Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ވާތީ މަ ކައިރީގައި 5

Lana Level 110 Stories
April 30, 2022 5 Mins Read
1 Comment

ނަޒީރާ އިއްޔެ އެކޭ އެއްފަދައިން، ޒޯހާއަށް ފަތިސް ނަމާދަށް ގޮވުމަށް އައިސް ދޮރުގައި ޓަކިދޭން ފެށިއެވެ. ޖަވާބެއް ނުލިބިގެން ތަޅުގައި ހިފާލިއިރު ހުރީ ހުޅުވާފައެވެ. ނަޒީރާގެ ހިތަށް ފިނިވެގެން ދިޔައީ ދަރިފުޅު ހޭލާ ނަމާދު ކުރަން އިންތަން ފެނުމުންނެވެ. ﷲ އަށް ޙަމްދު ކޮއްލެވުނީ، އިސްމާއިލް ގެ ވެސް އެ ދަރިފުޅަށް އެކަހަލަ ތަރުބިއްޔަތެއް ދިނުމުގެ އަތެއް ވާތީއެވެ. ހިނިތުން ވެލަމުން ނަޒީރާ ނިކުތީ ތިރިއަށް މިސްރާބު ޖެހުމަށެވެ.

“މަންމަ ދޭ އިނގޭ ޑިއުޓީއަށް ދާން ރެޑީވަން، އަޅުގަނޑު ހެނދުނުގެ ނާސްތާ ތައްޔާރު ކުރާނަން” ޒޯހާ ތިރިއަށް ފައިބަމުން ހިނިތުން ވެލާފައި ބުނެލިއެވެ.

“ނޫނޭ ދަރިފުޅާ، މަންމައަށް ވެސް މާ ގިނަ ވަގުތެއް ނުލިބެއެއްނު ޒޯ އާއިއެކު ހޭދަ ކޮއްލަން، އެހެންވީމަ މިގަޑިވެސް މީ ޒޯ ކައިރީގަ ހުރެލަން ލިބޭ ވަގުތެއްނު، ނޫންތަ؟” ނަޒީރާގެ ހިޔާލު ފާޅުކޮއްލިއެވެ.

“މަންމައަށް ފެންނަ ގޮތެއް، މަންމާ! އަޅުގަނޑު ބޭނުން އަދި ތަންކޮޅެއް ގިނަ ދުވަހު މިރަށުގައި ހުރެލަން” ޒޯހާ ކުއްލިއަކަށް ހުރެފައި ބުނެލިއެވެ.

“ހެހެހެ މަންމައަށް އިނގޭ ޒޯ އަށް މިރަށް ކަމުދާނެކަން މާ ކުރިންވެސް، ޒޯ ބޭނުން ދުވަހެއް ވަންދެން ހުންނަންވީ ހަމަ” އުނދުންމަތީގައި ހުރި، ފިޔައި ރަތްކުރަމުން ނަޒީރާ ބުނެލިއެވެ.

އާނ، އެހެންވީމާ ޗުއްޓީހަމަވާން ކައިރިވީމަ އޮފީހަށް ގުޅާލާފަ އަޅުގަނޑު ބުނާނަން ދުވަސް އިތުރު ކޮއްދެން” ހިނިތުން ވެލަމުން ޒޯހާ ބުނެލީ ރަށްފުށުގައި ދިރިއުޅެލަން އޭނާއަށް މާ ބޮޑަށްވެސް ހިތްފަސޭހަ ވީމާއެވެ. ޒޯހާއަކީ ފެށުނީއްސުރެންވެސް ޤުދުރަތީ މަންޒަރުތަކައި ހިތްފަސޭހަ މަންޒިލްތަކަށް ލޯބި ކުރާ ކުއްޖެކެވެ.

ހެނދުނު ނާސްތާ ކުރުމަށްފަހު ޒޯހާގޮސް ވަނީ ކޮޓަރިއަށެވެ. “ނޫޙު ނަމްބަރެއް ދިން ނަމައެއްނު ގުޅާލެވޭނީވެސް، އަޅެ ހާދަ ބޭނުމޭ އޭނަ ބަލާލަން” ކެތްތެރިކަން ކުޑަ ގޮތަކަށް ހިތާހިތުން ކިޔާލަމުން އޭނާގެ މޫނަށް ވެރިވީ ހިތާމައިގެ ސާލެކެވެ. “ޒޯ، ކީއްވެ މާ ދެރަވެފަ ތި އިނީ؟” ކުޑަދޮރު ކައިރިގައި ހުރި ސޯފާ ގޮނޑިއަށް ދެފައި ދަމާލައިގެން އޮތް ޒޯހާގެ މޫނު ފެނި ސަނާ އަހާލިއެވެ.

