Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ބުނެބަލާ ލޯބިވޭ 13

Horror queen Level 210 Stories
March 9, 2022 5 Mins Read
0 Comments

 

ސާޔަން ސްޓޫޑިއޯގެ ރިކޯޑިން ރޫމްއަށް ވަދެލިއެވެ. އެއަށްފަހު އެތާ މައިކްމަތީގައި އަޅުވާފައި އޮތް ހެޑްފޯނުނަގާ ކަންފަތުގައި އެޅުމަށްފަހު ފުން ނޭވާއެއްލުމަށްފަހު ލަވަ ކިޔަން ފެށިއެވެ.

 

(13 ވަނަ ބައި)

 

“ނުވާނަމޭ ބަދަލެއް ހުވާ ޔާރާ

    ވާނަމޭ އުމުރަށް އެކީ ޖާނާ

ނޭދެމޭ ދުރުވާކަށްށެއް ލޯބިވާ

     ނުވާނަމޭ ބަދަލެއް ހުވާ ޔާރާ

 

އަދު ވަޔާ ދެވި، ދުރަށް އޮޔާ ދެވި

      ބެހިގެން ރަށަކަށް ނަފްސު އޮޔާ ދެވި

އަދު ކަލާނެތި ހަނދުމަށަށް ފެނި

       ހަނދުމަވީމަ ކަލާ، ހަނދު ކަފާ ނެގިން

 

މޮޅެތި ބަސްތަކުން، މީރު ވަސްތަކުން

     އުޅެ މި ދިރިއުޅުން ތި ހަނދާން ވަނި

ލޯބި އަސްލަކު، ނުވޭކަން ގަސްތަކު

      ހުރެ އުފަލުގަ ތި މަލާ ވަނި

 

ހުންނަން ނެތިފަހު ތި މަންޒަރު ބަލާކަށް

       ހުންނަން ނެތިން އިންތިޒާރު ކުރާކަށް

ގާތުގަ ހުރެފަ ތި ދޭ އަނިޔާ ފަނާވާން

       ފަހަތުގަ ނެތިން އިތުރު ސަފްހާ ގުނާކަށް

 

އުޅެން ބޭނުމަސް، ކިހިނެތް އުޅޭނީ

      ބާރުގަދަ ތި އަލިފާނުގަ ވޭނީ

އިތުބާރު ނުކުރެވި ލޯބީގެ ބާރު ކެނޑި

     މި ހަޔާތް ތަކޭ ގެނުވީ ގަދަ ވަޔާ ކެރި

 

ލޯބިން މިގޮތަށް ވާނަން އުމުރަށް

     އުޅުމަށް ދުވަސްތަކޭ ގުނުމަށް

ނޭދެން ގާތުން ދުރުވާން މިއަޅާ

     ވާން އެދެމޭ ގާތުގަ ތިޔަމާ (×2)

—–

އެކުގާ އުޅެން ވީމެ ވައުދާ ހުވާ

     ހިތަށް އޭރު ލިބުނު ފޮނި ބަސްތަށް ފުރާ

ގުނަމުން ދިޔައީމޭ ދުވަސްތަށް އުފާވެރި

      ހިތި ވޭން ހިތަކަށް ގެނުވިޔޭ ކެތްނުވާ

 

ހިތް ދެވުނު މިތުރެއް ތި ނޫނީ ނުވާއިރު

       ކީއްހޭ ކުރާނީ މަ ފަސްދީފަ ދާއިރު

ހީވެސް ކުރިން އުމުރަށް ގާތުގަ މަ ވާނޭ

      އަބަދާއި އަބަދުމެ ފިރުމާ ހަދާ

 

ތީ ހަނދޭ ބަނަދުވަސް ދުވަސް މަގޭ، އަލިކުރާ ރޯޝަނީ މަލޭ

      ހިތުގެ މޯޅިކަން ފިލާ އުފާތަކޭ

ލިބުން އެދި މިކުރާ ދުޢާތަކޭ

     ބުނެލަމޭ ވަރަށް ފޮނި ބަސްތަކޭ

 

‘ދެން ނުދޭބަލާ އެކުއުޅެ މަށާ

     އެކުއުޅެން ކަލާ، ކުރި އުވާލަމުން’

ކުރި އިތުބާރު ގެއްލި ވިސްނުމާ ދުރަށް

    މާދުރާށް…….

