Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބި ވެވުމުން 18

Star Fire Level 310 Stories
April 1, 2022 7 Mins Read
0 Comments

*” ހިންގާބަލަ މިގޭގަ އުޅޭ އަނެއް ދެ ލަވް ބާޑްސް އުޅޭ ގޮތް ބަލާލަން ” ނާއިޒް މިޝްހާ ގެ މެދުހަށީގައި އަތް އަޅުވާ ލަމުން ބުނެލިއެވެ.” ސާބަސް އިޒް އަށް އެދެމީހުން އަދި ރައްޓެއްސެއް ނުވެޔޭ ” މިޝްހާ ނާއިޒް ގެ ބޮލުގައި ޖަހަމުން ބުނެލިއެވެ.” ރައްޓެހި ނުވިއެއް ކަމަކު އެ ދެމީހުން އަބަދު އުޅެނީ އެކުގަ ވާ ” ނާއިޒް މިޝްހާ ގެ ނޭފަތުގަ ހިފާ ލަމުން ބުނެލިއެވެ.” ހޫމް އޯކޭ ދެން ހިނގާ ” މިޝްހާ އެހެން ބުނަމުން ނާއިޒް ގެ އަތް އޭނާގެ މެދު ހަށިން ވަކި ކޮއްލިއެވެ. އަދި ގޭ އަނެއް ފަރާތަށް ނިކުންނަން ދިޔައެވެ.*

 

” އެހެމް އެހެމް ” މިޝްހާ އާއި ނާއިޒް އެއްފަހަރާ ކަރުކެލި ލަމުން ހަޓް ތެރެއަށް ވަނެވެ. އެއިރުވެސް އަޔާޒް އާއި ނައިރާ ތިބީ އޮލަ ވާހަކައެއްގަ ޖެހިފައެވެ.” ސާބަސް ތި ދެމީހުންނަށް ހަމަ ކޫސަނި އަނގަ ތެޅުން ނޫން ކަމެއް ނޯވޭ ދޯ ” ނާއިޒް އައިސް އަޔާޒް ގާތު އިށީންނަމުން ބުނެލިއެވެ.” ދޮންބެ އަށް ވެސް ހަމަ ސާބަސް….. ދޮންބެ އަބަދު މިޝް އާ ދެމީހުން ވެގެން މާފޮޅުވަން ތިބެނީ… އަހަރެން ވާ ހިތަށް އަރާ މިޝް ވާ ކެއްގަދައޭ ” ނައިރާ ވެސް ނާއިޒް ބުނި ރާގުގައި ނާއިޒް އަށް ރައްދު ދިނެވެ. ނައިރާގެ ޖަވާބާއެކު އަޔާޒް ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.” ތި އެއް ނޫނޭ… އަހަރުން މި ހަފްތާގަ މެރީ ކުރަން ” ނާއިޒް ބުނެލި އެއްޗަކުން ނައިރާ އާއި އަޔާޒް އަސްލު ވެސް ހޭ ބުނެލިއެވެ.” މީ ހަފްތާ ކޮން ދުވަހަކު މެރީ ކުރަނީ ؟ ” ނައިރާ އެހެން އަހައިލުމުން ނާއިޒް ބުދަ ދުވަހު ކަމަށް ބުނެލިއެވެ.

 

” ނަވާން… ކޮންތާކަށް ތަ މި ދަނީ ” އަޒްހާ ނަވާން ގާތު އަހައިލުމުން ނަވާން ޖަހާލީ ހިނިގަނޑެކެވެ.