“ކަމެއް ނުވޭ، ސަނާވެސް ނުފެންނާތީ.. ހެހެހެ..” ހީގެންފާ ޒޯހާ ބުނެލީ ސަމާސާ ރާގަކަށެވެ.

“ތިއެއް ނޫނޭ، މަންމަ ބުނި މެންދުރު ސަނާ މެންގެއަށް ކާން އަންނަށްޗޯ، މިއަދު އަންނާނެ ކަޒިން ބްރޯ އެއްވެސް، އޭނާ މެލޭގައި ކިޔަވަން އުޅެފައި އިއްޔެގެ ކުރިން ދުވަހު ރާއްޖެއައީ. ހީޒް ވެރީ ހޭންޑްސަމް އިނގޭ” އެއްލޯ މަރާލަމުން ސަނާ ބުނެލިއެވެ.

“ދެން ސަނާ އުޅެންވީނު އެކަމާ. ހެހެހެހެހެ” ދޫނެރެލަމުން ޒޯހާ ބުނެލިއެވެ.

“އައްޗި ނޫން، އަހަރުމެން މީ ފެށުނު އިރުއްސުރެން ވެސް އެއްބަނޑު އެއްބަފާ މީހުން ގޮތަށް އުޅެމުން އަންނަ ބައެއް. އޭނާގެ މައިންބަފައިން އޭނާ ވަރަށް ކުޑައިރު ވަނީ ނިޔާވެފަ، އެހެންވެ މަންމަ އެންމެ ކުޑައިރުއްސުރެންވެސް ޒައިން ގެންގުޅުނީ. ޒައިން، މަންމައަށް ކިޔާނީވެސް މަންމަ” ސަނާ ބުނެލިއެވެ.

“އޯހ، ވަރަށް ދެރަ ދޯ” ދެރަވެލާފައި ޒޯހާ ބުލިއެވެ.

“އާނ، ޒައިންއަށް ޒޯ ފެނިފައިވެސް ކަމުދާނެކަން އަހަރެންނަށް ޔަޤީން. އަހަންނަށް ހީވާނީ ޒޯ ވެސް ވަރަށް ލައިކް ވާނެހެން.” ސަނާ ހިޔާލަކަށް ގެއްލިފައިހުރެ ބުނެލިއެވެ.

“ދެން މިސާލަކަށް އަހަރެންނަށް ކަމުދާ މީހަކު ފެނިއްޖެޔޭ ބުނެފިއްޔާ؟” އެއްބުމަ އަރުވާލަމުން ޒޯހާ އަހާލިއެވެ.

“ކާކު؟ ކޮންއިރަކު؟ ކިހިނެއް؟ ކޮންތާކުން؟ ޒޯ ޓެލް މީ އެވްރީތިނގް ނައު!” ސަނާ ހައިރާންވި ވަރުން އެއްފަހަރާ ބުނެލިއެވެ.

“އިއްޔެގަ ޒޯއަށް އޭނަ ފެނުނީ، ވަރަށް ރީތި އޭނަ، ސަނާ! އަހަންނަށް އޭނަ ވަރަށް ކަމުދޭ” ހިޔާލަކަށް ގެއްލިފައިހުރެ ޒޯހާ ބުނެލިއެވެ.

“ކޮން ނަމެއްތަ އޭނައަށް ކިޔަނީ؟” ހައިރާންވި ވަރުން ސަނާއަށް ހަމަ ސުވާލު ކުރެވެނީއެވެ.

“ނޫޙު.” ބުނެލި އިރުވެސް ފަނޑުވެގެން ނުދާނޭކަހަލަ ވިދުމެއް ޒޯހާގެ ލޮލުގައި ވިއެވެ.