 

ލޯބިން މިގޮތަށް ވާނަން އުމުރަށް

    އުޅުމަށް ދުވަސްތަކޭ ގުނުމަށް

ނޭދެން ގާތުން ދުރުވާން މިއަޅާ

    ވާން އެދެމޭ ގާތުގަ ތިޔަމާ (×2)

——

ތީއޭ އުފަލަކީ، ތީއެ ދިރުމަކީ

    އުނގުގާ އޮވެ މިހެން ނިމިގެން ދާކަށް

ނޭދެމޭ މި ހިނދު ވަކިން”

 

ސާޔަން ލަވަކިޔާ ނިމުން އިރު އޭނާގެ ދެލޯ އޮތީ ފެން ކަޅި ވެފައެވެ. “ސާޔަން ވަވު ޕާރފެކްޓް ވެލްކަމް ޓު މޫވް އެންޓަޓޭންމެންޓް” މެނޭޖަރު އަތް ތިލަ ބަޑި ޖަހަމުން ބުނެލިއެވެ.

 

 އޮޑިޝަން ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ފޯނު ބަލައިލިއިރު ރިޝީ ގެ އެއް ވީޑިއޯ ޗެޓް މިސް ވެފަ އޮތުމުން އަވަހަށް ގެއަށް ވަތް ތަނާހެން ސާޔަން ސިއްސައިގެން ދިޔައެވެ. “ބްރޯ ކޮބާ ކިހިނެތް އޮޑިޝަން ދިޔައީ ރަނގަޅަށް ތަ” އެތާ ގޭގެ ދޮރު ކުރިމަތީގައި ހުރި ކައިލާން ބުނެލިއެވެ. “އާން އައިމް އިން އެކަމު ވަރަށް އަވަހަށް އަހަރެން އެބަ ޖެހޭ މީހަކަށް ގުޅަން ސޯ ބައި” ސާޔަން އެއް ނޭވާތެރެއިން މިހެން ބުނެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެވަތް ގޮތަށް ރިޝީ އަށް ގުޅައިލިއެވެ.

 

“ހަލޯ” ރިޝްވާން ފޯނުނެގުމާއި އެކުބުނެލިއެވެ. “ހެއި ރިޝްވާން ކިހިނެތް ތަ ހާލު” ސާޔަން ރިޝްވާން ގާތުގައި އަހައިލިއެވެ. “އަލްހަމްދުލިﷲ އަހަންނާ ރަލް އަދި ރިޒްލާން ގެ ހާލުރަނގަޅު އެކަމު ރިޝް ތަންކޮޅެއް ބަލިކޮށް އުޅެނީ….” “އޭން ރިޝް އަށް ކިހިނެތް ވީ އަނެއްކާ” ސާޔަން އަޑު އޮތްކޮޅަށް ބުނެލިއެވެ. “ވާވު ސާޔަން ހާދަ އަޑުބާރޭ….. އޯ ރިޝް ކިހިނެތް މިހާރު” ރިޝްވާން ރިޝީ ފެނުމާއިއެކު ބުނެލިއެވެ.

 

 “ރިޝްވާން ރިޝް އަތަށް ފޯނުދީބަލަ އަހަރެން އޭނައާ ވާހަކަ ދައްކަން” ސާޔަން މިހެން ބުނުމުން ރިޝްވާން ރިޝީ އަތަށް ފޯނެކޭ ކިޔަފައި ފޯނުދިނެވެ. “އޯކޭ ރިޝް އަން” ރިޝްވާން މިހެން ބުނުމުން ރިޝީ އިތުރު ބަހެއް ނުބުނެ ރިޝްވާން ގެއަތުން ފޯނު ނެގިއެވެ. ރިޝީ އެދިޔަގޮތަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށްށެވެ. “ހާއި ރިޝް ކިހިނެތް ތަ؟” ސާޔަން ރިޝީ ގާތުގައި އަހައިލިއެވެ. “މިހާރު ކުޑަކޮށް ރަނގަޅު ގަޔަކަށް ތައްދެއް ނުވޭ މިހާރަކު އެކަމު އެއްޗެއް ކާހިތެއް ނުވޭ” ރިޝީ ވީގޮތް ކިޔައިދިނެވެ. “ރިޝް އެކަމު އެއްޗެއް ކާބަލަ އައިމް ވޮރީޑް އެބައުޓް ޔޫ….. ރިޝް އަދި ވާހަކައެއް ބުނަންތަ އަހަރެން މިއަދުގެ އޮޑިޝަން އިން ޕާސް ވި އައިމް ފައިނަލީ އަ ސިންގާރ” ސާޔަން އުފަލުން ހުރެ ބުނެލިއެވެ. “ކޮންގްރާ…. ސާޔަން އަހަރެން ގެ ސުވާލަކީ ސާޔަން އަހަރެންދެކެ ކިހާ ވަރަކަށް ލޯބިވޭ؟” ރިޝީ މިސުވާލުކުރުމުން ސާޔަން ހިނިތުން ވެލިއެވެ. “އަހަރެން ރިޝީ ދެކެ އިމްތިހާއަށް ލޯބިވޭ މުޅި އުމުރަށް ރިޝީ މަރު ވިޔަސް އަހަރެން ރިޝް ދެކެ ލޯބިވާނަން އެއީ ވައުދެއް” ސާޔަން މިހެން ބުނުމުން ރިޝީ ގެ ދެލޯ ފެން ކަޅި ވިއެވެ.