ނަވާން ސައިކަލު މަގުމަގުގައި ދުއްވަމުން ގޮސް ހުއްޓުނީ ރަށުގެ ވަލު ކައިރީގައެވެ.” ނަ.. ނަވާން މިތަނަށް ތި އައީ ކީއްކުރަން ” އަޒްހާ އެހެން އަހާލުމުން ނަވާން ބުނެލިއެވެ.” އަޒްހާ ރޭޕް ކޮއްލަން ” ނަވާން ނުލަފާ ހިނިގަނޑަކާ އެކު މިހެން ބުނުމުން އަޒްހާ ދެލޯ ބޮޑުވެގެން ދިޔައެވެ.” ވަ.. ވަޓް ” އަޒްހާ އެހެން ބުނުމުން ނަވާން ހިނިގަނޑެއް ޖަހާލިއެވެ. އަދި ބުނެލިއެވެ.” ސާބަސް އަޒްހާ އަށް އިޓްސް ޖަސްޓް އަ ޖޯކް ” ނަވާން މިހެން ބުނުމަށް ފަހު އަޒްހާ ހިފައިގެން ވަލު ތެރެއަށް ވަނެވެ. އަދި ހަނިހަނި މަގަކުން ހިނގަން ފެށިއެވެ. އަޒްހާ ހުރީ ބިރުން ގޮސް ވިރިފައެވެ. ކުއްލިއަކަށް ވާތަށް ކީއް ކީއް ލައްވަން ފެށުމުން އަޒްހާ އަށް ސިއްސައިގެން ގޮސް ނަވާން އަތުގައި ހިފުނެވެ.” ސޮރީ ” އަޒްހާ ނަވާން ގެ އަތުން ވަގުތުން ދޫކޮއްލަމުން ބުނެލިއެވެ. އަޒްހާ ގެ މި އަމަލުން ނަވާން ގެ ހިތަށް އަސަރު ކުރި އެވެ. ނަމަވެސް ކުރެވޭނެ އިތުރު ކަމެއް ނެތުމުން ނަވާން އިޓްސް އޯކޭ އޭ ބުނެލިއެވެ. ދެމީހުން ހިނގަމުން ހިނގަމުން ގޮސް ހުއްޓުނީ ފަޅު ގެއެއްގެ ކުރި މަތީގައެވެ. އެ ގެއިން އެކި ކުލަކުލައިގެ އަލި ކޮޅު ކޮޅު ފެންނަމުން ދިޔައެވެ. އެ ގެއާ ކައިރިވަމުން ދިޔަ ވަރަކަށް ލަވައިގެ އަޑު އިވުމުން ދިޔައެވެ. އަޒްހާ ހުރީ ހައިރާން ވެފައެވެ. މިއޮއް ފަދަ ގަޑީގައި މިތާގަަ އުޅޭނީ ކޮންބައެއް ހެއްޔެވެ. އެހެން ހިތުލައިގެން އަޒްހާ ނަވާން ގެ ފަހަތުން އެ ގެއަށް ވަނެވެ. އެތެރެއަށް ވަތް އިރުގަ ދެ ޖިންސުގެ މީހުން ފޯރިއާއެކު ނަށަމުން ދިޔަތަން އަޒްހާ އަށް ފެނުނެވެ. މި އާދެވުނީ ކޮން ތަނަކަށް ބާއޭ އަޒްހާ ހިތައް އެރިއެވެ. ” ނަވާން ވަޓްސް ދިސް ޕްލޭސް” އަޒްހާ އެހެން އަހައިލިތަނާ އެތެރޭގައި ނަށަން ހުރި އަންހެން ކުއްޖާ ނަވާން ފެނުމުން އައެވެ. އަދި ނަވާން ގެ ގައިގާ ބާއްދާލިއެވެ. މިތަން ފެނި އަޒްހާ އަށް އުނދަގު ވިއެވެ. ” ނަވާން ބޭބް ހާދަ ދުވަހެއް ކޮއްލަފަ ތި އައީ….. އެންޑް ހޫޒް ދިސް ގާލް” އެއަންހެން ކުއްޖާ ނަވާން ގެ ގައިން ދޫ ކޮއްލަމުން ބުނެލިއެވެ. ” ހޭއި ލީސް…… އެއީ އަޒްހާ” ނަވާން ލީސް އޭ ބުނެ އެއަންހެން ކުއްޖާ ވާހަކަ ދެއްކިއެވެ. އަޒްހާ ހުރީ ކުޑަކޮށް އޯކްވާޑް ވެފައެވެ. ” އިސް ށީ ޔުއާރް ގާލް” އެއަންހެން ކުއްޖާ ގެ ޖުމްލަ ނުނިމި ގެން އުޅެނިކޮށް ނަވާން އަވަހަށް ބުނެލިއެވެ. ” ށީ ޖަސްޓް އަ ގެސްޓް….. ހޫ އިސް ސްޓެއިން އެޓް މައި ހައުސް” ނަވާން އެހެން ބުނުމުން އެ އަންހެން ކުއްޖާ އޯހް އޭ ބުނެލިއެވެ. އަދި ނަވާން ގެ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ. އެ އަންހެން ކުއްޖާ ނަވާން ގެ އަތުގައި ހިފައިގެން ދިޔަތަން ފެނުމުން އަޒްހާ ގެ ހިތުގައި އެ އަންހެން ކުއްޖާ އާ މެދު ހަސަދަވެރިކަމުގެ ހުޅު ކޮޅެއް ރޯވިއެވެ.