“ސަނާ އަށް އިނގޭތަ އޭނަގެ ދެލޮލަށް  ބަލާ ބަލާ ފޫއްސެއްވެސް ނުވާނެ. ސަފާޔަރ ނޫ ދެ ލޯ، ބައެއްފަހަރު ހީވޭ ކުލަ ބަދަލުވާހެންވެސް” ލޯބިވަންތަ ކަމާއިއެކު ޒޯހާ ބުނެލިއެވެ.

“އޯކޭ ޒޯ ބުނެބަލަ، އަދި މިރަށަށް އައިތަން ރަނގަޅަށް ދެދުވަސްވެސް ނުވޭ، ކޮންތާކުންތަ އޭނައާ ދިމާވީ؟” އެއްބުމަ ހިއްލާލަމުން ސަނާ އަހާލިއެވެ.

“ރޭގަ ތުނޑި އާއި ދިމާލުގައި އޮންނަ ފަސްގަނޑުންވެސް ދިމާވީ، ސަނާ ފޯނު ނުނެގީމަ ޒޯއަށް އިނގުނު ގޮތަކަށް ހިނގާލާފަ ދިޔައީ” ޒޯހާ ބުނެލިއެވެ.

“ތިޔަ ދިމާވީ ޖިންނިއަކާ އެހެންވިއިރު. ހެހެހެހެ” ސަނާ ބާރުބާރަށް ބުނެލިއެވެ.

“ވަރަށް މަޖާ އިނގޭ، ސަނާ، ޒޯ ދެކުނިން އޭނަ އިއްޔެގައި ވެސް. އެހެން ނޫނަސް ޖިންނިއެއް އެހާ ރީތި ނުވާނެ” ސަނާގެ އަތް މަތީގައި ޖަހާލަމުން ޒޯހާ ބުނެލިއެވެ.

“ހޫނ، ލަވް ބާރޑް ވެފަ ނުހުރެ ދެން ހިނގާބަލަ ރޭގަ ރޭވި ގިޓަރ ލެސަން އަހަރެންނަށް ނަގައިދޭން” ބޯ ހޫރާލަމުން ސަނާ ބުނެލިއެވެ.

ޒޯހާއަކީ ސްކޫލު ދައުރުން ފެށިގެން މިއުޒިކްއަށް ލޯބިކުރާ ކުއްޖެކެވެ. މުބާރާތެއް ބޭއްވިއަސް އަބަދުވެސް ރަންވަނަތަށް ހޯދާނެއެވެ، އެގޮތުން ގިޓާރ ކުޅެ ލަވަކިޔުމަކީ ޒޯހާއަށް ލިބިފައިވާ ހުނަރެކެވެ.

ޒޯހާއާއި ސަނާއާއި ދެކުދިން ގިޓަރ ކުޅުމުގައި މެންދުރު ވަންދެން އުޅުނެވެ. މެންދުރު ކާ ގަޑި ޖެހުމުން ޒޯހާ ރީތި ވެލައިގެން ސަނާއާއިއެކު ދިޔައީ އެގެއަށެވެ. ކޭން މޭޒުމައްޗަށް އަރުވާ ތައްޔާރު ކުރުމުގައި ޖަމްޝީދާއާއިއެކު ރިޔާސާއާއި، ނަޒީރާވެސް އުޅުނެވެ. އެއީ އެމީހުންގެ އާދައެވެ. ބޮޑު ކޭމެއް ބާއްވާ ކަމަށް ވަނީ ނަމަ އަވައްޓެރި އެންމެންވެސް އެއްބައިވަންތަ ކަމާއިއެކީގައި އެކަމުގައި ބައިވެރި ވާނެއެވެ. ޒޯހާ ދިޔައީ ސަނާއާއި އެކު އޭނާގެ ކޮޓަރިއަށެވެ.

މާގިނައިރެއްނުވެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭން ފެށިއެވެ.

“ޒޯ ދޮރު ހުޅުވާލަބަލަ!” ފާހާނައިގައި އުޅެމުން ސަނާ ބުނެލިއެވެ.

ޒޯހާ މަޑު މަޑުން ދޮރު ހުޅުވާލިތަނާއި މީހަކުއައިސް ޒޯހާގައިގާ އޮޅުލައިގަތެވެ.

