ނަވާން ހުރީ އެ ހުރިތަނަށް ގަނޑުވެފަ ކަހަލައެވެ. އަޒްހާ އެންމެ ފަހުން ބުނި ޖުމްލަ ނަވާން ގެ ސިކުނޑި ތެރޭގައި ގުގުމަމުން ދިޔައެވެ. “ނަވާން ދެކެ ލޯބި ވެވުމުން އަހަރެންނަށް މިވަރަށް އަނިޔާ ލިބޭނެ ކަން އެނގުނުނަމަ އަހަރެން ނަވާން އާ ވައިވެސް ނޭޅުނީސް” މީ ޖުމްލަ އަޑު އިވުނު ހިނދު ނަވާން ގެ ހިތް ހުއްޓުނު ފަދައެވެ. ނަމަވެސް އެއްވެސް ހަރަކާތެއް ގެއްނާކަށް ނޭނގުނެވެ. އަޒްހާ ދުވެފަ ގޮސް ފާހާނާއަށް ވަނުމުން ނަވާން ހަމަ ބިމަށް އާދެވުނު ކަހަލައެވެ. ” އަޒްހާ ޕްލީސް ދޮރު ހުޅުވަބަލަ…. އަމް ސޮރީ އަޒްހާ” ނަވާން އަޒްހާ އަށް ގޮވުމުން ދިޔަ ވަރަކަށް އަޑު ވެސް ކުރަކި ވަމުން ދިޔައެވެ. އަޒްހާ ގެ ހާލަކީވެސް ހަމަ ނަވާން ފަދައެވެ. ފަހަނާގަ ހުރި ފެން އިސްކުރު ޖައްސާފަ ހުރިއިރު އަޒްހާ ގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. ހަޔާތިގައި އެންމެ ފުރަތަމަ ފަހަރަށް އަޒްހާ ދުނިޔޭގަ ހުރި ކަމާ މެދު ފޫހިވިއެވެ. އަޒްހާ އެތައް އިރެއް ވަންދެން ރުއިމަށް ފަހު ފާހަނާ ދޮރު ހުޅުވައި ލިއެވެ. އެއިރު ނަވާން އިނީ ފާރުގައި ލެގިލައިގެން ނެވެ. އަޒްހާ ނަވާން އަށް ބެލުމެއްނެތި ގޮސް އެންދުމަތީގައި އޮތް އޭނާގެ ނިދާ ހެދުން ހިފައިގެން ފާހާނާއަށް އަށް ވަނެވެ. އަދި އިރުކޮޅެއް ފަހުން އެއްޗެހިން ބަދަލުކޮށްގެން ނިކުތެވެ. އަޒްހާ ފާހާނާއިން ނިކުތް އިރަށް ނަވާން އަޒްހާ ކުރިމައްޗަށް އެރިއެވެ. އަދި އާދޭހުގެ ރާގަކަށް ބުނެލިއެވެ. ” އަޒްހާ ޕްލީސް އެންމެ ފަހަރަކު އަހަރެން މި ދައްކާ ވާހަކަ އަޑު އަހާބަލަ… އައި ލަ” ނަވާން އަށް ބުނެވުނީ މިހިސާބަށްށެވެ. ” ނަވާން ޕްލީސް އަމް ޓަޔަޑް ނިކުމޭ” އަޒްހާ ވަރުބަލި އަޑަކުން އެހެން ބުނުމުން ނަވާން އޯކޭ ބުނުމަށް ފަހު އަޒްހާ ގެ ކޮޓަރިން ނިކުތެވެ.
