވޭ މޮޔަ ހިޔާލުންނެވެ. އޭނާ ދުވަހަކުވެސް ފިރިހެނެއް ފެނިގެން އެގޮތަށް ނޫޅެއެވެ. ނޫޙުގެ އެވަނީ ކޮންކަހަލަ ޙާއްސަ ކަމެއް ބާއެވެ.

ކުއްލިއަކަށް، މަންމަ އަޔުމުގެ ކުރިން ކައްކަން ޖެހޭކަން ހަނދާން ވުމުން ޒޯހާ ގޮސް ވަނީ ބަދިގެއަށެވެ. ކައްކާ ނިމިގެން ބޮޑުކޮޓަރީގެ ސޯފާ މަތީގައި ޓީވީ ބަލަން އިންދާ ގޭގެ މައިދޮރުގައި އެއްޗެއް އައިސް ވަރަށް ބާރަށް ޖެހުނު އަޑުފަށްގަނޑު އިވިގެން ޒޯހާއަށް ދިޔައެވެ. ބޮޑުކޮޓަރިން ނިކުމެވެން ހުރި ދޮރުގައި އަތް ހިފަހައްޓައިގެން، ޒޯހާ ހުރީ މައި ދޮރާއި ދިމާލަށް ބޯ ދިއްކޮއްގެނެވެ. ނަމަވެސް އެތާގައި އެއްވެސް އެއްޗެއް ނެތެވެ.

އެހެން ހުއްޓަ ޒޯހާގެ ލޯ ކުރިމައްޗަށް އައިސް ޖެހުނީ ކަޅުއަނދިރިގަނޑެކެވެ. ހިތަށްވީ ނުބައި ގޮތެކެވެ. އެ އަނދިރިގަނޑުގެ ފަހަތުން ޒޯހާއަށް އަލިގަނޑެއް ފާޅުވިތަން ފެނުނެވެ. އަލިގަނޑު ރަނގަޅަށް ސާފުވިއިރު އޭނާގެ ސޫރައެއް ޒޯހާއަކަށް ނުފެނުނެވެ، ފެނުނީ ހަމައެކަނި މަޑު ނޫކުލައަކާއި ހުދުކުލައަކާއި އެއްވެފައިވާ ބޮޑު ދެ ވަރަގަނޑެވެ. އެ އަނދިރިގަނޑާއި ތަޅާފޮޅަމުން ދާކަން ޒޯހާއަށް ފަހުމްވަމުން ދިޔައެވެ، ނަމަވެސް ހަރަކާތްތައް އަވަސް ކަމުން އެއްވެސް އެއްޗެއް ސާފުވާ ގޮތެއް ނުވިއެވެ. ޒޯހާއަށް ހީވީ ހުވަފެނަކު ތެރޭ އުޅެވޭހެންނެވެ. ދެ ލޯ ބާރަށް މަރާލައިގެން ހުއްޓާ ސިއްސައިގެން ދިޔައީ ނަޒީރާ އައިސް ޒޯހާއަށް ގޮވަން ފެށުމުންނެވެ. ކައްކާ ނިމިގެން އެވަރުބަލި ކަންމަތީގައި ޒޯހާއަށް އައިސް އޮތީ ނިދިފައެވެ.

“ދަރިފުޅާ، ހަވީރު ދަޅަ ޖަހާ ގަޑީގައި ނިދުމަކީ ސުންޕާކަމެއް، ބަލާބަ ވެފަ އޮތްވަރު. މީހާމުޅިން ދާހިއްލާ ފޯވެފައެއްނު ތިއޮތީ. އަނެއްކަ ހާދަ ވަރަކަށޭ ތުރުތުރު ތި އަޅަނީ” އަތުގައި އޮތް ދަބަސް ބޭއްވުމައްފަހު ނަޒީރާ އައިސް ޒޯހާކައިރީގައި އިށީނުމައްފަހު ދަރިފުޅު ގައިގާ ބައްދާލިއެވެ.

“ނުބައި ހުވަފެނެއް ފެނުނީ ދޯ ޒޯއަށް؟ ފުންކޮށް ނޭވައެއް ލާބަލަ” ނަޒީރާ މަޑުމަޑުން ކިޔަމުން ގެންދިޔައެވެ. ޒޯހާ ހީވީ ބިރުން ނޭވާ މައިތިރި ކުރަން ނޭގިގެން އުޅޭ ހެނެވެ.

“މަންމާ މިހާރު އޯކޭ އަޅުގަނޑު، ހިނގާ ކާންދާން، މަންމަވެސް ވަރުބަލިވެފައެއްނު ހުންނާނީ” އިރުކޮޅެއްފަހުން ހަމަޖެހިލާފައި ޒޯހާ ބުނެލިއެވެ.