 

 “ސަ…..ސަޔަން އައި ރިއަލީ ވޯން ޓެޑް ޓު ޓެލް ޔޫ… އަހަރެން ސާޔަން ކައިރީގަ ބުނަން ވަރަށް ބޭނުންވި… އެކަމު ސާޔަން ކަހަލަ މުއްސަނދި މީހަކާ އަހަރެން ކަހަލަ ރާއްޖެތެރޭ ކުއްޖަކާ ކިހިނެތް… އައި ރިއަލީ ލަވް ޔޫ ބަޓް އައި ވޯޒް ސްކެއާރޑް ދެޓް ސާޔަން އަހަރެން ރިޖެކްޓު ކޮށްފާނެތީ އެންޑް….”

 

 “ރިޝް ރާއްޖެތެރޭ ކުއްޖަކަސް އެންމެ ފުރަތަމަ އަހަރެން ރިޝް އަށް ކޮންފެސް ކުރީ އަހަރެން މަޖަލަކަށް ބުނިއެއްޗެއް ނޫން އެއީކީއެއް އައި ރިއަލީ މީން އިޓް އެންމެ ފުރަތަމަ ދުވަހު ރިޝް އަހަންނަށް ޓްރަސްޓު ކުރި ދެން ރިޝްގެ ޕެއިންފުލް ލައިފް އަހަންނަށް ކިޔައިދިން އަދި މިއަދު މީ އަހަރެންގެ ލަކީ ޑޭ މިއަދު އަހަރެން ބޭނުންވި ދެކަންތަށް ވެއްޖެ އެކެއް ރިޝް އަހަންނަށް ރިޝް ގެ އާންސާ ދީފި ދެއެއް އޮޑިޝަން އިން ޕާސް ވި ދެން ނުރޮއެ ހުއްޓާލާ އަހަރެން ރިޝް ކައިރިއަށް އަދި ދާނަން އައި ޕްރޮމިސް… ސޯ ޕްލީޒް އެއްޗެއް ކާ ބަލަ ރިޝް ބަލިކޮށް އުޅޭތީވެ އަހަރެންގެ ހިތަށް ވަރަށްތަދުވޭ… ރިޝް ފަހުން ގުޅާނަން މިހާރުމިދަނީ ދޮރު ކައިރީގައި ހުރި ދެ ވަގުން އުޅޭ ގޮތް ބަލަން ބައި” ސާޔަން މިހެން ބުނެ ފޯނު ބޭއްވިއެވެ.      

 

“ޝިޓް ބަސްޓުވީ” ސާޔަން ގޮސް ދޮރު ހުޅުވައިލިތަނާހެން އަޒްހަމް އާއި ކައިލާން ބިންމައްޗަށް ވެއްޓުނެވެ. އަދި ޝާޒާ ބިރުން މޭ މަތީގައި އަތް އަޅައިލިއެވެ. “ދޮންބޭ ރިޝީ އަކީ ކާކު؟ އަދި ކާކު ކާކަށް ކޮންފެސް ކުރީ މިހާރު ބުނޭ” ޝާޒާ ސާޔަން އާއި ދިމާލަށް ބުނެލިއެވެ. “ރިޝް އަކީ އަހަރެންގެ ޖީއެފް” ސާޔަން ޝާޒާއަށް ކިޔައި ދިނެވެ. “ހާހް ދޮންބެ ބަލާ ޝާ އަށް އެއްޗިސް ސިއްރު ކުރާ ވަރު ހުމްފް ވަރަށް ފޫހިވޭ” ޝާޒާ މިހެން ބުނުމުން ސާޔަން ލާ ނެތް ގޮތަކަށް އޭނާއާއި ދިމާލަށް ބަލައިލިއެވެ. އެއަށް ފަހު ދެމީހުންގެ ޒުވާބު ގަނޑު ފެށިއެވެ.