( އަނެއް ދުވަސް)
ނަވާން އަށް ރޭ ނިދުނީ ތަންކޮޅެއް ލަހުން ކަމުން ހޭލެވުނީ ވެސް ތަންކޮޅެއް ލަހުން ނެވެ. އެހެންކަމުން އަވަހަށް ފެންވަރައިގެން ނިކުތް އިރު ސިޓިން ރޫމް ގައި ނައިރާ އާއި ރިޒާ ތިއްބެވެ. ނަވާން ފެނުމުން ރިޒާ އަށް ބުނެވުނެވެ. ” ނަވާން… ލޮލަށް ކީއް ކޮއްގެން ތި އުޅެނީ… އަޒްހާ ގެ ލޯ ވެސް ހުރީ ތިހެން އަނެއްކާ ތި ދެ” ރިޒާ ނަވާން ގެ ލޯ ދުޅަ ވެފަ ހުރުމުން ބުނެލިއެވެ. ” އަޒްހާ އޭ…. ކޮބާ އަޒްހާ” ނަވާން ސިހިފަހުރެ އެހެން އެހުމުން ނައިރާ އާއި ރިޒާ ވެސް ދިޔައީ ސިއްސައިގެންނެވެ. ” އޭ ދިޔައީ ފުރަން” ނައިރާ މިހެން ބުނުމުން ނަވާން ” ނޯ ނޯ ނޯ” އޭ ކިޔަމުން ގޮސް ކޮޓަރިއަށް ވަނެވެ. އަދި ސައިކަލު ތަޅުދަނޑި ހިފައިގެން ދުވެފަ ނިކުމެގެން ދިޔައެވެ. ނަވާން ގޮސް ޖެޓީ ކައިރީ ހުއްޓުނެވެ. އަދި އަޒްހާ ހޯދަން ފެށިއެވެ. ތަންކޮޅެއް ދުރުގައި ހުރި އަޔާޒް އާއި ނިޔާޒް ފެނުމުން އަޒްހާ ހުރީ އެތާކަށް އެނގުނެވެ. އެހެން ކަމުން ނަވާން އެދިމާއަށް ދުއްވައިގަތެވެ. ” އަޔާޒް ނިޔާޒް ކޮބާ އަޒްހާ” ނަވާން ގޮސް އަޔާޒް ކައިރީ ހުއްޓެމުން ކެއް މަދުވެފައިވާ ގޮތަކަ އަހާލިއެވެ. “އޭ ދިޔައީ” އަޔާޒް ޖެޓިއިން ބޭރަށް ނިކުންނަމުން ދިޔަ ލޯންޗް އާ ދިމާއަށް އިޝާރާތް ކުރަމުން ބުނެލިއެވެ. ” ވަޓް” ނަވާން އެދިމާއަށް ބަލާލަމުން ބުނެލިއެވެ. އަދި އަޑުނެއްތަން އަޒްހާ އަށް ގޮވައިލިއެވެ. “އަޒްހާ!!!!!!!!!” ނަވާން ހުރީ ހަދާނެ ގޮތް ހުސްވެ ފައެވެ. ” ނަވާން ހިނގާ ދާން ދެން އަޒްހާ އަދި އަންނާނެ ނާއިޒް ގެ ވެޑިން އަށް……” ނިޔާޒް ނަވާން ގެ ކޮނޑު މަތީގައި އަތް ބާއްވަމުން ބުނެލިއެވެ.
ނައިރާ ހުރީ ގޭ ދޮރުމަތީ ދެފަރާތަށް ހިނގާލަ ހިނގާލައެވެ. މި ކަމުން ވެސް ނައިރާ ކަނބޮޑުވެފަ ވާކަން ހާމަވެއެވެ. “ނައި ދެ ތި އިށިންދެބަލަ ނޫނީ ވާލު ވެދާނެ” ގެއިންނިކުމެގެން އާއި ރިޒާ ނައިރާ ދެކޮޅު ދެކޮޅަށް ހިނގާ ތަން ފެނުމުން ބުނެލިއެވެ. ” ނޯ ރިޒް އައި ކާންޓް……. އަމް ސޯ ވޮރިޑް” ނައިރާ އެހެން ބުނުމަށް ފަހު ރިޒާ ކައިރިއަށް ދިޔައެވެ. އެހެން ދެކޮޅު ދެކޮޅަށް ހިނގަން ހުއްޓާ ނަވާން އާއި އަޔާޒް އަދި ނިޔާޒް އައިތަން ފެނުނެވެ. “ނަވާން ކޮން ތާކުން ތި އައީ” ނައިރާ އެންމެ ފުރަތަމަ ވެސް ނަވާން ފެނުމުން ކޮއްލީ ސުވާލެކެވެ. ނަމަވެސް ނަވާން ޖަވާބު ދިނުމެއް ނެތި އެތެރެއަށް ވަދެގެން ދިޔައެވެ. “ނަވާން ” ނައިރާ ނަވާން އަށް ގޮވާލިއެވެ. ނަމަވެސް ނަވާން ގެ ފަރާތަކުން ޖަވާބެއް ނުލިބުނެވެ.
