Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
....ލޯބިވާތީ
އެހެނިހެންމަޖާލޯބި

ލޯބިވާތީ…3

Naushyn Niyaz Level 1
May 3, 2022 3 Mins Read
4 Comments

މަޑުމަޑުން ހިނގާލާފައި އައިރާ ދިޔައީ މިއަދު ހެނދުނު ކައިލްއާއި ދެމީހުން ބައްދަލު ކުރި ތަނަށް ދިޔުމަށެވެ. އަތިރިޔަށް ދިޔައިރު އެތާގައި އެކިފުރާވަރުގެ މީހުން އުޅެއެވެ. އެންމެންގެ ތެރެއިންވެސް އައިރާގެ ލޮލުގައި އަޅައިގަތީ ގަހެއްގައި ލެގިލައިގެން ހުރި ކައިލްއެވެ.

…

“ހޭއި..” ކައިލް ކައިރީގައި ހުއްޓިލަމުން އައިރާ ބުނެލިއެވެ.

” ހާއި” ކައިލް އައިރާ އާ ދިމާލަށް އެނބުރެމުން ބުނެލިއެވެ. ކުރިމަތީގއި ހުރި ރީތި އަންހެން ކުއްޖާ ފެނިފައި ކައިލް ހުއްޓުން އެރިއެވެ.އަދި ހިތާހިތުން އައިރާގެ އެ ރިތިކަމާމެދު ތަޢުރީފް ކޮށްލިއެވެ.

” ޔޫ ލުކް ސޯ ޕްރިޓީ ޓުޑޭ..” ކައިލް އައިރާ އާ ދިމާލަށް ބަލަންހުރެފައި ބުންޏެވެ.

” ތެންކްސް… ޔޫ ލުކް ގުޑް ޓޫ..” އައިރާ ލަދުން އިސްޖަހައިގެން ހުރެ ބުނެލިއެވެ.

“ހިނގާ އިށީންނަން..” ކުރިމަތީގައި ހުރި އުދޯލިތަކާ ދިމާލަށް އިޝާރަތް ކުރަމުން ކައިލް ބުނެލިއެވެ. ކައިލް މިހެން ބުނުމުން ދެމީހުންވެސް ގޮސް އެތަނުން އުދޯއްޔެއްގައި އިށީނެވެ.

“ކައިލް..” އައިރާ މަޑުމަޑުން ގޮވަލިއެވެ.

“ހމމ؟” ކައިލް އެއްބުމަ އަރުވާލަމުން ހޫމް އަޅުވާލިއެވެ.

“އެންމެ ރަނގަޅުތަ އަހަރެން ކައިލްއަށް ނިކްނޭމްއެއް ހެދިޔަސް؟” އައިރާ ސުވާލު ކޮށްލިއެވެ. އައިރާގެ މި ސުވާލުން ކައިލްގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެ ވެރިވެގެން ދިޔައެވެ.

“ހމމ މައްސަލައެއް ނެތް” ކައިލް ވަރަށް ހިނިއައިސްފައި އިނދެ ބުނެލިއެވެ.

” އައި ވިލް ކޯލް ޔޫ… އަމް…… އައިވިލް ކޯލް ޔޫ ކައި.. އޯކޭ އެއްނު؟” އައިރާ މިހެން ބުނެލުމުން ކައިލް ބޯ ޖަހާލިއެވެ.

“އެހެން ވެއްޖެއާ އަހަރެން އައިރާ އަށް ގޮވާނީ އައި އޭ ކިޔާފަ..” ކައިލް މިހެން ބުނުމުން އައިރާ ގާތަށް ހިނިއައެވެ.

ދެމީހުންގެ ނަޒަރުވެސް ކުރިމަތިން ފެންނަން ހުރި މޫދާ ދިމާލަށް ހުއްޓުނެވެ. މޫދުގެ ލޮނުގަނޑު ސާފުވެފައި މަޑެވެ. މަޑުމަޑު ވައި ރޯޅިއެއް ޖެހެމުންދިޔައިރު މިއީ ހިތްހަމަ ޖައްސާލަން އަންނަން ހިތްފަސޭހަ މާހައުލެކެވެ.