 

“އޭ ކައިލާން މި ދެމީހުން ފެށީ ދޯ ހިންގާ އަވަހަށް ބަޗަމާ އެހެން ނޫނީ މި ދެމީހުންގެ ރުޅި އަހަރުންނަށް ވެސް ފޯރާފާނެ” އަޒްހަމް މިހެން ބުނުމުން ކައިލާން އެއްބަސް ވިއެވެ. “އޭތް ތި ދެމީހުން ކޮންތާކަށް ތި ދަނީ؟” ކުއްލިއަކަށް ސާޔަން މިހެން ބުނުމުން އަޒްހަމް އާއި ކައިލާން ދިޔައީ ސިއްސައިގެންއެވެ. “ތަ…..ތަ….ތަނަކަށްށެއް ނޫން” ތުރުތުރު އަޅަމުން ދިޔައެވެ. ދެން ސާޔަން ދިޔައީ ކާމޭޒު ކައިރިއަށް ކާންށެވެ. ޝާޒާ ވަނީ އޭނާގެ ކޮޓަރިއަށްށެވެ. “އޭތް ސާޔަން ކޮން އިރަކުތަ ތި ދެމީހުން ރައްޓެހިވީ؟” އަޒްހަމް މިހެން ބުނުމުން ސާޔަން އަށް ކެހިވަރު އެރިއެވެ.

************

ސާޔަން ފޯނު ބޭއް ވުމާއި އެކު ރިޝީ ނިކުތީ ބޭރަށް އެއްޗެއް ކައިލާންށެވެ. އެއިރު ރަލާ އާއި މައިރާ އަދި އަޝްމީ ހުރީ ބެލްކަނީގައެވެ. “ޕިސް ޕިސް ބަލާބަލަ މަ ސިންގަލް ވީމަ މަ ބާކީ ކޮށްލާފަ މިމީހުން އުޅޭ ވަރު” ރިޝީ ރޯކަމަށް ހެދިލާފައި ބުނެލިއެވެ. “ރިޝް ކިހިނެތް މިހާރު ހާދަހާ ހެވިފައޭ ތިހުރީ” އަޝްމީ ރިޝީ ކައިރިއަށް ދަމުން ބުނެލިއެވެ. “ބުންންވީ އަސްލުކޮށްވެސް ބުނަންވީ” ރިޝީ ފޮނިވެލާފައި ބުނެލިއެވެ. “އަން ބުނެބަލަ އޭރުން ދޯ އިންގޭނީ ވާނުވާ” މައިރާ ލާނެތް ގޮތަކަށް ބުނެލިއެވެ. “ސާޔަން ޕްރޮޕޯސްޑް މީ” ރިޝީ މޫނުމަތީގައި އަތް އަޅާލާފައި ބުނެލިއެވެ. “އަސްލުތަ ދޮގު ނުހަދާ ހީ ރިއަލީ ޕްރޮޕޯސްޑް ޔޫ…. ދެން ރިޝް ގެ އާންސާ އަކީ ކޯޗެއްތަ” ރަލާ ހިނިތުން ވެލާފައި އަހައިލިއެވެ. “މަގޭ އަންސާ ދޯ ހްމްމް ހީވަނީ ކޯޗެއްހެން” ރިޝީ އުފަލުން ބުނެލިއެވެ.

 

