Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
....ލޯބިވާތީ
ހިތާމައެހެނިހެންމަޖާލޯބި

ލޯބިވާތީ…7

Naushyn Niyaz Level 1
May 13, 2022 3 Mins Read
0 Comments

“އޯކޭ އައި ނިދާ..އަހަރެން ހުންނާނަން މިތާ”ކައިލް މިހެން ބުނުމުން އައިރާއަށް ހެވުނެވެ.އެކިއެކި ވާހަކަ ދައްކަން އޮއްވާ އައިރާއަށް ނިދުނީ ތިނެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ.އައިރާއަށް ނިދުމުން ފޯނު ކަނޑާލައިފައި ކައިލްވެސް ނިދޭތޯ މަސައްކަތް ކުރިއެވެ.

….

ޖެހިގެން އައި ހަފްތާ ހޮނިހިރު ދުވަހެވެ.އައިރާ ޒާނާއާއެކު ހިނގާލާފައި ދިޔައީ ޖެޓީއަށެވެ.ކައިލް ފުރުމުގެ ކުރިން ކައިލްއާއި ދިމާ ކޮށްލާށެވެ.ޖެޓީއަށް ދިޔައިރު އަދި ފުރާ ދޯންޏެއް ނާދެއެވެ.އެހެންކަމުން ދޯނި އަންނަންދެން ރާއިލް އާއި ކައިލްއިނީ ފެރީޓާމިނަލް ސަރަހައްދުގައި ހުރި ގޮނޑިބަރިތަކުން ގޮނޑިއެއްގައެވެ.އައިރާއަށް ކައިލް ފެނުމުން ހިނގާލައިފައި ގޮސް ކައިލް ކައިރީގައި ހުއްޓުނެވެ.ޒާނާވެސް ގޮސް ރާއިލްއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

ކައިލް އައިރާގެ ނޫ ދެލޮލަށް ބަލައިލިއެވެ.އަދި މަޑުމަޑުން އައިރާގެ އަތުގައި ހިފާލިއެވެ.

“އާދެބަ..”ކައިލް އިންތަނުން ތެދުވެ އައިރާގެ އަތުގައި ހިފައިގެން ރާއިލްގެ ސައިކަލާ ދިމާލަށް ހިނގައިގަތެވެ.އަދި އަތުގެ އިޝާރާތުން އައިރާއަށް އެރުމަށް އެންގިއެވެ.

“ރާއި މަށަށް ގުޅައްޗޭ ފެރީ އައީމަ..” މިހެން ގޮވާލަމުން ކައިލް ސައިކަލު ދުއްވާލިއެވެ.ކައިލް ސައިކަލު ދުއްވާފައި ގޮސް މަޑުކުރީ މީހުން ނޫޅޭ ހިސާބެއްގައެވެ.ސައިކަލުން ފޭބުމަށްފަހު އައިރާ ގޮވައިގެން ކައިލްވަނީ އެތާހުރި ފަޅު ގެއަކަށެވެ.

“ކައި..”އައިރާ ދެލޯ ބޮޑުކޮށްގެން ހުރެ ކައިލްއާއި ދިމާލަށް ބަލައިލިއެވެ.

“ކާމް ޑައުން..މަނޫޅެން އެއްވެސް ކަމެއް ކުރާކަށް..މިއައީ އައި އަށް އެއްޗެއް ދޭންވެގެން.. ލޯ މަރާލާފަ އަނެއް ކޮޅަށް އެނބުރިބަ”ކައިލް މިހެން ބުނުމުން އައިރާ އަނެއް ފަރާތަށް އެނބުރުނެވެ. ކައިލް އޭނާގެ ދަބަސްތެރެއިން ރަތްކުލައިގެ ފިނިފެން މަލަކާއި ރަންކުލައިގެ ރީތި ފަށެއް ނެގިއެވެ.އަދި ފުރަގަސްދީގެން ހުރި އައިރާގެ އިސްތަށިގަނޑު އެއްފަރާތްކޮށްލުމަށް ފަހު ފަށް އެޅުވިއެވެ.

“އޯކޭ އެނބުރިބަ”ކައިލް މިހެން ބުނުމުނު އައިރާ ކައިލްއާއި ދިމާލަށް އެނބުރުނެވެ.އަދި ކަރުގައި އޮތް ފަށަށް ބަލާލިއެވެ.

“ވާވް…”ކައިރާ އަޖައިބުވިއެވެ.

“އައި ލަވް ދިސް ކައި..ތެންކިޔޫ..”މިހެން ބުނަމުން އައިރާ ކައިލް ގައިގައި ބައްދާލިއެވެ.ކައިލް އައިރާ އަށް ފިނިފެންމާ ދިއްކޮށްލިއެވެ.އައިރާ ފިނިފެންމަލުގައި ހިފާލާފައި ވަސް ބަލާލިއެވެ.އަދިމަލުގެ ފިޔަތަކާއި ކުޅެން ފެށިއެވެ.އެވަގުތު ކައިލްގެ ނަޒަރު ހުއްޓުނީ ފިނިފެން މަލާ ކުޅެން ހުރި އައިރާގެ ތުންފަތަށެވެ.

ކައިލް މަޑުމަޑުން އައިރާއާއި ކައިރިވެލާފައި އައިރާގެ މޫނު އުފުލައިލިއެވެ.އަދި ލޯބިން އައިރާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ.އައިރާވެސް ލޯ މަރާލާފައި މިއަމަލުގައި ބައިވެރިވިއެވެ.ނޭވާ ހުސްވުމުން ދެމީހުން ހުއްޓާލިއެވެ.އައިރާގެ ތުންފަތް ރަތްވެފައި ހުރުމުން ކައިލްއަށް ކެތެއް ނުކުރެވުނެވެ.އައިރާ ގެންގޮސް ފާރަށް ޖަހައި ކައިލްގެ ދެއަތުން އައިރާއަށް ނުދެވޭނެ ގޮތަށް ބަންދުކޮށްލިއެވެ.އެއަށްފަހު އަނެއްކާވެސް އައިރާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ.ދެމީހުން މިކަން ހުއްޓާލަން ޖެހުނީ ރާއިލް ގުޅަން ފެށުމުންނެވެ.

“އާ މިދަނީ”ފޯނު ބާއްވަމުން ކައިލް ބުންޏެވެ.އަދި ކައިރީގައި ހުރި އައިރާއަށް ބަލައިލިއެވެ.

“ފެރީ އައިއްސި ..”މިހެން ބުނުމަށްފަހު ދެމީހުންވެސް ހިނގައިގަތީ ސައިކަލާ ދިމާލަށެވެ.ދުއްވާލައިފައި ޖެޓީއަށް ދެވުނުއިރު ފެރީ އޮތީ ފުރަން ތައްޔާރަށެވެ.ކައިލް ސައިކަލުން ފައިބާ ފަހު ފަހަރަށް އައިރާ ގައިގައި ބައްދާލިއެވެ.

“ލަވް ޔޫ..ދަނީ!..”‘ކައިލް އައިރާ ގައިގައި ބައްދާލުމަށް ފަހު ގޮސް ފެރީއަށް އެރިއެވެ.ފެރީ ނައްޓާލަންދެން އައިރާ ޖެޓީ މަތީގައި ހުއްޓެވެ.

“ހިނގާ ދާން”..ޒާނާ އައިސް އައިރާ ކައިރިއަށް ހުއްޓިލަމުން ބުންޏެވެ.ޒާނާއާއި އައިރާ ހިނގާފައި ދިޔައީ އައިރާމެން ގެއަށެވެ.

“މި ކައިލް ދިން އެއްޗެއްތަ؟”ގެއަށް ދިޔަ މަގޔމަތީގައި އައިރާގެ ކަރުގައި އަޅާފައި އޮތް ފަށް ޒާނާއަށް ފެނުނެވެ.އައިރާ މަޑުމަޑުން ބޯ ޖަހައިލިއެވެ.

“ވަރަށް ރީތި…”ޒާނާ އެ ފަށަށް ބަލައިގެން ހުރެފައި ބުންޏެވެ.އައިރާ ގެއަށް ލުމަށްފަހު ޒާނާ ދިޔައީ ރާއިލްއާއި އެކު ގެއަށެވެ.

…

އައިރާ ކޮޓަރިއަށް ވަދެ އަތުގައި އޮތް ފިނިފެންމާ ބިއްލޫރި ވާސްއެއްގެ ތެރޭގައި ޖަހައިލިއެވެ.އޭގެ ތެރޭގައި ކައިލް ޕްރޮޕޯސް ކުރި ދުވަހު ދިން މާ ވެސް އިނެވެ.ވާސް ތެރޭގައި މާ ޖަހާލުމަށް ފަހު އައިރާ ގޮސް އެނދު މައްޗަށް ވެއްޓިގަތެވެ.އަދި ދަބަހުން ފޯނު ނަގައި ހުޅުވައިލިއެވެ.މެސެޖެއް އައިސްފައި އިނެވެ.އައިރާ މެސެޖް ހުޅުވައިލިއިރު ކައިލްގެ މެސެޖެކެވެ.

‘ވަރަށް މިސްވާނެ.. ސީ ޔޫ ސޫން!’ މީގެ ތިރީސް ވަރަކަށް މިނިޓު ކުރިން ކައިލް ކޮށްފަ އިން މެސެޖެކެވެ.