“ސަނާ މައި ޑިއަރ ކޮއްކޮ އައި މިސްޑް ޔޫ” ފިރިހެން ވަންތަ އަޑަކުން އެހެން ބުނެލިއެވެ.

ސަނާ ފާހާނައިން ނިކުތް އިރު ޒައިން އިނީ ޒޯހާގައިގާ ބައްދައިގަނެގެންނެވެ. ނިތްކުރިމަތީގައި އަތްއަޅާލަމުން ސަނާ ކަރުކެހިލިއެވެ. ޒައިން އަށް ފާހާނަ ކައިރީގައި ހުއްޓިގެން ހުރި ސަނާފެނި ދެ ލޯ ބޮޑުކޮއްލެވުނެވެ. އަވަހަށް ދުރަށް ޖެހިލީ މިވީހާ އިރުގައި ބައްދައިގެން ހުރެވުނީ އެހެން މީހެއްގައިގާކަން އިނގުމުންނެވެ.

ޒައިން އާއި ޒޯހާއާއި ދެމީހުން ދެމީހުންނަށް ބަލަހައްޓަން ހުރެފާ އެއްކޮށް ބަލާލީ ސަނާއާއި ދިމާލަށެވެ.

“ޒައިން، މީ އަހަރެން ބުނި އެންމެ ގާތް އެކުވެރިޔާ ޒޯހާ، ޒޯހާ މީ އަހަރެންގެ ބޭބެ ޒައިން” ސަނާ ސަމާސާ ރާގަކަށް ތައާރަފް ކޮއްދެމުން ބުންޔެވެ.

“ސޮރީ ޒޯހާ، އަހަރެން ހީކުރީ ސަނާ ކަމަށް ތީ” އަތް ދިއްކޮއްލަމުން ޒައިން ބުނެލީ ލަދުން ހުރެއެވެ.

ހިތްހެޔޮ ކަމާއި އެކު ސަލާމް ކޮއްލަމުން ބޯ ޖަހާލަމުން ޒޯހާ ހިނިތުން ވެލިއެވެ. ބަލާ ބެލުމުން ޒައިން އަކީ ރީތި ފިރިހެނެކެވެ. ކުރުކޮށް ކޮށާލެވިފައިވާ ބުޅި އިސްތަށިކޮޅާއި ލައިގެން ހުރި ހުދު ގަމީހާއި، ނޫ ފަޓުލޫނުގައި ވަރަށް އޮފީސް ވަންތައެވެ. އިސްކޮޅުން ދިގުވެފައި، ރޫފަ ރަނގަޅު ޒުވާނެކެވެ.

ޒައިންއަށް ބެލެމުން ދިޔައީ ކުރިމަތީގައި ހުއްޓިގެންހުރި ޒުވާން ރީތި އަންހެން ކުއްޖާއަށެވެ. މަޑު ފިޔައިތޮށި ކުލައިގެ ކަކުލާ ހަމަޔަށް ފިޓުކޮށް ހުރި އަތްދިގު ހެދުމާއި ތިރިން ލާފާހުރި ކަޅު ޓައިޓްއިން ހަށިގަނޑުގެ ބައްޓަން އެހާމެ ފުރިހަމަކަމަށް ދައްކައެވެ. ދިގު ރާޅު ބާނީ އިސްތަށިގަނޑު މިނިވަން ކަމާއިއެކު ވަނީ ދޫކޮށްލާފައެވެ. ލަދުގަތީމާ ދެކޮލަށް ވެރިވާ ޖަމްބުކުލަ ޒައިންގެ ހިތާ ހަމަޔަށް ފޯރައިފިއެވެ. ކިތަންމެ ކުޑަކޮށް ހިނިތުން ވެލިޔަސް ކޮލަށް އަރާ އަޑިކޮޅުން މައުސޫމުކަން އިތުރު ކޮއްދެއެވެ. ރީތިވިނަމަވެސް ބޮޑާކަމެއް ނުވެޔެވެ.

“އެކަމަކުވާ ޒައިން ދޮންބެވެސް ބަލާލަން ވާނެއްނު އައިސް ބައްދާ ގަންނައިރުގަ، ބައްދާލިލެއް ބާރުކަމުން ޒޯ އެހުރީ އަދިވެސް ނޭވާ ނުލެވިފަ” ސަނާ މަލާމަތް ކޮއްލަމުން ބުނެލިއެވެ. ތިން މީހުންވެސް ސަނާ އެހެން ބުނުމުން ފެށީ ހޭށެވެ.