“އެކަމަކު ޒޯ- -” ނަޒީރާގެ ވާހަކަ މެދުކަނޑާލަމުން ޒޯހާ ބުނެލިއެވެ. “އަޅުގަނޑު ރަނގަޅޭ މަންމާ، އިޓް ވޯޒް ޖަސްޓް އަ ބޭޑް ޑްރީމް” ހިނިތުން ވެލަމުން ޒޯހާ ބުނެލިއެވެ.

މަޤުރިބް ނަމާދަށް ބަންގި ގޮވުމުން ނަޒީރާއާއި ޒޯހާ ދިޔައީ ކޮޓަރިއަށް ނަމާދު ކުރުމަށެވެ. އާދައިގެ މަތިންވެސް ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔަވަން އިންނަ ޒޯހާއަށް މިފަހަރު ކިޔެވުމަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. ބޮލަށް ބަރުވެ، ގަޔަށް ރިއްސަން ފެށިއެވެ. ބައެއްފަހަރު ވަރަށް ފަސޭހަވެސް ވެޔެވެ. އެއީ މިފަހަކަށް އައިސް ޒޯހާއަށް ކުރަމުން އަންނަ އުނދަގޫ ތަކެކެވެ. ނަމަވެސް ޒޯހާ އެކަމާ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ހިތްވަރާއިއެކު ކިޔަވަން ޖެހޭ ހިސާބަށް ކިޔަވާ ނިންމާލުމަށްފަހު އިޝާ ނަމާދުކޮށްވެސް ނިންމާލިއެވެ. ޒޯހާއަކީ ނަމާދަށް އަބަދުވެސް ވަރަށް ފަރުވާތެރިވާ ކުއްޖެކެވެ.

އިޝާ ނަމާދުކުރުމަށްފަހު ޒޯހާ މިރޭގައި ލާނެ ރީތީ ހެދުމެއް ނަގަން އަލަމާރިކައިރީގައި ހުއްޓިގެން ހުއްޓެވެ. އެންމެ ޒަމާނީ ރީތި ހެދުން ތަކުން އަލަމާރި ފުރިފާވިނަމަވެސް ޒޯހާ ހިތްހަމަޖެހޭ ކަހަލަ ހެދުމެއް ފެންނަ ގޮތެއް ނުވިއެވެ. ފަހަރަކު ހެދުމެއް ނަގާ ލޯގަނޑު ކުރިމަތީގައި ހުރެގެން އެކި ގޮތްގޮތަށް ހުއްޓެމުން ގައިގާ ޖައްސަމުން ޒޯހާ ދިޔައެވެ. މީ ދުވަހަކުވެސް ޒޯހާ އުޅުނު ގޮތެއް ނޫނެވެ.

ފެންވަރައިގެން ނިކުމެ ރީތިވެގެން ޒޯހާހުރީ ލޯގަނޑު ކުރިމަތީގައި ހުއްޓިގެން ހިނިތުންވެލައިގެންނެވެ. ލައިގެން ހުރި ކަކުލާ ހަމަޔަށްދާވަރުގެ ހުދު ހެދުންކޮޅުން ހީވަނީ ހޫރުޕަރީއެއްހެނެވެ. އުނަގަނޑުމަތިން އަޅާލެވިފައިވާ ހިމަ ކަޅުކަލައިގެ ބެލްޓުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ދޫ ކޮށްލެވިފައިވާ ރާޅުބާނީ އިސްތަށިގަނޑުވެސް ވަނީ ފަންކޮށްލެވިފައެވެ. ތުންފަތުގައިވާ މަޑު ރަތްކުލައިން ޒޯހާ އިތުރަށް ސާދާ ކަމަށް ދައްކައެވެ.

ދޮރުގައި އަޅުވާލެވިފައިވާ އަތްދަބަސް ނަގައިގެން ޒޯހާ ނިކުތީ ބޭރަށެވެ. ބާރު ހިނގުމެއްގައި ދޮންވެލި ފަސްގަނޑާއި އަރާ ހަމަވިއިރު ފުރަގަހަށް އެނބުރިގެންހުރި އެ ޒުވާނާ ޒޯހާގެ ލޮލުގައި އަޅައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lana

Level 110 Stories

Other Articles

....ލޯބިވާތީ
Previous

ލޯބިވާތީ…2

Next

ނުވާނަން ތަފާތެއް 2

Next
May 3, 2022

ނުވާނަން ތަފާތެއް 2

Previews
April 30, 2022

ލޯބިވާތީ…2

....ލޯބިވާތީ


All Right Reserved!