Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަނދާންވޭ (12)

🥀lizzie🥀 Level 410 Stories100 Login
March 5, 2022 4 Mins Read
0 Comments

ޔަނާލް ދެކޮޅު ހޯދާލަމުން ތިރީގައި މަގު ފާހަގަކުރަން އަޅާފައިވާ ރަތްކުލައިގެ ފިނިފެންމަލުގެ ފިޔަތަކުގެ މަތިން ހިނގާލާފައި ގޮސް ރެއިލިންގެ ކައިރީގައި ހުއްޓުނެވެ. ދެއަތް މެއާލައި ބޮނޑިކޮށްލައިގެން ހުރިއިރު މޫނުމަތީގައި އުފާވެރިކަމެއް ނުވެއެވެ. އެހެން ހުއްޓާ ފަހަތުން އިވުނު އަޑާއެކު ޔަނާލްއަށް އެނބުރި ބަލައިލެވުނެވެ.

ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެ އިން އަފްލާކް ފެނުމުން އެތުންފަތުގައި ރަކި ހިނިތުންވުމެއް ދުވެލިއެވެ. ހިނިތުންވެލައިގެން ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއް ހިފަހައްޓައިގެން އިން އަފްލާކްގެ ނަޒަރުވަނީ ހަމައެކަނި އޭނާގެ މޫނަށްކަން އެނގުމުން އެހިތް ތެޅިގަތެވެ. ފާޑަކަށް ފިނިވިއެވެ.

“ޔަނާލް.. ދިސް އިޒް ދި މޮމެންޓް އައި ހޭވް ބިން ވެއިޓިންގ ސިންސް ސޯ ލޯންގް.. އެންމެ ފުރަތަމަ ޔަނާލް ފެނުނު ދުވަހުވެސް މިހިތް އަމިއްލަ އަތުން ދޫވެގެން ދިޔައީ އެއްވެސް އިޚުތިޔާރެއްނެތި… ހިތަކީ އަމިއްލަ ބާރުގެ ދަށުގައިވާ ގުނަވަނެއްނަމަ މިހެން ކަންތައް ނުވީސް ކަންނޭނގެ… ހެހެހ.. ޔަނާލް، ޔޫ އާރ ދަ ބެސްޓް ތިންގ އެވާރ ހެޕެންޑް ޓު މީ.. މުޅި ލައިފްގަ ވެސް ވެވުނު އެންމެ ފުރަތަމަ ލޯބި.. ތި ސްމައިލްއަކީ މިހިތުގެ ފަރުވާ.. ހަމައެކަނި ތި ލޯބި މޫނުކޮޅު ފެނުނަސް އިޓް މޭކް މައި ޑޭ… ނޭނގެ އެހާ ރޮމޭންޓިކް ވާކަށް އިނގޭ.. ހެހެހެހ… އެކަމަކު ބުނަން، އައި ޕްރޮމިސް މުޅި އުމުރަށްވެސް ޔަނާލްދެކެ ލޯބިވާނަން.. މަރުވަންދެން ބޭނުމީ އެކީ އުޅެން.. އެހެންވެ މިއަދު ވަރަށް ހިތްވަރުކޮށްފަ މިއަހަނީ.. ޔަނާލް… ވިލް ޔޫ ބީ މައި ގާލްފްރެންޑް ފޯރ ލައިފް؟..” އަފްލާކް ސީދާ ޔަނާލްގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ އަހާލިއެވެ. އެއާއެކު އަފްލާކްއަށް ފެނުނީ ޔަނާލް ބޯހޫރުވާލިތަނެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“ނޯ ވޭސް ލާކް… އައި ކާންޓް ބީ ޔުއާރ ގާލްފްރެންޑް ފޯރ ލައިފް…” ޔަނާލް ލާނެތް ހިނިތުންވުމަކާއެކު އަފްލާކްއަށް ބަލައިލިއެވެ. ވަގުތުން އަފްލާކްގެ ތުންފަތްމަތިން ހިނިތުންވުން ގެއްލުނެވެ.

“ލާކް… މުޅި އުމުރަށް ލާކްގެ ގާލްފްރެންޑަށްވީމަ ކޮން އިރަކުންތަ ލާކްގެ ވައިފް އަށް ވާނީ؟..” ޔަނާލް އޭނާގެ ލޯބި ހިނިތުންވުން ދައްކާލަމުން ބުނެލި ޖުމުލައިން އަފްލާކްއަށް ހެވުނެވެ. އޭނާ އިސްޖަހާލަމުން ދެފަރާތަށް ބޯހޫރާލިއެވެ. ޔަނާލްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.