“ކައި..” އައިރާ އަނެއްކާވެސް ގޮވާލިއެވެ.

“ކައި ބުނީމެއްނު އޮފީސް ދަތުރަކުއޭ އައިސް ތިއުޅެނީ.. ކޮންތާކުތަ ކައި ހުންނަނީ؟” އައިރާ ސުވާލުކޮށްލިއެވެ.

“މި ހުންނަނީ ރައްޓެއްސެއްގެ ގޭގަ.. ރާއިލްމެން ގޭގަ” ކައިލް މިހެން ބުނެލުމުން އައިރާ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ރާއިލް އޭ؟.. ރާއި އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް.. އެކަމަކު ރާއި އެއް ނުބުނޭ ގެއަށް މީހަކު އައިސްގެން އުޅޭ ވާހަކައެއް.” އައިރާ އެއްފައްޗަކަށް އަމުނާލުމުން ކައިލް ގާތަށް ހިނިއައެވެ.

“އެހެންތަ؟.. ރާއިލްވެސް ނުބުނޭ އޭނަ ސައިޑް ޗިކްސް ގެންގުޅޭ ވާހަކައެއް”  އެއްލޯ މަރައިލަމުން ކައިލް މަލާމާތުގެ ރާގަކަށް ބުންޏެވެ. ކައިލް ބުނި އެއްޗަކުން އައިރާ ރުޅިއައިސްގެން ތުންފަތް އޫ ކޮށްލިއެވެ.

“ރާއިގެ ވައިފް އެއ ހުރެއޭ. އައި އޭމް ސިންގަލް އަދި..” ކައިލް އާއި ދިމާލަށް ލޯ އަޅައިލަމުން އައިރާ ބުންޏެވެ.

” އޯހ.. ކައި ހިޔެއް ނުކުރަން ތިހާ ރީތި ކުއްޖަކު ސިންގަލްވާނެ ކަމަށް” ކައިލް މިހެން ބުނެލީ އައިރާ އާއި ހަތަރުކަޅި ހަމަކޮށްލަމުންނެވެ.އެހެންކަމުން އައިރާ ލަދުން އިސްޖެހިއެވެ. އައިރާގެ މި އަމަލު ކައިލްއަށް ވަރަށް ކަމުދިޔައެވެ.

“ލަދުގަތީތަ؟”އަނެއްކާވެސް ވާހަކަ ދެއްކީ ކައިލްއެވެ. އައިރާ އެއްވެސް ޖަވާބެއް ނުދީ އިޝާރާތުން ނޫނެކޭ ބުންޏެވެ.

” ހައެއް ޖަހަން އެ އުޅެނީ..ހިނގާ ގެއަށްދާން” އައިރާ މައުޟޫއު ބަދަލުކޮށްލަމުން ބުންޏެވެ.

“އެންމެ ރަނގަޅު..އައި ބޭނުން ގޮތެއް..” ކައިލް ތެދުވަމުން ބުނެލިއެވެ.

” އައި އެކަނިތަ ދަނީ؟” ކައިލް ސުވާލުކޮށްލުމުން އައިރާ ބޯ ޖަހައިލިއެވެ.

“އަހަރެން ގެންގޮސްދީފާނަން.. ރާއިލްގެ ސައިކަލު ނަގައިގެން މިއުޅެނީ..” ކައިލް ބުންޏެވެ. ކައިލް މިހެން ބުނުމަށްފަހު ހިނގައިގަތީ ދުރުގައި ޕާކުކޮށްފައި ހުރި ސައިކަލާ ދިމާލަށެވެ. ކައިލް ދިޔަ ދިމާލަށް ބަލަން ހުރެފައި އައިރާވެސް ހިނގައިގަތީ ކައިލްގެ ފަހަތުންނެވެ.