***********************************
ދުވަސްތައް އޭގެ ހަލުއިކަމާއެކު ފާއިތުވުމުން ގޮސް މިޝްހާ އާއި ނާއިޒް ކައިވެނި ކުރާ ދުވަސް ޖެހުނެވެ. މި ދުވަހަކީ ނާއިޒް އާއި މިޝްހާ އިންތިޒާރު ކުރަމުން ދިޔަ އެއްދުވަހެވެ. ނާއިޒް އެކޭ އެއްފަދައިން ނަވާން ވެސް ދިޔައީ ކައިވެނީގެ ދުވަހަށް އިންތިޒާރު ކުރަމުން ނެވެ. ވަކި ސަބަބެއް ނެތި އެއް ނޫނެވެ. އެ ދުވަހަކީ އޭނާ އަށް އަޒްހާ އެ ރަށުން ފުރައިގެން ދިޔަ ފަހުން އަނބުރާ ފެންނާނެ ދުވަހެވެ. މިއަދު އެ ދުވަސް މިއޮތީ ޖެހިފައެވެ. ނިޔާޒްގެ ހާލަކީތޯއެވެ. ނިޔާޒް ރިޒާ އެގެއަށް ބަދަލުވީ ފަހު އޭނާގެ ހިތުގެ ހާލު ރިޒާ އަށް ކިޔައިދެން މަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ކޮންމެވެސް ކަމަކާ ހުރެ އެކަން ނުކުރެވެނީ އެވެ. ނަމަވެސް މިއަދު ކޮންމެ ގޮތެއް ހަދާފައި ވިއަސް ރިޒާ ގާތު އޭނަގެ ހިތުގެ ހާލު ބުނަން ނިޔާޒް ހުރީ ޢަޒުމު ކަނޑައަޅައިގެން ނެވެ.
މިޝްހާ އާއި ނާއިޒް ގެ ކައިވެނި ކުރުން ހަމަޖެހިފައި ވަނީ ކައިރީގަ އޮތް ނާއިޒް ގެ ބައްޕަ ގެ ރިސޯޓް ގައެވެ. އެ ރިސޯޓް ގައި އެއްވެސް ގޮންޖެހުމަކާ ނުލައި މިޝްހާ އާއި ނާއިޒް ގެ ކައިވެނި ކުރެވިގެން ދިޔައިރު ހުރިހާ މެހުމާނުން ވެސް ދިޔައީ އެ ދެމީހުންނަށް ތަޢުރީފު ކުރަމުން ނެވެ. އެހެންކަމުން މިޝްހާ ހުރީ ލަދުގަނެ ފައެވެ. ނަވާންގެ ހާލަކީތޯއެވެ. އެ ރިސޯޓް އަށް ދިޔައިރުންސުރެ ނަވާން ހޯދަމުން ދިޔައީ އަޒްހާ އެވެ. ނަމަވެސް އަޒްހާ ފެންނަގޮތެއް ނުވިއެވެ. އެހެންނަމަވެސް ނަވާން ހިތްވަރު އެލުވައެއް ނުލައެވެ.
” ނައި ވަރަށް އުފާވެފަ ދޯ ތިހުރީ ” އަޔާޒް ނައިރާ ގެ ކުރިމަތީގަ ހުރި ގޮނޑީގައި އިށީނަމުން އަހާލިއެވެ.” ހޫމްމްމް….. އުފާ ވާނެ ތާ އާފްޓާ އޯލް ފަހަރިއެއް ލިބުނީވާ ” ނައިރާ ކުޑަކުޑަ ހުނުމަކާއެކު ބުނެލިއެވެ.” ކޮބާ މިތާގަ އިން ރިޒް ” އަޔާޒް ރިޒާ ނެތުމުން އަހާލިއެވެ.” ނޭނގެ ދެންމެ ނިޔާޒް އައިސް އެ ދިޔަތަނަކަށް ހިފައިގެން އެ ދިޔައީ ” ނައިރާ އެހެން ބުނުމުން އަޔާޒް ކުޑަކޮށް ހީލިއެވެ.” ނައި ހާދަ ދެރަވެފަ އިންނަހެން ހީވެ އޭ …. އިސް ސަމް ތިން ރޯންގް ” އަޔާޒް ސީދާ ނައިރާގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.” ނޯ……… “ނައިރާ ޖަވާބު ދިނުމުން އަޔާޒް ހިނިގަނޑެއް ޖަހާލިއެވެ. ނަމަވެސް އެ ހިނިގަނޑު ހައިރާ ކަމަށް ބަދަލުވާން އެންމެ ސިކުންތެއްވެސް ނުނެގި އެވެ. އޭގެ ސަބަބަކީ ދުރުން އަތް ގުޅުވާ ލާގެން އައި ނިޔާޒް އާއި ރިޒާ ފެނުމުން ނެވެ. އަޔާޒް ދެލޯ ބޮޑުކޮށްގެން ހުރުމުން ނައިރާ އަޔާޒް އެ ބަލަމުން ދާ ދިމާއަށް ބަލައިލިއެވެ. ނައިރާ އަށް ވެސް ވީ އެ ވަރެވެ. ނިޔާޒް އާއި ރިޒާ ގެ ގުޅި ލާމެހިފަވާ އަތް ފެނުމުން ނައިރާ އަނގަ މަތީގަ އަތް އަޅާލެވުނެވެ. ” އާރް ދޭ” ނައިރާ އަށް ބުނެވުނީ މިހިސާބަށްށެވެ. ޖުމްލައިގެ އަނެއްބައި ފުރިހަމަ ކުރީ އަޔާޒް އެވެ. ” ޑޭޓިން” އަޔާޒް އާއި ނައިރާ އެހެން ތިއްބާ ނިޔާޒް އާއި ރިޒާ އައިސް އެދެމީހުން ކައިރީ ހުއްޓުނެވެ. ” ތި ދެމީހުން ކޮންކަމެއް” ނައިރާ ހައިރާ ވެފަ ހުރެ އެހެން ބުނުމުން ނިޔާޒް ބުނެލިއެވެ. ” އައި އާސްކްޑް ހާ ޓު މެރީ މީ” ނިޔާޒް އެހެން ބުނުމުން އަޔާޒް އަށް ލިބުނީ ވަރުގަދަ ޝޮކެ ކެވެ. ” ވަޓް” އަޔާޒް އެހެން ބުނުމުން ނިޔާޒް ބުނެލިއެވެ. “ހާދަ ޝޮކެ ވެފަ ބްރޯ” އަޔާޒް ނިޔާޒް އަށް ރައްދު ދެމުން ބުނެލިއެވެ. ” ޝޮކް ނުވާވަރެއް ނޫނެއްނު ތީ ދުވަހަކުވެސް މެރިޑް ލައިފް އެއް ފަށަން ހިޔާލު ކުރި މީހެއް ނޫން… އެންޑް ޔޯރް ޓެލިން މީ ހާދަ ޝޮކް ވެފައޭ” އަޔާޒް މިހެން ބުނުމުން ނިޔާޒް ޖަހާލީ ހިނިގަނޑެކެވެ. ” ދެޓްސް ބިކޯޒް އޭރު އަހަރެން ރިޒާ އަކާ ދިމާއެއް ނުވޭ” ނިޔާޒް ރިޒާ އަށް ބަލާލަމުން މިހެން ބުނުމުން ނައިރާ ” އޯވް ހައު ކިޔުޓް” އޭ ބުނެލިއެވެ. ” ދަރިފުޅާ މީ ކޮންކަމެއް…. އަޔާޒް އެހާ ހައިރާން ވެފަ އެ ހުރީ ކީއްވެ” ކުއްލިއަކަށް ނިޔާޒް ގެ ފަހަތުން ހައިނާ ގެ އަޑު އިވުނެވެ. ” މަންމަގެ ލޯބި ވާ ދަރިފުޅު އެ އުޅެނީ މީހަކާ އިންނާކަށް ނު” އަޔާޒް ލާނެތް ގޮތަކަށް ނިޔާޒް އާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ. ” ހަމަ އަސްލު ވެސް….. ކޮބާ ތަ އިންނަން އުޅޭ އަންހެން ކުއްޖާ….. މީ ތަ އަނެއްކާ” ހައިނާ އުފާވެފަ ހުރެ އެހެން ބުނަމުން ނައިރާ އަށް އިޝާރާތް ކޮއްލިއެވެ. އެއާއެކު އަޔާޒް ކުއްލިއަކަށް ނައިރާ ގެ އަތުގައި ހިފަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. އަޔާޒް ގެ މި އަމަލުން އެންމެން ތިބީ ހިނިއައިސްފަ އެވެ. ނައިރާ އަށް އިނދެވުނީ އަޔާޒް އާއި ދިމާއަށް ބަލަހައްޓައިގެން ނެވެ. ” ސާބަސް މަންމަ އެއީ ނައިރާ އޭ……… މީ އޭ މަންމަގެ ވާން ހުރި ޑޯޓާ އިން ލޯ” ނިޔާޒް ހިނިގަނޑު މަތަން ކުރަމުން ބުނެލިއެވެ. ” އެއީ ނައިރާ އޭ ވަޓް ޑޫ ޔޫ މީން ބައި އެއީ ނައިރާ އޭ” ނައިރާ އެހެން ބުނުމުން ނިޔާޒް ބުނެލިއެވެ. ” އެއީ ނައިރާ އޭ މިބުނީ ބިކޯޒް ޔޯރް ނޮޓް މައި ޓައިޕް……. ނައިރާ ތީ މޯރް ލައިކް……….