ކާމޭޒު މަތީގައި ޖަމްޝީދާ އެކިއެކި ސުވާލު ޒޯހާއާއި ޒައިންއާއި ދެމީހުންނާއި ކުރަމުން ގެންދިޔައެވެ. އަދި ނަޒީރާ އަކީ ޖަމްޝީދާއާއި ކިހާ ގާތް ގުޅުމެއް އޮންނަ މީހެއްކަން ވެސް ޖަމްޝީދާ ބުނަމުން ގެންދިޔައެވެ.

ކެއުމުގައި އެންމެން ބައިވެރި ވެގެން ދިޔައިރު ޒޯހާގެ ކުރިމައްޗަށްވާ ގޮތަށް އިނީ ޒައިންއެވެ. ޒޯހާގެ ސަމާލުކަމެއް ނުވިނަމަވެސް ޒައިންގެ ސަމާލުކަންވީ ޒޯހާއަށް ހުއްޓިފައެވެ.

“ޝުކުރިއްޔާ ޖަމްޝީދައްތާ، ކާއެއްޗެހި ވަރަށް މީރު” ހިނިތުން ވެލަމުން ޒޯހާ ބުނެލިއެވެ.

“ތެދެއް މަންމާ ވަރަށް މީރު އިނގޭ، މެލޭގަ ހުރިއިރު މަންމަގެ ކެއްކުން ގަނޑު ވަރަށް ހަނދާންވި. މިކަހަލަ ކޭމެއް ނުކެވޭތާ މިހާރު ކިހާ ދުވަހެއް މިވީ” އިތުރުކޮއްލަމުން ޒައިން ބުނެލިއެވެ.

ސަނާހުރީ ޒައިންގެ އިޝާރާތްތަކަށް ކަޅިޖަހާލުމެއްވެސް ނެތި ބަލާށެވެ. ޒޯހާގެ އެއްވެސް ސަމާލުކަމެއް ނެތަސް ޒައިންއަށް ޒޯހާ ކަމުގޮއްސިކަން ސަނާއަށް ދެނެގަނެވުނެވެ.

ކެއުމަށްފަހު ސަނާ އާއި ޒޯހާ އަދި ޒައިން ހުރީ ސަނާގެ ކޮޓަރީގައި ވާހަކައިގައެވެ.

“ޒޯ ވަރަށް ފޯރިހުރެއެއްނު ދޮންވެލި ފަސްގަނޑުތަކަށް؟ ހިނގާ މާދަމާއަށް ދަތުރެއްދާން، މިތާ ކައިރީގައި އޮންނާނެ ފަޅު ރަށެއްވެސް” ސަނާ ހިޔާލެއްފާޅު ކޮއްލިއެވެ.

“ތީ ވަރަށް ރަނގަޅު ހިޔާލެއް ސަނާ، ޒޯ މަންމަ ކައިރީގަ މި ބުނަނީ މާދަމާ އޮފް ވާށޭވެސް، ސަނާވެސް ދޭބަ ޖަމްޝީދައްތަ ކައިރީގައި ބުނަން” ޒޯހާއަށް އެހިޔާލު ކަމުދިޔަ ވަރުން އެންމެ ވަގުތު ކޮޅެއްވެސް ބޭކާރު ނުކޮށް ނަޒީރާއަށް ގުޅިއެވެ.

“ހެލޯ މަންމާ، ސަނާ މެން ގޭ މީހުންނާއެކު މާދަމާއަށް ދަތުރެއް ރާވަނީ މި، މަންމަވެސް ހޮސްޕިޓަލް އިން މާދަމައަށް އޮފް އެއް ނަގަންވީނު؟” ޒޯހާ އެއްސެވެ.

“ޒޯ ބޭނުން ގޮތެއް ދަރިފުޅާ، މާދަމާ މަންމަ އޮފްއެއް ނަގާނަން އިނގޭ އެހެން ވިއްޔާ” އަނެއްކޮޅުން ނަޒީރާ ބުނެލިއެވެ.

