ހިނިތުންވެލާށޭ ކަލާ – 13
“އަހަރެން ބޭނުމެއް ނޫން ޒަކޫއާ ދޮންތި އާ ކައިވެރިކުރާތަން ބަލާކަށް. އަހަރެންނަކަށް ކެތެއް ނުވާނެ. ކިހިނެތް ހަދާނީ؟ އައި ނީޑް އޭން އައިޑިއާ!” ރައިލީ އެންމެ ފަހުން އެނދުމަތީގައި އިށީނދެ ވިސްނަން ފެށިއެވެ.
ރައިލީ އެހެން އިންދައި ހަނދާންވިއެވެ. އިޒްކާ އެއްފަހަރަކު ގުޅައިފައި ބުނި ވާހަކައެއް މަތިންނެވެ. އިޒްކާން ރަހޫލްދެކެ ލޯބިވާ ވާހަކައެވެ. އެއާއިއެކު އޭނާ އަވަހަށްއިޒްހާ ބަދިގޭގައި ރޭގަނޑުގެ ކެއްކުން ކައްކަންހުރިއިރު ހުރީ ޚިޔާލަކަށް ގެއްލިފައެވެ. އެހެންކަމުން ރުކައިން އައިސް އޭނާގެ ކައިރީގައި ހުއްޓުނުއިރުވެސް އޭނާއަކަށް ރޭކައިނުލައެވެ.
“ސާބަހޭ! ކާކުގެ ހިޔާލެއްގަތަ މިހާރު ތިހުރީ؟” ރުކައިން އެހެން ބުނުމާއިއެކު އިޒްހާއަށް ހޭވެރިކަންވިއެވެ.
“މީހެއްގެ އެއް ނޫން. މި ހަމަ ވިސްނައިލީ ކަމަކާ ދޭތެރޭ.” އިޒްހާ ސިންކަށް ތެލި ދޮންނަން ލަމުން ބުންޏެވެ.
“އެހެންތަ؟ އަހަރެން އެބަ އޮތޭ ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ.” ރުކައިން އެހެން ބުނުމާއިއެކު އިޒްހާ އޭނާގެ ފުރިހަމަ ސަމާލުކަން ރުކައިންއަށް ދިނެވެ.
“ކޮން ވާހަކައެއް؟ ތިއީ ޖިންނިއެކޭތަ؟” އިޒްހާ ދެން ބުނި އެއްޗަކުން ރުކައިންގެ ބަޑި ދިޔައީ ފަޅައިގެންނެވެ.
“އިޒޫވެސް ދޯ؟ އަހަރެން މީ ޖިންނިއެއް ނޫނޭ. މީ ހަމަ އިންސާނެއް. އާދަމުގެ ދަރީންގެ ތެރެއިން އުފަންވި އާދައިގެ އިންސާނެއް. ގަބޫލު ނުކުރަންޏާ މި ހުރީ އަހަރެންގެ އާއިލާ.” ރުކައިން ފޯނުން ފޮޓޯއެއް ދައްކަމުން ބުންޏެވެ.
އެ ފޮޓޯއަށް އިޒްހާ ފަރުވާތެރިކަމާއިއެކު ބަލައިލިއެވެ. މެދު އުމުރުގެ ފިރިހެނަކާއި ރީތި، ދިގު ހިމަތޮޅި، ބުރުގާއަކާއި ދިގު ހެދުމެއްގައި ހުރި އަންހެން ކުއްޖެއްގެ އިތުރުން ދެން ހުރީ ރުކައިންއެވެ.
“އަހަރެންނާއި އަހަރެންގެ ބައްޕައާއި އަހަރެންގެ ކޮއްކޮއާ… އަދިވެސް ބޭނުންތަ ޕްރޫފް؟” ރުކައިން އެހެން ބުނުމާއިއެކު އިޒްހާ ފާޑަކަށް ރަކިވިއެވެ.
“ހަހަހަ.. އިޒޫ ވަރަށް ކިއުޓް ތިހެން ލަދުގަންނައިރު..” ރުކައިން އެހެން ބުނެލުމާއިއެކު އިޒްހާ އަދި އިތުރަށް ރަކިވިއެވެ.