 

ނިޔާޒް ގޮސް ރިޒާ މެން ގޭ ދޮރުމަތީގަ ސައިކަލް މަޑުކޮއްލުމުން ރިޒާ ސައިކަލުން ފޭބިއެވެ. ” ތެ.. ތޭންކްސް ނިޔާޒް” ރިޒާ މަޑުމަޑުން އެހެން ބުނުމަށް ފަހު ގެއަށް ވަނެވެ. ނިޔާޒް ހުރީ ރިޒާ އެތެރެއަށް ވަދެގެން ދިޔައިރު ވެސް އެދިމާއަށް ބަލަންށެވެ. އެހެން އިރުކޮޅެއް ވަންދެން ހުރުމަށްފަހު ނިޔާޒް ގެއަށް ދާން ވެގެން ސައިކަލް ސްޓާޓް ކޮއްލިއެވެ. އަދި ފަހު ފަހަރަށް ރިޒާ މެން ގޭ ދޮރާ ދިމާއަށް ބަލައިލިއެވެ. ހަމަ އެވަގުތު ގޭ ދޮރުން ބޭރަށް ފޮއްޓެއް އެއްލާލިއެވެ. ނިޔާޒް މިތަން ފެނި ހައިރާން ވިއެވެ. ދެން ދޮރުން ބޭރަށް ނިކުތީ ރީތިވާ ސާމާނު ތަކާއި ހެދުން ތަކެވެ. އެއިރު އެ ގޭތެރެއިން މީހަކު ހަޅޭލައްވަމުން ދިޔަ އަޑު އިވުނެވެ. އެއީ އަންހެނެއްގެ އަޑެކެވެ. ކުއްލިއަކަށް ރިޒާ ގޭތެރެއިން ނިކުތުމުން ނިޔާޒް ހައިރާން ވިއެވެ. ރިޒާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. އެހުރިގޮތަށް ހުރެ ރިޒާ ބިންމަތީގައި އޮތް ފޮށި ނެގިއެވެ. އަދި ބޭރަށް އުކާފައި ހުރި އޭނާގެ ހެދުން ތަކާ ރީތިވާ ސާމާނުތައް އެޅިއެވެ. ނިޔާޒް އަށް މިތަން ފެނި ސައިކަލުން ފާބައިގެން އައިސް ރިޒާ ކައިރީ ހުއްޓުނެވެ. އަދި ކިހިނެއް ތޯ ވީ އަހާލަން އަނގަ ހުޅުވާލިއެވެ. ނަމަވެސް ހަމަ އެވަގުތު އެ ގޭ ދޮރުން އެހެން މީހަކު ނިކުތެވެ. އެމީހާ ހުރީ ރުޅި އަރައިގެން ގޮސް ފަޅައިގެން ދާ ވަރު ވެފަ ކަން އެ މީހާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ” ހަމަ މިހާރު މިގޭ ހަތަރު ފާރުން ބޭރަށް ނިކުމެ… ކަލޭ ދެން މީގޭ ކައިރިން ފެނުނަސް މަ ގައިގާ ހުރި ނުލަފާ ކަން ދައްކާލާނަން” އޭ އަންހެން މީހާ އެހެން ބުނުމަށް ފަހު ގެއަށް ވަނެވެ. އަދި ގޭގެ ދޮރު ހުރި ބާރެއް ލާފައި ޖެހިއެވެ. އެއާއެކު ރިޒާ ގެ ބަޑިފަޅައިގެން ދިޔައެވެ. ރިޒާ ގިސްލަގިސްލައިފައި ރޮމުން ދިޔައިރު ނިޔާޒް ހުރީ ކުރާނެ ކަމެއް ނޭނގި ފައެވެ. އިސާހިތަކުން އެ ގޭ ދޮރުމައްޗަށް މީހުން އެއްވާން ފެށިއެވެ. އެހެންކަމުން ނިޔާޒް އަވަހަށް ރިޒާ ހިފައިގެން ދިޔައެވެ.