ފޯނު ކަނޑާލުމައްފަހު ސަނާގެ އިންތިޒާރުގައި ތިބި ޒައިން އާއި ޒޯހާއާ ދެމީހުން ތިބީ ދައްކާނެ ވާހަކައެއް ނޭގިފައެވެ.

“ސުވާލެއް އަހާލިއަސް އެންމެ ރަނގަޅުތަ؟” ޒައިން އަހާލިއެވެ. ޒޯހާ ނިތް އަރުވާލިއެވެ.

“ޒޯ ގެ ބޯއީފްރެންޑް އެއް ހުރޭތަ؟” ޒައިން ވަރަށް ނުކެރިފާ ހުރެ އަހާލިއެވެ.

 

“ބޯއީފްރެންޑްއެއް ނުހުރޭ، ކިހިނެއްވީ އަނެއްކަ؟” ހިނިތުން ވެލަމުން ޒޯހާ އަހާލިއެވެ.

“ކަމެއް ނުވޭ، ތި ކަހަލަ ރީތި ކުއްޖެއްގެ ނުހުންނާނެ ކަމަށް ހަމަ ގަބޫލު ކުރަން އުނދަގުލީ” ޒައިން ބުނެލި އެއްޗަކުން ޒޯހާ ފެށީ ހޭށެވެ.

“އެހެންވީމަ ހުރިހާ ކަމެއްވެސް ނިމިފަ މިއޮތީ، މާދަމާ ހަތެއް ޖަހާއިރުގަ ދަތުރު ދަނީ” ދަތްކޮޅު ދައްކާލަމުން ކޮޓަރިއަށް އައިސްވަން ސަނާ ބުނެލިއެވެ. އުފަލުން އިންތަނުން ޒޯހާ އުދުއްސާ ނުގަތީ ހަމަ ކިރިޔާއެވެ.

ތިންމީހުން ފޫހިވެގެން ފިލްމެއް ބެލުމަށްފަހު ފެށީ ގޭމްއެއް ކުޅޭށެވެ. މަޖަލާއި ސަކަރާތުގައި ވަގުތު ހޭދަކުރަމުން ދަނިކޮށް އަސުރު ނަމާދަށް ބަންގި ގޮވުމުން ޒޯހާ ގެއަށް ދަނީއޭ ބުނެ ނިކުތީ ބޭރަށެވެ.

ގެއަށް ވަދެ އަސުރު ނަމާދުކޮއްގެން ޒޯހާއިނީ ސޯފާގައި އިށީނދެލައިގެން ވާހަކައެއް ކިޔާށެވެ. ކުޑަދޮރު ހުޅުވާފައި ކަމަށްވުމުން ދުނިޔޭގެ ވައި އައިސް ކޮޓަރިއެތެރަށް ވަންނަމުން ދިޔައެވެ.

ޒޯހާ ސިއްސައިގެން ދިޔައީ ކުޑަދޮރުގައި އައިސް ގާކޮޅެއް ޖެހުމުންނެވެ.

***************************************************

އައްސަލާމު އަލައިކުމް.. މީ ލާނާ އަލަަށް ލިޔަން ފެށި ވާހަކައެއް، އެހެންވީމަ ކުޑަކޮށް ގްރެމަރ ޕްރޮބްލެމްސް ތަށް ހުރެފާނެ. ޕްލީސް ބެއަރ ވިތް މީ. އައި ވުޑް ލަވް ޓު ސީ، ރީޑާސް’ އޮޕީނިއަންސް ތްރޫ ދަ ކޮމެންޓްސް. 🙂

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lana

Level 110 Stories

Other Articles

Previous

ސޯލްމޭޓްސް – 1

....ލޯބިވާތީ
Next

ލޯބިވާތީ…2

Next
....ލޯބިވާތީ
April 30, 2022

ލޯބިވާތީ…2

Previews
April 30, 2022

ސޯލްމޭޓްސް – 1

One Comment

  1. Evelyn ? says:
    May 1, 2022 at 8:22 pm

    Keep going lana…..Vrh reethi mi part vx…♥️ Hope to see next part soon…

Comments are closed.

Next Episodeވާތީ މަ ކައިރީގައި 6←


All Right Reserved!