ކައިލް ސައިކަލަށް އަރާ ބޮލުގެ އިޝާރާތުން އެރުމަށް އައިރާ ކައިރީގައި އެދުނެވެ. އެންމެ ސިކުންތެއްވެސް މަޑު ނުކޮށް އައިރާ ސައިކަލު ފަހަތަށް އަރާ ހަމަޖެހިލިއެވެ. އެއާއެކު ކައިލް ސައިކަލު ދުއްވާލިއެވެ. މަޑު މަޑުން ދުއްވާފައި ގޮސް ސައިކަލު މަޑުކުރީ އައިރާމެންގޭ ދޮރު ކުރިމަތީގައެވެ.އައިރާ ސައިކަލުން ފޭބުމަށް ފަހު ކައިލްއާއި ދިމާލަށް ބަލައިލިއެވެ.

“ތެންކްސް”އައިރާ މަޑުމަޑުން ބުނެލިއެވެ.

” ނޯ ޕޮރްބްލަމް” ކައިލް ހީލަމުން ބުންޏެވެ. ކައިލް މިހެން ބުނުމުން އައިރާ ގެއަށް ވަނުމަށް އެނބުރުނެވެ. ކުރިއަށްދާން ނެގި ފިޔަވަޅު ހުއްޓުނީ ފަހަތުން ކައިލް ގޮވާލި އަޑަށެވެ.ފަސްއެނބުރި ކައިލް އާއި ދިމާލަށް އައިރާ ބަލާލުމަށްފަހު އެއްބުމަ އަރުވާލީ ކީކޭހޭ ބުނާފަދަ ގޮތަކަށެވެ.

” އަމް.. ކެން އައި ހޭވް ޔުއަރ ނަންބަރ؟” ކައިލް މިހެން އަހާލަމުން އައިރާ އަތަށް ފޯނު ދިއްކޮށްލިއެވެ.އައިރާ އެއްވެސް އެއްޗެކެ ނުބުނެ ނަންބަރު ޖަހައިދިނެވެ.

” ތެންކިޔު” ކައިލް ބުނެލިއެވެ. ކައިލް މިހެން ބުނުމުން ހިނިތުންވުމެއް ހަދިޔާކޮށްފައި އައިރާ މިސްރާބު ޖެހީ ގޭތެރެއަށް ވަނުމަށެވެ.އައިރާ ގެއަށް ވަނުމުން ކައިލް މިސްރާބުޖެހީ ބަންގި ގޮވުމުގެ ކުރިން ގެއާ ދިމާލަށް ދިޔުމަށެވެ.

……………….

 

ގޭތެރެއަށް ވަދެ އެންމެ ފުރަތަމަ ކަމަކަށް އައިރާ  މަޣްރިބް ނަމާދު ކޮށްލިއެވެ.އެއަށްފަހު ލެޕްޓޮޕް ހިފައިގެން އެނދަށް އަރާ ހަމަޖެހިލިއެވެ.މާދަމާ އޮފީހަށް ދިޔުމުގެ ކުރިން ނިންމަން ޖެހިފައިވާ މަސައްކަތް ނިންމޭތޯ އައިރާ މަސައްކަތް ކުރިއެވެ.މަސައްކަތަށް ސަމާލުކަން ދީގެން އިން އައިރާގެ ސަމާލުކަން ނަގައިލީ ފޯނަށް އައި މެސެޖެކެވެ.އައިރާ ފޯނު ނަގައި ހުޅުވައިލިއިރު ނުދަންނަ ނަންބަރަކުން “ހައި އައި” ޖަހާފައި އިނެވެ.އެއީ ކާކުގެ މެސެޖެއްކަން ދެނެގަންނާކަށް އައިރާއަށް މާ އުނދަގުލެއް ނުވިއެވެ.”އައި” އޭ ކިޔާފަ ގޮވަނީ ހަމައެކަނި ކައިލް ކަމަށްވާތީއެވެ.

