Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
....ލޯބިވާތީ
އެހެނިހެންމަޖާލޯބި

ލޯބިވާތީ…4

Naushyn Niyaz Level 1
May 4, 2022 3 Mins Read
4 Comments

 

ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުން ދިޔައީ އިތުރަށް ވަރުގަދަވަމުންނެވެ. ކޮންމެ ރެއަކު ނިދަން އަރާތިބެ ވާހަކަ ދެއްކުމަކީ އާދައަކަށް ވެއްޖެއެވެ.އަތިރިމަތިންނާއި ގޭތެރެއިން ދެމީހުން ދިމާކުރުންވެސް ގިނަވެއްޖެއެވެ.މިކަން ރާއިލްއަށާއި ޒާނާއަށްވެސް ދިޔައީ ފާހަނގަވަމުންނެވެ.އެހެންކަމުން އެދެމީހުން ދިޔައީ އައިރާ އަށާއި ކައިލްއަށް ދިޔައީ އެތަށް ގޮތަކުން ޖެއްސުން ކުރަމުންނެވެ.

…

އެއްދުވަހެއްގެ ހަވީރެވެ. އައިރާ އިނީ ރާއިލްމެން ގޭގައި ކައިލްއާއި ބައްދަލުކުރުމަށް ގޮއްސައެވެ.ރާއިލް އާއި ޒާނާވެސް އެތާ ތިއްބެވެ.

” އޭ ހިނގާބަލަ ދަތުރަކު ނަމަވެސްދާން..މިއަންނަ ހޮނިހިރު އެއީ ބޮޑު ޢީދެއްނު؟..” ރާއިލް އިނދެއިނދެފައި ބުންޏެވެ.

” އާނ ދޯ..އަސްލުވެސް ހިނގާބަލަ!” ކައިލްވެސް އެ ހިޔާލަށް ތާއީދުކުރިއެވެ.އެންމެން އާނ ބަސްކިޔައި އީދު ދުވަހު އެތާ ކައިރި ފަޅުރަށަކަށް އޯވަނައިޓް ހެދުމަށް ދާން ނިންމިއެވެ.

ދުވަސްތަށް ފާއިތުވަމުން ގޮސް އީދު ދުވަސް ޖެހުނެވެ. އީދު ނަމާދުން ފައިބައިގެން، އައިރާމެން ގެއިން ހެނދުނުގެ ނާސްތާ ކުރުމަށްފަހު ހަތަރުމީހުން މިސްރާބު ޖެހީ ބަނދަރާ ދިމާލަށެވެ.ބަނދަރަށް ދެވުނު އިރު ދަތުރުދާން ހަމަޖެއްސި ދޯނި އޮތީ ފުރަން ތައްޔާރަށެވެ. ހަތަރުމީހުން ވެގެން ދޯންޏަށް އެއްޗެހި އަރުވައި ފުރުމަށް ތައްޔާރުވިއެވެ.އެމީހުންނަށް އެރަށުން ނައްޓާލެވުނީ ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށެވެ.

ވައިމަޑު ނަލަނަލަ ދުވަހެކެވެ.ނޫ އުޑުގައި ވިލާ ރޮއްޖެއްވެސް ނެތެވެ.ތިރީސް ވަރަކަށް މިނިޓް ފަހުން ފަޅުރަށުގެ މަލަމަތި ފެންނަން ފަށައިފިއެވެ.ގަސްބޯ ފެހި ރަށެކެވެ.އެ ގަސްތަކުގެ މަތިން ކިރުދޫންޏާއި ދޮންދީނި އުދުހޭތަން އެމީހުންނަށް ފެނުނެވެ.އެންމެންވެސް ދިޔައީ މި ހިތްގައިމު މަންޒަރު އެމީހެއްގެ ފޯނުގައި ރައްކާ ކުރަމުންނެވެ.ރީތި ރީތި ތުނޑިއެއްލާފައިވާ މިރަށް ފެނުމުން އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ފެނިގެން ދިޔައެވެ.

ދޯނި ރަށާއި ކައިރިކުރުމުން އެންމެން ދޯނިން ފައިބާ އެއްޗެހިތަށް ބޭލިއެވެ. އަދި އަތިރިއާ ކައިރީގައި ހުރި ޖިފުޓިގަނޑަށް އެ އެއްޗެހި ވެއްދިއެވެ. އެއްޗެހިތަށް ތަރުތީބު ކުރުމަށްފަހު ހަތަރުމީހުން އައިސް ވެލިގަނޑު މަތީގައި ޖައްސާލިއެވެ.

