Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިނިތުންވެލާށޭ ކަލާ 12

Ave Level 210 Stories
April 2, 2023 3 Mins Read
0 Comments

“ޔާން!” ދެ މީހުންނަށްވެސް ކުރިމަތި ބަލައިލެވުނީ ކުއްޖަކު ކަޔާންއަށް ގޮވައިލި އަޑަށެވެ. 

ކުރިމަތީގައި ހެވިލައިފައިހުރި ޝިއުނީ ފެނުމުން އިޒްހާ ދިޔައީ ސިހިގެންނެވެ. އަދި އެހާ ގާތްކޮށް ގޮވައިލުމުންވެސް އޭނާގެ ހިތަށް ގޮތެއްވެގެން ދިޔަކަން ޔަގީނެވެ. އިޒްހާ ޝިއުނީއަށް ލޯ އަޅައިލި ނަމަވެސް މިފަހަރު ޝިއުނީ އޭނާއަށް ހިނިތުންވުމެއް ރައްދުކޮށްލުމުން އަދި އިތުރަށް ރުޅިގަދަވިއެވެ. 

“ހެއި ޝިއު. އާނ! އަދި ނުބުނެވިގެން ދޯ މިއުޅެނީ؟ އިޒޫ، މީ އަހަރެންގެ ލޯބިވެރިޔާ ޝިއުނީ. އިޒޫއަށް އިނގޭނެހެން ހީވަނީ. ޝިއު ބުނިވިއްޔަ ތި ދެމީހުން ސްކޫލްގަ އުޅުނުއިރު ކިޔެވީ އެއްގްރޭޑަކުންނޭ.” ކަޔާން ހީލަމުން ބުނެލިއެވެ. 

“އާނ.. ހެހެހެ..” އިޒްހާއަށް ބުނާނެ އެއްޗެއް ނޭނގުމުން ބުނެވުނީ އެހެންނެވެ. 

“ތެންކިއު ފޯރ ދަ ކޮފީ އިނގޭ. އަހަރެން މި އުޅެނީ ޝިއުއާއެކު ތަނަކަށް ދާން.” ކަޔާން ހުސްވެފައިއޮތް ކޮފީ ތަށި އިޒްހާއަށް ދިގުކޮށްލަމުން ބުނެލިއެވެ. 

“ޝިއު މަޑުކޮށްލާ. އެބަ އަންނަން ސައިކަލު ތަޅުދަނޑި ހިފައިގެން.” ކަޔާން އެހެން ބުނަމުން އެތެރެއަށްވަނެވެ. 

“ވެލް ވެލް ވެލް.. ހައު އިޒް ދި ސަޕްރައިޒް އިޒްހާ ޑާރލިންގ؟” ޝިއުނީ ނުބައިގޮތަކަށް ހިނިތުންވެލަމުން ރުޅިން ކެކިކެކިއިން އިޒްހާއާއި ކުރިމަތިލިއެވެ. 

“އަދި ތިހާ ފުއްޕައިގެން އުޅޭކަށްނުވެޔޭ. ޔާންއަށް ތީ ކިހާވަރެއްގެ މީހެއްކަން އެނގުމުން އެންމެ ސިކުންތަކުވެސް ޝިއުނީ އާއި ރައްޓެހިވެގެންނެއް ނޫޅޭނެ.” އިޒްހާ އެހެން ބުނުމާއިއެކު ޝިއުނީ ފެށީ ހޭށެވެ. 

“ހަހަހަ.. ނޯ ވޭ! އެއީ އަހަރެންގެ މީހެއް. އޭނާ ދުވަހަކުވެސް އަހަރެން ދޫކޮށްފައެއް ނުދާނެ.” ޝިއުނީ ބުނެލިއެވެ. 

“ހިނގާ ދާން ޝިއު!” ކަޔާން ނިކުތުމާއިއެކު ދެމީހުންވެސް ސައިކަލަށް އަރައިގެން ދިޔައީއެވެ. 

…

އަނދިރިވެފައި އޮތް އެޕާރޓްމެންޓް އަލިކޮށްލަމުން އެތެރެއަށްވަނީ އިޒްއާން ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާ އެނދު ކައިރިއަށް އަޅުވައިލައިފައި އޮތް ދަބަސް ވައްޓައިލަމުން އެނދުގައި އޮށޯވެލިއިރު އެ މޫނު މަތިން ފެންނަނީ ހިތްހަމަޖެހުމެވެ. އެހެން އޮވެފައި ފޯނުން މީހަކަށް ގުޅައިލިއެވެ. ކުޑަކޮށް ވާހަކަ ދައްކައިލައިފައި ރޭގަނޑު އަށެއް ޖަހާއިރު ރެސްޓޯރެންޓަކުން ދިމާވާނޭކަމަށް ބުނެ ފޯނު ކަނޑައިލިއެވެ. އެއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްވެރިކަމެވެ. 