އައިރާ ހާއި ޖަހައިލުމަށްފަހު ރިޕްލައި ކޮށްލިއެވެ.އަދި ކައިލްގެ ނަންބަރު އައިރާގެ ފޯނުގައި ސޭވް ކޮށްލިއެވެ.އިރުކޮޅަކުން ކައިލް އަނެއްކާ މެސެޖް ކޮށްލިއެވެ.

” ކީއްކޮށްލަނީ؟” ކައިލް މިހެން އެހުމުން އައިރާ މިވަގުތު ބިޒީކަމަށް ބުންޏެވެ.

” އޯހް..އޯކޭ..މިރޭ  މެސެޖް ކުރާނަން” ކައިލް މިހެން މެސެޖްކުރުމުން އައިރާ އޯކޭ ބުނުމަށްފަހު މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

އެރޭ އެގާރަ ގަޑި ބައިވުމުން އައިރާ އެނދަށް އެރީ ނިދާލުމަށެވެ.އެނދަށް އެރިތާ މާކަ ގިނައިރެއް ނުވެއެވެ.އިރުކޮޅަކުން ވައިބާއިން ނޮޓިފިކޭޝަނެއް ލިބުނެވެ.އައިރާ އަވަހަށް ފޯނު ހުޅުވާލީ ކާކުކަން އިނގޭތީއެވެ. ވައިބާ ބެލިއިރު ކައިލް ހައި ޖަހާފައި އިނެވެ.އައިރާ މަޑުކުރުމެއް ނެތި މެސެޖަށް ރިޕްލައި ދިނެވެ. އެރޭ ބާރަގަޑި ބައިވަންދެން ދެމީހުން އެކިއެކި ވާހަކަ ދެއްކުމުގައި ތިއްބެވެ.ނަމަވެސް ވާހަކަ ދެއްކުން މެދުކަނޑާލަން މަޖުބޫރުވީ ދެމީހުންވެސް ނިދިއައިސްގެން ލޯމެރެން ފެށުމުންނެވެ.

ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުންވެސް ދިޔައީ އިތުރަށް ވަރުގަދަވަމުންނެވެ. ކޮންމެ ރެއަކު ނިދަން އަރާތިބެ ވާހަކަ ދެއްކުމަކީ އާދައަކަށް ވެއްޖެއެވެ.އަތިރިމަތިންނާއި ގޭތެރެއިން ދެމީހުން ދިމާކުރުންވެސް ގިނަވެއްޖެއެވެ.މިކަން ރާއިލްއަށާއި ޒާނާއަށްވެސް ދިޔައީ ފާހަނގަވަމުންނެވެ.އެހެންކަމުން އެދެމީހުން ދިޔައީ އައިރާ އަށާއި ކައިލްއަށް ދިޔައީ އެތަށް ގޮތަކުން ޖެއްސުން ކުރަމުންނެވެ.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Naushyn Niyaz

Level 1

Other Articles

Previous

އިހުސާސް (2)

Next

ތީ އޭ ހަނދަކީ 4

Next
May 3, 2022

ތީ އޭ ހަނދަކީ 4

Previews
May 3, 2022

އިހުސާސް (2)

4 Comments!

  1. GUITAR LOVER says:
    May 3, 2022 at 12:47 pm

    nice ❤️.

    1. Naushyn Niyaz says:
      May 5, 2022 at 7:46 am

      glad u liked it..

  2. Aishath ZAINA says:
    May 3, 2022 at 2:18 pm

    Mi part ves varah Salhi❤️When next part?Can’t wait for the next part

  3. Aishath ZAINA says:
    May 3, 2022 at 2:26 pm

    Mi part ves varah Salhi ❤️When next part ?Can’t wait for the next part

Comments are closed.

Next Episodeލޯބިވާތީ…4←


All Right Reserved!