” އައި ލަވް ދިސް އައިލެންޑް..އިޓްސް ސޯ ބިއުޓިފުލް” އައިރާ ރަށުގެ މޫދާ ދިމާލަށް ނަޒަރު ހިންގައިލަމުން ބުންޏެވެ.

“ދޯ!އަހަރެން ބުނީމެއްނު އޭރުވެސް ރީތިވާނެއޭ..” ރާއިލް އަމިއްލަ ނަފްސާމެދު ފަޙުރުވެރިވަމުން އައިރާއަށް ދޯ ދިނެވެ.ރާއިލްގެ މަޖާ މިޒާޖުގެ ސަބަބުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“އަހަރެން މިދަނީ ރަށުތެރެ ބަލައިލަން” ކައިލް އިންތަނުން ތެދުވެ ގައިން ވެލި ސާފުކުރަމުން ބުންޏެވެ.

“މަޑުކުރޭ!މަވެސް ދާނަމޭ..”އައިރާ އިންތަނުން ފުންމައިގެން ތެދުވެފައި ބުންޏެވެ.

” އޮހޯ އެއްކަލަ ދެމީހުން ދޯ… އެދަނީ މާފޮޅުވަން..އަހަރުމެން ދާނީ އަނެއްކޮޅުން ދޯ ރާއިލް.. އެދެމީހުންނަށް ވަގުތު ދޭންވާނެ އެއްނު..” ޒާނާ މިހެން ބުނެލީ ޖެއްސުން ކޮއްލުމަށެވެ.

“އެއްކަލަ ޒާ.. އަޅެ ތިހެން ނުކިޔަބަ ދޯ..މަށަށް ޔަޤީނޭ މާފޮޅުވާނީ އަހަރެމެން ދެމީހުން ނޫންކަން..” ޒާނާގެ އަތުގައި ބޮނޑިއެއް އަޅަމުން އައިރާ މިހެން ބުނެލީ ކައިލްއާއި ދިމާލަށް ބަލަން ހުރެއެވެ.

“ހމމމ ދެން ތިދެމީހުން މަޑުން ތިބެބަލަ ދޯ..”ކައިލް ހެމުން ބުނެލިއެވެ.ކައިލް މިހެން ބުނުމަށްފަހު ހިނގައިގަތެވެ.އައިރާވެސް ކައިލްގެ ފަހަތުން ދުއްވައިގަތީ ކައިލްއާއި އެއްވަރުކުރުމަށެވެ.ދެމީހުން ހިނގަމުން ސަކަރާތް ޖަހަމުން ގޮސް ފޭބީ އެރަށުގެ ތުނޑިއަށެވެ.

“ކައި ބަލާބަ..”އައިރާ މިހެން ބުނުމުން ކައިލް ފަހަތަށް އެނބުރުނެވެ.އޭރު އައިރާ ހުރީ ފޯނުގެ ކެމެރާ ހުޅުވައިގެން ކައިލްގެ ފޮޓޯއެއް ނަގަން ތައްޔާރަށެވެ.

” ނޯ ޑޯންޓް…” ކައިލް މޫނު ފޮރުވަމުން ބުންޏެވެ.

“ޓޫ ލޭޓް..އައި ގޮޓް ޔޫ” ކައިލްއާއި ދިމާލަށް ދޫ ދިއްކުރަމުން އައިރާ ބުންޏެވެ.ފޯނުން ނެގި ފޮޓޯއަށް އައިރާ ބަލާލިއެވެ.ވަރަށްވެސް ރީއްޗެވެ.ކައިލްގެ މި ރީތިކަމާމެދު އައިރާ ހިތުން  ތައުރީފުކޮށްލިއެވެ.އައިރާގެ ކޮންމެ އަމަލެއް ފަރުވާތެރިކަމާއެކު ކައިލް ބަލަން ހުރިކަމެއް އައިރާއަށް ރޭކާނުލިއެވެ.ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް ދެމީހުންގެ ދޭތެރޭގައިވާ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ.ނަމަވެސް ދެމީހުންނަށްވެސް ނޭނގޭ އެއްކަމެއްވެއެވެ.އެއީ އެ ދެމީހުންވެސް ދެމީހުންދެކެ ލޯބިވާކަމެވެ.