“އޯކޭ މައި ޕްރިންސެސް…. ވިލް ޔޫ ބީ މައިން ފޯރ ލައިފް؟..” އަފްލާކް އަނެއްކާވެސް އަތުގައި އޮތް މާބޮނޑި ދިއްކޮށްލިއެވެ. މިފަހަރު ޔަނާލް ބޯޖަހާލަމުން މާބޮނޑީގައި ހިފައި ވަސްގަނެލިއެވެ. އަފްލާކްއަށް ހިނިތުންވެލެވުނެވެ. ޔަނާލްގެ ކޮންމެ ސިފައެއް ކޮންމެ އަދާއެއް އެހިތާއި ހަމައަށް ވާސިލްނުވެ ނުދެއެވެ.

އެރެއަށްފަހު ދެމީހުންގެ ނަންވެސް ލޯބިވެރިންގެ ލިސްޓަށް އިތުރުވެގެން ދިޔައެވެ. ދެމީހުން އެކަކު އަނެކަކާއި ހުރިހާ ކަމެއް ހިއްސާކުރެއެވެ. ދެމީހުންގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސްކޮޅެވެ.

“ލާލް އަވަސްކޮށްބަލަ… ދެން މިހާރު ކޮންއިރެއްތަ ރެޑީވާން ފެށިތާ….” ޔަނާލްގެ ގޭގެ ބޭރު ގޭޓު ކައިރީގައި ހުރެ އަފްލާކް ކުދިކިޔާލިއެވެ. އޭނާ އެތާ ހުންނަތާ މިހާރު ދިހަ މިނެޓަށްވުރެ ގިނައިރުވެއްޖެއެވެ. ހަވީރު ހަތަރުގަޑި ބަޔަށް ހިނގާލަން ދާން ރާވާފައި އޮތް ބަޔެކެވެ. މިހާރު ގަޑިން ފަހެއްޖަހަން ފަސްމިނެޓަށްވީއެވެ.

“ޕިސް ޕިސް ލާލް… ދެންވެސް ތި އަވަހަށް އާ…….” އަފްލާކްގެ ޖުމުލަ މެދުކެނޑުނީ ނިކުމެގެން އައި ޔަނާލްގެ ފުރިހަމަ ސޫރަ ފެނުމުންނެވެ. ކަކުލާ ހަމައަށް އަރާ ރަތްކުލައިގެ އަތްދިގު ހެދުމަކާއި ހުދު ޖީންސެއްގައި ހުރިއިރު ރާޅުބާނި އިސްތަށިގަނޑުވަނީ ފަހަތަށް ދޫކޮށްލާފައެވެ. މޫނުގައި އެއްވެސް މޭކަޕެއް ނެތިވެސް ޔަނާލް ފެންނަލެއް އެހާ ފުރިހަމައެވެ.

އަތުގައި އަޅުވާފައި އޮތް ދަބަހުން ފޯނުނަގައި ކުރިމައްޗަށް ބަލައިލި ޔަނާލްއަށް ވެސް ވީ އެވަރެވެ. ރަތްކުލައިގެ ގަމީހަކާއި ކަޅު ޖީންސެއްގައި އަފްލާކް ބޭރުގެ މޮޑެލްއަކަށް ދޫނުކުރާނެއެވެ. ޔަނާލް ފެނުމުން އެތުންފަތަށް ވެރިވި ހިނިތުންވުން ފެނިފައި އޭނާއަށްވެސް ހިނިތުންވެލެވުނެވެ.

“ވާއު ބޭބީ… ޔޫ ލުކް….” ޔަނާލް އައިސް ކައިރީގައި ހުއްޓިލުމުން އަފްލާކްގެ ދޫ ހަރަކާތްކުރިއެވެ. ނަމަވެސް ބުނަން އޮތް ބަސް އަނގައިން ބޭރުވާ ގޮތެއްނުވިއެވެ. ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރުމުން ޔަނާލް ލަދުންގޮސް މޯޅިވިއެވެ.

“ދެން އިކީ…” ޔަނާލް އަފްލާކްގެ މުލައްދަނޑީގައި އަތްއަޅުވާލަމުން ރަކި ހިނިތުންވުމެއްދިނެވެ. އަފްލާކް އޭނާގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑަށް އަތް މަހާލަމުން ހިނިތުންވެލިއެވެ.

ހިނގަމުން ގޮސް ދެމީހުންނަށް ވަދެވުނީ ޕާކަކަށެވެ. ވާހަކައިގައި ތިބިވަރުން ރޭކާވެސްނުލައެވެ. އޭރު ވަށައިގެންވި ގިނަ މީހުންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައިވާތަން ފެނުމުން ޔަނާލް ރަކިވިއެވެ.