“ދެންންންން،” އިޒްހާ އެހެން ބުނެލަމުން ތުންކޮޅު ދަމައިލިލެއް ލޯބިކަމުން ރުކައިންގެ ހިތް ފުރިގެން އައި ކަހަލައެވެ.
“އިޒޫ ބުނެބަލަ.. އިޒޫއަށް އަހަރެން ޖިންނިއަކާ ވައްތަރުވީ ކީތްވެތަ؟” ރުކައިން އެހެން އަހައިލުމާއިއެކު އިޒްހާ އޭނާއަށް ބަލައިލިއެވެ.
“ފުރަތަމަ ބައްދަލުވި ރޭވެސް އަހަރެން ދަމުން ދެފިޔަވަޅު އަަޅައިލައިފަ ފަހަތް ބަލައިލިއިރަކު ރުކްއެއް ނެތް. ކުއްލިއަކަށް ޑިސަޕިއާރވީ. ދެން ގޮސް ކޮންމެ ފަހަރަކު އެހެން ތަކުރާރުވެ އާއިލާ މެމްބަރުންނާއި ރައްޓެހިންވެސް ނުފެންނާތީ..” އިޒްހާ އެހެން ބުނަމުން ބަދިގެއިން ނިކުންނަން ހިނގައިގަތެވެ.
“އެހެންދޯ.. އަހަރެންގެ ރައްޓެއްސެކޭ ޒާކިންއަކީ ވެސް. ދެން ތިހެންވިއްޔާ މި ޖެހުނީ އިޒޫ އަހަރެންގެ އާއިލާ މެމްބަރުންނާއި ބައްދަލުކުރުވާކަށެއްނު؟” ރުކައިންވެސް އިޒްހާގެ ފަހަތުން ނިކުންނަމުން ބުނެލިއެވެ.
“ރުކް ކައިގެން ދާން މަޑުކުރަންވީއެއްނު؟ ގޮސް ކާގޭގަ އިށީނދޭ އިނގޭ.. އަހަރެން އެބަ އަންނަން ކަޔާން ގޮވައިގެން.” އިޒްހާ އެހެން ބުނަމުން ކަޔާންގެ ކޮޓަރީގެ ކުރިމަތީގައި މަޑުކޮށްލިއެވެ.
“ކަޔާން، އެ ހުރީ ކާން ހަދާފަ. ނިކުމޭ ކާން..” އިޒްހާ އެހެން ބުނެލަމުން އެތަނުން ދިޔައެވެ.
އެނދުގައި އޮށޯވެ އޮވެގެން ފޯނުން ޝިއުނީ އާއި ވާހަކަ ދައްކަންއިން ކަޔާން ސިހުނީ އިޒްހާ އެހެން ގޮވައިލި އަޑަށެވެ. ކަޔާން މި ދަނީކަމަށްބުނެ ތެދުވެ ގަޔަށް ޓީޝާޓެއް ވައްޓައިލިއެވެ.
“ދެން ވާހަކަ ދައްކާނީ ފަހުން ދޯ ޝިއު.. އިޒޫ ކާން ގޮވައިގެން މި ދަނީ..” ކަޔާން އެހެން ބުނުމާއިއެކު ޝިއުނީގެ ލޭ ކެކިގަތެވެ.
“ސީރިއަސްލީ ޔާން؟ ޔާން ޝީޒް ސަޕޯސް ޓު ބީ އަވާރ އެނިމީ… އަހަރެން ހީކުރީ އެއީ އަހަރެމެންގެ ޓާގެޓްކަމަށް. ގިނަ ދުވަސްތަކެއް ނުވެ މިހާރު ތި ރައްޓެހި ވީ.. ދުވަސްކޮޅަކުން ފެންނާނީ އަހަރެން އެއްލާލާފަ އޮއްވާ ކަންނޭނގެ.. ” ޝިއުނީ ވިސްނައިދޭ ކަހަލަ ގޮތަކަށް ބުންޏެވެ.
“ލުކް ޝިއު.. އިޓްސް ނޮޓް..” ކަޔާންއަށް ބުނެވުނީ އެހިސާބަށެވެ.
