“އޯކޭ އައި ނިދާ..އަހަރެން ހުންނާނަން މިތާ”ކައިލް މިހެން ބުނުމުން އައިރާއަށް ހެވުނެވެ.އެކިއެކި ވާހަކަ ދައްކަން އޮއްވާ އައިރާއަށް ނިދުނީ ތިނެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ.އައިރާއަށް ނިދުމުން ފޯނު ކަނޑާލައިފައި ކައިލްވެސް ނިދޭތޯ މަސައްކަތް ކުރިއެވެ. …. ޖެހިގެން އައި ހަފްތާ ހޮނިހިރު ދުވަހެވެ.އައިރާ ޒާނާއާއެކު ހިނގާލާފައި ދިޔައީ ޖެޓީއަށެވެ.ކައިލް ފުރުމުގެ ކުރިން ކައިލްއާއި ދިމާ ކޮށްލާށެވެ.ޖެޓީއަށް ދިޔައިރު އަދި ފުރާ ދޯންޏެއް ނާދެއެވެ.އެހެންކަމުން ދޯނި އަންނަންދެން ރާއިލް އާއި ކައިލްއިނީ ފެރީޓާމިނަލް ސަރަހައްދުގައި ހުރި ގޮނޑިބަރިތަކުން ގޮނޑިއެއްގައެވެ.އައިރާއަށް […]
“ދެން އެކަމާ ނުވިސްނާ ނިދާލެވޭތޯ އުޅެލާ..ފަހުން ތިކަމަށް ގޮތެއް ނިންމާނީ ދޯ”މިހެން ބުނެލުމަށްފަހު ރާއިލް ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ.ރާއިލް ނުކުތުމުން ކައިލް އެނދުގައި އޮށޯތީ ނިދޭތޯއެވެ. ……… އާ ދުވަހަކަށް އިރު އަރައިފިއެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އަވަދިނެތި އައިރާ އުޅުނެވެ.ގަޑި ޖެހުމުގެ ކުރިން ސައިބޮއެގެން އޮފީހަށް ދެވޭތޯއެވެ. ސައި ހަދާ ނިމުންތަނުން މީހަކު ސަލާމް ގޮވާލި އަޑު އިވުނެވެ. “ވަޢަލައިކުމުއްސަލާމް..”ސިޓިންރޫމުގައި ޓިވީ ބަލަންއިން އައިރާގެ ބައްޕަ ސަލާމަށް ޖަވާބުދިނެވެ. “އަނހަ ކައިލް.. މިއޮއް ހެނދުނާ..ކިހިނެއްވީ […]
ހިނގާލާފައި ގޮސް އައިރާ އުއްބައްތިތަކުގެ ކައިރީގައި ހުއްޓުނެވެ.އެވަގުތު އައިރާ ލޮލުގައި އަޅައިގަތީ ބިންމަތީގައި ބޮޑުއަކުރުން އަޅާފައި އޮތް “ވިލްޔޫ މެރީ މީ”އެވެ. ވާނުވާ ނޭނގިފައި އައިރާ ފަހަތަށް އެނބުރުނީ ޒާނާ ވީ ހިސާބެއް ބެލުމަށެވެ.ނަމަވެސް ފަހަތަށް އެނބުރުނުއިރު ފެނުނު މަންޒަރުން އައިރާ ހުއްޓުންއެރިއެވެ. ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެ މަލެއް ދިއްކޮށްގެން ހުރި ކައިލް ފެނިފައި އައިރާއަށް އަނގަމަތީގައި އަތް އެޅުނެވެ. “އައިރާ.. އަހަރެން އައިރާދެކެ ލޯބިވެވިއްޖެ..އަހަރެން ބޭނުންވަނީ އައިރާ އަހަރެންގެ މިލްކަކަށް ހަދަން..”ކައިލް މިހެން ބުނެލީ […]
ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުން ދިޔައީ އިތުރަށް ވަރުގަދަވަމުންނެވެ. ކޮންމެ ރެއަކު ނިދަން އަރާތިބެ ވާހަކަ ދެއްކުމަކީ އާދައަކަށް ވެއްޖެއެވެ.އަތިރިމަތިންނާއި ގޭތެރެއިން ދެމީހުން ދިމާކުރުންވެސް ގިނަވެއްޖެއެވެ.މިކަން ރާއިލްއަށާއި ޒާނާއަށްވެސް ދިޔައީ ފާހަނގަވަމުންނެވެ.އެހެންކަމުން އެދެމީހުން ދިޔައީ އައިރާ އަށާއި ކައިލްއަށް ދިޔައީ އެތަށް ގޮތަކުން ޖެއްސުން ކުރަމުންނެވެ. … އެއްދުވަހެއްގެ ހަވީރެވެ. އައިރާ އިނީ ރާއިލްމެން ގޭގައި ކައިލްއާއި ބައްދަލުކުރުމަށް ގޮއްސައެވެ.ރާއިލް އާއި ޒާނާވެސް އެތާ ތިއްބެވެ. ” އޭ ހިނގާބަލަ ދަތުރަކު […]
މަޑުމަޑުން ހިނގާލާފައި އައިރާ ދިޔައީ މިއަދު ހެނދުނު ކައިލްއާއި ދެމީހުން ބައްދަލު ކުރި ތަނަށް ދިޔުމަށެވެ. އަތިރިޔަށް ދިޔައިރު އެތާގައި އެކިފުރާވަރުގެ މީހުން އުޅެއެވެ. އެންމެންގެ ތެރެއިންވެސް އައިރާގެ ލޮލުގައި އަޅައިގަތީ ގަހެއްގައި ލެގިލައިގެން ހުރި ކައިލްއެވެ. … “ހޭއި..” ކައިލް ކައިރީގައި ހުއްޓިލަމުން އައިރާ ބުނެލިއެވެ. ” ހާއި” ކައިލް އައިރާ އާ ދިމާލަށް އެނބުރެމުން ބުނެލިއެވެ. ކުރިމަތީގއި ހުރި ރީތި އަންހެން ކުއްޖާ ފެނިފައި ކައިލް ހުއްޓުން އެރިއެވެ.އަދި ހިތާހިތުން އައިރާގެ އެ ރިތިކަމާމެދު […]
ކައިލް އަތިރިއަށް ދިޔައީ އައިރާ ފެންނާނެ ކަމުގެ އުންމީދެއް އޮވެގެނެން ނޫނެވެ.ނަމަވެސް ވެލިގަނޑުމަތީ އިށީދެލައިގެން ފޯނާ ކުޅެން އިން އައިރާ ފެނުމުން ބޭއިޙްތިޔާރުގައި ކައިލްއަށް ހީލެވުނެވެ.އަދި އައިރާ އާއި ދިމާލަށް ހިނގައިގަތީ ވާހަކަ ދައްކާލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. …. ފޯނާ ދިމާލަށް ގެއްލިފައި އިން އައިރާއަށް ހޭވެރިކަމެއްވީ މީހަކު ކައިރިއަށް އައިސް ހުއްޓުމުންނެވެ. “ހައި” އައިރާގެ ކުރިމަތީގައި ހުއްޓިލަމުން ކައިލް ބުންޏެވެ. “ހޭއި..” އައިރާ ލަދުން އިނދެ ބުނެލިއެވެ. “އޯކޭތަ އަހަރެން މިތާ އިށީނަސް؟” […]
ހަވީރުގެ ހިތްގައިމު ވަގުތެވެ.އަތިރި މަތީގައި އިށީނދެލައިގެން އައިރާ އިނީ އެ ހިތްގައިމު މާހައުލުގެ ރީތިކަމާމެދު އަޖައިބުވެފައެވެ. ވިލާ ރޮއްޖެއްވެސް ނެތް ނޫ އުޑެވެ.ރީތި ދޮންވެލި އަތިރިއެކެވެ.މަޑު މަޑު ރާޅު ޖަހަމުންދިޔަ ބިއްލޫރިގަނޑެއްފަދަ ސާފު މޫދެވެ.ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ﷲގެ ކުޅަދުންވަންތަ ކަމެވެ. މި ހިތްގައިމު މަންޒަރަށް ގެއްލިފައި އައިރާ އިނީ އަޖައިބުވެފައެވެ. އައިރާ އަކީ އުމުރުން ވިހި އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ.ހަވީރު މިތަނަށް އައިސް އިނީ ހިތްހަމަ ޖައްސާލުމަށްޓަކައެވެ. އިރުކޮޅަކަށް އެތާ އިނުމަށްފަހު އައިރާ […]