ކޮންހެނެއް ތަ ބުނާނީ އަމް……… ޔެސް އަޔާޒް ގެ ޓައިޕް އޭ” ނިޔާޒް މިހެން ބުނުމުން ނައިރާ ވަޓް އޭ ބުނެލިއެވެ. ” ދެން ރިޒް އެއީ ނިޔާޒް ގެ ޓައިޕް” ނައިރާ ހަށަން ބަންނަމުން ބުނެލިއެވެ. ” ނޮޕް” ނިޔާޒް މިހެން ބުނުމުން ނައިރާ ހައިރާން ވިއެވެ. ” ދެން ކީއްވެ ރިޒް ކައިރީ މެރީ ކުރަން އެހީ” ނައިރާ އެހެން ބުނުމުން ނިޔާޒް ބުނެލިއެވެ. ” ބިކޯޒް އައި ލަވް ހާ…. ނައިރާ މެން ކަހަލަ ކުޑަކުދިން ނަކަށް ނޭނގޭނެ” ނިޔާޒް އެހެން ބުނުމަށް ފަހު ރިޒާ އޭނަ އާ ކުޑަކޮށް ކައިރި ކޮއްލިއެވެ. ” އަހަރެން ކަހަލަ ކުދިންނޭ…. އަމް 19 ޔޫ ފޫލް” ނައިރާ އެހެން ބުނުމަށް ފަހު އެތަނުން ނިކުންނަން ދިޔައެވެ. އަޔާޒް ވެސް ނައިރާ ގެ ފަހަތުން ދިޔައެވެ.
ނަވާން ދިޔައީ ހުއްޓުމެއް ނެތި އަޒްހާ ހޯދަން މަސައްކަތް ކުރަމުން ނެވެ. ނަމަވެސް އަޒްހާ ނުފެނި ދާ ކޮންމެ ސިކުންތަކީ ނަވާން ގެ ހިތްވަރު އެލެމުން ދާ ސިކުންތެވެ. ނަވާން މުޅި ރިސޯޓް ގަ އަތް ފުނާ އަޅާފިއެވެ. ނަމަވެސް އަޒްހާ އެއް ނުފެނުނެވެ. އެންމެ ފަހު ތަނަަކަށް ނުބަލާ ހުރީ ރިސޯޓް ގެ ޕޫލް ކަމުން ނަވާން އެ ދިމާއަށް ހިނގައި ގަތެވެ. ނަވާން ގޮސް ޕޫލް ކައިރީ ހުއްޓުމަށްފަހު އެއްފަރާތުން އަނެއް ފަރާތަށް ބަލައިލިއެވެ. ނަމަވެސް އަޒްހާ ފެންނަގޮތެއް ނުވިއެވެ. އަޒްހާ ނުފެނުމުން ނަވާން ގެ ހިތް މާޔޫސް ވީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. އިސްޖަހާލަގެން ހުރެ ނަވާން އެތަނުން ނިކުމެގެން ދިޔައެވެ. އެހެން ހިނގަމުން ހިނގަމުން ގޮސް ނަވާން އަށް އާދެވުނީ އެ ރިސޯޓް ގަ އޮންނަ ބަގީޗާ އަށްށެވެ. އެކު ކުލަކުލައިގެ މާ ތަކާއި ގަސް ހުރިއިރު އެ ބަގީޗާ ގެ މެދުގައި ހުދު ކުލައިގެ ފައުންޓެން އެއް ހުރި އެވެ. އެ ފައުންޓެން ވަށާ ހުދުކުލައިގެ ބެންޗު ތަކެއް ހުރި އިރު ހީވަނީ ޝާހީ ބަގީޗާ އަކަށް އައިސްގެން އުޅޭ ހެންނެވެ. ނަވާން ގެ ކުރިމައްޗަށް ވާގޮތަށް ހުރި ބެންޗުގަ އިށިންދެގެން އިން ކުއްޖާ ފެނި ނަވާން ދެލޯ ބޮޑުވި އެވެ. އެއީ އަޒްހާ ހެއްޔެވެ. އެ އަންހެން ކުއްޖާ ނަވާން އަށް ފުރަގަސް ދީގެން އިނުމުން ނަވާން އަށް ޔަގީން ކުރެވޭ ގޮތެ ނުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Alhey hope navaan ah azha fennaane kamah BTW
Mi part VX vrh reethi
Waiting for the next part