ޝިއުނީ އެއިރު ފޯނު ކަނޑައިލައިފިއެވެ. ކަޔާންއަށް ނިތުގައި އަތް އަޅައިލެވުނެވެ. ނަމަވެސް މި ގަޑީގައި އެކަމަށް ނުވިސްނައި ނިކުތީ ކާށެވެ. ގޮސް ކާގެއަށް ވަތްއިރު ހީހީފައި ވާހަކަ ދައްކަމުން ދިޔަ ރުކައިން އާއި އިޒްހާ ފެނުމުން މޫނު ހަދައިލެވުނެވެ. އޭނާ ގޮސް އިޒްހާގެ ކައިރީގައިއިން ގޮނޑީގައި އިށީނެވެ. ރުކައިން އިނީ އިޒްހާގެ ކުރިމައްޗަށް ވާގޮތަށްއިން ގޮނޑީގައެވެ.
“އަމްމް.. ރުކް މިރޭ މިގެއިން އިނގޭ ކާނީ…” އިޒްހާ ކަޔާންއަށް ބަލައިލަމުން ބުނެލިއެވެ.
އެއިރު ރުކައިން އާއި ކަޔާން އާއި ތިބީ އެކަކު އަނެކަކަށް ލޯ އަޅައިގެންނެވެ. އިޒްހާއަށް މިކަން ރޭކައިލުމާއިއެކު ކުޑަކޮށް ނުތަނަވަސްވާގޮތްވިއެވެ. އެއްފަހަރު ކަޔާންއަށް އަނެއް ފަހަރު ރުކައިންއަށް ބަލައިލަމުން އިޒްހާ ކަރުކެހިލީ އެހެންވެއެވެ. އެއާއިއެކު ދެމީހުން ސިހިފައި ކަހަލަ ގޮތަކަށް ކާން ފެށިއެވެ. އިޒްހާ ގާތަށް އައީ ހިންޏެވެ.
“ކިހިނެތްވީ؟” ރުކައިން އަހައިލިއެވެ.
“ކަމެއް ނުވޭ…” އިޒްހާ ހުނުން ހުއްޓަން މަސައްކަތްކުރަމުން ބުންޏެވެ.
…
“މަސައްކަތެއް ނުކުރެޔޭ؟ ކިހާ ވަރަކަށް މި މަސައްކަތްކުރަނީ؟” ރައިލީ ކެފޭ ތެރޭގައިއިނީ އިޒްއާން އާއި އެއްކޮށެވެ.
“އެކަމަކު އަހަރެންނަކަށް ހަމަ ކެތެއްނުވާނެ ރަހޫ އެހެން މީހަކާ އިންނަތަން ބަލާކަށް..” އިޒްއާން ނުރުހުންވެފައި ބުންޏެވެ.
“އެކަމަކު ދެން ކިހިނެތްތަ ހަދާނީ؟ ރައި މަންމަ ކައިރީ އެއްފަހަރުވެސް އެހިންތަ ރަހޫ ލޯބިވާ ކުއްޖަކު ހުރިއްޔާ ކައިވެނި ރޫޅާލާނަންހޭ؟” އިޒްއާން އެއްސެވެ.
“އެހީމޭ.. މަންމަ ބުނަނީ ނޫނެކޭ. ޒަކޫގެ އާއިލާ ފަޟީހަތް ވެދާނެޔޭ..! އެކަމަކަށް މަންމަ މުޅިން ދެބަސްވީ..” ރައިލީ ބޯ ހޫރަމުން ބުންޏެވެ.
“އެހެން. އެހެންމަ ފުރަތަމަ ތި ޖެހުނީ ރަހޫގެ ރުހުން ހޯދަން. އެއަށްފަހު ކައިވެނީގެ ކަންކަމާ އުޅޭނީ. އެންމެ ރަނގަޅުތަ ރައި؟” އިޒްއާން އަތުގައި އޮތް ކޮފީ ޖޯޑަށް ބާރުކޮށްލަމުމް އެއްސެވެ.
“އަހަރެންނަށް އެންމެ ރަނގަޅު ދޮންތަ އުފަލުގަ ހުރެފަ ޒަކޫ އަހަރެންނަށް ލިބެނިކޮށް.” ރައިލީގެ މައްސަލައެއް ނެތްކަން އަންގައިލިއެވެ.
– ނުނިމޭ –