އައިރާ އާއި ދިމާލަށް ގެއްލިފައިހުރި ކައިލް ސިއްސައިގެން ދިޔައީ އައިރާ އޭނާއާއި ދިމާލަށް ބެލުމުންނެވެ.ނޫންކަމަށް ހަދާފައި އަނެއްކޮޅަށް އެނބުރުނީ އައިރާއަށް އެކަން ނުދެއްކުމަށެވެ.ނަމަވެސް އައިރާއަށް މިކަން ފާހަނގަވިއެވެ.އެއާއެކު އައިރާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ހިނގާ ދާން..މިހާރު ރާއިމެން ތިބޭނެ ލަސްވެފަ..މެންދުރަށް ކައްކަންވެސް ޖެހޭނެއެއްނު” އައިރާ ބުނެލިއެވެ.ކައިލް  އެއްވެސް އެއްޗެކޭ ނުބުނެ ހަމައެކަނި ބޯ ޖަހައިލިއެވެ.ދެމީހުންވެސް މަޑުމަޑުން ހިނގާލައިފައި ދިޔައިރު އެ ދެމީހުންގެ ދޭތެރޭގައިވަނީ ހަމަހިމޭން ކަމެވެ.

“ކައި ހާދަ ބޮޑު ފިކުރެއްގަ.ކަމެއްވީތަ؟..” ދެމީހުންގެ ދޭތެރޭގައިވި ހަމަހިމޭންކަން ނަގައިލީ އައިރާއެވެ.

” އުހު…ނޫން ނުވިސްނަން ކަމަކާ” ކައިލް ބޯ ހޫރުވައިލަމުން ބުންޏެވެ.

ހަޤީގަތުގައި ކައިލް ބޮލުތެރޭގައި ރާވަމުން ދިޔައީ އައިރާ އާއި ރައްޓެހިވާން އެހުމަށެވެ.ކައިލް ބޭނުންވަނީ މިރަށުން ފުރުމުގެ ކުރިން އައިރާ އޭނާގެ މިލްކަކަށް ހެދުމަށެވެ.އެހެންކަމުން މިކަމުގައި ރާއިލްއާއި ޒާނާގެ އެހީ ހޯދުމަށް ކައިލް ނިންމިއެވެ.

“ތި ދެމީހުން ބާރަށް އާދެބަލަ ދޯ..އަދިވެސް މާފޮޅުވާ ނުނިމޭތަ؟” ކައިލްއާއި އައިރާ އަންނަތަން ފެނިގެން ރާއިލް ބާރަކަށް ގޮވައިލިއެވެ.

“ނޫނޭ..ހިނގާ ކައްކަން”އައިރާ މިހެން ބުނުމުން އެންމެން ހިނގައިގަތީ ކާ އެއްޗެސް އަޅައިފައި ހުރި ފޮށިގަނޑާ ދިމާލަށެވެ.އޭގެން ނޫޑްލްސް ޕެކެޓްތަކެއް ނަގައި ކައްކައިލިއެވެ.ކައި ނިމުމުން ހަތަރުމީހުން މަސައްކަތް ފެށީ ރޭގަނޑުވުމުގެ ކުރިން ޓެންޓުތަށް ޖެހުމަށެވެ.ޓެންޓުތަށް ޖަހައި ނިމުމުން ގެނައި ދަބަސްތަށް ޓެންޓުތަކަށް ވެއްދިއެވެ.

“ވަރުބަލިވެއްޖެ.. އެބަ އަންނަން ފާހަނަ ކޮށްގެން”އައިރާ މާނޭވާ ލަމުން ހިނގައިގަތީ އެތާ ހުރި ގިފިލިއާ ދިމާލަށެވެ.މިކަހަލަ ދަނޑިވަޅަކަށް އިންތިޒާރުކޮށްގެން ހުރި ކައިލް ހީވީ ދެފަޔަށް ހިނިއެރިހެންނެވެ.އަވަހަށް ގޮސް އޭނާގެ ރޭވުން ޒާނާއަށާއި ރާއިލްއަށް ކިޔައިދިނެވެ.ދެމަފިރިންވެސް އެކަމަށް ތާއީދުކޮށް ކައިލްއަށް އެހީވާނެކަމަށް ބުންޏެވެ.

..

އެރޭ އަށެއް ޖެހިއިރު ހަތަރުމީހުން ތިބީ އަތިރިމަތީގައި ރޯކޮށްފައި ހުރި އަލިފާންގަނޑުގެ ކައިރީގައެވެ.ސަކަރާތް ޖަހައި މަޖާކުރާށެވެ. އިރުކޮޅަކުން ކައިލް ރާއިލް އަތުގައި ކޮށްޓާލުމަށްފަހު އެހެން މީހަކަށް ފާހަނގަ ނުވާނެހެން ހިނގާށޭ ބުންޏެވެ.ކައިލްގެ މި އިޝާރާތާއެކު ދެމީހުން ކޮޅަށް ތެދުވިއެވެ.