 

” ކޮބާތަ ނިޔާޒް…… އޭނަ ވެސް ހާދަ ނުފެނެއޭ މިހާރު ” ނާއިޒް އަޔާޒް ކައިރީ އަހާލިއެވެ.” ނޭނގެ މަށަކަށް ވެސް…. ވަރަށް ނުފެނޭ މިހާރު ” އަޔާޒް އެހެން ބުނުމުން ނާއިޒް އެހެން ދޯ އޭ ބުނެލިއެވެ.” ގާއިޒް އަހަރުން މި ދަނީ ފިހާރައަށް އިނގޭ ” މިޝްހާ އައިސް ނާއިޒް ކައިރީ އެހެން ބުނުމުން ނާއިޒް އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ.

 

(އެއް ގަޑީރު ފަހުން)

 

ނާއިޒް މިޝްހާ އަޔާޒް އަދި ނައިރާ ތިބީ ސިޓިން ރޫމް ގަ ހުރި ސޯފާގައެވެ. އެ 4 މީހުންގެ މެދުގައި ދެކެވުމުން ދިޔައީ ނާއިޒް އާއި މިޝްހާ ގެ ކައިވެންޏާ ބެހޭ ގޮތުންނެވެ. ނާއިޒް ބުނި ގޮތުން ނަމަ ހުރިހާ ކަމެއް ވެސް އިންތިޒާމު ވެއްޖެއެވެ. މިހާރު ހަމައެކަނި މަޑު ކުރަމުން މި ދަނީ ކައިވެނީގެ ދުވަސް އަންނަން ދެންނެވެ. އެހެން ތިއްބައި ކުއްލިއަކަށް ގޭ ދޮރު ހުޅުވާފައި ވަތް އަޒްހާ ފެނި އެންމެން ދިޔައީ ސިއްސައިގެންނެވެ. ފަހަތު ނަވާން ދުވެފަ ކަހަލަ ގޮތަކަށް އައިސް ވަނެވެ. އަޒްހާ އައިސް އަޔާޒް ކައިރީ ހުއްޓުމަށްފަހު ބުނެލިއެވެ. ” ކުޑޭ އައި ވޯނަ ގޯ ހޯމް” އަޒްހާ އެހެން ބުނުމުން އެންމެން ތިބީ ހައިރާން ވެފައެވެ. ގެއަށް ވަދެގެން އައި ނަވާން ވެސް އަޒްހާ އެހެން ބުނި އަޑުއިވުމުން ހުރިތަނަށް ހުއްޓުން އެރިއެވެ. ” ވައި……..މިހާރު މާ ގިނަ ދުވަހެއް ވެސް ނެތެއްނު ނާއިޒް ބެގެ ވެޑިން އަކަށް.. ދެން ކީއްވެ ކުއްލިއަކަށް” އަޔާޒް އަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް އަޒްހާ ބުނެލިއެވެ. ” އައި ޑޯންޓް ކެޔާ…. އައި ޖަސްޓް ވޯނަ ގޯ ހޯމް…. ނާއިޒް ބެގެ ވެޑިން އޮންނަ ދުވަހު އަޒްހާ އަނެއްކާ އަންނާނީ ބަޓް ރައިޓް ނައު އައި ވޯނަ ގޯ ހޯމް…..” އަޒްހާ އެހެން ބުނުމުން އަޔާޒް ކީއްވެހޭ އަހާލިއެވެ. ” ކަޒް އަ ޑޯންޓް ވޯނަ ސްޓޭ ހިޔާ ކުޑޭ އެންމެ ފަހަރަކު ވެސް އަހަރެންނާ ސުވާލު ނުކޮށް އެއްކަމެއްވެސް ނުކުރެވޭތަ” އަޒްހާ ވެފަ ހުރި ދެރަ އަކާއި އަރާފަ ހުރި ރުޅި އެއްގެ ބޮޑުކަމުން ވަރަށް ބާރަށް ބުނެލިއެވެ. ” އޯކޭ ފައިން ޕްރިންސެސް ކޮން އިރަކު ދާން ބޭނުމީ” އަޔާޒް އެހެން ބުނުމުން އަޒްހާ މިރޭގަ އޭ ބުނެލިއެވެ. ” އަމް ސޮރީ ޕްރިންސެސް އެކަމް ކުޑޭ އަކަށް ނުކެރޭނެ ޕްރިންސެސް ރޭގަނޑުގަ ފޮނުވާ ކަށް…. ހައު