އެ ދުވަހު އިރުއޮއްސުމާއި އެކު މުޅި ފަޒާގެތެރެ އެއްކޮށް އަނދިރި ކޮށްލިއެވެ. ގޭގައި ހުންނަން ފޫހިވެގެން ރިޝީ އާއި ރަލާ ދިޔައީ މައިރާ މެންގެއަށް ދާންށެވެ. މައިރާ މެންގެއަށް ގޮސް ވަތްތަނާހެން ދެމީހުންއަށް ސިހުނެވެ. އެއީ އެގޭތެރެއިން ނިކުތް ރިޝްވާން ފެނުމުންއެވެ. “ދޮންބޭ!!” ރިޝީ އަޑުނެތް ކޮޅަށް ރިޝްވާން އަށް ގޮވައިލިއެވެ. “ރިޝް މިތާންގަ ކީއްކުރަނީ؟” ރިޝްވާން ވެފަ ހުރި ހައިރާން ކަމެއްގެ ބޮޑުކަމުން ރިޝީ ގާތުގައި އަހައިލިއެވެ. “ހޫމް މަ މިހާރު ހުއްދައެއްނެތްތަ މަގޭ ބެސްޓީ މެންގެއަށް އަންނާކަށްވެސް” ރިޝީ ފޫހިއަޑަކުން ބުނެލިއެވެ. “ނޫން ދޮންބެ އަށް ށޮކެއް ޖެހުނީ އެއީ ރިޝް ތީ އާންމުކޮށް މިހިސާބަށް 8:00 ގެ ކުތިން އަންނަމީހެއް ނޫންވިއްޔާ” ރިޝްވާން ސަބަބު ކިޔައިދިނެވެ. “ދެން އަބަދަކުއެއް އެއްގޮތެއް ނުވާނެއްނު” އެތާންގެ އުނދޯލީގައި އިށީންދެލައިގެން ހުރި މައިރާގެ މަންމަ ޒަރީފާ ބުނެލިއެވެ. “ދޮގެއް ވާ ނޫން މަންމާ… އޭތް ރިޝްވާން ހިންގާބަލަ ކޮފީއަކަށް ދާން މި އަންހެން ވެރިން އެކަނި ބަހައްޓާފައި” މައިރާގެ ދޮންބެ މާހިލް ގޭތެރެއިން ނިކުންނަމުން ބުނެލިއެވެ. “މާހިލް ދޮންބޭ ކޮން އިރަކު އައީ؟” ރިޝީ އާއި ރަލާ ހައިރާން ވެފަ ހުރެ އެއްކޮށް އަހައިލިއެވެ. “މިއަދު ހަވީރު 5:30 ވެލިހާއިރު” މާހިލް މިހެން ބުނެ ރިޝްވާނގެ ކޮނޑުމައްޗަށް އަތް ވައްޓާލާގެން ހިންގައިގަތީ އަތިރިއާއި ދިމާލަށްށެވެ. އެމީހުން ދިޔަ ތަން ބަލާން ހުރެފައި ރިޝީ އާއި ރަލާ މައިރާ މެންގޭތެރެއަށް ވަނެވެ.

 

(9:00 ޖަހައިލި ހާއިރު)

 

މައިރާ އާއި އެކު ވާވަރަށް ސަކަރާތް ޖެހިނިންމަފައި ރިޝީ އާއި ރަލާ ހިންގައިގަތީ ގެއަށް ދާންށެވެ. މައިރާ މެންގޭގެ މަގުން ނިކުމެފައި އޭގެ އަނެއް ފަރާތުގައި ހުރި ގޯޅިގަނޑަށް އަނބުރާލިތަނާހެން ލަމްހާން އައިސް ރިޝީގެ އަތުގައި ހިފާ ރަލާ ދުރަށް ކޮށްޕާލިއެވެ. ނަމަވެސް މިފަހަރަކު ރިޝީ އެއް މަޑަކުން ނުހުރިއެވެ. ލަމްހާން ރިޝީ ގެ އަތުގައި ހިފުމާއި އެކު ރިޝީ އޭނާގެ ކަންކަށި މައްޗަށް ބާރު އެތިފަހަރެއް އަޅުވައިލިއެވެ. “މިހާރު ރިޝް ވެސް މަގާގަ ޖަހަން ފެށީ؟” ލަމްހާން އަށް ވީ ތައްދަކާއި އެކު ބުނެލިއެވެ. “މަ ކިތައް ފަހަރު ބުނިން މަށާ ދުރުގަ ހުންނަން އެކަމު ލަމްހާން އަޑު އެހީންތަ ނާހަމެއް ނު ދޯ މަކުރިމަތިން ދޭ ހަމަމިހާރު” ރިޝީ މިހެން ބުނެފައި ދިތައީ ބިންމަތީގައި އޮތް ރަލާ ނަގައި ދޭންށެވެ. އެއިރު ރަލާގެ ކަކޫ ކައިރިން ހިރީ މަށައިގެން ގޮސްފައެވެ. ރިޝީ އަވަސް ވެގަތީ ރަލާ ގޮވައިގެން ގެއަށް ދާންށެވެ.

 

ދެމީހުން ގޮސް ގެއަށް ވަތް ތަނާހެން ފެނުނީ ރިޝްވާން އާއި ރިޒްލާން ދެ ސޯފާ މަތީގައި ނިދާފަ އޮއްވާއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލުމަށް ފަހު ވިހަ ހިނިތުން ވުމަކުން ހީލިއެވެ.

 

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (34)

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (35)

Next
March 9, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (35)

Previews
March 8, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (34)



All Right Reserved!