“އެބަ އަންނަން..ދެމީހުންވެސް މިތާ ތިބޭތި..ކަމެއް ބޭނުންވަންޏާ ގުޅާލައްޗޭ!”މިހެން ބުނުމަށްފަހު ރާއިލް އާއި ކައިލް ހިނގައިގަތީ ރަށުގެ ތުނޑިއާއި ވީ ދިމާލަށެވެ.

“އެމީހުން އެދިޔައީ ކޮންތާކަށް؟”އައިރާ ސުވާލު ކޮށްލީ ޒާނާއާއެވެ.ޒާނާ ދެކޮނޑު އަރުވާލުމަށްފަހު ނޭނގެއޭ ބުންޏެވެ.

ވަރަށްވެސް ރީތި ރެއެކެވެ.ހަނދުވަރުގެ އަލިން މުޅިތަންވަނީ އަލިކޮށްފައެވެ.އުޑުގައި ބަބުޅަމުން ދިޔަ ތަރިތަކުގެ ސަބަބުން އެ މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.ތިރީސް ވަރަކަށް މިނިޓު ފަހެވެ. ލަވަކިޔަން ތިބި ޒާނާއައި އައިރާ ސިއްސައިގެން ދިޔައީ ޒާނާގެ ފޯނަށް މީހަކު ގުޅުމުންނެވެ.ޒާނާ ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ.އެކޮޅުން ވާހަކަ ދެއްކީ ރާއިލްއެވެ.އަދި ޒާނާ ގާތުގައި އައިރާ ގޮވައިގެން އެމީހުން ތިބިތަނަށް އައުމަށް އެދުނެވެ.

“ތުނޑިއާ ދިމާލަށް އަންނާށޯ..”ޒާނާ ފޯނު ބާއްވަމުން ބުނެލިއެވެ.

“”އެޔޯ..މިގަޑީގަ؟”އައިރާ ޒާނާގެ މޫނަށް ބަލައިލީ ސުވާލުން ފުރިފައިވާ ނަޒަރަކުންނެވެ.

“ނޭނގެ ދެން ހިނގާބަލަ..ދިޔައިމައެއްނު އިނގޭނީވެސް” ޒާނާ މިހެން ބުނުމަށްފަހު ތެދުވެގެން ހިނގައިގަތެވެ.އައިރާވެސް ޒާނާގެ ފަހަތުން ހިނގައިގަތެވެ. ދެމީހުން ހިނގާފައި ދަނިކޮށް ތުނޑިއާ ދިމާލުން އަލިތަކެއް ފެނުނެވެ.އައިރާ ވާނުވާ ނޭނގޭހާލު ޒާނާގެ ފަހަތުން ހިނގާފައިދިޔައެވެ.އަލިތަކާއި ކައިރިވަމުން ދިޔަ ވަރަކަށް އެއެއްޗެހި އުއްބައްތި ތަކަކާއި ވައްތަރުވެގެން ދިޔައެވެ.

ހިނގާލާފައި ގޮސް އައިރާ އުއްބައްތިތަކުގެ ކައިރީގައި ހުއްޓުނެވެ.އެވަގުތު އައިރާ ލޮލުގައި އަޅައިގަތީ ބިންމަތީގައި ބޮޑުއަކުރުން އަޅާފައި އޮތް “ވިލްޔޫ މެރީ މީ”އެވެ. ވާނުވާ ނޭނގިފައި އައިރާ ފަހަތަށް އެނބުރުނީ ޒާނާ ވީ ހިސާބެއް ބެލުމަށެވެ.ނަމަވެސް ފަހަތަށް އެނބުރުނުއިރު ފެނުނު މަންޒަރުން އައިރާ ހުއްޓުންއެރިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Naushyn Niyaz

Level 1

Other Articles

Previous

ވާނަން އުމުރަށް( 9)

Next

އަބަދަށް އެކުގައި 20

Next
May 4, 2022

އަބަދަށް އެކުގައި 20

Previews
May 4, 2022

ވާނަން އުމުރަށް( 9)

4 Comments!

  1. GUITAR LOVER says:
    May 4, 2022 at 7:57 pm

    wooww ❤️❤️?

    1. Naushyn Niyaz says:
      May 5, 2022 at 8:18 pm

      ❤️

  2. Aishath ZAINA says:
    May 5, 2022 at 1:30 am

    Mi part ves varah reethi ?Can’t wait for the next part

    1. Naushyn Niyaz says:
      May 5, 2022 at 8:17 pm

      thank u..insha allah vrh avahah upload kuraanan

Comments are closed.

Next Episodeލޯބިވާތީ….5←


All Right Reserved!