އެބައުޓް ޓުމޯރޯ” އަޔާޒް އެހެން ބުނުމުން އަޒްހާ މާދަމާ ފަތިހު ފުރަން ބޭނުންވާ ވާހަކަ ބުނުމަށް ފަހު އޭނަގެ ކޮޓަރި އަށް ދިޔައެވެ. ނަވާން އެ ހުރިތާ ހުރެފަ އަޒްހާ ދިޔުމުން ދުވެފަ ކަހަލަ ގޮތަކަށް އަޒްހާ ގެ ފުލުން ދިޔައެވެ. އަޔާޒް އެކޭ އެއްވަރަށް އެންމެން ވެސް ތިބީ ހައިރާން ވެފައެވެ. އިރުކޮޅޭއް ނުވާނީަް ގޭ ދޮރުން ވަދެގެން އައި ރިޒާ އާއި ނިޔާޒް ފެނުމުން އެ ހައިރާ ކަން ދެގުނަ ވެގެން ދިޔައެވެ. ރިޒާ ހުރިގޮތް ފެނުމުން މިޝްހާ އާއި ނައިރާ އަށް ތިބެވުނު ތަނެއް ވެސް ނޭނގުނެވެ. އަވަހަށް ގޮސް ރިޒާ ހިފައިގެން ގެސްޓް ރޫމް އަކަށް ވަނެވެ. ނިޔާޒް ވެގެން އުޅޭ ގޮތް ކުޑަކޮށް ނާއިޒް އަށް ށާއި އަޔާޒް އަށް ކިޔާ ދިނެވެ. އަދި ރިޒާ ކައިރިއަށް ދާން ހިނގައި ގަތެވެ. ރިޒާ ވަތް ކޮޓަރީއާ އަރާ ހަމަވީއިރަށް ކޮޓަރިން ނިކުތް މިޝްހާ އާއި ނައިރާ ފެނުނެވެ. ” ހައު އިސް ށީ” ނިޔާޒް ގެ ސުވާލާ އެކު މިޝްހާ އާއި ނައިރާ އެކަކު އަނެކަކަށް ބަލައިލިއެވެ. ” ށީ އިސް ފައިން އެކަމް ވަރަށް ރުއި… ރިޒް ބުނި ދެން ރިޒް އާ މެރީ ކުރާނެ މީހެއް ވެސް ނުވާނެއޭ….. އެންޑް ނައު ހާ މޯމް ހޭޓްސް ހާ ޓޫ އޭ……… އެކަމް މިހާރު ރިޒް އޮތީ ނިދާފަ” ނައިރާ އެހެން ބުނުމުން ނިޔާޒް ފުންނޭވައެއް ދޫކޮށްލިއެވެ. އަދި އަނބުރާ ސިޓިން ރޫމް އަށް ދިޔައެވެ. މިރޭގަ ހިނގައި މިދިޔަ ކަންތަކުގެ ސަބަބުން އެންމެން ތިބީ ކުޑަކޮށް ނެގިމަޑުވެފައެވެ. އެހެން ތިއްބާ ކުއްލިއަކަށް ނަވާން އައެވެ. ” ދޮންބޭ ދީބަލަ ޑަބަލް ތަޅުދަނޑި ފަތި” ނަވާން މިހެން ބުނުމުން ނާއިޒް ހައިރާން ވިއެވެ. “އެއީ ނަވާން ކީއްކުރަން” ނާއިޒް އެހެން އެހުމުން ނަވާން ބުނެލިއެވެ. ” ދޮންބެ އެންމެ ސުވަލަކާވެސް ނުލާ ދުވަހަކުވެސް މަކަށް އެކައްޗެއްވެސް ނުދެވޭ ދޯ………. އެކަމް މަ ދޮންބެ ބުނާ ކަންތައް ކުރަން އެއްވެސް ސުވާލަކާ ނުލާ” ނަވާން އަށް އެހެން ބުނެވުނީ ފުދޭވަރަކަށް ބާރަށްށެވެ. ނަވާން އެހެން ބުނުމުން ނާއިޒް އޭނާގެ ކޮޓަރިއަށް ގޮސް ޑަބަލް ތަޅުދަނޑި ފަތި ހިފައިގެން އައިސް ނަވާން އަތަށް ދިނެވެ. ނަވާން އެ ތަޅުދަނޑި ފަތި ހިފައިގެން ދިޔުމުން ނާއިޒް ސޯފާ ގައި އިށީންނިއެވެ. ” މިރޭ މިގޭގަ ކީއްތަ މިވަނީ” ނައިރާ ބުނަން ނުބުނާން ހުރެފަ ވެސް ބުނެލިއެވެ.