….. 

“އޮހޯ! ކާކާތަ އެ ވާހަކަ ދައްކަނީ ހީހީފަ؟” ރަހޫލް ހަމަ ފޯނު ބާއްވައިލުމާއިއެކު މި މަންޒަރު ބަލަންއިން ރައިލީ ލާނެތްކަމާއިއެކު އެއްސެވެ.

“ފްރެންޑެއް.” ރަހޫލް އަދުވެސް އެ ހިނިތުންވުމުގައިހުރެ ބުންޏެވެ. 

“އެހެންތަ؟” ރައިލީ އެހެން ބުނުމާއިއެކު ގޭތެރެއަށް ވަދެގެން އައީ ޒަކްވާންއެވެ. 

“ހައި. ދެމީހުން އެކުގައި ކޮން ކަމެއް ކޮށްލަނީ؟” ޒަކްވާން ގާތްގޮތަކަށް އެއްސެވެ. 

ރައިލީއަށް ޒަކްވާން ފެނުމާއިއެކު އެތަނުން ދިޔައީއެވެ. ޒަކްވާންއަށް އިސްޖަހައިލެވުނެވެ. ރަހޫލްއަށް ވީގޮތް އެނގުނީ ކަންނޭނގެއެވެ. އޭނާގެ މޫނު މަތިންވެސް ފެނިގެން ދިޔައީ ހަމްދަރުދީގެ ކުލަވަރެވެ. 

“އަހަރެންގެ ކޮން ކުށެއް އޮތީ؟” ޒަކްވާންގެ ހަމަ އެންމެ ސުވާލަކުން ރަހޫލްގެ ހިތް ރޮއްވައިލެވުނެވެ.

“ޒަކްވާން…” ރަހޫލްއަށް އިން ތަނުން ކޮޅަށް ތެދުވެވުނެވެ. 

“ކުޑައިރުއްސުރެ ރަހޫ އާއި އިޒޫއަކީ އަހަރެންގެ މިހިތުގައި ކޮއްކޮއެއްގެ މަގާމް ދެވިފައިވާ ބައެއް. ވަރަށް ދެރަވޭ މި މަޖުބޫރީ ހާލަތާއި ދޭތެރޭ. އެކަމަކުވެސް ނޭނގިހުރެ އަހަރެންގެ ހިތް ހަމައެކަނި އަތުލި ސޫރައަކީ ރައި.. އޭނާގެ އަމަލުތަކުން އަހަރެންގެ ތުންފަތަށް ނުފިލާ ހިނިތުންވުމެއް ގެނެސްދޭ. މިހެން ގޮސް އޭނާއަށް ވިހި އަހަރު ފުރުނު ދުވަސްވީ އަހަރެންގެ މުޅި ހަޔާތް އެކަށް ބަރުބާދުވީ ދުވަހަށް. އެއީ ޖިޔާންއާއި ރައްޓެހިވީ ދުވަސް.. އެކަމަކުވެސް އަހަރެން އޭނާގެ ކުރިމަތީގައި އަސަރެއް ނުދައްކައިހުރީ ހަމަ ރައިގެ އުފަލައްޓަކައި. އަހަރެންނަށް ރައި ހިނިތުންވެލާ ތަން ފެނުމުން ހިތަށް ހަމަޖެހުން ލިބޭ..” ޒަކްވާން ވާހަކައިގެ މެދުތެރެއިން އިސްހިއްލައިލުމާއިއެކު އެދެލޮލުގައި ވީ ވޭނީ ކަރުނައެވެ. 