“ސާބަހޭ އެއީ ދެން ލަދުގަންނަވަރު ކަމެއްތަ؟….” އަފްލާކް ޔަނާލްގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ. އަފްލާކްގެ ނޭވާ އޭނާގެ ކަންފަތަށް އެޅުމުން ޔަނާލްގެ ގައިން ހީބިނަގައިގެން ދިޔައެވެ. އޭނާ ހިނިތުންވެލާފައި ގޮސް އަފްލާކްއާއި އެކީ ބެންޗެއްގައި އިށީނެވެ.

“އިކީ… މިސާލަކަށް ލާލް އިކީއާ ދުރުވާން ޖެހޭ ދުވަހެއް އައިސްފިނަމަ އިކީ ކީއްކުރާނީ؟…” ޔަނާލް ސީދާ އަފްލާކްގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ އަހާލިއެވެ. ނަމަވެސް އަފްލާކް ޖަވާބެއް ނުދިނެވެ. ޔަނާލްއާއި ހަތަރުކަޅި ކޮށްގެން އިރުކޮޅަކު އިނެވެ. އެއާއެކު ފެނުނީ ރަކި ހިނިތުންވުމަކާއެކު ޔަނާލް އިސްޖެހިތަނެވެ. އަފްލާކް ގާތަށް ހިނިއައެވެ.

“ލާލް… ތިސުވާލަށް ދޭން ބޭނުންވަނީ އެންމެ ޖަވާބެއް… އައި ވޯންޓް ލެޓް ޔޫ ގޯ…” އަފްލާކް ޔަނާލް ގެނެސް އެމޭގައި ޖައްސާލަމުން ބުނެލި ޖުމުލައިން ޔަނާލްއަށް ހިނިތުންވެވުނެވެ. އަފްލާކްއާއި އެކީ ހޭދަކުރާ ކޮންމެ ސިކުންތެއް އޭނާއަށް އެހާ ޙާއްސައެވެ. ދެމީހުން އެތަށް އިރަކު ވާހަކަ ދައްކަން ތިބެފައި ގެއަށް ދާން ހިނގައިގަތީ މަޣުރިބު ނަމާދަށް ބަންގިވެސް ގޮވި ފަހުންނެވެ.

*ހަތްމަސް ފަސް*

“ލާކް.. އައި ނީޑް ޓު ސޭ ސަމްތިން.. ވަރަށް އާޖެންޓުކޮށް އާދެވިދާނެތަ ކުރިމަތީ މިހިރަ ޕާކަށް..” ކޮލެޖުން ނުކުތް އަފްލާކްއަށް އައި ޔަނާލްގެ މެސެޖު ފެނުމުން އެހިތް ތެޅިގަތެވެ. މިދެދުވަހު ޔަނާލް އޭނާއާއި ވާހަކަވެސް ނުދައްކާ ހުރެފައި މިއަދު މެސެޖު ކުރުމުން އުފާވެސް ވިއެވެ. ޔަނާލް މިދެދުވަހު ކޮލެޖަށްވެސް އައީއެއްނޫނެވެ. އޭނާ ގުޅީމައި ފޯނު ނަގަނީއެއްނޫނެވެ. ވީއިރު ހާސްނުވެ ނުދާނެނޫންހެއްޔެވެ؟

އަފްލާކް ރިޕްލައި ކޮށްލަމުން ކާރަށް އަރައި ދުއްވާލީ ޔަނާލްގެ ގޭ ކުރިމަތީގައި ހުރި ޕާކަށް ދިޔުމަށެވެ. އެއީ އެދެމީހުން އާންމުކޮށް ބައްދަލުކުރާ ޕާކެވެ. ދެމީހުންގެ އެތައް ހަނދާނެއް ރައްކާކުރެވިފައިވާ ތަނެވެ.

“ހޭއި ޕްރިންސެސް… ކިހިނެއްވީތަ އަންނާށޭ ތިބުނީ؟… ދެން ބުނެބަލަ މިދެދުވަހު ކޮލެޖަށް ނައީ ކީއްވެ؟ މެސެޖަކަށް ރިޕްލައި ވެސް ނުދޭ.. ބޭބީ އާރ ޔޫ އޯކޭ؟ ރުޅިއައިއްސަތަ؟…” އަފްލާކް އައިސް ޔަނާލް އިށީނދެގެން އިން ބެންޗުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލަމުން އެދެއަތްތިލައިގައި ހިފާލިއެވެ. ނަމަވެސް އިސްއުފުލާލުމާއެކު އޭނާގެ ހިނިތުންވުން ގެއްލުނެވެ. ޔަނާލްގެ މިލާ މޯޅިވެފައިވާ މޫނާއި އެދެލޮލުގައިވި ތަރުޖަމާ ކުރަން ދަތި ކުލަވަރުން ރަނގަޅަށްވެސް އޭނާގެ ހިތް ތަޅުވާލައިފިއެވެ.