 

ނަވާން އެދިޔަ ގޮތަށް ގޮސް އަޒްހާ ކޮޓަރީ ދޮރު ތަށުޅަށް ތަޅުދަނޑި ކޮއްފާ ލުމަށްފަހު އަނބުރާލިއެވެ. އެއާއެކު ދޮރު ހުޅުވިގެން ދިޔައެވެ. ނަވާން އެންމެ ސިކުންތެއްވެސް މަދު ނުކޮށް އަވަހަށް ކޮޓަރިއަށް ދެމީގަތެވެ. އެއިރު އަޒްހާ އުޅުނީ ފޮއްޓަށް އެއްޗެހި އަޅައެވެ. ” އަޒްހާ ވަޓް ޔޫ ޑޫއިން” ނަވާން ދިޔަގޮތަށް ގޮސް އަޒްހާ ގެ އަތުގައި ހިފަމުން ބުނެލިއެވެ. ނަމަވެސް އަޒްހާ ޖަވާބު ދިނުމެއް ނެތި ނަވާން ގެ އަތް ފޮޅާލުމަށްފަހު ފޮއްޓަށް އެއްޗެހި އެޅުމާއި ގެން ކުރިއަށް ދިޔައެވެ. ” އަޒްހާ އާންސަ މީ” ނަވާން އަނެއްކާވެސް އަޒްހާ ގެ އަތުގައި ހިފަމުން ބުނެލިއެވެ. ” ވައި ޝުޑް އައި……. ނަވާން ތީ އަހަރެންގެ ކާކު…….. ޔޫ ޑޯންޓް ހޭވް އެނީ ރައިޓް ޓު ޔެލް އެޓް މީ” އަޒްހާ ކުރަކިވެފާ ވާ އަޑު ނަވާން ގެ ކަންފަތުގައި ޖެހުމުން ނަވާން ހުއްޓުން އެރިއެވެ. ” ނަވާން ބުނެބަލަ… ވޯސް އިޓް ފަން… ހޫމްމް.. ބުނެބަލަ….. ވޯސް އިޓް ފަން ވިތް ޕްލޭއިން ވިތް މައި އިމޯށަންސް” އަޒްހާ މިހެން ބުނުމުން ނަވާން ވާހަކަ ދައްކަން އަނގަ ހުޅުވައިލިއެވެ. ނަމަވެސް އަނގަ ބަނދު ކުރަން ޖެހުނީ އަޒްހާ އަނެއްކާވެސް ވާހަކަ ދައްކަން ފެށުމުން ނެވެ. ” ގަބޫލު ކުރަން އަމް އީޒީ ޓު ގެޓް……ޔޫ ކިސްޑް މީ….އެންޑް ޔޫ އިވެން ޓޯލްޑް ދެޓް ޓު އެވްރީ ވަން….. އެވަރުން ވެސް އަހަރެން ނަވާން ދެކެ ރުޅިއެއް ނާންނަން……އައި ޑިޑިންޓް ނޯ ވައި އެކަމް މިހާރު އޭގެ ޖަވާބު އަހަރެންނަށް އެނގޭ…. ނަވާން އަށް އެނގޭތަ” އަޒްހާ އެހެން ބުނުމުން ނަވާން އިސްދަށަށް ޖަހާލިއެވެ. ” އޭޒް އައި އެކްސްޕެކްޓެޑް ޔޫ ޑޯންޓް