‘މިރޭ ގުޅާނަން..’އެމެސެޖުގެ ތިރީގައި އިން މެސެޖުގައި މިހެން ލިޔެފައި އިނެވެ.އައިރާ މެސެޖް ކިޔާފައި ފޯނު އެނދު މައްޗަށް އެއްލާލުމަށްފަހު މޫނުގައި ބާލީސް އަޅައި ފޮރުވާލިއެވެ.އަދި  ރޮވެން އުޅޭހެން ހީވުމުން ތެދުވެގެންގޮސް ފާހަނަޔަށްވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ.

އެވަގުތު އައިރާ ލޮލުގައި އަޅައިގަތީ ކަރުގައި އޮތް ފަށެވެ.ލޯގަނޑުން ފަށާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އައިރާ ފަށުގައި އަތްކާއްތާލިއެވެ.އެއާއެކު އެއްވެސް ހިފެހެއްޓުމެއް ނެތި އައިރާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ.އައިރާއަށް ކޮޅަށް ނުހުރެވިގެން ގޮސް އެނދަށް އަރާ އޮށޯތެވެ.އަދި ބާލީހުގަ ބައްދައިގެން އޮވެ ހިތްފުރޭ ވަރަށް ރޯލިއެވެ.

ރަށުން ދިމާވި މި އާދަޔާޙިލާފް ޒުވާނާ މިހާރު މިވަނީ އައިރާގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށްވެފައިއެވެ.އެމީހަކާ ނުލައި ދިރިއުޅުން ފުރިހަމަ ނުވާނޭ މީހަކަށްވެފައިއެވެ. ބާލީހުގައި ބައްދައިގެން ރޯން އޮއްވާ އައިރާއަށް ނިދުނެވެ.

ކުއްލިއަކަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ.އައިރާ ފޯނު ނަގައި ބަލައިލިއެވެ.ސްކްރީނަށް އަރާފައި އިން ކައިލްގެ ނަން ފެނުމުން އައިރާ އަވަހަށް ލޯ ފުހެލިއެވެ.އަދި ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ.

“ހަލޯ..އައި..”އެކޮޅުން ކައިލް ވާހަކަ ދެއްކިނަމަވެސް އައިރާއަކަށް ވާހަކައެއް ނުދެއްކުނެވެ.އައިރާގެ މަޑު ގިސްލުމުގެ އަޑު ކައިލްއަށް އިވުނެވެ.

“އައި ރޮނީތަ؟”ކައިލް ސުވާލުކޮށްލިއެވެ.ނަމަވެސް އައިރާ ޖަވާބެއް ނުދިނެވެ.

“އައި…. ވާހަކަ ދައްކަބަ”ކައިލް އައިރާއަށް ގޮވަމުން ދިޔައެވެ.ކައިލް މިހެން ބުނުމުން އައިރާ ލޯ ފުހެލާފައި ހޫމް އަޅުވައިލިއެވެ.

“ކީއްވެ ތިރޮނީ؟ކައި ދިޔައީމަތަ؟”ކައިލް ސުވާލުކޮއްލިއެވެ.

“އައި މިސް ޔޫ އޯލްރެޑީ..” އައިރާ ރޮވިފައިވާ އަޑަކުން ވާހަކަދެއްކިއެވެ.

“އަޅޭ ނުރޮއެބަ..އަހަރެން ދެރަވޭ އައި ރޯއަޑު އިވުނީމަ”ކައިލް ވަރަށް ދެރަވެލާފައި ވާހަކަ ދެއްކިއެވެ.

އެތަށްއިރެއް ވަންދެން ދެމީހުން ވާހަކަ ދައްކަނަ ތިބުމަށްފަހު ވަކިވީ އައިރާ ހަމައަކަށް އެޅުނީމައެވެ.

ހަފްތާއެއް ފާއިތޮވެގެން ދިޔައިރު ދެމީހުންވެސް އެ ދިރިއުޅުމަށް ހޭނިއްޖެއެވެ.ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު ކައިލް ގުޅައެވެ.އެއް ދުވަހެއްގެ ރޭގަނޑެވެ.ކައިލް އެދުމަތީގައި އޮށޯވެލައިގެން އޮތީ އިންސްޓަރ ގްރާމް ހާވާށެވެ.ކުއްލިއަކަށް ކައިލް ސިއްސައިގެން ދިޔައީ މީހަކު ގޭގެ ބެލް ޖެއްސި އަޑަށެވެ.ތެދުވެގެން ގޮސް ކައިލް ދޮރު ހުޅުވައިލިއެވެ.ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނުމުން ކައިލް ހުއްޓުން އެރިއެވެ.

 

 

 

 

 

Share Article

Follow Me Written By

Naushyn Niyaz

Level 1

Other Articles

Previous

ނުވާނަން ތަފާތެއް 3

Next

ތި ލޯބި-14

Next
May 13, 2022

ތި ލޯބި-14

Previews
May 13, 2022

ނުވާނަން ތަފާތެއް 3



All Right Reserved!