“އަފްލާކް.. މާ ވާހަކަ ގިނަކުރާކަށް ނެތިން.. ބުނަން އޮތްހާވެސް ވާހަކައަކީ….. މީގެ ފަހުން އަހަރެމެން ދެމީހުން އެކަކު އަނެކަކު ނުދަންނަމޭ.. ބޭނުމީ ވަކިވާން.. އައިމް ސޮރީ ފޯރ ވޭސްޓިން ޔުއާރ ޓައިމް ބަޓް… އައި އެކްޗުއަލީ ޑޯންޓް ލަވް ޔޫ ބެކް… މީގެފަހުން ހޯދަން މަސައްކަތް ނުކުރާތި… ވަންސް އަގެއިން އައިމް ސޮރީ ފޯރ އެވްރީތިންގ… ޔަންނުއަށް ޔަންނު ލޯބިވާ ކުއްޖާ ލިބިއްޖެ.. އައިމް ސޮރީ ބަޓް.. ގުޑްބައި…” ޔަނާލްގެ ދުލުން ނުކުތް ބަސްތަކުން އަފްލާކް ރަނގަޅަށްވެސް ޙައިރާންވިއެވެ. ހިތުގައި ދިލަ ވޭނެއް އުފެދުނުކަމުގެ އިހުސާސްވިއެވެ. އަފްލާކް ޔަނާލްގެ ދެލޮލަށް ބަލަން އިނދެފައި އެއްޗެއް ބުނަން ހުޅުވާލި އަނގަ ލައްޕާލީ ޔަނާލް އޭނާގެ އަތް ފޮޅުވާލުމުންނެވެ. އޭނާ ދިޔައީ ރަނގަޅަށްވެސް ސިހިގެންނެވެ.

“އައިމް ސޮރީ އަފްލާކް.. ފޯރ ވޭސްޓިން ޔުއާރ ޓައިމް އެން ގިވިން ޔޫ ފޯލްސް ހޯޕް.. މާދަމާ މިއުޅެނީ ލަންޑަނަށް ދާން ފުރަން.. ދެން ބައްދަލުވާނެކަމެއްވެސް ނޭނގެ.. ފޮގެޓް މީ އެން ގުޑްލަކް އިން އެވްރީތިންގ…” ޔަނާލް ބުނަން ބޭނުންވި ބަސްތައް ބުނެފައި ދިޔައިރުވެސް އަފްލާކްއަށް އިނދެވުނީ ގަބުވެފައެވެ. ޔަނާލް އެދިޔައީ ޔަގީނުންވެސް އޭނާގެ ހިތް ފުނޑުފުނޑު ކޮށްލާފައެވެ. އެތިކޮޅުތަކަށް ބުރައިގެން ދިޔަ ހިތް އަލުން އަނބުރާ ގުޅޭނެ ކަމެއްވެސް ނޭނގެއެވެ.

***********************

އަފްލާކްއަށް އޭނާގެ ޙިޔާލުތަކުން ނުކުމެވުނީ މީހަކު ދޮރުގައި ވަރަށް ބާރަށް ތަޅައިގަތުމުންނެވެ. ސިހިފައި ތެދުވެވުނުއިރު އޭނާއަށް ހުރެވުނީ ދެލޯވެސް ބޮޑުކޮށްލައިގެންނެވެ. އެނދުމަތީގައި އޮތް ގަޑި ބަލައިލުމާއެކު އެދެލޯ ހީވީ އިހުނަށްވުރެވެސް ބޮޑުވިހެންނެވެ.

.

.

ހެލޯ ޑިއަރ ރީޑަރސް.. މި ޕާޓު އަޕްނުވެ ލަސްވި ކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން ނިޙާޔަތަށް މަޢާފަށް އެދެން.. އަޅުގަނޑު ސުކޫލުގައި ވަރަށް ބުރަކޮށް އުޅެ، އަދި ފަހުން ޕްޒިޓިވްވެގެން ކަރަންޓީނުގައި އުޅެންޖެހުމުން މި ޕާޓު ނުނެއްލުނީ… ނަމަވެސް ދެން އިން ޕާޓް އިންޝާﷲ ވަރަށް އަވަހަށް ކިޔާލަން ލިބޭނެ.. ހޯޕް ޔޫ އޯލް ވިލް އަންޑަސްޓޭންޑް… ތެންކްޔޫ ސޯ މަޗް އޯލް ފޯރ ޔުއާރ އެންޑްލެސް ލަވް އެންޑް ސަޕޯޓް..

ލަވް ޔޫ އޯލް 33>

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🥀lizzie🥀

Level 410 Stories100 Login

Other Articles

Previous

ތި ލޯބި-8

Next

⚠️New story Alert⚠️

Next
March 5, 2022

⚠️New story Alert⚠️

Previews
March 5, 2022

ތި ލޯބި-8



All Right Reserved!