ނޯ…ސޯ ލެޓްމީ ޓެލް ޔޫ….. އަހަރެން ނަވާން ދެކެ ރުޅި ނައީ ބިކޯޒް އައި ލަވް ޔޫ….. އަ ޑޯންޓް ނޯ ވައި އެކަމް މަދު ދުވަސް ކޮޅެއްގެ ތެރޭއިން އަހަރެންނަށް ނަވާން ދެކެ ލޯބި ވެވިއްޖެ” އަޒްހާ އެހެން ބުނުމުން އިސްދަށަށް ޖަހައިގެން ހުރި ނަވާން އިސްނަގާލިއެވެ. ” އަޒްހާ އައި” ނަވާން އަޒްހާ ގެ އަތުގައި ހިފަމުން ބުނެލިއެވެ. ” ދޫކުރޭ….. އަމް އޮންލީ އަ ގެސްޓް އެއްނު ޖަސްޓް ލައިކް ޔޫ ސެއިޑް ޓު ލީސް…….ނަވާން ބުނެބަލަ މަ ކައިރީ އިޒް ދިސް ހައު ޔޫ ޓްރީޓް ޔޯރް ގެސްޓް….. ފަސްޓް ޔޫ ކިސް ހާ އެންޑް ދެން މޭކް ފަން އޮފް ހާ………. ޔޯރް ފްރެންޑް ލީސް އިންސަލްޓެޑް މީ ލައިކް ކްރޭޒީ އެވަރުން ވެސް މަ ނުބުނަން އޭނައަކާ ދިމާލަށް އެކައްޗެކޭވެސް…. ބަޓް ވެން ށީ ސެއިޑް އަމް ނޮޓް ކޭޕަބަލް އިނަފް ޓު ހޭވް ޔޫ އައި ގޮޓް ރިޔަލް މޭޑް…. އެންޑް ޔޫ ނޯ ދަ ވޯރްސްޓް ޕާޓް…. އަހަރެން ލީސް ގެ މޫނު މަތީގަ އެއް ނުޖަހަން ވެން ށީ ސޯ ޔޫ ށީ އެކްޓެޑް ލައިކް އައި ސްލެޕްޑް ހާ… އެންޑް ޔޫ ބިލީވްޑް އިޓް….. ޔޫ ނޯ ނަވާން…. ނަވާން ދެކެ ލޯބި ވެވުމުން އަހަރެންނަށް މިވަރަށް އަނިޔާ ލިބޭނެ ކަން އެނގުނުނަމަ އަހަރެން ނަވާން އާ ވައިވެސް ނޭޅުނީސް ” އަޒްހާ މިހެން ބުނަމުން ދުވެފަ ކަހަލަ ގޮތަކަށް ގޮސް ފާހާނާއަށް ވަނެވެ. އަދި ދޮރު ލައްޕާ ތަޅުލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ވީމޭ އިންތިޒާރުގައި – 28

Next

ކާމިޔާބުގެ ސިއްރު (ކުރުވާހަކަ)

Next
April 1, 2022

ކާމިޔާބުގެ ސިއްރު (ކުރުވާހަކަ)

Previews
March 31, 2022

ވީމޭ އިންތިޒާރުގައި – 28



All Right Reserved!