“ރައިއާއި ޖިޔާން ވަކިވީ ދުވަހަކީ އަހަރެންނަށް އުފާވެރިކަން ލިބުނު ދުވަހެއް. އަހަރެންގެ އުންމީދު އަލުން ދިއްލުނު ދުވަހެއް. އެކަމަކުވެސް… ދެތިން ދުވަހެއް ނުވެ އަހަރެން… އަހަރެން އިންނަން މި ޖެހުނީ ހިތުގައި ކޮއްކޮއެއްގެ މަގާމް ދެވިފައިވާ ހިތާއި ފުރާނައިން ލޯބިވީ އަންހެން ކުއްޖާގެ ދައްތައަށް..” އެންމެ ފަހު ޖުމުލައާއިއެކު އޭނާއަށް ކުރި އަސަރުގެ ބޮޑުކަމުން ބަޑި ފަޅައިގެން ދިޔައެވެ. 

ޒަކްވާންއަށް ސޯފާގައި އިށީނދެ އިސްތަށިގަނޑުގައި ހިފައިލެވުނެވެ. މި ހިތްދަތި މަންޒަރު ބަލަންހުރި ރަހޫލްގެ ހިތްވެސް ހީވީ ޗިސްޗިސްވި ހެންނެވެ. ކުޑައިރުގެ އެކުވެރިޔާގެ ހަޔާތް ބަރުބާދުވާ މަންޒަރު ފެނިފައި އޭނާގެ ދެލޮލުންވެސް ކަރުނަތައް އޮހޮރިގަތެވެ. އޭނާގޮސް ޒަކްވާން ކައިރީގައި އިށީނދެ އޭނާގެ ކޮނޑުގައި އަތް ބާއްވައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. މި މަންޒަރު ދުރުގައި ފިލައިގެން ބަލަންހުރި ރައިލީގެ ދެލޯވަނީ ބޮޑުވާނޭ ވަރަކަށް ބޮޑުވެފައެވެ. ވާނީވެސް އެހެންތާއެވެ! އޭނާގެ ހިތުގައިވެސް ޒައިކާންގެ ނަން ރަން އަކުރުން ފެވިފައިވާތާ ކިތަންމެ ދުވަހެކެވެ. އޭނާ ޖިޔާން އާއި ރައްޓެހިވީވެސް ޒައިކާން އޭނާދެކެ ލޯބިނުވާކަމަށް ހީކޮށެވެ. ޒައިކާންގެ މަތިން ހަނދާން ނައްތައިލުމަށެވެ. 

“ޑޭންގް އިޓް! ކީތްވެ؟ އާރްގް!” ރައިލީ އޭނާގެ ކޮޓަރިއަށް ވަދެ ދެލޮލުން ކަރުނަ އަންނަން ފެށުމާއިއެކު ބުނެވުނެވެ. 

“އަހަރެން ބޭނުމެއް ނޫން ޒަކޫއާ ދޮންތި އާ ކައިވެރިކުރާތަން ބަލާކަށް. އަހަރެންނަކަށް ކެތެއް ނުވާނެ. ކިހިނެތް ހަދާނީ؟ އައި ނީޑް އޭން އައިޑިއާ!” ރައިލީ އެންމެ ފަހުން އެނދުމަތީގައި އިށީނދެ ވިސްނަން ފެށިއެވެ. 

ރައިލީ އެހެން އިންދައި ހަނދާންވިއެވެ. އިޒްކާ އެއްފަހަރަކު ގުޅައިފައި ބުނި ވާހަކައެއް މަތިންނެވެ. އިޒްކާން ރަހޫލްދެކެ ލޯބިވާ ވާހަކައެވެ. އެއާއިއެކު އޭނާ އަވަހަށް ފޯނުން ‘އިޒޫގެ ދޮންބެ’ ޖަހައިފައިއިން ނަންބަރަކަށް ފިއްތައިލިއެވެ. އެކޮޅުން ފޯނުނެގުމާއިއެކު ކުޑަކޮށް ވާހަކަ ދައްކައިލުމަށްފަހު ރޭގަނޑު އަށެއް ޖަހާއިރު ރެސްޓޯރެންޓަކުން ބައްދަލުކުރުމަށް އެއްބަސްވެފައި ފޯނު ބޭއްވިއެވެ. 

ނުނިމޭ

Hello Guyss! I’m really sorry for not updating sooner… And year it’s almost been an year.. Again I’m really sorry… Let’s just say that I’ll keep updating more and more… For more and quicker updates follow me on instagram.. Check out the bio for my instagram account

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ave

Level 210 Stories

Follow me on insta: averix05

Other Articles

Previous

ލޯބިވެވުނީ 5

Next

ހިރާސް 42 & 43

Next
April 4, 2023

ހިރާސް 42 & 43

Previews
April 1, 2023

ލޯބިވެވުނީ 5



All Right Reserved!